<< Back to Home Page

25 October 2008

ޑރ. ރާޒީ ވަޠަން އެދޭ އިއްތިހާދުގެ ކެންޑިޑޭޓް އެންޑޯޒް ކުރައްވައިފި

މުޅިގައުމުވަނީ އުފާވެރި ފަތިހަކަށް އަލި ވިލުމުގެ އުއްމީދުގައެވެ. ދިވެހިރައްޖޭގެ ރައްޔިތުންގެ 60 ޕަސަންޓް މީހުން ރައީސް މައުމޫނަށް ނޫނެކޭ ބުނުމުން ރަސީސް މައުމޫނުގެ ވެރިކަމަށް ނިމުމެއް ގެނެސް އޭނާ ވައްޓާލުމުގެ ހިތްވަރު މުޅިގައުމުގައި ވަނީ 10 ގުނަ އިތުރު ވެފައެވެ. އިސްލާހަށްޓަކައި ހެޔޮ ބަދަލަކަށް އެދި މަސައްކަތް ކުރާ ދިވެހިދަރީން ވަނީ އިންތިޙާބުގެ ފުރަތަމަ ބުރުގައި މައުމޫނަށް ނޫނެކޭ ބުނި މީހުންގެ ތެރެއިން ކޮންމެ މީހަކު އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެންނެވެ.

އާދޭހެވެ! 30 އަހަރުގެ އަޅުވެތި ކަމަކުން ސަލާމަތް ވުމުގެ ދޮރު ފެންނަން އޮއްވާ އެދޮރުން ދިވެހިން ނުވަންނާނެ ކަމަށް މައުމޫނު ހީފުޅު ކުރައްވާ ކުރުމަކީ ވަރަށް ބޮޑު ކުށް ހީއެކެވެ. ދިވެހިރާއްޖޭގެ ތަފާތު އެކި ފެންވަރުގެ އެކި ގިންތީގެ މީހުން އެކި ސިފަސިފައިގާ ދަނީ ވަޠަން އެދޭ އިއްތިހާދަށް ބައިއަތު ހިފާ އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ވޯޓުލާ މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އަތުކުރި އޮޅާލަމުންނެވެ.

ސިއްހީ ދާއިރާގައި ގިނަ ދުވަސް ތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޑރ. ރާޒީ ވަރަށް ސާބިތުކަމާއި އެކު ވަޠަން އެދޭ ގޮތަށް، އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެންޑޯޒް ކުރައްވައިފިއެވެ. ވީއުފަލުން އެއްބަޔަކު ރޮނީއެވެ. އިސްލާމީ ދިވެހިރައްޔަތުގެ ހިތުގައި ފުންޖަޒުބާތުތަކެއް އެބަ ހިނގައެވެ. ސާބިތު ކަމާއި އެކު އިސްލާޙަށް މަސައްކަތް ކުރި އެތަކެއް ދިވެހި ދަރީންނެއްގެ މިންނަތް މަސައްކަތަށް މާތް ﷲ ކާމިޔާބު ދެއްވާ ކަމުގެ ހެކި ލޯމަތީން ފެންނަން ފެށުމުން އިސްލާމީ ދިވެހި އުއްމަތުގެ އީމާންކަން ވަނީ ވަރުގަދަވެފައެވެ. ނަމާދަށް ދާމީހުން ގިނަވެއްޖެއެވެ. ކޮންމެ ދުވަހަކު ﷲ އިއްތިހާދަށް ދެއްވާ ކާމިޔާބީ ތަކަށް ޝުކުރުކޮށް ރާއްޖޭގެ ކަންކޮޅުތަކުގައި ދިވެހިން ދަނީ ﷲ އަށް ޝުކުރުގެ ސަޖިދަ ޖަހަމުންނެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މައުމޫނަށް ނޫނެކޭ ބުނެ ވޯޓުލީ 60 ޕަސަންޓް ދިވެހި ރައްޔިތުންގެ މައްޗަށް އިބަ ﷲ ގެ ދަރުމަވަންތަކަން އޮއްސަވާ އިތުރު ކުރައްވާށިއެވެ. އިބަ ﷲގެ ރަހުމަތް އިއްތިހާދުގެ ބައިވެރިންގެ މައްޗަށް ފަތުރައްވަވާ ފުޅާ ކުރައްވާށިއެވެ. އިބަ ﷲ ގެ ބަރަކާތް އިއްތިހާދުގެ ބައިވެރިންގެ މައްޗަށް ބާވައި ލައްވާށިއެވެ. ޑރ. ރާޒީއަށް ނުހަނު ގިނަ ގުނަ ވެދުމެވެ. ނުހަނު ޝުކުރާއި ތަޢުރީފްއެވެ.