24 October 2008
ޑީ.އާރް.ޕީ ގެ އައު އުސްމިން އަލްހާން އާއި އޭނާގެ ބައްޕަ މާލޭ ފަހުމީގެ ކަރުސަތު ނާމާ

- ހުސައިން-
ވެރިކަމުގައި ބޫތުކައިފައިވާ މައުމޫނު އާއުސްމިންތަކަކަށް ހިއްލުމަށް ޓީ.ވީ އަށް އަރައިގެން މިއުޅޭ އަލްހާން ފަހުމީއަކީ އައްޑު އަތޮޅު ފޭދޫ ގެދަރުގޭ މަރިޔަމް މަނިކެގެ ދެވަނަ ކައިވެންޏަށް ލިބިފައިވާ ދަރިއެކެވެ. މީނާގެ ބައްޕައަކީ މ. ފިނިވާގޭ މުޙައްމަދު ފަހުމީ، ޢާއްމު ނަމުންނަމަ މާލޭ ފަހުމީ ކިޔާމީހެކެވެ. މިމާލޭ ފަހުމީއަކީ، މީނާގެ ނުލަފާކަމާއި ޖައްބާރުކަމުން މީނާގެ މަންމަ ވަރަށްރުޅިއަރާ ދަރިއެކެވެ. އެހެންކަމުން މާލޭގައި އުޅެވެންނެތިގެން، އިގިރޭސިން އައްޑޫގައި އުޅުނު ދުވަސްވަރު ގޮސްފުންމާލީ އައްޑުއަތޮޅު ހިތަދުއަށެވެ. ހިތަދޫގައި އުޅުނުއިރު ސ. ހިތަދޫ ޢަންދަލީބުގޭ މަރިޔަމް ދީދީ އާއި މީނާކައިވެނި ކުރިއެވެ. މީނާއަކީ ހައްދަވައިގެން އެއްވެސް މަސައްކަތެއް ކުރާ މީހެއްނޫނެވެ. އުޅެމުންދިޔައީ މަރިޔަމް ދީދީގެ ބައްޕަ ކާންދިނީމާ ކައިގެން، އަތޮޅު އޮފީސް ދޮށަށްގޮސް އެތާގައި އަނގައަރުވާ އަތޮޅުގެ ބޮޑެތި މީހުންނާއެކު ޓޭބަލް ޓެނިސް ކުޅެލާ (އައްޑޫގައި ޓީ.ޓީ ފަށައިގަތް ދުވަސްވަރު)، ބޮޑެތި މީހުންގެ ގޭގެއަށް (ތުއްބީގެ ޢަލި ދީދީގެ، ތުއްބީގެ މުހައްމަދު ދީދީގެ، މަދަރުސާދޮށުގެ) ބޭނިގަނެގެންނެވެ.
ހައްދަވައިގެން ކަމެއްކުރާ މީހަކަށް ނުވުމުން، މަރިޔަމް ދީދީ އަށް ދަރިއަކު ލިބުމުން (މީނާގެ ފުރަތަމަ ދަރިފުޅު ނުއުމާ) ތަފާތު މައްސަލަތައް ދިމާވާންފެށިއެވެ. ފަހުމީއަކީ ލަދުކުޑަ ނުލަފާ މީހަކަށްވުމުން މަރިޔަމް ދީދީ އަށް ވަރަށް އަނިޔާކޮށް ތަޅާ ހަދަންފެށިއެވެ. ފަހުމީއަކީ ވަރަށް ވަޙުޝީ މީހެކެވެ. މިގޮތުގައި ދުވަސްކޮޅެއް ވުމަށްފަހު، މަރިޔަމްދީދީ ވަރިކޮށް ދެންގޮސް މި އަލްހާންގެ ބައްޕަ ފުންމާލީ އަލްހާނުގެ މަންމަގެ ރަށް ސ. ފޭދޫއަށެވެ. ފޭދުއަށް ފާވެ ހަންފެތުރީ ފޭދޫ ސްކޫލްގެ ކުރިމަތިން ހުންނަ ރަށްދެބައިގޭގައެވެ. އޭރު ފޭދޫ ސްކޫލް ހުންނަނީ ބަންދުކޮށްފައެވެ. ކިޔަވައިދޭ ތަނަކަށް ހުންނަނީ ސ. ފޭދޫ ފެންފުށި ކިޔާ ގޭގައި ހިންގާ ކްލާހެކެވެ. ޢާއިލީގޮތުން ޅެންހެދުމުގެ ހުނަރު މީނާއަށް ލިބިފައިވުމުން، މާމޮޅު ދިވެހި މުދައްރިސަކަށްވެގެން ފެންފުށީގެ ކުލާހުގައި ކިޔަވާދޭން މީނާފެށިއެވެ. ދުވަސްކޮޅަކުން މި ކުލާސް ފަޅަށްހުރި ރަށުގެ މަދުރަސާއަށް ބަދަލުވިއެވެ. އެއީ މީނާ އުޅޭގޭގެ ކުރިމައްޗެވެ. މިތާގައި އުޅެމުން، ކްލާހަށް ކިޔަވަން އަންނަ އަންހެން ކުދިން ޓިއުޝަން ދިނުމުގެ ނަމުގައި މީނާއުޅޭ ގެއަށް ގެންދަން ފެށިއެވެ. މިގެންދަންފެށި އަންހެން ކުދިން ސްކޫލްގެ އެކި ރަސްމިއްޔާތުތަކާ ދިމާކޮށް ވާހަކަ ދައްކަން ދަސްކޮށް ދިނުމުގެ ނަމުގައި، މީނާ އުޅޭގޭގެ ކޮޓަރިތެރެއަށް ވައްދައި އެކުދިންނާ ގަދަކަމުން ބެހުމަށް މި އަލްހާންގެ ބައްޕަ މަސައްކަތް ކުރެއެވެ. މިގޮތުން މަރިޔަމް ކިޔާ ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާ އަޅައިގަނެގެން މުޅި ފޭދޫގައި މޮޔަގެރިއެއްހެން މި އަލްހާނުގެ ބައްޕަ މާލޭ ފަހުމީ ތެޅުނުކަން، ފޭދޫގެ ހުރިހާ ރައްޔިތުން ދަންނާނެއެވެ. އެއީ 1972 އާއި 1974 އާއި ދެމެދެވެ. އެދުވަސްވަރުގެ ރީތި ރާގެއް ވިއްޔާ ހުރިހާ ރާގަކަށް މިދެންނެވި އަންހެން ކުއްޖާއަށް ލަވަހަދައި، ސ. ހިތަދޫ ކޯޓްގެ ކާތިބަކަށް އޭރުއުޅުނު ހަސަން ލަބީބު ( ފަހުން ކަތީބެއް) ލައްވާ އެލަވަތައް ރިކޯޑް ކުރުވައިގެން، ކުޑަ ޓޭޕް ރިކޯޑަރ އަކަށް އެލަވަތައް އަޅައިގެން ހޭބަލިވެ، ދެބަންދިހާރަވެގެން މުޅި ފޭދޫގެ މަގުތަކުގައި މިލަވަތައް ޖަހާ އުޅުނެވެ. އަލްހާނުގެ ބައްޕަގެ އޭރުގެ އުމުރު އުޅެނީ 35ން މަތީގައެވެ. މީނާގެ ކައރިއަށް އައި 14 އަހަރުގެ ކުއްޖަކާ އަޅައިގަންނާނީ، ކިހާވަރަކަށް މީހެއްގެ ލަދުހަޔާތް ކުޑަވުމުންކަން ހިތްޕުޅަށް ގެންނަވާށެވެ. އަދި ޓީންއޭޖް ކުއްޖެއްހެން އާވާރާވެގެން އަލްހާނުގެ ބައްޕަ އުޅޭނީ ކިހާވަރެއްގެ ގޮތެއްނެތް މީހަކަށް ވުމުންކަން ވިސްނަވާށެވެ.
ކޮންމެއަކަސް މި މާލޭފަހުމީގެ ހަޔާތްކުޑަކަން އިންތިހާއަށް ގޮސްގެން މީނާ އުޅުނުގެ ރަށްދެބައިގެއިން ބޭރުކުރުމުން ދެންގޮސްވަނީ، ސ. ފޭދޫ އެސް.ޓީ.އޯ ކުރިމަތިން (ރޯޒްވިލާ އާޖެހިގެން މަރަދޫފޭދުއާ ވީކޮޅަށް) އެހުންނަގެއަށެވެ. އޭރު ފޭދޫ ސްކޫލްގައި ހިންގަމުންއައި ކްލާސް އަތޮޅު ކޮމިޓީއަށް ނަގައިފިއެވެ. ދެން މީނާފަހުން މިބަދަލުވި ގޭތެރޭގައި ކްލާހެއް ހިންގަންފެށިއެވެ. ނަމަވެސް މީހާގެ ލަދުހަޔާތް ކުޑަކަމުން، ކްލާހަށްދާނެ މާކަގިނަ ކުދިންނެއް ނުތިބެއެވެ. މިހެން އުޅެމުންގޮސް އަލްހާނުގެ މަންމަ މީހަކާއިދެ ކައިވެނި ރޫޅިފައިވަނިކޮށް އެތަނަށް ފުންމާލިއެވެ. މަރިޔަމް މަނިކެއަކީ ރަށުގެ ގަދަރުވެރި ޢާއިލާއެއްގެ ރަގަޅު ކުއްޖެކެވެ. މި ފަހުމީއަކީ އޭނައާ އަޅާބަލާއިރު މުސްކުޅިއެކެވެ. ކޮންމެއަކަސް މަރިޔަމް މަނިކެއާއެކު އުޅެމުން މިއަލްހާން އާއި އެތައްކުދިންނެއް ލިބިއްޖެއެވެ. ކުދިންނަށް ކާންދީ ބަލަހައްޓަނީ މަރިޔަމް މަނިކެ އާއި އޭނާގެ މަންމައެވެ. ފަހުމީ ރަށުތެރޭގައި ލާހޫރެއެވެ. ގޭގެއަށް ގޮސް ޅެންހަދާދީ ކަންތައް ކުރަމުންގޮސް އެހިސާބުންވެސް މީހެއްގެ އަންބަކާ ތަތްތެޅިގެން ކަނތައްގަޑެއް ހިގައި، މީހާގެއަގުވެއްޓި ފޭދޫގައި ނުއުޅެވޭވަރު ވުމުން، މިއަލްހާނާއި މީނާގެ ކޮއްކޮ ގޮވައިގެން މާލެއަށް ކިޔަވާ ދިނުމުގެ ނަމުގައި އަތުވެއްޖެއެވެ. ފުންމާލީ މަންމަގެ ގެ މ. ފިނިވާގެއަށެވެ. މީނާއެތަނަށް އައީ އެތަނަށް ފާވެގަތުމަށްކަން އެގުމުން މީނާގެ މަންމަ ކުރިންވެސް މީނާއަށް އަރާ ރުޅިގަޑު ބާލަންފަށައިފިއެވެ. އެއީ، އެގެއިން ބިނކޮޅެއް ދަމައިގަތުމަށް މަސައްކަތް ފެށުމުންނެވެ. ކޮންމެއަކަސް މި މާލޭ ފަހުމީއަކީ ވެސް ''މަންޑި'' ކުޅޭ މީހަކަށް ވުމުން މިއުޅޭ މައުމޫނުގެ ކޮއްކޮ ޢަބްދުﷲ ޙަމީދާއި ވަރަށް ގުޅޭގޮތްވެ، އޭނާކައިރީ ބުނެގެން އޭރުވަނީ މަޖީދިއްޔާ އިން ދިވެހި މުސައްރިސެއްގެ މަގާމު ހޯދާފައެވެ. ފިނިވާގެއިން ނިކުންނަން ޖެހުމުން ޢަބްދުﷲ ޙަމީދު މީނާއަށް ލިވިންގް އެލަވަންސްއެއް ހަމަޖައްސައި ދިނުމުން ތަނެއް ކުއްޔަށް ހިފައިގެން އެތަނުން ބޭރުވިއެވެ.
ފޭދުން ފުރައިގެން މާލެއައިފަހުން ފޭދޫގައިތިބި ކުދިނަނާއި އަންހެނުންނަކަށް އެއްވެސް އެއްޗެއް ނުފޮނުވައެވެ. ފޭދުން އައީ އަލްހާނުގެ މަންމަ އަށް ބޭނުންވާ ހުރިހާކަމެއް ބެލެހެއްޓުން މީނާގެ މިތުރު ފޭދޫ ވާރުގޭ ސައީދާއި ހަވާލުކޮށްފައެވެ. ސައީދު ވަރަށް ރަގަޅަށް ހުރިހާކަމެއް ބަލަހައްޓާދީފައި ވެއެވެ. ދުވަސްކޮޅަކުން އަލްހާނުގެ މަންމަ އާއި އެހެން ކުދިންތައްވެސް މާލެގެނެސްފިއެވެ. މާލޭ ފަހުމީއަކީ ދަރިންގައި ތަޅާ ވަރަށް އަނބިމީހާއަށްވެސް އަނިޔާކުރާ ހަންޑިއެއްކަހަލަ މީހެކެވެ. އޭރު ޢަބްދުﷲ ހަމީދުވަނީ، ވިލިގިލީގައި ހުންނަ އެޑިއުކޭޝަންގެ ފްލެޓުން މާލޭ ފަހުމީއަށް ފްލެޓެއްވެސް ދީފައެވެ. އެކަމަކު މިމީހުން އުޅެމުން އަންނަނީ މާލޭގައެވެ.
ކޮންމެއަކަސް ދުވަސްކޮޅަކުން ޑީ.އާރް.ޕީ ގައި މިއަގައަރުވާ އަލްހާނަށް ޢަބްދުﷲ ހަމީދުގެ އެހީގައި ކޯހެއްލިބި މިސްރަށް ކިޔަވަން ގޮސްފިއެވެ. އަދި އަސްބާން ފަހުމީގެވެސް ސްކޫލް ނިމި އެޗް.އެސް.ބީ.ސީ އިން ވަޒީފާ ލިބިއްޖެއެވެ. އެޗް.އެސް.ބީ.ސީ ގައި އުޅުމުގައި އަސްބާން އާއި އިހަވަންދޫ ޝާކިރުގެ ފިރިހެން ކުއްޖަކާއި ރަހްމަތްތެރިކަން އުފެދި، ފަހުމީގެ މިކުދިންނަކީ ފަހުމީ ފަދަ މީހުންގެ ބޯކާލުމަށް މޮޅު ކުދިންތަކަކަށްވުމުން ޝާކިރުގެ ދަރިފުޅުގެ ވަރަށް ގާތްމީހަކަށް މި އަސްބާންވެއްޖެއެވެ. ފުރުސަތުގެ ބޭނުންހިފައި، އެޗް.އެސް.ބީ.ސީ ގައިއޮތް ޝާކިރުގެ ދަރިފުޅުގެ ރޯލްނުކުރާ އެކައުންޓެއް އަސްބާން ކޮޅާލިއެވެ. އަދި ވަރަށް ތަނަވަސް ކަމުގައި މާލޭ ފަހުމީގެ މިޢާއިލާ އުޅެންފެށިއެވެ. އަދި އަސްބާން އާއި އަލްހާން އާއި ދެބެން ހެކްސަގަން ހޯލްޑިންގް ކިޔާ ކުންފުންޏެއްހެދިއެވެ. ކުންފުނި ހެދިތާ މާގިނަ ދުވަހެއް ނުވެ، އަސްބާން ކުރާ ވައްކަން ފަޅާ އަރާ ބެންކުން އޭނާގެ މައްސަލަ ފުލުސް އޮފީހަށް ފޮނުވާލެވުނެވެ. އަލްހާނާއި އަސްބާނުގެ ކިބައިގައި ފަހުމީގެ ޖައްބާރުކަމާއި، ނުލަފާކަމާއި ހީލަތްތެރިކަމުގެ ހުރިހާ ސިފައެއް ހަމަވެއެވެ.
މި އަލްހާން މިސްރުގައި އުޅެފައި، މާލެއައީ ބަދު އަޚްލާގީ މައްސަލައެއްގައި އަޒުހަރުން ކަޑާލުމުންނެވެ. ވީމާ ކިޔަވަންދެވޭނެ އިތުރުގޮތެއް ނެތެވެ. އަސްބާންވަނީ އަރުވާލާ ހިސާބުގައެވެ. އޭރު މިމީހުންގެ ބައްޕަ މާލޭ ފަހުމީ އުޅެނީ އަދާލަތު ޕާޓީގައެވެ. އަދި ޑީ.އާރް.ޕީ އަށާއި މައުމޫނަށް އެއްޗެހި ގޮވާފައި ފަހުމީ އޭރު އަދާލަތުގެ ޖަލްސާތަކުގައި ދައްކަމުން އަންނަނީ، އަލްހާނު ލިޔެފައި ފޮނުވާ ލިއުންތަކުންނެވެ. ނަމަވެސް އަލްހާނު، މިމީހުންގެ ޢާއިލާއަށް ދިމާވެފައިވާ ވައްކަމުގެ މައްސަލައިން ސަލާމަތްވުމަށް އޭނާގެ ހިޔަޅު ސިކުޑީގެ ބޭނުންކޮށް، ސިޔާސީ މަސްރަހަށް ވިސްނައި އަސްބާން ސަލާމަތް ކުރުމަށް ޑީ.އާރް.ޕީ އާއި ގުޅުނެވެ. މި ގުޅުމުގައި އަދި ދެވަނަ ބޭނުމެއްވެސް ވެއެވެ. އެއީ އަލްހާނުގެ މަންމަގެ ކޮއްކޮ ޙަސަން ތައފީގުވެސް އޭރުވަނީ ޑްރަގު ވިޔަފާރި ހިންގައިގެން ދިގު މުއްދަތަކަށް ޖަލަށް ލެވިފައވެ. ވީމާ، މިދެމީހުންވެސް މިހާރުވަނީ، އަލްހާނު ޑީ.އާރް.ޕީ އާއި ގުޅި ލަދެއްނެތި މައުމޫނަށް ސަނާ ކިޔަންފެށުމުން ދޫކޮށްލާފައެވެ.
އަލްހާނުގެ ބައްޕަ މާލޭފަހުމީ ވަނީ، ފޭދޫގައި އޮތް އަލްހާންގެ މަންމަގެ ޢާއިލާގެ ތަރިކައިގައި ހިމެނޭ ފޭދޫ ބޮޑުމަގުގައި އޮތް ގޯއްޗެއްވެސް ވިއްކާލާފައެވެ. މިލާރިގަޑުގެ ބޭނުންހިފައި، ފަންޑިތައާއި، އޭތިމީތި ހަދައި މާލޭ ފަހުމީ މިހާރުވަނީ، މުސްކުޅި އޭނާގެ މަންމަގެ މައްޗަށް ގަދަވެގަނެ، މަންމަ ޖަމީލާ ފަހުމީއަށް ދީފައިވާ އޭނާގެ ގޯތިވެސް ދަމައިގެންފައެވެ. އަދި މި ތިންބަފައިންނަކީ، މައުމޫނު ރުހޭ ހުރިހާ ނުބައިސިފަތަކެއް ލިބިފައިވާ މީހުންކަމުން، މައުމޫނު ބޭނުންވަނީ ދޮގު ތެދުކަމުގައި ހަދާލެވޭވަރުގެ ހީލަތްތެރިންކަމުން، ހިޔަޅު ތިންބަފައިންނަށް ޑީ.އާރް.ޕީ ގެތެރެއިންވަނީ ޣާޒީންގެ ދަރަޖަ ލިބިފައެވެ. މާލޭ ފަހުމީ އުޅެނީ މިހާރު އައްޑޫގައި ޑީ.އާރް.ޕީ ކެމްޕޭނުގައެވެ. އެކަމަކު މި 3 ބަފައިންނަށް އައްޑުން ވޯޓެއްދޭނީ ކާކު ހެއްޔެވެ؟
މާލޭ ފަހުމީއަށް ހިތަދޫ މަރިޔަމް ދީދީ ވިހޭ ދަރިފުޅަށް ފަހުމީ ބޮޑުލާރިއެއްވެސް ދުވަހަކު ޚަރަދު ކޮށްފަކާ ނުވެއެވެ. މިހާރު އެއްކަލަ، ދަރިފުޅުވެސް ބޮޑުވުމުންފެނި ނުއުމާ ވެސް ވަނީ މިޢާއިލާގެ މެމްބަރަކަށް ހަދާފައެވެ. އަލްހާނުގެ މިތިން ބަފައިންނަކީ ފައްކާ 3 ހިޔަޅެވެ. އެމީހުން ބުނަނީ ދުނިޔެ ކާނީ މަކަރާއި ޖަހައިގެން ކަމަށެވެ.