<< Back to Home Page

21 October 2008

މަވޯޓާ ޝަރީފް ހުތްވެފައި: މައުމޫނުގެ އައްޑޫ ދަތުރުފުޅުގެ ތެރެއިން

އިއްޔެ ނޫން އިހަށްދުވަހު ރައީސް މައުމޫން އައްޑު އަތޮޅަށް ވަޑައިގެން ކެމްޕޭން ޖަލްސާ ބާއްވަން އުޅުއްވައިގެން ޖަލްސާ ނުބޭއްވުނު ރަށަކީ އައްޑުއަތޮޅުގެ ފަޚުރުވެރި މަރަދޫއެވެ. މަރަދޫ އަކީ މަވޯޓާ ޝަރީފުގެ އަމިއްލަ ޜަށްވެސް މެއެވެ. ވަރަށް ކުޅި ދައްކާލާ ކުލަވަރު ދައްކާލައްވާނެ ކަމަށް ޑީ.އާރު.ޕީ ގެ މެމްބަރުން ގާތު ފޮނިކަނޑުވައްވަމުން އެބޭފުޅުންގެ ލޮބުވެތި ޒައީމު ގޮވައިގެން އައްޑޫއަތޮޅަށް ވަޑައިގެން އެންމެ ލަދުފުޅު ގަންނަން ޖެހުނީ މަވޯޓާ ޝަރީފްގެ އަމިއްލަފުޅު ރަށުންނެވެ.

ދެރަވެސް ވާނެ ނޫންތޯއެވެ. ލަދުފުޅުވެސް ގަންނާނެ ނޫންތޯއެވެ. އެރަށު މީހަކު ކަހާތަން ހިރިވާލި ހެނެއްވެސް ހިއެއް ނުވިއެވެ. ކެމްޕޭން ޖަލްސާ އެރަށު މަދަރުސާގައި ބާއްވަން އުޅުމުން އެރަށު މީހުން މާގިނަ ވާހަކަތަކެއް ދައްކާކަށްވެސް ނުހެދިއެވެ. ހަމަ އެކަނި ބުނެލީ ސްކޫލްގަ އެވަގުތު ދަރިވަރުންގެ މަސައްކަތެއް ހިނގަމުން ދާކަމަށާއި އެހެންވެ ޖަލްސާ ނުބޭއްވޭނެ ކަމުގައެވެ. ގަތް ލަދުން އަވަހަށް ރައީސް މައުއުމޫނު އެތަނުން ވަޑައިގެންނެވީ އެވެ. ފޭ އަކަށް ފޭއަކަށް ޖެހެމުން ރައީސް މައުމޫނު ދެން ވަޑައިގަތީ ފޭދޫ އަށެވެ. އެއަށް ފަހު ހުޅުދޫއަށާއި، މީދޫ އަށެވެ. ހުޅުދޫއާއި މީދޫ، މި ދެރަށުގެ ކަންހިގިގޮތް އިއްޔެ ވާނީ ގެނެސް ދެވިފައެވެ. އެއަށްވުރެ އިތުރަށް ވީގޮތަ ބައްލަވަން ބޭނުން ފުޅު ނަމަ މިފޮޓޯތައް ބައްލަވައިގެން އަމިއްލަފުޅަށް ވިސްނަވާ ލައްވާށެވެ.

މަވޯޓާ ޝަރީފް މަދަރުސާގެ ޓީޗަރުންނާއި ދިމާލަށް ވަރަށް ހުތުރު ވާހަކައެއް ވިދާޅުވިއެވެ. ހުޅޫދޫ އަށާއި މީދޫ އަށް ވަދައިގަތުމުގެ ކުރިން ފޭދޫގައި ބޭއްވި ކުޑަ ވަރެއްގެ ޖަލްސާއެއްގައި ވާހަކަ ދައްކަމުން މަވޯޓާ ވިދާޅުވީީ، މަރަދޫ ސްކޫލްގެ ހޯލް ހަމަޖައްސާފައިވަނިކޮށް، އެކަމަށް ހުރަސްއެޅީ އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ޓީޗަރުން ކަމަށެވެ. އެކަމަކު މިޓީޗަރުންނަށް މުސާރަވެސް ދެނީ ސަރުކާރުން ކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް މުސާރަދޭނީ ސަރުކާރުން ކަމުގައި މަވޯޓާ ވިދާޅުވިއެވެ. އަމިއްލަ ރަށުން ލޮބުވެތި ޒައީމް ކުރިމަތި ލައްވަން ޖެހުނު ލަދުވެތި ކަމުގެ ސަބަބުން މަވޯޓާ މިހާރު ހުންނަވަނީ ވަރަށް ބޮޑަށް ހުތްވެފައި ކަމަށް ޑީ.އާރު.ޕީ ގެ އއތެރެއިން މައުލޫމާތު ލިބެއެވެ.