<< Back to Home Page

19 October 2008

ކޮރޯނާ ޕްރެސް އިން އެމްޑީޕީ ބަދުނާމުކުރުމަށް ލާދީނީ ޕޯސްޓަރު ޗާޕުކުރާތީ އެތާ ކާރިއަށް މީހުން އެއްވެގެން އެބައުޅޭ

އާފަތިސް ނޫސް ޗާޕުކުރާ ކޮރޯނާ ޕްރެސްކާރިޔަށް ގިނަ އަދަދަކަށް ބަޔަކުއެއްވެގެން އެބައުޅެއެވެ. ޚަބަރުލިބިފައިވާގޮތުގައި އެތަނަށްމީހުން އެއްވީ އެތާނގައި ސޮލީބުޖަހާފައި ހުރި ޕޯސްޓަރުތަކެއް ގޮޅާބޯގެ ޑީއާރުޕީން އެމްޑީޕީ ބަދުނާމުކުރުމަށް ޗާޕުކުރަމުން ގެންދާތީއެވެ. އެތެރޭން ޚަބަރުލިބޭގޮތުގައިސޮލީބެއް ހިފައިގެން ދެއަންހެނުން ކައިވެނި ކުރާ މަންޒަރުފެންނަގޮތަށް ހުންނަ 10،000 ޕޯސްޓަރު ޗާޕުކުރުމުގެ މަސައްކަތް އެތާ ތެރޭގައި ކުރެވެމުން މިހާރުވެސް އެބަ ދެއެވެ.

އިސްލާމް ދީން އައްޑަނައަކަށް ހަދައިގެން، އެމްޑީޕީ އިއްތިހާދުގެ ބޮލުގައި، ޚާއްސަކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ބޮލުގައި ނަސޯރާދީން ފަތުރަނީޔޭ ކިޔައިގެން ގޮޅާބޯމެން ތަފާތު ދޮގު ކެމްޕޭނު މިހާރު ކުރިޔަށް ގެންދާތާ އެތައް ދުވަސްތަކެއްވެއްޖެއެވެ. މިގޮތުން ދާދިފަހުން ނަޝީދުގެ ކަރުގައި ސޮލީބު އަޅުވާފައިހުރި ޕޯސްޓަރުތަކެއް ރާއްޖޭން ބޭރުންވެސް ގެނެސްފައިވެއެވެ. އަދި، ރިފޯމިސްޓުންގެ ނަމާއި ފޮޓޯޖަހާފައި ނަސޯރާދީން ފަތުރާކަމުގެ ދޮގު ތުހުމަތުކޮށްފައިވާ ލުއިފޮތެއްވެސް ދަނީ ބަހަމުންނެވެ.

އީވާން ނަސީމުމެން މާފުށީ ޖަލުގައި ސެޕްޓެމްބަރު 2003 ގައި މަރާލުމާ ގުޅިގެން ރާއްޖޭން ބޭރުގައި ތިބެގެން ގޮޅާބޯގެ އަނިޔާވެރި ވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކުރަން މަސައްކުރަން ފެށި ހިސާބުން ރިފޯމިސްޓުންގެ ބޮލުގައި މި ދޮގު އިލްޒާމު އަޅުވަމުން ވަނީ އައިސްފައެވެ. އަދި، އިންތިޚާބުގެ ފުރަތަމަ ބުރާ ގާތްކޮށް މިކަންކަން ގޮޅާބޯވަނީ ފުޅާކޮށްފައެވެ.

އެހެންނަމަވެސް، ހަގީގަތަކީ، ދިވެހި ތާރީޚުދުށް އެންމެ މުނާފިގު މީހަކީ ކާމިނީގޭ ސީދީގެ އަބްދުﷲ މައުމޫނު ނުވަތަ ކެނޑި އަބްދުކަމެވެ. ވޭތުވެދިޔަ 30 އަހަރުތެރޭގައި ދިވެހިރާއްޖޭގައި އޮތް އިސްލާމީ ރިވެތި އާދަކާދަތަކާއި އަޚުލާގު ނައްތާލާ ދިވެހި ޒުވާނުން ޑުރަގުގެ ވަބާގައިޖެއްސީ ސީދާ މީނާއެވެ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ މިއޮންނަ އިސްލާމީ ސަގާފަތާއި އެކުވެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ގޮޅާބޯއެވެ! ދިވެހީންނޭވެ! މީނާއަކީ އިސްލާމް ދީނާ ދޭތެރޭ އެއްވެސް ކުލުނެއްހުރި މީހެއް ނޫންކަން ދާދި ފަހުން ބޭއްވި ސިޔާސަތު ޕުރޮގުރާމުންވެސް އެނގިގެން ދިޔަތާއެވެ! ހޭ އަރާތިބެ ވޯޓު ދޭށެވެ! މި ބަލާވެރިކަމުން މިންޖުވުމަށް ވޯޓުދޭށެވެ!