<< Back to Home Page

18 October 2008

އެހެން ހުރިހާ ޖަނަވާރުންނަށް ވުރެ، މާތް ﷲ އިންސާނާ މާތްކުރެއްވީ ވަކިސަބަބަކަށްޓަކައެވެ. ތުންތުންމަތިން އިވޭ އަޑުތަކަށް ނުވިސްނާ އަމިއްލަ ސިކުޑީގެ ބޭނުން ކުރަށްވާށެވެ.

ސްކޫލްތަކުގައި ކޮންމެ މާއްދާއަކަށް ދެވިފައިވާ ގަޑީގެ އަދަދު ބަލާށެވެ؟ ޕްރައިމަރީ ސްކޫލް އެއީ ކުއްޖެއްގެ ބިންގާ ރަނގަޅުކުރަންވީ އުމުރު ފުރައެވެ. ޕްރައިމަރީ ސްކޫލްގައި އިސްލާމް ކިޔަވާދެނީ ހަފަތާއަކު 3 ޕީރިއަޑެވެ. ޕީރިއަޑަކީ 35 މިނެޓެވެ. ކީރިތި ޤުރުޢާން ކިޔަވާދެނީ 2 ޕީރިއަޑެވެ. އެއީ ހަމައެކަނި ގްރޭޑް 1 ން 5 ކަށެވެ. އެއަށްވުރެ މައްޗަށް ޤުރުއާން ކިޔަވައެއް ނުދެއެވެ. މިއީ މައުމޫނު އިސްލާމް ދީނަށް ލޯބިކުރާ މިންވަރެވެ.

އިސްލާމީ ބިންގާ ރަނގަޅަށް އަޅާނުދޭ ސަބަބު އިގޭހެވެ؟ ނަރަކައިގެ އަޒާބު ގެ ވާހަކަ ސްކޫލްތަކުގައި ކިޔަވާނުދޭ ސަބަބު އެގޭހެވެ؟ އެއީ ތިޔަބައިމީހުންގެ އިސްލާމީ ޢަޤީދާ ވަރުގަދަ ވެދާނެތީއެވެ.

މައުމޫނު ގެ ޓީވީ، އާއި މާލަމްތައް ބަލާށެވެ. ދިވެހި އަންހެނުން މިތަންތަނަށް އަރުވައިގެން އެމީހުންގެ އުރަމަތި އެތަޅުވަނީ އަންނިތޯއެވެ. ނޫނެކެވެ. މައުމޫނެވެ. މިއީ އިސްލާމް ދީނަށް ލޯބިކުރާކަމަށް ދައުވާ ކުރާ މައުމޫނުގެ ހާލަތެވެ.

މައުމޫނަނީ އިސްލާމް ދީނަށް ލޯބިކުރާމީހެއް ނޫނެވެ. އެއީ ދީނުގެ ނަމުގައި މީހުން ގެ ކިބައިން ވޯޓު ހޯދާ މީހެކެވެ. މިކަމަށް ހެއްލޭމީހުންވެސް ވާނީ ދީނުގެ ނާޖާއިޒް ފައިދާ ނަގާމީހުންނަށެވެ. މައުމޫނަށް ނޫނެކޭ ބުނުމުގެ ހިތްވަރު ދިވެހިންނަށް ދެއްވާ އެމްޑީޕީ އާ ގުޅިފައިވާ އިއްތިހާދަށް އާއެކޭ ބުނެ މައުމޫނުގެ އަނިޔާވެރިކަމުން ސަލާމަތްވުމުގެ ހެޔޮ ވިސްނުން ދިވެހިނަށް ދެއްވާންދޭވެ. އާމީން.

މައުމޫނަށް ނޫނެކޭ ބުނުމުގެ ހިތްވަރު ދިވެހިންނަށް ދެއްވާ އެމްޑީޕީ އާ ގުޅިފައިވާ އިއްތިހާދަށް އާއެކޭ ބުނެ މައުމޫނުގެ އަނިޔާވެރިކަމުން ސަލާމަތްވުމުގެ ހެޔޮ ވިސްނުން ދިވެހިނަށް ދެއްވާންދޭވެ. އާމީން