ތިޔަކުރައްވަނީ ވާ ވެރިކަމެއް

25 އެޕްރިލް 2012 13:36 | 0 ކޮމެންޓް

އަޅުގަނޑު ހިތަށް އަރައެވެ. މި ފާޑަށް ދުނިޔޭގައި ވެރިކަންކުރާ ކިތައް ޤައުމު އޮވެދާނެބާވައެވެ؟ އަދި މި ޒާތުގެ ވެރިކަމެއްކުރާ ކިތަށް ވެރިން ތިބެދާނެބާވައެވެ؟ މިހެން ހިތަށް ނާރަންވީ ސަބަބެއްވެސް ނެތްތާއެވެ؟
“ބާޣީ” މިބަސް ނީވޭގޮތަކަށް މިހާރު ވަހީދަށް ގެއިން ބޭރަށް ބޯވެސް ދިއްކޮށްލެވޭނޭ ކަމާމެދު ޝައްކެވެ. މިހެން މިކަން ދިމާވީ ސަބަބެއް ނެތި ނޫންކަން އެއީ މުޖައްރިބު ކަމެކެވެ. ދެން އޮތީ ރަށްރަށަށް އަރާވާހަކައެވެ. މަތިހަށި ނަގާފައި ދިޔައެއްކަމަކު، މީދެން ވެރިން ރަށް ރަށަށް އަރާ ފާޑުތޯއެވެ؟ އެ ރަށެއްގެ އާބާދީޔަށްވުރެ ގިނަ ސިފައިންނާއި ފުލުހުން ގޮވައިގެން ބޮނދަމުން ކަހަލަ ގޮތަކަށް ރަށަށް އަރައިގެންދާއިރު ދުރުގައި މަންޒަރު ބަލަން ތިބޭމީހުންނަށް އެފަކީރުވެސް ނުފެނެއެވެ. ވަށައިގެން ތިބޭ ސަލާމަތީ ބާރުތަކުގެ މީހުންނާއި އިހުތިޖާޖުކުރަމުންދާ އެތައް ބަޔެއްގެ ތެރެއިން ނިކުމެގެންދާއިރު ޔަގީނުންވެސް ހުންނާނީ ރަނގަޅަށް ގުނބުހިލިފައެވެ. 
ތިމަން މަނިކުފާނަށް ރާއްޖޭގެ އާބާދީގެ 90 އިންސައްތައިގެ ތާއީދު އޮވެޔޭބުނެ ގަދަ ބަސް ބުނާއިރު އަރާ ރަށްރަށުން މަރުހަބާގެ އަޑަށްވުރެ އިސްތިއުފާގެ އަޑާއި، ބާޣީއޭ ގޮވާ އަޑު ގަދަވުމަކީ އެބޭފުޅާޔަށް ލިބޭ ހިތްވަރެއްކަމުގައި ވާނަމަ، އެއަށްވުރެ ތާއީދު ބޮޑު ހަމަަ އެކަކުވެސް މިދުނިޔޭގައިވެސް ނެތްކަމަށް އަޅުގަނޑު ހެކިވަމެވެ. ތަނަކަށް ވަޑައިގަންނަވަންޏާ އެ ސަރަހައްދަކާއި، އަދި އިންވެގެން އޮތްހާ މަގުތައް ބަންދުކޮށް، ހިންޏަކަށްވެސް ނުވަދެވޭވަރަށް ފުރިހަމަ ހަތިޔާރާއެކު ފޯރިމަރާ، އެތައްބަޔަކަށް އެކަމަކުން ތަކުލީފާއި، ދުއްތުރާ ކުރިމަތިވާގޮތަށް ތިޔަކުރައްވަނީ “ބލވެރިކަމެއް” ނޫންބާވައެވެ. 
ދަންނަވަންތޯއެވެ! މި ގައުމަކީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ގައުމެއްކަމުގައި ހީފުޅުކޮށް އެމީހުންގެ 90 އިންސައްތައިގެ ތާއީދުގައި ބަގުޑި ބައްދަވައިގެން ހުންނެވުމަކުން ރައްޔިތުންގެ އަޣުލަބިއްޔަތު ލިބުނީކަމުގައި ދެކެވަޑައި ނުގަންނަވާށެވެ. ރައްޔިތުންނަށް ދޭން ކަނޑައަޅާފައިވާ އެތައް ހިދުމަތްތަކެއް އުނިކޮށް ސިފައިންނާއި ފުލުހުން ރުއްސަން ތިޔަކުރައްވާ މުޑުދާރު އަމަލުގެ ނަތީޖާ ހިތިވާނެކަން ގަބޫލުކުރައްވާށެވެ. 

ކުރިން އަޅުގަނޑުމެންދުށީ މަނިކުފާނަކީ ތެދުވެރި އިހުލާސްތެރިޔެއްކަމުގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޕީ.އެޗް.ޑީ ހައްދަވައިގެން ވަޑައިގަތުމުގެ އިތުރަށް އ.ދ ގެ މަގާމުތަކެއް ފުރުއްވާފައިވުމުން ޑިމޮކްރަސީ ފިސާރި ހިތުދަސްވާނޭކަމުގައި ދުށީމުއެވެ. އެކަމަކު މަނިކުފާނު ތިޔަ ވެވަޑައިގަތީ މި ގައުމަށްވެސް ގައްދާރެވެ. ގާނޫނީ ވެރިކަން ވައްޓާލަން ދަންވަރުގެ ވަގުތުތަކުގައި ހިލާލީގޭގައި ތަފާތު “ހިލުންގަނޑު” ތައް ހިލުމަށްފަހު ކާންދިން އަތުގައިވެސް ދަތްއެޅުމުން ދެން ތެދުވެރިވާނީ ފަހެ ކާކަށްތޯއެވެ؟ ވެރިކަމުގެ ދަހިވެތިކަމުގައި އަނިޔާވެރި މައުމޫނުގެ ފައިކޭޓަށް ވެއްޓިގަތްއިރު މި ގައުމު މިހާރު މި ގުނަމުންދަނީ އަނިޔާވެރިކަމުގެ އެންމެ ބަނަ ދުވަސްވަރެވެ. ރޯމާ ދުވާލު މީހުން ޗިސްޗިސް ކުރަމުންދާއިރު މިކަމަށް ވަހީދު ޒިންމާވާން ޖެހިވަޑައިގަންނަވާނެއެވެ. މި ހުރިހާ މުޑުދާރު އަމަލެއް ކުރެއްވުމަށްފަހު އެކަމުގައި އަމަލީގޮތުން ހަރަކާތްތެރިވި ފުލުހުންނަށް މިގައުމުގެ އެންމެ ޝަރަފުވެރި ބަތަލް ގާޒީ ރަދުންނާ އެއްފަދަ ކުރުމުން މަނިކުފާނުގެ ހަގީގީ ސޫރަ ފިސާރި ރަނގަޅަށް ސާފުވެ ފާޅުވެއްޖެއެވެ. އާރެއް، ބާރެއްނެތް ވެރިކަމުގައި ކިތަންމެ ބާރަށް ބައްދަވައިގެން އިންނެވިނަމަވެސް ތިޔަ އިންނެވެނީ ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅުގައިކަން އަމިއްލަފުޅަށްވެސް ގަބޫލު ކުރެއްވޭނެއެވެ. ތިޔަކުރައްވަނީ ” ވާ” ވެރިކަމެކެވެ.

0 ކިޔުންތެރިންގެ ޚިޔާލު

  1. ޒޯރޯރަސްގެފާނު Reply

    April 25, 2012 at 10:20 am

    އަތްމައްޗައް ނަގައިގެން ހުރިހާބާޣީން މިތިބީ އަނެއްކާ ގެނބެނީބާ؟ ވެރިކަމެއްނޫން މިކޮަށްދެނީ އަނިޔާވެރިކަމެއް! ކީތްކުރާނީ؟ ތަނެއްގެ އަސްކަރިއްޔާއިން ފައިސާ ފަހާ ދުވަންވީމަ ޤައުމެއް ހަލާކުވެދާނެ. ދިވެހިންނަށް ލިބިފައިމިވަނީ އެލަނޑު… މުޅިޤައުމު ސުންނާފަތިކޮށްފަ ރައްޔިތުން ބައިބައިކޮށްފަ މުޅިދުނިޔެއަށް ފަޟީޙަތްކޮށްފަ ބާޣީފަތި މަޤާމުތަކަށް ސަވާރުވެގެން ޤައުމުގެ ޚަޒާނާކައި ހުސްކުރަމުން ގެންދާމަންޒަރު ރައްޔިތުން ރޮވިފަ ބަލަންތިބުން ނޫންގޮތެއްނެތް… [އެއެއްޗެއް ނުބައިކުރާނެ ފަނިއުފެދޭނީ އެއެއްޗެއްގައޭ ބުނާފަދައިން] ޤައުމުތެރޭން ޤައުމުގެ ދުޝްމަނުން އުފެދުމަކީ މިކަހަލަ ހިތިތަޖުރިބާ ކުރަންޖެހޭނެ ކަމެއްކަން ދިވެހިންނަށް ފެނިއްޖެ. ދުނިޔޭގެ އެއްވެސް ޤައުމަކަށް މިފަދަ ހިތްދަތި ދުވަސްތަކެއް ﷲނުދައްކަވާށި!

  2. މުހައްމަދު Reply

    April 25, 2012 at 11:27 pm

    މިއޮތީ މިކަންތައް ލައިގެންފައި، ތާރީޚް އިއާދަކޮށްފައި. ދިވެހި ރާއަޖޭގެ މިނިވަންކަން ގެއްލޭ ކޮންމެ ވަގުތެއްގައި މިކަމުގެ އަޑީގައި މިތިބެނީ ދިވެހީން، ވެރިކަމުގެ ދަހިވެތިކަމުގައި ކުރެވޭ ކަމަކުން ވެރިކަން ގެއްލިގެންދަނީ، މިހާރު މިބަޣާވާތުގެ އަޑިއެގޭވަރުވެއްޖެ، މީގައި ދެތިންގޮތެއް އެބައޮތް، އެއްގޮތަކީ ގައުމުގެ މުސްތަގްބަލަށްޓަކައި އަދި އޮހޮރިދާނެ ލެޔަށްޓަކައި ނުވަތަ އަމިއްލަ ނަފްސައް ލިބިދާނެ ގެއްލުމަކަށްޓަކައި އަޅާނުލާ ތިބުން، ދެވަނަ ގޮތަކީ ނިކުމެ ހަމަ ބާޣީންނާއި އިދިކޮޅަށް ޖިހާދުކޮށް ބާޣީންތައް ފޮހޮލުން،، އެއިރަކު ގައުމުގައި މީހަކު ނުހުންނާނެ، އެއީ އެމީހުންނަށް ވާނެވަރެއްވެސް ކުރާނީއާއި މިކޮޅުން އެމީހުންނާއި ރަގަޅަށް ދިމާކޮށްފިނަމަ އަދަދުގެ ގޮތުން ކާމިޔާބު ވުން އެކަށީގެންވާތީވެ، ދެމް މީގެ ކާމިޔާބު މިވަނީ ކޮންބަޔަކަށް ކަން އެބައެގޭ- ދުރުގައި ކަޅުކާޅެއް ހެން ރާއްޖޭގެ މިނިވަންޖަހައިގަންނަން ފުރުސަތަކަށް ބަލަބަލާ އޮތް ވަގު ބޮޑުކާޅަކަށް،
    މިއިން ނިންމަންވީ ކަންތައްތަކެއް އެބަހުރި، ސިފައިންނާއި ފުލުހުން މާއްދީއަތަށް ނުލެބި ގައުމުގެ ސުލްހަމަސްލަހަތަށް ބޯލަބައި އިހުރިބިގޮތަށް ބަދަލުވާންވީ- ވިކަންތައް ވެނިމިފޮސްފި، މިއި އަހަރެމެންގެ ގައުމު، މިގައުމު އޮޔާމިދަނީ، ސިފައިންނަށާއި ފުލުހުންނަށް ގައުމުގެ ހަޒާނާ ހުޅުވައިފައި ނުވެހެއްޓޭނެ، އަބަދުވެސް އެމީހުން ތިބެނީ ރައްޔަތުންނަށް ވުރެ ސަރުކާރުގެ ދީލަތިކަމުގައި، މާއްދީތަނަވަސްކަމުގައި އަބަދުވެސް ހިތްހަމަ ނުޖެހޭ ބައަކު ތިބޭނެ، ސިފައިންގެ ތެރެއިންވެސް މިކަންފެނިގެންދާނެ،، އެހެންވީމާ ދުނިޔޭގެ ދަހިވެރިކަން ދޫކޮށްލަންވީ، ދީނަށް ނަސްރުދިނުމުގެ ގޮތުން ހިންގުނު ބަޣާވާތަކަށް މިކަންތައް ނުވޭ،
    ދެންއޮތީ މިބަޣާވާތް ގެނައި މީހުން ކޮންގެން ތިބިކަންތަކުގެ ބޮޑުމިނާއި ފުންމިން، ގައުމީ ނަޒަރަކުން ބަލާއިރު މިއިން ކޮންމެ މީހަކީ އުމުރަށް ބުރަމަސައްކަތާއި އެކުލެވޭނެ މީހުން، މިއީ އެންމެ ކުޑައަދަބު، މިމީހުން ކޮންމެ ތަނެެއްގައި ވީކަމުގައި ވިޔަސް ދިވެއްސެއްނަމަ މިމީހުން ފަހާހޯދާ މިވާޖިބު އަދާކުރަންޖެހޭނެ،
    ާ

  3. މަރިއަނބު Reply

    April 25, 2012 at 11:41 pm

    ބުރުމާ ކަލޯ ކަލެއަށް ހީވަނީ ކީކޭކަމަށްތަ! ކަލެއަށްވުރެ ގިނަލާރި ލިބި ހަމަ ކަލޭހެން އުޅެ އެންމެ ފަހުން އަތުގައި މޮކޮސް ވެސް ނެތް ކިތަން މީހުން ކަލޭވެސް ދަންނަންހެއްޔެވެ، ގުރުއާން ތަރުޖަމާ ނަގައިގެން ސޫރަތުލް ކަހުފުގެ ތަރުޖަމާ ކިޔާލަބަލަ، ކަލޭމެން ކަހަލަ މީހުންނަށް ޖައްސަވާފައިވާ މިސާލުގެ އާޔަތެއްވާނެ، ދެން ވަހީދަށް ވެސް ހީވަނީ ކީކޭހެއްޔެވެ، ރާއްޖޭގައި އިތުރު ދައުރަކަށް ވެރިކަން ކުރެވިދާނެހެން ހެއްޔެވެ، އަހަރެމެން ރައްޔިތުން ކަލޭ ހިފާހައްޔަރު ކުރާ ދުވަސް ވަރަށް ކައިރިވެއްޖެއެވެ،
    ކަލޭމެން ކޮންމެ މީހަކުވެސް ވަކިވަކިން ވިސްނާލަބަލަ-ތިއިން ކޮންމެ މީހަކު ވެރިކަމަށް އައުމަށްވުރެ ކަލޭމެނަށް އަދިވެސް އަންނިވެރިކަމަށް އައުމުން ސަލާމަތްކަން ބޮޑެވެ، ތިމއިން ކޮންމެ މީހަކު ވެރިކަމަށް އަޔަސް އަނެކަކު ކަރުގައި ހިފާނެއެވެ، އަހަރެމެން މިގައުމަށް އިރު އަރާކޮންމެ ދުވަހަކީ ކަލޭމެނަށް ދިވެހި ރައްޔިތުން ނުރުހޭނެ އެތައް ބަދު ދުޢާއެއް އިތުރުވާނޭ ދުވަހެކެވެ، މިއަހަރު ނުވިނަމަ އަންނަ އަހަރުންވެސް ވޯޓްލާން މަޖްބޫރުވާނެއެވެ، މިހެން ކަންތައް ބަދަލުވެގެން ނުދާނެނަމަ އަދި ވެސް ހުރީހީ އެއްކަލަ ގޮޅާ މައުމޫނެވެ، މިއަށްވުރެ މާބަލިކޮށް ތިބެ ގޮޅާ ނަގާއެއްލައިލީއެވެ، އަންނިވެރިކަންކުރިގޮތް ރައްޔިތުންނަށް ފެނިއްޖެއެވެ، އަދި މިހާރު ބާޣީ ވަހީދު ގަދަކަމުން ވެރިކަން ފޭރިގެން ހުރެ ކުރާވެރިކަން ވެސް ދަނީ ފެންނަމުންނެވެ، ކަލޭމެން އަމިއްލަ އަށް ވިސްނާފާ ގޮތެއް ނިންމަ ބަލާށެވެ،

  4. ވަހީދު Reply

    April 27, 2012 at 10:44 pm

    ވަހީދުކަލެއަށް އިޚްލާޞްސޫރަތް ކިޔަވަން ނޭގުނަސްވަރިހަމަ. އަދިވެސް ވެރިކަން ކުރެވޭތޯބަލާ. ގުރްއާން ކިޔަވަންނޭނގޭމީހަކުލައިގެން ކިހިނެއް މިގައުމު ހިންގާނީ. ވަހީދުއެވެ. ސޮނެވާފުށީގައި ރަލާއިއޫރުމަސް އަދި ހުހެއްނުވޭ. އަނެއްކާވެސް ސޮނެވާފުއްޓަށް ޖައްސާލަންވީނު. އޭރުންހުންނާނީ ރަނގަޅަށް ދީންހިމާޔަތްކުރެވިފަ. އޭރުން ފަރުތައްވެސްހިމާޔަތްވާނެ. ވަހީދު ކަލޭތީ ގަދަމީހެއް؟ ހުރިގޮތަށްހުރި ދީނީލީޑަރެއް.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>