މިމަހުގެ 14 ވަނަ ދުވަހަކީ އަނެއްކާވެސް ބޮޑު ދުވަހެކެވެ. ރައްޔިތުންނާ ހަމައަށް އެމީހުންގެ ބަހަކަށް އަންނަ ދުވަހެކެވެ. ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދެގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ދެ ބައިއިލެކްޝަން ބާއްވާ ދުވަހެކެވެ
ރައްޔިތުންގެ މަޖިލީހުގެ މި ދެގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާއިރު ރައްޔިތުން ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއިން އެއްކަމަކީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭން ދުވަސްވަރު އޭރުގެ އިދިކޮޅުން އެންމެބޮޑަށް ދެއްކި އެއްވާހަކައަކީ އޭރުގެ ސަރުކާރަށް (އެމްޑީޕީއަށް) ވޯޓު ނުދިނުމަށެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބިއްޖެނަމަ، ވެރިކަން ހިންގާ ބާރާއި ވެރިކަން ކުރާ ބާރު އެކައްޗަކަށް ވުމަކީ ބިރުހުރި ކަމަކަށް ވާތީޔޯލައެވެ.
ސަރުކާރު ޒިންމާދާރު ނުކުރެވި ސަރުކާރުން ރައްޔިތުންނަށް ހިތުހުރި ގޮތެއް ހަދާފާނެތީޔޯލައެވެ. އެއީ އޭގެ ޒާތުގައި ރަނގަޅު ވާހަކައަކަށް ވެދާނެއެވެ. އެހެންކަމަށްވާނަމަ އެވާހަކަ މިއަދު މާބޮޑަށް ޤަބޫލުކުރަން އެބަޖެހެއެވެ. އެބުނާ ސަބަބުގެ އިތުރުން އެކަން އެހެން ކުރުމުން މާޒީގައި ކަންހިނގާފައިވާ ގޮތުންނާއި މިހާރު ފެންނަމުންދާ މަންޒަރު ތަކުންނެވެ. އެގޮތުން މިހާރު މަޖިލީހުގައި އަޣްލަބިއްޔަތު އޮތީ މިހާރު ގަދަކަމުން ވެރިކަމުގައި ތިބި މީހުންގެ އަތްމަތީގައެވެ. ދެބާރު އެއޮތީ އެއްވެފައެވެ. ވެރިކަން ބަދަލު ކުރިގޮތާމެދު ސުވާލު އުފެދޭ ކިތަންމެ ކަމެއް ހުރިއިރު އެކަންކަމަށް އިންސާފުން ބެލުމަށް ނުވަތަ އެސުވާލުތައް ރައްދުވާ މީހުންނަކީ މަޖިލީހުގައި މެޖޯރިޓީއޮތް ވެރިކަމުގައި މިހާރު ތިބި މީހުންނެވެ. ބާޣީންނަކީ އެޔޭ ބުނެ ހުށަހަޅާ މައްސަލަތަކުގައި ބާޣީން ކަމަށް ކަނޑައަޅަން ތިބީ އެމީހުންނެވެ. އިންސާފްވެރިވާނެ ވަރު ވިސްނަވާށެވެ.
ދެން އޮތީ އެހެން ކަމެކެވެ. އޭރު ސަރުކާރަށް އަޣްލަބިއްޔަތު ލިބިދާނެތީ އުޅެގެން އިދިކޮޅު ފަރާތްތަކަށް އަޣްލަބިއްޔަތު ލިބުމުން ކަންވީގޮތެވެ. ސަރުކާރަށް ޖެއްސުންކޮށް ނޭވާހޮޅިއަށް އެޅުވުން ނޫންކަމެއް އޭރަކު ނެތެވެ. ސަރުކާރުން ކުރަން އުޅޭ ކޮންމެ ކަމެއް އޮންނަނީ ގޯސްވެފައެވެ. މިހާރު ވެރިކަމަށް އާދެވުނީމާ އެހުރިހާ ކަމެއް ރަނގަޅެވެ. އަދިވެސް އެހެންކަމެއް އެބައޮތެވެ. އޭރުގެ އިދިކޮޅުގައި ތިބި މީހުންގެ އަތުގައި މަޖިލީހުގެ އަޣްލަބިއްޔަތު އޮތުމުން ކުރި އެހެން ކަމެކެވެ. އެމީހުންގެ ބޮޑެތި ޚިޔާނާތްތަކާއި ބޮޑެތި ވައްކަންތައް އަދި ޖަރީމާތައް އޮއްބާލުމެވެ. ހުރިހާ މިނިވަން މުއައްސަސާތަކާއި މުޅި ޖުޑިޝަރީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް އެމީހުންގެ ހިތްނޭދޭ ނުވަތަ އެމީހުންނަށް ގެއްލުންވާ އެއްވެސް ކަމެއް ކުރިއަ ނުދިނުމެވެ. މިހާރުވެސް ކުރިމަތިލައްވައިގެން އުޅޭ ބައެއް މީހުންނަކީ ދައުލަތަށް މިލިއަނުން މިލިއަނުން ފައިސާ ދައްކަން ޖެހޭ މީހުންނެވެ. އެފައިސާ ނުދައްކައިގެން މިހާރު އެއޮތީ ޝަރީއަތުގައެވެ. އެން އުކާހެން ވޯޓު ގަނެލުމަށް ވަގުތީގޮތުން ދެވޭ ފައިސާކޮޅެއްގާ ހިފައިގެން އެފަދަ މީހުންނަށް ވޯޓުދީގެން އެމީހުން ހޮވައިފިނަމަ މުޅިއެންމެހާ ރައްޔިތުންނަށް ދައްކަންޖެހޭ ފައިސާތަކަށް ވެދާނެ ގޮތަކާމެދު ވިސްނާލުން ބުއްދިވެރިއެވެ. ތިމާއަށް ސަރުކާރުން އިންޓަރެސްޓް ފްރީ ލޯނު ނުދީގެން ތިމަންނާއަށް އިތުރު ރަށެއް ނުދީގެން ތިމަންނާގެ ދަރަނި މަޢާފް ކޮށް ނުދިނީމާ ބޮޑާހާކާ ކޮޅު ބަދަލުކޮށް އެހެން މޮޅު ވިސްނުމެއް އުޅޭ މީހުން ދެންވެސް ހަމަ ހަދާނީ އެހެންކަން ވިސްނާލަން ޖެހެއެވެ. މިއީ ހަމަ އެވަގުތެވެ. ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތުގައި އޮންނަ ވަރުގަދަ ވަގުތުކޮޅަކީ މިއީއެވެ.
ގާސިމް
April 12, 2012 at 3:38 pm
ރައްޔިތުން ނިންމާނީ އެމްޑީޕީ ކޮޅަށް ސަބަބަކީ މިހާރު ވެރިކަން ކުރަނި ބާގީކަން ނޭގޭ ކުޑަކުއްޖެއްވެސް ނެތީމައެވެ.އަދި ހަމަޔާ އިންސާފަށް ލޯބިކުރާތީ
އަލީ ރަޝީދު
April 12, 2012 at 5:53 pm
ބަޣާވާތްކުރާ މީހުންނަށް މާތް ﷲ ކާމިޔާބު ނުދެއްވާނެކަން ޔަޤީނެވެ. އެހެންވެ އަހަރުމެންނަށް އޮތް އެންމެބޮޑު އިތުބާރަކީ އެއީ، ﷲ އިރާދަކުރެއްވިއްޔާ އަހަރުމެންނަށް ކާމިޔާބު ދެއްވަވާނެ. އިންޝާ ﷲ………….
ކާސިމ
April 12, 2012 at 8:47 pm
ރައްޔިތުންގެމުދާތައްކައިގެން ބަޑިއާއިމުގުރުބުރިން ރައްޔިތުން ކޮންޓްރޯލުކުރަންއުޅޭބަކަށް ވޯޓްދޭން ހެޔޮނުވާނެ.މިބައިމީހުންމިހާރުވެސް ރައްޔިތުން ބަނޑަށްޖައްސައިފި. ނުބައިބަޔަކަށްވާގިދިނުމަކީފާފައެއް. އަހަރަމެންނަކީއަނިޔާލިބޭމީހުން. ހައްދަވާބޮޑުކުރެއްވިރަސްކަލާކޮ! އަހަރެމެންގެދުއާ އިޖާބަކުރައްވާންދޭވެ! ރަހުމުކުޑަމިއަނިޔާވެރިފުލުހުންގެލަޓިބުރިން އަޅަމެންސަލާމަތްކުރައްވާދޭވެ! މުސްލިމުންނަށް ނުހައްގުން އަނިޔާކުރާމީހުންނެތިކުރައްވާދޭވެ! އޭއޯގާވަންތަﷲ! މިނިކަމެތި އާރެއްބާރެއްނެތްމީސްތަކުންނަށް ދިވެހިފުލުހުންކުރާއަނިޔާތައް އިބަރަސްކަލާނގެ ބައްލަވާވޮޑިގެންވަމުއެވެ. އެމީހުންގެކިބައިންބަދަލުހިއްޕަވާދޭވެ!އެއަނިޔާވެރިފުލުހުންނަށާއި،އެމީހުންގެއަނބިންނަށާއި،އެބައިމީހުންގެދަރިންނަށް ހެޔޮވިސްނުންދެއްވާދޭވެ! އެއަނިޔާވެރިފުލުހުން ރައްޔިތުންނަށްކުރާއަނިޔާގެސަބަބުން އެބައިމީހުންގެކުށެއްނެތްއަނބިދަރިންނަށް ދެރަގޮތެއްމެދުވެރިނުކުރައްވާނދޭވެ! ހަމައެކަނި އެއަިޔާވެރިންނެތިކުރައްވާދޭވެ! އާމީން
މުހައްމަދު
April 16, 2012 at 9:22 am
މިދެދާއިރާގެ ގޮނޑި އެމްޑީޕީއަކަށް ކާމިޔާބެއް ނުވާނެ، އެއީ މިހާރު ވެރިކަން ކުރާ ބާގީންތައް އެކުރި މަސައްކަތް ވަޅުޖަހާލާވަރުކަމަކަށް ވެގެން ދާނެތީ، އަދި އެއިގެ ސަބަބުން އެމީހުން އެރިސްވަތުގެ ގޮތުގައި ދިންފައިސާއާއި ހޭދަކުރި ލާރި ވެއްޔަށްވެގެންދާނެތީ، އަނބިދަރިން ވިއްކާލާފައިވެސް މިދެގޮނޑި އެމީހުން ގަންނާނެތީވެ، ދެން ރައްޔިތުން ދަސްކުރަންވެއްޖެ، މިގޮތަށް ނުބައި ނިޔަތުގައި ހޭދަކުރާލާރި އަތުލާފައި ނުބައިކަން ފަތުރާމީހުންނަށް ވިސްނޭވަރުގެ އަގުހުރި ފިލާވަޅު ދޭން، ނުބައި ކަމެއްކުރުވަން ކުރާ ހުކުމެއް ބާޓިލް ކުރުމަކުން މައްސަލައެއް ނޫންނާނެ، އެއީ އެކަމުގެ ނިޔަތަކީ ނުބައިކަމަކަށް އަރާގަންނާތީ ކަމަށްވާތީ،، އެކަމަކުން އެމީހަކަށް ގިނަފަހަރު މެދުވެރިކުރައްވާނީ ރަގަޅުގޮތް،
މިދެގޮނޑި ގެއްލުމުން އަހަރެމެން މާޔޫސް ނުވުން ވަރަށް މުހިންމު، ހަގީގީ ނަސްރަކީ މުޅިން އެހެން އެއްޗެއް، މިދެގޮނޑި ގެއްލުމުން އިތުރަށް މަސައްކަތް ކުރަން ހިތްވަރަކަށް ވެގެންދާނެ، ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު، އަހަރެމެން މަސައްކަތް ކުރަންވީ ގައުމު ބަޣާވާތް ކޮށްގެން ތިބިމީހުން އަތްދަށުން ސަލާމަތްކުރަން ، މިކަން ކުރެެވެން އޮތީ ރިޔާސީ އިންތިޚާބުން، މިއީންތިޚާބަށް ވަރަށް ރަގަޅަށް ރައްޔާރުވާން އެބަޖެހޭ، ފޮނިކަނޑައިގެން ވާނެ ފައިދާއެއްނެތްކަން އެގިއްޖެ، އަދި އުސޫލް ތަކާއި ވިސްނުމާއި ރޭވުންތައް އަލުން އިސްލާހް ކޮށް އަލުން ބަލުން ފަށައިގަންނަންވީ، މިހާރުންފަށައިގެން ޖައްސަންވީ، އެެއްގޮތަކަށަް ވެސް ލަސްކޮށްގެންނުވާނެ، އަދި އުންމީދު ދޫކޮށްގެންނުވާނެ، ،ކާމިޔާބު ލިބޭނީ ހައްގަށް،