ދާދި މިދާކަށް ދުވަހު ބޮޑު އިންޖީނުގެ އަށް ލާރިކޮޅެއް ދައްކާލައިފައި، މަޖީދީމަގުން އަންނަނިކޮށް ކުރިމައްޗަށް އަންހެނަކު ހުއްޓިއްޖެއޭ. ހިތަށް އެރިއޭ. މިވާނީ ކޮންމެވެސް މަސާޖްޚާނާއެއްގައި ނޫނީ ގަހުވާ ޚާނާއެއްގައި ރޭގައި ހޭލާ އުޅުނު އަންހެނަކަށްތާއޭ. އެހެންޏާފަހޭ. ލައިގެން ހުރީ އަތްކެނޑި ޓީޝާރޓަކާ ސޯޓް ކޮޅަކާއޭ. ޓީޝާރޓޭ ބުންޏަސް ރަގަޅުވާނީ ހަރުފަ ދުއްޔެކޭ ނޫނީ ސުންނީ އުރައެކޭ ބުނިއްޔާއޭ. ވަނާތަން ހުރީ އަތުން ކަނޑާފައިވާ ތަނުން ނުކުންނާން ކައިރިވެފައޭ. ކަމަނާގެ ކޮންމެ ހަރަކާތަކަށް ހޯހޯގޮވަގޮވައޭ. ކައިރިކޮށްލިތަނާއޭ މި އެނގުނީ. މީ މަސާޖްޚާނާއަކުން ނޫނީ ގަހުވަ ޚާނާއަކުން ނުކުތްމަންޖެއެއް ނޫންތާއޭ. މިއީ ކާށިދޫގައި ފޫކޮޅު ކާއްތަން ފައިވިއްދާފައި އެއުޅޭ ލޮލީގެ އަންހެނުން ޑަޔާނާއޭ. މަހިތަށް މިހާދިސާ މިއައީ މިކަމަނާއަކު މިދާކަށް ރެއަކު ކާށިދުއަށް ގޮސް ދީނޭ، ކިޔައިގެން ދެއްކި ވާހަކައަކުންނޭ. މީހަކުވާ ޙައިރާނެއް ނުވާނެހޭ. ދީނޭ ކިޔައިގެން ވާހަކަދައްކާއިރު މިހިރީ ތިމާގެ ހާލޭ. ދެން އޮތީ ފިރިމީހާގެ ހާލޭ. އެސޮހޮލުގެ ވާހަކަ ރަގަޅުވާނީ ނުދެއްކިއްޔާއޭ. ޅަ އަންހެން ކުދިންނާއެކު އެހެރަ ލޮލީ ބޮއިލާ އަސަރުގަދަ ގޮތަކާއި، ރިސޯރޓްތަކުން ރަލާއި އޫރުމަހާއި އަތުފަތު ނޭޅޭ ވަރަށް މިހެރެ ވިއްކައިގެން ހޯދާ ލާރިއާއި، ހުޅުވާފައި ހުރި ރިސޯރޓްތަކުގައި މަސާޖް ޚާނާތައް ހުޅުވައި އެތަންތަނުން އެހެރަ ހޯދާ ފައިސާތަކާއި ދިވެހި ރައްޔިތުންގެ ކުންފުނި އެމްޓީޑީސީ ޚަރާބު ކޮށްލި ގޮތާއި މިހާރުވެސް ސަރުކާރަށް ދައްކަން ޖެހޭ އެތައް ފައިސާއެއް ނުދައްކާ ބޯހަރުކޮށްގެން މިހުންނަ ގޮތްތާއޭ. މިތާކަށް މީނާ ވަންނަން މިއުޅެނީ މަގާމް ބޭނުންކޮށްގެން މި ފައިސާ ހިލާލާށޭ.
މި ހުރިހާ ކަމަކަށްވުރެ ބޮޑު ކަމަކަށް އަހަންނަށްވަނީ މި އުޅޭ އަދާލަތު ދީން ހިމާޔަތް ކުރުމަށް ލޮލީއަށް ވޯޓްލާން ގޮވި ގޮވުމޭ. އިދިކީލި މުޙައްމަދު ދީދީ އޭ. ލޮލީއަށް ވޯޓްލުމަކީ ދީން ހިމާޔަތް ކުރުމަކީ މިއީ ދީނީ ކަމެއް ކަމަށް ތިބުނަނީ ދީން ހިމާޔަތް ކުރުމަކީ ރާބޮއި، ޒިނޭކޮށް، މީހުންގެ ހައްގުތަކަށް އަރައިގަތުންހޭ. ނިކަން ވިސްނައިބަލާށޭ. މައުމޫނުގެ ވެރިކަމުގައި ސުނާމީ އެރުމުން އެއީ ކޯފާއޭ ގޮވައިފައި މިހާރު އެއްދުވަހު ނަގޫރޯޅި، އަނެއް ދުވަހު ސުނާމީ އެރީމާ އެއީ ކޯފާއެއް ނޫންހޭ. ރަށްރަށުން ފެން ހުސްވެ ބަނޑަށް ޖެހެނީއޭ. ޕެޓްރޯލުގެ އަގުވެސް އެ އުޅޭ މުޙައްމަދު ނަޝީދު ތިރިކޮށްފައިވަނިކޮށް ތި ބާޣީން އަރާ ދެ ފަހަރު ބޮޑުކޮށްފީމު ނޫންހޭ. ކަޓަރު އަޅާ މީހަކު ޝަހީދު ނުކޮށްލާ ރެއެއް ދޭހޭ. ކޮބައިހޭ. ކުރިން ސިއްހީ ވުޒާރާއަށް ފާޑުކީ ޖަމްޝީދު. ޑެންގޫ ޖެހިގެން ހަމަ ކުދިންވެސް މަރުވަނީތާއޭ. ޖަމްޝީދު ނަކަސްތެޅި ތަނުންނޭ އެކަން އެދިމާވީ. ދެން ތި އުޅެނީ އެ އާސަންދޯކަކާ ހެދި ނޫންހޭ. އެވެސް ކަނޑާށޭ. ކަނޑާފައި ބުނާށޭ. އެއީ ދީން ހިމާޔަތް ކުރަން ކުރަން ކުރި ކަމެކޭ.
މަވާ ސަލާމޭ. އެކި މީހުންނަށް ﷲ ކޯފާ ލައްވަނީ އެކި ގޮތަށޭ. އެކި މިންވަރަކަށޭ. ދީނީ މީހުންގެ މުނާފިގުކަމާއި ނުލަފާ ކަމާއި އެމީހުން ﷲ ގެ ދީން ވިއްކައިގެން ކައިބޮއި އުޅޭ އުޅުމުގެ ސަބަބުން ﷲ އެންމެންގެ މައްޗަށް ޢާއްމުވެގެންވާ ކޯފާއެއް އަޒާބެއް ނުފޮނުއްވަނީސް މިކަމުން ނަޖާވޭތޯ މަސައްކަތް ކުރަމާހޭ. އަދި ދަންނަވަމޭ. ލޮލީއަށް ވޯޓްލައިފި މީހާ ﷲ ގެ ދީން މުގުރައިފިކަން ކަށަވަރޭ. ކާށިދޫ ރައްޔިތުންނާ ގާފަރު ރައްޔިތުންނޭ. ތިމާ ވޯޓްލާ މީހާއަކީ އިސްލާމްދީން ހިމާޔަތްކުރުމަށް ﷲ ގަންދީ ހުވައެއް ކުރަންޖެހޭ މީހަކަށް ވުމާއެކު، ނުބައި ނުލަފާ މީހަކަށް ވޯޓްލީ މީހާ ދުނިޔެއާ އާޚިރަތުން ﷲ ގެއްލެނިވި ކުރައްވާނެތޭ. މި ދުނިޔެއަކީ އިމްތިޙާނެކޭ. ރަގަޅަށް ހޭއަރާ ބަލަން ތިބޭށޭ. މުދަލާއި ފައިސާއިން ދުނިޔޭގައިވެސް، އަދި އާޚިރަތުގައިވެސް މަންފަޢުއެއް ނުކުރާނެތޭ. ތިމާއަށް ފައިސާ ލިބޭ ގޮތްތަކާމެދު ﷲ އެދުވަހުން ސުވާލު ކުރައްވާނެތޭ. ޒައްރެއްގެ މިންވަރުންވެސް ހެޔޮކަމެއް ކޮށްފިމީހާގެ އެކަން ﷲ ބައްލަވާއިރު ކުނޑިފުކެއްގެ މިންވަރުންވެސް (ލޮލީއަށް ވޯޓް ނުދީ) ސަލާމަތްވެއްޖެ މީހާއަށް ފަލާޙާއި ބާއްޖަވެރިކަން ހުއްޓޭ.
ކަމަނަ
April 12, 2012 at 11:22 am
ސަޅި ލިއުމެއް….
މުހައްމަދު
April 12, 2012 at 5:32 pm
އެމްޑީޕީ ގެ އެންމެ ބޮޑު އަމާޒަކަށް މިވަގުތު ވާންވީ ކާށިދޫ ގޮނޑި ކާމިޔާބުކުރެވޭތޯ ބެލުން. ރަގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ ކާމިޔާބުކުރެވިދާނެ، އެއީ އެމްޑީޕީއަށް ހެޔޮއެދޭ ގައުމަށް ހެޔޮއެދޭ ގިނަ ބަޔަކު ކާށިދޫ އާއި ގާފަރަށް ގޮސް ތިބެގެން ރަގަޅަށް ރައްޔިތުންނަށް ވިސްނާދޭންވީ. އެމީހުން އަނޑުއަހާނެ، އަދި ވިސްނަންވެސް ވިސްނާނެ، އެކަމަކު އެކަށީގެންވާވަރަށް މަސައްކަތް ކުރަން އެބަ ޖެހޭ. އެމްޑީޕީ އަތަކު ރިޝްވަތަށް ހޭދަކުރާނެ ލާރި އެއްނެތް. އެކަމަކު ގައުމު އަބުރާ ރައްޔަތުންނަށް ހޯދާދެވިއްޖެ ނަމަ އެއީ އަގުނުކުރެވޭ ފަދަ ރިިޝްވަތަކަށް ވާނެ.
ސާމު
April 12, 2012 at 9:18 pm
ވަރަށްސީރިއަސްކޮށް ވިސްނަންޖެހޭކަމެއްމިއީ. ޖާބިރާމެދު ވަރަށްވިސްނާތީ. އެއީހަމައެއްކަމެއްވެސްކޮށްދެވޭނެމީހެއްނޫން. އަދިއުޅުމެއްވެސްހުރިމީހެއްނޫން. އަދިކީއްކުރަންތޯ އަމިއްލަހާލާއިގެންވެސްނޫޅެވޭމީހެއް. ދަރާވިކިފައިވާމީހެއް.އޭނައަކީކޮންދީނެއްގެމީހެއްކަންވެސް އެގޭނީހަމައޭނާއަށް. ދެން ދެނެވޮޑިގެންވާނީ މާތްﷲ. ވައްޑޭހޮވަންމަސައްކަތްކުރިނަމަ މާރަގަޅުވީސް. ވައްޑޭއަކީވަރަށްބަރާބަރުބޭފުޅެއް.އަހަރެންގެ ރައްޓެއްސެއް. އަދިވައްޑޭއަށްވުރެވެސް ދޮންބިލެތްހޮވުން ބުއްދިވެރި. އެއީ ދާއިމީގޮތެއްގައި ކާށިދޫދާއިރާގެމީހުންނަށް ދެމެހެއްޓެނިވިގޮތެއްގައި ފައިދާކުރާނީ އޭރުން. މިއީކުޅޭކުޅޭކަމެއްނޫން. މިއީތިމާމެންނާއިދަރީންގެމުސްތަގްބަލަށްވިސްނައިގެން ކުރަންޖެހޭކަމެއް. ޖާބިރުބަލާނީ ރައްޔިތުންހައްދާލައިގެން އޭނާގެ އެއޮތްބޮޑުދަރައިއަދާކުރެވޭތޯ. ދިޔާނާއަށްވަރިހަމަވާނެމޮޅަށްދިރިއުޅެއުޅެވެންޏާ. އޭނައަންވަރިހަމަވާނެ ޖާބިރުކޮންމެގޮތަކަށްއުޅުނަސް.އޭނަބޭނުމީ ދުނިޔޭގެލައްޒަތާއިއަރާމު. ދީނޭދީނޭ އެކިޔަނީ ދީނަށްލޯބިކުރާތީނޫންކަންކުޑަކުއްޖަކަށްވެސްއެނގޭނެ. ކާށިދޫދާއިރާގެބޭފުޅުން ވަގުތީއުފަލަށްނުވިސްނާތި. ވިސްނަންވާނީމުސްތަގްބަލަށް. އެހެންވީމާ މިވަގުތުބުއްދިވެރިގޮތަކީ ދޮންބިލެތްއަހްމަދު ހޮވުން. މާތްﷲ ކާށިދޫދާއިރާގެ މެމްބަރުންނަށް ހެޔޮރަހްމަތްލައްވާށި.
ކަތީބު
April 19, 2012 at 11:26 am
ޖާބިރުގެ ކާމިޔާބަކީ ދިޔާނާ. އެއީ ފިލްމުވެސް ކުޅޭ ކުއްޖެއް އެއިން ފިލްމެއް ރިލީޒްވީމާ އެކަނާގެ ހުރިހާ ވަނާތަކެއް އެންމެނަށްވެސް ހަރަކާތާއެކު ފެންނާނެ. ލަހެއްނުވެ އެފަދަ ފިލްމުތައް ފެންނާނެ ސާކުގައި ހުރިއިރު ހުސްވަޤުތު މުޅިންވެސް ކުޅުނީ ފިލްމު. އެކްޓަރކީ މުޅިން ބިދޭސީން.
ރާނީ
April 29, 2012 at 5:44 am
ރައްރަށުގައި ތިބިމީހުންނައް މި ލިޔުން ފެންނަނީ ފޮޓޯ ކޮޕީ ނަގާފަ ބަހަން