މާޗް 20 ވަނަދުވަހު ދެތިން އެކުވެރިންނާއެކު ސައިތައްޓެއް ބޮއެގެން ނިކުތްއިރު ބަަަޔަކުމީހުން މިހާރުގެ ޓީ.ވީ.އެމް ގެ މައި ގޭޓް ގޮތްގޮތަށް ފޮޓޯނަގަނީއެވެ.
ޚަބަރު ބަލާލިއިރު އެއީ މިކިޔާ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ބޭފުޅުންނެވެ. މިވެރިން މި ފޮޓޯނަގަނީ ފެބުރުއަރީ 7 ވަނަ ދުވަހު ފުލުހުން އެ ސްޓޭޝަންގެ ގޭޓަށް ބަޑިޖަހާ އެތަނަށް ވަދެގަތްފައިވާތީ އެކަމުގެ ފޮޓޯތައްކަމަށް ބެލެވެއެވެެ. މި ފޮޓޯނެގިއިރު އެ ގޭޓްވަނީ އަލުން މަރާމާތުކޮށްފައެވެ. މީހަކު އޭރުވެސް އެމީހުންނާދިމާއަށް މިތަނަށް ކަމެއްވެފަ ހުރިކަންވެސް ކަލޭމެންނަށް އެނގުނީ ދޮޅުމަސް ފަހުންހޭ، ތިއީ ބާޣީ ކޮމިޝަނެކޭ ގޮވަމުންދެއެވެ. މިއަޑުތައް އެމީހުންނަށް އިވޭކަމަކަށް ނަހަދައެވެ. ކާރަކަށް އަރައިގެން ހިނގައްޖެއެވެ.
އަޅުގަނޑުމެންވެސް އެތަނުގައި މަޑުކޮށްލައިގެން ތިބުމަށްފަހު ސައިކަލުގައި ނައްޓާލައިގެން ދަނިކޮށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދޮރުމައްޗަށް ވާހެން އަނެއްކާވެސް ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ މެންބަރަކު ހުއްޓާ ފެނިއްޖެއެވެ. އަޅުގަނޑުމެން ސައިކަލުގައި އެބޭފުޅާާއާ ގާތްކޮށްލައިފީމެވެ. އަދި ސަލާން ގޮވާލުމުން ސަލާން ބަލައިގެންފިއެވެ. އަޅުގަނޑު ދަންނަވައިފީމެވެ. ތިބޭފުޅުން ބަޔާންތައް ނެރުއްވަނީ ކިހިނެއްތޯއެވެ؟ އެބޭފުޅާ އެއްސެވިއެވެ، ވީކިހިނެއްހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. އިއްެޔެ (19 މާޗްގައި) މަޖިލިސްދޮށުގައި ފުލުހުން ކަންކުރީ ވަރަށް ކެއްތެރިކަމާއެކުއޭ ވިދާޅުވާއިރު އެތަނުގައި އެބޭފުޅުން އާއްމުންނަށް ދެމުންދިޔަ އަނިޔާތައް ދެކެވަޑައި ނުގަންނަވަންތޯއެވެ؟ އާއްމުވެފައިވާ ފޮޓޯގަނޑެއްވެސް ހަމަ ތިބޭފުޅުންނަށް ފެނިވަޑައިނުގަތީތޯއެވެ؟ މީހުންގެ ޖިސްމަށް ހައްދެއްނެތް ބޮޑެތި އަނިޔާތައް ދިނުން އެއީ ހަމަ އެކަމުގައި އޮތް އެންމެ ކެތްތެރިގޮތްތޯއެވެ؟ އެބޭފުޅާ ވިދާޅުވީ “އަޅުގަނޑުމެން ބަޔާންތައް ނެރެނީ ހަމަ ވަރަށް ބަލާފަ.” އަޅުގަނޑުމެންނަށް އެ ޖަވާބު ވީ ވަރަށް ދެއުޅިއެއްނުވާ ޖަވާބެއްކަމުގައެވެ. އެހެންކަމުން އަޅުގަނޑުމެންވެސް ކުރުނުކޮށް ވާހަކަތައް ދައްކަމުން ގެންދިޔައީމެވެ.
އެންމެފަހުން އަޅުގަނޑުމެން ދަންނަވައިފީމެވެ. އިންސާފުގެ މައިދާން ރޫޅާލީވެސް ހަމަ އިންސާފުންދެއްތޯއެވެ؟ ވިދާޅުވިއެވެ. ތިކަން މިދަނީ ބަލަމުންނެވެ. އަޅުގަނޑުމެން ދެންނެވީމެވެ. އެކަމުގައި ބަލަންޖެހޭ މާބޮޑުކަމެއް އެބައޮތްތޯއެވެ؟ އެމީހުން އެތަނަށް އަރައިގަތީ ގައިމުވެސް ކޯޓުއޯޑަރަކާ އެއްކޮށެއްނޫނެވެ. އެތަނުގައި ތިބި ނޫސްވެރިންވެސް އެތަނުން ބޭރުކުރީއެވެ. އާއްމުންވެސް ސަރަހައްދުން ފަހާ ދުރަށްޖެއްސީއެވެ. އެޔަށްފަހު އެ ގަތް ގަނޑެއް ގަތީއެވެ. ބައެއްގެ މުދާތަކަށް އެހެން އަރައިގަނެ ތަން ރޫޅާލާ، ފުނޑާލާ، ލޫޓުވާލެވޭނީ ކޮން ހަމަޔަކުން އިންސާފަކުންތޯއެވެ؟ އެގޮތަށް އެކަން ކުރެވޭނެކަމަށް އޮތީ ކޮން ގާނޫނެއްގައިތޯއެވެ؟ މަޖިލީސްދޮށުގައި ހިންގި ކަންތަކަށް ދެތިން ގަޑިއިރު ނުވަނީސް ފުލުހުންނަށް ހިތްވަރުދީ ތިބޭފުޅުންނަށް ބަޔާންނެރެވުނުއިރު 24 ގަޑިއިރާ ގާތްވާއިރު އިންސާފުގެ މައިދާނުގައި ހިނގި ބޮޑު ޖަރީމާާއާ ބެހޭގޮތުން ތި ތިއްބެވީ ޗުއްޕުވެސް ވިދާޅުނުވެއެވެ. އެބޭފުޅާ ވިދާޅުވިއެވެ. ހުށަހެޅޭ މައްސަލަތައް މިދަނީ ބަލަމުންނެވެ. އަޅުގަނޑުމެން ދެންނެވީމެވެ. ތިބޭފުޅުންނަށް މައްސަލަ ހުށަހެޅުމެކޭ ފީކުދާންޏަށް ކުޅުތެޅުމެކޭ ހުރި ތަފާތަކީ ކޮބާހެއްެވެ؟ އެބޭފުޅާ ވިދާޅުވިއެވެ. މިއަދު ހެނދުނު އަޅުގަނޑު ހަމަ ތި 2 ޕޮއިންޓް ފާހަގަކޮށް ވާނީ ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައެވެ. އެއީ ކޯޓް އޯޑަރުގެ މައްސަލައާއި ނޫސްވެރިން ބޭރުކުރި މައްސަލައެވެ. މިހާހިސާބަށް ވާހަކަ ދިޔަތަނާ އެބޭފުޅާ ވަޑައިގަންނަވަންޖެހިގެން ވާހަކަ ކުރުކޮށްލަންޖެހުނީއެވެ. ވިސްނަވާށެވެ! އިންސާފުގެ މައިދާން ސަލާމަތީބާރުތަކުން ރޫޅާލިތާ މިއަދަށް ކިތައްދުވަސް ވެއްޖެތޯއެވެ؟ އެ ވިދާޅުވާ ކޮމިޝަނުން ކިތައްބަޔާން މިކަމާބެހޭގޮތުން ނެރެފިތޯއެވެ؟
އަޅުގަނޑަށް މި ކޮމިޝަން ސިފަވަނީ ޕެރެލައިޒް ވެފައިވާ މީހެއްގެ ސިފައިގައެވެ. އާއްމުގޮތެއްގައި ޕެރެލައިޒް ވެފައިވާކަމަށްބުނަނީ އެއްފަޅި ވާގިނެތިފައިހުރުުމަށެވެ. މި ވެރިންނަށްވެސް ކަމުގެ ދެކޮޅު ފެންނަވަރެއް ނުވެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ފުލުހުން މުޒާހަރާތަކުގައި ހަރަކާތްތެރިވާގޮތުން ގިނަފަހަރަށް ފުލުހުންގެ ހަރަކާތް ކުށްވެރިކޮށް ބަޔާންތަށް ނެރެނީ ހަމަ މި މުއައްސަސާއިންނޫންތޯއެވެ؟ އެކަމަކު އޭރު ފުލުހުން “ތެޅިއެރުވީ” މިފާޑަށްހެއްެވެ؟ އާއްމު ރައްޔިތުންނަށް މިފަދަ “އަޒާބު” ދައްކާހެއްޔެވެ؟ ބައެއްފަހަރު އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކުން ކަންކުރާގޮތުން ސާބު ސިފައިން ބޮސްނިޔާގެ އާއްމުންނާދޭތެރޭ ކަންކުރާގޮތް ސިފަވެއެވެ. ނަމަވެސް މި ކޮމިޝަނަށް ހައްތަހާވެސް ފެންނަނީ ފުލުހުންގެ ކެތްތެރިކަމާ އާއްމުންގެ “ގޮތްކުޑަ” ކަމެވެ.
ހަގީގަތުގައި މި ކޮމިޝަން ޕެރެލައިޒްވެފައިވާތާ ކިތަންމެ އަހަރުތަކެއް ވެއްޖެއެވެ. މިފަދަ ކޮމިޝަންތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ވާންޖެހޭއިރު މި ބޭފުޅުންވެސް ހަރަކާތެރިވަނީ ސިޔާސީ ޕާޓީއެއްގެ ބީދައިންކަމުގައި އަޅުގަނޑަށް މޭރުންވެއެވެ. ކޮންމެއަކަސް ޔަގީންވެ ކަށަވަރުވާ ކަމަކީ ރައްޔިތުންގެ އިތުބާރު ނެތްބަަޔަކު ކިތަންމެ ގިނަ ބަޔާންތަކެއްނެރުނަސް އެ ބަޔާންތަކެކޭ ކަނޑުގައި އަޅާ ރޮނގެކޭ މާބޮޑުތަފާތެއް ނޯންނާނެކަމެވެ. ވީއިރު އިންސާފުގެ މަގު ހިޔާރު ކުރެއްވުން ކީއްތޯއެވެ؟ މި ގައުމުގެ މުސްތަގުބަލަށްޓަކައެވެ. ދިވެހި ރައްޔިތުންގެ ހައްގުގައެވެ. އެގޮތަށް ކަންކަން ކުރެއްވުމަށް އެއްވެސް ސަބަބަކާހުރެ އުޒުރުވެރިވެލައްވާނަމަ އިސްތިއުފާ ދެއްވާ، މި ގައުމުގައި ތިބި އިހުލާސްތެރިންނަށް ތިޔަ ގޮނޑިތަކުން ޖާގަދެއްވާށެވެ.
މީރު
March 31, 2012 at 12:46 pm
ކޮމިސަންތަކަކީ ގާނޫނުގެ މަތީގަ އުޅޭ ބަޔެކޭ ހީވަނީ….މިހާރު ކޮނިސަން ގިނަކަމުން ވެސް އެހެންފަދަ ކަމެއް….ކޮންމެ ކަމަކަށް ކޮމިސަނެއް ހަދާފަ….ރަށުބިޑި ކޮމިސަން…ކޮތަރު ކޮމިސަން….މީދާ ކޮމިސަން މިހެން ހުސް ކޮމިސަން….ތި ކޮމިސަންތަކުން ރަތްޔިތުންނަށް ވާ ފައިދާއެއް ޙަރާން…..
މީރު
March 31, 2012 at 12:49 pm
ރާއްޖޭގެ ބަޖެޓުގެ ބޮޑުބައެއް ދަނީ ކޮމިޝަންތަކުގެ މުސާރައާއި އެލަވަންސަށް. ވާކަމެއް ނެތް…ކުރާކަމެއްނެތް……ރަތްޔިތުން ރަތަށް!
ހާޝިމް
March 31, 2012 at 11:11 am
އަނެއްކާ އަނެއް ވާހަކައެއް ދައްކަން ޖެހުނީއެވެ، ބަލަ ތިޔަބުނާ ކޮމިޝަނަނީ އަދުދުﷲ ރިޔަޒަށް ދަށުންދަމާ ކުޅެދޭ ބައެކެވެ. ތިމީހުންނަށް ވާނެކަމެއް އޮވޭބާ..!! ވަޒީފާ ގެއްލިދާނޭތީވެ އެތިބެނީ ދާހިއްލާފައެވެ، ފުލުހުންނޭ ތިކިޔާ ބާޣީން މައިތިރި ވާންއޮތީ ރަގަޅަށް ތިއާލާތުނަށް ފައިޓެއް ދެވިގެނެވެ، އަހަރެމެންގެ އަސްލު ސިފާގައި ފެނިލަންވާއިރަށް ތަންތަނަށްވަދެ ދުވެ ފިލާފާނެއެވެ، އުމަރަށް އަމިއްލަ ދިފާއުގަ ދަގަޑުބުރުބުރިއާއި، ކަޑިއާއި، ބަޑިވެސް ގެންގުޅެވޭނަމަ އަހަރެމެންނަށްވެސް އަމިއްލަ ދިފާއުގަ ވަޅިއާ ދަގަޑު ބުރިބުރިވެސް ގެންގުލެވޭނެއެވެ.