އަޅުގަނޑަކީ މިވަގުތު ޕީޕީއެމްގެ މަޖްލިސް މެމްބަރެއްގެ ގޮތުގައި ހުރި މީހަކީމެވެ. މިވާހަކަ މިގޮތަށް ލިޔަން ޖެހުނީ ވަރަށް އަވަދިނެތިއެވެ. ނަމަވެސް، 7 ފެބްރުއަރީގައި ހިނގާ ދިޔަ ކަންތައްތަކާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދާއި ރާއްޖޭގެ އަގުވެއްޓީގެން ދިއުމުން ކެތް ނުކުރެވުނީއެވެ. އަޅުގަނޑަކީ ފެށުނީންސުރެ އެމްޑީއާއައި ދެކޮޅު މީހެކެވެ. އަޅުގަނޑު މައުމޫނު ދެކެމުންއައި ދެވަނައެއް އެއްނެތް ރީތި އަހްލާގެއްގެވެރި ހުލްގު ހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް، މިހާރު އަޅުގަނޑު ޕީޕީއެމްގައި ހުންނަވެސް ލަދުގަނެއެވެ. 7 ފެބްރްއަރީގެ ކަންތައްތަކާއި އެދުވަހު ހިނގާދިޔާ ކަންތައްތައް އެކަމުގައި އުޅުނު މީހުންންގެ ފަރާތުން އަދި މައުމޫނުގެ އެންމެ އަރިސް މީސްމީހުންގެ ފަރާތުން އަޅުގަނޑަށް ވަރަށް ބޮޑަށް އެނގިފައިވެއެވެ. ބައެއް ފަހަރު އެ ސައްލާތަކުގައި ނޭގިނަމަވެސް ބައިވެރިވެފައިވެސް އެބަ ހުއްޓެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު މިހިރީ އަދި މި ޕާޓީ ދޫކޮށްލެއްވެން ނެތުމުންނެވެ. ޑީއަރުޕީ ދޫކޮށް ޕީޕީއެމްއަށް އާދެވުނީތީ ހިތާމަ ކުރަމެވެ. އަޅުގަނޑުގެ މަޖުބޫރީ ހާލަތު ކުރިއަށް އޮތް ހަތަރު ވަރަކަށް މަސްފަހުން ނިމޭއިރަށް އަޅުގަނޑު ޕީޕީއެމްއިން ވަކިވާނަމެވެ. އަދި ގުޅޭނެ ވަކި ޕާޓީއެއް ހިޔާރެއް ނުކުރަމެވެ. ނަމަވެސް، 7 ފެބްރުއަރީގައި މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލި މީހުންނާއެކު އުޅޭހިތެއް މިހާރަކުނުވެއެވެ. ކަންކުރި ގޮތް މާބޮޑަށް ހަޑިވީމައެވެ. އަޅުގަނޑަކީވެސް މުހައްމަދު ނަޝީދަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހަކީމެވެ. ނަމަވެސް، ސިޔާސީ ހަރަކާތަކުގައި ވަކި ހައްދެއް އޮންނާނެ ކަމަށް ގަބޫލުކުރަމެވެ. އެދުވަހު އެކުރީގެ ހަމަ ހަޤީގަތުގައިވެސް ސިޔާސީ ކަމެއް ނޫނެވެ. އެދުވަހަކީ ނޭގި ތިބެނަމަވެސް މިގައުމަށް މިގައުމުގެ ތެރެއިން ވަރުގަދަ އުދުވާނީ ހަމައެއް ދިން ދުވަހަކެވެ.
ތިރީގައި މިލިޔަނީ އަޅުގަނޑަށް އެނގޭ މިންވަރަށް އެނގޭ އެއްޗެކެވެ. މި ލިޔުމުގައި އަޅުގަނޑަކީ ކާކުކަން ސިއްރު މިކުރަނީ މަސްލަހަތަށެވެ. ލިޔުން ލިޔެފައިވަނީ ވަރަށް ވަރަށް އަވަހަށެވެ. އެހެން ކަމުން ކިޔުމުގައި ދިމާވެދާނެ އުނދަގޫތަކަށް މާފު ކުރައްވާށެވެ.
ރާއްޖޭގައި އޮތް ޒަމާންވީ ހުދުމުހުތާރުކަމުގެ ސިފަތައް ފޮހެލުމަށާއި ބިރުވެރިކަމުގެ ތެރެއިން މިނިވަން ކަމާއެކު ހިޔާލު ފާޅުކުރުމަށާއި އަދި ޤާނޫނޫ އަސާސީ އިސްލާހު ކުރުމަށް ކުރި މަސައްކަތްތަކުގައި ހަމައެކަނި އެއްބޭފުޅަކަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރައްވައި ރުބާންތަކެއް ވެވަޑައިގެންނެވި ބޭފުޅަކީ ގޮލޮޅު ކެނެރީގޭ މުޙައްމަދު ނަޝީދެވެ.
އެކިސަބަބުތަކާއި ހުރެ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބައި ކުރިން ލަފާކުރެވިފައި ނުވާގޮތަކަށް ފެއިލްވި ފަރާތްތަކުގެ މަސައްކަތާއެކު ނަޝީދު ރައީސްކަން ކާމިޔާބު ކުރެއްވުމަށްފަހު ވެރިކަން ނިމުމާއި ހަމައަށް ހިނގި 3 އަހަރު ދުވަހަކީ ދިވެހިރާއްޖޭގެ ރައީސަކު ޤައުމުގައި ފުނި ޖެހިފައިހުރި ނުވެ ހުރި ކަންތައްތައް ހަލުވި ސްޕީޑްގައި ނިންމާލުމަށް އެންމެ ބޮޑަށް އަވަދިނެތި އުޅުއްވި 3 އަހަރަށެވެ. އަދި އެ 3 އަހަރަކީ ދިވެހި ރައްޔިތުންގެ ތެރެއިން އެންމެ ނިކަމެތި ރައްޔިތުން ބާރު ކުރުވުމަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ދެވޭ މަންފާތަކަށް ވަރަށް ބޮޑު އިސްކަމެއް ދެވުނު 3 އަހަރަށެވެ.
ކޮންމެއަކަސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގައި ވަނީ އާދާޔާ ހިލާފު ކަންތައްތަކެއް ހިނގާފައެވެ. ހާއްސަކޮށް ޢަބްދުﷲ ގާޒީ ހައްޔަރު ކުރުންވެގެން ދިޔައީ ރައީސް ނަޝީދު ވެރިކަމުން ވައްޓާލުމަށް އިނދިކޮޅު ފަރާތްތަކުން ނިންމަންޖެހުނު ހިސާބަށެވެ. ގާޒީ ހައްޔަރުކޮށް ބެހެއްޓުން ވެގެންދިޔައީ މިބައިމީހުން ކޮށްފައިވާ ގިނަގުނަ ކުށްތަކުން ފޮރުވިގެން އެމީހުންނަށް ދެން މާގިދުވަހަކު ދެމިނުތިބެވޭނެ ކަމުގެ ފެހި ސިގްނަލަށެވެ. އެހެން ކަމުން އޭގެ ކުރިން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ސަރުކާރު ވެއްޓުނު ގޮތަކަށް ވައްޓާލުން ކަމަށް ކަށަވަރުވެ އެނިންމުން އެގޮތަށް ނިންމީއެވެ. މިކަން ޤަބޫލު ނުކުރެވޭނަމަ އެމީހުންގެ ލީޑަރުން އެދުވަސްވަރު ދައްކާފައިވާ ވާހަކަތަކަށް ހަމައެކަނި ބަލައިލިޔަސް މިކަން ކަށަވަރުވާނެއެވެ. ފުލުހުންނާއި ސިފައިން މެދުވެރި ކޮށްގެން ވެރިކަން ވައްޓާލުމުގެ ކުރިންވެސް އެމީހުން ދިޔައީ އެކި ގޮތްތަކަށް ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ. މަޖްލިސް ތެރެއިން ވެރިކަން ވައްޓާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރެއްވި މައްސަލަ މީހާރުވަނީ ޕީޖީގެ އޮފީހަށްވެސް ފޮނުވާފައެވެ.
ރާއްޖޭގެ ވެރިކަމުގައި ތިބެގެން ކުށްތަކުގެ މައްޗަށް ކުށްކުރުމުގައި ދެމިތިބެމެ ރައްޔިތުންގެ ފައިސާއިން އަރާމާއި އުފަލުގައި ދިރިއުޅުމަށް ހޭނިފައިވާ ކިތަންމެ ބަޔަކު މައުމޫނުގެ ވެރިކަމުގައި އުފެދިފައިވެއެވެ. ވެރިކަން ވައްޓާލުމަށްފަހު ބޭރުގެ ބައެއް ނޫސްވެރިންނާއި ވާހަކަ ދައްކަމުން މީގެތެރެއިން ބައެއް މީހުން ބުނެފައިވަނީ އެމީހުން އެނބުރި ވެރިކަމަށް އައީ ކަމަށެވެ. ނުވަތަ އަނެއްކާވެސް ބާރު ލިބުނީ ކަމަށެވެ. ވެރިކަން ވައްޓާލުމަށްފަހު ރައީސް ނަޝީދަށް ކަންތައް ކުރުމަށް ނިންމާފައި އޮތީ އިބްރާހިމް ނާސިރުއާއި މެދު މައުމޫނު ކަންތައް ކުރެއްވި ފޮތުން ބަލައިގެންނެވެ. ވެރިކަން ވެއްޓުނު ދުވަހުވެސް އެމީހުންގެ ‘އިއްތިހާދުން’ ބުނެފައިވަނީ އެމްޑީޕީންގެ ގުންޑާއިންނަށް ފުރުސަތެއް ދެން ނެތް ކަމަށާއި އެމްޑީޕީއަކީ މިލިޓަންޓް ބައިގަނޑެއް ކަމަށެވެ. އެމީހުންގެ ބައެއް މީހުން އެމްޑިޕީ ސާފު ކުރުމަށްވެސް ގޮވާލާފައިވެއެވެ. ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ދުނިޔޭގެ އެއްވެސް ސިޔާސީ ޕަޓީއަކީ އަދި ޖަމާއަތަކީ ފުރިހަމަ ޖަމާއަތެއް ނޫންކަމެވެ. ކޮންމެ ޕާޓީއެއްގެ ތެރޭގައިވެސް ފެކްޝަންތަކާއި، ކުދިކުދި ގްރޫޕްތަކާއި، ހިޔާލު ތަފާތުވުންތައް އުޅެއެވެ. ނަމަވެސް، އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުމެއް އުޅޭހެން ހީވާނަމަ ރާއްޖޭގެ މީޑިއާއި އާއި ގިނަ ރައްޔިތުންގެ އެކަމަށް ބޮޑު ސަމާލުކަމެއް ދެއެވެ. ސަބަބުތައް ބައިވަރެވެ. އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވާއިރު ޑިމޮކްރަސީގެ އަސާސްތަކާއި ސިފަތައް ދިވެހި ރައްޔިތުންގެ ކައިރިއަށް ގެނެސް ދައްކަމުން ދާ އެންމެ އިސް ބަޔަކީ އެމްޑީޕީއަށް ވާއިރު އެޕީޓީއާމެދު ދެކެވެނީ ހަމަ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައެވެ. އެހެން ކަމުން އެޕާޓީއޭ ކިޔައިންގެ އެއްޗެއް ލިޔެވޭތޯ ބަހެއް ބުނެލެވޭތޯ ފާޑެއް ކިޔާލެވޭތޯ ގިނަލޯތަކަކުން އަބަދުވެސް ތިބެނީ ބަލަބަލައެވެ.
ނަމަވެސް، މިހާރުގައި މިއޮތް ސަރުކާރުގެ އިސްވެރިން ކަމުގައިވާ މައުމޫނާއި، ޔާމީނާއި، ގާސިމާއި، އިމްރާނާއި، ކޮމިޝަނަރު ރިޔާޒްސޯ އާއި ނާޒިމްސޯ ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެމްޑީޕީގެ ވަސް މިގައުމުން ފިލުވާލާށެވެ. އެކަން އެމީހުން ކުރަން ނިންމާފައިވަނީ ވަރުގަދަ ޕްލޭނެއްގެ ދަށުންނެވެ. އެ ޕްލޭނުގައި، ރާއްޖޭގެ ރޭޑިއޯތަކާއި، ޓީވީތަކާއި، އަދި ނެރެވޭ ނޫސްތަކުގެ ބޭނުން އެންމެ ފުޅާދާއިރާގައި ރައީސް ނަޝީދުގެ އަގު ވައްޓާލުމަށާއި، އެމްޑީޕީ މެމްބަރުން އެމްޑީޕީގެ ލީޑާޝިޕާއި މެދު ފޫހިކުރުވުމަށްވަނީ ނިންމާފައެވެ. އަދި މި މީޑިއާ ޕްލޭނުގައި އެމްޑީޕީއަކީ މިލިޓަންޓް ގޮތްދޫނުކުރާ ހަރުކަށި ޖަމާއަތެއްކަމަށާއި އިސްލާމްދީނާ އިނދިކީލި ބައެއް އުޅޭ ޕާޓީއެއް ކަމަށް މީހުންގެ ސިކުނޑިއަށް ވައްދައިދިނުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީފައިވެއެވެ. މި ޕްލޭނުގައި ވާކަންތައް ކުރިން ކުރެވެމުން އައިކަމުގައިވިޔަސްވެސް، އިނދިކޮޅު ފަރާތްތަކުން އެމްޑީޕީ ފޮހެލުމަށް އެކަށައެޅި ޕްލޭނުގައި ރަސްމީކޮށް މިބައި އެކުލަވާލީ ވެރިކަން ވެއްޓުމުގެ ކުރިން ޒައީމް މައުމޫން މެލޭޝިއާއަށް ދިއުމުގެ 3 ދުވަސް ކުރިން (20 ޑިސެމްބަރ 2011 ވީ ބުރާސްފަތި ދުވަހު) އެންދެރިމާގޭގައި އޮތް އިއްތިހާދުގެ ވަރަށް ސިއްރު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން ބޭއްވުނު އިރު ވެރިކަން ވެއްޓޭނެ ކަމަށާއި ވައްޓަން މަޖުބޫރުކަމަށާއި ވެއްޓެން އޮތްގޮތަކަށް ވައްޓާލާނެ ކަމަށް ވަނީ ނިންމާފައެވެ. މައުމޫނު މެލޭޝިއާއަށް ދިޔައީ ބޭސްފަރުވާގެ ނަމުގައެވެ. ނަމަވެސް، އަސްލު މައުމޫނު ފިލީއެވެ. މައުމޫނާއި އޭނައަށް ލަފާދިން މީހުން ޤަބޫލު ކުރިގޮތުގައި ސަރުކާރުން އޭނާ ދާދި އަވަހަށް ހައްޔަރު ކުރާނެއެވެ. މައުމޫނު ފުރައިގެން ދިޔަ ދުވަހު ފުލުސް އޮފީހަށް ޔާމީނު ހާޒިރުވުމަށް އޮތީ އަންގާފައެވެ. އެހެންކަމުން މައުމޫނު މެލޭޝިއާއް ގޮސް ވެރިކަން ވެއްޓެން ދެން ރޭވުންތައް ރާވައި ވިލަރެސް ކުރުމަށް މެލޭޝިއާގައި މަޑުކުރީއެވެ. ހަޤީޤަތުގައި މައުމޫނު ހައްޔަރު ކުރުމުގެ އަދި ޔާމީނު ހައްޔަރު ކުރުމުގެ ޕްލޭނެއް ނަޝީދުގެ ސަރުކާރުން ގެންގުޅެފައެއް ނުވެއެވެ. ނަޝީދުގެ އަމާޒަކަށް އެއިރު ވެފައިއޮތީ ޖުޑީޝަރީ މިނިވަންކޮށް ހަރުދަނާ ކުރުމެވެ. ނަމަވެސް، މައުމޫނު މެންނަށް ހީކުރެވުނީ އެއީ ސީދާ އެމީހުންނަށް އައި ތީރެއްގެ ގޮތުގައެވެ. އުމަރު ބުނާ ކޮމާންޑް ސެންޓަރަކީ އެންދެރިމާގޭގައި އެކަމަށް ހާއްސަކުރެވިފައިހުރި ކޮޓަރިއެއް ކަމުގައި އެކަށީގެންވެއެވެ.
އެންދެރިމާގޭގައި ބޭއްވުނު ބައްދަލުވުމުގައި ޕްލޭނުގައި ވެރިކަންވައްޓާލުމަށްފަހު ރައީސް ނަޝީދު ހައްޔަރު ކުރުމާއި، މީހުންގެ މެދުގައި އަގުވެއްޓޭނެ ކަހަލަ ތުހުމަތުގެތަކެއް ނަޝީދުގެ ބޮލުގައި އެޅުވުމާއި، ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުންނާއި މަސްތުވާ ތަކެއްޗާއި ގުޅުވައި އަބަދު ހަމައިގައި ނުތިބޭ ބައެއްކަމުގައި ގިނަގިނައިން މީޑިއާތަކުގައި ބުނެ ފިކުރުތަކުގައި އަށަގެންނެވުމަށް މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ. އަދި، ފުލުހުންނާއި ސިފައިންނަކީ އެމީހުން ފެނުމުން ރައްޔިތުން ޖެހިލުންވެ ބިރުގަންނަ ކަހަލަ ބަޔަކަށް ހަދައި މުޖުތަމަޢުގައި ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ހަރަކާތްތައް ބޭއްވުމަށް އާއްމުންގެ ހިތުގެތެރޭގައި ބިރުވެރިކަން އުފެއްދުން ހިމެނެއެވެ.
ވެރިކަން ވައްޓާލުމަށްޓަކައި ކުރިންވެސް ޕްލޭންކުރެވިފައި އޮތީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭގަނޑުގެ ކޮންމެވެސް ވަގުތަކުއެވެ. އެރޭގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެމްޑީޕީ މީހުން ބައިވެރިވިމަށް ވާހަކަ ދެކެވުނަސް އެދުވަހު އެތަނުގައި އެމްޑީޕީގެ ނަމުގައި ދިޔައީ އެހެންބައެކެވެ. ނަމަވެސް ވާނުވާ ނޭގި އެމްޑީޕީ މީހުންކަމަށް ހީކޮށް އެތަނަށް ބައެއް މީހުން ނުދެއެކޭނޫނެވެ. އެދުވަހު ދެފަރާތުން ގައު އުކަމުން ދިޔައިރު އެތަނަނުގައި އެމްޑީޕީ ލޭބަލް ޖެހުނު ފަޅީގައި އިސްކޮށް ހަރަކާތްތެރިވެ އުޅުނީ އުމަރު ނަސީރު ފޮނުވި ގްރޫޕެކެވެ. އެރޭ ފުލުހުންނަށް ކޮމާންޑް ކުރަމުން ދިޔައީ ރިޔާޒެވެ. ރިޔާޒްއަށް ކޮމާންޑް ކުރަމުންދިޔައީ އުމަރު ނަސީރާއި ޔާމީނެވެ. ފުލުހުންގެ އޮފީސްތެރޭގައި ރިޔާޒް ބުނާގޮތަށް ހަދަމުން ދިޔަ މީހުންގެ ތެރޭގައި އިސްކޮށް ހުރީ މިހާރުގެ ޑެޕިއުޓީ ކޮމިޝަނަރު ހުސެން ވަހީދު އެވެ. އަދި ފުލުސް އޮފީސް ތެރޭގައި ހިނގާ ހުރިހާކަމެއްގެ އިންޓެލިޖެންސް މައުލޫމާތު ހުސެން ވަހީދު ދިޔައީ ރިޔާޒް މެދުވެރިކޮށް އިނދިކޮޅު ފަރާތްތަކާއި ހިއްސާ ކުރަމުންނެވެ. ފުލުހުންގެ އެކަށީގެންވާ ގިނަބަޔަކު ބައިވެރިވާނެ ކަމުގެ ޔަގީންކަމެއް ލިބުމުން މިހާރުގެ ޑިފެންމިނިސްޓަރު ނާޒިމް މެދުވެރިކޮށް ސިފައިންގެ ތެރެއިން ގްރޭޕެއް އަތުއެޅުވޭތޯވެސް އެރޭގައި ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރެވެމުންނެވެ. ހުރިހާ ކަމެއް ވަރަށް ބަރާބަރަށް އެރޭގައި ކޮމާންޑް ސެންޓަރުގައި ދިޔައީ ކޯޑިނޭޓް ކުރެވެމުންނެވެ. މުހިއްމު ނިންމުންތައް ނިންމާފައިވަނީ މައުމޫނާއި މަޝްވަރާ ކުރެވި މައުމޫނުގެ އޯޑަރަށެވެ. އެރޭގެ ޕްލޭންތަކުގައި ގާސިމް މާބޮޑަށް ބައިވެރިކޮށްފައެއް ނުވެއެވެ. ނަމަވެސް، ގާސިމްވަނީ އޭނާއަށް ކުރެވުނު ހުރިހާ ކަމެއް އެރޭ އެކަން ކާމިޔާބު ކުރުމަށް ކޮށްފައެވެ. ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންގެ ކެއުމުގެ ކަންތައްތަކާއި (މައިދާނުގައި ތިބި މީހުންނަށް ޕާރުސަލު ގެނައީ ޕެރަޑައިސް އިން)، ބޭނުންވާ ފެނާއި ޖޫސްފަދަ ތަކެތި ހޯދުމަށާއި، މާލޭގައި ހަރަކާތްތެރިވާ ގޭންގްތައް އެރެއަށް ގަނަލުމަށް އެންމެ ބޮޑަށް ހަރަދުކޮށްފައިވަނީ ގާސިމް އިބްރާހީމެވެ. އެރޭގެ ކަންތައްތައް ކުރެވެމުންދިޔަ ގޮތުގެ ސިއްރު ގިނަ ކަންތައްތައް ގާސިމަށްވެސް އެނގޭނެ ކަމަށްވެއެވެ.
ކޮންމެއަކަސް އާޓިފިޝަލް ބީޗްގައި ހަމަނުޖެހުން ހިނގަމުން ދިޔަވަގުތު އެތަނަށް ފޮނުވި ފުލުހުންގެ ޓީމަށް ކޮމާންޑް ކުރަމުން ދިޔައީ ނަޝީދަށް ވަފާތެރި ބައެއް ނޫނެވެ. އެ ޓީމަށްވެސް ކޮމާންޑް ކުރަމުންދިޔައީ ހުދު ރިޔާޒެވެ. ވެރިކަން ވެއްޓުމަށްފަހު އެކަމުގައި އިސްކޮށް އުޅުނު މީހުން ބުނަމުންދިޔައީ ނަޝީދަށް ސިފައިންނާއި ފުލުހުން ކޮންޓްރޯލު ކުރަން ނޭގުނީ ކަމަށާއި މުޅި ފުލުހުންނާއި ސިފައިންގެ ކޮމާންޑް ފެއިލީކަމަށެވެ. ހަޤީޤަތަކީ މުޅި ކޮމާންޑް ފެއިލްކޮށްލުމަށް އެއިރު މަސައްކަތް (އުމަރު ނަސީރުމެން) ކުރަމުންދާތާ ހަފްތާއަކަށްވުރެ ގިނަދުވަސް ވެދާނެއެވެ. ފުލުހުންގެ އިސްސަފުގައި ތިބި އެތައްބަޔަކު ވަނީ ގަނެލާފައެވެ. އަދި އާދައިގެ މީހުންނަށް ވަޒީފާގެ ޔަގީންކަން ދީފައެވެ. މައުމޫނުއިސްކޮށް ހުރެ ރާވާފައިވަނީ ނަޝީދު އިސްތިއުފާ ދިނީ މަސްތުގެ ހާލުގައި ހުރެގެންކަމަށާއި ތަނުގެ ކޮންޓްރޯލު ނެއްޓިގެން އިތުރު ގޮތެއް ނެތިގެން ކަމަށް ރާވައި ރައްޔިތުންނަށް ދެއްކުމަށެވެ. އެޕްލޭނުގެ ދަށުން މުލިއާގެއަށް ގިނައަދަދެއްގެ ރާފުޅިތައްވެސް ވައްދާފައި ފޮޓޯ ސެސަޝަނެއް ބޭއްވުމަށް ވަނީ މާކުރިންވެސް ނިންމާފައެވެ.
އާޓިފިޝަލް ބީޗްގައި ހިނގި ކަންތައްތައް ކޮންޓްރޯލުން ނައްޓާލައި އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް ގާއުމާ މަންޒަރު ނެގުމަށް ދިޓީވީ އަދި ވީޓީވީ އެތަނަށް ދިއުމަށް އޭގެ އެއްގަޑި އިރު ކުރިން ޑރ. މުހައްމަދު ޖަމީލު އެ 2 ޓީވީއަށް ގުޅާފައި އަންގާފައިވާކަމަށް ވެއެވެ. ނަމަވެސް، އެއިރު ގާއުކައި ހަމަނުޖެހުން ހިނގާނެ ކަމަކަށް ނުބުނެއެވެ. ކޮންމެހެންވެސް އާޓިފިޝަލް ސަރަހައްދުގައި ހިނގާ ކަންތައް ވަގުތުން ދެއްކުމަށް އެންގި ކަމަށްވެއެވެ. ގާއުކާ މަންޒަރު ނަގައި ފުލުހުންނާއި ސިފައިން އެތަން ބަލަން ތިބޭ މަންޒަރު ރައްޔިތުންނަށް ދައްކައި، އެކަމަށް ކެތް ނުވެގެން ފުލުހުންގެ ތެރެއިން ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުތުމަކީ މައުމޫނުމެން ރޭވި ޕްލޮޓްގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ.
ނަމަވެސް، އެރޭގައި ފުލުހުންގެ ތެރެއަށް ކަތުރުފަނި ވަރަށް ބޮޑަށް ވަދެފައިވާކަން ސަރުކާރަށް އެނގުމުން އާޓިފިޝަލް ބީޗް ސަރަހައްދަށް ސިފައިންވެސް ފޮނުވިއެވެ. ސިފައިންގެ ކޮމާންޑްގެ ތެރޭގައި މައްސަލައެއް އުޅޭކަމުގެ އެއްވެސް ޝައްކެއް އުފެދިފައި ނުވެއެވެ. ހަޤީޤަތުގައި ސިފައިންގެ ގިނަ އިސްވެރިން ތިއްބެވީ ޤައުމަށް ވަފާތެރިކޮށެވެ. ސިފައިންގެ ތެރެއިން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދިޔައީ އާދައިގެ ރޭންކްގެ މަދު ބައެއް ކަމަށް އެނގިފައިވެއެވެ. އެރޭގެ މުޅި މީޑިއާ އަދި އިނދިކޮޅު ލީޑަރުންގެ ހުރިހާ ވިސްނުމަކާއި ވަގުތަކާއި އަދި ގިނަ އަދެއްގެ ފައިސާ ހަރަދު ކޮށްފައިވަނީ ފުލުހުންނާއި ސިފައިން ސަރުކާރާ ދެކޮޅަށް ނެރުމަށް ހިތްވަރުދީ އެކަން ކާމިޔާބު ކުރުމަށެވެ. މި ކަމުގައި ރިޔާޒް އާއި ނާޒިމްގެ އެހީ ވަރަށް ފުޅާދާއިރާއެއްގައި އެމީހުންނަށް ލިބިފައިވެއެވެ. ރިޔާޒް އާއި ނާޒިމް މިކަމުގައި އުޅެފައިވަނީ ގިނަ އަދަދެއްގެ ފައިސާއަށެވެ. ނާޒިމްއަށް 2.3 މިލިއަނަކާ ކައިރި ކުރާ ވަރަށް ފައިސާ ލިބިފައިވާ ކަމަށް އެނގިފައިވެއެވެ. ރިޔާޒަށް ލިބުނު ވަރު މިއަތްވުރެ ކުޑަކަމަށް ވެއެވެ. ސީދާ ވަކިވަރެއް ބުނާކަށް ނޭގެއެވެ. މީގެ އިތުރުން މިޝަން ކާމިޔާވު ވުމަށްފަހު އެމީހުންނަށް ރަނގަޅު 2 ވަޒީފާ ދޭނެ ކަމުގައި ބުނެފައިވެއެވެ.
އެދުވަހު ހެނދުނު ނަޝީދު ސިފައިންގެ ތެރެއަށް ވެއްދުމަކީވެސް އެމީހުންގެ ރޭވުމުގެ ބައެކެވެ. ސިފައިންގެއަށް ނަޝީދު ވަނުމާއެކު ކޮމާންޑް ސެންޓަރުގައި އުފާ ފާޅުކޮށް ކްލެޕް ކޮށްފައިވެއެވެ. އަޅުގަނޑަށް ސީދާ ނޭގެ ކަމަކީ ނަޝީދު އެގަޑީގައި ސިފައިންގެ ތެރެއަށް ވަދެ ވަޑައިގަތީ ކީއްވެތޯއެވެ. ފަހަރުގައި މަޖުބޫރުވުމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ، ހަމަ އަމިއްލަ އިހްތިޔާރުގައި ވަނީކަމަށްވެސް ވެދާނެއެވެ. ނުވަތަ ޕްލޭން ކުރި މީހުންނަށް ނަޝީދު މިފަދަ ކަންތައްތަކާމެދު އަމަލު ކުރައްވާ ގޮތުން ވަޑައިގަންނަވާނީ ސިފައިންގެއަށްކަން ކުރީގައި އެނގިފައި އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަން އެންމެ ބޮޑަށް އެނގޭނީ ހުދު ނަޝީދަށެވެ. ކޮންމެއަކަށް ސިފައިގެއަށް ވަންކަން މައުމޫނަށް އެކަން ވަގުތުން އަންގާފައިވެއެވެ. ރާއްޖޭގެ ވެރިކަން މިއޮތީ އެމީހުންގެ ދަށުގައި ކަމަށާއި އިބްރާހިމް ނާސިރު އެއަޕޯޓް ބަންދު ކުރުމަށާއި އެއްވެސް ބަޔަކު ފުރުނަ ނުދިނުމަށް ޓީވީގައި ގޮވާލުމަށް މައުމޫނު އުމަރު ނަސީރަށް އަމުރުކުރިއެވެ.
ވެރިކަމުން ސަރުކާރު ވައްޓާލެވުނު ކަން ޔަގީން ކުރެވުނަސް އެއިރު ޔަގީން ނުވާ އެއްކަމެއް އޮތެވެ. އެއީ ވެރިކަން ވެއްޓެނީ ނަޝީދު އިސްތިއުފާ ދީގެންތޯ ނުވަތަ މިލިޓަރީ ބޭނުންކޮށްގެންތޯއެވެ. މައުމޫނާއި ޔާމީން ގާސިމް އިމްރާން އަދި ހަސަން ސައީދުވެސް ބޭނުންވަނީ ނަޝީދު އިސްތިއުފާ ދިނުމަށެވެ. އެއިރު ވަހީދުވަނީ މިލިޓަރީ ވެރިކަމެއް ގެނައުން ބުއްދިވެރި ނުވާނެ ކަމަށާއި ހަމަނުޖެހުން ބޮޑުވާނެ ކަމަށާއި އެހެން ކަމުން ނަޝީދަށް ވެވެނު ޕްރެޝަރެއްކޮށްގެން ގަދަކަމުންވެސް އިސްތިޢުފާ ދިނުމަށް ލަފާދީފައެވެ. އަދި އިސްތިޢުފާ ދީފިނަމަ އޭނާ ޤާނޫނުގައިވާ ގޮތަށް އޭނާ ވެރިކަމާއި ހަވާލުވާނެ ކަމަށާއި، އެއިރުން ޤާނޫނީ ގޮތުން އެއްވެސް ބަޔަކަށް ބުނެވޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ. އަދި، އެގޮތަށް ކަންތައް ކޮށްފިނަމަ އޭނާ ރައީސަކަށް ހުއްޓަސް އެމީހުން ބުނާގޮތަށް ހަދާނެ ކަމަށެވެ. އަދި އެންމެން އެއްބަސްވާ ގޮތަށް ކަންތައްތައް ނިންމަމުންދާނެ ކަމަށެވެ. މި ހިޔާލު އެންމެވެސް ގަބޫލު ކުރިއެވެ. ނަޝީދު ސިފައިންގެ ތެރެއަށް ވަނުމަށްފަހު ސިފައިންގެ ތެރޭގައި އޭނާއާއި ޖަލީލުގެ މާބޮޑު ބަހެއް ނުވިކުނެވެ. އެގޮތަށް ތެޅިތެޅި ތިބެ މާޔޫސް ކުރުވުމަށް ދޫކޮށްލުމަށްފަހު ދެން ފެށުނީ އިސްތިޢުފާ ދިނުމަށް މަގުފަހިވާ ގޮތަށް ވަރުގަދަ ނެގޯސިއޭޝަންތަކެކެވެ. އެދުވަހު ރިޔާޒް އާއި ނާޒިމް ކުޅުނު ރޯލަކީ ނަޝީދުގެ އިސްތިއުފާ ކަށަވަރު ކުރުމެވެ. އެތަނުގެ ތެރޭގައި ހަނިގޮތަކަށް ނަމަވެސް ނަޝީދުއަށް ސަލާމަތް ވުމުގެ ފުރުސަތެއް ލިބިޔަ ނުދިނުމަށެވެ. ނަމަވެސް، ނަޝީދު ހުރީ އެހާ ފަސޭހައިން ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. އެތަނުގެ ތެރޭގައި އެތަކެއް ޒުވާބުތަކެއް ހިނގިއެވެ. އެންމެ ފަހުނ ނާޒިމް ފޯނު ސްޕީކަރަށް ލާފަ ބަހައްޓައިންގެ އުމަރު ނަސީރުމެން ޔާމީނުމެންގެ އިންޒާރުތައް ނަޝީދަށް އަޑުއިއްވިއެވެ. އެންމެ ފަހުން، އެމީހުންގެ ހަރުކަށިކަން ކަށަވަރުވެ، ގޮތް ދޫނުކުރައްވައިފިނަމަ މިލިޓަރީ ވެރިކަމެއް ގެންނާނެ ކަމުގެ ޔަގީންކަން ލިބި، އަދި މީހުން މަރުވުމަށް މަގުފަހިވާފަދަ ހަމަނުޖެހުންގަނޑެއް ހިނގާފާނެ ކަމުގެ ޔަގީންކަން ލިބުމުން އާއިލާއާއި ކެބިނެޓްގެ ރައްކާތެރިކަމާމެދު ނެގޯސިއޭޓް ކޮށް އިސްތިޢުފާ ދިނުމަށް އެއްބަސްވިއެވެ. ނަޝީދު އިސްތިއުފާ ދިނުމަށްފަހު، ވަހީދު ރައީސްކަމުގެ ހުވާކޮށް ނިމި ސަރުކާރާއި އެމީހުން ހަވާލުވެ ނިމެންދެން ނަޝީދު ގެންގުޅެފައިވަނީ ބަންދުކޮށްގެނެވެ.
އަލް ަގއުމު
March 28, 2012 at 2:46 pm
ވަރަށް ހީވޭ ޚަގީގހަތެްހެން…………
އައިޝާ
March 28, 2012 at 3:04 pm
ސުބުހާނައްﷲ މިއީވެސް މީހުން ވެރިކަމާހެދި ކުރާ ކަހަލަ ކަންތައްތައް؟ މިހުރިހާކަމެއްގެ އަޑީގައި ހުރީ މިނުބައި ނުލަފާ މަންޟޫނު މައުމޫނެވެ. މިކަލޭގެ މިހިރީ ވެރިކަމާހެދި ހޭބަލިވެފައެވެ.
އީނާ
March 28, 2012 at 3:05 pm
މި ކިޔާލުމުން ރައީސް ނަޝީދަށް އަޅުގަނޑުގެ ހިތުގަ އޮތް ހަމްދަރުދީ އާއި ލޯބި އެތަށް ގުނައަކަށް ބޮޑުވެގެން ގޮއްސި…މި ޤައުމު ބަގާވާތް ގެނައި އެއްމެންގެ ކިބައިން މާތްﷲ ސަލާމަތް ކޮށްދެއްވާށި..އާމީން
މީ
March 28, 2012 at 3:21 pm
މި ވެރިކަން ވަށްޓާލުމުގައި ގޯސްތަކެއް ހުރިކަން މާބޮޑަށް ވެސް ފާހަގަ ކުރެވޭ
ދިވެހި ދަރިއެއް
March 28, 2012 at 3:39 pm
މި އާރޓިކަލް ކިޔާލުމުން އެދުވަހުގެ ބިރުވެރިކަން ހިތައް ގެނެވުނު، ހާދަ ދެރައޭ ދޯ އަހަރެމެންގެ މި ކުޑަކުޑަ ރާއްޖެގެ މިހާލަތަށް ވައްޓާލުމަށް އެމީހުންގެ އޮތީ ކޮންހައްގެއްބާ؟ މި ބައިމީހުންގެ މިނުބައި ރޭވުން ހަރު އަޑުން ކުއްވެރިކުރަން އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކު މި މީހުންގެ މައްސަލަ ބެލޭނެ އަދި އިންސާފް ލިބޭނެ ދިވެހިންނަން އާމީން
އަފޫރު
March 28, 2012 at 3:48 pm
ސުބުހާނަށް ލާހީ
އަލީ
March 28, 2012 at 3:48 pm
މާﷲ ތިޔަ މެމްބަރަށް ރަހުމަތް ލައްވާށިއެވެ. ވަހީދު ވެރިކަމާ ހެދި ތިވަރުން ނޫޅުނަސް ވެދާނެއެވެ. ﷲ ދުނިޔޭގައި ތިބާ ބަހަށްޓަވާނީ ކިތައްދުވަހު ކަމަށް ހީކޮށް ހެއްޔެވެ
އަލީ ރަޝީދު
March 28, 2012 at 4:17 pm
ﷲ އަކްބަރ!! ސުބްޙާނަﷲ!!!!!!!!!!!!!!!!!!!!!!!!! މި އާޓިކަން މުޅި ރާއްޖޭގެ ހުރިހާ ގެއަކައް ބެހުމައް ބަޔަކު އިސްނެގުން ވަރައް މުހިންމު. އަހަންނައް މި އާޓިކަލް ކިޔަން އިނދެވުނީ ބޭއިޚްތިޔާރުގައި އަދި ދެލޮލުން ކަރުނަ ފާއްދަމުންދިޔަ، ހެޔޮވާނީ ކިހިނެއް. ތޔަ މެމްބަރު ފަދަ ހިތްވަރުގަދަ ޤައުމަށް ވަފާތެރި އެތައް މެމްބަރުންނެއް ﷲ އަދި ދައްކަވަނެ. ބަލަ ސިފައިންނާއި ފުލުހުންގެ ތެރޭގައި ތިއްބެވި ހަޤީގަތް ނޭގޭ އެތަކެއް ދަރިންނަކަށް ވެސް ކިހާބޮޑު ބަދުނާމެއް އެ ބާޣީން އެ ކުރިމަތިކުރުވީ!! ﷲ އެބައިމީހުން ކުރި ކުށުގެ ފުރިހަމަ ޖަޒާ ދެއްވަވާށި އާމީން!!!!!!!!!!!
ާޢޭސް
March 28, 2012 at 4:26 pm
ޢެ ނުބައި ނުލަފާ ޖާޙީލު މީހުނަށް ހަލާކުހުރި އިރާދަކުރެއްވިއްޔާ އެމީހުންގެ އަނިޔާވެރިކަމުން މިޤައުމު ސަލާމަތް ކުރައްވާނެ ………ފ
ައައިތުރާ
March 28, 2012 at 4:32 pm
ތިޔަ މެމްބަރުގެ ގުރުބާނީއަށް ތަޢުރީފް ކުރަމެވެ. ދުވަހަކުކޮޅުންވެސް އަޅުގަޑުގެ އެހީއަކަށް ޖެހިއްޖެނަމް އަޅުގަޑު އެބަހުރީމެވެ. ކުޑަދުވަސްކޮޅެއްފަހުންނަމަވެސް ހަގީގަތް ގައުމަށް އަގަބަހުން އަމިއްލަ އިޚްތިޔާރުގައި ދެއްވުމަށް ފަސްނުޖެހުމަށް މާތްﷲ ތަޢާލާ ތިޔަ ބޭފުޅާއަށް ނަށްރާއި ތަވްފީގް ދެއްވާށިއެވެ. ޢާމީން
އަހުމަދު
March 28, 2012 at 4:35 pm
މިއީ ތެދުވެރި މީހެއްގެ ހިތުގެ އުދާސްކަމަށް ވަރަށްގަބޫލު ކުރެވެއެވެ. ކެތްތެރިވެވަޑައިގަންނަވާށެވެ.
ނިސަންތާ
March 28, 2012 at 4:52 pm
އެދުވަހުގެ އާއި އަދި ކުރީގެ ވީޑިއޯ ތައް ބަލާލުމުންވެސް ކަން ހިގާފައިވަނީ މި އާރޓިކަލް އާައި ވަރަށްވެސް ގުޅުން ބޮޑު ކަމަށް ކަން ފާހަގަވޭ. 8 ވަނަދުވަހާއި އަދި މިހާރުވެސް ގޮޅާބޯ އާއި އޭނާގެ އައުވާނުން މަސައްކަތް ކުރަމުން ގެންދަނީީ މިގެނެވުނު ބަޣާވަތް ދުނިޔެޭގެ ކުރިމަތީގައި ޖަސްޓިފައި ކުރުމުގެ މަސައްކަތް. ވަގަކު ވައްކަން ނުކުރޭ ކަމަށް ހެދުމަށް އޭނާ ކޮމިޝަން ހެދުމުން ނެރެވޭނީ ކޮން ނަތީޖާ އެއްބާ؟ އެވެސް ދުނިޔެ އަދި ދިވެހިން ވެސް ގަބޫލް ކުރާނެ ބާ؟ ގަބޫލް ކުރާނީ ހަމައެކަނި ޚާއިނުން. ﷲގެ ރަހުމްފުޅުން މިދިވެހި ގައުމު އަނިޔާވެރި މައުމޫން އާއި އޭނާގެ އަނިޔާވެރިންގެ ކިބައިން އަޅަމެންނާއި މި ދިވެހި ގައުމު ސަލާމަތް ކުރައްވާށި. އާމީން.
އަހުމަދު
March 28, 2012 at 5:27 pm
ކިރިޔާވެސް ބޯމަށްޗައް ހުރިމީހަކައްވީއްޔާ އެގޭނެ މައުމޫނު އަކީ ވެރިކަމައިގެން ބޫތުކާފައި ހުންނަމީހެއްކަން. ނާސިރު އިސްތިއުފާދެއްވާފައި ސިންގަޕޫރައް ވަޑައި ގަތުމުން މިމައުމޫނު ގެ ރޭވުމުގެދަށުން ރާއްޖޭގެ ތާރީޚުން ނާސިރު ފޮހެލި.މިހާރު އެނިންމީސުކޫލް ތއކުގެ ފޮތްބައި ވެސ ބަދަލް ކުރަން އަންނިގެވެރިކަން ނިމިގެންދިޔައީ އޭނާއިސްތިއު ފާދީގެން ކަމައް. މިވަރު ތަންކޮޅެއް ބޮޑެއްނު.
މިހާރުދެންވީ މައުމޫނު ،ޔާމިން، ގާސިމް،އިމްރާން، ޖަމީލް މެން ނާއި މެދު އެންމެން ނިކުމެގެން ނަމވެސް ފިޔަވަޅުއަޅާން.
ނިސަންތާ
March 28, 2012 at 5:43 pm
ﷲވޮޑިގެންވާކަން ޚާއިނު ވަހީދު ގަބޫލް ކުރޭބާ؟
ސަޕޯޓާ
March 28, 2012 at 6:34 pm
ބަޣާވާތް ހިންގި އެންމެންގެ ހަގީގަތް މުޅިދުނިޔެއައް ހާމަކުރައްވާ ގާއުމައް ތެދުވެރި ވަފާތެރި ދިވެހިންނައް ނަސްރު ދެއްވާންދޭވެ.. އާމީން
އައިންތު
March 28, 2012 at 6:47 pm
އަޅެ 4 މަސްވަނަދެން މި ހުރިހާ ދިވެހި ރައްޔިތުން އިންސާފު ހޯދުމަށް ތެޅިތެޅި ތިބެންވީތަ.ގައުމު ހަލާކެއްގެ ތެރެއަށް ވެއްޓެމުން ދާއިރު ގައުމުގެ މަސްލަހަތު ކުރިއަށް ނެރުއްވާ..
ހުސެން
March 28, 2012 at 7:06 pm
މި ލިއުން ކިޔާލުމުން އެހުރިހާ ދުވަހެއްގެ މަސްރަހު ވަރަށް ބޮޑަށް ސިފަވެގެން ގޮސްފި. ކުރިންވެސް ޤަބޫލް ކުރިން މައުމޫނުގެ ރޭވުމުގެ ދަށުން ހިންގާ ކަންތައްތައްކަމަށް. މައުމޫނާއި އޭނާގެ އާއިލާ އަދި އޭނާގެ ވަފާދާރުންގެ އަނިޔާ ވެރިކަމުން ސަލާމަތްވުމަށް ހެޔޮ ހިތުން މަސައްކަތް ކުރުންމަތީ ދެމި ތިބެންވީ. އަބަދުވެސް ﷲ ރަޙްމަތް ލިބިގެންވާކަމަށް ޤަބޫލް ކުރުން މަތީ ތިބެންވާނެ. ﷲގެ ވާގިފުޅާ ނުލާ އެއްވެސް މީހަކަށް އެއްކަމެއްވެސް ނުކުރެވޭނެކަން ހަދާން ބަހައްޓައިގެން ޤައުމު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށް އެދެން.
ހިނދުކޮޅު އެމްޑީޕީ
March 28, 2012 at 5:59 pm
ކެކެކެ. އެމްޑީޕީ ބައިގަނޑު އަޅޭ އެއްޗެއް ބޯންވީނުދޯ. ކަލޯމެން ހީކުރަނީ އެހެން މީހުންނަކީ “ބަރަބޮލުން” ކަމަށްދޯ. ކަލޯމެންނޭ ކަލޯމެންގެ ޒަމާން ނިމިއްޖެއޭ. އޮޅިގެން ދިވެހިންނަށް އިރެއްގައި ސަޕޯޓްކޮށް ވޯޓް ދެވުނަސް ދެން އެދުވަސް ނާންނާނެއޭ އިރާދަކުރެއްވިއްޔާ. މިހާޅުގައިވެސް ތިބަލަނީ އެހެން ޕާޓީތަކާއި އެހެން މީހުންގެ އަގު ވައްޓާލެވޭތޯ. އަމިއްލަ ޙާޅާއިމެދު ހަމްދަރުދީވިއްޔާ މާތާހިރެއްނު މިވަގުތުގައި.. ވަލްޙަމްދުﷲ. ވ ބޮޑަށް ޝުކުރިއްޔާ. ހަހަހަ
ސަތާރަ
March 28, 2012 at 7:55 pm
އަހަރެމެން އެދުވަހު ތިބީ ވާނުވާ ނޭގިފައެވެ. އެދުވަހު އެމްޑީޕީ މެމްބަރުން ނުނިކުމެތިބީ ސިފައިންނާ ފުލުހުންނަށް އިތުބާރު ކޮށްގެންނެވެ. އެތައް ރެއެއްވަންދެން މާލެ ސުންނާފަތިކުރަމުންދިޔަ ބައިގަނޑުގެ ކިބައިން ދިވެހިޤައުމު ސަލާމަތްކުރުމަށް ފުލުހުންނަށާއި ސިފައިންނަށް ލިބުނު ފުރުޞަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފުލުހުންނާ ސިފައިން ދުޝްމަން ޚާއިނުނާ ގުޅިގެން ބަޣާވަތްކޮށްފާނެ ކަމަކަށް އެއްގޮތަކަށްވެސް ހީއެއް ނުކުރަމެވެ. ނަމަވެސް އިންސާނުންގެ ސިފައިގައިތިބި ތިރީހަކަށް ޝައިތާނުންގެ ވަސްވާހުގައި ޖެހި ޤައުމުގެ މަސްލަހަތަށްވުރެ ދުނިޔޭގެ އެދުންވެރިކަން ފުލުހުންނާ ސިފައިން އިސްކުރީތީ ހިތާމަކުރަމެވެ. މިލިޔުން ކިޔާލުމުން ކުރިންނޭގޭ ވަރަށްގިން ކަންތައްތައް އޮޅުންފިލައިފިއެވެ. ރައީސް ނަޝިދު އިންދެވި ޑިމޮކްރަސީ ގަހުން މިފަދަ މީރު މޭވާތައް ދޮންވެ ފައްކާވާން ދުވަސްކޮޅެއް ނަގާނެ!
ލިއުކް
March 28, 2012 at 8:00 pm
ސިފައިންގެއަށް ނަޝީދު ގެންދިޔައީ ތޮލްހަތެވެ. ތޮލްހަތު މިކަމުގައި ބައިވެރިވެއެވެ. ތޮލްހަތުވަނީ އޭނާގެ ކޮންސްޓްރްކްޝަން ކުންފުނިން މަސައްކަތް ފަށްޓާފައިވާ އެތައް ތަނެއްގެ ލާރީގައިޖެހި، އޭގެ ބޭނުންކޮށް، އެތަންތަނުގެ މަސައްކަތް ނުނިމިގެން ބާޣީ ގްރޫޕް ގެ އެތަކެއް ބައެއްގެ އަތުން ބޮޑެތިބޮޑެތި އަދަދު ތަކުގެ ފައިސާ ދަރަންޏަށް ނަގާފައެވެ. އެހެންކަމުން މިކަމުގައި އޭނާގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށް އޭނާއޮތީ ވަޢުދުވެ ބައިޢަތު ހިފާފައެވެ. އެމް.ޑީ.ޕީ ދޫކޮށް އަދި ބައެއްމީހުން ދާނެއެވެ. އެވެސް މިމީހުންގެ ފައިސާގައި ހިފާފައިވާ މީހުންނެވެ. މީގެތެރޭގައި ފޯއްމުލަކުގެ ކުޑަ މެމްބަރާއި މިފަދަ ބަޔަކުވެއެވެ.
ދާވަނި
March 28, 2012 at 7:32 pm
ﷲގެ ރަޙްމަތް ފުޅުން މިކަން ފަޅާއަރާނޭ ގޮތެއްމެދުވެރި ކުރައްވައިފާދޭވޭ. ޔާﷲ އާމީން
ސުހާ
March 28, 2012 at 7:33 pm
މިއީ ހަމަވަރަށްބޮޑު ތެދެއް، އެދުވަހުގެ ކަންހިނގާދިޔައީ މިއާޓިކަލްގައި މިވާގޮތަށް އެއްވެސް ތަފާތެއްނެތި. މާތްﷲ އިރާދަފުޅުން މައުމޫނާ އޭނާގެ އަޢުވާނުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާ މިޤައުމުގައި ޢަދުލު އިންސާފްޤާއިމު ކުރެވޭނެ. ރައީސު މުޙައްމަދު ނަޝީދު ޤައުމަށްޓަކައި ތިޔަ ވެވަޑައިގަންނަވާ މަތިވެރި ޤުރުބާނީ އާއި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގައި މާތްﷲ ބަރަކާތްލައްވާ މިޤައުމަށް ވެރިވެގެން ތިބި ޚާއިނުންގެ އަތްދަށުން ޤައުމު ސަލާމަތްކުރައްވާ މިޤައުމުގެ ރައްޔިތުންނަށް ސަލާމަތްކަން ދެއްވާށި އާމީން.
މުއުޒު
March 28, 2012 at 8:34 pm
މިއީ ހުމަ ހަގީގަތެހެނހީވޭ
ފުލުހެއް
March 28, 2012 at 10:00 pm
ހަމަ ހަގީގަތުގައިވެސް މިކަމަކީ ބަގާވާތެއް. ފުލުހުންގެ ތެރެއިން މިކަމަށް އިސްނެގިކަމަށް ފަށަށް ފާހަގަވަނީ ދިވެހިމަސްރަހުގައި ޕާޓީތައް އުފެދުނީސްސުރެން ފުލުހުންގެ އިސްއޮފިސަރުން އެމީހުންގެ ދަށު ރޭންކުތަކުގެ އޮފިސަރުންނަށް ވިސްނައިދެމުން އަންނަނީ އެމްޑީޕީއަކީ އެމީހުންގެ ދުޝްމަނުން ކަން. އަދި އެމީހުންނަށް އަބަދުވެސް ރަނގަޅުގޮތެއް ވާނީ މައުމޫނު ނުވަތަ އެމީހުންގެ ތާއީދު ލިބިފައިވާ ވެރިއަކު ރާއްޖޭގެ ވެރިކަމުގައި ހުރީމަކަން. ސަބަބަކީ ފުލުހުންގެ މަތީ ފަންތީގެ ގިނަ ވެރިންނަކީ ވަރަށް ކަރޮޕްޓް ބަޔަކަށް ވުން. މިކަން ވަރަށް ރަނގަޅަށް އެނގޭނެ 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއިދެމެދުގެ މުއްދަތު ގައި ފުލުސް އޮފީހުގައި ކުރެވިފައިވާ ފައިސާއާއި ބެހޭ މުއާމަލާތްތަށް އޯޑިޓް ކޮށްލީމާ. އަސްލުހަގީގަތުގައި އެމްޑީޕީ ވެރިކަމަށް އައުމަށްފަހު ފުލުހުންގެ އިސްއޮފިސަރުންގެ އެންމެ ބޮޑުނުރުހުމަކަށްވީ އެމީހުން ފުލުސް އޮފީހުގެ އަދި މުޅިދައުލަތުގެ ފައިސާއާއި ބެހޭ ނިޒާމަށް ގެނައި އިސްލާހުގެ ސަބަބުން އެމީހުން ހިންގާ ކަރޮޕްޝަންގެ އަމަލުތައް ނިހިންގޭތީވެ.
ާާައަސްލުވެސް
March 29, 2012 at 2:07 am
މީ ސައްކު ކުރަންވީ ކަމެއްވުސް ނޫން މީޔަގީން ކަމެއް،،،،،،،،
ފާތުން
March 29, 2012 at 9:58 am
ހަމަރަގަޅަރޮވިއްޖެތިފަދަދުލަކުން ރަޔިތުންގެ ކުރިމަތީގަކިޔާދިނުން މުހިއްމު ގައުމައްޓަކާރައްޔިތުންގެ ހައްގުގައި މިއަދުގެ މިސަރުކާރުން ރަޔިތުން މިވަނި ނިކަމެތި ކޮއްފާ
ރަަބޮނދި
March 29, 2012 at 4:51 am
ސުބުޙާނައްﷲ މިބާގީންނަކީ ހާދަ ނުބައިނުލަފާ ބަޔެކެވެ.ތިޔަޙަބަރު އަންގައިދިން ތެދުވެރި މާތްމީހާޔަށް ފައްފަށުން ޝުކުރުވެރިވަން! މާތްﷲ އޭނާޔަށް ރަޙްމަތް ލައްވާށިއެވެ.
މުހައްމަދު
March 29, 2012 at 2:42 pm
އިންސާނުންގެ ސިފައިގައި ޖަނަވާރުން އުޅޭނެ ކަން ނުވިސްނުމުގެ ސަބަބުން ދިމާވި ގޮތެއްތިޔައީ؟ މަޢުލޫމާތު ހިއްސާ ކުރެއްވި ބޭފުޅާއަށް ވަރަށްބޮޑަށް ޝުކުރު ވެރިވަން އަދި މީޑިޔާގެ ކުރިމަތީގައި ލައިވްކޮށް ކިޔާދެއްވުމަށް އާދޭސް ދަންނަވަން.
މުފީދު
March 29, 2012 at 5:24 am
ގަންދީ ހުވާކޮށްފައިވާ މެންބަރުން ތައުބާވެ ދާއިމީ ދުނިޔެއަށް ތައްޔާރުވާށެވެ. ކޮންމެ މީހަކީ ކޮންމެވެސްދުވަހަކުން މަރުވާނެ މީހެކެވެ. ކާފަޔާ މާމަ ވެސް މަރުވިދުވަސްމަތިން ހަނދުމަކޮށްލާށެވެ. ހަމައެގޮތަށް ތިމާވެސް ދާނެއެވެ.
ައަލިބެ
March 29, 2012 at 6:03 am
ހެސާހެހެހެހެހެހެހެހެ ހިނގާދިޔަ ހާދިސާއަށް ލިޔެފައިވާ ލިޔުމެއް
ނަންނި
March 29, 2012 at 6:35 am
މިކަމުގައި ބައިވެރިވި ފުލުހުންނާ ސިފައިން ނަކީ ބާޣިން އަދި މިހާރު އެމީހުން އެދަނީ އާންމުންނަށް އަނިޔާކޮށް ތަޅާމަރަމުން އަންހެނުން ނަށް ޖިންސި ގޯނާތަށް ކުރަމުން ، އާންމުންގެ ބޮލުގަ ބޮޑެތި ބަދުނާމް ތަށް އަޅުވަމުން ، އެމީހުންނަކީ މިހާރު ފައިސާއަށް ވިކިފަ ތިބި ސިޔާސީ ބައެއް،
ބިސްބެ
March 29, 2012 at 6:41 am
ހޫހޫހޫހޫންންންން،، ތީ ހަމަ ތެދު،،،އެއްވެސް ދޮގެއް ތިޔަކު ނެތް،،، ހިތާމަޔަކީ ހެކި ފެންނަން ނެތީމަ
މޫސާ ތަކުރު
March 29, 2012 at 12:43 pm
އަވަސް މުސްތަގުބަލެއްގަ ތިވާހަކަތައް ގައުމުގެރައްޔިތުން ކުރިމަތީގަ މުހާތޮބުކުރާނެކަމަށް ގަބުުލުކުރަން ތީމިގައުމަށް ހެޔޮއެދޭ ތެދުވެރިއެއް ކައުމު ބޮޑު ހީރޯއެއްތީ
ޝިދޫ
March 29, 2012 at 7:20 am
ބަގާވާތުގައި ބައިވެރިވި އެންމެންނަށް ހަލާކުރުހި
އަހުމަދު ދީދީ / ދެއްވަދޫ
March 29, 2012 at 7:49 am
އުއްމީދު ކުރަން މިހާރު ތިހާމަކުރި މައުލޫމާތަށް ވުރެ އިތުރަށް އަދި ހަށިފޮޅާލާފަ ތެދުވެ ޤައުމައްޓަކައި، އަދިއަޅުގަނޑުމެންގެ ދަރީންގެ ދަރީންނައްޓަކި ތެދުވެރިކަމާއި އެކު މަސައްކަތް ކޮށްދެއްވާނެކަމަށް ﷲ ތިބޭފުޅާޔަށް ހެޔޮވިސްނުންދެއްވައި ތެދުވެރިކަމާއި އެކު ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށި ،އާމީން……..
ޖ،ބިރު
March 29, 2012 at 8:10 am
މިލިޔުން ަިގިރޭސިބަހައް ބަދަލުކޮއް ބޭރުގައުމުތަކުގެ މީޑިއާތަކާ ހިައްސާކުރުން އެދެން
އަދުއްސައްތާރު
March 29, 2012 at 9:42 am
ރައްޔިތުންނިކުމެ ޖެހެނީ ބަޣާވާތްރޭވުމުގައި ބައިވެރިވި މީހުންތިބިތަނަކުން ނެރެގެން އެއްމެންގެ ކުރިމަތީގައި ރަޖަމުކުރަން ، މިއާޓިކަލް ކިޔާލީމާ މިބަޣާވާތުގެ އެއްމެއަޑީގައި ހުރީ މައުމޫނުކަން ވަރަށްސާފުކޮށް އެގެންއެބަހުރި ، މައުމޫނުއަކީ އެއްމެފަހުގެ ފިރުއައުނުގެ ދަރަޖަ ލިބިފައިވާ މީހެއްކަން ހިގައިދިޔަ ހާދިސާއިން ވަރަށް ރަގަޅަށް މިއޮތީ ހާމަވެފައި ، މާތްﷲގެވާގިފުޅާއިއެކު ދިވެހިރައްޔިތުންގެ ވެރިކަން ދާދިއަވަހަށް އަލުން އަބުރާ ރައްޔިތުންނަށް ލިބިގެންދާނެ ، ރައީސުނަޝީދު ރައްޔިތުންގެ ޙައްގުގައި ކުރައްވާ މިންނެތްމަސައްކަތް ކާމިޔާބުލިބޭނެ، = އަސްތާ =
ޝިފާއު
March 29, 2012 at 4:32 pm
ްްައަންނި މިގައުމަށް ކޮށްދިން ކަންތައްތަކުގެ އަގު އަދާކުރޭ… ހަގީގަތް ހާމަ ކުރޭ. ފިލާ ނޯވޭ. އިންސާފު ހޯދަދީ
އިންސާފު
March 29, 2012 at 7:16 pm
ﷲ ތަޢާލާ ޙައްޤަށް ނަސްރު ދެއްވާނެ….! އެދުވަހަކުން އިންސާނަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ، ކިތަންމެ ރުފިޔާ ފައިސާއެއް ހުއްޓަސް…
ރައޫފް
March 29, 2012 at 9:52 pm
ކޮށްމެވެސްސިފައެއްގައި މިކަންރައްޔިތުންނައި ހިއްސާކޮށްލުމުގެ ހިތްވަރުތިޔަމެމްބަރަށް ދެއްވިކަމަށްޓަކައި ﷲއަށް ޝުކުރުވެރިވަން. އަހަރެންއުއްމީދުކުރަނީ ތިޔަމެމްބަރަށްކުރިމަތިވެފައިތިވާމަޖްބޫރުން ސަލާމަތްވެ ސީދާތިޔަމެމްބަރުގެ އަޑުން ރައްޔިތުންނާއި މިކަންހިއްސާކޮށްދެއްވާނެކަމަށް.އެހިއްވަރު ތިޔަމެމްބަރަށްދެއްވާށި. އާމީން. މިކަންތަށްތަކާއިގުޅިގެން އަހަރެންގެ ހިތުގައި އުފެދުނު ބައެއްސުވާލުތަކަށް ކޮށްމެވެސް ވަރެއްގެ ޖަވާބެއްލިބިއްޖެ. ނަޝިދު ވެރިކަމާއި ހަވާލުވުމަށްފަހު ގާތްގަޑަކަށް އަހަރެއްވީތަނާއި މައުމުނުގެފަޅީގެމީހުންގެ ހަރަކާތްތަށް ހުރިގޮތުން ނަޝީދަށް މިދައުރުފުރިހަމަކުރެވިދާނެކަމާއިމެދު އަހަންނަށް ވަރަށްބޮޑަށް ސުވާލުއުފެދުނު. އެއީފަހަރެއްގައިވެސް ނަޝީދުގެ ކިބައިގައި އެލަޔާގަތްތެރިކަން ނެތިގެނެއްނޫން. ނަމަވެސް މައުމޫނުގެފަޅިން ސިޔާސީޕޯޑިއަމްތަކުގައި ވާހަކަދައްކާ މީހުންގެ ވާހަކަތަކުން ފާހަގަކުރެވުނުއެއްޗެއް. މައިގަނޑުގޮތެއްގައި އެމީހުންގެ ބަހުރުވަހުންނަނީ ވަރަށްބޮޑަށް ވެރިކަމަށް ދަހިވެތިވެފައި ، ފެންބޮވައިގެންފައިހުންނަގޮތަކަށް. މިއިން އަހަންނަށް ފެނުނީ މައުމޫނުގެ އަމިއްލައެދުންބޮޑުކަމައި ރައްޔިތުން މަރާފައިވެސް ތިމާޔަށް މޮޅުގޮތްހޯދަން މައުމޫނު ބޭނުންވެފައިހުރިވަރު. ނަޝިދުގެކިބައިންފެނުނީ މަތީމަގާމާއި އިއްޒަތަށްވުރެ ރައްޔިތުން ފުރާނައިގެ އަގު ނަޝިދުގެކުރިމަތީގައި ބޮޑުކަން. ހަމަހަގީގަތުގައިވެސް ނަޝދުއަކީ ރާއްޖޭގެފަހުގެތާރީހުދެކޭނެ ރައްޔިތުންދެކެ އެއްމެލޯބިވާނެރައީސް. ޖައްވަށް ހަވަޔަށް ބަޑިޖެހެންއޮތްދުވަހުވެސް ނަޝީދުއެބޭނުންވީ ރައްޔިތން ސަލާމަތްކުރެވެންއޮތީ މަގާމުދޫކޮށްލައިގެންކަށްވާތީ މަގާމުދޫކޮށްލަން. ހަމަގައިމުވެސް ރައްޔިތުންގެތެރެއިން ބައެއްގެ ފުރާނައިގެބަދަލުގައި ރައީސްކަމުގެ މަގާމުދޫކޮށްލަންޖެހުނުނަމަވެސް މައުމޫނުވެސް އޭނަގެ އައުވާނުންވެސް އެކަންނުކުރާނެކަން އަހަންނަށް ދުވާލުގެ އިރުފަދައިން މިހާރުޔަގީން. ޖަމީލަށްވެސް ރިޔާޒަށްވެސް އަދީ ނާޒިމަށްވެސް އަދި މިކަމުގައި ދެންއުޅުނުބަޔަކަށްވެސް ކޮށްމެވެސްދުވަހަކުން މިކަމުގެ އަގުދައްކަންޖެހޭނެ. މައުމޫހުގެ30އަހަރުގައި މީޑިޔާ ހިސާރުކޮގެން ތިމާބޭނުންވާހަކައެއްފަތުރަމުން ދިޔަނަމަވެސް މިހާރު އެހާރޯނުފިލާބަޔަކުނެތް. މިހުރިހާކަމެއްހިގަމުންމިދިޔައީ ހުރިހާމީހުންގެކުރިމަތީގައި.މައުމޫނަކީ އަބަދުވެސް ކޮށްމެކަމެއްގައިވެސް ދީން ހަތިޔާރަކަށްހަދާމީހެއް. އެގޮތުން އަދާލަތުޕާޓީގެ އަމިއްލައެދުންބޮޑު ބައެއްޝޭޚުންވެސް މައުމޫނުބޭނުންކުރީ ހަތިޔާރެއްގެގޮތުގައި. ނަމުގެކުރިއަށް އައިސްފަތިއޮތް އުސްތާޛްއަކީ ހަމަހަގީގަތުގައިވެސް ރަގަޅު އުސްތާޛެއްތޯ މިހާރު ބަލަންއެބަޖެހޭ. ތިނުލަފާމީހުންގެކިބައިން ﷲތަޢާލާ އަހަރުމެންގެ ގައުމުސަލާމަތްކުރައްވާށި.ކޮށްމެވެސްސިފައެއްގައިކކޮށް
ާާޭޝަފް
March 30, 2012 at 12:30 am
ައަހަރެން ނަފުރަތު ކުރަން ދިވެހި ފުލުހުންނާއި ސިފައިންނަށް .. އަދި އެ ހަރާމް ކޯރު މައުމޫނު އާ އޭނަ ގެ އައުވާނުން ނަން އެ މީހުން ގެ ހައްގު އަދަބު ދުނިޔެ މަތިން މާތް ރަސްކަލާގެ ދައްކަވާހެން ދުއާ ކުރާނަން !!!
އަބްދު
March 29, 2012 at 10:50 pm
މައުނޫނަކީ ލަދުވެތިކަމެއް ހުރިމީހެއްނޫންކަން އަބަދުވެސް އެނގޭ. ގުރްއާނުގައި އޮތަސް ހުއްޖަތެއްނޫންކަމަށް ބުނާމީހަކު ލަތުވެތިކަމެއްނުހުންނާނެ. މާތްﷲ ށް ގޮންޖަހާމީހަކު އަގަލު ހުންނާނެވަރު ވިސްނާލަބަލަ.
ރާާޝިދު
March 30, 2012 at 6:31 am
އަޅުގަނޑު މައުމޫނު ވަރަށް ރަގަޅަށް ދަންނަނަމު. އޭނާ އަޅުގަނޑަށް އެގުނީ ސައުތުހުވަދޫ އަހުމަދު ދީދީ ގެ ފަރާތުން. ކުރިން މިދެންނެވި ސައުތުހުވަދޫ އަހުމަދު ދީދީ އަކީ މައުމޫނަށް ވަފާތެރިއެއް. އެހެނަސް މައުމޫނުގެ ޅިޔަނު އިލްޔާސް އިބްރާހިމް ވެރިކަމަށް އަންނަން މަސައްކަތް ކުރި ކުރުމުމުގައި މި ދެންނެވި ައހުމަދު ދީދީ އަށް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނަން ފެނި، އިލްޔާސް އިބްރާހިމަށް ވެރިކަން ހޯދުމަށް ފޫގަޅާލާއިގެން ނިކުތް. މީގެ ސިއްރަކީ ހަމަ މައުމޫނުގެ އަނިޔާވެރިކަމާއި، އޭނަގެ ނުބައި ނުލަފާކަން ކަމަށް އަޅުގާތު އަހުމަދު ދީދީ ބުނި. އަހުމަދު ދީދީ އަޅުގަނޑު ގާތު މިވާހަކަތަށް ދެއްކުމުން އަޅުގަނޑު ވެސް ވަރަށްކާއިރިން މިކަންކަން ބެލިން. ހަމަ އެއީތެދު. މިކަމަށް މައުމޫނުގެ ޅިޔަނު އިލްޔާސް އިބްރާހިމް ހެކޮވާނެ. އިލްޔާސް އަކީ ތެދުވެރި ވަފާތެރިއަކަށް ވެއްޖިއްޔާ އޭނަ މިކަމަށް އިންކާރެއް ނުކުރާނެ. ދެން ރައީސް ނަޝީދުގެ ވެރިކަމުގައި އަޅުގަނޑާއި، އަޅުގަނޑުގެ އަންހެނުން އެރުގެ ނައިބު ރައީސްއާއި ހިލާލީ ގެއިން ބައްދަލުކުރީިން. މިބައްދަލުކުރުމަކީ ވަރަށް އަނިޔާވެރި ގޮތަކަށް ހިގި މަރުގެ މައްސަލައަކާއި ގުޅިގެން ކުރި ބައްދަލުކުރުމެއް. އެދުވަހު ވަހީދުގެ ވާހަކަ ހުރީ އަޅުގަނޑުމެން ވަހީދު އާއި ބައްދަލުކުރި ކަމަކާއި ގުޅޭ ގޮތަކައްނޫން. އެވަގުތުކޮޅުގައި ދެކެވުނު މައިގަނޑު ވާހަކައިގެ އަސާސަކީ ރައީސް ނަޝީދު ގެ ކަންކަން ގޯސްވުމުގެސަބަބުން މިވެނިކަމެއް މިހެނޭ އެހެނޭ. ކޮންމެއަކަސް އަޅުގަނޑުމެންގެ ވާހަކައަކަށް މާކަބޮޑު ކުރިއެރުމެއް ނުލިބި އަޅުގަނޑުމެން ހިލާލީގެއިން ނިކުތީ. ނިކުތުމާއިއެކު އަޅުގަނޑުގެ އަންހެނުން ގާތު އަޅުގަނޑު ބުނިން ވަހީދު އަކީ ޤައުމަށް ވަފާތެރިއެއްނޫނޭ. ވަހީދު މިވެރިކަން ނިގުޅާއިގަންނަން ނުވަތަ ފިރުކައި ގަންނަން އިދިކޮޅު ފަރާތް ތަކަކާއި އެކު ނުބައި ރޭވުންގަނޑެއް އެބަރާވައޭ. މިއަދު މިއޮތީ އެތަން ހަމަ އެގޮތަށް ފެންނަން. ވީމާ އަޅުގަނޑު ބުނެލަން ބޭނުން ވާވާހަކައަކީ ރައީސް ނަޝީދު ވެރިކަން ވައޮޓާލުމާއި ބެހޭގޮތުން އިޚްލާސް ތެރިޔަކު މިލިޔުނު ލިޔުމުގައި އެވަނީ ތެދޭ. މައުމޫނު އާއި ވަހީދު އާއި އަދި މިދެމީހުންގެ އައުވާނުންނަކީވެސް ވަރަށް ޖާހިލު، ދުންޔަވީ އެދުމުން ފުރިފައި ތިބިބައެއް. މި މީހުން ވެރިކަމުގެ ޖާހަތައްޓަކައި ރައްޔިތުން ފަސްދާނުލާކަށްވެސް ފަހަތަކަށް ނުޖެހޭނެ. މީގެކުރިންވެސް ވަނީ ސިއްރިޔާތުގައި މިގޮތަށް މިކަން ކޮށްފައި. ޖަލުގަޔާއި އެތަން މިތަނުގައި. އަޅުގަނޑާއި ސައުތު ހުވަދޫ އަހުމަދު ދީދީ ވެސް ޖަލުގައި އުޅެނިކޮށް ޖަލުގައި މީހަކުހަަމަ ސިފައިން ލައްވާ މަރުވާފައިވޭ. ނިންމާލަމުން ބުނެލަންއޮތީ ތިކަން ތިވަރަށްވެސް ހާމަކޮއްދިނީތީ ތިބޭފުޅާއަށް ޝުކުރު ދަންނަވައި، ތިބޭފުޅާއަށް ތިވަރުގެ ހިތްވަރަކާއި، ލަޔާގަތަކާއި، ތެދުވެރިކަން ދެއްކެވި ކަމަށްޓަކައި ﷲ ގެ ހަޒްރަތަށް ޝުކުރު ކުރާހާލު ، ނިވާކަމުގެތެރެއިން ނިކުންނަވައި ފާޅުކަންބޮޑުކޮށް މި ބަގާވާތް ތިބޭފުޅާއަށް އެގިހުރިމިންވަރަކުން ކިޔުއްވައި ދެއްވަވާށޭ. ޔާ ﷲ ތިބޭފުޅާއަށް ހެޔޮވިސްނުން ދެއްވި ފަދައިން ތިބޭފުޅާއަށް އިތުރު ހިތްވަރެއް ދެއްވައި، ނުބައި ނުލަފާ ފިތުނަވެރިންނާއި، އަނިޔާވެރިންގެ ކިބައިން މިޤައުމާއި އަޅަމެން ސަލާމަތް ކުރައްވާށި. އާމީން
ރާާޝިދު
March 30, 2012 at 7:56 am
އަޅުގަނޑު ވަރަށް ހިތާމަކުރަން އަޅުގަނޑު ގެ ކޮމެންޓްތައް ހަވީރުގަޔާއި ސަންގަ ނުޖަހާތީ. އަޅުގަނޑު ގަބޫލުކުރަނީ ހަގީގަތަށް ލިޔާތީވެ އޮޅުވާލަން ކުރާ މަސައްކަތަށް ހިޔަނި އެޅިދާނެތީ އަޕްލޯޑު ނުކުރަނީހެން. އެމީހުން އަޅުގަނޑުގެ ކޮމެންޓް އަޕްލޯޑް ނުކުރާތީ މީގަ ލިޔަން މިޖެހުނީ. އެހެނަސް އަދި އަޕްލޯޑް ވާގޮތެއްނުވޭ. އަޅުގަނޑު ލިޔަނީ އަޅުގަނޑަށް އެގިފަ ހުންނަ ހަގީގީ ވާހަކަ. އަޅުގަނޑުގެ ކޮމެންޓް ތަކަކަށް ތިބޭފުޅުން ޒިންމާވާކަށްނުޖެހޭނެ. އެހއންހީފުޅުވާނަމަ އެއީ ކުންހީއެއް. އާދޭހާއިއެކީ މި ނަންގަންނަނީ އަޅުގަނޑުގެ ވާހަކަތައްވެސް ރައްޔިތުންނަށް އިއްވާލަދީ
ހައްޖަ
March 30, 2012 at 8:07 am
މި މައުމޫނޭ ކިޔާ އެތި މި ޤައުމުން ފޮނުވާލެވުނީމަ ނޫނީ މި ޤައުމު ރަގަޅެއް ނުވާނެ! ދީނޭ ކިޔާފަ އަގަ ހުޅުވަން ކެރޭބާ މި ބުނާ އަދާލަތު ޕާޓީ ގަޑަށްވެސް…މި އާޓިކަލް ކިޔާލާފަ ހާދަހާ ވާ ފޫއްސެއް ވެއްޖެ މި ހުރިހާ މީޙުން ދެކެ ވަކިން
އަލިއްޔާ
March 30, 2012 at 10:52 am
ކުރާނެކަމެއްނެތް ދެން… ވެރިކަން ވެއްޓި މުލީއާގެއިން ހިމާޔަތް ހޯދި މީހުންނާ އަންނި ސަރުކާރުން ބޮނޑިބޮނޑިއަށް ފައިސާ ލިބުން މީހުން މިއަދު މަގުމަތިވެއްޖެ..، ދެން ކެއްނުވެގެން މޮޔައިން ކުރާކަންތަށް ކޮށްލަކޮށްލާ ތިބޭ..، ކެއްސަކެއްސާ ތިބޭ ދެން.. ލަލަލާ…
ަނަންނި
March 30, 2012 at 1:08 pm
ހިތަމަޔަކީ މިބާޣީންތަކަށް މިނޫން ދުވަހެއް އަންނާނެ ކަން ނޭނގުނީތީ…. ތިތިބީ ވެރިކަމާ ހެދި މޮޔަވެފަ ………
ކަމަނަ
March 30, 2012 at 2:59 pm
ވެރިކަމާ ހެދިގެން ބޫތުކައިގެން އުޅެނީ ކާކުކަން މިއެނގެނީނު ރެއާދުވާލު މަގުމަތީގައި ހޫރެނީ ކާކުކަން މީހުންނަށް އެބަފެނޭނުކެނެރީގެ އަންނި އަކަށް ދެން ނުލިބޭނެ ވެރިކަމެއް.ތިހެން ރޭރު ވެފަ ހުންނަންޖެހޭނީ……
ބަޓިސް
March 30, 2012 at 5:39 pm
މި ކިޔައި ދިން މީހާއައް ހަމަ އައްސަރި ބަހާ އި ސާބަސް މީކީ މާކަބޮޑު އެއްޗެއް އެގޭމީހެއް ނޫން ދޯ؟
ޔާހަންބަރާސް
March 30, 2012 at 6:13 pm
ދަރީންނޭވޭ ދެރަނުވާތި، މިނުބައި ނުލަފާ ޖައްބާރުން ވެރިކަމުން ވެއްޓޭނެ، ކެނެރީގޭ ނަސީދު އަކީ ތިޔަކަހަލަ މަކަރުވެރި ލުއްޗާއިންނެއްނޫން. ކޮމަންޓް ކުރާތި ފިސާރި ކެރިގެން، ބާޣީންނަށް ޙަގީގަތް ފަޅާ އަރަން ފެށުމުން ކެތްނުވީ،ބަލަން ތިބޭތި ވެރިކަން ވެއްޓޭ ތަން. އިރާދަކުރެއްވިއްޔާ ލަހެއްނުވާނެ.
އާން
March 30, 2012 at 6:25 pm
ވެރިކަމާހެދި ބޫތުކައިފާތިބީ ކޮންބައެއް ކާންމިއަދު ދިވެހި ރައްޔިތުން ނައްއެގޭނެ އަމިއްލައައް ވެރިކަމުން އިސްތިއު ފާދީފައި ބަދޑިޖައްސައި ގެންނޭކިޔާފަ ކިތަންމެ ދޮގެއްހެގިޔަސް މިއަދުދިވެހިރައްޔިތުންއެކަން ގަބޫލެއް ނުކުރާނެ އެމް.ޑީ.ޕީ ބައިގަޑަކައް އަދިވެސް ނުވިސްނޭނެ އެހެން ނެއްނުވާނީ ވަގުތުކޮޅުވެސް ބޭނުންދޯ………………………….
ކުޑަހުވަދޫ
March 31, 2012 at 7:22 am
ލޯމެތިން ފެނުނު މަންޒަރު މިކަމަާށް ހެކިދޭ
ސިފައިންގެ މީހެއް
March 31, 2012 at 3:37 pm
މިއީ ކޫއެއްކަމަށް ހެކިބަސް ދޭންޖެހޭދުވަހުން ހެކިބަސް ދޭނެ ސިފައިން މަދެއްނޫން މިވަގުތުމަޑުން ތިއްބަސް މިއަނިޔާވެރިކަމެއް އަދި މިވެރިކަމެއް އަޅުގަނޑު އަދި އަޅުގަނޑު ކަހަލަ ކިތަންމެ ސިފައިންގެ މީހެއް ގަބޫލެއް ނުކުރޭ ވަގުތު ޖެހުނީމަ އަހަރުމެން ފެންނާނެ. މީ ވަކި ޕާޓީއެއްގެ ފިކުރެއްނޫން ޤައުމުގެ ކުރިމަގަށް ވަރަށް މުހިންމުކަމެއް
ޝާޒު
April 1, 2012 at 9:41 am
މާޝާﷲ މިބަަައިމީހުނައް މިކަމުގެ ނުބަައިކަން މިދުނިޔެމަތީ ދައްކަވާށި،، ޢާމިން ،،،،،، އަމިއްލަ އެދުމުން ފޯވެފަ ތިބި ބައެ އް މީ،،، ހެޔޮނުވާނެ ﷲށް ބިރުވެތިވޭ،،
އަލިފުލައިލާ
April 1, 2012 at 11:31 am
މާކުރީވެސް އަޅުގަނޑަށް ހީވަމުންއައީ މިފަދަކަމެއް މޫނުބޭ ކޮށްފާނޭ! ނަމަވެސް ރައީސް ނަޝީދު އެއީ މާހިތްތިރި ބޭފުޅެއްވިއްޔާ! ވީމާ ވީގޮތްމީ!
ައަހުމަދު
April 1, 2012 at 3:13 pm
ތިޔައީ ހުސްފޭކު ވާހަކަ ދޮގުވާހަކަ ދެއްކިޔަސް ތިވަރުބޮޑުދޯ
ތިވާހަކަ ކަބޫލް ކުރާނީ ބޯގަމާރު މީހުން ރީދޫހުން ޖެހިފާތިބިމީހުން ދިވެހިން ތިހާބޯގަމާރެން ނޫ
ުފފދގެރސ
April 1, 2012 at 3:50 pm
ފޭކް
ނަަދޫ
April 1, 2012 at 4:18 pm
މައުމޫނު ދެކެ ހަމަބިރުގަންނަނީދޯ
ގަފޫރު
April 1, 2012 at 8:07 pm
ޕީޕީއެމްގެ ޕާލިމެންޓްރީ މެމްބަރަކަށް ނުކެރޭނެ ދެން އެޕާޓީން ވަކިވާކަށް ކޮންމެ މީހަކު ވަކިވިޔަސް އަހަރެމެން ބަލާނީ އެމީހަކީ މިމީހާކަށް! ފުރާނަ ބޭނުމިއްޔާ ޖެހޭނީ ހުންނަން!
މޮޑެކްސް
April 19, 2012 at 6:45 pm
ބާަަްޤީ ހުރިހާ މީހުން ކަރުދަންމަޅިޖަައްސާ މަރާލާ…..!!އޭރުން މިރާއްޖެ ހަމަޔަކަށް އެޅާނެ އިރާދަކުރެއްވިއްޔާ….!!!
މޮޑެކްސް
April 19, 2012 at 6:48 pm
ބާަަްޤީ ހުރިހާ މީހުން ކަރުދަންމަޅިޖަައްސާ މަރާލާ…..!!އޭރުން މިރާއްޖެ ހަމަޔަކަށް އެޅާނެ އިރާދަކުރެއްވިއްޔާ….!!!
ރާނީ
April 22, 2012 at 7:24 am
އިރާދަކުރެއްވިއްޔާ އަދި ނަޝީދު ވެރިކަން ކުރާނެ ތީ ހިތްވަރުގަދަ ބަތަލެއް
މިނިވަން
April 28, 2012 at 4:32 pm
މިވާހަކަ ތަކަކީ ކޮންމެ މީހަކު ލިޔުނު ވާހަކަ ތަކެއް ކަމައް ވިޔަސް ހަވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ހަމަނުޖެހުން ހިނގަންފެށި ހިސާބުން އެއިރުގެ އިދިކޮޅު އެންމެ ވަރުގަދަ އެންމެ އަރިސް މީހަކާ އެކީ އެރޭގެ ވ ދަންވަރާ ހަމައައް އުޅެ ކޮންމެވެސް ވަރެއްގެ ކަންތައް ތަކެއް އަމިއްލަ އައްއިހުސާސް ކުރެވުނު މީހެއްގެ ހަސިއްޔަތުން ބުނެލަން ބޭނުމީ މިކަމުގައި ވ ބޮޑު ރޭވުން ތަކެއް ހުރިކަމާ އެރޭވުންތައް އެޜޭ އެމީހުނައް ކާމިޔާބު ވާނެކަމުގެ ފެހި ސިގުނަލް ލިބުނީ ފުލުހުންގެ ފަރާތުން ފުރަތަމަ އެމީހުންނައް އެހީތެރިކަން ލިބުމާ ހިސާބުން. ނަމަވެސް ސިފައިންގެ ތެރެއިން އެއިރު މާބޮޑުކާމިޔާބެއް ނުލިބޭހެން ހީވަނީ. އެހެން ހީވާގޮތަކީ އަޅުގަނޑު ކުރެން ރަހުމަތް ތެރިޔާ ސުވާލު ކުރޭ ކިހިނެއްބާއޭ ވާނީ. މިހެން ގޮސް އެރޭ ވީޓީވީ އައް ހަމަޅާ ދިންކަން އެނގުމުން އެތަނައް ދާން ޖެހުނު އެތަނަށް ގޮސް އުޅުމުގެ ތެރޭ އަޅުގަނޑައް އަޑުއިވުން ރަހުމަތްތެރިޔާ އައް އައި ފޯނު ކޯލަކައް ފަހު އަޅުގަނޑު ކައިރީ ބުނި އަޑު ސިފައިންގެ ތެރޭން ދެން ބޭނުން ތިންބޮޑުމީހެކޭ މިހާރު’ އެކަން ކުރުމައް ކޮންމެ ކަމެއް ކޮއްގެންވެސް “ލާރިދީގެންވިޔަސް” ކުރާނެކަމައް ރަހުމަތް ތެރިޔާގެ ވެރިމީހާބުނި ކަމައް. އަދި އެރޭ ގެއައް އައީ ވ ލަސްވީފަހުން އަންނަމުން ބުނި މިކަން މިނިމުނީއޭ ފަތިހު ވާގޮތްބަލަންށޭ ދެން ނިކުންނާނީ. މިކަމުން ވިސްނުނީ އެމީހުންގެ ޕުލޭނެއް އޮތްކަން އަދި ޔަގީން ވީމަކަން އެގޮތައް ބުނީ. މިހާރު ރަހުމަތް ތެރިޔާ އަކީ މިސަރުކާރުގެ މިނިސްޓަރ އެއް. އަދި އެޕާޓީއެއްގެ ކައުންސިލް މެމްބަރެއް. މިގޮތުން ވ ޔަގީން ކުރެވޭ މި އާޓިކަލް ގައި ވ ބޮޑު ހަޤީގަތެއް ވާކަން. އަދި އަމިއްލަ ވިސްނުމުން ވިސްނާލިޔަސް އެނގޭ އިނސާފުން އެއްޗެއް ބުނާނަމަ ހިނގާ ދިޔަ ކަންތައް ތަކާ ފެނުނު މަންޒަރު ތަކާ ހިންގި އަމަލުތަކުންވެސް މިކަމުގައި ވ ބޮޑު ގޯސް ކަންތައް ތަކެއް އެބަހުރިކަން. ފެންނަން ހުރި ހަޤީގަތާ އިންކާރު ކުރާތީ ވަކިން ބޮޑައް މިކަން ސާބިތުވޭ.
ެެަަަައެސްޕީ
April 28, 2012 at 5:07 pm
ނަޝީދު ވެއްޓުނަސް އޯކޭ ދެރައީ ބަގާވާތްކުރީމަ
ކަސްބީ
April 29, 2012 at 3:03 am
ޕީ.ޕީ.އެމް ގެ މަޖިލީސް މެންބަރެކޭ ކިޔައިގެން ވާހަކަލިޔާއިރު އެމީހެއްގެ ނަންހާމަކުރަން ނުކެރޭކަމީ މިވާހަކައިގެ އެއްވެސް ހަގީގަތެއް ނެތްކާން ހާމަވާކަމެއްކަމައް ވެދާނެ ތިމާމެން އެހެންމީ ހުންގެ މަގުބޫލުކަން އިތުރުކުރާން ލިޔެފައި ވާހަކައެއްކަމައް ވެސްވެދާނެ
މިނިވަން
April 29, 2012 at 2:17 pm
މުހިންމު ވެގެން މިއުޅެނީކީ މި އާރޓިކަލް ލިޔުނު މީހެއްނޫން. މިއާރޓިކަލް ގައި ލޮލަށް ފެނުނު އަދިވެސް ލޮލައް ފެންނަން ހުރި ހަޤީގަތްތަކެއް މިއާރޓިކަލް ގައި ލިޔެފައި އެބަހުރި. މުހިންމުވެގެން މިއުޅެނީ މިއާރޓިކަލްގައި ލިޔެފިއިވާ ސާބިތުވެފައި ހުރި ހަޤީގީ ވާހަކަތައް.
އެސްޕީ
May 1, 2012 at 11:24 am
މި އާޓިކަލް ލިއުނުކަމަށް ބެލެވެނީ އެމްޑީޕީ ގެ މީހެއް ކަމަށް އެކަމް މިފެނ’ނަ މަންޒަރުތަކައް ބަލާއިރު ގަބޫލް ކުރެވޭ އެވާހަކަތައް؛
އެސްޕީ
May 1, 2012 at 11:19 am
ނަޝީދު ދީންކުރިއަރުވަން މަސައްކަތްނުކުރާތީ އެރުވި ދެވެރިން ދީނައްފުރައްސާރަކުރާ މަންޒަރު މިފެންނަނީ ކޮބަަ އަދާލަތު ސޭކުންތަށް ފިލީދޯ
ޙަބީބާ
May 16, 2012 at 8:43 pm
މައްސަލައެއްނެތް…..އެމްޑިޕީ މީހަކަށްވިޔަސް ޕީޕީއެމްގެ މީހަކަށްވިޔަސް، ލޮލުންބެލި މަންޒަރުތަކާ ވަރަށްގުޅޭ ޙަޤީޤީ ވާހަކައެއް……ތިޔަމުޖްރިމުންބަލިކުރައްވާ ޙައްޤު ހާމަވެގެންދާނެ ދުވަހަކަށް އިންތިޒާރު ކުރަން…
ސާކިރު
May 16, 2012 at 9:21 pm
މައްސަލައެއްނެތް…..އެމްޑިޕީ މީހަކަށްވިޔަސް ޕީޕީއެމްގެ މީހަކަށްވިޔަސް، ލޮލުންބެލި މަންޒަރުތަކާ ވަރަށްގުޅޭ ޙަޤީޤީ ވާހަކައެއް……ތިޔަމުޖްރިމުންބަލިކުރައްވާ ޙައްޤު ހާމަވެގެންދާނެ ދުވަހަކަށް އިންތިޒާރު ކުރަން…
ހަބީބާގެ ރަގީބާ
May 16, 2012 at 9:39 pm
ކޮންމެ މީހެއް ލިޔުނު އެއްޗަކަށްވިޔަސް ބަގާވަތުގެ އެތެރޭގެ މަޢުލޫމާތު ވަރަށް ރަނގަޅަށް އެނގޭ ކަން ކަށަވަރު ކޮށްދީފާނަން. އަހަންނަށްވެސް އެނގޭ އެރޭ ޖުމްހޫރީ މައިދާނަށް އެއްވެފައި ތިބި ބައާވަތުގައި ބައިވެރިވި ފުލުހުންނަށް ކާންދިނީ ޕަރަޑައިސްއިން ގެނައި ޕަތް ޕާރުސަލުކަން. އަހަންނަށް އިނގޭ އެރޭ މައުމޫނާއި އުމަރު ނަސީރާއި ޔާމީނާއި ވަރަށް ބޮޑަށް ގުޅިފައި ހުރިކަން. އަހަންނަށް އިނގޭ އެރޭ ފުލުހުންނާއި ސިފައިން ސަރުކާރާއި ދެކޮޅަށް ތެދުކުރުމަށް ދަބަރު ޓީވީއާއި ވަޅޯ ޓީވީން ހިތްވަރު ކެނޑިނޭޅި ދެމުން ދިޔަކަން. އެހެންވީމަ މިބުނަނީ ތި ލިޔުނީ ހަމަ ކަން އެނގޭ މީހެކޭ! އަދި ހަމަ އެންމެ އެކަށީގެންވަނީވެސް ޕީޕީއެމްގެ މަޖުލިސް މެމްބަރެއް ނޫނީ އެފެންވަރުގެ އިސް މީހެއްކަން. އަސްލު ބާޣީން ވަރަށް ބިރުގަންނާނެ މި ލިޔުންދެކެ!
އަލީ
May 17, 2012 at 12:10 am
މުޅިންވެސް ތެދުކަމަށް ގަބޫލު ކުރެވޭ. އިތުރު ހެއްކެއް ބޭނުމެއް ނުވޭ
ވާހިދު
May 17, 2012 at 4:31 am
ހާދަދެރައޭ….! ހާދަދެރައޭ…!
އަބްދުލް
May 17, 2012 at 4:39 am
މީ ހާދަދެރަކޮށް ހިގާފައިވާ ކަމެކޭ ސިފައިންނަ ފުލުހުން ދުނިޔެކުރިމަތީ ރާއްޖޭގެ އަގު ނަގަލައިފި….
ދާންދޫ ދާއިރާ 17-05-2012
May 17, 2012 at 5:58 am
ވެތިކަމުން ކިހިނެއްތަ ދުރަށްދެވޭނީ ހިންއެދޭ ދުނިޔޭގެ ހުރިހާއުފަލަކީ އެއްޔޭ އެއަށް އަހަރެންއެދޭ…
އިންކްރެޑިބަލް
May 17, 2012 at 11:20 am
އަސްލު މި އާރޓިކަލްގައި ލިޔެފައިވާ ހުރިހާ ކަމެއް އެދުވަހުގައި އަޅުގަނޑުމެންނަށް ވަނީ ފެނިފަ. މި ބަޣާވާތުގެ އަހުލުވެރިންނަށް އިންސާފްވެރި ޙުކުމެއް ކުރަންދެން މިކަންތައް ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން. އިރާދަ ކުރެއްވިއްޔާ ހުރިހާ ބާޤީންގެ ކިބައިން މިޤައުމު ސަލާމަތްވާނެ. އިސްލާމްދީނުގައި ޚަރާމް ކުރެވިގެންވާ ބަޤާވާތް ކުރުމުގައި ބައިވެރިވި ހުރިހާ މީހުންނަށް އެކަމުގެ ހައްޤު އަދަބު ލިބޭނެ.
އައްޔޫ
June 23, 2012 at 6:54 pm
ކޮންމެގޮތެއްވިއަސް މީ ބަގާވަތެއްކަން ކަށަވަރު ، މިބައިގަނޑުގެ ނިމުން ވަރަށް ހިތިކަން ދަންނަންޖެހޭނެ ! ރައްޔިތުންގެ ވެރިކަމެއް ގާއިމްނުކޮށް ލާހިކެއްނޫން ތިބޭކަށް ، އިނތިހާބުވެސްޖުހޭނީ މިއަހަރު ބާއްވަން !
ދިއްގަރު ރިހާކުރު
June 7, 2012 at 6:20 am
މާގިނަ ކަންތައްތަކެއް ކުރާނެ ކަމެންނެތް އެމްޑީޕީގެ ހުރިހާމީހުން ދާގޮތައް ގޮސް އެމީހަކައް ކުރެވުނު ކަމެއް ކޮއްލަންވީ އޭރުން މިގައުމައް ހެޔޮކަމެއް ކޮއްދެވުނު ކަމައްވާނެ މުސްތަޤުބަލައްޓަކައި މިޤައުމުގެ ލާބަޔާއި މަންފާއައްޓަކައި އޭ ޤައުމުގެ ދަރިންނޭ މަޑުންތިޔަތިބީ ކީއްވެފާތަ މިޤައުމުގައި އެއްސްތަކުރަކު ނެތީތަ.//
އިބްރާހީމް
May 31, 2012 at 6:20 am
ފުލުހުންގެ ތެރޭގައި ރައީސް ނަޝިދުގެ ސަރުކާރު އައި ހިސާބުން ފުލުހުން ދިޔައީ ފާޅުގައި ރައީސް ރަޝީދަށް ވަރަށް ހަޑިކޮށް މުއާތަބްކޮށް ފުލުހުން ފުލުހުންގެ ތެރޭގައިވެސް އެއްޗެހި ގޮވަމުން. ރައީސް ނަޝީދުއާއި އެއްކޮޅަށް ރަގަޅު ބައެއް ބުންޏަސް ފުލުހުންގެ ތެރޭގައި ތިބޭ އެއިރު ސަރުކާރު ގަބޫލްނުކުރާ ފުލުހުން އެހެން ފުލުސް މީހާ ގެ އެތިކަލް މައްސަލަ އެއް އުޅޭކިޔާފައި އޭނާ ޑިޕާޓްމަންޓުން ބޭރުކުރެވެންޏާ ބޭރުވެސް ކޮށްފައި އެބަހުރި އަބަދުވެސް ފުލުހުންތެރޭގައި ތިބޭ މީހުން ކިޔަން ޖެހޭނީ ގަންޖާ ބޯ ސަކަރާތޭ އެއިރުން ފުލުހުންނަށް އެއިރު ޕްރޮމޯޝަން ވެސް އެމީހަކަށް ލިބިފައި އެބަހުރި ރައީސް ނަޝީދު ސަރުކާރުގައި ފުލުހުންގެ ތެރޭގައި މަގާމުގެ ކުރިއެރުން ދީފައިވަނީ ސަރުކާރަށް ފާޅުގައި އެއްޗެހި ގޮވާ ފުލުހުންނަށް އެކަން މިހާރުވެސް ސާބިތުކޮށް ދޭނަށް . އެމީހުން ފުލުހުންގެ ތެރޭގައި ރައީސްނަޝީދުގެ ސަރުކާރު ވައްޓާލުމަށް ފުރަތަމަ ނިކުތީ އެސް.އޯސީ ގެ ފުލުހުން އެމީހުންނަކީ މަޢުމޫން ބުނާގޮތަށް ކަންތަށް ކުރާ ބައެއް . އެކަން އެގޭނެ މައުމޫން އަލިވާގެއިން ޕޮލިސް އަށް ގެންދިޔަ އިރު މިގޮޅާފޯސް މީހުން ދިޔައީ މައުމޫން އިން ކާރު މަތީގައި އަތްއަޅާގެން ހިމާޔަތް ދީގެން ޖާނުން ގުރުބާންވާނެމޭ މަޢުމޫނަށް ޓަކައި އެއިރުވެސް ރައީސް ނަޝީދުއަށް މިވެރިންގެ ކަންތަށް ހުރިގޮތް ނޭގޭތީ ދެރަވީމެވެ. މަތީ ފުލުހުންގެ އޮފިޝަރުންނަށް ޑަބަލް ޕްރޮމޯޝަން ދީފައިވަނީވެސް ސީދާ މައުމޫންނަށް ހެޔޮހެދޭ އަންނިއަށް ނޫނެކޭ ބުނާ ފުލުހުންނަށް . މިކަން ރަގަޅަށް އެގޭތީ މިބުނަނީ މަށަކީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުން ސީދާ ނޫނެކޭ ބުނި ފުލުހެއް.
އުސްފަސްގަނޑު
May 27, 2012 at 9:45 am
އަބްދުވެސް ﷲ ނަސްރުދެއްވަނީ ހައްޤަށް މީ ދޮގެއްކަމަށް ނިންމާ ކޮންމެ ރައްޔިތަކީ ޣައިރު މުސްލިމެއް ލާދީނީ މީހެއް އެދުވަހު ނަސްރު ލިބުނު މީހުންނަކީ ﷲ ގެ ހަޟަރަތުގައި ރުއްސަވާފައި ތިއްބެވި ބޭފުޅުން ކަމަށް ބެލެވޭ
ރެއްކާ
May 22, 2012 at 9:27 am
ހަމަ ޙަގީގަތެއް އަޅުގަޑާކީވެސް ތިޔަ މަޝްވަރާގައި ތަންކޮޅެއް ކުރިން ބައިވެރިވި އަދި ތިޔަކަމާ ދެކޮޅަށް ހިޔަާލު ފާޅުކުރިއެކަކީމުއެވެ. މިހާރު އަޅުގަނޑުވެސް އަދި ތިޔަ ލ؛ިޔުން ލިއުއްވި ބޭފުޅާވެސް ތިޔަމީހުންނާ މިތިބީ ވަރަށްވެސް ދުރުގައެވެ. ﷲގެ ހަޒުރަތުން އަޅުގަޑުމެންނަށް ޝަޒާއެއްލިބުން މިންވަރު ނުކުރައްވާށިއެވެ. އަދި އިންސާފަށް މަސައްކަތްކުރާ ހުރިހާ ބޭފުޅުންނަށް އައްސަރިބަހާ ސާބަސް އަރިސްކުރަމެވެ.
ރެއްކާ
May 22, 2012 at 8:19 am
ހަމަ ޙަގީގަތެއް އަޅުގަޑާކީވެސް ތިޔަ މަޝްވަރާގައި ތަންކޮޅެއް ކުރިން ބައިވެރިވި އަދި ތިޔަކަމާ ދެކޮޅަށް ހިޔަާލު ފާޅުކުރިއެކަކީމުއެވެ. މިހާރު އަޅުގަނޑުވެސް އަދި ތިޔަ ލ؛ިޔުން ލިއުއްވި ބޭފުޅާވެސް ތިޔަމީހުންނާ މިތިބީ ވަރަށްވެސް ދުރުގައެވެ. ﷲގެ ހަޒުރަތުން އަޅުގަޑުމެންނަށް ޝަޒާއެއްލިބުން މިންވަރު ނުކުރައްވާށިއެވެ. އަދި އިންސާފަށް މަސައްކަތްކުރާ ހުރިހާ ބޭފުޅުންނަށް އައްސަރިބަހާ ސާބަސް އަރިސްކުރަމެވެ.
ޒުއްބަ
May 19, 2012 at 1:09 pm
މި ބަޤާވާތް ކުރި މީހުންނަކީ އެމީހުންގެ ވެރިކަމުގެ ދުވަސްވަރުގައި އަމިއލަ އާއިލާ އަށް ނޫނީ ރާއްޖެން ބޭރުން ކޯސް ނުދީ މަކަރާ ހީލަތް ހެދި މީހުން ރާއްޖެ ތެރެއަކީ އެ 30 އަހަރުގައި ހަމައެކަނީ 50 އހަރުން 1 ފަހަރު ވޯޓަށް މީހުންގެ މޫނުގައި ދަވާދު ލަމުން ދިޔަ މަޢުމޫނު އަށް މިހާރުވެސް އަދިވެސް ރައްޔަތުން އަޅު ގެރިންނަށް ހަދަން އުޅުނަސް ދެނެއް އެކަމެއް ނުވާނެ އަރާ ކޮންމެ ރަށަކުން މީހުނާ އނަހެނުން ހޯދުމަކީ އިލިޔާސް ގެ ކަމެއް އަދި އބަދުﷲ ހަމީދު އެއީ ފާފަަ ޖާޑި ކުކުޅު ކައިގެން ޅާފ ކުދިންނަށް މިކަންކަން އެގޭނެ ހަމަ އެއްމެނަށް އާއިލީ ވެރިކަން ކުރީ މިގޮތަށް މައުމޫނު
މުހައްމަދު އަބްދުއް ރަހީމް (އާޓާ)
August 8, 2012 at 3:13 am
ވެރިކަމާއި ބާރާއި މުދަލާއި ފައިސާއަކީ ﷲގެ މިލްކިއްޔާތެކެވެ. އިންސާނާއާއި ހަވާލުކުރެވޭ ވަރަށް ބޮޑު އަމާނާތެކެވެ. އުދަގުލާ ދުއްތުރާ ތަކުގެ ތެރެއިން ރައްޔިތުންނަށް ނަޝީދު މަސައްކަތްކޮށްދެއްވީ ހެޔޮހިތުން ލޯބިންކަން ކަށަވަރެވެ. ﷲ މޮޅަށް ބައްލަވާ ވޮޑިގަންނަވާނެކަން ކަށަވަރެވެ އިންސާފު ﷲ ތެދުވެރިންނަށް ދެއްވާނެ ކަމާމެދަކު ޝައްކެއްނެތެވެ ޤައުމުގެ ހެވާލާބައާއި ހަމައާއި އުސޫލު ނަގަހައްޓާ ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ހުރިހާ ދިވެހިރައްޔިތުންނަށް އައްސަރިބަހާއި ސާބަހެވެ ދީނުގެ ނަމުގައި ކަންކަން އޮޅުވާލި މީހުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.
މިންމި
August 11, 2012 at 2:20 pm
އަންނީ ޔޫއާރ ދަ ބެސްޓް ………. ވީ ލަވް ޔޫ
އައިޟަތު އާދަމް
August 18, 2012 at 1:13 pm
މި މައުމޫން އަށް ދެރަގޮތެއްވެސް މެދުވެރިނުވާތީ ދެރައިީ
ދޮނާ
August 28, 2012 at 11:23 am
ނުބައި މީހުން ނުބައި ކަންތަަައް ކުރަން ގިނަ ދުވަހު ދުނިޔޭގަ އުޅޭނެ..
އަލީ.
December 8, 2012 at 8:04 pm
މީސްމީހުންގެނަމުގައި،ބޭނުންހާވާހަކައެއް،ލިޔަމުންތިޔަގެންދަނީ އަހަރެމެންގެބޮލައްޗިޕެއްޖަހާނަމޭހީކޮށްގެންކަމައްހެއްޔެވެ.ތިޔަޗިޕްޖެހޭނީ ހަމައެކަނި އުސްފަސްގަނޑުގައިތިބޭ(ހިނދުކޮޅު)އަންނަކުދިންގެބޮލަށެވެ.
ކަޅުތުއްކަލާ
January 9, 2013 at 12:02 am
ނިހާން ނަސީރުގެ ވާހަކަދޯތީ…މައްސަލައެއްނެތް..ކޮންމެވަގުތަކު ކުރިނަމަވެސް ރަންގަޅު ކަމެއް ތިޔަކުރީ…އުހުން..އިލްހާމް ކަމަށް ވެސް ވެދާނެދޯ..
ދިވެހި ދަރިއެއް
January 22, 2013 at 11:57 pm
ތިޔަ ބުނާ ޕީޕީ.އެމް މެމްބަރ ހަމަތިހެން ބުނިތަ؟ ހާދަ ހީނުވެއޭ… އެހެން ނޫނަސް އެމް.ޑީ.ޕީ ގެ ގުންޑާތައް މޮޔަބޮލަށް އަރައިގެން ތެޅޭއިރު ދޮގުވާހަކަ ފެތުރުމަކީ ވަރަށް ގާތްކަމެއް. އަސްލު މިހެން ބުނަންޖެހުނީ ތި އެމް.ޑީ.ޕީ ގުންޑާއިންނަކަށް މިވީހާތަނަކު ތެދެއްހެދިފައި ނެތީމަ.
މުއައްމަދު އިބްރާހިމް
January 25, 2013 at 2:26 am
އަދި ވެސް އެމް.ޑީޕީ ވެރިކަން ލިބިއްޖެޔާ އަދި ވެސް މިގޮތައް ބާލާނީ އައްނި ޓާޓާ
ސާލިމް
January 26, 2013 at 5:28 pm
މި ލިޔުން ލިޔުއްވި ބޭފުޅާ މިހާރު މި ދުނިޔޭގައި ނެތް ކަމަށް ވަރަށް ބޮޑަށް ޤަބޫލް ކުރެވޭ!
Shaan
March 30, 2013 at 3:12 pm
tiya haiwaanu Allah , Hippawaanee kon irakun baa ? Maumoon Haiwaan