ޑ.ރ ވަޙީދުގެ ވެރިކަން

24 މާރޗް 2012 18:53 | 0 ކޮމެންޓް

ރާއްޖެ މިހާރު މިވަނީ އެތަކެއް އަހަރެއް ފަހަތަށް ގޮސްފައެވެ. 2004 ގައި މައުމޫނުގެ ޚުދު މުޚުތާރު ވެރިކަން ނިންމަން މަސައްކަތް ފެށިހިސާބަށް މިވަނީ ފަހަތަށް ޖެހިފައެވެ. ސަބަބަކީ މިހާރުވެސް ވެރިކަމުގެ ހުރިހާ އަމުރެއް ފެށިގެން އަންނަނީ އެދިމާލުންކަމެވެ.ވެރިކަމުގެ އަމުރުތަށް ކުރަށްވަނީ ކާމިނީގޭ ދެބެންނެވެ.ވަޙީދަކީ ފޮޓޯއެކެވެ. ނަމަވެސް މިކަން ވަޙީދު ގަބޫލު ފުޅުކުރަށްވާކަށް ބޭނުމެއް ނުވެއެވެ.ސަބަބަކީ ވެރިކަމުގެ ނަމެވެ. އެ ފަޚުރެވެ. އޭނާގެ ފަހަތުން ރޭވިގެން އަންނަ ހުރިހާ ރޭވުމެއްގެ ޒިންމާ ނަންގަވަންޖެހޭނީ ވަހީދަށްކަން ހަނދާނުން ކަށްސުވާލަނީ މިދެންނެވި ވެރިކަމުގެ ދަހިވެތި ކަމެވެ.ބާޣީ ގާސިމް އާ ވަހީދަކީ މައުމޫނުމެން ގެންގުޅުއްވާ ދެގުނބޯލެވެ.

ވަހީދުގެ ބަހެއް ނެތްކަން އެންމެ ބޮޑަށް ފާޅުވެގެން ދިޔައީ އެބޭފުޅުން ބޭއްވި މަހާސިންތާގައެވެ. ވާހަކަފުޅުދައްކަވަންވީގޮތް، ވިދާޅުވަންވީ ބަސް ބާޣީ ގާސިމް ބުނެދިން ހިސާބުން ވަހީދުގެ މަގާމު އެނގިއްޖެއެވެ. އަދި ރައީސްގެ އެޑްވައިޒަރ ޑ.ރ ހަސަން ސައީދުގެ ބަސްފުޅުންވެސް ވަހީދުގެ ސައިޒް ވަނީ އެނގި ހާމަވެފައެވެ.ނަމަވެސް މީނާއަކީ ވެރިކަމަށް ވަރަށްދަހިވެތި ބޭފުޅެއްކަމުން މިއިން އެއްވެސް ކަމަކަށް ވިސްނާނުލައްވާ ކުރިއަށް ވަޑައިގަންނަވަނީއެވެ. ނަމަވެސް ސުވާލަކީ މިގޮތުގައި ކުރިއަށް ވަޑައިގެންނެވޭނީ ކިހާދުވަހެއްވަންދެންބާވައެވެ.

2003 ގައި އީވާން ނަސީމް މަރާލީ ޖަލުގައެވެ. އެ އަނިޔާތައް ލޮލަކަށް ނުފެނެއެވެ. ފެނުނީ ހަމައެކަނި ފޮޓޯ ތަކެކެވެ. ނަމަވެސް މިހާރު ހުރިހާ މަންޒަރެއް މިދަނީ ފެންނަމުންނެވެ. އަޑުތައް މިދަނީ އިވެމުންނެވެ. މިގޮތަށް އަނިޔާ ކުރާ ކަމަށްވާނަމަ އޭގެ ހިތި ނަތީޖާ ފެންނާނީ އެ އަނިޔާ ކުރާ ފުލުހުންނަށެވެ. އޯޑަރ ދޭމީހާ އިންނަވާނީ މައި މަރުކަޒުގައެވެ.

މާލެ އަކީ ވަރަށް ކުޑަ ތަނެކެވެ. މީކާކުކަން ކޮން ގެއެއްގެ މީހެއްކަން އެގޭކަށް ވަޤްތު ތަކެއް ބޭނުމެއް ނުވެއެވެ. ތިމާގެ ބާރު މުލަށް ދަޑިން ދައްކާނަމަ ރައްޔިތުންވެސް ދެކޮޅަށް ތެދުވާނެއެވެ. ރާއްޖެތެރޭގައި ތިބި އިސްލާޙަށް ލޯބި ކުރާ އެންމެން މާލެއަށް ޖަމާ ވަމުން އެބަދެއެވެ. މި އެންމެން އެކުގާ ނުކުތުމުން ކަރުނަ ގޭހަކަށް މުގުރަކަށް ނުހަލާނެއެވެ. ދެން ޖަހަން ޖެހޭނީ ބަޑިއެވެ. އެ ބަޑީގެ އުންޑަ އަރާނީ އެޖަހާ މީހާގެ މައިމީހާގެ ގަޔަށެވެ.

ފުލުހުންނާ ސިފައިން ނަށް ގޮވާލަމެވެ. ބާޣީ އޯޑަރަށް ކިޔަމަން ނުވާށެވެ. ރައްޔިތުންގެ ގައިގާ ތަޅަން ނުނިކުންނާށެވެ. އެހެން ގޮތެއް ނެތްނަމަ ޔުނިފޯމް ބާލާފާ ނުކުންނާށެވެ. ތި އަތްތަށް ދިވެހިންގެ ލެއިން ތެންމާނުލާށެވެ.

0 ކިޔުންތެރިންގެ ޚިޔާލު

  1. މަށޭ Reply

    March 24, 2012 at 3:34 pm

    ނޯ ކޮމެންޓް

  2. މުހައްމަދު Reply

    March 24, 2012 at 10:26 pm

    ވަހީދު ވެސްވާނީ ކޮންމެ ފަދަގޮތަކަށް ނަމަވެސް ރާއްޖޭގެ ވެރިކަންކުރެއްވި މީހަކަށް، އެހެންވީއިރު ދެންކުރަންވީކަމަކީ ދިވެހި ގައުމުގެ މަސްލަހަތަށްޓަކައި ބުރުމާ އާއި ޔާމީންމެންގެ ޕަޕެޓަކަށް ނުވެއަވަހަށް އިންތިޚާބެއްގެ ތާރީޚެއް ދޭންވީ، އެއިރުންވެސް ދިވެހިން ވަހީދަށް ތިހެދުނު ގޯހަށް މަޔާފްކޮށްފާނެ، މިއަހަރު އޮގަސްޓްގައި އިންތިޚާބް ބޭއްވުމުން ނޮވެމްބަރ ގައި އިންތިޚާބު ވާ ރައީސަކަށް ހުވާކުރެވޭނެ، އެ ވެދާނެ ވަހީދަށްވެސް، އެހެންނޫނީ ވަހީދު ދުވަހަކުވެސް ދިވެހިން މައާފެއް ނުކުރާނެ، އަދި އިތުރަށް ގައުމުގެ ހާލަތު ގޯސްވަމުްން ގޮސް މިހުރިހާ ހަޑިނަމެއް އެޅޭނީ ވަޙީދުގެ ބޮލުގައި، އެހެން ބައެއްގެ މަސްލަހަތު ހިމާޔަށްކުރަން ވަހީދުގެ އަގު ވައްޓާނުލައްވާ، ވަހީދުލައްވާ ތިގޯސް ހަދާމީހުން އެއްވެސްވަރަކަށް ވަހީދަކަށް ހެވެއްނޭދޭނެ، އެމީހުންނަށް ފަސޭހަ ވަގުތަކުން ވަހީދު ދޫކޮށްލާ އެއްލާލާނެ.

  3. 25.3.2012ަ އަލީމޫސާ Reply

    March 25, 2012 at 12:21 pm

    މިހާރު މިނަގާ ޕ.އ.ޗ.ޑ. އަކީވަރައް ނުރައް ކާއެއްޗެކެވެ.
    ޑީގެ މާނަވަރައް ސާފު ނުރައްކާ އާރގެ މާނަ، ރަހުމުކުޑަ،
    ހުރިހާމީ ހުން ވެސް ސަމާލު ވާން އެބަޖެހޭ މިކންތަކަށް
    މިސާލަކަށް ބަރޮބޯ ޖަމީލު ލަދީފާ ހަސަން ސައީދު
    ފިލިކަތީބު ވަގުވަހީދު މިމީސް މީހުނައް ބަލާއިރު އެއީތެދެއް.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>