މާދަމާ (8 އޮގަސްޓް 2012 ވާ ބުދަ ދުވަހުން) ފެށިގެން މި ރަމަޟާން މަހުގެ ނިޔަލަށް އެމްޑީޕީގެ ސީދާ ހަރަކާތްތައް ހުއްޓާލުމަށް ރިޔާސީކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ނިންމަވައިފިއެވެ. މި ގޮތަށް މިކަން މި ނިންމެވީ މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ އަޤްލަބިއްޔަތުން ނިންމި ނިންމުމަކަށެވެ.
މިއަދު ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމީ އަވަސް އިންތިޚާބަކަށް ގޮވާލުމަށް ކުރާ އިހްތިޖާޖުގައި ކުރިޔަށްގެންދާ ސީދާ ހަރަކާތްތައް މި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސް ތަކުގައި ކުރިޔަށް ނުގެންގޮސް ހުއްޓާލާގޮތަށެވެ. މިކަން މިގޮތަށް ނިންމީ ޕާޓީތަކުގެ މަޝްވަރާއަށް ފުރުސަތު ދިނުމަށާއި އަދި ވަކިން ހާއްސަކޮށް ރަމަޟާން މަހުގެ ފަހުދިހަ އަކީ އަޅުކަމާއިގެން މަސްއޫލުވާންވީ ދުވަސްތަކެއް ކަމަށް ވުމާއިއެކު، އަޅުކަމަށް ވަގުތު ދިނުމަށެވެ.
ސީދާ ހަރަކާތް ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ހުއްޓާލުމަށް ނިންމި މި ނިންމުމަކީ ދިވެހި އާންމު އެންމެހާ ރައްޔިތުން އުފަލާއެކު ބަލައިގަންނާނެކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ.
އަވަސްއިންތިހާބަކަށް ގޮވާލުމަށާއި، ފުލުހުންގެ އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީން ހިންގާ ސީދާހަރަކާތްތައް ރޯދަމަހުގެ ފަހުދިހައިގައި ކުރިޔަށްނުގެންދާގޮތަށް ނިންމާފައި މިވަނީ މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާކޮމެޓީގެ 119 ވަނަ ބައްދަލުވުމުގައެވެ.
ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް
ތާރީޚް: 7 އޮގަސްޓް 2012 (އަންގާރަ)
ވީ ލަވް އަންނި
August 11, 2012 at 12:06 am
ރަނގަޅު
ހޭ ބުއްދި
September 4, 2012 at 2:01 pm
ހަކުރަކީ ކޮބާބާ؟