-ފިރުޝާން ޔޫސުފް-
ދިވެހި ރާއްޖޭގައި މިނިވަންކަމާއެކު މަސައްކަތް ކުރާ ހަރުދަނާ މީޑިއާއަކަށް މަގު ފަހިކޮށްދީ މިޑިއާއަށް މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް އުފައްދައި ދިނުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި މިހާރު އޮތް ބަޣާވަތުގެ ސަރުކާރުން ނާއި ބާޣީ ފުލުހުން މަސައްކަތް ކޮށްފައިވަނީ، މީޑިއާގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ދުޝްމަންކަން އިތުރު ކުރުމަށާއި ސިޔާސީ އެދުންތައް ހާސިލު ކުރުމަށް ކަމަށް ބުނެ ރިޕޯޓާރސް ވިތައުޓް ބޯޑާރސް (އާރުއެސްއެފް) އިން ވަރުގަދަ ބަޔާނެއް ނެރެފިއެވެ.
“(ދިވެހި) ސަރުކާރާއި ފުލުހުން ވަނީ (ރާއްޖޭގެ) ހާލަތު ގޯސް ކުރުމުގައި އިސް ދައުރެއް ކުޅެފައި” އާރުއެސްއެފް އިން ބުނެފައިވެއެވެ. އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ސަޕޯޓަރުން ބާއްވަމުންދާ މުޒާހިރާތަކުގައި ފުލުހުން ނޫސްވެރިން ހައްޔަރު ކޮށް އަނިޔާ ކޮށްފައިވާ ކަމަށާއި އަދި ތަކުރާރުކޮށް ނޫސްވެރިންނަށް ފުލުހުންގެ އަނިޔާ ކުރާތީވެ އެކަން ކުށްވެރި ކުރާ ކަމަށެވެ.
މިފަހުން ރާއްޖެ ޓީވީއަށް ދިން ހަމަލާވެސް ވަރަސް ބޮޑަށް އާރުއެސްއެފުން ވަނީ ކުށްވެރިކޮށްފައެވެ.
“ރާއްޖެޓީވީ އާމެދު ސަރުކާރުން ކިޔާ އެއްޗެހި ވަކި ހައްދެއްގައި ބެހެއްޓުމަށް އަޅުގަނޑުމެން ގޮވާލަން. އަދި ރާއްޖެޓީވީއަށް ދިން ހަމަލާ އެއްވެސް ކޮޅަކަށް ނުޖެހި ބަރާބަރަށް ތަހުޤީޤު ކުރުމަށްވެސް ގޮވާލަން. އަދި ހަމަ ރާއްޖެ ޓީވީގެ ނޫސްވެރިނަންނަށް މީގެ ފަހުން އިތުރު އެއްވެސް ހަމަލާއެއް ނާންނާނެ ކަން ކަށަވަރު ކުރުމަށްވެސް ގޮވާލަން. އަދި ރާއްޖެ ޓީވީގެ ނޫސްވެރިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބައިވެރި ވުމާއި ޕްރޮފެޝަނަލް މަސައްކަތަކާއި މަސްހުނި ނުކުރުމަށްވެސް ގޮވާލަން” ރިޕޯޓާރސް ވިތައުޓް ބޯޑަރސް އިން ވިދާޅުވެއެވެ.
ރާއްޖެ ޓީވީއަށް ކެނޑިނޭޅި ސަރުކާރުގެ ހަމަލާތައް އަމާޒުވަމުން ދާކަމަށް ރިޕޯޓާރސް ވިތައުޓް ބޯޑާރސް ގެ ރިޕޯޓުގައި ވަރަށް ތަފްސީލްކޮށް ހާމަކޮށްފައިވެއެވެ. އަދި މިފަހަކަށް އައިސް ސަރުކާރާއި ފުލުހުންގެ އިސް ފަރާތްތަކުގެ ‘ވިހަ ގަދަ’ ބަސްތައް އެ ޓީވީއަށް އަމާޒު ވެފައިވާ ކަމަށް ބުނެފައިއެވެ.
ރާއްޖެ ޓީވީ އާއި އެމްޑީޕީ އަކީ ‘ދައުލަތުގެ ދުޝްމަނުން’ ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު 24 ޖުލައި ވަނަ ދުވަހު ބޭއްވުނު ޕްރެސް ކޮންފަރެންސް އެއްގައި ބުނެފައިވާ ކަމަށާއި އަދި އޭނާ ތުހުމަތު ކުރާ ގޮތުގައި ރާއްޖެ ޓީވީ އަކީ ފެބްރުއަރީން ފެށިގެން ކުރާ މުޒާހިރާތަކުގައި ފުލުހުން އަނިޔާ ކުރާކަމެއް ބުނެ ‘އެއްވެސް ހަޤީޤަތެއް ނެތް’ ވާހަކަ ތަކެއް ދައްކާ ޗެނަލެއް ކަމަށްވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ރާއްޖެ ޓީވީ އަކީ “ޒިންމާދާރު ނޫސްވެރި ކަމެއް ނޫން” ކަމަށް ބުނެފައިވާ ކަމަށް އާރުއެސްގެ ރިޕޯޓުގައި ބުނެއެވެ.
މީގެ އިތުރުންވެސް ރިޔާޒު ބުނެފައިވާ ބައެއް ވާހަކަތައް އެރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފުލުހުން ސައިކަލަކުން ޕެޓްރޯލް ވަގަށް ނެގި ޚަބަރު ރާއްޖެޓީވީ އިން ގެނެސްދިނީ ފުލުހުންގެ އަގު ވައްޓާލުމަށް ކަމަށް ރިޔާޒު ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.
ސަރުކާރުގެ ވެރިންގެ ވާހަކަތައް މިހެން ހުރިއިރު، 22 ޖުލައި ވަނަ ދުވަހު ފުލުހަކު މަރާލުމުން، އެމަރާއި ރާއްޖެ ޓީވީއިން ގެނެސްދިން (ޕެޓްރޯލް ވަގަށް ނެގުމުގެ) މައުލޫމާތާއި ފުލުހުން ގުޅުވައި، އެ ފުލުސް މީހާގެ ޖަނާޒާ ކަވަރު ކުރުމުގައި ރާއްޖެޓީވީގެ ރިޕޯޓަރުންނަށް ހިމާޔަތް ނުދެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އާރުއެސްއެފް އިން ހާމަ ކުރެއެވެ.
ރާއްޖެޓީވީ އާމެދު އެއްބާރުލުން ދޭން މިއަދު ގޮތެއް ނިންމާނެ ކަމަށް ފުލުހުން ބުނެފައިވަނީ ސަރުކާރަށް އަންނަމުންދާ ޕްރެޝަރުގެ ސަބަބުން ކަމަށް ވުން އެކަށީގެންވެއެވެ.
OPPOSITION TV STATION SABOTAGED AS POLITICAL RIVALRY CENTRES ON MEDIA
ވީ ލަވް އަންނި
August 9, 2012 at 8:52 pm
އައްޗީޑި ދެން ޕޮލިހުންވެސް އަދިވެސް ހަޑިހާވާލަ ހާވާލާ ތިބެނީތަ ހަމަ ދެން؟؟؟؟؟
ޑަރޯގާ
August 9, 2012 at 9:07 pm
ވަރަށް ރަގަޅު ހަބަރެއް. ބާގީން ބަލިވެ ނިކަމެތިވަމުން ދާތަން ހާމަކަންބޮޑުކޮށް ފެންނަމުން ދެއެވެ.
ދިވެހި
August 9, 2012 at 11:16 pm
މީރޭ ދާދި ދެންމެއަކު (ގާތްގަދަކަށް) 22:30 ހާ އިރު ލޯންޗެއްގައި އައިސް ވަގުވަގަށް ވަރަށް ފުއްޕާފައި ހުރި ބާޤީ އެއް ވަރަށް ސެކިޔުރިޓީ ބޮޑުކޮށް ހުޅުމާލެ އަށް އަރަފި
މރ.ބޫ
August 10, 2012 at 7:41 am
ދެން ލަ!ލަ!ލަ!
ަަަައަލީ އައުފް
August 10, 2012 at 12:04 pm
ހިމާޔަތް ނުދީ ކޮންތާކަށް ވަންނަނީ،ހިމާޔަތް ހަމަ ދޭން ޖެހޭނީ…ދެން ލަލަލާ
މުސްތަފާ ތިމަރަފުށި
August 10, 2012 at 1:46 pm
މިފަދަ ކަންކަމާއި ހެދި އެމްއެންޑީއެފް ތެރެ ވެސް ފަނިވެއްޖެ.،،ފާހާނާތަކުގަވެސް ްްމިހާރު ބާގީންނަށް ބަވާފައި ލިޔެންފަށައިފި. ގައުމީ ފުލުހުންނާއި ސިފައިން ގެ ބަހުގެ ހަމަލާތަށް ފާޅުގައި ބާޢީ ފުލުހުންނާއި ސިފައިންނަށްއަމާޒުވެ މަސްރަހުވަނީ ހޫނުވެފައި.
ރޯމާ ދުވާލު
August 10, 2012 at 3:05 pm
ތިމާމެން ބޭނުން މީހަކަށް ރައްކާތެރިކަން ދީފައި ބޭނުންނުވާބަޔަކަށް ނުރައްކަލާ ކުރިމަތިކޮށްފަ މިއީ ކޮންބައެއްތަ އަޅެ މިމީހުންނަށް ދުނިޔޭގެ މަސްރަޙް ނޭގޭތަ ބޮޑެތި ގައުމުތަކުގައި އެކުރާ ބޮޑެތި މުޒާހަރާ ކަވަކުރާ ސްޓޭސަންތަކުން ފުލުހުންނާއި ދެކޮޅަށް އެގޮވާ އެއްޗެތި ނޭގޭތަ . ނޭގޭނެ ތާ މިހާރު ހުރި ވެރިޔަކަކީ ބޭރުގައުމުގައި ޑިމޮކްރަސީ އޮންނަގޮތް އެގޭ މީހެއް ހެން ހީނުވޭ ދެން ރަށްފުށު މީހުންނަކަށް ނޭގޭނެ ތާ ދޯ . ހާދަޖޯކު ވަހަކައެކޭ ފުލުހުންގެ ބޭކަލުން އެބުނެލަނީ ނުދޭނަމޭ ހިމާޔަތެއް ބުނަނަށްވީ ނުން ދިވެއްސަކަށް ވީތީ ހިމާޔަތް ނުދޭނަމޭ… ކަލޯމެންނޭ ތިމީހުންނަށް ވާނުވާ އެގިބަލަ
ޔާހަމްބަރާސް
August 11, 2012 at 10:24 am
ކަނޑައެޅިގެން ގާނޫނު އަސާސީ ގައި ފުލުހުން އުފައްދާފައި މިވަނީ ކީއްކުރަންކަމާ! އެމީ
ހުންގެ ވާޖިބު ސާފުކޮށް ބަޔާން ކޮށްފާ ވާއިރު، މިވެނިބައެއް ހިމާޔަތެއް ނުކުރާނަމޭ
ބުނިބަޔަކާ މެދު ދައުލަތުގެ، ޕްރޮސިކުޓަރ ޖެނެރަލް އާއި ދައުލަތުގެ ބަންޑާރަ ނައިބާއި
ދައުލަތުގެ ހިއުމަން ރަިޓްސް އާއި މިފަރާތް ތަކުން ދައުވާ ކުރަން ޖެހޭނެ!،، މިވަގުތު ރައީސްކަމުގެ ވާޖިބް އަދާކުރަށްވާ ނައިބް
ރައީސް ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކަށާއި އަދި ހޯމް މިނިސްޓަރޭ ކިޔައިގެން އުޅޭ ޖަމީލަށް ގޮވާލަން މިހާރުން މިހާރަށް މިމައްސަލަ ބަލާ! މިކަމުގާ ހިމެނޭ ފަރާތްތައް
ސަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ގާނޫނުއަސާސީގެ ބާރު ކަނޑުވާލި މައްސަލާގައި
އަދަބު ދިނުމަށް! ދިވެހި ރައްޔިތުންނޭވޭ، މިފަރާތްތަކުން މިކަން ނުކޮށްފިނަމަ، މިބައިމީޙުން
ނަކީ ވެސް ކަނޑަ އެޅިގެން ގާނޫނުއަސާސީގެ ބާރު ކަނޑުވާލިބައެއްކަން ކަށަވަރު!
އެހެން ކަމުން ، މިމީހުންވެސް ދައުލަތުގެ ވަޒީފާއިން ވަކިކުރުމަށް ގާނޫނުހަދާ މަޖިލީހުން
ފާސްކޮށް، ވަކިކުރަން ޖެހޭނެ!،،