-ފިރުޝާން ޔޫސުފް-
ބަޣާވަތުގެ ސަރުކާރަށް ނިސްބަތްވާ އެންމެ ބޮޑު އެއް ބާޣީ ކަމަށްވާ އާޒިމާ ޝަކޫރު، ބަޣާވަތުގެ ސަރުކާރުގެ މޫނު މަތި ރީތި ކުރުމުގެ ބޭނުމުގައި ކޮމަންވެލްތުގެ އަގުވައްޓާލައި ސަރުކާރު ހިމާޔަތް ކުރުމުގެ ބޭނުމުގައި ދިވެހި ރައްޔިތުންގެ ފައިސާއިން ގާތްގަނޑަކަށް 19 ލައްކަ ރުފިޔާ ޚަރަދު ކޮށްފައިވާ ވާހަކަ މިހާރު ވަނީ އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހުން ބޭޒާރު ކޮށްލާފައެވެ. އިނގިރޭސިވިލާތުގެ ކުރީގެ ޕާލަމެންޓް މެމްބަރު އަދި ކުރީގެ އެޓާނީ ޖެނެރަލެއް ކަމުގައިވާ ބަރޮނެސް ސްކޮޓްލަންޑް ކިއުސީ އަށް ދުވާލެއްގެ މައްޗަށް 7،500 ޕައުންޑުގެ މަގުން 2 ހަފްތާއަށް 75،000 ޕައުންޑު (ގާތްގަޑަކަށް 1.9 މިލިއަން ރުފިޔާ) ދިވެހި ރައްޔިތުންގެ ފައިސާ ދީގެން ކުރުމަށް ނިންމައި އެމަސައްކަތުގެ އެންމެ އިސްކޮށް އުޅެފައިވަނީ ބާޣީ އާޒިމާ ޝަކޫރެވެ. ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ދޭނެ ފައިސާ ނެތި، އާސަންދަ ފަދަ މުހިއްމު ޚިދުމަތްތައް ހުއްޓެމުންދާ ދަނޑިވަޅެއްގައި، ބަޣާވަތް ސިއްރުކުރުމަށާއި ސަރުކާރުގެ މޫނު މަތި ރީތި ކުރުމަށް އާޒިމާ ޝަކޫރު ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު އަދަދެއް ބޭރުގެ އަންހެނަކަށް ދޭން ނިންމާފައިވަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާއިވެސް ހިލާފަށެވެ.
މިކަން ކުރުމަށް ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އާޒިމާ ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީގައި އެކަމަކީ ވަރަށް ކުއްލި ގޮތަކަށް ކުރަން ޖެހުނު ކަމެއް ކަމަށް ބުނެފައިވެއެވެ. ކުއްލި ގޮތަކަށް ކުރަން ޖެހުނު ކަމެކޭ ބުނެފައިވަނީ އެފައިސާ ނުލިބި ދާނެ ތީ ކަމަށް ބެލެވެއެވެ.
“ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ޤްރޫޕުން ބަލަމުންގެންދާ ދިވެހިރާއްޖޭގެ މައްސަލައަކާއި ގުޅޭގޮތުން ބޭރުގެ ޤާނޫނީ މާހިރެއްގެ ލަފައާއި އިރުޝާދު ސަރުކާރުން ބޭނުންފުޅުވާތީ މި މަސައްކަތް ކުރެއްވުމަށްޓަކައި އިނގިރޭސި ވިލާތުގެ ކުރީގެ އެޓާނީ ޖެނެރަލެއް ކަމުގައިވާ ބަރޮނެސް ސްކޮޓްލަންޑް ކިއުސީ ވަނީ ރާއްޖެ ވަޑައިގެން މަސައްކަތް ކުރައްވާފައެވެ. އަދި މި މަސައްކަތަކީ ކުއްލި ގޮތަކަށް ކުރަންޖެހުނު މަސައްކަތަކަށް ވެފައި މަސައްކަތް ކުރެވިފައިވަނީ އެގްރިމެންޓަކާ ނުލައެވެ. ވީމާ މިސިޓީއާއެކު އެޓޭޗް ކުރެވިފައިވާ ޓީ އޯ އާރު އަކީ އެގްރިމެންޓެއްގެ ގޮތުގައި ބެލިދާނެތޯ ދެންނެވީ މެވެ.” ފިނޭންސް މިނިސްޓްރީ އަށް އާޒިމާ ފޮނުވާފައިވާ ސިޓީގައި ވެއެވެ. އެ ސިޓީގައި ސޮއި ކޮށްފައިވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝާކިރު މޫސާ އެވެ.
އެ ސިޓީގައި ބުނެފައިވާ ޓީ އޯ އާރު (ޓާމްސް އޮފް ރިފަރެންސް) އަކީ އެގްރިމެންޓެއްގެ ގޮތުގައި ބެލިދާނެތޯ އާޒިމާ ފިނޭސް މިނިސްޓްރީގައި ދެންނެވުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. ސަބަބަކީ އެކަމަކީ ޤާނޫނާއި ހިލާފު ކަމަކަށް ވާއިރު އަދި، އެފަދަ ގޮތަކަށް އެކަން ނުކުރެވޭނެ އިރު، އެކަމާއި އެފަދަ ޤާނޫނީ ކަންތައްތައް އެންމެ ރަނގަޅަށް އެންގެން ޖެހޭ ފަރާތަކީ ދައުލަތުގެ އެޓާނީ ޖެނެރަލް ކަމުގައި ވާތީއެވެ. ބެލެވޭ ގޮތުގައި އާޒިމާއަށް އެއީ ޤާނޫނާއި ހިލާފަށް ކޮށްފައިވާ ޚަރަދެއް ކަމަށް އެނގިހުރެ، އެކަމުގެ މަތި އެޅުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް ބޭނުން ވީއެވެ.
އެ ޓީއޯއާރުގައި ހިމެނޭ މައުލޫމާތު ތަކަށް ބަލާއިރު ހައިރާންވާ ޖެހޭ އެތަކެއް ކަމަށް ފާހަގަ ކުރެވެއެވެ. އެ ލިޔުން ފައްޓަމުން ޓީއޯއާރު ދެ ބަޔަކަށް ބެހިފައިވާ ކަމަށް ލިޔެފައިވެއެވެ. މާނައަކީ ބަރޮނެސް އަށް ދެ ހަފްތާއަށް މިހާ ގިނަ ފައިސާތަކެއް ދީގެން ކުރައްވަން މިއުޅެނީ މައިގަނޑު ދެ މަސައްކަތެއް ކަމެވެ. އެއިން ފުރަތަމަ ކަމަކީ ސީމެގް ގެ އެޖެންޑާގައި ރާއްޖެ ބާއްވާފައި އޮތް އޮތުން ބަލައި ޤާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބެލުމެވެ. ދެވަނަ ކަމަކީ އާޒިމާ ބޭނުންވާ މުހިއްމު ކަންތައްތަކުގެ އޭނާއަށް ޤާނޫނީ ލަފާ ހޯދައި ދިނުމެވެ.
އާޒިމާ ތައްޔާރު ކޮށްފައިވާ އެޓީއޯއާރުގައި،ރާއްޖޭގެ ސަރުކާރުން ދެކޭ ގޮތުގައި ސީމެގް ގެ އެޖެންޑާގައި ރާއްޖެ ބާއްވާފައި އޮތީ އިންސާފު ވެރިކޮށް ނޫން ކަމަށް އަދި ސީމެގު ގެ ރައުޔު ވަނީ ރައީސް ނަޝީދު ސަރުކާރު ބަދަލުވީ ބަޣާވަތުން ކަމަށް ވިދާޅުވުވާ ވިދާޅުމާއި އެއްކޮޅަކަށް ޖެހިފައި ކަމަށް ބުނެފައި ވެއެވެ.
ބަރޮނެސް އާއި ހަވާލު ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ގައި އޭނާ ރާއްޖެއަށް 4 ދުވަހަށް އައިސް، ރާއްޖޭގެ ވެރިކަން ބަދަލު ވުމުގެ ކުރިން ކަންތައްތައް ވަމުން އައި ގޮތުގެ ވީޑިއޯ ފޫޓޭޖުތަކާއި އެހެނިހެން ޑޮކިމެންޓްތައް މުރާޖާ ކުރާންވާނެ ކަމަށް ބުނެފައިވެއެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ގިނަ ދުވަސްތަކެއް ވަންދެން އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން ކުރި މުޒާހިރާ ތަކާ ގުޅިގެން ކަމަށް ބަޣާވަތުގެ ސަރުކާރުން ބުނާ ބުނުން މިލިޔުމުގައިވެސް ތަކުރާރު ކޮށްފައިވެއެވެ. މި ލިޔުމަށް ބަލާއިރު، މިހާ ގިނަ ފައިސާ ތަކެއް ހަރަދުކޮށްގެން ބަރޮނެސް ގެނައުމުގެ އެއް ބޭނުމެއްގައި ބެލެވެނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ކަމަށް މި ސަރުކާރުން ދެކޭ ގޮތް އިތުރަށް ވިއްކައި ސަރުކާރަކީ ސައްހަ ސަރުކާރެއްކަމަށް ހެދުމެވެ.
ބަރޮނެސްގެ މަސައްކަތުން ލިބެން ބޭނުންވާ ބައެއް ނަތީޖާ ޓީއޯއާރުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، ރާއްޖެ ސީމެގް ގެ އެޖެންޑާގައި ބާއްވާފައި އޮތް އޮތުން އަދި ބާއްވަމުން ދިއުން އެއީ އިންސާފުން ކޮށްފައިވާ ކަމެއް ‘ނޫން’ ކަން ދޭހަކޮށްދޭ ފަދަ ތަފްސީލީ ރިޕޯޓެއް ތައްޔާރު ކޮށް ސަރުކާރަށް ހުށަހެޅުން ހިމެނެއެވެ. އަދި، ވަކިން ހާއްސަކޮށް އޭނާ ހުށަހަޅާ ރިޕޯޓުގައި، ސީމެގް އިން މަސައްކަތް ކޮށްފައިވަނީ އެ ގްރޫޕްގެ މެންޑޭޓާއި ބާރުތަކާ ހިލާފަށްތޯ އަދި ސީމެގް އިން ވަނީ ވަކި ކޮޅަކަށް ބުރަވެފައިތޯ ބަލަންވާނެ ސަރުކާރުގެ ފަރާތުން އާޒިމާ ހުށަހެޅި ޓީއޯއާރުގައި ބުނެފައިވެއެވެ.
މި ޓީއޯއާރުގައިވާ ހައިރާންވާންޖެހޭ އަނެއް ކަމަކީ، ކޮމަންވެލްތަކީ 52 ޤައުމެއް ހިމެނޭ ގޮތަށް އުފެދިފައިވާ ބައިނަލްއަޤުވާމީ މުހިއްމު ޖަމާއަތަކަށް ވައިރު، ކޮމަންވެލްތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސަރ ޑޮން މެކިނަންގެ މަސައްކަތާއި އަދި ހަމަ އެހެންމެ ކޮމަންވެލްތުގެ ރަސްމީ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތައް ބަލައި މުރާޖާ ކުރުމަށް ބަރޮނެސް އަށް އަންގާފައިވާ އެންގުމެވެ.
މިފަދަ ހާލަތަކަށް އާޒިމާމެން ކަންތައްތައް ދިއުމުން ކަށަވަރުވާ އެއްކަމަކީ ރާއްޖޭގެ ސަރުކާރު ހިންގުމާއި ހަވާލުވެފައި ތިބި މީހުންނަށް ހެދޭ ނެހެދޭ އެއްޗެއް ނޭނގޭ ވަރަށް އެމީހުންނަށް ގޮތްހުސްވެފައި ވާ ކަމާއި ހަމަ ހާޤީޤަތުގައިވެސް މިސަރުކާރު ނޭވާ ހޮޅިއަށް އެޅިފައިވާ ކަމެވެ. ފަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ ހަޒާނާގައި ބާކީ އޮތް މަދު ލާރި ކޮޅު ބޭރުގެ ކޮންމެވެސް ފަރާތަކަށް ދީގެން އ.ދ. ގެ ސެކެރެޓާރީ ޖެނެރަލްގެ މަސައްކަތާއި އ.ދ. ގެ މުވައްޒަފުންގެ މަސައްކަތްތައް ތަހުޤީކުރާ ދަރަޖައަށް އާޒިމާމެން ދިއުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގެ ސަރުކާރުން ދެން މިކަމުގައި ކުރިއަށް ދާންވީ ގޮތާއި ކަންތައްތައް ކުރަންވީ ގޮތް ބަރޮނެސް ކިޔާދޭން ޖެހޭނެ ކަމަށް ޓީއޯއާރު ނިންމާލަމުން ބުނެފައިވެއެވެ. މިއިން އަންގައިދެނީ އާޒިމާމެންފަދަ މޮޅު ކަމަށް ދައުވާ ކުރާ މީހުން ހިމެނޭ ސަރުކާރަށްވެސް ބަޣާވަތް ހިމާޔަތް ކޮށް ކުރިއަށް ދާނެ ހުރިހާ ގޮތެއް ހުސްވެފައިވާ ކަމެވެ. އަދި އެމީހުން ‘ލާދީނީ’ މީހުން ކަމަށް ބުނާ ހުޅަނގުގެ ފަރާތްތަކަށް މިލިއަނުން ފައިސާދީގެން ގޮތެއް ހޯދަން މަޖުބޫރު ވެފައިވާ ކަމެވެ.
ބަރޮނެސް ކިއުސީގެ މައްސަލަ ބޭޒާރު ވުމާއެކު އިނގިރޭސިވިލާތުގެ ސިޔާސީ އިސްވެރިން ދަނީ ރާއްޖޭގައި އޮތް ބަޣާވަތުގެ ސަރުކާރާއި ގުޅިގެން އޭނާ ހިންގަމުން ދާ ހަޑިހުތުރު އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ. ޑެއިލީ މެއިލް ގައިވާ ގޮތުން ބަރޮނެސް ކިއުސީ އަކީ 2009 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޤާނޫނާއި ހިލާފަށް އެހެން ޤައުމެއްގެ މީހަކު އޭނާގެ ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި ގެންގުޅުމުގެ ސަބަބުން 5000 ޕައުންޑުން ޖުރިމާނާވެސް ކުރެވިފައިވާ ފަރާތެކެވެ. މިފަދަ މީހަކާއެކު ވާހަކަ ދައްކައި އެތަކެއް މިލިއަން ރުފިޔާތަކެއް ދީގެން އާޒިމާ ކުރުވާފައިވާ ކަންތައްތަކުގެ ސަބަބުން އާޒިމާ މެންނާއި ގުޅުން އޮންނަނީވެސް ތަންތަނުގެ އުޅޭ ކޮރޮޕްޓް މީހުންނާއި ކަމެވެ.
އެމްޑީޕީގެ ފަރާތުން ކޮންމެވެސް ބަޔަކާއި ބައްދަލު ކުރި ކަމަށް ބަރޮނެސް ކިއުސީ ބުނިކަމަށް ޑެއިލީ މެއިލް ނޫހުގައި ބުނެފައިވެއެވެ. މިވެސް ދޮގު ވާހަކަތަކެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިކަން ކުރުމުގައި ބެރޮނެސް ކިއުސީއަށްވެސް ބައެއް ކަންތައްވަނީ އޮޅުވާލާފައެވެ. އެގޮތުން، އޭނައާއި އެކު އާޒިމާ ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީ ގެ ފަރާތުން ކަމަށް ބުނެ (އެމްޑީޕީއަށް ނޭނގި) އެހެން މީހަކު ވަނީ އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވާހަކަ ދައްކާފައެވެ. މައުލޫމާތު ލިބޭގޮތުގައި އެމީހަކު އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ކަމަށް ބުނެ އެކްޓް ކޮށްފައިވަނީ ސަރުކާރުން އެމީހާއަށް ފައިސާ ދީގެންނެވެ. މިވެސް މިހާރުގެ ބަޣާވަތުގެ ސަރުކާރުން ކޮށްފައިވާ ވަރަށް ފިނޑި އަމަލެކެވެ.
މިއީ ކަނޑައެޅިގެން ޤާނޫނާއި ގަވާއިދާއި ހިލާފަށް އާޒިމާ ކޮށްފައިވާ އަމަލެއް!
މަތީގައި ހަވާލާ ދީފައިވާ ސިޓީއިން ކަށަވަރުވާ ދެތިން ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ އެ ސިޓީ ފޮނުވިއިރު މަސައްކަތް ކޮށް ނިމިފައިވާކަން ނުވަތަ ނިމެނީކަން ސިޓީގައި ލިޔެފައިވާ (“މި މަސައްކަތަކީ ކުއްލި ގޮތަކަށް ކުރަން ޖެހުނު މަސައްކަތަކަށްވެފައި މަސައްކަތް ކުރެވިފައިވަނީ އެގްރިމެންޓް ހެދުމަކާ ނުލައެވެ.) އިބާރާތުން ކަށަވަރުވެއެވެ.
އަދި ހަމަ އެސިޓީއިން ބަރޮނެސް ރާއްޖެ އައިސް މަސައްކަތް ކޮށްފައިވާ ކަން ބުނެފައި ވެއެވެ. އަދި އެސިޓީއިން އެނގޭ ގޮތުގައި މި މަސައްކަތް ހަވާލު ކުރުމުގެ ކުރިން މާލިއްޔާތު ގަވާއިދާއި އެއްގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ. ސޮއިކުރެވުނީ ޓީއޯއާރު އެއްގައެވެ. މަސައްކަތް ނިމުނު ފަހުންފައިނޭންސް މިނިސްޓްރީގައި އާޒިމާ ލަފަޔަކަށް އެދެނީ އެގްރިމެންޓްގެ ގޮތުގައި ޓީއޯއާރު ބެލިދާނެތޯ ސުވާލު އުފައްދާފައެވެ. މިފަދަ އަގުބޮޑު މަސައްކަތެއް ހަވާލު ކުރުމަސް ހެދޭ އެއްބަސްވުމެއްގައި ހުންނަން ޖެހޭ ކަމަށް މާލިއްޔަތު ޤަވާއިދުގެ 8 ވަނަ ބާބުގައި (ތިރީގައި ބަޔާން ކުރެވިފައިވާ މާއްދާތަކުން) ލާޒިމު ކުރާ ގިނަ ކަންތައްތަކެއް އެ ޓީއޯއާރުގައި ހިމެނިފައެއް ނުވެއެވެ. އެހެން ކަމުން އެ ޓީއޯއާރު އެއީ އެއްބަސްވުމެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
އެފަދަ މަސައްކަތެއް ހަވާލު ކުރުމުގައި ކުރަންޖެހޭކަމަށް މާލިއްޔަތު ޤަވާއިދުން ލާޒިމު ކުރާ ގިނަ ކަންތައްތަކެއް ވަނީ ނުކޮށެވެ. މާލިއްޔަތު ޤާނޫނާއި އަދި ގަވާއިދާއި ހިލާފަށް އެއްވެސް އެއްބަސްވުމަކާއި ނުލައި އެފަދަ މަސައްކަތެއް ހަވާލު ކޮށް ނިންމާލުން ކަށަވަރުވަނީ މިކަން އާޒިމާ ކޮށްފައިވަނީ ކަނޑައެޅިގެން ޤާނޫނާއި ގަވާއިދާއި ހިލާފަސް ކޮރޮޕްޝަނާއި ހިޔާނާތް މިކަމުގެ ތެރޭގައި ވަރަށް ބޮޑަށް އެކުލެވިގެން ކަމެވެ.
އެހެން ކަމުން މިކަން އެންޓި ކޮރޮޕްޝަން ކޮމިޝަނުން ތަހުޤީޤު ކުރައްވާނެ ކަމަށް އެންޑީއޯ އިން އުއްމީދު ކުރަމެވެ. މިކަމާއި ގުޅުން ހުރި ލިޔެކިޔުންތައް އޭސީސީއަށް އީމޭލް ކުރެވި މިކަން ބަލައިދިނުމަށް މިހާރުވަނީ އެދިފައެވެ.
އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރު ހިލާފުވެފައިވާ ބައެއް މާއްދާތައް:
1. މާލިއްޔަތު ގަވާއިދުގެ 8 ވަނަ ބާބުގެ 21 ގައި ކުއްލި މަސައްކަތްތަކުގެ އެއްބަސްވުމާ ބެހޭގޮތުން ބުނެފައިވަނީ “އަވަސް ގޮތެއްގައި ކުރުވަންޖެހޭ މަސައްކަތެއް ކަމުގައިވިޔަސްވެސް، މަސައްކަތް ޙަވާލު ކުރަންވާނީ، އެ މަސައްކަތެއްގެ ފެންވަރާ އަގާބެހޭ ގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ގައެވެ.”
2. މާލިއްޔަތު ގަވާއިދުގެ 8 ވަނަ ބާބުގެ 22 ގައި މަސައްކަތް ހަވާލު ކުރުމަށް އެގްރިމެންޓް ކުރުމާ ބެހޭގޮތުން ބުނެފައިވަނީ ” ދައުލަތުގެ މަސައްކަތެއް ކުރުމަށް އެއްވެސް ފަރާތަކާ ޙަވާލުރަންވާނީ، އެ މަސައްކަތެއް ކުރުވުމާ ބެހޭގޮތުން އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއި ކުރުމަށް ފަހުގައެވެ. އަދި 25،000 ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތެއް ނަމަ، އެ އެއްބަސްވުމުގައި، ތިރީގައި މިވާ ނުކުތާތައް ހިމަނާފައި ހުންނަންވާނެއެވެ. 25،000 ރުފިޔާއަށް ވުރެ ދަށުގެ މަސައްކަތެއް ކުރުވުމަށްވެވޭ އެއްބަސްވުމެއް ނަމަ، އެފަދަ އެއްބަސްވުމެއްގައި ހިމަނަން ޖެހޭނެ ކަމަށް އެ އޮފީހަކަށް ފެންނަ މާއްދާއެއް ހިމަންނަން ވާނެއެވެ.
3. މާލިއްޔަތު ގަވާއިދުގެ 8 ވަނަ ބާބުގެ 30 ގައި ކޮންޓްރެކެޓްގެ މުއްދަތަށް ބަދަލު ގެނައުމާ ބެހޭގޮތުން ބުނެފައިވަނީ ” މަސައްކަތަށް ގެނެވޭ ބަދަލެއްގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން ކޮންޓްރެކްޓްގެ މުއްދަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ލަސްނުކޮށް، އެގެނެވުނު ބަދަލެއް ސާފުކޮށް އެނގޭނެގޮތަށް ލިޔެކިޔުމުން އެއްބަސްވެފައި އޮންނާން ވާނެއެވެ.” މިހެންނެވެ.
4. މާލިއްޔަތު ގަވާއިދުގެ 8 ވަނަ ބާބުގެ 34 ގައި ކޮންސަލްޓެންސީ ޚިދުމަތް ހަވާލު ކުރުމާ ބެހޭގޮތުން ބުނެފައިވަނީ ” ކޮންސަލްޓެންސީއާ ބެހޭ ކޮންޓްރެކްޓްތައް ހަވާލު ކުރުމުގައިވެސް ޢާމަލު ކުރަންވާނީ މި ގަވާއިދުގެ 8.22 ގައިވާ ގޮތުގެ މަތިންނެވެ” މިހެންނެވެ.
އަހްމަދު
August 4, 2012 at 8:09 am
ބިތުފަންގި ނެގެނީ ؟ ދެންވެސް އެންޑީއޯ ހެކް ކޮށް ލާދީނީ ފަތުވާ ފަތުރާތީ އޭ ކިޔާފަ އިންޓަރނެޓް ބަަންދުކޮށް މުޅި ގައުމުގާ ކާފިއު ހިންގައިގެން މިތިބަ މަސްފަލަ ‘ފައިސާވެރިން’ ގެ ރިސޯޓްފައިސާ އިން ހިފެހެއްޓޭނެބާ؟ ސީމެގް ގާތު “ތިމަންމެނަކީ ބޮޑު އިސްތިގްލާލެއް އޮތް ބަޔެކޭ ހޯހޯ އޭ ދާޚިލީ ކަންތަކާ ނުބެހެވޭނޭ.” ބުނީމަ ސީމެގް ފިލާފާނެބާ؟ ދިވެހިންގެ ގިނަބަޔަކަށް އޮޅުވާ ރުޅިއިސްކުރުވައިގެން މިކުޅޭ ކުޅިގަނޑު ފަޅާނާރާނެހެން މެލޭން ސިފައިން ގެނެސް އިދިކޮޅުއެންމެން ތިރިކޮށްލައިގެން މުޅި ދުނިޔެއަށް އޮޅުވާލެވިދާނެބާ؟
ފަތިސްހަނދުވަރު
August 4, 2012 at 9:56 am
ހޮހޮހޯ!!!؟؟ މަމީ މޮޅުކަމަށް ދައުވާ ކުރާ ލޯޔަރު ދައިތަގަނޑުގެ ކަނޑިކި މިއޮތީ ވެއްޓިފައިދޯ އެވެ. މިމީހުން ދަބަރު ޓީ.ވީ. ޔާ ބުރުމާ ޓީޥީ އަށް އަރާ ރައްޔިތުން ލޮލުގަ އަނދުން އަޅުވަން މިދައްކާ ވާހަކަތައް ދަސްކޮށްގެން މިއަރަނީ ރައްޔިތުންގެ ބޭތުލްމާލު ހުސްކޮށް ގެން ގަންނަ މައުލޫމާތުތަކުގެ އެހީގަތާއެވެ. އަމިއްލަ އެއްވެސް ފިކުރެއް ޚިޔާލެއް ނެތީއެވެ. ތިޔަކިޔާ މޮޅު ހަސަން އަކަ ޖަމީލަކާ އަދިވެސް ފުންނާބު އުސް ލޯޔަރުންތައް މިއީ ކޮން ބޭނުމެއް ހިފޭ ބަޔެއްބާއޭ ހިތައް އަރައެވެ. ކޮންމެ މީހަކީވެސް ހަމަ އަގުޅިނެތް ކަންނެޔޮތަކެއްތާ ދޯއެވެ.
ޒިޔާން
August 4, 2012 at 10:46 am
މޮޔަ އާޒިމާ ޝުކޫރު
އައިސްތު
August 4, 2012 at 11:00 am
ަަަްްއާޒިމާ އާގުޅުނީމި އާޒިމާ ކަހަލަ އަނެއް ކޮރަޕްޓް މީހާ ދޯ؟
ރޮސީ
August 4, 2012 at 12:26 pm
ވަރަށް ރަނގަޅު ކޮމެންޓް އެއް އަހުމަދު! މި ދެން މިހާރު ފަޅާއަރަނީ! ހާދަހަޔޭ މުޑުދާރީ މި ޝަައިތާނުންގެ އަމަލުތައް! މި މީހުންނަށް ދުނިޔެމަތީގައި ގަދަ ވޭނާ އަޒާބާ ލަދުވެތިކަން ދައްކަވާނދޭވެ!
ޙަލީލު އަލީ އައްޑޫ ސިޓީ ހިތަދޫ
August 4, 2012 at 12:43 pm
މިރާއްޖޭގެ ރައިޔެތުންގެ ލޭބޯން އުޅޭ ކއތ އިންތަކައް އެޖާގައެއްނޮއޮންނާނެ ވާހަކަބުނެލަމުން ފަށަމެވެ.. އާޒިމާ ކަލޭގެ އަމާގެލާރިތަތީ؟ ބާގީ ހަނގުރާމަވެރި ކއތ އިންތައްބަލާބަލަ ކޮއްފާހުރިކަންތައް. ދިވެހިރައިޔެތުން ނިކުމެ ފިސާރި ކުޅިދައްކާލަން ގޮވާލަން ..
ރަފީޢު
August 4, 2012 at 2:10 pm
ހެހެހެހޭ…. ނިންމާލާފާ އުފަލުން ދެޅާ ސަލަަނކުރަނީ ދޯ؟؟؟؟
ދެން އޮރިޔަމުން މުޒާހަރާ ކުރާ ގިނަ މީހުން ތަކުގެ ކުރިމަތީގައި މި ރޯދަމަހު އޮށޯންނަވަން ވީނޫންތޯ އެއިރުން މާ ތާހިރުވާނެ!!! ޕަކާސް
ސާބަހޭ ނެން ޑީ އޯ ތިކޮއްދެއްވާ އިޚްލާސް ތެރި މަސައްކަތަށް. ސުކުރިއްޔާ
އާސިމް
August 4, 2012 at 2:59 pm
މިމައްސަލަ އޭސީސީއަށް ހުށައަޅަން ނުވޭތަ… ހުށަހެޅިޔަސް ކުރިއަށްދާނެކަންވެސް ނޭގޭނެދޯ… ފަހަރުގައި ހުށަހެޅި މީހާ ގެންގޮސް ދޫނިދޫގައި ކޯހެއްވެސްދީފާނެދޯ..
އަހުމަދް
August 4, 2012 at 5:37 pm
އޭސީސީއަކީ އެންދެރިމާގޭގެ އެއްކޮޓަރީގައި ހިނގާތަނެއް އޅމެންނަށް ހެނޑޭނީ ގރ އެއީރޑން
މުސާފިރު
August 4, 2012 at 6:18 pm
މިވަރުވާއިރުވެސް އެ ދައިތަ އސްތިއުފާ ދޭކަށްނޫޅޭ. ދެންވެސް ތާހިރުވާނީ އަވަހަށް އިސްތިއުފާ ދީފައި ގޭގައި ބޮލާފޮސާ އަޅައިގެން އޮތިއްޔާ. އައްޗޭސް. ހަޑިމުޑުދާރުކަން ބަލާބަލަ.
ޙަލީލު އަލީ އައްޑޫ ސިޓީ ހިތަދޫ
August 4, 2012 at 7:55 pm
މިބޅން މިރާއްޖޭގެ ރައިޔެތުން ގައިން ދާ އޮހޮރުވައިގެންހޯދާފަހުންނަ ފައިސާ ބޭނުންހާގޮތަކައް ހުސްކުރަމުންދާއިރުގާ މިނގބޅުންނައްހީވަނީ ތިމަންނަމެންގެ އމގެ ފނދ ތެރޭންނެރޭ އެއްޗެއްކަމެއްތަ؟ އާޒިމާ ކޮބާތަ ކަލޭގެ ލަދުހަޔާއް. ކއތ އިންތައް ހިފާހައިޔަރުކުރަން ގޮވާލަން.
ޝިނާޒް
August 4, 2012 at 8:03 pm
އަދިވެސް ބޮމޭ ބޮމޭ… ކިޔެވި ކިޔެވެލީގެ ބޭނުމެއްވެސް ނެތް.. އިނގޭ ކަމެއްވެސް ހަރާން…
އަލީރަސީދު
August 4, 2012 at 8:12 pm
އާޒިމާ އާއި ގުޅުނީ އާޒިމާކަހަލަ އަނެއް ފެންނުވަރާއާ . ޔައުނީ…..އަނެއް ނާސިރާއާއި.
ހުސެންޖާހިލު
August 4, 2012 at 8:54 pm
ކޮބާ އާޒިމާ އިލްޔާސް ހުސޭން އަށް ދިން ރައްދު.މިޖެހުނީ ކޮންތާކު.ބަލަ ލަނޑަޔާވާނީ ހަމަ ލަނޑަޔާ.އާޒިމާމެންގެ މުޅި އާއިލާގެ ހުރުހާ އެއްޗަކީވެސް ޟަތިންފޭބި އެއްޗެއްނޫން. އާޒިމާގެ ބައްޕަ ޝުކޫރު އުޅުނީ ރައީސްއޮފީހުގެ ފައިސާ އާއިބެހޭ އެއްމެ ބޮޑުމީހަކަށް.އެތެއް އަހަރެއްވަންދެން.ގިނަ ތަފްސީލު ތަކެއްގެ މައުލޫމާތު ހުރިނަމަވެސް މިވަގުތު އަދި ލިޔާކަށް ނެތީމެވެ.
ދެރިޔަ
August 4, 2012 at 9:58 pm
އަބަދުވެސް މާ ވަރުގަދަ އިޖްރާއަތެއް ގެންގުޅޭ އަންހެނެން މީ. ނޭވަޔަކު ދެކޮޅު އިޖްރާއަތޭ ކިޔާނެ. ކޮބާ އިޖްރާއަތު ދެއަތްމައްޗަށް ލައިގެން ދުވެވިއްޖެއެއްނުން.
ޙަލީލު އަލީ އައްޑޫ ސިޓީ ހިތަދޫ
August 4, 2012 at 11:45 pm
ވަރައް ބޮޑު އިޖުރާތެއް އޮންނަ އަންހެނަކޭތީ އިނގޭތަ. މަގުމަތީގަ ހިނގާފަދާއިރުވެސް ހީވާނީ ދެ އިޖުރާތު ފުންމާލަފާނެހެން . އަނެއްކާތިޅތީވަރައް ފޮނިވެސް ރނޑ އެކޭ ގައިގަނެތްފެންވަރެއްގަ.
ރިމޯޓް
August 5, 2012 at 2:07 am
އޭ! މިހިރަ ފަލަ ބޮޑު ބާގީ މުޑުދާރު އާޒިމާ! ކަލޭ އަކީ އެއްވެސް އުރަތްޕެއްނެތް ދިވެހި ރައްޔިތުންނަށް ހަރާންކޯރުވެފާވާ ހިޔާނާތްތެރިއެއް މާތް ﷲ ގެ އިރާދައާ މިންވަރުފުޅުން ޙައްޤު އަދަބު ލިބޭނެ. އަދި ދުޢާއަކީވެސް އެއީ. ކޮންމެކަމެއްވެސް ގޮވަނީ އަތަށް ވާނީވެސް އެހެން ﷲ ވޮޑިގެންވަނީ އިޙްޝާންތެރިންނާއެކު. އަދި ހަމައެކަލާން އިރާދަފުޅުން ތިޔަބައިމީހުން މިގައުމުން ނެތިކުރައްވާނެ. “އާމީން”
އަލީރަސީދު
August 5, 2012 at 3:37 am
އާޒިމާ ސުކޫރުގެ ބައްޕަ (އާސްތާނާ ސުކޫރަކީ )ނާސިރުދައުރުގައި ބޮޑުއިސްޓޯރުން ވައްކަންކޮށްގެން ޖަލަށްލާ އަރުވާލައިފައި ހުރި އަތްކަނޑާވަރުގެ ބޮޑުވަގެކެވެ. ވަކި އާޒިމާސުކޫރު ސަހަލުވާނެތޯއެވެ. .މި މުސްކުޅި ޑަކައިތުގެ ފެންނުވަރާ އާޒިމާގެ ސަބަބުން މުޅިރާއްޖޭ ހަލާކުވެ ޖައްވުގައި އާޒިމާ ގެ ކުނިބަބުރު ވަސްހިއްޕާލާ އާސަންދައިގެ ހިދުމަތް ނުލިބި ބޭސްފަރުވާއަށް ރައްޔިތުން ސަލާންޖަހަން މަޖުބޫރުކޮށްފި. މީ މިގައުމަށް ޖެހިފައޮތް ގޮއްރާޅެއް.
އައްޔަ
August 5, 2012 at 10:27 am
އަޅޭ ހަމަ އަންނި ރަނގަޅީތަ ތިހާވަރު ތިވަނީ
ވީ ލަވް އަންނި
August 6, 2012 at 2:03 am
އާނ އަންނި ވަރެއް ހަމަ ނެތޭ ބުނެވޭނީ އަދި.