-ފިރުޝާން ޔޫސުފް-
އޯގަސްޓް 2 ވަނަ ދުވަހަށް ފަހު ބާގި ފުލުހުންނާއި ސިފައިން އިތުރަށް ބޭޒާރުވާން ފަށާފިއެވެ. ބަގާވާތުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ބާގީ ފުލުހުންނާއި ބާގީ ސިފައިން ދާ އޮހުރުވާފައި ކުރަމުންދާ ބުރަ މަސައްކަތް ތަކުގެ ސަބަބުން އެމީހުން ދަނީ ހައްތާވެސް ބޮޑަށް ބޭޒާރުވެ އޮރިޔާން ވަމުންނެވެ.
ބާގީން އެންމެ ކުރާ ހިތްވާ ކަމަކީ ރައީސް ނަޝީދުގެ ވަސް މިޤައުމުން ފިލުވާލުމެވެ. އެމީހުން އެމަނިކުފާނު ދެކެ ގަންނަނީކީ އަމަށަކު ބިރެއް ނޫނެވެ. ދަހިވެތި ކަމާއި، އަމިއްލަ އެދުމާއި، ލަދު ހަޔާތް ކެނޑިފައިވާ ބާގީން ރައީސް ނަޝީދު ދެކެ އެހާ ޖެހިލުންވަނީ އެމަނިކުފާނަކީ އެމީހުންގެ ކުރާ އަނިޔާ ތަކަށާއި ދައްކާ ބިރުތަކަށް އެއްވެސް ޑަރެއް ޖަހާ މީހަކަށް އެމަނިކުފާނު ނުވާތީއެވެ. އެމީހުންނަށް އެމީހުން ހިތް އެދޭ ގޮތަށް ރައްޔިތުންގެ ބޮލަށް ޗިޕް ޖަހައިގެން މަކަރުހަދައި އެމީހުންގެ ޣައިރު ޤާނޫނީ ވެރިކަން މި ޤައުމުގައި ދަމަހައްޓައި ރައްޔިތުންގެ ފައިސާއިން މުއްސަނދި ދިރި އުޅުމެއް އުޅުމަށް އޮތް އޮތުމަށް ހުރަހަކަށް ވާ އެންމެ ބޮޑު ހުރަހަކީވެސް ރައީސް ނަޝީދެވެ.
ރައީސް ނަޝީދު ފުލުހުންގެ މަރުކަޒަށް ވަޑައިގަތީ އެމަނިކުފާނު އަމިއްލަ ފުޅަށެވެ. ވަޑައިގަތީ އާދައިގެ މަތިން އާދައިގެ މީހެއްގެ ގޮތުގައި މާލޭގެ މަގުތަކުގައި ހިންގަވާފައެވެ. ތަފާތަކީ ފަހަތުގައި އެތަކެއް ހާސްމީހުންގެ ބޮޑު ލަޝްކަރެއް އެމަނިކުފާނުގެ ފަހަތްޕުޅުން ވަޑައި ގަތުމެވެ. ފުލުހުންގެ މަރުކަޒާއި މާދުރު ހިސާބުތަކުގެ މަގުތަކުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެމަނިކުފާނަށް ޖެހިވަޑައިގަތީ މަރުކަޒަށް ދެވޭނެ މަގެއް ހޯދާށެވެ. އެންމެ ފަހުން ގޮސް ޗާންދަނީ މަގާއި އަމީރު އަހުމަދު މަގު ގުޅުނު ޖަންކުޝަނުގައި ތިބި ފުލުހުންގެ ބެރިކޭޑް ކުރިމަތީގައި މަޑުކޮށްލެއްވީއެވެ. އެމަނިކުފާނު ފުލުހުންގެ ޝިލްޑުތަކުގެ ތެރެއިންލާފައި އެސަރަހަށްދަށް ވަނުމަށް ފުރުސަތު ދިނީ އިރު ކޮޅެއް ފަހުންނެވެ. އެމަނިކުފާނަށް އެ ސަރަހައްދަށް ވަންނަން ޖެހި ވަޑައިގަތީ ފުލުހުންގެ ދެ ޝިލްޑުތެރެއިންލާފައި ދެމިގެން ކަހަލަ ގޮތަކަށެވެ. ފުލުހުންގެ އެއްވެސް ހިމާޔަތެއް އެ ވަގުތުގައި އެމަނިކުފާނަކަށް ނެތެވެ.
ނަމަވެސް މީޑިއާގައި ކަން އޮންނަ ގޮތަށް ވުރެ ރީތި ތަސައްވުރެ އާންމުނާއި ހަމައަށް ގެނެސްދޭ ދޮގު ވާހަކަ ފަތުރާ ފުލުހުންގެ މީޑިއާށް ވަނީ ރައީސް ނަޝީދު ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ވަޑައިގަންނާ ނަމަ އެމަނިކުފާނަށް ދޭންޖެހޭ (ޤާނޫނުން ލިބި ދޭންޖެހޭ) ރައްކާތެރި ކަމާއި ހިމާޔަތް ފުލުހުންގެ ފަރާތުން އެމަނިކުފާނަށް ލިބޭނެ ކަމަށް ބުނެ ދޮގު ހަދާފައެވެ.
ރައީސް ނަޝީދު އަށް ކުރެވޭ ތުހުމަތޭ ކިޔާފައި ފުލުހުން މީޑިއާގައި ވާހަކަ ދެއްކީ މާރިޔާދީ ދީއާއި އެކު ދެއްކެވި ވާހަކަތަކެއް ހމެނޭ ފޯނު ކޯލަކާ ބެހޭގޮތުންނެވެ. ނަމަވެސް، އެމަނިކުފާނު ފުލުސް އޮފީހަށް ވަޑައިގަތުމުން، އެމަނިކުފާނު ކުރި ކުށެއްގެ ވާހަކަ ސާފު ބަހުން އަންގައި ދޭން ތަކުރާރު ދެންނެވުމުންވެސް އެކަން ފުލުހުންނަށް ނުވި ކަމަށް އެތަނުގައި ތިއްބެވި އެމަނިކުފާނުގެ ވަކީލުން ވަރަށް ހާމަ ކަން ބޮޑުގޮތެއްގައި ވިދާޅުވަމުން އެބަ ގެންދަވައެވެ.
އެކަމާއި މޭ ބޮޑުވެގެން ފުލުހުން މިއަދު ވަނީ މީޑިއާއަށް ބަޔާނެއް ދީ ޕީއާރު ބައި ކުޅެފައެވެ. މިއަދު ފުލުހުން މީޑިއާށް ދިން މައުލޫމާތު ތަކުގެ ސަބަބުންވެސް އެމީހުން އިތުރަށް ވަނީ ބޭޒާރުވެފައެވެ. މިއަދު ބުނެފައިވަނީ ރައީސް ނަޝީދު 2 ޖަހަން ވާއިރު ވަޑައިގަންނަވަން އެދުމުން، ވަޑައިގެންނެވީ ބައިގަޑިއެއްގައިރު ފަހުން ކަމަށެވެ. ފުލުހުންގެ މިވާހަކައަށް މިލިޔުމުގައި އިތުރު އެއްޗެއް ލިޔުމަކީ ސަލާމަތް ބުއްދި ތަކަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެއެވެ. ދެން ފުލުހުން ބުނެފައިވަނީ ރައީސް ނަޝީދު އާއި މެދު ތުހުމަތު ކުރެވެނީ ރާއްޖޭގައި މިވަނި ތާރީހަކުން ފެށިގެން މިހާތަނަށް ފުލުހުންނަށާއި ފުލުހުންގެ ތަކެއްޗަށް ދީފައިވާ ހުރިހާ ގެއްލުމުގެ ފަހަތުގައި ހުންނެވީ އެމަނިކުފާނު ކަމަށެވެ. އަދި އެކަމުގެ އެންމެ އިސްފަރާތަކީ އެމަނިކުފާނު ކަމަށްވެސް ތުހުމަތު ކުރެވޭ ކަމަށެވެ.
ފުލުހުން މިއަދު މީޑިއާށް މިފޮނުވި ބަޔާނަކީވެސް، ހަސަން ލަތީފު ވިދާޅުވިގެން ފުލުހުންގެ ޕީއާރު ގެ ބައެއް ކަމަށް ވުން އެކަށީގެންވެއެވެ. ސަބަބަކީ މިއަދު ފޮނުވައިގެން އުޅޭ މައުލޫމާތުގައިވެސް ރައީސް ނަޝީދު ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުށުގެ އެއްވެސް ތަފްސީލެއް ނެތުމެވެ. އަދި ކުށްވެރިވަނީ ޤާނޫނުގެ ކޮން މާއްދާއަކުން ކަމެއްވެސް ފުލުހުންނަކަށް ބުނެވިފައެއް ނުވެއެވެ. މިއަދު މި ފޮނުވި މައުލޫމާތުންވެސް ދޭހަ ވަނީ ފުލުހުންގެ އަތުގައި ރައީސް ނަޝީދާ ދެކޮޅަށް ހަރުދަނާ ތާކުން ކުރެ ތާކު ޖެހޭ އެއްވެސް ކޭސް އެއް ނެތް ކަމާއި، މިހުރިހާ ކަމެއް ކުރަނީ ބަޣާވަތުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ބާގީ ފުލުހުންނަށް މަޖުބޫރު ވެގެން ކަމެވެ. މިއަދު މީޑިއަށް ހިތުން މާ ވަރުގަދަ އެއްޗެއް ކަމަށް ފޮނުވި މައުލޫމާތުގެ ސަބަބުން ފުލުހުން ވީ އިތުރު ބޭޒާރެކެވެ. ބެދުނީ އިތުރު ލަދެއްގައެވެ.
އޯގަސްޓް 2 ގައި އިތުރަށް ފުލުހުން ބޭޒާރު ވެގެން ދިޔަ އަނެއް ސަބަބަކީ އެދުވަހަކީ ފުލުހުންގެ އަނިޔާވެރިކަން ރައީސް ނަޝީދަށާއި ރައްޔިތުންނަށް އަމާޒު ވި ދުވަހަކަށް ވުމެވެ. ރައީސް ނަޝީދުގެ ހަށިކޮޅުގައި އެދުވަހު ފުލުހަކު ވަނީ ޖަހާފައެވެ. އެތަކެއް ރައްޔިތުނަކަށް ވަނީ އަނިޔާ ދީފައެވެ. ޖެހިޖެހީނުން ރައްޔިތެއްގެ ބޯ 2 އިންޗި ހައި ތަނުން ފަޅާލާފައިވެއެވެ. މިއީ ރައްޔިތުންނަށް ރައްކާތެރި ކަމާއި ހިމާޔަތް ދިނުމަކީ އެމީހުންގެ މޮޓޯ ކަމުގައި ހަދައިގެން ތިބި ފުލުހުންގެ ހާލަތު މިއަދު ހުރި ހިސާބެވެ.
ދޭއް އޯގަސްޓައި ފުލުހުން ބޭޒާރުވެގެން ދިޔަ އަނެއް ސަބަބަކީ، އެމީހަކަށް މުޅި ޤައުމު ފަހުރު ވެރިވާ ޝަހީދު ހުސެއިން އާދަމް ގެ ނަމުން ނަން ދީފައިވާ ފުލުހުންގެ މުއައްސަސާގެ މައި މަރުކަޒުގައި ތިބެގެން، ތިމާމެން އެބަޔަކަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ރައްޔިތުންގެ ބޮލަށް ކުޅު ޖެހުމެވެ. މިއީ މާބޮޑު ކަމެއް ކަމުގައި ބައެއް ފަރާތްތަކަށް ވިސްނިފައި ނެތް ކަމުގައި ވެދާނެއެވެ. ނަމަވެސް، މިއީ، ރައްޔިތުންގެ ފައިސާއިން އަންނައުނާއި ކެއުމާއި ބޭސްފަރުވާއާއި ހުންނާނެ ތަން ދީގެން، ރައްޔިތުންނަށް ހިމާޔާތާއި ރައްކާތެރި ކަން ދިނުމަށް ﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއްގެ ފަރާތުން ފެންނާނެ އެންމެ ދަށު ދަރަޖައިގެ އެއް އަމަލެވެ.
ތިމާމެންގެ ތެރޭގައި އެއްވެސް ކުށެއް ކުރާ މީހަކު ނުހުންނާނެ ކަމަށް ފުލުހުން ދަނީ އިންތިހާއަށް ދައުވާ ކުރަމުންނެވެ. އަދި އެމީހުން ކުރާ ކޮންމެ ނޭއްގާނީ އަމަލަކީ ނުވާ ކަމެކެވެ. އަދި އެމީހުންނަށް ކުޑަކުޑަ އަނިޔާއެއް ލިބުނަސް އެއީ ބޮޑު ކަމަކަށް ހަދާލައެވެ. ފަލަސްތީނުގެ އެތަކެއް ހާސް މުސްލިމުމުން ލޭ އެއީ އަގުބޮޑު އެއްޗަށް ނުވެފައި، މުއްސަނދި ނުފޫޒު ގަދަ ޤައުމެއްގެ އެންމެ މީހެއްގެ ގައި ލޭ އޮހޮރާލިޔަސް އެކަން ބޮޑުވެގެންދާ ނާ އިންސާފީ އުސޫލުންނެވެ. މިހުރިހާ ކަމެއް މިހެން ހުރީތީވި ދިވެހި ރައްޔިތުން މިހާރު ފުލުހުންނާމެދު އެއްވެސް އިހްތިރާމެއް ނުކުރެއެވެ.
ސިފައިންގޭގައި އުޅޭ އެތަކެއް ޤައުމީ ސިފައިންނަކީ އެމީހުންގެ ގައި ކޮންމެވެސް ރީތި ސިފަތަކެއް ހުރި ބައެކެވެ. ނަމަވެސް، އެމީހުން އަގު ވައްޓާލުމުގެ މަސައްކަތް އިއްޔެ ބާގީ ނާޒިމް ވަނީ ފަށާފައެވެ. ބާގީ ރިޔާޒު ފުލުހުންގެ މުއައްސަސާގެ އަގު ވެއްޔާއި މޮޑެލި ފަދައިންނެވެ. އިއްޔެގެ މުޒާހިރާގައި ބެރިކޭޑް ކައިރީގައި ތިބި ސިފައިންނަށް އަނިޔާވެފައި ވާކަމަށް ބުނެ ނާޒިމްގެ ބަހަށް އެމްއެންޑީއެފްއިން ވަނީ ބަޔާނެއް ނެރެފައެވެ. ކުރުކޮށް ބުނާނަމަ އެބަޔާނުގައި ވަނީ ދިވެހި ސިފައިންނަކީ ވަރަށް އަންހެން ދުޅާ ބައެއް ކަމެވެ. އެހެން ކަމުން އެ ނާޒުކު ހަށިތަކުގައި ނުކިއްސަރު ގޮތަކަށް އަތް ބީއްސާލެވުނަސް އަނިޔާ ވުމަކީއެކަށީގެންވާ ކަމެއް ކަމެވެ.
ކޮންމެ އަކަށް އޯގަސްޓް ދޭއް މިވަނީ ފުލުހުންނާއި ސިފައިން އެމީހުން އަމިއައްލައަށް ބަރަހަނާ ވުމުގެ ސިލްސިލާއަށް އިތުރު ޒަލްޒަލާއެއް ގެނުވި ދުވަހަކަށެވެ
Photo credits: Shahi Ghani http://twitter.com/shahi92
ޝިނާޒް
August 3, 2012 at 9:04 pm
ކައްޗަށް އެޅުނު ބިންގާ.. ކެއްޗާއި ހަމަޔަށް ދިޔަސް ދާނީ ކައްޗަށް…
ވީ ލަވް އަންނި
August 3, 2012 at 9:08 pm
ކޮންކަހަލަ މުގުރެއް އެގޮލާ އަތުގައި އެއޮތީ؟ މަށަށް ހީވަނީ ކަނޑި އަކުން ޖެހުމަށްވުރެ އަސަރު ގަދަވާނެހެން އޭގެއިން ލަޑައިފީޔާ. ކޮންއިރަކު ބާ ޕޮލިހުގައި އުޅޭ މޮޔައިންނަށް ވިސްނޭނީ؟ މަނަމަ މިހާރު އެންގްރީބާޑް އާއި ކޮމިށަނަރު ލަފުގައި ހިފާ އެތަނުން ބޭރުކޮށްފީމުސް.
ހާޝިމް
August 3, 2012 at 9:37 pm
ރިޔާޒުއާ، އަދި ބަޑި ނާޒިމުއަށް ބުނެލަންއޮތީ ދެން އިތުރަށް ބޭކާރު ވާހަކަ ނުދައްކާށެވެ، މިހާރު ތިޔަބައި މީހުންގެ ޓާރމް ތިތިބީ ހަމަވެފައެވެ، އެއްވެސް ޟަރުތަކާއިނުލާ ހަމަ މިހާރުން މިހާރަށް ޖަލަށް ވަޑައިގަތުމުގެ ދަތުރު ހެދުމަށް ދަންނަވަން. ޟުކުރިއްޔާ…..
ަސުހާ
August 3, 2012 at 10:46 pm
ދިވެހި ރައްޔިތުންގެ ތެރެއިން އިންސާފަށް ލޯބިކުރައްވާ، ހެޔޮވިސްނޭ އެންމެހާ ރައްޔިތުންނަކީ ހިތްވަރުގަދަ ބައެކެވެ. އަދި ރައްޔިތުންގެ ހިތްވަރަށް އައްސަރިބަހުން ސާބަހެވެ. މިމަންޒަރުންވެސް ނަޝީދަށް ހިމާޔަތްދިނީ ދިވެހިރައްޔިތުންކަން އެބައެނގެއެވެ. ބާޣީ ފުލުހުންނާ ސިފައިން އެތިބީ އަޅުގަނޑުމެންގެ ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމަށް ފޫގަޅައިގެންކަން ޔަޤީނެވެ.
ރަފީޢު
August 3, 2012 at 11:11 pm
ތިއަ ދެމުއަށްސަސާ (ފުލުހުން ނާއި ސިފައިން) މުޅިން ދޮވެ ސާފުކޮށް ގެން ނޫނީ ދެން ތި ދެތަން ރަގަޅެއް ނުކުރެވޭނެ! ވޭތުވެ ދިޔަ ސަތޭއަހަރެއް ހާދުވަހުގެ މަސައްކަތް އަދި އެހާ ބޮޑު ޚަރަދު! ހުރިހާވެސް ގެއްލުމެއް ރައްޔަތުންނަށް! މިހާރު ސަރުކާރު ހިންގާނެ ފައިސާ ނެތް ވާހަކަ ގޮވަނީ އެކަމަކު ބާޣީ ވަޒީފާތައް އިތުރު ކުރަނީ!!! ބާޣީ ސޭކުން؛ ފަހަރި އިމްރާން، މަސާޖު ސަހީމު އަދި ދިރޭއިނާމު އިލިޔާސް މެން ދުނިޔެބޭނުން ވެގެން އާޚިރަތް މަހުޖަނުން ނަށް ވިއްކާލީ!!!
ހައްދަވާ ބޮޑުކުރެއްވި އިލާހް އަޅަމެން މި ބާޣީންގެ ފުށުން ސަލާމަތް ކުރައްވާންދޭވެ. އާމީން
Dhuvaafaru Dhandahelu
August 3, 2012 at 11:19 pm
ދިވެހި ރާއްޖެއަކީ މިނިވަން ޤައުމެކެވެ. ހުދާއި ރަތާއި ފެހީގެ ދިދަ ދިވެހި ޖައްވުގައި ވިހުރެމުންދަނީ މިނިވަންކަމާއި އެކުގައެވެ. ދިވެހިންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ މިނިވަންކަމުގެ ހިޔާލުގައި މިނިވަންކަމާއިއެކު ތިބުމަށް އެދުންވެރިވާ އަހުލުވެރިންނެވެ. އެކަމަކުވެސް ދަންނަވަންތޯއެވެ. ޤައުމު މިނިވަނަސް ރައްޔިތުން ވޭތިކުރަމުން މިދަނީ އަޅުވެތިކަމުގެ ދުވަސްތަކެވެ. އަޅުވެތިކަމުގައި އެންމެ ދުވަހެއްވެސް ވޭތުކުރަން ބޭނުންނުވާ ދިވެހިން، ވަހީދުގެ ސަރުކާރު ކަމަށްދައުވާކުރާ ސަރުކާރުގެ އަޅުވެތިކަމުގައި ހޭދަކުރާ މިއީ 6 ވަނަ މަސްދުވަހެވެ.
ފުލުހުންނާއި ސިފައިން މިއަދު މިވަނީ ސިޔާސީވެ ނިމިފައެވެ. ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގެ ވާހަކަ ދައްކަމުންދާ މީހުންނަށް އިންތިހާހަށް ނުހައްގު އަދަބުތަށް ތަކުރާރުކޮށް ދެމުންދަނީ ހައްދުފަހަނަ އަޅާދާގޮތަށެވެ. ސަރުކާރަށް އިދިކޮޅު ލީޑަރުން ހިފާ ހައްޔަރު ކުރަމުން ދަނީ އުފަންނުވާ ތުހުމަތުތަކެއް އިސްތަށިފުޅުގައި އެޅުވުމަށްފަހުގައެވެ.
އަޅުގަނޑުމެން ދިވެހި ރައްޔިތުން އެމްޑީޕީގެ ލީޑަސިޕަށް އަދި ހާއްސަކޮށް ރައިސް ނަޝީދަށް ސުކުރުކުރަމެވެ. އަހަރެމެން ރައްޔިތުން އުޅެމުންދާހާލު ދުނިޔެއަށް ފާޅުކޮށްދެމުން ތިދާ ދިއުމަށް ވަރަށް ޝުކުރުވެރިވަމެވެ. އަހަރެމެން މިތިބީ ދިވެހި ދިދާގެ ހިޔާވެހިކަމުގެ ދަށުގައެވެ. މިނިވަން ދިވެހި ބިމުގެ ހިޔަލުގައެވެ. އެކަމަކު ބަޣީއީންނާއި އެމީހުންގެ އައުވާނުންގެ ބާރުގެ ދަށުގައެވެ. އެމީހުންގެ އަތްދަށުވެފައެވެ. އެމީހުން އަހަރެމެންނަށް މިއަދު ހަދަނީ ހަދާނެގޮތެކެވެ. އަހަރެމެން ބޭނުމީ މިނިވަންކަމެވެ. އަހަރެމެން ދެކެ ލޯބިވާ ވެރިއެކެވެ. އަހަރެމެންގެ ޙާލު ބައްލަވާ ހެއު ފޯރުވާ ވެރިއެކެވެ. އަހަރެމެންވެސް އެވެރިއަކުދެކެ ލޯބިވުމަށެވެ. އެވެރިއަކަށް އިޙްތިރާމް ކުރުމަށެވެ.
ޙަލީލު އަލީ އައްޑޫ ސިޓީ ހިތަދޫ
August 3, 2012 at 11:40 pm
މިރާއްޖޭގެ ވެރިކަން ފޭރިގަނެގެންތިބި ބާގީ ހަނގުރާމަވެރިންނޭ މިހާރުދެން ނޭވާހޮޅިޔައް ތިއޮތީ އެޅިފަ ދެންކުރާނެ ކަމެއްނެތް. ﷲ އިރާދަކުރެއްވީޔާ ބާގީ ހަނގުރާމަވެރިން ނެތިކުރައްވާނެ. ފުލުހުންނޭ ކިޔާހަނގުރާމަވެރިންނޭ ކަލޭމެން ރަނގަޅުވާނީ އިޒުރޭލުގަ ސުލްހަބަލަހައްޓަން އެގައުމުގެ ތިބީޔާ. ކޮބާތަ ސަދަންގޫރު ކައިގެންތިބޭ ޝޭޙުންނޭ ކިޔާފަތިބޭ ޝައިތާނުންފަތިވަރު ކަލޭމެން ރަނގަޅުވާނީ ކަލޭމެންގެ ޖަމާއަތާގުޅެން އަފުއާނިސްތާނައް ދިޔައިޔާދެން..
މައުމޫނު
August 4, 2012 at 2:03 am
މަށަށް މިކޮސް ހެދިއްޖެ ވަޓް ޓް ޑޫ؟
އެކަނި ކަލޯ
August 4, 2012 at 3:43 am
މިހާރު ބާޣީންނައް އެދަނީ ކެތި ފެނެމުން. އިރާދަކުރެއްވީތީ ވަރައް އަވަހައް އިދަޖެހިދާނެ. ހީކުރަނީ މީ އަދިވެސް ގޮޅާގެ 30 އަހަރޭ ބިރު ދެއްކޭނެ އޭ. އެހެނެއް ނުވާނެ ދެނެއް. ބާޣީ ފުލުހިންނާއި ބާޣީ ސިފައިން ބިރުން ފަހަތައް ޖެހޭ ދުވަސް ގާތް ވަނީ. ބިރުން ރަޖާ އަޅަން ތައްޔާރު ވޭ އަވަހައް…..
ޖާސިމު
August 4, 2012 at 6:17 am
އަނިޔާކުރުމުގައި ހައްދުފަހަނައަޅާފައިވާ ދިވެހިފުލުހުންނަކީ އެމީހުންގެ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުރިބައެއްނޫނެވެ. ހައިވާނުންނަށްވުރެވެސް ދަށުދަރަޖައިގެ ބައެކެވެ. އެއީ މާތްﷲދެއްވި ހިއްސުތަކުގެ ބޭނުން ހެޔޮގޮތުގައި ނުހިފާތީއެވެ. އަނިޔާވެރިވުމަކީ މަަަަަަަަަަަަަަަަަަަަާތްﷲ ވަރަށްބޮޑަށް ހަރާމްކުރައްވާފައިވާކަމެކެވެ. ނަމަވެސް އެނުބައިނުލަފާ ފުހުންނަކަަށް ހަމަނުވިސްނެއެވެ. ތިމާމެންނަށާއި ތިމާމެންގެ އަނބިދަރީންނަށް މާތްﷲގެ ކޯފާއެއް ނުލައްވަނީސް ތިޔައަނިޔާވެރިކަން ހުއްޓާލާށެވެ. މާތްﷲ ތިޔައަނިޔާވެރިފުލުހުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ.އާމީން
އަލީރަސީދު
August 5, 2012 at 2:51 am
ރައްޔިތުންނަށް އަނިޔާކޮށް ގާނޫނާއި ހިލާފްވާ ފުލުހުންގެ މައްސަލަތަށް އެއްވެސް މައްސައެއް ދޫނުކޮށް ޕޮލިސްއިންޓަރގުރިޓީ ކޮމިސަނަށާއި ޕްރޮސެކިއުޓަރ ޖެނެރަލް އަށް މައްސަލަތަށް ހުށަހަޅަންވީއެވެ .މައްސަލަތަކުގެ ރެކޯޑްސް ނުގެއްލި ހުރުމާއެކު ވަގުތުއައިސް ޖެހޭއި އެކަކަށްވެސް ސަލާމަތެއް ނުވެވޭނެއެވެ. އަނިޔާކުރި ފުލުހުންނާ ބައާވާތުގެ އެންމެން ތިބެންޖެހޭނީ ޖަލުގައެވެ. ޕޮލިސްއިންޓަގުރިޓީ އަށް މައްސަލަ ހުށަހަޅާ ފޯމު އެކޮމިސަން ގެ ވެބުސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
ޑަރޯގާ
August 5, 2012 at 3:25 am
ބަގާވާތް ކުރިއެއްވެސް ބަޔަކަށް ހަމަޖެހުމެއް ލިބިފައެއް ނެތެވެ. މީގުދުރަތީ ގާނޫނެވެ. ރާ ގާސިމާއި ސޯޓު ޗަމްޕާ އަދި ސަރުބީ ވަހިއްދީނަކަށް ގުދުރަތީ ގާނޫނެއް ބަދަލެއް ނުކުރެވޭނެއެވެ. އަނިޔާވެރިން ހަލާކުވެ ނިމިދަނީ އެބަޔަކު އަމިއްލައަށް ކުރާ އަމަލުތަކެއްގެ ޝިކާރައަކަށް ވެގެންނެވެ. މިގޮތުން މިގޮތުން މިގައުމުގެ އަނިޔާވެރިން ހަލާކުވެ ނިމިދިއުމަށްޓަކައި އެބައިމީހުން ކުރި ބަގާވާތް ވެގެންދާތަން ﷲގެ އިރާދަފުޅާއި އެކު މާލަސްތަކެއްނުވެ ފެނިގެންދާނެއެވެ.
ގުންޑާ އުފެއްދިމީހާ
August 5, 2012 at 9:03 am
ފުލުހުންގެ ތެރޭގަި ތިބި އާދައިގެ ކުދިންގެ ބޮލުގައި ބަޣާވަތް އެޅުވުމަށްފަހު ހުރިހާ ބޮޑުން ސަލާމަތްވަނީ. ގާސިމް ބުނީ މީ ފުލުހުން ހިންގި ބަޣާވަތެކޭ. ކީއްކުރާނީ ދޯ
ުއިންތިހާބް
August 6, 2012 at 9:54 am
ފުލުހުންގެ ތެރޭގައިވެސް އިޙްލާސްތެރި ކުދިން އެބަތިބި އެފަދަ މީހުންނާއި މެދު ފުލުހުންގެ ތެރޭގައި ތިބި ބޮޑެތި މީހުންދަނީ ފާޅުގައި ދުއްތުރާ ކުރަމުން އެމީހުން ބޭނުންވަނީ އެމީހުން އެހިންގި ހަޑިމުޑުދާރު އަމަލަށް ހެޔޮވިސްނޭ ފުލުހުންވެސް ބުނާށޭ އަނިޔާކުރުން 07 ފެބްރުއަރީ އޯކޭ ނުވަތަ ފިޔާތޮށި ކުލާގެ ޓީސާޓެއް ނުލާ މީހެއް ވިއްޔާ އެމީހާއަށް ވެސް އުޅެން އުދަގޫވާވަރު އެބަކުރޭ މިބައިގަނޑު މިގައުމުން ބޭރު ކުރާ ދުވަސް މާތްﷲ އަވަސްކުރައްވާން ފާންދޭވެ
ބާގީ
August 6, 2012 at 7:18 pm
މީހުސް ތެދު……….ކީހް ކުރާނީ؟؟؟؟؟؟؟
ޝައީ//
August 8, 2012 at 2:03 pm
ދެންލަލަލާ!
ޖޯން/ޖުހާ
August 9, 2012 at 4:09 pm
މީ ހާދަ މީހުނައް އަނިޔާ ކުރާހިއްވާ ބާޢީ އެކޭ
އަކުރަމް
August 12, 2012 at 3:17 pm
ގއ،ވިލިގިލި އިލްހާމް ސަކޫރު އެއި