-ފިރުޝާން ޔޫސުފް-
ފެބްރުއަރީ ހަތެއް 2012 ގައި ރާއްޖޭގައި ފުރަތަމަ އުފެދުނު ރައްޔިތުންގެ ވެރިކަން ވައްޓާލީ ބަޣާވަތަކުން ކަމަށް އިންކުއަރީ ކޮމިޝަނުން ނިންމި ކަމުގައިވިޔަސް އެކަން ޤަބޫލު ނުކުރާނެ ކަމަށް މައުމޫނު މިރޭ ބުނެ ބޮޑާ ހާކާއިފިއެވެ.
މައުމޫނު މިހެން ބުނެފައި މިވަނީ އެ ކޮމިޝަނަށް އޭނާ ހާޒިރުކޮށް ބަޣާވަތުގައި އޭނާގެ ބައިވެރިވުމާ ބެހޭގޮތުން އޮޅުން ފިލުވުމަށްފަހު، ވަރަށް އަވަސް އަރުވާލާފައި އޭނާގެ ޕީޕީއެމް އިން ބޭއްވި ޕްރެސް ކޮންފަރެންސެއް ގައެވެ.
ހުސްނީ މުބާރަކާއި ގައްޒާފީ ފަދަ 30 އަހަރުގެ ވެރިކަން ކުރި ޑިކްޓޭޓަރުން އުޅުއްވާ ހިޔާލީ ދުނިޔޭގައި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރި މައުމޫން އަދިވެސް އުޅުއްވާކަން އޭނާ ދެއްކެވި ވާހަކައިން ވަނީ އެނގިފައެވެ. މީޑިއާއަށް މައުލޫމަތު ދެމުން އޭނާ ބުނެފައިވަނީ، އެވަގުތުގައި މެލޭޝިއާގައި ހުރި ކަމުގައިވި ނަމަވެސް، އޭނާ ހުރީ (ވަހީދުވެސް ހުންނެވި ފަދައިން) ޓީވީއިން ހުރިހާ ކަމެއް ބަލަން ކަމަށާއި، އޭނާއަށް ވަރަށް ރީއްޗަށް ރައީސް ނަޝީދު އިސްތިއުފާ ދެއްވައި ދެއްކެވި ވާހަކަ ފުޅު އަޑު އިވި ފެނުނު ކަމަށާއި އަދި، ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ އަމިއްލަފުޅަށް ލިޔުއްވައިފައި ވުމުން، އެއީ ބަޣާވަތެކޭ ބުނާނެ އެއްވެސް ތަނެއް ނެތް ކަމަށެވެ.
މައުމޫނު ވަނީ އިންކްއަރީ ކޮމިޝަނުގައި އޭނާ ހިތް ހަމަ ނުޖެހޭ 2 ކަމެއް ހުރި ކަމަށް ބުނެ އެ ކޮމިޝަނަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނުގައި މަންދޫބަކު ހުރުން ކަމަށް ބުނެ މައުމޫނު ވަނީ ބޮޑާ ހާކާފައެވެ. މައުމޫނު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުން ފުރަތަމަ ހޮވި ޑިމޮކްރެޓިކް ރައީސްގެ ވެރިކަން ވެއްޓުމަށްފަހު އެކަންތައް ބެލުމަށްވެސް ތިބެން ޖެހޭނީ ހުސް މައުމޫނަށް ވަފާތެރި މީހުންނެވެ. މައުމޫނު އޭނާގެ މަންދޫބަކު ކޮމިޝަނުގައި ނުހުރެގެން އެކަމާއި ހިތްހަމަ ނުޖެހި ޒާތް ކޮޅު ދައްކައި ވާހަކަ ދެއްމުން ދޭހަވަނީ މައުމޫނަކީ އެއްވެސް ވަރަކަށް އިންސާފާއި ހަމަހަމަކަން ދަންނަ މީހެއް ނޫން ކަމަށެވެ.
މައުމޫން އިތުރަށް ބުނެފައިވަނީ ކޮމިޝަނުން މައުމޫނު ކުރި ކަމަށް ބުނެ ސުވާލު ކުރި ހުރިހާ ކަމެއް އެއީ އޭނާ ނުކުރާ ކަމެއް ކަމުގައި ކޮމިޝަނުގައި ބުނެފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ވެރިކަން ބަދަލު ވުމުގެ ކުރިން ސޮނެވާފުށީގައި ވަހީދާއި ބައްދަލު ކުރިކަމާއި އަދި ހަތް ވަނަ ދުވަހުގެ ހެނދުނު ރައީސް ނަޝީދު ބަނޑޭރި ކޮށްޓަށް ވަނުމުން، ކޮންމެވެސް މީހެއްގެ ކައިރީގައި އެ މަސް ގޮސް ދަލުގަ ޖެހުނީ ކަމަށް މައުމޫން ބުނި ބުނުން ހިމެނެއެވެ.
މައުމޫނުގެ ވާހަކަ ހުރީ އޭނާގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ބޭރުގެ މީޑިއާތަކަށް ވާހަކަ ދައްކަވާ ފަދަ ބީދައަކުން ނޫނެވެ. ހުރިހާ ކަމެއް ‘ސިމްޕްލީ ނޮޓް ޓްރޫ، އިޓްސް ނޮޓް ޓްރޫ’ އެވެ. އަދި މައުމޫނު ވާހަކަ ދައްކާއިރު އޭނާ އެ ދައްކަވާ ވާހަކަ ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލު ކުރާހެން ނުވަތަ ކުރަން ޖެހޭ ހެން އޭނާއަށް ހީވެފައި އޮންނަ ކަހަލަ ނިޝާންތަކެއް ފެނެއެވެ. ބެލެވޭ ގޮތުގައި އަދިވެސް އޭނާ ދެކެނީ އޭނާއަކީ ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުންނަށް ވުރެ މަތީގައި އުޅޭ ‘މާތް’ އިންސާނެއް ކަމުގައެވެ.
ރާއްޖޭގެ ގިނަ ރައްޔިތުން އޭނާ އާމެދު ދެކެނީ އަނިޔާވެރި މަކަރުވެރި ޑިކްޓޭޓަރެއްގެ ގޮތުގައެވެ. ނަމަވެސް މަދުން ނަމަވެސް، މައުމޫނަކީ ވަލީ ވެރިޔެއް ކަމުގައި ދެކި، އޭނާއަކީ އަދާ ހިލާފު ބާރުތަކެއް ލިބިފައިވާ މީހެއްކަމަށް ގަބޫލު ކުރާ މީހުންވެސް ތިބެއެވެ. ތިރީގައި އެވާ ވީޑިއޯ އިން އެކަން ސާބިތުވާނެއެވެ.
މީގެ އިތުރުން މައުމޫނަކީ އޭނާ އެއްފަހަރު ދައްކާ ވާހަކަ ފަހުން މުޅިން އެހެން ގޮތަކަށް އަނބުރާލައިގެން ދެއިރު ދެގޮތަށް ދެ އަނގައިން ވާހަކަ ދައްކާ މީހެއްކަން ވަރަށް ފާޅުކަން ބޮޑުކޮށް ރާއްޖޭގެ ރައްޔިތުންނަށް ވަނީ ފެނިގެން ގޮސްފައެވެ.
ވީ ލަވް އަންނި
July 31, 2012 at 4:16 am
އޯލްރައިޓް.. އެހެންވީޔާ ނައިބު ރައީސަކަށް ހުންނަ މީހާ އަކީ ރައީސް މީހާ އިސްތިއުފާ ދިނުމުން ހަމައެކަނި ރައީސްކަމާ ހަވާލުވެލަން ހުންނަ މީހެއް ދޯ؟ އޭނާއަކަށް ނުޖެހޭނެތޯ ރައީސްމީހާއަށް ހުރިހާގޮތަކުން ވެސް އެހީތެރި ކަންފޯރު ކޮށްދޭން؟؟ އަންނި އައިސްދީބަލާށޭ ބުނުމުން ވެސް އެކަލޭގެ އަކަށް އާދެވުނު ކަމަކަށް ނުވި… ކޮންމެއަކަސް ވަހީދު ގެ ރައީސެއްގެ މުސާރައަކީ ކޮރަޕްޓް ވެފައި ހުރިމުސާރަ އެއްކަމަށް ބެލެވޭނީ.. އެންޓިކޮރަޕްޝަނުން މިމައްސަލަ ތަހްގީގް ކޮށްދެއްވުން އެދެން. ފުންމައިގެން އަރާ ގޮނޑީގައި އިށީނަކަސް ހުރިހާކަމެއް ނިމުނީކީ ނޫން ވަހީދޫޫޫ. އަޅެ މީހުން މިވަރަށް އެއްޗެހިކިޔާއިރުވެސް ލަދެއްވެސް ނުގަނޭ ބާ؟
ވީ ލަވް އަންނި
July 31, 2012 at 4:18 am
މައުމޫނަކީ ދޮގުހަދާ ކުއްޖެއް.. ދޮގުހަދާ ކުދިން ދާނީ ނަރަކައަށް
ބޭބެ
July 31, 2012 at 4:47 am
ބަލަމިހިރަ މުސްޅި މޮޔަބެ ހަމަޔަގީން ތިހިރީ ބޯގޯސް ވެފަ މިހިރަ މޮޔަޔާ
މިއުޅެނީ ތިޖަނަވާރުގެ ވެރިކަން ވެއްޓިގެނެއް ނޫނޭ ކަލޭގެ ނަންކިޔާމީޙަކު ތިތާ
ނެތިގެން ތިތެޅެނީ މިހާރުވެސް ތިބީ ތިޖަނަވާރު ލާފަތިބިމީހުން ތީހަމަ މިގައުމައްހުރި
ބޮޑު ބަލާވެރިކަމެއް ބަލަ އަހަރުމެންމިކިޔަނީ މީބަޢާވާތެކޭ ކަލޭގަބޫލުނުކުރިޔަސް ހެޔޮ
ކަލޭ އަމިއްލަޔައްދަންޖެހޭތަން މިގައުމު ރށްޔަތުންނައް ﷲގެ މިންވަރުފުޅު ވަރައް
އަވަހައް ފެންނާނެ ވަރައް ކައިރިވެއްޖެ ބަލަން މިތިބީވަރައް ގާތުން
އަޅާ
July 31, 2012 at 4:54 am
މީ ހާދަ ނުބައި ނުލަފާ މީހެކޭ. ގޮޅާ ބެ ދައްކާ ވާހަކަ ގަބޫލު ކުރަން ހެޔޮނުވާނެ 30 އަހަރު ވަންދެން ދޮގު ހަދައިގެން އުޅެވުނީމަ ކަލޭ ހީކުރީ މިހާރު ކަލޭ ބުނާ ކޮންމެ އެއްޗެއް ރައްޔިތުން ގަބޫލު ކުރާނެ ކަމައްތަ. ހަމަ ކަލޭ އަޑީގަ ހުރެގެން 7 ފެބްރުއަރީގަ މިގައުމުގަ ބަޢާވާތް ހިންގީ. މުސްކުޅި އެތި..
ފަތިސްހަނދުވަރު
July 31, 2012 at 8:55 am
މިހާރު އަބްދުލްގައްޔޫމުގެ ފުތް މައުމޫނަކީ ހަމަ ތުއްތުކުއްޖެއް. ހުންނާނީވެސް ތުއްތުކުދިންގެ ހުންނަ ކަހަލަ ވިސްނުން. އުޅެންބޭނުންވާނީވެސް ބޮޑަށް ބަތްކައްކާ ކުޅޭ ކުދިންނާއެކު. އެކުދިންގެ އެންމެ އިސް މީހެއްގެ ގޮތުގައި. އެހެންވެނޫންތޯ މިހާބޮޑަށް މީނަ ކަންކަމާ ބޮޑާހާކާ އިދިކީލި މިވަނީ… މީނައަށް ހީވޭ މީނަ ބުނާ ހުރިހާކަމެއް އެބުނާގޮތަކަށް ވެނިމެންވާނޭ. މީނަގެ ބަހަކީއޭ ދެން އެންމެ ފަހުބަހަކީ!
ރައޫފް
July 31, 2012 at 9:10 am
ތިކޮމިޝަނަކީ މައުމޫނުގަބޫލުކުރަނީ ކޮންގޮތެއްތޯ ބަލަން އުފައްދާފަވާ ކޮމިޝަނެއްތަ. އޭނަގަބޫލުކުރިޔަސް ނުކުރިޔަސް މިއީ ބައާވާތެއް. އޭނައަކީވެސް މިބައާވާތުގެ އަޑީގައިހުރި އެކަކު. ފިނޑިކަމުން ފާޅުގައި ނިކުންނަން ނުކެރުނީ. ނަޝީދު ވެރިކަމަށް އައިފަހުން އޭނަ ދައްކަމުން އައި ވާހަކަތަށް ރަގަަޅަށް ބަލައި ދިރާސާކޮށްފިނަމަ މިބައާވާތުގައި އޭނަ ބައިވެރވާވަރު އެގޭނެ. މިހާރު މައުމޫނު އުފައްދައިގެންތިއުޅޭ ” ޕްރައިވެޓް ޕްރޮޕަޓީ އްފް މައުމުމޫނު “އުފައްދައިގެން ބީޗްގައިބޭއްވިޖަލްސާޔަކުނޫންތަ އޭނަބުނީ ” ކޮށްމެ ގޮތެއްހަދައިގެން ނަމަވެސް މިސަރުކާރު ބަދަލުކުރަންޖެހޭ ‘” ކަމަށް. އެއީ މިބައާވާތުގެ ފެށުން.
Aishathu Ibrahim
July 31, 2012 at 9:23 am
އެސްޓީއޯގެ މަސްކިރާ ބޯޓުތަކުން ޅިޔަނު ހޯދައިދިން ކޭސިއަރުން ތަކަކަށް ފިސްތޯލަ ދީގެން ތިމާމީހާވެސް އަންބޮނޑިއަށް ފިސްތޯލައެއް ޖަހައިގެން ހުރެ ރައީސްކަމުގެ ހުވާ ކުރުން އޯކޭ؟ މިކަހަކަ މީހުންނަށް އެނގޭނީ އަންދާ ޤާނޫނު.
ބަރުމާ
July 31, 2012 at 10:32 am
އެންޓި ކޮރޮޕްޝަނަކީ މައުމޫނު އަދި ކަރަޕްޓްވެފައިވާތަނެއް
ބީރުމައުމޫނު
July 31, 2012 at 11:31 am
މައުމޫނު ބުނާގޮތަށް ތިރިޕޯރޓް ނުނެރެފިއްޔާ ތިމައުމޫނު އަމިއްލައަށް ***ހޭނެކަން ނޭގެ ނޫނީ އިސްމާޢިލް ސަފީޤްގެ ދުވަސް ދިޔައީ
ސަންލިންކް
July 31, 2012 at 2:56 pm
ފަތިސް ހަދުވަރު އެބުނާހެން މައުމޫންމެންގާގައި ހުންނާނީކުަޑަކުދިންގެހިޔާލު އުމުރުންވެސް 87 ވެއްޖެ. ކަންކަންކުރާނީ އޭނާގެދަރިންގެ ވިސްނުމާއެއްގޮތައް އޭނާގެދަރިންނަކީ އެހާހަމަ ބައެއްކަމަކަށް މަށެއްނުދެކެން އެހެންވީމަތާ އެންދެރިމާގެމަތިން ލަޓިބުރި އުކަނީ އެއީ ޕާޓޭން ކުރާޒާތުގެކަންތައް. މައުމޫން އެއީ ވަރަށްބޮޑާހާކާގޮލައެއް. ބޮޑުވަބާއެއް. ބަގާވާތެއް ނުރާވާނެ އޭނައެދިގެންނޫނިއްޏާ. ގޯޓު ހެލް.
ސޭމްޑޮޓް
July 31, 2012 at 4:10 pm
އިޓުސް ނޮޓް ޓުރޫ ނައްޓު އިޒް ނޮޓް މައި ވައިފް.. ވަހީދު އިޒް ބެޓާރ
ސީދީ
July 31, 2012 at 4:27 pm
މީނާއަކީ މުޅިގައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ވަބާއެއް މިކަމުންގައުމު ސަލާމަތްކުރުން ވަރަށް މުހިއްމު
ޗާލްސް
July 31, 2012 at 5:44 pm
ވަގުކަލޭގެ މިއޮތީ ދަލުގަ ރަނގަޅަށް ވެސް ޖެހިފަ މިފަހަރު
އަހުމަދް
July 31, 2012 at 5:05 pm
މިދެންކިހާބޮޑު ބަލާއެއް މިޅާމަރުވިޔަސް މިބަލާވެރިކަމުން އަހަރުމެންހީނުވޭސަލާމަތް ވާނެހެން ހައްދަވާބޮޑުރައްވާ ގެންގުޅުއްވާ އިލާހު މައުމޫނާއި އޭނާގެއާަިލާގެ މަކަރާއި ހީލަތާއި ވަކިތަކުން އަޅަމެންނާއި އަޅަމެންގެގައުމު ތާއަބަދަށް ސަލާމަތްކުރައްވާދޭވެ
ކިޔުންތެރިޔެއް
July 31, 2012 at 7:58 pm
ބޮޑާހާކަންފެށީމަ މަންމަވެސް އިލޮށިފަތިން ބާރު ބޮނޑިޔެޖަހަނީ އެހެންވީމަ މައުމޫނުގައިގަވެސް އިލޮށިފަތިން ދޮނޑިޔެއްއަޅާ އޭރުން ބޯޑާހޭކުން ނިމިދާނެ ކަމަށް މަންމަ އެބަބުނެ އެހެންހަދަންގޮވާލަން
މުޙައްމަދު
July 31, 2012 at 9:01 pm
މައުމޫނު ، ވަޙީދާ ބައްދަލުކުރީ ސޮނެވާފުށީގައެއްނޫން. ރޯޔަލްގަ. ޤާސިމުގެރަށުގަ.
އެހެންވީމާ އޭނާބުނާނެތާ ތިމަންނަ ދޮގެއްނުހަދަމޭ. އަދިބުނަން . އެދަތުރު އޭދަފުށީ
ގައި ހުރީ ކުރައުން ނަޒީރުހަދާފައިހުރި ޕެލަސްގައި.
މުޙައްމަދު ޝިހާން
July 31, 2012 at 9:37 pm
މުހިއްމީ ބައްދަލުކުރި ތަނެއް ނޫން. ބޭނުންވެގެން މިއުޅެނީ ބަޣާވާތުގައި މައުމޫނުގެ ދައުރު. ރަނގަޅަށް ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަސް އިގޭނެ ވެރިކަމާއިހެދި އެހާ ދަހިވެތި މީހަކު އެކަމުގެ ތެރެއަށް ނުވަދެ ނުހުންނާނެ. ދެން އަނެއްކާ އިންކުއަރީ ކޮމިޝަން ޤަބޫލުނުކުރާކަން އޭނަގެ ވާހަކައިން ވަރަށް ސާފު. އޭނަ ޤަބޫލުކުރަނީ ތޯއްޗެއް އޭނައަކީ މުޅިދުނިޔޭގައިވެސް ހުރި އެންމެ ބުއްދިވެރި މޮޅުމީހާއޭ.. އެހެންވެއޖިއްޔާ އޭނަ ފޭލްވެއްޖެ. މަވެސް ވަރަށް އިޙުތިރާމް ކުރިމީހެއް މައުމޫނަކީ. އެކަމަކު ތިޔަދައްކާ ވާހަކައަކުން މުޅިން ފޫހިވެއްޖެ..
ޖޯސެފް ކޯނީ
July 31, 2012 at 9:59 pm
ދެން މި މީހުން ހީވަނީ މުސްކުޅި ނުވާނެ ބައެއް ހެން!
drp
July 31, 2012 at 10:38 pm
ބުޅްޅަބެ ގޮޅާއަކީ ޕީޕީއެމްގެ ގުންޑާއިން މަގުތަކަށްނެރެ ގަތުލުއާމް ހިންގުމުގައި ބަޣާވާތުގެ މުގުލުގައި ހުރިހެން ހުރި ބޮޑާހާކާ ގޮޅާބޯ!
ދުމްމާރި
July 31, 2012 at 11:02 pm
ރަތްޔަތުންނޭ މި**** މިއުޅެނީ މީބަަަޢާވާތެައްކަން އެގޭތީ އަސްލުވެސް ބޯގޯސް ވެގެން. މީނަޔަކީމާ ދީންދަންނަ މީހަކަށް ވެގެން .މިހާރުމީހަކުމަރާ ނުލައިގެން އެތެޅިއަރުވަނީ **** ބުނިކަމައްވޭ ކިތައްމެ ނުބައިކަމެއް ކުރިޔަސް މީހެއްގެ އަތުންމަރު ވެއްޖެއްޔާމު ދާނީސުވަރުގެޔަށޭ . އެހެންވެ މިކަލޭގެ ބޭނުމީ އަމިއްލަޔައް މަރުނުވެ ބަޔަކު އަތުން މަރުވާން.ހުރިހާބޭފުޅުންވެސް ވަރައްވިސްނާތި . މީނަމިޙާރު މިދަނީ ﷲގެހެޔޮރަހުމަތިން އަޖަލު ޖެހެމުން މިކަހަލަ ***** އަމިއްލަޔައް ނިމިގެން ދާނެ
ޝިނާޒް
July 31, 2012 at 11:59 pm
މައުމޫނުގެ މަންދޫބަކު ކޮމިޝަންގައި ނެތީ، މަނިކުފާނު އެއްވެސް ވަރަކަށް މިބަޢާވާތް ގެންނަން މަސަތްކަތެއް ކޮށްފައި ނުވާތީ… ޗަކޮއި ތެހެން ތެޅެނިކޮށް ފަޅާ އަރާނީ…
ލިޖް ޤައުމަށްޓަކައި
August 1, 2012 at 12:00 am
އިންކްއަރީ ކޮމިޝަނުން ބަޤާވަތެއް ކަމަށް ނިންމައިފިނަމަ ، އެއްމެ ފުރަތަމަ ކަމަކަށް މައުމޫން އަބްދުލް ޤައްޔޫމް ހިފާ ހައްޔަރުކޮށް *** ***** ގޮވާލަން……… ދެންތިބި ބާޤީން ތަށް އުމުރަށް ޖަލަށް….އޭރުން މިޤައުމް ޕީސްފުފް ވެގެން ދާނީ.. އެހެންނޫނީ ދެންވެސް މިޤައުމުގަ އޮހެރޭނީ ، އޮހެރިގެންދާނީ ދިވެހި ދަރިންގެ ލޭ..
ލިޖް ޤައުމަށްޓަކައި
August 1, 2012 at 12:14 am
މީހެއްގެ އަތުން މަރުވުމަކީ އަދި ސުވަރުގެ ކާމިޔާބުވުމެއް ނޫން… ﷲތައާލާ އަކީ އެއްމެ އިންސާފްވެރި ފަރާތް…….. މުސްލިމުންނަށް ސުވަރުގެ ވަނީ ، މުސްލިމަކަށް ވެވޭނީ މަސްޓް ކޮށްފައިވާ 5 ނަމާދު ޤާއިމް ކުރާމީހެއް………………. އަނިޔާވެރިންނަށް ޖާހިލުންނަށް ހިޔާނާތްތެރިންނަށް ސުވަރުގެއެއް ނެތް
ބާ ގޮޅާ
August 1, 2012 at 1:56 am
ގޮޅާހީކުރީ މީވަރަށް މީހުން ބަލާގަންނަ މީހެއްކަމަށް އެކަަމަކު އެހާމުސްކުޅިވީމަ ކިހިނެއް މިމީހާ ބަލާގަންނާނީ.. ދަތެއްވެސް ހަމައަށްނެއްކަންނޭގެ. ހާދަމުސްކުލިއޭ މިހާރު ދޯ. ރަށްޔިތުންނަށް އަނިޔާވެރިވީމަ ރަށްޔިތުން ބަލައެއްނުގަންނާނެ ބާގީ މައުމޫން މެނެއް..
އަހުމަދް
August 1, 2012 at 5:30 pm
މިދެމީހުން އެކުއެކީ ޖަލަށްވެސް ލާންޖެހެނީ ނަސްރީނާޖެހޭބޮޑީގާޑު މައްސަލައިގަ ހައްދުޖަހަން
މައުމޫނަކީ ރާއްޖެދުއް އެންމެބޮދުގާތިލް
ހުސެންޖާހިލު
August 1, 2012 at 9:50 pm
މައުމޫނަށް ތެދުފުޅެއް ނުހެއްދެވޭނެކަން މި ދެ ވީދިއޯ ބަލާލި ކޮއްމެ މީހަކަށް އެނގޭނެ ކަމަށްދެކެމެވެ.މައުމޫނުގެ ބައްޕަ އޭނަޔަށް ނަންދެއްވީ އަބުދުﷲ ނައުމޫނު އެވެ.އަބުދުލް ގައްޔޫމު ސީދީގެ ހުރިހާކުދިންގެ ނަމުގެ ކުރީގައި އަދުﷲ އޮވެއެވެ. ނަމަވެސް އަބުދުﷲ މައުމޫނު އަށް މިރާއްޖޭގެ ރައީސްކަން ލިބުނުތާ ކުޑަދުވަސްކޯޅެއްގެ ތެރޭގައި ރައީސްއޮފީފުގެ ދެންނެވުމަކުން ރައީސްގެ ނަންފުޅު ލިޔަންވީގޮތް އެންގެވިއިރު ވަނީ އަބުދުﷲ ކަނޑާލާފައެވެ.އެއީ ރައީސުލް ޖުމުހޫރިއްޔާ ފަދަ ބޭފުޅަކު ﷲ ގެ
އަޅަކަށް ވެގެން ނުވާނެތީ ކަމަށް ވެސް ވެދާނެއެވެ.
އަޅަކަށް ވެގެންނުވާނެތީ ކަމަށްވެސް ވެދާނެއެވެ.
ވީ ލަވް އަންނި
August 2, 2012 at 11:37 am
ދެން އޯކޭތާ މިކަހަލަ އެއްޗެއްގެ ނަމުގެ ތެރޭގައި ﷲ ގެ އިސްމުފުޅު ކުރީބައިގައި ކަނޑލެވިފައިވާކަން އެވެސް ރަގަޅަކަށް ވީކަމެއް. އިސްލާމްދީނަށް ލިބުނުވަރަށް ބޮޑު ނަސްރެއް އެއީ. ﷲ އަކްބަރު.
ބަހަބޯކަލޭގެ/ފޯއްމުލައް
August 2, 2012 at 11:29 pm
ބަލަގަ މައުމޫނު.ތިބޭފުޅާ ލައްވާ ކަމެއް ގަބޫލުކުރުވަންއުޅެންޏާ އުޅެނީ ކައިރީގައި ތިހުންނެވި ކަނބުލޯއެވެ.މިރާއްޖޭގެ އެހެންބަޔަކު ތިބޭފުޅާލައްވައި ކަމެއްގަބޫލުކުރުވާކަށް ނޫޅެއެވެ.މާތާހިރު ވާހަކައެއްކަމަށްހީކޮށް ތިދެއްކެވީ ހާދަކޮސްވާހަކައެކެވެ. ޢިންކްއަރީ ކޮމިޝަނުން ވެރިކަންބަދަލުކުރީ ބަޣާވާތަކުންކަމަށް ނިންމިއަސް ތިމެންނާ އެގޮތް ގަބޫލުނުކުރާނެ ކަމަށެވެ.އެއްދުވަހު ހަމަތިޔަދޫފުޅުން ތިމެންނާ މިރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު އަތުގައި ހަތިޔާރު ހުރިކަމަށް ވިދާޅުވެފައި އަނެއްދުވަހު ވިދާޅުވީ އެހެން ނުބުނާ ކަމަށެވެ.އިސްލާމީ މަރުކަޒުގައި އޮތްޖަލްސާއެއްގައި އެތެއްބައެއްގެ ހާޟިރުގައި މިރާއްޖޭގައި އެމީހަކު ބޭނުންދީނަކަށް އުޅެވެންއެބޯތޭ ވިދާޅުވެފައި އަނެއްދުވަހު ވިދާޅުވީ އެހެން ވިދާޅުނުވާކަމަށެވެ.މާފުށީޖަލުގަިބަޑިޖަހައި މީހުން މެރިމައްސަލަ އާއިގުޅިގެން ރައްޔަތުންގެ މަޖިލީހުގައި ވާހަކަ ދައްކަމުން ވިދާޅުވީ ބަޑިޖެހީ ފަޒާ އަށް ހަވަޔަށް ކަމަށެވެ.އަނެއްދުވަހު ވިދާޅުވީ ގަޔަށްވަޒަން އަރާގޮތަށްވެސްޖެހުނު ކަމަށެވެ. މިކަހަލަ ކިހާއެއްޗެއް ލިޔެވެން އެބައޮތްތޯއެވެ.މިކަންކަމުންވެސް މިއެނގެނީ މަނިކުފާނަކީ ތެދު ގަބޫލުކުރައްވާ ދެތުހައްދަވާ އަދުލު އިންސާފު ގަބޫލުކުރައްވާ ބޭފުޅެއް ނޫންކަމެވެ. ދެންދެއްކެވި އަނެއްކޮސްވާހަކަފުޅަކީ އިނކްއަރީ ކޮމިޝަންގައި ތިމެންނަގެ މެމްބަރަކު ނެތްވާހަކައެވެ.ބަލަ ނަޝީދުގެ މެމްބަރަކު ބައިންދަންޖެހެނީ ދިވެހިރައްޔަތުން އެމީހުންގެ ރައީސަކަށް ނަޝީދު ހޮވާފައި ހުއްޓާ ގާނޫނީހަމަތަކާއެއްގޮތްނުވާ ގޮތަކަށް ބަޔަކު އެވެރިކަން ދަމައިގެންތޯ މިއުޅެނީ ބަލާތީއެވެ.މައުމޫނުގެ ރައީސްކަން ބަޔަކު އަތުލި މައްސަލައެއްނޫނެވެ.ވީމާ ތަންކޮޅެއްވިސްނުންތެރިކަމާއެކު ވާހަކަފުޅު ދެއްކެވުން އެދެމެވެ. މިގައުމުގައި މިހާރު ކޮހުންނެއް ނޫޅެއެވެ.
ފެލިވަރު
August 4, 2012 at 5:32 am
ނައްތު ބޭނުންގޮތަކަށް މިގައުމުގައި އުޅެވޭނެ އެކަމުން މައުމޫން ކީއްކުރާނީ އެފަކީރު އިދެގެން ހުއްޓާވިއްޔާ އެކަމެއް ކުރީ އޭތިކަނޑައޭ މައުމޫނު
މަގޭ
August 14, 2012 at 2:27 am
އެންމެންވެސް މުސްކުޅިވާނެއެވެ. އެކަަމަކު މައުމޫނު ދުވަހަކުވެސް މުސްކުޅިއެއްނުވާނެ. އަދިވެސް ހާދަހާ ރީއްޗޭ. މިވާހަކަ ފެނިެއޖެއްޔާ އެކަލޭގެހިތަށްއަރާނެ ތިމާމީހާ އަދިވެސް ހާދަހާ ރީއްޗޭ..