މުޙައްމަދު ފަޔާޒް (އެފް. އޭ) އަކީ ބާޣީ ސަރުކާރުގެ ހޯމް އެފެއާރޒްގެ ސްޓޭޓް މިނިސްޓަރެވެ. މީނާއަށް މިމަޤާމުން މުސާރާއާއި އެލަވަންސްގެ ގޮތުގައި މަހަކު 47000 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ޕޮލިސް ޕެންޝަނެއްގެ ގޮތުގައި ކޮންމެ މަހަކު 19000 ރުފިޔާ އަދި މީގެ އިތުރުން މީނާގެ އުމުރު ދުވަހަށް ކޮންމެ މަހަކު 4500 ރުފިޔާގެ ހެލްތް އިންޝޫރެންސް އެއް ވަނީ ނަގާފައެވެ. އެހެން ކަމުން މީނާއަކީ ބާޣީ ސަރުކާރުން ގެންގުޅޭ ވަރަށް ޚަރަދު ބޮޑު މީހަކަށް ވަނީވެފައެވެ. އެ ޚަރަދު ކުރަނީ ތިޔަ ރައްޔިތުންގެ ފައިސާއިންނެވެ.
މައުމޫނުގެ ސަރުކާރުގައި އެފް. އޭ އުޅުނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. އަންނިގެ ސަރުކާރުގައި ވަރަށް އިތުބާރު ހުރި ހަރުދަނާ މީހެއް ކަމަށް ހީކުރެވި އޭނާއަށް ވަނީ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމް ދީފައެވެ. ނަމަވެސް އަންނިގެ ވެރިކަމުގެ ތިން އަހަރު ތެރޭގައި މީނާގެ ގިނަ މައްސަލަތަކެއް ފެންމަތިވާން ފެށިއެވެ. އެންމެ ފަހުން ކޮރަޕްޝަންގެ މައްސަލަ އުޅޭކަމަށް ތުހުމަތު ކުރެވުމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ވަކިކޮށް، ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމަށް ބަދަލުކުރިއެވެ.

އަންނިގެ ވެރިކަމުގައި މީނާއަށް ޒިންމާދާރު ވަޒީފާއެއް ދީފައި ހުއްޓަސް އެފްއޭއަށް އަށް އެއްވެސް ކަމެއް ރަނގަޅަށް ކުރެވިފައެއް ނުވެއެވެ. އެފްއޭ އަކީ އަބަދު ފައިސާ ގެ ދަހިވެތި ކަމުގައި އުޅޭ މީހެއް ކަމުން ނަޝީދުގެ ވެރިކަމުގައި އެފަދަ ކަންތައްތައް ކުރުން އުނދަގޫވެގެން ދިއުން ވެގެން ދިޔައީ އޭނާ ވަރަށް ހިތްހަމަ ނުޖެހުނު ކަމަކަށެވެ. ގިނައިން ރުފިޔާ ކާލެވޭނީ މައުމޫނަށް ވަފާތެރިވެގެން ކަން އެފް އޭ އަށް ވަނީ މިހާރުގެ ބާޣީ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒްގެ ފަރާތުން ވަރަށް ރަގަޅަށް ދަސް ވެފައެވެ.
މައުމޫނުގެ ސަރުކާރުގައި އެފް އޭ ޕޮލިސް ސާރވިސްގެ އައި ޓީ އެންޑް ފޮރެންސިކް ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި އިރު އަބްދުﷲ ރިޔާޒް އާއި ދެމީހުން ވަރަށް ގުޅިގެން މަސައްކަތް ކުރި ކަމަށް ވެއެވެ. އެފް އޭ އަށް ބާޣީއަކަށް ވުމުގެ ޓްރެއިނިންގ އާއި ކޮރަޕްޝަންގެ ވަރަށް ގިނަ ޓްރެއިނިންގ ވެސް ރިޔާޒްގެ ފަރާތުން ލިބިފައިވެއެވެ.
މީގެ އެއްމެ ބޮޑު ހެއްކަކީ މީނަ އެ މަޤާމުގައި ހުރި ދުވަސްވަރު އައި ޓީ ޑިޕާރޓްމަންޓްއިން ބޭނުންވެގެން އުޅުނު މެޕިންގ ސޮޕްޓްވެއަރ ހޯދުމަށް ކަންތައް ކުރިގޮތެވެ. މި ސޮޕްޓްވެއަރ ގަންނަން މީނަ ހަވާލުކުރީ މީނަގެ ޙިއްސާ އޮންނަ ކުންފުންޏަކާއެވެ. މިކުންފުންޏަކީ މީނަ އާއި މީނަގެ ރަޚުމަތްތެރި އުމަރު ( ދިރާގުގައި މަސައްކަތް ކުރާ މީހެއް) ހިންގާ ކުންފުންޏެކެވެ. މިސޮޕްޓްވެއަރ އެއް ޕޮލިސް ސާރވިސްއަށް ހޯދުމުގެ މަސައްކަތުގައި މީނަގެ ޖީބަށް 3 މިލިއަން ރުފިޔާ ވަނެވެ. ނަމަވެސް މިސޮފްޓްވެއަރ ވީ އެއްވެސް ތަކުންތާކު ނުޖެހޭ އެއްޗަކަށެވެ. މީސޮފްޓްވެއަރ އަކީ އެއްވެސް ބޭނުމެއް ހިފޭ އެއްޗަކަށް ނުވާތީވެ އެތާގެ މުވައްޒަފުންނަށް ޖެހުނީ އަހަރެއްހާ ދުވަހު ބޭނުން ކުރުމަށްފަހު އެތަކެތި އުކާލާށެވެ. އެދުވަސްވަރު މެޕިންގ ސޮފްޓްވެއަރ ގެ ކަންތަކުގައި އުޅުނު ޕޮލިހުންނަށް މިކަންތައް ވަރަށް ރަގަޅަށް އިނގޭނެއެވެ.
މުޅި މާލެތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ޕްރޮޖެކްޓާއި ހަވާލުވެގެން ހުރިއިރުވެސް އެފްއޭ ކަންތައް ކޮށްފައިވަނީ އޭނާގެ ޖީބަށް ބަރުވާ ގޮތަށެވެ. މިޕްރޮޖެކްޓްއިން 5 މިލިއަން ރުފިޔާ އެފްއޭ ކާލާފައިވެއެވެ.
މައުމޫނުގެ ވެރިކަމުގައި އެފް އޭ އަކީ ވަރަށް ގިނަ ސްޕެޝަލް އޮޕަރޭޝަންސް ތައް ހިންގައި ޖަލަށް ރައްޔިތުން ގެންގޮސް އެމީހުންނާއި ދޭތެރޭ އިންސާނިއްޔަތާއި ޚިލާފް އެތައް އަނިޔާތަކެއް ކޮށްފައިވާ މީހެކެވެ. އަދި މައުމޫނުގެ އެންމެ ފަހު ދައުރުގައި ޕީއާރ ކަންތަކުގައި މީނަގެ ވަރަށް ބޮޑު އަތެއްވެއެވެ. މައުމޫނުގެ ވެރިކަމުގައި ވެރިކަން ހިމާޔަތް ކުރުމުގެ ގޮތުން ހިންގި ފެކްޓް މޯލްޑިވްސް އަދި ދި މޯލްޑިވިއަން ވެބްސައިޓް ހިންގުމުގެ މަސްއޫލިއްޔަތު މައުމޫނު ހަވާލުކޮށްފައިވަނީ ވެސް އެފްއޭ އާއިއެވެ.
ދަމޯލްޑިވިއަން ކިޔާ ވެބްސައިޓް މީނައާއި ހަވާލުކުރެވުނީ ތީމުގެއިން މީނަ މިސައިޓް ހިންގުމަށް ބޭނުން ވާ ވަރަކަށް ލާރި ދޭ ގޮތަކަށެވެ. އެހެންކަމުން މިޕްރޮޖެކްޓްގެ ދަށުންވެސް އެފް އޭ ހިތްހަމަ ޖެހޭ ވަރަށް މިލިއަނުން ފައިސާ ލިބުނެވެ.
މައުމޫނުއަށް ވަފާތެރި މީހެއް ކަން މީނަ އެއްމެ ފުރަތަމަ ސާބިތުކޮށް ދިނީ ސަންދާނު ކަންތައް ފަޅާއަރުވައި ދީ ގެންނެވެ. ސަންދާނު ނޫސް ނެރެނީ ކާކުތޯ ބެލުމުގެ ނަމުގައި އެ ދުވަސްވަރު އެފްއޭ ވަރަށް ގިނައިން މެލޭޝިޔާ އަށް ދަތުރު ކޮށް އެތަކެއް ހާސް ޑޮލަރު ތަޅާފައިވެއެވެ. އަދި މިކަންތަކުގެ އިނާމެއްގެ ގޮތުން މައުމޫނު މީނައަށް ސްކޮލަރޝިޕެއް ހަދިޔާކުރިއެވެ.
އެފް އޭ ސްކޮލަރޝިޕްގައި ކިޔަވަން ދިޔައީ އިގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ގްލެމޯގަން އަށެވެ. މިނާ އިގިރެސިވިލާތުގައި ކިޔަވަން ހޭދަކުރި އެއް އަހަރު ދުވަހުވެސް މައުމޫނުއަށް ވަފާތެރިވުމުގެ ގޮތުން އިގިރޭސިވިލާތުގައި ކިޔަވަން އުޅޭ އެހެނިހެން ކުދިންގެ ޚަރަކާތްތަކަށް ފާރަލަމުން ގެންދިޔައެވެ. އަދި ކިރިއާވެސް މައުމޫނުގެ ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކާއުޅޭ ކަމަށް ވާނަމަ އެކުދިންގެ ޚަބަރު ވަގުތުން އާދަމް ޒާހިރުއަށް ފޮނުވަމުން ދިޔައެވެ.
އެފް އޭ އާއި އާދަމް ޒާހިރުއާއި ވަރަށް ގާތް ރަޚުމަތްތެރިކަމެއް މިކަމުގެ ސަބަބުން އުފެދިގެން ދިޔައެވެ. އެފް އޭ އަކީ އެއްވެސް ކަމެއް ހަމައެކަނި ރަޚުމަތްތެރިއަކަށް ވީތީ ކަމެއް ކޮށްދޭނެ މީހެއް ނޫނެވެ. އެހެންކަމުން އާދަމް ޒާހިރު ވެސް އެފް އޭ ނަގައިދިން ސީއައި ޑީ ގެ ބަދަލެއްގެ ގޮތުގައި އެފްއޭ އަށް ބޮޑު ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގުމަށް މަގުފަހި ކޮށްދިނެވެ.
އެފް އޭ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ލޯނެއް އޭރު ބޭނުން ވެގެން އުޅުނީ ކްރޫޒް ބޯޓެއް ބަންނަންވެގެންނެވެ. މިކަންތައް އާދަމް ޒާހިރު ވަރަށް ހެޔޮހިތުން އެފް އޭ އަށް ކޮށްދިނީ އޭރުގެ އިންޑިއަން ހައިކޮމިޝަނަރ އާއި ދެމީހުންވެގެން އެ ބޭންކްގައި އެދިގެންނެވެ. މިލޯނަށް ފައިސާ އަބުރާ ދެއްކި ކަމެއް އަދި އެނގިފައެއް ނެތެވެ. ބްރިގޭޑިއަރ އާދަމް ޒާހިރު ނަގާދިން ލޯނަކަށް ވުމުން ނުދެއްކުން ވެސް އެކަށީގެންވެއެވެ. އެހެނީ އާދަމް ޒާހިރުވެސް ވަނީ 4 މިލިއަން ޔޫ އެސް ޑޮލަރ މިބޭންކް އިން ނެގުމަށް ފަހު ނުދައްކައެވެ. އާދަމް ޒާހިރަކީ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ވީމަ ސްޓޭޓް ބެންކް އޮފް އިންޑިއާ އިން ޖެހުނީ އެލޯން އެއީ ނުލިބޭނެ އެއްޗެއްގެ ގޮތުގައި ކެންސަލް ކޮށްލާށެވެ.
ކޮންމެއަކަސް މިލޯނެއްގެ ސަބަބުން އެފް އޭ އަކީ މިހާރު މާލޭގެ އެންމެ މުއްސަދި މީހުންގެ ތެރެއިން ހިމެނޭ މީހެކެވެ. ރާއްޖޭގައިވާ އެއްމެ ބޮޑު ކްރޫޒް ބޯޓް އަކީ މީނަގެ އެއްޗެކެވެ. އެބޯޓަކީ 4 މިލިއަން ޔޫ އެސް ޑޮލަރުގެ އަގު ހުރި އެއްޗެކެވެ. އެ ސަފާރީ ބޯޓްއިން ކޮންމެ މަހަކު މީނައަށް 55000 ޔޫއެސް ޑޮލަރުގެ ލިބެއެވެ.
އެފް އޭ އަކީ ދިވެހި ރައްޔިތުންގެ ފައިސާ ނުހައްޤު ގޮތުގައި ކާލައިގެން އަނބިދަރިން ގޮވަގެން މިހާރު އިއްޒަތުގައި އުޅޭ މީހެކެވެ. ނަމަވެސް، ހިތާމައަކީ ރައްޔިތުންގެ ތެރެއިން ބަޔަކު އަތާއި އަތް ދިމާނުވެގެން އުޅޭއިރުވެސް މައުމޫނަށް ތާއީދު ކުރާތީއެވެ. ޕޮލިހުންގެ ތެރޭގައި ހިމެނޭ އެސްއޯގެ ހަށިގަނޑުން މާ ކުދިންތަކަކަށް މިކަހަލަ ކަންތައްތަކެއް ނުވިސްނޭނެއެވެ. ހަށިގަނޑުން ބޮޑަކަސް އެކުދިންގެ ސިކުނޑި ވަރަށް ކުޑަވާނެއެވެ. އެފްއޭ މެން ދައްކާހައި ވާހަކައަށް ހެއްލިގެން ދަނީވެސް ގަމާރު ކަމުންނެވެ. އެފްއޭ މެން ރައްޔިތުންގެ ލާރި ބަނޑުއަޅައިގެން މުއްސަނދި ކަމުގައި ދިރިއުޅޭއިރު އެސްއޯ ކުދިންގެ މައިންބަފައިންނާއި އާއިލާ އުޅޭ ހާލު އެކުދިންގެ ބޮލަކަށް ނުވިސްނޭނެއެވެ.
ސަރުކާރުން އެތައް މިލިއަން ރުފިޔާ ކާލުމަށްޓަކައި އަބްދުﷲ ރިޔާޒް އަދި އެފް އޭ ތައްޔާރު ވަނީ.
ބަގުޑި
June 28, 2012 at 2:26 pm
އާނ.ޕޮލިެހުގެ އެސްއޯގައި އުޅެނީ ހުސް ގަމާރު އާލާތުން.ގިނަ ފަހަރަށް އެއްވެސް ތައުލީމީ ފެންވަރެއް ިނުހުންނާނެ.އެބަހުރި މައުމޫނު އިރުގައި ފަޅުއޮޑި ފަހަރުން ކުދިން ގެނެސް އެސްއޯ އަށް ވައްދާފަ.ގިނަ ފަހަރަށް މިތިބެނީ ދެއިރު ރަގަޅަށް ކާން ނުލިބޭ ކުދިން މިތަން ތަނަށް ވައްދާފަ.ދެން ގެނެސް ރަގަޅަށް ކުކުޅާއި ގެރިމަސް ދެލޯ ކަޅި އަރަން ދެން ކާން ދިނީމަ މިމީހުންނަށް ހީވާ ކަހަލަ ލައްކައެކޭ.ދެން އެފް އޭ މެން ބުނާ ގޮތް މިކަހަލަ ވަކަރުގޭ ކުދިން ހަދާނެއެއްނު
ވީ ލަވް އަންނި
June 26, 2012 at 1:55 pm
އަވަހަށް ގިޔާމަތް ވާންވީ.. ރައްޔިތުންނަށް އިންސާފް ލިބޭނީ އޭރުން.. އެހެންޏާ ފަހެ ގަވްމު ކައި ހުސްކުރަނީ ވީޔަ.
އެޑްމިން
July 16, 2012 at 11:59 pm
ޓެސްޓް ކޮމެންޓް
ހައިދަރު
June 25, 2012 at 10:18 am
އަހަރުމެންނަކީފެށުނީއްސުރެން ކުޑަވިޔަފާރިޔަކާރިސޯޓުމަސަތްކަތްކުރަމުންދާބަޔެއް ނަމަވެސްސަފާރީބަނދެ އަނބިދަރިންގޮވައިގެންބޭރުގައުޅެވޭގޮތެއްނުވޭ ވައްކަންކޮއްގެންރައްޔިތުންގެލާރީގަނޫންނަމަކާތިހާޅައުމުރަކު ތިކަމެއްނުވާނެ ޑުރަގުއެތެރެކޮއް ޒުވާންޖީލުހަލާކުކޮއް ކަލޭމެންނައްދުވަހެއްއޮތްކަންހަނދާންކުތާތި ޕޮލިހުންގެތެރޭގަތިފަދަ ލާއިންސާނީބަޔަކުތިބެގެންމުޅިގައުމުފިތުނަކޮއްފަމައުމޫނުބުނާހާގޮތަކައް ރައްޔިތުންނައްއަނިޔާކުރަމުންތިދަނީ
ފާރޫގު
June 25, 2012 at 6:01 am
ބަލަ މިފަޔާޒް މިހާރު އުޅެނީ އަންނިސަރުކާރުން ހަދަން ނިންމާފަވާ ނޭކުރެންދޫޖަލުގެ ޕުރޮޖެކްޓް ކާލަން މިކަމުގަ ކުޅުދުއްފުށީ އެމްޑީޕީގެއަތޮޅުކައުންސިލަރު އާދަމް ވަހީދުއާ ނަސްރުއްލާ އިސްމާއިލް އަދި ވައިކަރަދޫ ދާއިރާގެ އަތޮޅުކައުންސިލަރ ހަލީލް ަޖދި ކުޅުދުއްފޫށީ ޖާބިރުކިޔާމީހަކު މީނާއައް އެހީތެރިވެދޭ
ސަން
June 25, 2012 at 8:14 am
މިފަޔާސްވާހަކަ ރަގަޅުވާނީ ނުދެއްކިއްޔާ
ބުރޫ
June 25, 2012 at 4:58 am
ރައްޔިތުން ހަނާވަނީ….
ދޮންބެ
July 17, 2012 at 9:42 pm
އެފް.އޭ އަކީ ބޮޑުވަގެއް. ހަމައެގޮތަށް ރިޔާޖަކީވެސް ވަގެއް. މީގެ އިތުރުން ނާޒިމް ސޯ އަކީވެސް ވަގެއް. ސަޅި އެއްނު. މިހާރު އެތިބީ ގައުމު ހިންގުމުގައެއްނު. ދެން ވިއްކާލާނީ ކޯޗެއްބާ؟
ޖަދުޢާން
August 2, 2012 at 2:29 am
ތިޔަ ހައިވާނު ބަޣާވާތް ކުރިދުވަހު ރައީސް ސިފައިންގޭގައި ހުންނަވަނި ކޮއް ބާޣީ ޝިޔާމް އާ ދިމާ އަށް އެ ޅއި ކައިރީ ބުނާށޭ އިސްތިއުފާ ނޫދީފިއްޔާ ފުރާނަ ދުއްވާ ލާނަމޭ ބުނީ އަޅުގަނޑު ކައިރީގަ ހުއްޓަ. އަދި އެވަގުތު އަހަރުމެންގެ ވެރިޔަކަށް މިހިރަ ރަނޑު ބާޣީ ޝިޔާމު ވެސް ހީލާފަ ބޯ ޖަހާލާފަ އާނ އެޅއި ކަރީގަ ބުނާނަމޭ ބުނެފަ ދިޔައީ. . މި ހަރާން ކޯރު ވަގު ބާޣީންގެ މަސް ދިވެހިން ރޮލާ ކެޔަސް ފާފަ ނުވާވަރުގެ ވަގުންތީ.. އަދި މި ކެތްކޮއްލަނީ. އެކަމު ކުޅިސަމާ ދައްކާލާ ދުވަސް އެބަ ކައިރިވޭ.
އައިންތ
August 2, 2012 at 5:22 am
ތި ފަޔާޒަކީ، މައުމޫނު ދައުރުގެ ފަހުކޮޅުގައި ޑެމޮކްރަސީއަށް ގޮވައި ޕާރޓީ ސިސްޓަމް ގެނައުމަށް ގޮވާލައި އުޅުނު ދުވަސްވަރު އެމީހުންނަށް ޑުރަގުގައި ނުޖެއްސުނު ޒުވާނުންތައް ސިޔާސީ ފިކުރަށް ވިސްނަފާނެތީވެ ދިވެހި އަންހެންކުދީންގެ ބަރަހާނާ ފޮޓޯތައް ލާފައިވާ ބަލާބޮޑު-ޑޮޓް-ކޮމް ހިންގައިގެން އެޒުވާނުންތައް އަވާގައިޖެއްސި މީހާ. މީނާ އެސައިޓް ހިންގީ ސީދާ އޭނާގެ ގެ ކަމަށްވާ މ.ނަންނާރިގޭގައި.
އައިޓީ އިން މަތީ ތައުލީމު ހޯދާފަޔޯ. ރަނގަޅަށް މީހުންކައިރީގައި އަހާލުމުން އެނގުނީ އޭނާގެ މަތީތައުލީމުގެ ގިނަ އެސެސްމެންޓްތަކަކީ އޭނާގެ ބައެއް ރައްޓެހިން ލައްވައި ހެދި ޓެސްޓުތައްކަން. އެހެންވެގެންތާ އައިޓީއިން ކިޔަވައިގެން ޤައުމަށް ފައިދާހުރި ހަމަ އެއްކަމެއްވެސް ނެތް ކޮށްފައެއް. މުޅިންވެސް އޮތީ އައިޓީއިންވެސް ވައްކަންކޮށްފަ. ޕޮލިހުގެ ސޮޕްޓުވެއަރއަކީވެސް މީނާގެ ކުންފުންޏަކަށް ދީގެން އަދި ނުވީތާކަށް ޕޮލިހުގައި އުޅޭ ކުދިން ލައްވައި ހިލޭ ކުރުވާފައި މިލިއަނުން މައުމޫނު ދައުރުގައި ކާލި މީހެއްތީ. އަދި އޭގެފަހުން، މައުމޫނު ދައުރުގައި ޑެމޮކްރަސީގެންނަން އުޅުނު މީހުން ކުރާ މުޒާހަރާތަކާއި އެއްވުންތަކަށް ފާރަލުމަށްޓަކައި މާލޭގެ ބައެއް މަގުތަކުގައި ކެމެރާތައްވެސް ބެހެއްޓީ ސީދާ މީނައަށް އެތަކެއް މިލިއަން ކާލެވޭގޮތަށް. އަންނި ދެކެ ރުޅިއަންނަނީ އޭނާ ޕޮލިހުން ވަކިކުރުމުންނާއި އެފަދަ ގޮތްގޮތަށް ދައުލަތުގެ ފައިސާ ގަނޑު ކާލާނެ ފުރުސަތު އަންނި ދައުރުގައި ނެތީމައި.
އާދަމް އިބްރާހީމް
October 4, 2012 at 8:16 pm
ޕޮލިސް ޝަމީމަށް މީނާ މެދުވެރިވެގެން ފިނޭންސްގެ އެޕާޓްމަންޓެއް މިހާރު ވެސް ކައްވާލަ ދީފައި އެބަހުރި. އެއްވެސް އަގެއް ވެސް އެގްރީމެންޓެއް ވެސް ނެތި. މީނާ މިތަން އަތުލީ ހޯމް މިނިސްޓްރީއަށް ބޭނުން ވެގެން ކަމަށް ބުނެ. ޝަމީމު ވަނީ މީގެ ބަދަލެއްގެ ގޮތުން ތިމަރަފުށީ ދާއިރާގައި ޕީޕީއެމްގެ ކެންޑިޓޭޓަށް މަސައްކަތް ކޮށްދީ ކޮރަޕްޓް ކަންތައްތަކެއް ކޮށްފައި.