ބާޣީ ސަރުކާރުގެ ހައުސިން މިނިސްޓަރަށް ހުރި ދެކޮތަރު މުހައްމަދު މުއިއްޒަކީ މަސައްކަތެއް ކުރެވޭވަރަށްވުރެ ނާގާބީލު މީހެކެވެ. އަދި އެހާމެ ލޭޒީ މީހެކެވެ. މީނާއަށާއި ބޮނަކުއާ ޝޭކް ޝަހީމް އަށް މިނިސްޓަރުކަން ބާޣީ ވަހީދު ހަވާލު ކުރީ 19 ފެބްރުއަރީ ގައެވެ. އޭގެ ފަހުން މި ދެ ގަމާރުންނަށްވެސް އެއްވެސް ކަމެއް ހާސިލު ކުރެވިފައެއް ނެތެވެ. މުޅިންވެސް ފެންނަނީ ކަންތައްތަކުން ރެކެންވެގެން އުޅޭ މަންޒަރުތަކެވެ. މިނިސްޓަރުކަން ލިބުމަށްފަހު ފުރަތަމަ ދެކޮތަރު މުއިއްޒު ދެއްކި ވާހަކައަކީ ހައުސިން ޔުނިޓްތަކުގެ ތެރެއިން މަސައްކަތް ކުރިއަށްދަނީ މަދު ތަނެއްގައިއޭ ބުނެ ދެއްކި ދޮގު ވާހަކަތަކެވެ. އެމްޑީޕީ ސަރުކާރުގެ 2 އަހަރު ބާކީ އޮތްވައި މިމީހުން ބަޣާވަތްކޮށްގެން ސަރުކާރާއި ހަވާލުވެފައި ދެން ކޯއްޗެއް ކިޔާކަށެއް ހެއްޔެވެ؟
ދެން މީނާ ކުރިކަމަކީ ލާރި ނެތޭ ކިޔާފައި މިއަހަރު އެމްޑީޕީގެ ސަރުކާރުން ބަނދަރު ހަދަން ހަމަޖެހިފައިވާ ރަށްތަކުގައި ބަނދަރު ހެދުން ހުއްޓާލީއެވެ. އޭގެ ތެރޭގައި ހދ. ކުރިނބީ އާއި ހދ. ނެއްލައިދޫ އާއި ނ. ކުޑަފަރީ އާއި ރ. ފައިނު އާއި ޅ. ކުރެންދޫ އާއި ގދ. ގައްދޫ އާއި ފަރެސްމާތޮޑާ އާއި ސ. ހުޅުމީދޫ އާއި ސ. ހިތަދޫ އާއި ކ. ދިއްފުށީގައި ހެދުމަށް ހަމަޖެހިފައިވާ ބޮޑު ބަނދަރު ހިމެނެއެވެ. މިކަން ކުރީ މައުމޫނުގެ އޯޑަރަށް ވަހީދު އަންގައިގެން ސިޔާސީ މަގާމުތައް އިތުރު ކޮށް އެމީހުންނަށް މިރަށްރަށުގެ ބަނދަރު ހެދުމަށް ހުރި ފައިސާ ހަރަދު ކުރެވޭ ގޮތް ހެދުމަށެވެ. އަދި މައުމޫނު ވަހީދުއަށް އެންގި ކަމަށްވަނީ މި ރަށްރަށުގައި މިއަހަރު ބަނދަރު ހަދައިދީފި ނަމަ ރިޔާސީ އިންތިހާބުގައި މިރަށްރަށުން މައުމޫނު މެންނަށް ވޯޓު ނުލިބިދާނެ ކަމަށާއި އެހެންކަމުން އެވަރުގެ ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށެވެ. މަތިން އަންގައިގެން ކުރި ކަމަކަށް ވިޔަސް ޕަޕެޓް ދެކޮތަރު މުއިއްޒަށް މިވަނީ ކަނޑައެޅިގެން އެނގިހުރެ މިހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަރާންކޯރު ވެފައެވެ. މީނާއަކީ މިނިސްޓަރުކަން ލިބުމުން އެކަމާއި ވަރަށް ވެފަ ހުންނަ މީހެކެވެ. ބަނދަރުތައް ބަނޑުއަޅާލި މައްސަލައިގައި މިރަށްރަށުގެ ރައްޔިތުން ތިބީ ބާޣީ ސަރުކާރަށް މާފު ކުރާކަހަލަ ގޮތަކަށް ނޫނެވެ.
ދެކޮތަރު މުއިއްޒު ދެން އަޅައިގަތީ މާލެ ސިޓީކައުންސިލް އަތުން ދަރުބާރުގެ އަތުލުމަށެވެ. އެކަންވެސް މީނާ ކުރަން އުޅުނީ ފުލުހުން ފޮނުވައިގެން ގަދަބާރުން ވަރަށްހަޑިކޮށެވެ. އަދި ދަރުބާރުގެ ތެރެއަށް އެދުވަހު މީނާވަދެ ކުޅުނު ހަޑި ޑްރާމާތައް ވަނީ ފެނިފައެވެ.
މިހާރު މީނާ ދައްކަނީ ބޯފެން ފޯރުކޮށްދިނުމުގެ 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާ ވާހަކައެވެ. އ.ދ. ގެ ހިލޭއެހީގެ ދަށުން 8.3 މިލިއަން ޑޮލަރު މި މަޝްރޫއަށް ހޭދަ ކުރާއިރު ސަރުކާރުން ހަރަދު ކުރަނީ 1.8 މިލިއަން ޑޮލަރެވެ. މިއީވެސް އެމްޑީޕީގެ ސަރުކާރުގެ އިސްނެގުމަކަށް ފެށިގެން އަންނަ ކުރިން ނިމިފައިވާ ކަމެކެވެ. ކަމެއް ނުވާ ދެކޮތަރު މުއިއްޒު މިކަމާއިވެސް ކަންނުވެ ނަންވެއްޖެއެވެ. މީނާ މިނިސްޓަރު ކަމާ ހަވާލުވި ފަހުން މީނާއަށް ވާ އެއްވެސް ކަމެއް ނެތެވެ!
ދެން އެހެން ވާހަކައެވެ. މި ދެކޮތަރު މުއިއްޒު މާލޭގައި ރެސްޓޯރަންޓެއް ހުޅުވަން އުޅުނެވެ. ކުރީގައި ގޯނަޓްސް ޑޯނަޓްސް ހިންގި ތަނުގައި ހިންގަން މީނާ އުޅުނު ރެސްޓޯރެންޓް ހުޅުވުމުގައި މީނާގެ ބައިވެރިންގެ ތެރޭގައި މަނިކުގެ އިތުރުން ބާޣީންގެ ސަރުކާރުގެ ފިނޭސް މިނިސްޓަރުގެ ނައިބު މުޙައްމަދު އިއާދު ހަމީދު އާއި ޑެފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަހްމަދު އަދި ހުދު ދެކޮތަރު މުއިއްޒުގެ ނުވަތަ ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބު ހިމެނެއެވެ. މި ރެސްޓޯރެންޓުގެ މަސައްކަތް ފެށުމަށް ފައިސާ ހަރަދު ކުރުމަށް އެއިރު ބޮޑު ހިޔާނާތެރިޔާ އަދި ރޭޕިސްޓް ޖަންގިޔާ ނާޒިމްވަނީ އެއްބަސްވެފައެވެ. ރޭޕިސްޓް ޖަންގިޔާ ނާޒިމަކީ ދެކޮތަރު މުއިއްޒުގެ ބޮޑުބޭބެ އެވެ. ނަމަވެސް ބަޣާވަތަށްފަހު ރޭޕިސްޓް ނާޒިމް ރެސްޓޯރަންޓް ކަންތައްތަކަށް އެވެސް ހަރަދެއް ނުކޮށް މަކަރު ހެދީއެވެ. ދެން މުއިއްޒުމެން ގޭންގު އުޅުނީ މޮޔަ ގާސިމް އާއި ކައިރި މީހެއް މެދުވެރިކޮށް ފައިސާ ކޮޅެއް ލިބޭތޯއެވެ. ނަމަވެސް، އަދި އަދަށް ދާންދެންވެސް މި ރެސްޓޯރެންޓް މިބައިގަނޑަށް ހުޅުވޭވަރެއް ނުވެއެވެ. މިހާރު އެތަނުގައި މަސައްކަތް ކުރި ބައެއް މީހުން އެމީހުން ކުރި މަސައްކަތަށްވާ ފައިސާ ނުލިބިގެން ތިބީ ރުޅިގަދަވެފައެވެ. އަދި، އޭގެ ތެރެއިން ބައެއް ފަރާތްތަކުން ކަންނެއް މުއިއްޒު ގޮވައިގެން ކޯޓަށް ދިއުމަށްވެސް ދަނީ ވިސްނަމުނެންނެވެ. ބަޣާވަތްކުރުމަށްފަހު، ދިވެހި ނިކަމެތި ރައްޔިތުންގެ ފައިސާއިން މި ބައިގަނޑު ދަނީ މިނިސްޓަރު ކަމުގައި ތިބެގެންނާއި ސްޓޭޓް މިނިސްޓަރުކަމުގައި ތިބެގެންނާއި މިނިސްޓަރުގެ ނައިބު ކަމުގައި ތިބެގެން ފެންވަރަމުންނެވެ. އެކަމަކުވެސް އާދައިގެ ރެސްޓޯރަންޓް ގަނޑެއްގެ މަސައްކަތް މިއުޅެނީ ނުފެއްޓިގެންނެވެ. މިއީ މިމީހުންގެ ގާބިލުކަން ހުރި ހިސާބެވެ. ރެސްޓޯރެންޓެއްގެ މަސައްކަތް ނުފެށުނު ކަންނެތް އިންސާނާކަށް ރާއްޖޭގެ ހައުސިން މިނިސްޓްރީ ނުހިންގޭނެއެވެ. ލާރިނެތޭ ކިޔާފައި އެކުން މާ ގިނަ ބަހަނާ ނުދައްކައި ނުވަންޏާ އިސްތިޢުފާ ދީފައި ގޭގަ ހުއްޓަސް މާ ތާހިރުވާނެއެވެ.
ރޫހު
May 5, 2012 at 1:55 pm
“އިންސާނެތް” ނޫން “އިންސާނެއް”.
މުހައްމަދު
May 5, 2012 at 9:59 pm
މިބަދަރުތައް ހަދަން ނިމިފައި ހުރި ރަށްތަކުގެ ރައްޔިތުންނަށް ރަގަޅަށް މިކަން ހިގަމުންދާގޮތް ކިޔައި ސާފުކޮށް ދޭންޖެހޭނެ. އަދި އިތުރަށް މިމީހުން ހިންގާ ޕްރޮޖެކްޓްތައް ނިކަން ކާރިން ބަލާ ރައްޔިތުންނަށް މިމައުލޫމާތު ލަސްނޮކޮށް ފޯރުކޮށްދޭންޖެހޭނެ. މިއީ މައުމޫނު ދައުރުގައި އެންމެ ފަސާދަ ބޮޑު އެއް މިނިސްޓްރީ. ދެން މައުމޫނު މިރަށްރަށުގެ ބަދަރާއި ދޭތެރޭ އަދިވެސް ކަންތައް ކުރަމުން އެދަނީ އޭނަވެރިކަމުގައި ހުރެގެން ކަންތައްކުރަމުން ދިޔަގޮތަށް. އޭނައަށް ހީވަނީ އަދި އެގޮތަށް އެމަޅިގައި މީހުން ޖެހޭނެކަމަށް އެއް އިލެކްޝަނަށް ބިންގާ އަޅާފައި އަނެއް އިލެކްޝަނަށް މަސައްކަތްޖައްސާ އަނެއް އިލެކްޝަނަށް ރަގަޅަށް މަސައްކަތް ނުނިމެނީސް ހުޅުވުމުގެ ރަސްމީޔާތު ބާއްވާގޮތަށް – މިހާރު މިގޮތަށް މަސައްކަތް ނުކުރާނެ ކަމުގެ ހެދި އޭނަމާމައްޗަކަށް އަރާފައި ހުއްޓައި ވެއްޓުން، ދެން މިހާރު ކަންތައްކުރާގޮތް ރައްޔިތުންނަށް އޮންނާނީ ފެނިފައި އިރުއަރާ އިރުއޮއްސޭއިރު ބަދަރު ހުންނަނީ ނިމިފައި، ރަށްރަށް ހުންނަނީ ހިކިފައި. އެއީ މިޒަމާނު ރައްޔިތުން ބޭނުންވާނެގޮތަކީ – ގދ. ތިނަދޫ ތަކަބިން ހިއްކަން 20 އަހަރު ނެގިހެނެއް ދެން މަސައްކަތެއް ނުހިގާނެ.
ސާދާ
May 6, 2012 at 1:54 am
މީނަގެ ހާދަ ރީތި ފޮޓޯއެކޭ. ހުސް ވަގުން
ދާންދޫ ދާއިރާ 06-05-2012
May 6, 2012 at 10:37 am
ވަރަށް ގާބިލު މީހެއް ފުލުހުން ގޮވާއިގެން ގޮސް ދަރުބާރުގެ ފޭރިގަންނަން…
ޒީނާ
May 6, 2012 at 6:27 pm
ބަަނދަރު ތައް ހަދަން ހުރި ފައިސާ އިން އެބުނާ ކަޑަ ގަނޑު ހަދަނީ ކަންނޭނގެ….
ޔާރާ
May 7, 2012 at 12:23 pm
ތިޔައީ މަކުނުބަލީފެ ފަރުވާ ހޯދަންޖެހިފައި ތިބޭ ވަޒީރުން އެކަހަލަ މޯލުންނަށް ވަޒީރުކަން ދީފައި ބާޣީ މޯލު އެބުނަނީ މިފަދަ ޤާބިލު ވަޒީރުން މިރާއްޖޭގައި އަދި އެއްވެސް ސަރުކާރަކުން އިސްނުކުރެޔޭ! އޫނ
ގޮއްޔެ
May 11, 2012 at 8:12 pm
ތަޅުފެލާ މިނިސްޓަރު. ނާގާބިލް ގޮލައެއް
އަކަޔަންބޯ
May 14, 2012 at 1:35 pm
ނަސީބެއް ކަންނޭގެ ދުނިޔޭގައި ޑޮކްޓަރ އަހަންމައިދީ ނެތީ ހުރިނަމަ ހަމަޔަގީން އެމަރުހޫމަށްވެސް ކޮންމެވެސް ނަމެއްކިޔާފަ ތަނެއްހަވާލުކުރީސް… ބަގީވަހީދު ހީކުރަނީ ނަމުގެ ކުރިޔަށް ޑޮކްޓަރ އައިމަ ދެން ވަރަށް ކަމެކޭހެން އެކަމްކު ބުނެލަންތަ ޑޮކްޓަރ އަހަންމައިދީ ވެސް ތިޔަ ބާގީ ވަހީދު ތަންތަނަށް ލާފަ ތިޔާތިބަ ޑޮކްޓަރުންނަށް ވުރެން މާމުރާލިވާނޭ މާވިސްނުންތެރިވެސް ވާނެ… ތިޔާޑަކުޓަރުންނަކީ ހަމަ ޅޮހުން… ޗީޗީޗި..
uza
May 15, 2012 at 5:42 am
kaleymen thee hadha hevva bayeykey.. kaleymen nooniyya migaumuga thibee hus lhohun… ajaaibeh hama.. bala kaleymenge aaraaa baaru oi dhuvahu koffa huri ha kanthakaa kaifa huri laari thakuge adhadhu ehera dhanee haaamavamun … thee ehen bayakah faadu kiyevaruge ikhlaastheri bayeh noon ingeytho..mi comment jahai dheythi
shaa
May 15, 2012 at 6:09 am
mi dhekotharu muizzu fenunas amashaku rulhi eh noon annaneekee…