މިނިސްޓަރ އޮފް ސުޓޭޓު ފޯރ ޑިފެންސް މުހައްމަދު އަހުމަދު (މަނިކު) އަކީ އިނގިރޭސި ވިލާތުގެ އަލްޑި ސްޓޯރު ކިޔާ ކުޑަ ސުޕަމާކެޓެއްގައި ވަގު ސުޓޫޑެންޓު ވިސާއެއްގައި މަސައްކަތް ކުރަނިކޮށް އިނގިރޭސި ފުލުހުންހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ ކުރިން މަނިކު ޔޫކޭގަ އުޅެމުން ދިޔައީ މީހުންނަށް ވިސާހޯދައިދޭ ފޭކު ކޮލެޖަކުން ސުޓޫޑެންޓު ވިސާ ހޯދައިގެންނެވެ.ކ މަނިކު ކިޔަވަން ދިޔަކަމަށް ދައުވާ ކުރާ ހުރިހާ ކޮލެޖެއް މިހާރު ވަނީ ބަންދު ކުރެވިފައެވެ. މީނާ ޑިގުރީ ހޯދިކަމަށް ބުނާ ’ނިއުޕޯރޓު އިންޓަރނޭޝަނަލް ޔުނިވާރސިޓީ”ވެސް ވަނީ އޮޅުވާލުމާ މަކަރު ހެދުމުގެ މައްސަލަ ފަޅާއަރައިގެން ބަންދު ކުރެވިފައިވާތަނެކެވެ. މަނިކު ދައުވާ ކުރާގޮތުގަ އޭނަގެ އަތުގަ ބެޗެލާރސް ޑިގުރީއަކާ، މާސްޓާރސް ޑިގުރީއެއް އޮވެއެވެ. ނަމަވެސް ހަގީގަތަކީ އޭނާއަކީ އިނގިރޭސި ބަހުން ރަނގަޅަށް ލިޔެކިޔަން ނުދަންނަ މީހެއް ކަމެވެ. އެންމެ ފަހުން ފޭކު ވިސާގެ މައްސަލަ ފަޅައެރުމުން މަނިކު ކޯޓުން ސަލާމަތްވީ އޭނަގެ ހަނގު ދަރިފުޅު އިނގިރޭސި ވިލާތުގަ އުފަންވެފަ ވާތީ ހިއުމަން ރައިޓްސް ސަބަބެއްކަމުގަ ކަމަށް ދައްކާފައެވެ.
ވޭތުވެގެން ދިޔަ އަހަރު ތަކުގަ މަނިކު ދައުވާކުރަމުން ދިޔައީ ޓޫރިޒަމް ދާއިރާއިން ޕީއެޗުޑީއަށް ކިޔަވަމުން ދާކަމަށެވެ. މިގޮތަށް ބުނެފަ ވަޙީއްދިނާ، ބުރުމާ އަތުން އެތައްހާސް ޕައުންޑެއް ޕަކަޅާ ކޮއްލާފައެވެ.
ހޯމް މިނިސްޓަރު ޑރ.ޖަމީލާ، އެޑުވައިޒަރު ޑރ. ހަސަން ސައީދަށްވެސް މަނިކުގެ މިކަންތައްގަޑު ވަރަށް ރަނގަޅަށް އެނގެއެވެ. އެދުމީހުންނަކީ މަނިކު ޕާކިސްތާނުގަ ކިޔަވަން އުޅުނުއިރު އެއް ކޮޓަރީގަ ނިދި މީހުންނެވެ. މަނިކު ޕާކިސްތާނުގެ ޖާމިއާއިންވެސް ބޭރު ކޮށްލާފަވަނީ ފާސް ނުވެގެންނެވެ. ޑރ. ޖަމީލު ޕީއެޗުޑީއަށް ކިޔެވިއިރުވެސް ލަންޑަނުގަ އުޅުނީ މަނިކާ އެއްކޮށެވެ. ޖަމީލު ޖިނާއީ ކޯޓުގެ އިސްގާޒީ އަކަށް އުޅުނުއިރުވެސް މަނިކު މީހެް ނނ ޚިޔާނާތުގެ މައްސަލައެއް ގަވާއިދާ ޚިލާފަށް ނިންމާދީފައިވެއެވެ.
ޑރ.ވަހީދު ކިޔަވައިގެންތިބި މީހުން ސަރުކާރަށް ވައްދާވާހަކަ ދައްކާއިރު މުޅިންވެސް މިވައްދަނީ މިފެންވަރުގެ ފޭކު މީހުން ނޫންބާއޭ ހިތަށް އަރައެވެ.
ޝާފިޢާ
April 19, 2012 at 7:24 pm
ކޮންމެ މީހަކު ބުންޏަސް ޙަޤީޤަތް ވާނީ ޙަޤީޤަތަށް.. އިނގިރޭސި ވިލާތުގައި އުޅުމުން އިނގިރޭސިން ވާހަކަ ދައްކަން އެނގޭނެ. އެކަމަކު މިލިޔުމުގައި މިއޮތް ފަދައިން އިނގިރޭސިން ރަނގަޅަށް ލިޔަންކިޔަންވެސް ނޭނގޭ މީހެއް މުޙައްމަދަކީ…ވަރަށް ރަނގަޅަށް މުޙައްމަދުގެ ޙަޤީޤަތް ދަންނަމީހެއްގެ ހައިސިއްޔަތުން މިބުނީ.. އިނގިރޭސި ވިލާތަށް ދިޔައީއްސުރެ މިވީހާ ދުވަހުވެސް ޕީއެޗްޑީ އަށް ކިޔަވަނީ ކަމަށް ބުނާނީ ހުރިހާ ރައްޓެހިން ކާރީގަވެސް… އަސްލު ބުނަންޏާ ބުނެވޭނީ ޗިޕްމަދު މީހެކޭ މުޙައްމަދަކީ. މިއީ ތެދެއްކަން މިހާރު އެއްކޮށް މަސައްކަތްކުރާ މީހުންނަށްވެސް ވަރަށްރަގަޅަށް އެނގޭނެ. ބޮނޑިބަތް ޖަމީލާގެ ރައްޓެއްސަކަށްވީމަ މިނިސްޓަރުކަމެއް ދީފަތިއޮތީ…
ދަޑިމަގިކަލޯ
April 19, 2012 at 7:34 pm
އަސްލު ޗިޕް މަދުވާން ދިމާވި ސަބަބަކީ، ޕާކިސްތާނުގައި އުޅުނުއިރު ބަންކުބެޑްގެ މަތީ އެނދުގައި ނިދާފަ އޮވެފަ ތެދުވެ އެނދުން ފައިބަން އުޅެނިކޮށް ފަންކާގައި ޖެހިފަ ބޯ ވަރަށްބޮޑަށް ފަޅާގެންގޮސް ވަރަށްބޮޑު އަނިޔާއެއް ލިބިފަ ހުރިމީހެއް މަނިކަކީ.. އޭގެފަހުން ސިކުނޑި އެހާ ރަނގަޅަށް މަސައްކަތް ނުކުރާކަމަށް ބޮނޑިބަތް ޖަމީލާމެން ބުނަނީ.
ދަންޑަހެލު
April 19, 2012 at 8:06 pm
މީނާއަށް ރަނގަޅައް އިނގިރޭސިން ލިޔަން ކިޔަން ނޭންގޭނޭ އަދި އިނގިރޭސިބަހުން ވާހަކަ ދައްކަންވެސް ނޭންގޭނޭ އެބުނާ ބަހުގެ އަސްލު މާނައަކީ މިބޭފުޅާގެ ތައުލީމީ ފެންވަރަކީ އާދައިގެ ތަޢުލީމީ ފެންވަރެއްކަމަށެވެ.
ޒީތު
April 19, 2012 at 7:43 pm
މީދެން ކާކު މިނިސްޓަރަކަށް ލާން
ހަސަންދީ
April 20, 2012 at 7:14 am
އެއްކަލަ މަނިކުގެ ވާހަކަދޯ ތިދައްކަނީ. މާގޭ ބޭބެއެއްގެ އަތުންނޭ ފައިސާ ނަގައިގެން އޮޅުވާލީ. ކޯޓަށް ދިޔައިމަ ޖަމީލާގުޅިގެން ތިކަން ސާބިތެއް ނުވެޔޭ، މުންޖޭ ކިޔައިގެނޭ އޮޅުވާލީ. މިފެންވަރުގެ މީހުން ޑިފެންސަށް ވެއްދީމަ ގައުމު އޮންނާނީ ރަނގަޅަށް ދިފާއުވެފަ. ބާގީ ވަހީދަށް ވަރަށް ސަލާމް!
އައްލޯ
April 20, 2012 at 10:04 am
މީމިހުރިޙާ ދުވަހު މިރާއްޖޭގަ އުޅުނުވެސް މީހެއްނޫނޭ، މިނިސްޓަރު ކަންހޯދަން އައިސް މިފުންމާލީ. ކޮންމެ ކަމެއްކުރަން ކޮންމެ ތަނެއްގަ އުޅުނަސް ޑރ.ހަސަން ސައީދާ ޑރ. ޖަމީލުގެ ރަހުމަތްތެރިންނާ އާއިލާ މިހުންނަށްވީމަ މިނިސްޓަރުކަން ލިބޭ ވިއްޔަ.
އަޒުމް
April 20, 2012 at 12:10 pm
މި މަނިކު އަލުގަނޑު ދަންނަނީ މިނާ މާލޭގާ ގެސްހައުސްއެއް މީނާގެ އެކުވެރިޔަކާއި އެކު ހިންގިދުވަސްވަރު’އެބުނާވާހަކައަކީ ތެދެއް.އަހަރެންގާތުވެސްބުނި ޕީ.އެޗް.ޑީ ޓޫރިޒަމްގެ ދާއިރާއިން ހަދާވާހަކަ.މީނާގެ ގުޅުން މިހާރުވެސް ހުންނަނީ އެބާވަތުގެ މަކަރުވެރިން ނާއިއެކު.މިހާރު އުޅެނީ ޙަނީފެއް ކިޔާ ނުލަފާ މީހަކާއިއެކު.މި ޙަނީފަކީވެސް ވަރަށް މީހުންނަށް ކެހިދީފަހުރިމީހެއް.ލަނޑަޔާ ވާނީ ލަނޑަޔާތާ!!!!
އަލީ ރަޝީދު
April 21, 2012 at 12:53 pm
މަހީހީ ހަލާކު!!!!!! މަވާދަންނަ މިހެއްނޫން އެއީކީ، އެކަމަކުދޯ ވަހީދައް ދެން ހަމަ ނުފެނުނީތަ ތަންދޮރު ދަންނަ މީހެއް ދިފާއީ ސްޓޭޓް މިނިސްޓަރ ކަންދޭން!!!!!! ވަހީދުބާޣީ ތީ ބޮޑުވަރު، އާއިލާގެ މީހަކު ދެންނެތީމަދޯ މުނާފިޤު ރައްޓެހިން ތި ގާތްކޮށްލީ. ރަގަޅުވާނެ، ބާޣީ ސަރުކާރަކަށް ހަމަ ތަސައްރަފު ފުދޭނެ ތިވަރުވެސް. ހަމަ އޯކޭ.
އަލްގައުމު
April 21, 2012 at 4:26 pm
ކޮންވާހައެއް ދައްކާކަށް! އެމް.ޑީ.ޕީ ގެ މީހުންގެ ދުވަސް އަމިއްލައަށް ތުޔަދުއްވާލަނީ. އިސްލާމްދީނޭ ހަރުކައްޓޭ ކިޔައިގެން ބޭރުގަ އަންނި މޮޔަގޮވަނީ! ވެރިކަން ހަނދާން ނައްތާލާ. ދެން ލަލަލަލަލަލަލަލާ
ައަލްގައުމުގެ ހަލާކު
April 22, 2012 at 4:57 am
ައަލްގައުމު ކަލޭވެސް ތީ ބާޢީއެއް ކަން ޔަޤީންވެއްޖެ. ފައިސާ ހަޖަމުވިޔަސް މިފަދަ ލިޔުންތަކާއި ކޮމެންޓްތަށް ހަޖަމެއްނުވާނެ. ދެން ލަލަލާ
އަންދު
April 22, 2012 at 1:01 pm
ތިމަނިކެއް ނޫންތަ ޔޫކޭ ސުޓޫޑެންޓުސް އެސޯސިއޭޝަނުގެ ވައިސް ޕުރެޒިޑެންޓަކަށް ހޮވިފަހުއްޓާ ސުޓޫޑެންޓެއް ނޫންކަން ފަޅާއެރީމަ އަމިއްލަޔަށް އިސްތިއުފާދިނީ. މިކަންތައް އެންމެ ރަނގަޅަށް އެނގޭނީ ޑރ.ޖަމީލަށް.
އަލްގައުމު
April 22, 2012 at 2:49 pm
ކަލޭ އަލްގައުމުގެ ހަލާކު ތީ ދޮޅު ރޯނާއެއްތަ؟ އަންނި އެހުންނަނީ ބޯގޮވާފަކަން އޭނާ ބޭރުގައުމުތަކުގަ ދައްކާ ވާހަކަތަކުން އެނގޭނެ. ނިކަން ވިސްނާލަބަލަ…ނަރަކައަށް ގޮސްގެންވެސް ޑިމޮކްރަޝީ ގެންނަ ވާހަކަ…އަންނި އަށް ތާއީދުކުރާ މީހުންނަކީ ޚަގީގީ ބާޣީން.
މަރިއަނބު
April 29, 2012 at 6:43 am
އަލްގައުމު ތި ކިޔާއެއްޗެއް ހަމަ ނޭގޭ. އިގިރޭސިބަހުން “ހެލް” ބުނުމާއި ދިވެހި ބަހުން ނަރަކަ އޭ ބުނުމާއި ހާސްބައި ތަފާތު. ދެން ކިތަންމެ ވަރަކަށް ތާއިދު ކުރިނަމަވެސް ބަޣާވަތެއް ކޮށް ވެރިކަން ފޭރިގަންނާނީ ބާޣީން. އެއެއް އޮޅުވައެއް ނުލެވޭނެ. ދީނުގައިވެސް އެކަން އޮތީ އެގޮތަށް.
ޑީޑީ
April 29, 2012 at 4:50 pm
މަށަށް މީނަގެ އަޑުއިވުނީ މީގެ 9 މަސްކުރިން މިގައި ލިޔެފައިވާ ހުރިހާވާހަކައަކީ ތެދު އަދި އެއްބައި އިތުރުކޮށްލާނަން އެއްމެވަހުން ޖަނގިޔާ ނާޒިމް ލަންޑަނަގޮސް އުޅެނިކޮށް އެތާގައި ހޮޓެލްބިޒިނަސް ކުރަން އެޑްވައިސް ކުރީ މީނަ އެކަމަކު ނާޒިން ބޯރަގަޅުކަމުން ބަހަނާއަކަށް ދެއްދެއްކީ ސަރުކާރުން އެނާގެ ބޭންކު އެކައުންޓް ހިފަހައްޓާފައިވާކަމަ…
utis
May 15, 2012 at 6:03 am
den thibuna thandhoru dhanna meeehunnakee jareemage jaweed men kahala marumolauntho
ޣުރޮސް
May 16, 2012 at 5:39 pm
ދެން ލަލަލާ އެއޮތީ ވައްޓާލާފަ ދެނފެލި ފެލި ތބޭ
ސިފާ..
July 1, 2012 at 6:32 am
މުހަންމަދު އަހުމަދަކީ ބޮޑު ބާގީއެއް……
އަދި ޖަމީލައް އެގޭނީ ބަގާވާތްކުރަންއެކަނި…ގަމާރު ބާގީން….. ކކާ……..ކާ..ކާާާާާާާާާާާާާާ……………..ކާާާާާ……..
ނަޖީބު
June 17, 2012 at 11:31 am
ހަމަ މީނައާ ގުޅޫން ހުރި ފޭކެއް އުޅޭނެ ސިވިލް ސަރވިސްގަ. މިހާރު މުވައްޒަފަކާ ބެހިގެން މައްސަލ ބަލަނީ! ޢެއީވެސް ޔާމީނު ފޫކޮޅުގަ ދޫ ލައިގެން އެ ތަނަށް ވަދެފަ ހުރި ފޭކެއް. މި ގޮތަށް ވަޒީފާ ހޯދައިގެން މި ރުޑީން 30 އަހަރުވެސް މިއުޅުނީ. ގޮޅާ ސަރުކާރުގެ އައުވާނުންގެ ދެވަނަ ޖީލުގެ ދަރިން މީ؟ ހެހެހެހެހެ
ނަޖީބު
June 17, 2012 at 11:31 am
ހަމަ މީނައާ ގުޅޫން ހުރި ފޭކެއް އުޅޭނެ ސިވިލް ސަރވިސްގަ. މިހާރު މުވައްޒަފަކާ ބެހިގެން މައްސަލ ބަލަނީ! ޢެއީވެސް ޔާމީނު ފޫކޮޅުގަ ދޫ ލައިގެން އެ ތަނަށް ވަދެފަ ހުރި ފޭކެއް. މި ގޮތަށް ވަޒީފާ ހޯދައިގެން މި ރުޑީން 30 އަހަރުވެސް މިއުޅުނީ. ގޮޅާ ސަރުކާރުގެ އައުވާނުންގެ ދެވަނަ ޖީލުގެ ދަރިން މީ؟ ހެހެހެހެހެ
މަރިޔަމް
June 6, 2012 at 10:50 am
މިނަ ދިގްރީ އަށް ކިޔަވާނީ ކިހިނެއް؟ ނިޒާމި ތައުލީމުގެ ތެރެއިން ދުވަހަކު ކިޔެވި މީހެއް ނޫން. މީނަ ދިޔައީ ފިހާރައެއްގެ ސޭޓަކަށް. ދެން މިހާރު 10 އަހަރުވެއްޖެ އެބުނާ ޕީއެޗްޑީ އެއްގަ އުޅޭތާ؟ އޭ ގެ ނަން މީނައަށް އެގެނީ. ހަހަހަހަހަހާާ