އުސްފަސްގަނޑު ރޫޅާލުމުގެ ބާރު ފުލުހުންނަށް ލިބިގެނެއް ނުވާކަމަށް ކޯޓުން ހުކުމްކޮށްފި!

އުސްފަސްގަނޑު ރޫޅާލުމުގެ ބާރު ފުލުހުންނަށް ލިބިގެނެއް ނުވާކަމަށް ކޯޓުން ހުކުމްކޮށްފި!

09 އޮގަސްޓް 2012 16:05 | 13 ކޮމެންޓް

އުސްފަސްގަނޑު ރޫޅާލުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެމްޑީޕީ ބައްދަލުވުންތައް ބޭއްވުމަށް ހުރަސްއެޅުމުގެ ގޮތުން ފުލުހުން 29 މެއި ގެ ރޭ 10:00 ގެ ކުރިން އެތަނުގައިވާ ތަކެތި ގެންދިއުމަށާއި ނުގެންގޮސްފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް އެއްޗެހި ގެންދާނެ ކަމަށް ބުނެ ސިޓީއެއް އެމްޑީޕީއަށް ފޮނުވިއެވެ. އެއަށްފަހު 29 މެއި 2012 ގައި އުސްފަސްގަނޑަށް އަރާ އެތަނުގެ ބޮޑުބައެއް ސިފައިންގެ އެހީއާއި އެކީ ފުލުހުންވަނީ ރޫޅާލާފައެވެ. މިކަންތައް ހުއްޓުވާފައިވަނީ ކޯޓު އަމުރެއް ނެރެގެންނެވެ. އެހެންކަމުން ފުލުހުން އުސްފަސްގަނޑަށް އަރާ އެތަން ރޫޅާލުމުގެ މަސައްކަތް ފުލުހުން ފެށުމުން އެތަން ރޫޅާލުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި ދިނުން އެދި އެމްޑީޕީ އިން ދައުލަތާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން މިއަދު ކޯޓުގައި މިމައްސަލަ ބަލައި ފުލުހުންނަށް އެތަން ރޫޅާލުމުގެ ބާރެއްނެތް ކަމަށް ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވަނީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އުސްފަސްގަނޑު ސަރަހައްދު އެމްޑީޕީއާއި ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ ތަނަކީ ހައުސިން މިނިސްޓްރީގެ ތަނެއް ކަމަށް ދައުލަތުން ބުނެފައިވާއިރު ސިޓީ ކައުންސިލުން ވަނީ އެތަން ސަރުކާރާ ހަވާލުކޮށްފައި ނުވާކަމަށް ބުނެފައި ކަމަށެވެ. އެހެންވުމުން އެ ތަނުގެ ގާނޫނީ ބެލެނިވެރިކަމާމެދު އެ ދެ ފަރާތުގެ ދެމެދުގައި ދެބަސްވުން އުފެދިފައިވާ ކަމަށާއި އެ މައްސަލައިގައި އެތަން ސަރުކާރާ ހަވާލުކުރުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ދައުލަތުން ސިވިލް ކޯޓަށް ވަކި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެތަނުގެ ބެލެނިވެރިކަމާމެދު އުފެދިފައިވާ ދެބަސްވުމަށް ހައްލެއް ލިބިގެންދާނީ އެ މައްސަލައިގެ ތެރެއިން ކަމަށް އެ ހުކުމުގައި ވެއެވެ.

މީގެ އިތުރުން ދޭދޭ ފަރުދުންގެ ދެމެދުގައި އުފެދޭ މަދަނީ ދެބަސްވުމެއްގައި އެ ދެބަސްވުމަށް މަދަނީ ހައްލެއް ހޯދުމުގެ ބަދަލުގައި ޝަރުއީ އަމުރެއް ނެތި އެއް ފަރާތެއްގެ ރައުޔު ތަންފީޒުކުރުމަކީ މަދަނީ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހައްގަށް ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ހުކުމުގައި ވެއެވެ. އަދި އެއީ ގާނޫނު އަސާސީގެ  17 ވަނަ މާއްދާ އާއި  20 ވަނަ މާއްދާއިން ލިބިދީފައިވާ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް ހުކުމުގައި ވެއެވެ. އެހެންކަމުން ސިޓީ ކައުންސިލުން އެމްޑީޕީއާއި އުސްފަސްގަނޑު ހަވާލުކޮށްފައި ވަނިކޮށް އެތަނުގެ ބެލެނިވެރިކަމާމެދު ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު އުފެދުނު ދެބަސްވުމަކީ އެމްޑީޕީގެ ހައްގަށް އުނިކަން ލިބެންޖެހޭ ކަމެއް ނޫން ކަމަށް އެ ހުކުމުގައި ވެއެވެ.

މީގެ އިތުރުން އުސްފަސްގަނޑުގައި ޖިނާއީ ކުށްތަކެއް ހިނގާ ކަމަށް ފުލުހުން ތުހުމަތުކޮށްފައި ވާއިރު އެފަދަ އަމަލެއް ހިނގާނަމަ އެކަމެއް ތަހުގީގުކޮށް ގާނޫނީ އިމުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަކީ ފުލުހުންގެ ވާޖިބެއް ކަމަށް ހުކުމުގައި ވެއެވެ. ނަމަވެސް ފުލުހުންގެ ވާޖިބު އަދާކުރުމަކީ އުސްފަސްގަނޑު ސަރަހައްދު ބޭނުންކުރުމަށް އެމްޑީޕީއަށް ލިބިގެންވާ ހައްގަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެތަނުގެ ބެލެނިވެރިކަމާމެދު ދެ ފަރާތެއްގެ ދެމެދުގައި ސުވާލު އުފެދިފައިވާއިރު އެއް ފަރާތެއްގެ ބަހަށް ބުރަވެ އެ ފަރާތުގެ ބަސް ތަންފީޒުކުރުމަށްޓަކައި އެމްޑީޕީއަށް ފުލުހުން ފޮނުވާފައިވާ ސިޓީގައިވާ އެންގުން އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވާ ކަމަށް ކަނޑައަޅާ ހުކުމްކުރާ ކަމަށް ހުކުމުގައި ވެއެވެ.

13 ކިޔުންތެރިންގެ ޚިޔާލު

  1. ދިވެހި Reply

    August 9, 2012 at 6:07 pm

    ތި ފުލުހުން ފުރިހަމައަށް ތަޙްޤީއެއް ކުރާނީކިހިނަކުން ބާވައޭ ހިތަށް އަރައެވެ. މި ހުރަފެންނަނީ އެމީހުން ބޭބުނުން ގޮތަކަށް އިންސާފުން ބޭރަށް ސަރިޢަތްތަށް ނިންމުމަށް ތެޅޭވަރެވެ. ވީ އިރު ޤާނޫން ނުދަންނަ އަދި އެއަށް އިޙްތިރާނުކުރާ ބަޔަކު ކުރާ ތޙުޤީގެއް ބަލައި ގަންނާނެ ރައްޔަތަކު މިޤަމުގައި (ބާޤީން ފިޔަވައި) އުޅޭނެ ބާވައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ވެރިކަމުގައި ބަގުޑި ބެއްދިޔަސް ތިވަރު ބޮޑެވެ. އަދި އިސާނަކަށްވީތީ ލަދު ހަޔާތް ވެސް ހުންނަން ޖެހޭނެ އެވެ. ނޫނީ ޖަނަވާރުންގެ ފެންވަރުގައި އޮރިޔާމުން މަގުމަތީ އުޅުނިއްޔާ މާރަގަޅުވާނެ އެވެ.
    ހައްދަވާ ގެންގުޅުއްވާ އިލާހް އެވެ. އަޅަމެން މި ބާޤީންގެ ކިބައިން ސަލާމަތް ކުރަށްވާންދޭވެ. އާމީން

  2. ވީ ލަވް އަންނި Reply

    August 9, 2012 at 8:43 pm

    ރުނޑިކާޅު އިންގޮތް ބަލާބަލަ ނުހައްގުން ތަރިތަކާއި ހަނދުތައް ކޮނޑުމައްޗަށް އަރުވައިގެން

  3. ނޯނީޑް Reply

    August 9, 2012 at 9:48 pm

    މި އަބްދުﷲ ރިޔާޒް މީދެން ކާކު. މާ ވަރުގަދަ ހެދުމެއް ލައިގެން.

  4. ޢަހުމަދު Reply

    August 9, 2012 at 10:48 pm

    ބާޢީ ރިއާޒު ހަމަހީވަނީ ގިޑިގެއެއްހެން. ފުރޮލަކާ ކޯރާޑީއެއް ކޮޑުމައްޗައް އިތުރުކޮއްލާފަ އަދި ވާ ރޯލެއްވެސްއޮޅާލީމަ ވަރައްސަޅިވާނެ.

  5. ަަަައަލީ އައުފް Reply

    August 10, 2012 at 11:59 am

    ކިހާވަރެއްބާ މީނަޔަށް ލިބިގެން މިއުޅެނީ..މީނަޔަކީ ގައުމުގެ ހަލާކު..

  6. ބާޤި ޞެޞި Reply

    August 10, 2012 at 2:58 pm

    އޮރިޔާން ނުކުރޭ ފުލުހުން އެމީހުންވެސް ދެރަވާނެ ދޯ ބަގާވާތްކުރި މީހުންނަޢީ ދިމާލަށް ބުނާށެވެ.

  7. ވީ ލަވް އަންނި Reply

    August 10, 2012 at 3:39 pm

    ކޮމިޟަނަރ އޮފް ޕޮލިސް އަކީ ކިޔަވައިގެން ހުރި މީހަކަށް ވާންޖެހޭނެ..ހަމަ އެފަދައިން ޗީފް އޮފް ޑިފެންސް ފޯސް އަކީ ވެސް އެޓްލީސްޓް މާސްޓަރސް ޑިގްރީ އެއް އޮންނަމީހަކަށް ވާން ވާނެ.. ށިޔާމް އާއި ރިޔާޒު އަކީ މީން އެކައްޗެއްވެސް އޮންނަ ބައެއް ނޫން ކަންނޭގެ.

  8. ކާކީ Reply

    August 11, 2012 at 12:41 am

    ރިޔާޒްގެ ކޮނޑަށް ހުރީ ތިމަރަވިރުވާފަ އެއީ ތިމަރަފުށި ފޮނި ރިޔާޒް ކަން މާލޭގެ އަންހެންވެރިންނަށް އެގޭނެ އޭނާއަކީ ބޯގޯސް އެހާފަސޭހައިން ހައްދާލެނޭނެ މީހެއްކަން ފުޅުހުންނަށް އިގޭނެ ބައެއް ފުލުހުން އޭނާއަށް ހުސާމަތުކުރީމަ ޕޮރަމޯޝަންވެސް ދޭކަން އެގޭނެ

  9. ނާޒް Reply

    August 11, 2012 at 12:47 am

    ރިޔާޒަކީ ބާޣީއެއް ދެންކާކުތަ އެއީ ފޫހިމީހާގަނޑެއް ވަަރަށް ފޮނިވާނެ މާމޮޅު މީހަކަށްވެގެން ބޮރޯކަން އިންގްލިސްވެގެންއުޅޭ ކިބުރުވެރިއެއް އެއީ؟

  10. އައްޑޫސޮރު Reply

    August 11, 2012 at 7:41 am

    މި ފޮޓޯ ގައި މިއިދީ ހިޓްލަރ ތައް ނޫނީ ސްޓެލިންތަ؟ ތިމާ ބޭނުން ސިފައަކަށް ޔޫނިފޯރމް ޑިކްރޭޓްކުރަން،

  11. މުޙައްމަދު Reply

    August 11, 2012 at 2:54 pm

    މި ޢަބްދުﷲ ރިޔާޒަކީ، ނުލަފާ ބަފައެއްގެ ނުލަފާދަރިއެކެވެ. އޭނަގެ ބައްޕަގެ ގާތްތިމާގެމީހުން މިކަމަށް ހެކިވާނެއެވެ! އެކަން އެންމެރަނގަޅަށް ދަންނާނީ ތިމަރފުށީގެ މީހުނެވެ.
    މިހާރު ޑިފެންސް މިނިސްޓަރަކަށްއެހުރި ނާޒިމަކީވެސް ހަމަ މިފަދަ ނުލަފާ މީހެކެވެ.
    މައުމޫނު، އޭނަގެ ރަންޒަމާނުގައި، ވަލުކއތތަކެއްގެދަރިން ކާންދީ ބޮޑެތިކުރިއެވެ. އެއީ މިދުވަސް އަންނަންއުޅޭތަން އޭނައަށް ފެންނާތީވެއެވެ. އެކއތތަކަކީ، މިހާރުގެ އެމްއެންޑީއެފާއި ޕޮލިސްއާއި އެއުޅޭ އެކިއެކި ޚާއްޞަ އޮޕަރޭޝަންތައް ހިނގާ ވަލުޖަނަވާރުތެކެއްފަދައިން ރައްޔިތުންނަށް ކަންތައްކޮށް މުޚާތަބުކުރާ ނުލަފާ ކއތއައިނެވެ!
    މި ޢަބްދުﷲ ރިޔާޒާއި ނާޒިމަކީ، މިބުނި ދެބައިގަނޑުގެ އިސްވެރިންނެވެ.

  12. އަހުމަދް Reply

    August 11, 2012 at 3:35 pm

    ބޮޑު ބާގީ ކަލޭވިސްނާތި އަބަދުތިޔާ ޔުނިފޯރމް ކަލޭހިމާޔަތެއް ނުކުރާނެ މީގެދުވަސްކޮޅެއް ކުރިންވެސް ކަލެއަކީ ވަރަށް ބަލިކަށިމީހެއް އަދިވެސްކަލޭ ހަމަައެނބުރި އަންނާނެ އެއިރުން ތިޅ…… ވިސްނާތި

  13. ޖާބިރު Reply

    August 14, 2012 at 1:59 am

    ރިޔާޒު ކަލޭ އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރަކާ ކަލޭ ހާދަވައްތަރޭ.. ތިޔަ ސިފައަށްތިބޭ މީހުން ވަރަށްނުލަފާވާނެ.. ކަލޭތިޔަކުރާ އަނިޔާގެ ބަދަލު ދުނިޔެމަތީގައި ފެންނާނެކަން ހަދާންކުރާތި.. ރާއްޖޭގެ ދެލައްކައެއްހާމީހުން ތިބީ ކަލޭމެންނާ ދެކޮޅަށް.. ކަލޭމެން މާތްﷲ އަވަހަށް ހަލާކުކުރައްވާށި.. އާމީން ހައްދަވާބޮޑުކުރައްވާ ރަސްކަލާކޮ! އަޅަމެންގެދުއާ އިޖާބަކުރައްވާށި.. އާމީން.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>