އެމްޑީޕީގެ އިހުތިޖާޖުތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް އެހީވުމަށް ފަންޑްރައިޒް ކުރަން ނިންމައިފި

އެމްޑީޕީގެ އިހުތިޖާޖުތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް އެހީވުމަށް ފަންޑްރައިޒް ކުރަން ނިންމައިފި

08 އޮގަސްޓް 2012 14:16 | 2 ކޮމެންޓް

އެމްޑީޕީގެ އިހުތިޖާޖުތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް އެހީވުމަށް ފަންޑްރައިޒް ކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ގަރާރަކުން މިއަދު ނިންމައިފިއެވެ.

އެ ކޮމިޓީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ހުށަހަޅުއްވައި، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް ތާއީދުކުރެއްވި މި ގަރާރުގައިވާ ގޮތުން ބަޣާވާތަކަށްފަހު ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ރައީސް ކަމުގައި ގާއިމްކުރި ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމަށްޓަކައި ވަރަށް އަނިޔާވެރިކޮށް މީހުން ހައްޔަރުކުރާ ކަމަށާއި، ޚާއްސަކޮށް އަވަސް އިންތިޚާބަކަށް ގޮވާލުމަށް ބާއްވާ މުޒާހަރާތަކާއި، ރެލީތަކުގައި ބައިވެރިވާ މީހުންނަށް އަނިޔާކޮށް ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރަމުން ގެންދާ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ ގޮތަށް ހައްޔަރުކުރެވޭ މީހުންގެ ތެރޭގައި އިޤްތިސާދީ ފޯރުންތެރިކަމެއް ނެތް ވަރަށް ގިނަ ފަރާތްތައް ހިމެނޭ ކަމަށާއި އެފަދަ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭތީ އެފަދަ ފަންޑެއް ގާއިމްކުރުމަށް އެ ގަރާރުގައި ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ފަންޑްރައިޒްކޮށްގެން ފަންޑްރައިޒްކޮށްގެންނާއި، އެކި ހަރަކާތް ހިންގައިގެންނާއި ޑޮނޭޝަންގެ ގޮތުގައި މިކަމަށް ލިބޭ ފައިސާ ޕާޓީގެ އެހެން ފައިސާއެކޭ އެއްގޮތަށް ފައިސާ ބެހެއްޓިފައި ހުންނާނީ ޗެއަރޕާސަން ނައިބު މާލީގެ ބެލުމުގެ ދަށުގައެވެ. އަދި މި ފަންޑުހިންގުން މިފަންޑު ހިންގާނީ މިކަމަށްޓަކައި އައްޔަންކުރެވޭ 5 މެންބަރުންގެ ކޮމިޓީއަކުން ކަމަށާއި، މި ކޮމިޓީގެ މައްސޫލިއްޔަތަކީ ފަންޑްރައިސިންގ ހަރަކާތްތައް ހިންގުން، ފައިސާދޫކުރާ މިންގަނޑުތައް ކަނޑައެޅުން އެހީލިބޭ ފަރާތްތައް ކަނޑައެޅުން ކަމަށް ވެސް ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން މިއަދު ފާސްވި މި ގަރާރުގައި ވެއެވެ.

5 މެންބަރުންގެ ކޮމިޓީ އަށް ހޮއްވެވީ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަދި ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ޓޫރިޒަމް މިނިސްޓަރު ޑރ.މަރިޔަމް ޒުލްފާ އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އަދި އެމްޑީޕީގެ މެންބަރު އައިޝަތު ޖެނިފާ އެވެ.

2 ކިޔުންތެރިންގެ ޚިޔާލު

  1. މުސްތަފާ ތިމަރަފުށި Reply

    August 9, 2012 at 1:45 pm

    ވަރަށް މުހިންމުކަމެއް ….މިނިވަންކަމާ ހައްގުތަކަށް ގޮވާލަމުންދާ ރައްޔިތުން ޖަލަށް ލައި އެކަހެރި ކުރާނަމަ ވެވުނުމިންވަރަކުން އެހީތެރިވާންޖެހޭނެއެވެ. އެކަކު އަނެކަުގެ ކިބައިން ހިއްވަރު ލިބިގަންނަނާން ޖެހެއެވެ. އެމްޑީޕީ ގެ ނޫސްބަޔާންތަކާއި އިއުލާންތައް އެންޑީއޯއިން ގެނެސްދޭ ކަމަށްޓަކައި ވަރަށަ އިހުލާސް ތެރިކަމާއި އެކު ނޫހުގެ ހިންގުން ތެރިންނަށް ސުކުރު ދަންނަވަން.

  2. ޔާހަމްބަރާސް Reply

    August 11, 2012 at 10:02 pm

    ވަރަށްފެންނަކަމެއް، ފަންޑު ހޯދުމަށް އަޅުގަނޑު މަރުހަބާ ކިޔަން، އަޅުގަނޑަށްވެސް
    ވީ މިންވަރަކުން އެހީ ދޭނަން! ހައްގު ހޯދުމަށް ރައްޔިތުން މުޒާޙަރާ ކުރުމަކީ ދިވެހި
    ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ވަރަށްމުހިންމު
    އަސާސީ ހައްގެއް! ފެންނަމަންޒަރުތަފާތު! މިފެންނަނީ ގާނޫނު އަސާސީގެ ހުރުމަތްކަނޑާލާ!
    ރާއްޖޭގެ ފުލުހުންނާއި ސިފައިން އެބައިމީހުންގެހިތަށްފެންނަގޮތަކަށް ގާނޫނަށް ބެލުމެއްނެތި
    މީހުން ހައްޔަރުކޮށްތަޅާ! މަރާ، ލާއިންސާނީ އަނިޔާކޮށް ހަދާ މިލިޓަރީ ވެރިކަމެއްގެ
    މަންޒަރު! މިލިޓަރީ ވެރިކަމެއްގެ އެންމެ އަސާސީ ސިފަޔަކީ! އެބައިމީހުން އާންމުންނަށް
    އަނިޔާ ކޮށްފާ، އެބައިމީހުންނަށްއާންމުން އަނިޔާކުރާ ކަމަށް އެވާހަކަދައްކާ! ބަޔާންނެރުން!،،ދެވަނަސިފަޔަކީ އެތަނެއްގާ އޮންނަ ސަރުއީ ނިޒާމް އާއި، މިނިވަން މުއައްސަސާތައް އެސަރުކާރެއް ބޭނުންގޮތަކަށް ކަންކަންނިންމުން!،!،”

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>