28 ޖުލައި 2012 ގައި އެންޑީއޯއިން ރިޕޯޓްކުރި ގޮތަށް ރާއްޖެ ޓީވީއަށް ހަމަލާ ދީފިއެވެ

28 ޖުލައި 2012 ގައި އެންޑީއޯއިން ރިޕޯޓްކުރި ގޮތަށް ރާއްޖެ ޓީވީއަށް ހަމަލާ ދީފިއެވެ

07 އޮގަސްޓް 2012 14:24 | 14 ކޮމެންޓް

28 ޖުލައި 2012 ގައި އެންޑީއޯއިން ރިޕޯޓްކުރި ގޮތަށް ރާއްޖެ ޓީވީއަށް ހަމަލާ ދީފިއެވެ

ރާއްޖެ ޓީވީއަށް ހަމަލާދީފައިވަނީ އެތަނުގެ އިމާރާތުގެ އިލެކްޓްރޯނިކް ތަޅުލެވޭ ނިޒާމް ފެއިލްކޮށްލުމަށްޓަކައި ބިލްޑިންގްއިން ކަރަންޓް ދުއްވާލައިގެންނެވެ. ބިލްޑިންގ އިން ކަރަންޓް ދުއްވާލުމަށްފަހު ތަޅު ހުޅުވައިގެން ގަޑިއެއްހާއިރު ތެރޭ އޮންއެއަރ ކުރުމަށް ބޭނުންކުރެވޭ ހުރިހާ ކޭބަލްއެއްހެންވަނީ ބުރިކޮށްލާފައެވެ. ރާއްޖެޓީވީއިން ނެރެފައިވާ ބަޔާނުގައިވަނީ ރާއްޖެޓީވީއަށް މީޑިއާ ނެޓުން މައުލޫމާތުދޭގޮތުގައި ރާއްޖެޓީވީގެ ކޭބަލްތައް ބުރިކޮށްލުމުން ސިގްނަލް ލިބުން ހުއްޓުނީ މިއަދު ހެނދުނު 07:00 ހާއިރުކަމަށެވެ.

ރާއްޖެޓީވީގެ އިމާރާތަށް ގެއްލުންދީފައިވަނީ ވަރަށް ބޮޑަށް ރޭވިގެންކަން ފާހަގަކުރެވޭ ކަމަށްވެސް ރާއްޖެޓީވީއިން ބުނެއެވެ. މިގޮތަށް ލަފާކުރެވެނީ ސްޓޭޝަންގައި އޮން އެއަރކުރުމަށް ބޭނުންކުރާ ސާމާނުތަކަށް އެކަނި ގެއްލުންދީފައިވާއިރު، ތަނުގެ ލެޕްޓޮޕް/ކެމެރާފަދަ ތަކެއްޗަށް ގެއްލުންދީފައި ނުވާތީއެވެ. އޮންއެއަރ ކޮންޓްރޯލް ރޫމްގެ ކޭބަލްތައް ބުރިކޮށްލަން އިނގޭނީ ބްރޯޑްކާސްޓިންގ ދަންނަ ފަރާތަކަށްކަން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެޓީވީއަށް ދީފައިމިވާ ހަމަލާ އިންސާފުވެރިކަމާއި އެކީ ފުލުހުން ތަހުގީގު ކުރާނެ ކަމަށް އެންޑީއޯއިން އުއްމީދުކުރަމެވެ.

އެންޑީއޯއަށް މިހާރު ވަރަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެޓީވީއަށް ހަމަލާ ދީފައިވަނީ ޔާމީނުއާއި ގުޅުންހުރި ގޭންގްތަކެއްގެ މީހުންނެވެ. މިހަމަލާއާއި ބެހޭގޮތުން މައުލޫމާތު ލިބެމުންދާވަރަކުން ގެނެސްދެވޭނެއެވެ.

މެމްބަރު ބޮންޑާއާއި މެމްބަރު ނާޒިމް އަށް ހަމަލާ ދިނުމަށް ޔާމީނާއި ނާޒިމް ބުނެފި ކަމަށް މައުލޫމާތު ލިބޭ!

 

14 ކިޔުންތެރިންގެ ޚިޔާލު

  1. މުސްތަފާ ތިމަރަފުށި Reply

    August 7, 2012 at 2:51 pm

    ރާއްޖެޓީވީ ގެ ސާމާނުތައް ހަލާކުކޮށް ފުނޑާލިއަސް ބާގީ މަނިކު ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަޡް ކުރާ އަނިޔާއާއި ބާގީ މަނިކު ގެންގުޅޭ ކަޅުވެންތަކާ ފެމުނުތަށް ހަޒާނާ ލޫޓުވާ ކައި ހުސްކުރާވަރު ރައްޔިތުންނަށް ސިއްރެއް ނުކުރެވޭ …،ރާއްޖެއާ ދުނިޔޭ ގެ ކުރިމަތީ ބާގީވަހީދާ ބާގީ އިމުރާނު އާ ސަހީމު މިހާރު ތިއަތިބީ އޮރިޔާންވެ އަބުރުގެއްލި ބޮޑެތި ޖިނާއީ ކުއްވެރިންނަށްވެފައެވެ.  

  2. ހަމީމު / މާލެ Reply

    August 7, 2012 at 2:53 pm

    ރޢްޖެ ޓީ ވީއށް ގެއްލުން ދީފައިވަނީ ސީދާ އަބުދުﷲ ރިޔާޒްގެ އޯޑަރަކަށް ފަހުން މިކަމުގެ ޚަބަރުތައްގެނެސްދެވޭނެ. މިކަމުގައި އެހީތެރިވެފައިވަނީ ބާޣީ ސިފައިންނާއި ފުލުހުން.

  3. ގުންޑާ އުފެއްދިމީހާ Reply

    August 7, 2012 at 3:04 pm

    ތިޔަ މައްސަލަ އެއް ނުބަލާނެ، ފުލުހުންވަނީ ދިވެހިރާއްޖޭގެ ގާނޫން އަސާސީ އާއި ޚިލާފަށް ރާއްޖެ ޓީވީ އަށް ޙިމާޔަތް ނުލިބޭނެކަން އިއުލާން ކޮށްފަ. އެފަދަ ޣައިރުގާނޫނީ ނިންމުމަކާ ގުޅިގެން ދައުލަތުގެ މިނިވަން މުއައްސަސާ އަކުން އެޅިފިޔަވަޅެއް ފެންނަން ނެތް ހިނދު ސަރުކާރުންވެސް އެކަން ބަލާފައިނުވާހިނދު، މިހާދިސާ ތަޙުގީގުކޮށް ހައްގު ހޯދަދޭނީ ކޮންފަރާތަކުންތޯ މީ އުފެދޭ ސުވާލެއް. ގައުމުެ ޖުޑިޟަރީ އޮތް ހާލަތު ތިމަރަފުށީ މެންބަރަށް ކުރި ޙުކުމް ވަރަށް ސާފުކޮށް އެއޮތީ ފެންނަން. ބްރޯޑްކާސްޓިން ކަމިޟަނުގެ ނާއިބުރައީސް ހިރިގާ ޒާހިރުވެސ ޢަމަލީ މަސައްކަތުން ގެނެވިފައިވާ ބަޣާވާތާ ގުޅިގެން މިނިވަން ނޫސްވެރިކަން ނައްތާލުމަށް ހިނގާ މިފަދަ ކަންތައްތައް އިސްލާހޫކުރެވޭނީ ކިހިނެތްތޯއޭ ހިތަށް އަރައެވެ. ޔާމީނުގެ ގުންޑާއިން ދިވެހި މުސްލިމުން ކަތިލއަސް ފުލުހުންގެ މުއައްސަސާ އަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. ބާޣީ ރިޔާޟް ގެ ކޮޑަށް ގިޑިގެ އަރާ ނުހަނު ބޮޑު މުސާރަ ލިބި އޭނާއަށް އުފަލުގަ އުޅެވެނީ ތިޔަބުނާ ގުންޑަގެ ވެރި ޔާމީން ގެ ބާރުން. ބޮންޑާ ނާޒިމް ވެސް މަރާލުމަކީ ދުރު ކަމެއްނޫން. ބޮޑިގާރޑް ޓްރޭނިންގެ ތެރޭގައި ފުރާނަ ގެއްލުވާލި އަލިފުށި ކުއްޖާއަކީ، ބަޣާވަތާ ގުޅުން ހުރި މަރުގެ ކޭސް އެއް ކަމަށްވެސް މަގޭ ހިތުގަ ޟައްކު އުފެދޭ. އަދި ކުރިއަށް އޮތް ދުވަސް ތަކުގަ ފެނިގެންދާނީ، ފުލުހުންނާ ސިފައިން ނުކުމެ ރައްޔިތުންގެ ބޮލަށް ބަޑިޖަހާތަން. އިންޟާﷲ

  4. އަލީ Reply

    August 7, 2012 at 3:42 pm

    އެވެރިންނަށް ތިކަން ނުވެގެން އުލޭތާ ކިތަންމެ ދުވަހެއް. ދެން ކިހިނެއް ތިކަން ބަލާނީވެސް ދޯ..! އެކަމު ތި ހުރިހާކަމެއް ދަންނަ މީހަކަށް ނޫނިއްޔަކާ ނޭގޭނެ ދޯ . ބަލާބަލަ ރަނގަޅަށް އަނެއްކާ ބައިކޮޅަށް ޖަހާ ގޮލަޔަކު ތިތާ ހުރީކަމަސްވެސް ވެދާނެ.

  5. ާއަލީ ވަހީދު Reply

    August 7, 2012 at 4:01 pm

    ތިޔަ ކަން ކޮށްފައި ވަނީ ސީދާ އެސް އޯ ގެ ބެލުމުގެދަށު.

  6. ގުލްފާމް ރ.އުނގޫފާރު Reply

    August 7, 2012 at 4:23 pm

    އަބަދުވެސް އަހަރެމެން ދެނެތިބި ޙަޤީޤަތަކީ ޤައްޔޫމުސީދީގެ ބަކަރިކޮށިން ނިކުމެގެންނޫނީ އެފަދަ ޖަރީމާއެއް ހިންގޭނެ ޤަބިލުކަން ނުނެރެވޭނެކަމެވެ. މެޔާފިތާ ނަންގަވާފަ ،ލަދުހަޔާތް ކަޑުއްވާފަ ތިބިބަޔަކަށްނޫނީ އެފަދަ ޖަރީމާތަށް ހިންގަންނުކެރޭނެކަމެވެ. އަމިއްލަ ދަރިޔާބެހޭ ޔާމީނު ހީކުރަނީ އެބަކަށްޓާއި ބެހޭ މަޢުލޫމާތު ދިވެހިންނަށް ނޭންގޭކަމަށެވެ. މިބުނާދަރި އޯލެވެލް ހެދިފަހަރު ޓެސްޓްޕޭޕަރ ވަގަށްނަގައިދިން ސިފައިންގެ ޕްރައިވެޓް ވީތަނެއް އެގިލައްވާތޯއެވެ؟

  7. ސަންފްލާވަރ Reply

    August 7, 2012 at 4:39 pm

    ކޮބައިބާ ސަރވައިލަންސް ކެމެރާ ތަށް… ސެކުއިރިޓީ…

  8. ުބިއަރު ލޮލީ Reply

    August 7, 2012 at 6:49 pm

    މީހުން ކިޔާ އުޅޭތަ ތިކަން ކުރީ ފުލުހުންނޭ ؟

  9. މަރީ Reply

    August 7, 2012 at 8:37 pm

    ރައީސް ނަށީދު ގެ ދައުރުގައި ހިތުހުރި ވަރަކަށް ޗައްޕާގެ ސޯޓް ޓީވީއާއި ބުރުމާގެ ޓީވީ ހުއްޓާ ނުލައި ދޮގު ހަބަރު ފެތުރު އިރު ވެސް އެޓީވީ ތަކަށް މިފަދަ ހަމަލާ އެއްނާދޭ. ﷲގެ ރަޙޫމަތްފުޅުން މި ބަގާވާތް ވެރިކަން ވެއްޓޭނެ. ދުނިޔޭގެ މީހުންނަށް ފިލާވަލެއް ލިބޭފަދަ ގޮތަކަށް. ލަދުވެތިގޮތަކަށް. އަދި ބާގީންނަށް ޙައްޤު އަދަލުވިބޭނެ. ޙައްޤަށް ނަސްރު އަބަދުވެސް

  10. ައަލީމޫސާ 7/8/2012 Reply

    August 7, 2012 at 9:47 pm

    ރާއްޖެ ޓީވީއައް ގެއްލުން ކޮއް ހަދާނަމަ ވަޅޯ ޓީވީ ދަބަރު ޓީވީ ރާއްޖެ ތެރެއަކަށް
    ދައް ކާކައް ނުކެރޭނެ ބަލަންތިބޭ ދެން ރާއްޖެ ޓީވީ އައް ގެއްލުދީފި ކަމައް ވަންޏާ
    ވަޅޯ ޓީވީ ދަގަޑު ޓީވީ ދައްކާބަލަ އަނިކުރިއަސް ކަލެމެނައް ވެސްއަދަބެއް ނުލިބޭ
    ވީމާ ހަމަހަމަ ވާން ޖެހޭނެ އެގިދާތާ.؟

  11. އިންކްރެޑިބަލް Reply

    August 7, 2012 at 10:21 pm

    އެކަމަކު ފުލުހުން ބުނެފަ އޮތީ ރާއްޖެ ޓީވިީއަށް އެއްބާރުލުން ނުދޭނެކަމަށް. ދެން އެމީހުން ތަހްގީގް ކޮށްގެން ވާނެ އެއްކަމެއްވެސް ނޯންނާނެ. ދެރަ ކަމަކީ ފުލުހުންނަށް ތިކަން ރިޕޯޓް ކުރީތީ.

  12. Dhuvaafaru Dhandahelu Reply

    August 8, 2012 at 12:12 am

    މިއަދަކީ ބަޣާވާތަށް ހަ މަސް ފުރުނުދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ ކޮތުން ރާއްޖެ ޓީވީއަށް ބާޣީން ވަގަށްވަދެ ޖަރީމާ ހިންގައިފިއެވެ.
    ބަޣާވާތުގެ ސަރުކާރަށް ހަޖަމުނުކުރެވޭކަން މިއަދު މި ހާމަވަނީއެވެ. އިސްލާމް ދީނުގެ ހިމާޔަތުގައޭކިޔައިގެން ދީނީ އިލްމުވެރިންނޭކިޔައިގެން މިއުޅޭ ސޭކުން ކުރީގެ ސަރުކާރު ބަޣާވަތަކުން ވައްޓާލުމަށްފަހުގައި މިވެރިން ކުރިންދެއްކިހުރިހާ ވާހަކައެއް އަދި ކީހުރިހާ ޅެމެއް ފަރިއްސައް ވެނިމިއްޖެއެވެ. ހުރިހާ ދިމާއަކުންވެސް ރައްޔިތުންނަށް އަނިޔާ އާއި ވޭނެވެ. ރަލާއި އޫރުމަހާއި މަސާޖްޕާލާތަށްވެސް ވަނީ އިތުރެވެ. ތަކެތީގެ އަގުތަކާއި ވިޔަފާރީވެރިންނަށް ކުރަމުން މިގެންދާ ދުއްތުރާތަށް މި ބަޣާވާތުގެ ސަރުކާރުން ދުވަހެއް ދުވަހަކަށް މައްޗަށް ދާކަމީ ހިތާމަކުރާ ކަމެކެވެ. ރަތްލާޖެހި ޔަހޫދިންނަށް މި ބަޣާވާތުގެ ސަރުކާރު މިލިއަނުން ބިލިއަނުން ހަރަދުތަށް ކުރަމުންދާއިރު ދީނީސޭކުން މިއަދު ތިބީ ނިދާފަކަން ފާހަގަކުރެވޭއެވެ. މިއަދު ދީނީ އިލްމުވެރިންކަމަށް ދައުވާކުރާ ސޭކުންނަށް ބަޣާވާތުގެ ސަރުކާރުން ހިންގަމުން މިގެންދާ ލާދީނީ ޖަރީމާތަކަކީ އޯކޭ ކަމެއްކަމަށް ދެކިގެން ތިމާމެންގެ އަމިއްލަ މަސްލަހަތު އިސްކޮށް ދުނިޔެވީ އުފަލާއި މަޖަލުގައި އަދި ރިސްވަތާއި ކޮރެޕްސަނުން ތަތް ތެޅިގެން ކަންނެލި އޮޑިފަހަރުންފެށިގެން ގޮސް ބޮނަކުއާ ފެންފުޅިއާއި އަދި ފަހަރިންނާއި ހަމައަށް މިހިންގާ ޖަރީމާތަށް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
    މިވެރިން އަޑީގަ ތިބެގެން އާއްމުރައްޔިތުންގެ މުދަލަށާއި ތަކެއްޗައް ގެއްލުންދީހަދާއިރު މިވެރިންގެ ދީނީ އިލްމުވެރިކަމާއިމެދު ސުވާލުއުފެދެއެވެ. ރާއްޖެ ޓީވީއަށް ގެއްލުންދިނެއްކަމަކު ބަޣާވާތަށް ދެކޮޅަށް އަޑުއުފުލާ މީހުން ހިފާ ހައްޔަރު ކުރުމަކުން އެމްޑީޕީއެއް ފަހަތަކަށް ނުޖެހޭނެކަން ދަންނަވަމެވެ.

  13. މުހައްމަދު އަބްދުއް ރަހީމް (އާޓާ) Reply

    August 8, 2012 at 3:30 am

    ކޭބަލްވެސް ކަނޑާލެވިދާނެ، ހުޅުވެސްޖެހިދާނެ، އެކަމަކު ރައްޔިތުންގެ ވިންދެއް ނުހުއްޓުވޭނެ. އަނިޔާވެރިންގެ ނިމުން އަނިޔާގެ ތެރެއިންކަން ދާނީ ހަނދާން ބަހައްޓާތި.

  14. ޔާޔު Reply

    August 9, 2012 at 12:16 pm

    ހަމަ ހަބޭސް………………ދެން ލަލަލާ

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>