ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ ދަރިޔަކު ޣައިރު މުސްލިމް ވެއްޖެ! ވާހީދުގެ އަންހެން ދަރި އީމާން ވަނީ ހިންދޫ ކަނލާގެ އަކަށް!

06 އޮގަސްޓް 2012 17:05 | 52 ކޮމެންޓް

-ފިރުޝާން ޔޫސުފް-

މިހާރު ރާއްޖޭގެ ވެރިޔަކަށް ހުރި މުހައްމަދު ވަހީދު ހަސަން މަނިކުގެ ތިން ދަރިންގެ ތެރެއިން ޖެފްރީ ސާލިމް ވަހީދު ސަލީބު އަޅައިގެން އުޅޭ ފޮޓޯތަކެއްގެ ޚަބަރާއި އަދި ވިދާދު ވަހީދުގެ ފިރިމީހާއަކީ ކްރިސްޓިއަނެއް ކަމުގެ ހަބަރު ވަނީ ރައްޔިތުންނާއި ހަމައަށް އެންޑީއޯ އިން ގެނެސް ދީފައެވެ. އަދި ހަމަ އެހެންމެ ވަހީދުގެ ދެމަފިރިން އިންޑިއާގެ ފައްޅިއެއްގައި ނަގާފައިވާ ފޮޓޯތަކެއްވެސް ވަނީ މީގެ ކުރިން އާންމު ވެފައެވެ. ދާދިފަހުން އިނގިރޭސި ވިލާތުގައި ބޭއްވުނު އަޅުކަމެއްގައި ނަސޯރާ ދީނުގެ ފައްޅިއަކަށް ގޮސް ވަހީދުގެ ދެމަފިރިން އަޅުކަމުގައި ބައިވެރިވި ކަމުގެ ޚަބަރުވެސް ވާނީ އެންޑީއޯގެ ކިއުންތެރިންނާއި ހިއްސާ ކޮށްފައެވެ.

އެންމެ ފަހުން މިހާރު މިވަނީ ވަހީދުގެ ދެން ހުރި ދަރިއަކީ ސީދާ ހިންދޫ ދީނުގެ މީހެއްކަން ސާބިތު ވާނެ ވަރަށް ހެކި ލިބިފައެވެ. އީޑަބްލިޔުޕީ ސިމްޕޯސިއަމް ގައި ‘ދި އިންޓްރާ ސައިކިކް ސްޓްރަކްޗަރ އެންޑް ފަންކްޝަން އޮފް އަ ރިލޭޝަންޝިޕް ޓު ޑާކް މަދަރ ގޮޑް’ ގެ ނަމުގައި ދިން ޕްރެސެންޓޭޝަންއެއްގައި ވާހަކަ ދައްކަމުން ވަހީދުގެ އަންހެން ދަރި ފިދާ ވަހީދު ބުނެފައިވަނީ އޭނާއަކީ ހިންދޫ ދީނުގެ ކަނލާގެ ތަކުގެ ތެރެއިން ކަނލާގެއެއް ކަމަށްވާ ޑާކް މަދަރ ގޯޑް ނުވަތަ އިންޑިއާ ބަހުންނަމަ ‘ކާލީ މާ’ އަށް ތަބާވާ މީހެއް ކަމަށެވެ.

ކާލީ މާ އަށް އިމާންވާ ކަމަށް އެއްބަސް ވަމުން ފިދާ ވަހީދު ބުނެފައިވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އޭނާއަށް ކާލީ މާ ކަނލާގެ ވޮޑިގެންވާ ކަން އިހްސާސް ކުރެވިފައިވާ ކަމަށާއި، އަދި އެކަނލާގެ ހެޔޮ ކަމާއި ނިމުމެއްނުވާ ލޯބި އިހްސާސް ކުރެވިފައިވާ ކަމަށެވެ. އަދި، ކާލީ މާ ގެ ސަބަބުން އޭނާގެ ދިރިއުޅުން ވަރަށް ބޮޑަށް އުޖާލާ ވެފައިވާ ކަމަށް އޭ ބުނެފައިވެއެވެ. އެގޮތުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމާއި ޝަހުސިއްޔަތާއި ރޫހާނިއްޔަތު ތަރައްޤީ ވެގެން ދިއުމުގައި ކާލީ މާ ކަނލާގެ ހިއްސާ ވަރަށް ބޮޑު ކަމަށް ފިދާ ވަހީދު ބުނެއެވެ. މިވާހަކަ ތައް ފިދާ ވަހީދު ފައްޓަމުން ބުނެފައިވަނީ އޭނާ އެވާހަކަތައް ހިއްސާ ކުރުމުގެ އެއް ބޭނުމަކީ ކާލީ މާ ކަނލާގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުންނާއި ރޫހާނީ ގޮތުން ލިބިފައިވާ ހިތްހަމަޖެހުން ކިޔާދީ އިންސާނާއަށް ކާލީމާ ކަނލާގެ ސަބަބުން ފަރުވާ ލިބިގެންދާ ގޮތް ރަނގަޅަށް ތަސައްވުރު ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އިސްލާމުން އަތްލުން ހަރާމް ކުއްތާއެއް ފިދާ ވަހީދު ޕެޓެއްގެގޮތުގައި ގެންގުޅެއެވެ. އަދި އެއަށް ފިދާ ވަހީދު ދީފައިވާ ނަމަކީ ޕިންކީއެވެ. މީގެ އިތުރުން ޖަރުމަނުގައި އޭނާގެ ރޫހާނީ މަންމަ އެއް ނުވަތަ މުދައްރިސެއް ހުންނަ ކަމަށް ބުނެއެވެ. އެ މުދައްރިސް އާއި ބެހޭގޮތުގެ ފިދާ ބުނެފައިވަނީ އެއީ އޭނާގެ ‘ދިރިހުރި ކަނލާގެ ވަންތަ މުދައްރިސް’ ކަމަށެވެ.

ޤާތްގަނޑަކަށް 26 މިނިޓްގެ ޕްރެސެންޓޭޝަނުގައި ކާލީ މާ ‘ކަނލާގެ’ އާ ބެހޭގޮތުން ފިދާ ދެއްކި ހުރިހާ ވަހަކައެއް މިލިޔުމުގައި ގެނެސް ނުދެވޭނެތީވެ ކުރު ކޮށްލީމެވެ.

ޔޫޓިއުބުގައި ވާ ފިދާ ވަހީދުގެ ވީޑިއޯގެ 12 ވަނަ މިނެޓާއި 24 ވަނަ މިނެޓު ރަނގަޅަށް އަޑު އައްސަވާ.

މިއީ ތޯތޯ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ތާރީޚްގައި އެއްވެސް ރައީސެއްގެ ދަރިއެއް މިހާތަނަށް ހިންދޫ ދީނުގެ ކަނލާގެ އަކަށް އީމާންވާ ކަމަށް މިހާ ފާޅުގައި ބުނެފައެއް ނުވެއެވެ. އަދި ކިއެއްތަ، އިސްލާމް ދީން ނޫން އެހެން ދީނަކަށް އުޅޭ ކަމަށް ފާޅުގައި ބުނެފައެއް ނުވެއެވެ. ނަމަވެސް، ވަހީދުގެ އަންހެން ދަރި ފިދާ މިވަނީ ހިންދޫ ދީނަށް އަޅުކަން ކުރާ ރަތްލާޖެހި ހަރުބީ ކާފަރަކަށެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސެއްގެ އަހެން ދަރިޔަކު އިސްލާމް ދީނާއި ހިލާފަށް ޣައިރު މުސްލިމް ފިރިހެނަކާއި ކައިވެނި ކޮށްފައެއް ނުވެއެވެ. މުސްލިމް އަންހުންނާއި ޣައިރު މުސްލިމް ފިރިހެނުން ކައިވެނި ކުރުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަކަމަށް ވާއިރު ވަހީދުގެ އަންހެން ދަރި ވަނީ އެކަން ކޮށްފައެވެ. އޭނާ އިނދެގެން އުޅެނީ ކްރިސްޓިއަނެއް ކަމުގައިވާ ޖެރެމީ ގްޑްރިޗް އާއެއެވެ. ވަހީދުގެ ހަމައެކަނި ފިރިހެން ދަރިއަށް ވަހީދުމެން ދީފައިވަނީ ކްރިސްޓިއަން ނަމެކެވެ. ޖެފްރީއެވެ. އޭނާ ކަރުގައި ސޮލީބު އަޅައިގެން ނަގާފައިވާ ފޮޓޯތަކެއް އުޅެއެވެ.

ވަހީދުގެ ދަރިއަކު ހިންދޫ ކަނލާގެ ތަކުގެ ތެރެއިން ކަނލާގެ އަކަށް އަޅުކަން ކުރަނީ ވަހީދު/އިލްހާމްގެ ފުރިހަމަ ރުހުމާ އެކުއެވެ. ވަހީދުގެ އަންހެން ދަރިއަކު ކްރިސްޓިއަނަކާއި އިނދެގެން އުޅެނީވެސް ވަހީދު/އިލްހާމްގެ ފުރިހަމަ ރުހުމާއެކުއެވެ. ފިރިހެން ދަރިޔަށް ޖެފްރީ ކިޔައި ކްރިސްޓިއަން ނަމެއް ދިނީވެސް ވަހީދު/އިލްހާމްގެ ރުހުމާއެކުއެވެ. އަދި ހުދު ވަހީދު/އިލްހާމް ފައްޅިތަކަށް ގޮސް އުޅެނީވެސް ދެމީހުންގެ ރުހުމުގައެވެ.

ދަރިން އިސްލާމުންގެ ގޮތުގައި ބަލައި ބޮޑު ނުކޮށް، އެ ކުދިން ރަނގަޅު މަގުން ކައްސުވާލީ ހުދު ވަހީދުގެ ދެމަފިރިން އެކަން އެގޮތަށް ކުރަން ބޭނުން ވެގެންނެވެ. އެއީ ދެ މަފިރިން އެމީހުން ވަނީ އެމީހުންގެ ދަރިންނާ މެދު ވި ވަރަށް ބޮޑު އިހްމާލެކެވެ. ރަނގަޅު މައިން ބަފައިންގެ ގޮތުގައި ރަނގަޅު ބެލެނިވެރިން ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެމީހުން ބޭނުންވީ އެމީހުންގެ ދަރިންނަކީ ޣައިރު ދީންތަކުގެ މީހުންނަށް ހަދައި ޣައިރު މުސްލިމް އުޅޭ ގޮތަށް އުޅޭ ބަޔަކަށް ހަދާށެވެ.

މިފަދަ ހަރާންކޯރު ބެލެނިވެރިއަކަށް މުޅި ޤައުމުގެ ބެލެނިވެރިކަން ދޭން ހެޔޮވާނެ ތޯއެވެ. ތިމާގެ އަމިއްލަ ދަރިންނަށް ހަރާން ކޯރުވި މީހާކު ޤައުމުގެ ރައްޔިތުންނަށް ހަރާން ކޯރު ނުވެ ހުންނާނެ ހެއްޔެވެ؟

އަދާލަތު ޕާޓީއާއި މަދަނީ އިއްތިހާދާއި ޕީޕީއެމް އިން ވަސްވާހުގެ ބަސްތައް ބުނެ ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް މިފަދަ ޝައިތޯނަކަށް ބައިއަތު ހިފުމަށް ހިތްވަރުދީ ގޮވާލީ މި ޤައުމާއި މި މާތް ދީން ދެކެ  އެމީހުންވާ ލޯތްބެއްގެ ބޮޑު ކަމުން ބާވައެވެ؟

ނޫނެކެވެ! އިސްލާމް ދީން ދެކެ ހަޤީޤީ ލޯބިވާ ބަޔަކު އެބައެއްގެ އަމިއްލަ ދަރިން އިސްލާމް ދީނުގެ ހިދާޔަތުގެ ތެރެއިން ގަސްތުގައި ބޭރުކޮށްލި ވަހީދު ފަދަ މީހެއްގެ މައްޗަށް މިޤައުމުގެ ހުންގާނު ދޫކޮށެއް ނުލާނެއެވެ.

މައުމޫނާއި ގާސިމެވެ! ﷲ ގެ މާތް ނަންފުޅު ބޭނުން ކޮށްގެން ﷲ ގެ ދީން ހިމާޔަތް ކުރަނީ ކަމަށް ރައްޔިތުންނަށް ދައްކައިގެން، ދިވެހި ތާރީޚް މިހާތަނަށް ދުށް އެންމެ ‘ލާދީނީ’ ވެރިޔާ ތަހުތުގައި ބަހައްޓައިގެން ތިމާމެންގެ އަމިއްލަ އެދުންތައް ހާސިލު ކުރަމުން ތިޔަގޮތުގައި ކަލޭމެން އަބަދު ދެމިތިބެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އެހެނެއް ނުވާނެއެވެ.

ﷲ ގެ ދީނަށް އުރެދި އެ ދީނުގެ ނަމުގައި ކަލޭމެން ހުރިހާ ކަމެއް އޮޅުވާލައި ރައްޔިތުންނަށް ޚިޔާނާތް ތެރި ވީކަން މިހާރު ރާއްޖޭގެ ރަށްރަށުގައ އުޅެމުންދާ ރައްޔިތުންނަށްވެސް ދަނީ ހާމަވެ ފެންނަމުންނެވެ. ކަލޭމެން ދެމީހުންގެ މި ޚިޔާނާތަކީ އެކަމަށް ރައްޔިތުން މާފު ކުރާނެ ކަމެއް ނޫނެނެވެ. އަދި އެކަމުގެ ބަދަލު ފިސާރި ހިތިގޮތަކަށް ރައްޔިތުން ކަލޭމެންނަށް ދޭނެ ކަން ޔަގީނެވެ!

Who is ‘Dark Mother God’ Kali Ma

52 ކިޔުންތެރިންގެ ޚިޔާލު

  1. ލަޒާރަސް Reply

    August 6, 2012 at 5:42 pm

    ހެހެހެހެހެހެހެހެހެހެހެ ދެތިކި ޕީ…..!!!

  2. ޖަމަލޭ Reply

    August 6, 2012 at 6:19 pm

    ނަގުލާ :ޯ

  3. ޙީޅާާޅ Reply

    August 6, 2012 at 6:54 pm

    ހާދަ ކަޑަަަަ އޭ ދޯ ވައްޑޭ

  4. ކުރަތްޕޭ Reply

    August 6, 2012 at 6:59 pm

    ކުންނާރާ؟

  5. ސާމަރީ Reply

    August 6, 2012 at 7:32 pm

    އިސްކަންދަރު ކޮށީ ގައި ވަރަށް އަވަހަށް ފުލުހުން އަޅުކަންކުރަން ވަހީދު ގެ ސިފައިގައި ބުދެއް ބަހައްޓަން ޖެހޭނެކަމަށްވެސް ވަހީދު ވަނީ ބުނެފައެވެ.

    • މުދި Reply

      August 9, 2012 at 11:46 am

      ކަލޭ ވަހީދު އާއި ބެހުނަސް ފުލުހުންނާއި ނުބެހޭތި…

  6. ބަދްރު Reply

    August 6, 2012 at 7:41 pm

    ތިޔައީ ކުރިންވެސް ވަރަށް ގިނަ ދިވެހިންނަށް ހަމަ އެނގޭ ކަންތައްތަކެއް. އަދި އަންނި، ޑރ. ވަޙީދު ނައިބު ރައީސް ކަމަށް ހަދައިގެން ރިޔާސީ އިންތިޙާބަކާ ކުރިމަތިލީ އިރުވެސް ތިކަން އަންނިއަށްވެސް އަދި ދިވެހި ރައްޔިތުންނަށްވެސް އެނގޭ! އެހެންކަމުން މިދަނޑިވަޅުގައި ތިޔަ ވާހަކަތައް ތަކުރާރުކޮށް ވަޙީދު ފަލީޙަތްކުރުމުގެ (ނުވަތަ ސިޔާސީ ޢިބާރާތުންނަމަ ކެރެކްޓަރ އެސޭސިނޭޝަން ކުރުމުގެ) ބޭނުމެއްނެތް! ތިޔައީ ދީނަށް ނުވަތަ މިޤަޢުމަށް ހެވެއް އެދިގެން ވަކިކުރާކަމެއް ނޫން! ތިޔައީ ހަމަހުސް ސިޔާސީ ކުޅިގަނޑެއް! އާދެ ވަޙީދުވަނީ 23 ޑިސެމްބަރ ގެ އިއްތިޙާދު މީހުންނާއެކު ޕޯޑިއަމްގައި ވަރަށްބާރަށް ﷲ އަކްބަރ ކިޔާފަ، އަދި ވެރިކަން ބަދަލުވުމަކީ ދެއްވި ނަޞްރެއްކަމަށްވެސް ގޮވާފާ. އެހެންކަމުން މިއީ ވަޙީދު އަމިއްލައަށް ލިބިގަތް ފަލީޙަތެއްކަމުގައި ޤަބޫލުކުރަން. އެމް.ޑީ.ޕީ އިން ޤަޢުމަށް ގެނެސްދިން ހެޔޮބަދަލުތައް ބަލައިގަންނަ ރައްޔިތެއްގެ ޙައިޞިއްޔަތުން މިވާހަކަ ފާހަގަކޮށްލީ…..ހަމައެފަދައިން އެމް.ޑީ.ޕީ އަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށްވެސް ވަރަށް މުހިއްމު ހަޤީގަތާ، ސިޔާސަތާއި ދީން ވަކިކުރަން ރަނގަޅަށް އެގުން. ވިސްނާނުލާ އިވޭހާ އެއްޗެއް ޤަބޫލްކުރުމަކީ ފައިދާހުރިގޮތެއްނޫން!

  7. ސާމަރީ Reply

    August 6, 2012 at 7:42 pm

    ނައިބުރައީސް ބަނޑޮސް ވަހީއްދީނު އޭނާވެސް ބިދޭސީ އަންހެނަކާ އިނދެގެން އަދި އޭނާގެ ދަރިންވެސް ޔޫރަޕް މީހުނާއިނދެ ކުރިސްޓިއަންދީ ނަށް އުޅޭތާ ކިތަންމެދުވަހެކެވެ .ވަހީއްދީނު ބަނޑޮހުގައި ދިރިއުޅޭ ކޮޓަރީގައި ބޮޑުސޮލީބެއް އީސާގެ ފާނުސޫރައިގައި ރިހިން ހަދާފައިވެއެވެ . އަދި ކޮންމެ ސަންޑޭއެއްގައި އަޅުކަން ކުރެއެވެ. ހެސްކިޔާފައި ރާބޮއެވެ. ނަމަވެސް މީ މައްސަލައެއް ނޫނެވެ މައްސަލައަކީ މިކަންކުރަމުން އިސްލާމްދީ ހިމާޔަތްކުރާ ވާހސކަ ދައްކާތީއެވެ. 

  8. ވީ ލަވް އަންނި Reply

    August 6, 2012 at 8:19 pm

    ކޮބާތަ 23 އިއްތިހާދޭ އެކިޔާ ޓެރަރިސްޓް ބައިގަނޑު؟ އެމީހުންގެ ބަހެއް މިކަމުގައި ބޭނުން.

  9. ައާޒިމް އަލީ މާލެ ސިޓީ Reply

    August 6, 2012 at 9:20 pm

    ކާލީ މާ އެނގޭއަހަރުމެންނައް ކާލީ މާ އޮންނާނެ އިލްހާމުގެ ދފއ ދޭތެރޭގަ ކާލީ މާ ގެ ބޮލުގަވަރައްގިނަ އިސްތަށި ފަޅާފަހުންނާނީ ސިކުޑިން ދިޔާވެގެން ފައިބަފައިބާ ހުނާނީވެސް.. ކޮބާ ސަދަންގޫރު މިނިސްޓަރާ ސަދަންގޫރު އިމްރާނޫ ކަލޭމެންނައް އަޑުއިވޭތަ. އަދި މި ކއތ އިންތައް ހާދަބާރުލާފަ އެބަބުނެއޭ ތިމަންނަމެން މިއުޅެނީ އިސްލާމްދީން މިގައުމުން ނިމިގެންގޮސްދާނެތީބިރުންނޭ. ތިޅާންއިންތައް ތިއުޅެނީ ފޑ ނުބޮވިގެން ދެކޮޅައްތިބެ ބނ ވީނުން… ކއތ އިންތައް ގަތުލުކުރަންވީ..

  10. ވީ ލަވް އަންނި Reply

    August 6, 2012 at 9:35 pm

    ސަޅި ކޮމެންޓެއް އިނގޭ އާޒިމް.. ހަމަ ރަނގަޅަށްވެސް. އެއާލާތުން ދީން ބޭނުންކޮށް ގެން އަހަރެމެން ލޯބިވާ ވެރިޔަކު ވެރިކަމުން ދުރުކުރީ.. ދުވަހަކުވެސް އިމްރާން މެން ށަހީމް މެންނަށް މާފުނުކުރެވޭނެ. 

  11. ފަހަރިބިންއިމުރާން Reply

    August 6, 2012 at 10:52 pm

    ސޭކު އިމުރާނޫ ކަލޭގެ ދެފައިދޭތެރޭގަ އިން ކާލީމާ މިމަންޖެ އައްދީ ބަލަ. ފަހަރި ނުތަޅާ…… ލޮލް

  12. ހީރޯ Reply

    August 7, 2012 at 1:50 am

    “އަންނި” ލާދީނީވެގެން، މަޤާމުން ބަޢާވާތްކޮށްގެން ދުރުކުރީ މިކަހަލަ “ދީނީ” ވެރިޔަކު ގެންނަން ބާ؟ ދަރިންތައް “ލާދީނީ”. އައްޕަ ޔަށް ނޭގޭ “ސޫރަތުލް އިޚްލާސް” ވެސް ކިޔާލާކަށް……މާތް ކަލާކޯ…ކޮބައިތަ “ސޭހު” އިމްރާނާ، އިލްޔާސް އާއި “އަދާލަތު” ޕާޓީ

  13. މަރިއަނބު Reply

    August 7, 2012 at 4:01 am

    ދަރިން ކާފަރު ދީން ޚިޔާރު ކުރަން ފުރުސަތު ދޭނީ އިސްލާމް ދީނުގެ ކަންފުޅެއް ނުތިބޭ މައިން ބަފައިން. ދެން ހަމަ ޔަގީނުން ވެސް ވަހީދު އަކީ މީގެ މީހެއް، އޭނަ ރައްޔިތުންނަށް އެކުރާ އަނިޔާއަކީ ވެސް މީގެ ހެކި، ކިރިޔާވެސް ދީނީ ކަމެއް ކުޑަކޮށް ހުރިނަމަވެސް ރައްޔިތުންނަށް އެވަރަށް އަނިޔާނުކުރީސް، ސއނ

  14. އައްޑޫސޮރު Reply

    August 7, 2012 at 4:08 am

    ވަހީދަކީ އެއްވެސް ވަރަކަށް އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާނެ މީހެއް ނޫން، އަދި އަދާލަތު ޕާރޓީގެ އިސް ސަފުގައި މިތިބަ މީހުންނަކީ ވެސް ދީނަށް ޓަކައި މަސައްކަތް ކުރާ ބައެއް ނޫން،، އެންމެ އަޑުގަދަކޮށްފައި ހަޅޭލަވާނީ ސޭކް އިލްޔާސް، އޭނަ އެކަނީ އެކަށްޗެއް، އެނޫން އެއްޗެެއް ކިޔާކަށް ނޭގޭނެ، ދެން ފެނިއްޖެ ނޫން، މިމީހުންގެ ދީނީކަންތައް ހުރިވަރު، މިސްކިތްތައް މަރާމާތު ކުރުމުގެ ނަމުގައި ރައްޔިތުން އަތުން ލާރި ނަގާ އެލާރިން ވިޔަފާރި އެބަކުރޭ، ދެން ދީނީ ކިޔާ ވެރިކަމުގެ ބޭނުމުގައި ބަޣާވާތްކުރީ، މިމީހުން އަދަބަކީ ގަތުލް ކުރުން، މާތް ﷲ ގެ އިރާދަފުޅުން މި ބާޣީ ފިތުނައިން މިގައުމު ސަލާމަތްކުރައްވާށި. އާމީން.

  15. ދަރިފުޅު Reply

    August 7, 2012 at 6:27 am

    އަމަޔާ ، ބަފަޔަށް ހެވޭ ވެރިކަން ކުރެވެނިކޮށް…. ބަލަ ބާޤީ ވަހީދޫ…..އަމިއްލަ އަތުން ދެ ދުނިޔެ ތިޔަ ހަލާކު ކޮއްލީ…

  16. ފަތިސްހަނދުވަރު Reply

    August 7, 2012 at 9:09 am

    މެޑަމަސޮއިލް ފިދާ އެންމެފަހުން ކާލީމާ ކިޔާ ކަޅުއަމާ ކަލާންގެ އަށް ފާޅުގައި އީމާންވެ މުރުތައްދު ވީކަން އިއުލާން ކުރީތާއެވެ. ތިމާގެ ދަރިންތައް ޣައިރު ދީނަށް ވައްދާގެން ތިބި ނުބައި ނުލަފާ އިލްމާނީ މައިންބަފައިން މިހާރު މި ދިވެހިރާއްޖޭގެ މުސްލިމް ތަކުން މަގުފުރެއްދުމަށް އަތުކުރި އޮޅާލައިގެން އަދާލަތު ޕާޓީ ގެ ހިޔަލުގައި ތިބެ މައުމޫނުގެ ކަންޒުން ފެންވަރާ އުފާ ކުރަމުން ތެޅި ބައިލަނީއެވެ. މިކިޔާ އިއްތިހާދީން މިތިބެނީ ހަމަ ހެވި ދިލިފައެވެ.

  17. ގޫބެރާ Reply

    August 7, 2012 at 10:52 am

    މިޙަބަރު ލިބުމާއިއެކު ވަހީދު މިހާރު ހުވާކޮށްފިޔޯ އެއީ ތިމަންނައަށް ލިބުނު ނަހަލާލު ދަރިއެކޯ،، މިހާރު މައުމޫނު އެބަތެޅޭ ކާލީ އަމާގަޔަށް އެރޭތޯ،

  18. ތަލަ ސިޔާމު Reply

    August 7, 2012 at 10:55 am

    ބަލަ ކަލޭމެން އަމައެ ކިޔައިބަލަ ވަހިދު އެއި އަހަރުން ރައިސޭ،

  19. ނަޓް މެގް Reply

    August 7, 2012 at 11:15 am

    ދެން ލަލަލަ

  20. ދިވެހި މީހާ Reply

    August 7, 2012 at 12:40 pm

    ރާއްޖެ ޓީވިން ދައްކަން ފެނޭ

  21. އެ ކާލީ ދީން Reply

    August 7, 2012 at 12:48 pm

    މީދެން ކިހާ ދެރަކަމެއްތަ ކޮބާތަ އެބުނާ ބަޑި ޢުމަރު ދީނޭ ކިޔައިގެން އުޅޭ ވެރިކަން ބަދަލުވި ދުވަހަކުން ތިހުރިހާ މީހުންނަށް އެކަށީގެންވާ އަދަ ބުދޭން ޖެހޭނެ ފަހެރި ޢިމްރާނާ ބަޑިޢުމަރާ ދެންވެސް ދީން ވިއްކި މީހުންނަށް.

  22. އަމާ Reply

    August 7, 2012 at 1:19 pm

    އެހެންތަ.. ތީ ހަމަ ތެދެއްތަ

  23. ައާޒިމް އަލީ މާލެ ސިޓީ Reply

    August 7, 2012 at 3:44 pm

    ކޮބާތަ ސަދަންގޫރު އިމްރާނާ ސަދަންގޫރު ޝަހީމާ ދެލޯކަނުވެފަތަ ތިތިބީ ނގ ކެނޑިންތައް؟ އޭފިރިހެން ކޅ ތާލިބާނުންނޭ ކަލޭމެންތިތިބީ ގރ ބޮވިފަތަ؟ ފެނޭތަ އަޑުއިވޭތަ ދެންވެސް ދީނޭކިޔާފަ ރނޑންވާހަކަނުދައްކާތި ..

  24. ގުލްފާމް////އުނގޫފާރު Reply

    August 7, 2012 at 3:57 pm

    މިރަށު ޑރ.ގަބުރޭ ވިދާޅުވާގޮތުން ޑރ.ވަޙީދަކީ މާތްމީހެކެވެ. މާތްކަންވާއެގިއްޖެއެވެ. ގަބުރޭ މެންނަކީވެސް ޢަޤީދާ ބަލިކަށި ސޫފީ މަޒުހަބުގެ ޢިލްމުވެރިންކަމަށްވާތީ ސުންނީ މަޒުހަބު މިރާއްޖެއިން ނެތިކޮށްލަން ޢިމްރާނާއި ސަޙީމާއި އިލްޔާސްވެސް ގުޅިގެން ހިންގާ މިބޮޑު ޖަރީމާއަށް ދިވެހިން ސަމާލުވާންޖެހެއެވެ. މި ބައިގަޑުގެ މުހިންމު ނަންތައް އެގެން ޖެހޭތީ ދަންނަވަމެވެ.
    1.،ޑރ. އަފުރާސީމް 2.،ޑރ.އިބްރާހިމް ޒަކަރިއްޔާ 3.،ޑރ.ޖަމީލް 4.، ޑރ.ޙަސަން 5.،ސޭކް ޢިމްރާނު 6.، ސޭކްސަހީމް 7.،ސޭކްމުއައްމައިދީ

  25. ނާފިޒް Reply

    August 7, 2012 at 7:36 pm

    ރައްޔިތުން ނުކުމެ ވަހީދު ގައުމުން ބޭރުކުރަންވީ ދެން އެނޫން ގޮތެއްނެތް ….

  26. އަބްދުﷲ Reply

    August 8, 2012 at 1:30 am

    މިހާރުގެ ނައިބު ރައީސް ގެ ދަރިން ކޮޅުގެ ޚާލަކީ ކޮބައިތޯ: އެއްޖިންސުން ގުޅުން ހިންގާ 2 ދަރިިން، ކްރިސްޓިއަން އަކާ އިނދެގެން އުޅޭ ދެދަރިން

  27. މުހަންމަދު Reply

    August 8, 2012 at 3:29 am

    މުރުތައްދުވީ މީހުންނަށް ހައްޤު އަދަބު ދޭންޖެހޭނެ! ޤައުމުގެ ވެރިމީޙާ ދަރިޔަކަށްވެސް މާތް ވެގެންވާ އިސްލާމް ދީނުން ބޭރުވެއްޖާ! އަކަމުގެ ހައްޤު އަދަބު ދޭން ޖެހޭ!

  28. މުހައްމަދު އަބްދުއް ރަހީމް (އާޓާ) Reply

    August 8, 2012 at 3:47 am

    ﷲ ވޮޑިގެންވާނީ ކެތްތެރިންނާއެކު. ވަގުތުޖެހުމުން އެކަންހިގާނެ. އެކަމަކު އެމީހުންކުރި ހަނޑިމުޑުދާރު އަމަލު އަހަރުމެން ކުރީމާ އެމީހުންނަށްވުރެން އަހަރުމެން ގޯސްވީ.، ބުއްދިއާއި ހިކްމަތް އިސްކޮށް ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު މިހާރު މިދާގޮތް އަޅުގަނޑުގެ ނަޒަރުގައި މިވަގުތު ރަނގަޅު. ބާޤީން ބޭނުންވާނީ ޤައުމުގައި ލޭއޮހޮރުވުން. އެމީހުން އެދަނީ އެކަން ކުރުމަށް ކުރެވޭނެ ހުރިހާކަމެއް ކުރަމުން.، މާތް ﷲ ގަންދީ ކުރި ހުވަޔަށް އިހުތިރާމު ނުވަތަ ބިރުވެތިކަމެއް ނެތް ބަޔަކު ކުއްތާއަށްވެސް އަޅުކަން ކުރާނެކަން ޔަގީނެންނު………..

  29. ލުބުނާ ސަރީފް Reply

    August 8, 2012 at 4:31 am

    ކޮސްވެ އަންތަރީސްވެއްޖެ! ބާގީކާލީމާ!، ފަހަރި އިމްރާން، ބޮނަކުއާ ސަހީމް!ސެކްސްގާސިމް!،،ޑްރަގްޔާމީން! ސޮޑްތަސްމީން! ކޮބައިތަ،،،،،،،،ކުޅި މައްމޫނުބެއްޔާ!،،،
    ކޮބާ ހީވޭ ފަތިފުއްފެންނަހެން! އަދިވެސްބުނޭ ތިމަންނަމެން ދީންހިމާޔަޢްކުރަނީއޭ!
    ތިޔަހިމާޔަތްކުރަނީ ކަކޭމެންގެ ފއ!،،،،

  30. ރަހީމާ ސަލީމް Reply

    August 8, 2012 at 8:59 am

    އަންތަރީސް. މިވާނީ ބޯ ގޯސް ގޮލައަކަށް. ހަމަ ރަނގަޅަށްވެސް އަނދިރިކަމުގެ ތެރެއަށްގޮސް ގެއްލިހަލާކުވެފަ.

  31. ވީ ލަވް އަންނި Reply

    August 8, 2012 at 11:30 am

    ދިވެހިރާއްޖޭގެ ތާރީޚް ހަޑިކޮށްލީ މި ވަހީދަށް ގަންނަ ނުލަފާ ކަލޭގެ…ރޯދަ އަށްހުރީމަ މިކަލޭގެ އާއި ދިމާލަށް ކިޔަން ހުރި ބައިވަރުތައް ނުކިޔާނަން….ތާރީޚަށްޓަކާވެސް މިކަލޭގެ ބޭރުކުރަމާ ހިނގާ ބަލަ އެންމެން ވެގެން.

  32. ަަަައަލީ އައުފް Reply

    August 8, 2012 at 12:03 pm

    މައްސަލަ ޔަކީ ރަޔިތުންނަށް އަދިވެސް ޤަބޫލު ނުކުރެވޭތީ..އަޅުޤަނޑުގެ އެދުމަކީ ރައްޔިތުން ހިނދުކޮޅުގަ ނުތިބެ ޤައުމާ ދޭތެރޭގަ ފުންކޮށް ވިސްނުން..

  33. ކީކޭ ބުނާނީ Reply

    August 8, 2012 at 8:41 pm

    ެަެަްއޭ މި ކަޅު އަމާ އަކީ ކިހިނެއް ވާ ގޮލައެއްތަ؟ /:

  34. ނާޒީ Reply

    August 8, 2012 at 9:11 pm

    ްަާޯޭޭޭެޥ ފޫހި

  35. ހުސޭ Reply

    August 8, 2012 at 10:12 pm

    ކާލީމާއާ ވަރަށް ވަށްތަރޭ ކާޅުގެދަރި!!

  36. މޮނާޖް Reply

    August 9, 2012 at 2:34 am

    ދިވެހި ރާްއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވޭ ދިވެހި ރާއްޖޭގެ ވެރިކަމަށް އާދެވޭނީ ފުރިހަމަ މުސްލިމަކަށް ކަމަށް ނަމަވެސް މިއަދު މިއިވޭ އަޑުތަކުންނާއި، ފެންނަމުންދާ މަންޒަރުތަކުން މިހާރު ދިވެހި ރާއްޖޭގައި ވެރިކަންކުރަމުން މިދަނީ(ބަޣާވާތަކުން އައިސް ހުރި) ޣައިރު މުސްލިމަކުންކަން މިވަނީ އެގި ފަޅާއަރާފައެވެ. ވީމާ، މިހާރުން މިހާރަށް ބާޣީ ވަހީދު ވެރިކަމުން ފާބާ ރާއްޖޭގެ ރައިަްޔަތުން ގާނޫނީގޮތުން ހޮވާފާވާ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޟީދު އާއި ރާއްޖޭގެ ވެރިކަން ޙަވާލު ކުރުމަށް ގޮވާލަން.

  37. އުއްޗު Reply

    August 9, 2012 at 11:00 am

    އިމްރާނު ގޮރުހޮޑޭތަ އިސްލާމްކަމުގެ ކޮޅެއްނެތެއްތު މިވެރިކަމުގަ

  38. ޔާޔު Reply

    August 9, 2012 at 12:13 pm

    ކޮން ކާލީމާ އެއްތަ.. ވަހީދު ދަރިޔަކަސް ތީ ބޮޑުވަރު ކޮބާތަ އެބުނާ ޝޭޙުންތައް…..ތީ މުޅި ދިވެހި،އިސްލާމީ އުއްމަތަށް އިވުނު ހިތާމަވެރި ހަބަރެއް………

  39. މުޙައްމަދު Reply

    August 9, 2012 at 3:20 pm

    ސުބްޙާނަﷲ!
    މިފަދައިން ކަންހިނގައި، ކަންތައްވަމުންދާއިރުވެސް ދީނީ ޝެއިޚުންނަށާއި ސައްތައިން ސައްތަ އިސްލާމްދީން ޤަބޫލުކުރާ ޤައުމެއްގެ ވެރިކަމުގައިހުރި މީހެއްގެ ދަރިންގެކިބައިން މިފަދައިން ކަންތައް ފެނިގެންދާއިރުވެސް މިހާރު އޯކޭ ދޯ؟ އަހަރެން އަންތަރީސްވެއްޖެ!
    ޔާﷲ!
    މިޤައުމު މިފަދަ މުނާފިޤުންނާއި އަނިޔާވެރިންގެކިބައިން އަވަސްގޮތަކަށް ސަލާމަތް ކޮށްދެއްވާނދޭވެ! އާމީން!

  40. ސަނާ Reply

    August 9, 2012 at 4:19 pm

    ވަރައް ތާހިރެއްނު، ނަމޫނާ އައްހުރި މީހާގެ ދަރިން

  41. ބަދެ Reply

    August 10, 2012 at 11:10 am

    ދެނލލ

  42. އާމިރު ހާން Reply

    August 12, 2012 at 12:46 am

    މި އީ މުސް ލިމް ގައިމެތްގެ ރައްޔިތަކު ގަބޫލް ކުރާނޭ ކަމެތް ނޫން. މިހާރުން މިހާރަށް މީނާގެ ދިވެހިތައްޔިތެއްކަން އަންގާދޭ ކާޑާއި ޕާސްޕޯޓް އަތުލުމަށް ގޮވާލަން. ހަމަ ކަށަވަރުން ” ﷲ” ނޫން ފަރާތަކަށް އަޅުކަން ކުރުމަކީ ބޮޑުވެގެން ވާ ޝްރީ ކު ކުރުމެތް

  43. އޮއްބެ Reply

    August 13, 2012 at 1:02 pm

    މިދެން ކިހާބޮޑު ބަލާއެއް ކޮން ކާލީމާއެއް ދީންގަބޫލް ނުކުރާ ބާޣީއެއް ކަންއެނގޭ ދެން ހަދަންވީ ކިހިނެއް ކަން ނޭންގެނީތަ

  44. ފާތިމާ Reply

    August 14, 2012 at 6:12 am

    ވަރަށް ޝޮކިން ހަބަރެެއްމީ. ޔާ ﷲ މި އަޅާމެންގެ މި ދިވެހިލޮބުވެތި ފަސްގަނޑު މިފަދަ ހަޑިމުޑުދާރު މީހުންގެ އަތްދަށުން ސަލާމަތް ކޮއްދެއްވާންދޭވެ. އާމީން.

  45. ަްަްއޮއްކޯޅި ބިން ވަހީދް ބިން ޣަރޫން ބިން މަައުމޫން Reply

    August 14, 2012 at 11:42 pm

    ދީނުގެ މަންމަ ދޯ މީ ހަހަހަހަހަ……

  46. shaikko Reply

    August 17, 2012 at 9:28 pm

    my bodu kaafareh mihaaru baalanveffa huri mivarun heki dhehkiyas mi beygandah support kuraa beethaa ihnakah neyngeyne

  47. ފުލުހެއް. Reply

    August 18, 2012 at 9:11 am

    ހަގީގަތަކީ ބަޢާވާތުގައި ބައިވެރިވި ގިނަ ފުލުހުންނަކީ އިސްލާމްދީނަށް ލޯބިކުރާ ބައެއް ނޫންކަން. އެމީހުން ސަރުކާރު ބަދަލުކުރަން ދީން ހަތިޔާރަކަށް ނެގިޔަސް އެމީހުންގެ ހިތުގައިވާ ކަންކަން އެމީހުންގެ އަމަލުތަކުން ފެނޭ. ދާދި ފަހުން އިސްކަންދަރުކޮށީގައި ބޭއްވި ދީނީ ދަރުސެއް ދިން ރޭވެސް ވަޅޯ ޝިފާއުމެން އެތަނުގައި ހީސަކަރާތް ޖެހި މަންޒަރު އަޅުގަންޑު ދުށިން.

  48. ނަންނުބުނާ Reply

    August 23, 2012 at 9:18 pm

    ވަޓު ދަ ހެލް އިސް ދިސް

  49. ޒެޑް Reply

    September 11, 2012 at 7:21 am

    ކާލީމާ ދޯ މި އެންމެން ކަޅުކޮށްލީ.

  50. ސަދަން ރެބެލްސް Reply

    October 7, 2012 at 10:28 pm

    Dark waheed ge anhen dhari alhukan kurani dark
    mother ah dhow? heheh

  51. Bahaboa kaleyge/ Mulah Reply

    February 18, 2013 at 10:33 pm

    Mi Kaaleemaa ge Aailaage beyfulhun. Mi Kanthah mihen huri iruves adhi Kaakaai vaththaru kamah dhauvaa kuraa Hindhee dheenuge Faadhiree aku Male genas Eynayah Sarukaaruge faraathun Inaamu dhee Hedhi iruves,Sh.Shaheem aai Minoon ves Dheeney kiyaigen Ulhu Meehunah Mathee vazeefaa libumun Mihurihaa kameh vanee Rangalhu kamakah vefa eve.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>