ގްރާންޓް ތޯންޓަން އަށް ދޭން ޖެހޭ ކަމަށް ބުނާ 10 މިލިއަން ޑޮލަރު ދޭން ޖެހުނީ އާޒިމާގެ ސަބަބުން

06 އޮގަސްޓް 2012 14:21 | 4 ކޮމެންޓް

-އިބްރާހިމް އަލީ-

މާލިއްޔަތު ޤާނޫނާއި ގަވާއިދާއި ހިލާފަށް އިނގިރޭސިވިލާތުގެ ވަކީލަކަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ފައިސާ ދީގެން ތަންދޮރު ނުދަންނަ އާޒިމާ ޝަކޫރު ކުޅުނު ކުޅިގަނޑު ބޭޒާރުވުމުން އޭނާ މަސައްކަތް ކުރަމުންދަނީ އެކަމުގައި ޤާނޫނާއި ހިލާފަށް އޭނާ އަމަލުކޮށްފައިވާ ކަން ސިއްރު ކުރެވޭތޯއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އޮފީސް ހުޅުވައި މީޑީއާ އެއްކޮށްގެން އޭނާ ދެއްކި ވާހަކާގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން ްރާންޓް ތޯންޓަން އިން ޤާނޫނީ ލަފާ ހޯދުމަށްފަހު ދޭންޖެހިފައިވާ 10 މިލިއަން ޑޮލަރުގެ ބިލެއް އައިސްފައިވާ ކަމަށެވެ.

މިއީ ޤާނޫނު ނުދަންނަ އޭޖީ އާޒިމާ ޝަކޫރު ގަސްދުގައި ހެދި ދޮގެކެވެ. ފުރަތަމަ ކަމަކަށް ގްރާންޓް ތޯންޓަން  އިން ޤާނޫނީ ލަފާ ހަމައެކަނި ހޯދީކީ ނޫނެނެވެ. އެއަށްވުރެ ބޮޑަށް އެމީހުން ކޮށްދެމުން އައި މަސައްކަތަކީ މައުމޫނުގެ ކޮއްކޮ ހިންގާފައިވާ 800 މިލިއަން ޑޮލަރުގެ ތަހުޤީޤު ހިންގުމާއި އެފައިސާ އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތެވެ. އަދި އެކަން ކުރަމުން ދިޔައީ  އެކުރާ މަސައްކަތް ކާމިޔާބު ވާނަމަ ނޫނީ ކުރާ މަސައްކަތަށް އުޖޫރަ ނުލިބޭ ގޮތަށެވެ. ނަމަވެސް، މަޤުބޫލު އުޒުރަކާއި ނުލައި އެ މަސައްކަތް ހުއްޓުވާފައި ނަމަ ސަރުކާރުން 10 މިލިއަން ޑޮލަރު ދޭންޖެހޭ ގޮތަށެވެ.

އާޒިމާމެން ބަޣާވަތް ކުރުމަށްފަހު ފުރަތަމަ ކުރިކަންތައްތަކުގެ ތެރެއިން އެއްކަމަކީ 800 މިލިއަން ޑޯލަރުގެ އަގުހުރި ވަގު ތެޔޮ ވިޔަފާރީގެ ތަހުޤީޤުކޮށް ދުނިޔޭގެ އެކި ބޭންކުތަކަށް ލައި ފޮރުވާފައިވާ ރައްޔިތުންގެ އެތަކެއް މިލިއަން ޑޮލަރުގެ ފައިސާ އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދައި ދިނުމަށް ގްރާންޓް ތޯންޓަން އިން ކުރަމުން އައި މަސައްކަތް ހުއްޓުވުމެވެ. އެކަން ހުއްޓުވީ އެއްވެސް މަޤުބޫލު އުޒުރެއް އޮވެގެން ނޫންނެވެ. ބަޣާވަތް ގެނައުމުގެ ބޭނުންތަކުގެ ތެރޭގައިވެސް މިފަދަ ކަންތައްތައް ހުއްޓުވުން ހިމެނެއެވެ.

އާޒިމާ އެކަން އެއްވެސް ސަބަބަކާއި ނުލައި ހުއްޓުވުމުން، ދިވެހި ރައްޔިތުން މިހާރު މިވަނީ އިތުރު 10 މިލިއަން ޑޮލަރުންގެ ފަގީރުވެފައެއެވެ.

Invoice submitted as a result of the termination by conduct of the Government

 CFA term=Contingent fee agreement

 source: Baaghee Ahmed Mahloof http://twitter.com/AhmedMahloof/status/231755793698021377

4 ކިޔުންތެރިންގެ ޚިޔާލު

  1. އަލީރަސީދު Reply

    August 6, 2012 at 4:37 pm

    ބައާވާތް ކުރީވެސް އިތުރުގޮތެއްނެތީމަ . 800 މިލިއަންޑޮލަރުގެ ވަގު ވިޔަފާރިއާއި ބޭރުގައުމުތަކުގައި ހުރި އެކައުންޓު ތަކުގެ ތަފުސީލު ހޯދި ހިސާބުން އަމިއްލަ ކަރު ދަންމަޅިތަކަށް ވަނީމެހިފައެވެ. ވެރިކަން ފޭރިގަނެ ފުރަތަ ރިސޯޓުތަކުގެ މުއްދަތުބ 99 އަހަރަށް ހަދާލީ .އެއަށް ފަހު ގްރާންޓް ތޯޓަންއިން ބަލަމުންދިއަ ކަންކަން ހުއްޓުވާލީ……ވައްކަމަކީ ބާގީއާޒިމާ ގެ މުޅިއާއިލާ ގެ ކަށީގައި ހިފައިފަވާ ކަމެކެވެ. އާސްތާނާ ސުކޫރަކީވެސް ވަގެކެވެ. ފެން ނުވަރާ އާޒިމާސުކޫރަކީވެސް ވަގެކެވެ.  

  2. ައާޒިމް އަލީ މާލެ ސިޓީ Reply

    August 7, 2012 at 3:39 pm

    ޔާމީނޭ ކިޔާ ކއތ އަދިއެބަބުނޭނުން ސިންގަޕޫރުގަ ކޯޓަކައްދާވާހަކައެއްވެސް މާރަނގަޅުވާނެ ކަޅު ކއތ ކަލޭގެ އަމާގެ ދފއ ދޭތެރެއައް ދާންއުޅުނީޔާ. ބޅ މިގައުމުހުސްކޮއްލައިގެން އަދި ކއތ އެވަރުންނުވެގެން ވެރިކަމާހެދީވެސް ހުރެހޭބަލިވަނީ. ކާމިނީގޭ ސީދީގެލާރިތަ ކއތ ކައިހުސްކުރީ؟ 800މިލިޔަނޭބުނީމާ އެއީހާދަގިނަފައިސާއެކޭ މިބަޅުކާލީ ﷲގެ ކުޅަދުންވަންތަކަމާއެކު މައުމޫނާ ޔާމީނާ ދެމީހުންގެދަރިންނާ އަރަގުކުރައްވާ ފާނދޭވެ އާމީން..

  3. ރަފީޢު Reply

    August 8, 2012 at 6:20 pm

    ރައްޔަތުން ނަށް ކޮންމެ ދުވަހަކުން ވެރިކަން ލިބުނު ކަމުގައި ވިއަސް އަށްސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ މައްސަލަ ބަލާ އެފައިސާ ދައުލަތަށް ހޯދަން ޖެހޭނެ!!!
    ކަމާބެހޭ ޑޮކިޔުމަންޑްތައް ނެތިކޮއްލާ މީހުން ނާއި އެމީހުންގެ އާއިލާ ތަކުންވެސް އެކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ! އާއިލާތަށް ހިމެނެނީ އެކަން ކުރާ މީހާ އެކަން ކުރަނީ އާއިލާގެ މެމްބަރުންނަށް އެގިތިބެ އެބައި މީހުންގެ ފައިދާއަށް ކަމަށް ވާތީ! މި ހުރިހާމީހުން އުލުބައިންދަން ޖެހޭނެ!
    ބާޤީންނަށް ރާއްޖޭގައި އެއްވެސް ޖާގައެށް ނެތް

  4. ޔާހަމްބަރާސް Reply

    August 11, 2012 at 10:58 am

    ޔާމީނު ބުނެބަލަ ކަލޭ ތިޔަހާ ފައިސާ ހޯދައިގެން ތިޔައުޅެނީ ކޮންތާކުންތޯ؟ މިލިއަން
    މިލިއަން ޑޮލަރާ، މިލިއަން މިލިއަން ރުފިޔާ ކަލޭހޯދީ ކޮންތާކުންތޯ؟ ސާފުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދީބަލަ ތިޔަހާ ފައިސާ ހޯދިގޮތް،،،،
    ކިތަންމެ ފައިސާއެއް ހޭދަކުރިޔަސް، ކިތަންމެ ދޮގެއް ހެދިޔަސް، ކިތަންމެ ބޮޑުމަންޒަރެއް
    ދެއްކިޔަސް! ގައުމުގެ ވެރިކަމެއްވެސް، އަދި މަޖިލީޙުގެ މެންބަރު ކަމެއްވެސް ކަލޭމެން
    ނަކަށް ދިވެހި ރައްޔިތުންނެއް ދެނެއް ނުދޭނެ ކަން ހަމަޔަގީން!،،އިނަފް އިޒް އިނަފް!!!

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>