ޤާނޫނާއި ގަވާއިދާ ހިލާފަށް އާޒިމާ ޝަކޫރު ކުރި ކަންތައް ފޮރުވުމުގެ މަސައްކަތް ފަށައިފި

04 އޮގަސްޓް 2012 21:12 | 17 ކޮމެންޓް

- ކިނބިގަސް ދޮށު މާލިމީ -

އިނގިރޭސިވިލާތުގެ ލޯޔަރު ބަރޮނެސް ސްކޮޓްލެންޑް އަށް ދުވާލެއްގެ މައްޗަށް 7500 ޕައުންޑް ދީގެން ކޮމަންވެލްތާއި ދެކޮޅަށް އާޒިމާ ކުޅުނު ކުޅިގަނޑު ކުޅުނީ ކަނޑައެޅިގެން ރާއްޖޭގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާއި ހިލާފަށެވެ. އެކަމުގެ ވާހަކަ އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުންނާއި އެންޑީއޯ އިން ގެނެސް ދިނުމުން މިއަދު މީ ބަންދު ދުވަހެއް ކަމަކު އޮފީސް ހުޅުވައިގެން މީޑިއާ އެއްކޮށްގެން އާޒިމާ އުޅުނީ އެކަމުގެ ހަޤީޤަތް އޮޅުވާލައި މީޑިއާގެ ފޯކަސް އެހެން ގޮތަކަށް އަނބުރާ ލެވޭތޯ މަސައްކަތް ކުރުމަށެވެ.

ފާހަގަ ކޮށްލަން ކޮންމެހެން ޖެގޭ އެއް ނުކުތާއަކީ، ތިމާމެންނަކީ މާ މޮޅު ބައެއް ކަމަށް ދައުވާ ކުރާ ރާއްޖޭގެ ގިނަ ނޫސްވެރިން މި ޚަބަރު ގެނެސް ދިނުމުގައި ލީކްވެފައިވާ ލިޔެކިޔުން ތަކާ ބެހޭގޮތުން އެއްވެސް ވާހަކައެއް ގެނެސްދީފައި ނުވުމެވެ.

މި ދަންނަވާ ލިޔެކިޔުންތަކަކީ ބަރޮނެސް އަށް ފައިސާ ދިނުމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި އެޓާނީ ޖެނެރަލް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަކާއި ބަރޮނެސް އާއި މަސައްކަތް ހަވާލު ކުރުމަށްޓަކައި ލިޔެ ސޮއިކޮށްފައިވާ ވަރަށް ކުރު ޓީއޯއާރު އެކެވެ.

މިކަމާ ގުޅޭ ގޮތުން އާޒިމާގެ ބަހެއް ފުރަތަމަ ގެނެސްދިން ސަން އޮންލައިން ނޫސްވެރިޔާ އަހްމަދު ނާއިފު މަސައްކަތް ކޮށްފައިވަނީ އާޒިމާގެ މި އަމަލުތަކުގައި ރީތި ކުލައެއް ޖެއްސުމަށްފަހު މިކަމަކީ މާބޮޑު ކަމެއްގެ ގޮތުގައި ހާމަކޮށް ނުދީވޭތޯ މަސައްކަތް ކުރުމަށެވެ. ހަވީރު ނޫހުން މަސައްކަތް ކުރީ ފުރަތަމަ މިވާހަކަ ގެނެސް ނުދީ ފަރުޖެއްސޭ ތޯއެވެ. ނަމަވެސް އާއްމުންގެ ފާޑުކިއުންތައް ސޯޝަލް މީޑީއާތަކުގައި ހަވީރު ނޫހަށް އަމާޒުވާން ފެށުމުން އެޚަބަރު މިހާރުވަނީ ގެނެސްދީފައެވެ. ޔާމީނާއި ނިޔަދުރު ނާޒިމްގެ އަމުރަށް ހަވީރު ނޫހުގައި ލިޔާ އަހްމަދު ހަމްދޫން މި ޚަބަރު ގެނެސް ދިނުމުގައި ދެކޮޅު ދެއްކޭތޯ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެނާވެސް ވަނީ މިދެންނެވި ލިޔެކިޔުންތަކުގެ ވާހަކަ ގެނެސްދިނުމަށް އުޒުރު ވެރިވެފައެވެ. މި ޙަބަރު ދަބަރު ޓީވީ އާއި ވަޅޯޓީވީއިން ގެނެސްދޭނީ ކިހިނެތްކަން އެދެޓީވީ ދަންނަ ކޮންމެ ފަރާތަކަށް ސާފުވާނެ ކަމަށް ފެނެއެވެ.

އާޒިމާ ޝަކޫރާއި ބަޣާވަތަށް ތާއީދު ކުރި ހަވީރު ނޫސްފަދަ ނޫސްތަކުން މިދެންނެވި ލިޔެކިއުންތަކުގެ ވާހަކަ ސިއްރު ކުރުމަށް ބޭނުންވާ އެތަކެއް ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި އާޒިމާ މިކަން ހިންގާފައިވަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާއި ހިލާފަށް ކަން ވަރަށް ސާފު ކޮށް އެނގެން އޮތުން ހިމެނެއެވެ. މާލިއްޔަތު ގަވާއިދު ބުނާގޮތުން ކުއްލި ކަމެއްވެސް 25،000 ރުފިޔާއަށް ވުރެ އަގު ބޮޑުނަމަ އެކަން ކުރަންވާނީ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ގައެވެ.

ލީކުވި ސިޓީގައި ވަރަށް ސަރީހަ އިބާރާތުން ބުނެފައިވަނީ އެކަމަކީ ކުއްލި ގޮތަކަށް ކުރަން ޖެހުނު ކަމެއް ކަމުން އެކަން ކޮށްފައިވަނީ އެއްބަސް ވުމެއްގައި ސޮއި ނުކޮށް ކަމެވެ. ކުރިން ވެވޭ އެއްބަސްވުމަކާއި ނުލައި މިފަދަ އަގުބޮޑު ޕްރޮޖެކްޓެއް ވަކި ފަރާތަކަށް ދީފައިވުމުން ޔަގީންވާ އެއްކަމަކީ މިއީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ވަކި ފަރާތަކަށް ފައިދާވާ ގޮތަށް ހިޔާނަތާއި ކޮރޮޕްޝަނުގެ ތެރެއިން އާޒިމާ ކޮށްފައިވާ ހުތުރު އަމަލެއް ކަމެވެ. އަދި އެފަދަ އަމަލަކީ އާޒިމާ ޒިންމާވާން ޖެހޭނެ ހިޔާނާތުގެ ކުށެކެވެ.

އެހެން ކަމުން މި ކަމުގެ މައުލޫމާތު ލީކު ވި ހިސާބުން ފެށިގެން އާޒިމާ އެލާޓްވެ މަސައްކަތް ކުރީ މިކަމުގައި ހިމެނޭ ކްރިމިނަލް އެލިމެންޓް ގެ މަތިން ރާއްޖޭގެ މީޑިއާއާއި ރައްޔިތުންގެ ފޯކަސް ގެއްލުވާލެވޭތޯއެވެ.

މި ދެންނެވި މަގަށް ކަންތައް ކުރެވޭތޯ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޒިމާ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އެކަމަކީ އައު ކަމެއް ނޫން ކަމަށް ބުނުމާއި، އެ ފައިސާގެ އަދަދު ބޮޑު ނޫން ކަމަށް ބުނުމާއި، އަދި ރައީސް ނަޝީދުއަށް ހަމަލާއެއް ފޮނުވާލުން ހިމެނެއެވެ. އަދި، މިއީ އެހާބޮޑަށް ވާހަކަ ދައްކާވަރަށް ވުރެ ކުޑަކަމެއްގެ ގޮތުގައި ދެއްކުމަށްވެސް އޭނާ މަސައްކަތް ކޮށްފައިވެއެވެ.

އާޒިމާ އިސްވެ ހުރެ ރާއްޖޭގައި ޤާނޫނާއި ގަވާއިދުތަކާއި ހިލާފަށް ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި މިހާ ދަތި ދުވަސްވަރެއްގައި ބޭނުން ކޮށްފައިވާތީވެ، މިކަމުގައި އެކުލެވޭ ކްރިމިނަލް އެލިމެންޓުން އޭނާ ރެކެން ވެގެން އޭނާ ދައްކަމުންދާ ދޮގު ވާހަކަތަކަށާއި  ކުރާ މަސައްކަތްތަކަށް ރައްޔިތުން ފިސާރި ހޭލައި ތިއްބެއްވުމަށް އެންޑީއޯއިން ގޮވާލެމެވެ.

އެންޑީއޯއަށް ލިބެމުންދާ މައުލޫމާތު ތަކަށް ބަލާއިރު، ހަތެއް ފެބްރުއަރީގެ ބަޣާވަތް ރޭވުމުގަޔާއި، އެ ބަޣާވަތް ގެނައުމުގައި، އެންމެ އިސް ރޯލެއް ކުޅެފައިވާ މީހުންގެ ތެރޭގައި މީނާ ހިމެނެއެވެ.  އަދި އެ ބަޣާވަތުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރާ އެކަކީ މާ ސޯލިހު އަންހެނަކަށް ހެދިގެން އުޅުނެއް ކަމަކު މި ވިޔާނުދާ ގޮތެއް ނެތް އަންހެނާ އާޒިމާ ޝަކޫރު އެވެ. މިނާ ގުނާ ލެވެނީ ނިޔަދުރު (ޖަންގިޔާ) ނާޒިމް ފަދަ ހިޔާނާތްތެރިންނާއި އެއް ދަރަޖައެއް ގައެވެ.

ކޮމަންވެލްތާ ދެކޮޅަށް އާޒިމާ ޝަކޫރު ކުޅުނު މުޑުދާރު ކުޅިގަނޑު ފަޅާއަރައިފި!

17 ކިޔުންތެރިންގެ ޚިޔާލު

  1. މުސާފިރު Reply

    August 4, 2012 at 10:56 pm

    އާޒިމާ ޖެހޭނީ މަޤާމް ދޫކޮށްލަން. އެހެންނޫނީ ދިވެހި ޖިނސުއްލަޠީފުންގެ ތަކަހޮޅީގެހުރިވަރެއް ފެނިގެން ހިނގައިދާނެ.

  2. ޙަލީލު އަލީ އައްޑޫ ސިޓީ ހިތަދޫ Reply

    August 4, 2012 at 11:52 pm

    ނގ ކެނޑިންތައް މިހާރު ނަޝީދުގެ ސަރުކާރުން ކޮއްފައޮއްކަމަކޭ ކިޔައިގެން ދޮގުވާހަކަ އެބަފަތުރުވައެއްނޫން ވާނެ އެއްވެސްކަމެއް ނޮއޮންނާނެ މިރާއްޖޭގެ ރައިޔެތުންނައް އިނގޭ ރައީސް ނަޝީދު އަކީ ވަގެއްނޫންކަން ހުރިހާ ވަގު ބޅނ ތިތިބީނުން މިރާއްޖޭގެ ރައިޔެތުންގެ ވެރިކަން ފޭރިގަނެގެންއަރާ މިގައުމު ކާލަ ކާލަ…

  3. ޒަމީ Reply

    August 5, 2012 at 12:23 am

    ތިޔަ އާޒިމާއަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް، ކޮންމެފަދަ ހަޑިމުޑުދާރު ޢަމަލެއްވެސް ކިނބިގަސްދޮށުގޭ މައުމޫނުގެ ހިމާޔަތުގައި ކުރަންތައްޔާރަށް ހުރި ލަދުހަޔާތްކުޑަ އަންހެނެއް. ނިކަން މޫނުމަތީގެ ސިފަޔަށް ބަލާބަލަ. ނުބައި ނުލަފާކަމާ ދޮގުވެރިކަން ފާޅުވޭ އެމޫނަށް އެކަނި ބަލާލުމުންވެސް. ދިވެހި ރައްޔިތުން ނިކުމެ މިއާޒިމާ މިޤައުމުން ބޭރުކުރަންވީ. އެނޫންގޮތެއް މިހާރަކުނެތް. މިބާޣީ އާލާތުން މުޅިޤައުމު ސޯމާލިޔާއަށް ހަދާ ނިންމައިފި..

  4. އަލީރަސީދު Reply

    August 5, 2012 at 3:12 am

    މ އާސްތާނާ ސުކޫރަކީ އެމްޖީބީއެސް އިން ނާސިރުދައުރުގައި ވައްކަންކޮށްގެން ޖަލަށްލާ އަރުވާލައިފައިވާ ބޮޑުވަގެކެވެ .މީނާގެ ދަރި މި އާޒިމާސުކޫރަކީ ބަފަޔަށް ވުރެ ސަތޭކަ ދަރަޖަ މަތީގައި އުޅޭ ވައްކަމާ ހިޔާނާތާ. މީހުންގެ މުދާ ސަރުއީކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ފުލުހުންކުރާ އަނިޔާތަށް ފޮރުވާދޭ މުސްކުޅި ފެންނުވަރާ ބަހީލު ޑަކައިތެވެ. ކައިރި ވެލާއިރު މީނާގެގައިން ލަޑާ ކުނިވަހުން ނޯއްދަމާލާކަށް ނުކެރޭނެއެވެ. ބަޢާވާތުން ސަލާމަތްވުމަށް މިފަހަރު އެތަންމިލިއަން ރުފިޔާއެއް ރައްޔިތުން ގެއަތުން ވަގަށް އެ ނެގީ ރައްޔިތުންނަށް ދޭ އާސަންދަ ހިދުމަތުގެ ބަޖެޓު ތެރެއިންނެވެ. ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށް އަޅުވެތި ކުރުމެވެ. ބޭސްފަރުވާއަށް ސަލާންޖެއްސުމެވެ
     

  5. ުބިއަރު ލޮލީ Reply

    August 5, 2012 at 3:36 am

    އާޒިމާ ތި ކުރި ބޮޑު ޚިޔާނާތަށް އަމިއްލަ އަށް އެއްބަސް ނުވާ ކަމުގައި ވަނީ ނަމަ ކަލޭ ބާއްވަން ޖެހޭނީ ގެރި އެއްގެ ނަގޫ ކަނޑާލީމަ ފެންނަން އޮންނަ ގޮތަށެވެ.

  6. ގުންޑާ އުފެއްދިމީހާ Reply

    August 5, 2012 at 9:00 am

    ކޮބާތަ އޭ.ސީ.ސީ ނިދާފަދޯ. މުޅިގަުމު ހަލަަކުކޮށްފި.

  7. ައަހުމަދު އިމާދު Reply

    August 5, 2012 at 11:03 am

    ައާސިމާ އަކީ ވަކީލު ކަމުގެ ޑިގިރީ ވަގަށް ހޯދައިގެން އައިމާ މައުމޫ އޭނާގެ ބަފާ ސުކޫރު ހިންގި އާބާރު ކިޔާ މަޖައްލާ އެއްގައި މައުމޫ ނަށް ހަދާދިން ދޮގާ ރައިއްޔަތުން ނަށް ހެދިމަކަރުގެ ބަދަލުދިނުމުގެ ގޮތުން މާމޮޅުވަކީލު އަކަށް ހެދިމީހެކެވެ. އަސްލަކީ އެއީ ސެޓްފިކެޓެއް އަހިލާގުއެައް ނެއް ހަޔާށް ކުޑަ އަންހެނެކެވެ. އަދި މައުމޫ ނެކޭ އެއް ގޮތަށް އިސްލާމް ދީނަށް ފުރަށްސާރަ ކުރާ އަންހެނެކެވެ. ބަލާލުމުންވެސް
    މިކަން ވިސްނޭނެއެވެ.

  8. ޑޯނީ Reply

    August 5, 2012 at 1:58 pm

    ސާބަހޭ އިންޑީއޯ ތިކުރާމަސައްކަތަށް ތިކަހަލަ ޚަބަރުތައް ރަށްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ވަރަށް މުހިންމުކަމެއް ) އާޒިމާޝުކޫރުއަކީ މިފަހު ޒަމާނު އަންނަ ކުދި ކުދި ދައްޖާލުން ތެރެއިންވާ ދައްޖާލެކެވެ.މިކަހަލަ ކިތައްމެ ދައްޖާލެއް މިހާރު މިބައިގަނޑުގާ އެބައުޅެޔެވެ. އޭގެތެރެއިން މިކަސްބީ ނާޒިމާއަކީ އިސްލާމީއުސޫލުންބަލާއިރު އޮރިޔާން ހެދުންއަޅާ ބޮޑު ބާގީއެއް އަދި މިސަރުކާރަކީ ބޮޑު ސޮލީބީ ސަރުކާރެއް.

  9. ފުލު Reply

    August 5, 2012 at 3:14 pm

    އާޒިމާ އަކީ ވަގެއް މުޅި އާސްތާނާ އާއިލާ ގެ ފެށުން ބަލާލަބަލަ އާޒިމާގެ ބަފާ ނާސިރު ދައުރުގަ ވައްކަން ކޮއްގެން ކަޑާލާފަ އަރުވާލާފަ ހުއްޓާ މައުމޫނު ވެރިކަމައްއެރި ގޮތްއް ރައީސް އޮފީހުގެ ބޮޑުމަގާމެއް ދިނީ. ދެން ކިހިނެއް އެއްޗެހި ކައިގެން ބޮޑެތިވެފަ ތިބި ކުދި ކުއްތާޔަކައް ވާނީ

  10. އަހުމަދް Reply

    August 6, 2012 at 1:25 am

    ކަލޭފެންވަރާނީކޮންދުވަހަކުންތަ އާޒިމާދުވާވަހުން މަހަލކ

  11. ރަފީޢު Reply

    August 6, 2012 at 5:49 am

    މީ ނުކިޔަވާހުރި *އެއްތަ؟ ހަމަ ކަމެއްޖެހޭ އިރަށް ކުއްޔަށް މީހުން ހޯދަނީ؟އަދިވެސް ތަނެއް އޮތީއާ ބޯގަޅާލާތި! ގުންޑޮޅި ބިންދާލީ ހަމަ ބިންދާލަން ޖެހޭތީތާދޯ؟

    އިއްޒަތްތެރި މެމްބަރުން މީނައައް އިތުބާރު ނެތްކަމުގެ ވޯޓެއް ނަންގަވާ! ނޫންނަމަ، ތި މެމްބަރުން ޒިންމާ އުފުއްލަވަން ޖެހިވަޑައި ގަންނަވާނެ. ބާޣީ އެޚަރަދު ކުރަނީ އަޅުގަޑުމެން ޓެސްދައްކާމީހުންގެ ފައިސާ!!!

  12. މަރީ Reply

    August 6, 2012 at 8:46 am

    ތިނޭގެ އެއްނު އާދިމާބޭނުންކުރައް ދިންލާނޫއްކަމެންވެސް އެގޮތްއަވަހައްބަލަމާހިގާ

  13. އިސްލާހީ Reply

    August 6, 2012 at 9:07 am

    ހެޔޮނުވާނެ އާޒިމާވެސް އަދި ޖިހާދުވެސް ދޮގުހަދަން. ނޫސްވެރިންނަށް މައުލޫމާތު އެދެއްވީ ކޯޑެއްގައި އެބުނާ އިބާރާތެއްނެތް، ފުރަތަމައިންވެސް ޚަރަދުކޮށްލީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް. ފަހުން ހަމަޖައްސަން އުލެ އެކަން ނުކުރެވިގެން އެޅެނީ ދެން ކިހިނެތް ބުނެވޭނީ ޤާނޫނީ އިމުގެ ތެރެއިންނޭ

  14. ގުލްފާމް////އުނގޫފާރު Reply

    August 6, 2012 at 10:00 am

    ލަދުޙަޔާތް ނެތްކާޅުގަޑާއެވެ.. ދަރިޔަކަސް ހެވޭކިޔާފަ އާސްތާނާސަކޫރު ބެހުނުފަހުން މިކޮއި ހާދަ ހަޔާތްކުޑަވެއްޖެއެވެ. އެންމެގިނަ މީހުންނަށް ބުއްބޯންދިންމީހާގެ ރެކޯޑް ހެދުމަށްކުރި މަސައްކަތް ނާކާމިޔާބުވެ،ޚިޔާނާތާއި ފަސާދައިގެ ދަންތުރައެއްގައިޖެހި ތާށިވީނޫންތޯއެވެ. ބޯހުދުމަނިކާއިއެކު ވަގުކުޅިކުޅެފަ، ވާވަރަށް ސިގިރެޓްބޮއިގެން އަންހެނަކާ އިންނަން ނުކެރުނީތީއަޖައިބެވެ. ބޭބެވެސް ހޮޅިއެޅުމުގެ މަސައްކަތް، ކުންފުނި ހަދައިގެން ކުރަނީނޫންހެއްޔެވެ. ދިވެހިދައުލަތުގެ ކިރުމައިކަމަނާ އަސް ދަންނަވަމެވެ. ބަޣާވަތް ގެނައިފަހުން ކިތައްފަހަރަށް ފެންވަރައިފިންތޯއެވެ؟

  15. ހާޝިމް Reply

    August 6, 2012 at 4:06 pm

    ކޮންމެ ރ*އެއްވެސް މެލޭގަ އަހަރެންހާ ދުވަހު ހުރެފަ އައިސް މިބުނަނީ ތިމާވަރުގެ ގާނޫނީ ފުންނާބު އުސް ދެވަނަ މީހަކު ނުހުންނާނެއޭ، ހަގީގަތް މި އެގެނީ ކަމަކާ ޖެހުނީމަ، ތި އާޒިމާވެސް ތިޔައީ ގާނޫނު ދަސްވީވީނުން ރަގަޅަށް ހިގާވެސް ނުގަނެވިފަ ހުރި ރ*އެއްވިއްޔާ….!! އެކަމަކު ގާނޫނީ ލަފާދޭން ޖެހެނީ ހެހެން ބައެއް، ތި އާޒިމާތީ ބޮޑު މުސާރަ ދީފަ ކީއްކުރަން ހުރި ރ*އެއްބާ…!! ގާނޫނު ނުދަންނަ މީހެއްގެ ގާނޫނީ ީ ބޭނުމެއް އެބައޮތްބާ…!! މި ބާޣީން ތަކާހެދި މުޅި ގައުމު ބަދުނާމުވެ ފަލީހަތް ވެއްޖެއެވެ…..

  16. މަރިޔަމް އަހުމަދު Reply

    August 8, 2012 at 1:41 pm

    އާޒިމާ ބޭރުކުރޭ

  17. ޖޯން/ޖުހާ Reply

    August 9, 2012 at 4:19 pm

    ފެން ނުވަރާ ބަންޑާރަ ބާލީސް ވަނީ މިގައުމުން ފައްސާލަންވެފައެވެ ސިޔާސީ އެއްވެސް ބުރަދަނެއް ހުރިމީހެއް ނޫނެވެ މީދަލުގެ ވިސްނުމައް ބާލީހުގެ ވިސްނުން ވެސް މާރަނގަޅު ކަމައް ފެނެއެވެ

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>