-ފިރުޝާން ޔޫސުފް-
މިރޭ ކުއްލި ގޮތަކަށް މުޅި ގައުމަށް ސިހުން ލިބިގެން ދިޔައީ ކާށިދޫން ފުލުހަކު މަރާލުމާ ގުޅިގެންނެވެ. އިތުރު ވާހަކައެއް ދެންނެވުމުގެ ކުރިން މި ހިތާމަވެރި ދަނޑިވަޅުގައި މަރުވި އާދަމް ހަލީމްގެ ފުރާނައަށް ސުވަރުގެ ލެހެއްޓެވުން އެދި ދުއާކޮށް އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދެމެވެ.
ހިތާމައަކީ މި ހިތާވެރި ހާދިސާގެ ނާޖާއިޒު ބޭނުން މިހާރުގެ ސަރުކާރުން ވަރަށް ފުޅާދާއިރާއެއްގައި ނަގަމުންދާ ކަމެވެ. މަރުވި އާދަމް ހަލީމްގެ ފުރާނައަށް އެއްވެސް އިހްތިރާމެއް އަދި އޭނާގެ އާއިލާގެ އިހްސާސްތަކަށްވެސް އެއްވެސް ބެލުމެއްނެތި މި ސަރުކާރާއި ސަރުކާރަށް ބައިއަތު ހިފާފައިވާ ޕާޓީތަކުން ދަނީ ސިޔާސީ ބޭނުމަށްޓަކައި ވަރަށް މުޑުދާރު އަމަލުތަކެއް ހިންގަމުންނެވެ. މި ހިތާމަވެރި ދަނޑިވަޅުގެ ބޭނުން ސިޔާސީ ފައިދާއަށްޓަކައި ފުޅާ ދާއިރާގައި ބޭނުން ކުރަމުން މިހާރު އެބަދެއެވެ. މިއީ އެއްވެސް ހަމަޖެހޭ އިންސާނަކު އަދި އިންސާނާގެ ފުރާނައަށް އިހްތިރާމް ކުރާ ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ.
މިހާ މުޑުދާރު ކޮށް މަސައްކަތް ކުރަމުންދާ މީހުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މެމްބަރު އަދި އެމީހެއްގެ ޝަހުސިއްޔަތުގައި އެއްވެސް ރީތި ސިފަތަކެއް ލިބިފައިނުވާ ޖާބިރު ހިމެނެއެވެ. އޭނާ މިރޭ ވަނީ އާދަމް ހަލީމްގެ ފުރާނައަށް އިހްތިރާމް ކުރުމެއްނެތި އެމްޑީޕީ ފުނޑާލުމަށް މި ހިނދުކޮޅުގެ ބޭނުން ކޮށްފައެވެ. ވީޓީވީގައި އޭނާ ނިސްބަތްބާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޑރ. ޑީޑީ ދަނީ މި ހިތާމެވެރި ދަނޑިވަޅުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރައްޔިތުންގެ ހިތްތަކަށް އިތުރު ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ވީޓީވީގައި ގާސިމް އިބްރާހިމްއާއި ޑރ. ޑީޑީ އަދި ޖާބިރު ދަނީ މި މައްސަލަ އާއި ގުޅިގެން މިރެއިން މިރެއަށް އުއްތަމަ ފަނޑިޔާރު ބަޔާނެއް ނެރުމަށާއި ޕީޖީ މިކަން ބެލުމަށާއި މިނިވަން މުއައްސަސާތަކުން މިކަން ބެލުމަށް ގޮވާލާފައެވެ. މިކަން ފަސް ވަނަ ގިއަރުގައި ބެލުމަށް އެންޑީއޯއިންވެސް ގޮވާލަމެވެ. ނަމަވެސް، ކޮންމެ މީހެއްގެ ފުރާނައަކީ މާތް ކުރައްވާފައިވާ އެއްޗަކަށް ވާއިރު ރާއްޖޭގައި ހިނގާ ހުރިހާ މަރުގެ ހާދިސާތަކުގައި މިބޭފުޅުން ފަރާތުން މިހާބޮޑު ކަންބޮޑުވުމެއް ފެންނަ ނަމަ ކިހާ ރަނގަޅުހެއްޔެވެ. އަދި އުއްތަމަ ފަނޑިޔާރާއި ޕީޖީ އަދި މިނިވަން މުއައްސަސާތަކުންވެސް މިހާބޮޑު ކަންބޮޑުވުމެއް ނަގާލާ ކޮންމެ ފުރާނައަކަށް ދޭނަމަ ކޮންފަދަ ހެއްޔެވެ. މި ސަރުކާރު ފާހަގަ ކުރެވިފައިވަނީ ވަކި ބައެއްގެ ފުރާނަ އާއި ލޭ އަގުބޮޑު ވެފައި އަނެއް ބައެއްގެ ލެޔާއި ފުރާނަ އެއީ އެއްވެސް އެއްޗަކަށް ނުވާ ބަޔަކު އުޅޭ ސަރުކާރެއްގެ ގޮތުގައެވެ.
ބޮޑު ހަމަނުޖެހުން ގަނޑެއް ހިންގައި ޤައުމުގެ މިހުރިހާ ކަމެއް ފެށުމުގެ ސަބަބު ކުރިމަތި ކުރުވައި މިރޭ ވެރިކަމަށް ވެރިވެގަނެގެން ހުރި ވަހީދު ވީޓީވީގައިވެސް ވަނީ މިމޭރުމުން ވާހަކަ ދައްކާފައެވެ. އޭނާވެސް ބޭނުންވީ މި ދަނޑިވަޅުގެ ބޭނުން ހިކުމަތްތެރި ރީތި ގޮތުގައި ބޭނުން ކުރުމުގެ ބަދަލުގައި ސިޔާސީ ފައިދާ ނެގުމަށެވެ. އަދި އެމްޑީޕީގެ ބޮލުގައި މިކަން އެޅުވުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދެއެވެ.
މަރުގެ ޚަބަރު އައުމާއެކު އެކަމުގެ ފައިދާ ސިޔާސީ ގޮތުން ނެގުމަށް އެންމެ ބޮޑަށް އަވަސްވެގަތް މީހުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން މަޖުލީހަށް ހޮއްވާފައި ހުރި އެއްވެސް އުޅުމެއް ނެތް އަހްމަދު މަހުލޫފު އާއި ވިލި މާފަންނު ދާއިރާގެ މެމްބަރު ނިހާން އަދި ޕޮލިސްގެ އަހްމަދު ފައިރޫޝް ހިމެނެއެވެ. މިއެންމެވެސް އެއްވެސް އިތުރު ޚަބަރެއް ނުލި، އެއްޗެއް ނޭނގި ތިބެމެ، ވަގުތުން އަވަސްވެގަތީ އެމްޑީޕީއަށް ސިޔާސީ ބޯޅަ އެއްލުމަށެވެ. ސިޔާސީ ވެރިންގެ ކިބައިން މިފަދަ ޒިންމާދާރު ކަން ކުޑަ އަމަލުތައް ފެނުމަކީ މިޤައުމުގެ ކަންތައްތައް ގޯހުން ގޯހަށް ދިއުމުގެ އަސްލެވެ.
ބަޣާވަތަށް ކަންބޮޑުވާ ފަރާތްތަކުން ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން ޤައުމުގެ ހުރިހާ މުއައްސަސާތަކެއް އެލާޓަށް އާދެއެވެ. ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ފާއިޒާއި، ޕީޖީ މުއިއްޒު އާއި، އެޗްއާރުސީއެމްގެ އަޒުރާއާއި ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ޝަހިންދާ ވެސް އެލާޓަށް އާދެއެވެ. ނަމަވެސް، އަނެއްބައި ފަރާތްތަކަށް ކިތަންމެ ބޮޑު ގެއްލުންތަކެއް ވިޔަސް، ކިތަންމެ ފުރާނައެއް ދިޔަނަމަވެސް އެއީ ކަމަކަށް ނުވެއެވެ. އިންސާފެއް ނުލިބެއެވެ. އެއީ މާބޮޑު ކަމަކަށް ކަންބޮޑުވާން ޖެހޭ ކަމަކަށް ނުވެއެވެ.
ޤައުމުގެ ކަންތައްތައް ގޯހުން ގޯހަށް ދާން ފެށުމުގެ އެންމެ ބޮޑު އެއްސަބަބަކީވެސް މިފަދަ ތަފާތު ތައް ގެންގުޅުމެވެ. އަދި، ބަޣާވަތަށްފަހު ރާއްޖޭގައި މި ދެންނެވި ތަފާތު ކުރުންތައް ވަހީދުގެ ވެރިކަމުގައި އިތުރުވެފައި ވުމަކީ ޤައުމުގެ ހާލަތު އިތުރަށް ގޯހުން ގޯހަށް ދާންޖެހުނު ސަބަބެކެވެ.
މިއަދުގެ މަރާއި ގުޅިގެންވެސް މިފެންނަނީ އެމަންޒަރެވެ. މަރުހޫމްވެ ފުރާނައަށް އަދި އާއިލާގެ އިހްސާސަތަކަށް ބެލުމެއް ނެތެވެ. ވަހީދުގެ ސަރުކާރަށް ލިބުނު ރަނުގެ ފުރުސަތެއް ކަމުން އެ ފުރުސަތުގެ ބޭނުން ސިޔާސީ ހަތުރުވެރިން ކަތިލުމަށް ބޭނުން ކުރަމުން މިދަނީ ގެއްލިގެން ދިޔަ ފުރާނައަށް އެއްވެސް ބަލައިލުމެއް ނެތި ލަދެއް ހަޔާތެއް ނެތިއެވެ.
ސައީދު
July 23, 2012 at 2:54 am
ވަރަށް ގިނަމީހުން މަގައުމުގަ މަރާލައިފި ބައެއްމީހުންގެ ފުރާނައިގެ އެއްވެސް އަގެއްނެތްކަން މިހާރުއެގިއްޖެ ހަމަހައްތާވެސް ސިޔާސީފައިދާނަގަން މިގައުމު ގިރައިގެނަ ބޯންވީނުން އެންމެން
ސައީދު
July 23, 2012 at 3:04 am
ކާށިދޫދާއިރާގެ މެމްބަރު މިރޭއެރަށަށް ކީއްވެ ނުދިޔައީ އަވަސްވެގަތީ އެހެނަބައެއްގެ ބޮލުގަ އިލްޒާމް އެޅުވޭތޯ
މީހުން މަރަން އެންމެގިނައިން ގޮވަމުން ދުވަނީ ފުލުހުން އެމީހުން ހުތުރުބަހުން ގޮވަމުން މަރާލާނަމޭ ފުނޑާލާނަމޭ ގޮވާފަހާދުވޭ އަދިވެސް މިގައުމުގަ މީހުން މެރުމުގެ ރެކޯޑު އޮންނާނީ ފުލުހުންގެ އަތުގަ މިއީ ހަގީގަތް
އެމްޑީޕީ ސަރުކާރުގަ މީހެއްގައިގަ އިނގިލިވެސް ނުޖައްސާ މިއީވެސް ހަގީގަތް
އޭރުފުލުހުން ލައްވާ އެކަން ކުރުވީ މައުމޫން މިހާރު ވަހީދު ދެން ފަހަރެއްގަ ވަހީދުނޫން ކަމަށް ވެދާނެ އެކަމަކު އޭނަ ބަހައްޓާގެން އުޅޭބައެއް
ވާހަކަ ދައްކަން ވާނީހަގީގަތާއެއްގޮތައް
މޫން
July 23, 2012 at 3:10 am
މަރުހޫމްގެ ފުރާނައަށް ރަހްމަތް ލައްވާށި
ގައުމުގެ އަދުލުއިންސާފް ވަޅުޖެހުމުގެ ނަތީޖާމިފެންނަނީ މާތްﷲއަޅިމެންނަށް ކޯފާއެތް ލައްވާފާނެތީ ބިރުވެތިވަން
ކަމާލް
July 23, 2012 at 3:57 am
މީގެ ޒިންމާ ވާން ޖެހޭނީ 23އިއްތިހާދޭ ކިޔާފަައި އެއުޅޭ ބައިގަނޑު
Dhuvaafaru Dhandahelu
July 23, 2012 at 4:01 am
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް ލެއްވުން އެދި ދުޢާކުރަން އަދި މި މަރުޙޫމްގެޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ބައެއް ސިޔާސީ ލީޑަރުން އަމިއްލަ ޓީވީ ޗެނެލްތަކަށް އަރާއިނދެ ސިޔާސީގޮތުން ފައިދާ ނަގަން ކުރާމަސައްކަތްތަށް އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އެއްވެސް ހެއްކެއް ގަރީނާއެއްނެތި އަދި މިމައްސަލަ ތަހުގީގު ކުރުމެއްނެތި ވަކި ޕާޓީއެއްގެ ބޮލުގަ އެޅުވުމަށް މި ބޭފުޅުން މިކުރާ މަސައްކަތަކީވެސް ސިޔާސީގޮތުން ނާޖާއިޒް ފައިދާއެއް ނެގުމަށް ކުރެވޭ ވަރަށް ފިނޑި ހުތުރު އަމަލެކެވެ.
އަޅުގަނޑުމެން ރައްޔިތުންގެ އެދުމަކީ އަދި އުއްމީދަކީވެސް ވީހާވެސް އަވަހަކަށް މަރުގެ ޙުކުމް ތަންފީޒް ކޮށްދެއްވުމެވެ. މިކަމުގައި ސަރުކާރު ހިންގަން މިވަގުތުތިބި އިސްވެރިންގެ އިޙްލާސްތެރިކަމެއް ހުރިނަމަ މިކަމުން ރެކިގަނެ މަޖިލީހުގެ ބަހެއް ހޯދާކަށެއް ނުޖެހެއެވެ.
މިއަދު ހިތާމައަކީ 23ޑިސެންބަރު އިއްތިހާދުން މިބާވަތުގެ ކުށުގެ އަމަލުތަށް ވަކި ބަޔަކު ބޮލަށް ކަނޑާލަން މަސައްކަތްކުރާތީއެވެ. އަޅުގަނޑުމެން ދުށީމު 23ޑިސެންބަރު އިއްތިހާދުން ބޭއްވި މުޒާހަރާތަކުގައި ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާތަށް ހުލުހުންގެ ގައިގާ އަލިފާން ރޯކުރިމަންޒަރު އަލިފާން ބޯޅަ އުކި މަންޒަރު މީހުންގެ މުދަލުގައި ރޯކުރިމަންޒަރު ފެންފޯއް ރުއްތަށް އުފުރި މަންޒަރު ބަޣާވާތެއް ހިންގިމަންޒަރުވެސް އެހެން ވީމާއި މިއަދަކު ވަކި ޕާޓީއެއްގެ ބޮލުގައި އަޅުވާފައި ތިމާމެން ރެކެވޭނެ ޖާގައެއްނެތެވެ. ވީމާ މިފަދަ ސީރިއަސް މައްސަލަތަށް ހުއްޓުވައި ޤައުމަށް ހަމަޖެހުން ލިބޭނެގޮތަށް އަމަލުތަށް ބެހެއްޓުމަކީ ސަރުކާރުގެ ޒިންމާއެކެވެ.
dhandahelu
މޫސާ
July 23, 2012 at 9:53 am
އިންނާލިﷲ ވައިނާ އިލައހި ރާޖިޢޫން
xcvx
July 23, 2012 at 10:13 am
ޓްވިޓް ކުރެވޭގޮތް ހަދާބަލަ. ވައިރަލްވާނެ މިއާރޓިކަލް
މުހައްމަދު ތަކުރުފާން
July 23, 2012 at 2:19 pm
މީމިވަރު ކުޑަގައުމެއްގައި ކަންތައްތައް ހިގައިގެންވާނެ ގޮތެއްނޫން އެކަމަކު މިއުޅޭ ސިޔާސީ މީހުން އަދިވެސް ބޭނުންވަނީ އިތުރަށް ކުޅިވަރުކުޅެ މީސްތަކުންނަށް އޮޅުވާލަން. ކިތައް ރައްޔިތުންބާ ފާއިތު ވިދުވަސްތަކުގައި މަރާފައިވަނީ! މީގެ ކިތައްމީހުންނަށްބާ އިންސާފް ލިބިފައި ވަނީ މީއުފެދޭ ވަރަށްބޮދު ސުވާލެއް! މީއަހަރެމެން ދެކެންބޭނުންވާ ދުވަހެއްނޫން ރާއްޖޭގެ ޢަދުލުއިންސާފް މިއޮތީ ގަާއިމުނުކުރެވިފަ 30އަހަރުގެ އަނިޔާވެރިކަމެއް އަމިއްލައެދު މާއިގެން ކުރީމަ ވާނެހުރިހާކަމެއް މިވަނީ ކެއްތެރިކަންމަތީ ތިބެވޭތޯ ބަލަމާ ހިނގާ
މުހައްމަދު އަރީފް
July 23, 2012 at 2:29 pm
މީގެ ކުރިން ޤަވްމުގައި މެރީ މެހި ކުރަފި ހޯނު ތޯ އަދި ކިރިޔާތޯ އިންސާނަކު މަރާލީ؟
ސިލްމާން ސޯލިހު
July 23, 2012 at 4:45 pm
ރާއްޖޭގައި ހައްޤު އަދަބު ތަންފީސް ނުކުވެރުމުގެ ނަތީޖާ މީ…. އިސްލާމީ ޝަރީއަތް ހިނގާ ތަނެކޯ އެކަމަކު ޝަރީއަތުގަ އޮންނަ ގޮތަކަށް ހުކުމެއް ނުކުރެވޭ………..
އައިމިނާބީ
July 23, 2012 at 5:09 pm
ދެރަކަމުގެ ކޮޅެއް ނެތް….. މާތް ﷲ އެ މައްޔިތާ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި! އަދި އެ މައްޔިތާގެ އާއިލާއަށާއި، ގުޅުންހުރި އެންމެހާ ބަޔަކަށް ކެތްތެރިކަން ދެއްވާށި…..އާމީން! އާމީން! އާމީން!
ޝިނާޒް
July 23, 2012 at 8:00 pm
ވަހީދު ދެން ވެރިކަމުގައި ހުންނައިރު ސަރުކާރުގެ ގިނަ ޑާޓާތައް ފެންނާން ހުންނައިރުވެސް، އެވަރުވެސް ބަލާނުލާ ކަންކަން ސިޔާސަ ކުރަން އުޅެނީ…
ަަަޒަނީމް
July 23, 2012 at 8:21 pm
މި 23އިއްތިހާދޭ ކިޔައިގެން މިއުޅޭބައިގަނޑު މައިތިރި ކުރަންވެއްޖެ!
ހާ ޢިބްރީ
July 25, 2012 at 12:16 pm
23 އިއްތިހާދޭ ކިޔައިގެން މި އުޅޭ ބައިގަނޑަކީ މި ރާއްޖޭގައި ދީނީ ބައިބައި ވުން އުފައްދާ، ރައްޔިތުން ފިތުނައިގެ އަލިފާންގަޑަށް ވައްޓާއި ފަރާތް މިކަމުގައި އިސްކޮށް އުޅެނީ ޢަރަބިއަޔާގައި ދިވެހި ޓީޗަރަކަށް އުޅުނު ޢަބްދުﷲ މުޙައްމަދާއި، މަޖީދިއްޔާ ސްކޫގައި އިސްލާމް މުދައްރިސަކަށް އުޅުނު މުޙާއްމައިދީ، މި ޖަމާޢަތާމެދު ފިޔަވަޅު އަޅާން ގޮވާލަން! މިއަދު ކުރިން ބުނި ދެމީހުންވެސް ވަނީ ތިމާމެންނާ އަރާއަރަފޯދިގެން ނުވާ މަޤާމްތަކުގައި! މި ބައިގަނޑުގެ ޖައްބާރު ކަމުން މިޤައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށި! އާމީން