ޕީޕީއެމްގެ މައުތު ޕީސް ގެ ގޮތުގައި ހަވީރު ނޫސް!

13 ޖުލައި 2012 19:09 | 13 ކޮމެންޓް

-ޖަންނަތު އަޝްފާޤު-

 

ޕީޕީއެމްގެ ސިޔާސީ ޕްރޮޕެގެންޑާ ފަތުރަގައި ދޮގު ވާހަކަތައް ގެނެސްދީ ރައްޔިތުންނަށް އޮޅުވާލައި ޤައުމުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް މަޢުލޫމަތު ފަތުރާތީވެ މަޝްހޫރު ހަވީރު ނޫސް ބޮއިކޮޓް ކުރުމަށް އެންޑީއޯ އިން ގޮވާލަމެވެ. އެންޑީއޯ އިން މިގޮތަށް ގޮވާލަން ޖެހެނީ ރާއްޖޭގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ މިހާރު އޮތް ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަކަށް ގޮސް، ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކާމެދު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އަދި ހަމަ އެހެންމެ އ.ދ ފަދަ ދުނިޔޭގެ ބޮޑެތި އިދާރާތަކުން އިންތިހާއަށް ކަންބޮޑުވެ  އެކަންތައް ބަލަމުންދާ ދަނޑިވަޅެއްގައި، ހަވީރު ނޫހުން މިހުރިހާ ހަޤީޤަތް ތަކެއް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާތީއެވެ. އަދި އެނޫސް ގިނަ ބަޔަކު ކިޔާތީވެ އެކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގައި، 30 އަހަރުގެ ދިގު ވެރިކަމެއްކޮށް އެތައް ރައްޔިތުންނެއްގެ އިންސާނީ ހައްޤުތަކަށް އަރާފައިވާ ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލް ގައްޔޫމާއި އޭނާގެ އާއިލާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ހަވީރު ނޫހުން ކެނޑިނޭޅި ދޮގު ޚަބަރާއި ރިޕޯޓް ފޮނުވަމުން ދާތީއެވެ. އަދި އެނޫހަކަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލި މުޅި ނޫހުގައި ޖަހާ ޚަބަރުތައް ޕީޕީއެމްގެ ވަކި ފެކްޝަނެއްގެ (ޔާމީން ފެކްޝަން) އެންގުމާއި އެއްގޮތަށް ބައްޓަން ކުރެވި ލިޔެވިގެން ކަން އެންޑިއޯއަށް އެނގިފައިވާތީއެވެ.

އެންޑީއޯ އަށް އެނގިފައިވާ ގޮތުގައި ހަވީރު ނޫހުގައި ލިޔާ ގިނަ ސިޔާސީ  ޚަބަރުތަކުގެ ސުރުހީއާއި، ޚަބަރު ކިޔާ މީހާއަށް މޭރުވާން ޖެހޭނެ މާނައާއި ލިޔުމުގެ ކޮންޓެންޓް ވަރަށް ގިނަ ފަހަރު ކިޔާދެމުންދަނީ ޔާމީން އަބްދުލް ގައްޔޫމް ނުވަތަ އޭނާގެ ދަށުގައި އުޅޭ ގުރައިދޫ މެމްބަރު ޝަރީފް (ކުރީގެ ޕީއޭގެ ސެކެރެޓަރީ ޖެނެރަލް)، ޓޫރިޒަމް މިނިސްޓަރު އަދީބު އަދި މަޖްލިސް މެމްބަރު އަދުރޭ ފަދަ މީހުންނެވެ. ޔާމީނު ފެކްޝަނުން ކޮންމެ ދުވަހަކުވެސް އެތަކެއް ފަހަރަކު ހަވީރުގެ ނޫސްވެރިން ކަމަށްވާ ހަމްދޫން، ފަޒީނާ، އަލީ ޔޫސުފް، ހުސެން ފިޔާޒު، އަދި ކުރީގެ ހަވީރުގެ ނޫސްވެރިޔާ ހިރިގާ ފަދަ މީސްމީހުންނަށް ގުޅައި ހަވީރުގެ ސިޔާސީ ޚަބަރުތައް ގެނެސްދޭވީ ގޮތް ކިޔާދީ އަދި ބައެއް ކަހަލަ މައްސަލަތަކަށް އެމީހުން ބޭނުންވާ ވާ ވާހަކަތައް ލިޔެ ރިޕޯޓު ހެދުމަށް އަންގައެވެ.

މީގެ އިތުރުން ހަވީރު ކޮމެންޓު ބައިގައި ހިމެނޭ ކޮމެންޓްތައް ކުރެވިފައި ހުންނަނީވެސް އެހެން ނޫސްތަކާއި ހިލާފަށް ދުރާލާ ރޭވިގެންނެވެ.

އެންޑީއޯ އަށް ހަވީރުގައި މަސައްކަތް ކުރާ މުވައްޒަފަކު މައުލޫމާތު ދީފައިވާ ގޮތުގައި ހަވީރުގައި ލިޔާ ގިނަ ސިޔާސީ ޚަބަރު ތަކަށް އަރުވާ ފުރަތަމަ ކޮމެންޓްތަކަކީ ވަރަށް ގިނަ ފަހަރު ތަނުގެ ބައެއް މުވައްޒަފުންނެވެ.

މީގެ އިތުރުން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ހަވީރު ނުހަށާއި ސަން އޮންލައިނަށާއި މިނިވަން ނޫހުގެ އިނގިރޭސި ވެބްސައިޓަށް ސަރުކާރަށް ތާއީދު ކޮށް އެމްޑީޕީ އާއި ރައީސް ނަޝީދުގެ އަގު ވައްޓާލުމަށް ދުރާލާ ރޭވިގެން ކޮމެންޓް ކުރާ ބަޔަކު އުޅޭ ކަމެވެ. އެކަން ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވަނީ ޔާމީން އަބްދުލް ގައްޔޫމްވެ. 2010 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ މިހަރަކާތުގެ ފަހަރުގައި ހުރީ ޔާމިން އަބްދުލް ގައްޔޫމްކަން އެންޑީއޯ އިން ކަށަވަރު ކޮށްދެމެވެ. ކުރިން ޕީއޭ ތެރެއިން މި ތިން ނޫހަށް ކޮމެންޓު ކުރުމަށް ހިންގަމުން އައި ހަރަކާށް މިހާރުވަނީ ފުލުހުންގެ މުއައްސަސާ ތެރެއަށްވެސް ފުޅާ ކޮށްފައެވެ. ދާދި ފަހުން ޔާމީން އޭނާއާއި ގާތް އެކްޓިސްޓުން ތަކަކާއި ބޭއްވި ބައްދަލުވުމެއްގައި އެމީހުން ކައިރީގައިވެސް ކޮމެންޓް ކޮށްދިނުމަށް އެދި ވާހަކަ ދައްކަމުން ބުނެފައިވަނީ ނޫސް ކިޔާ ގިނަ މީހުން ކޮމެންޓް ކިޔާ ކަމަށާއި އަދި ގިނަފަހަރު މީހުން ދެކޭގޮތް އަސްލު ޚަބަރަށްވުރެ ކޮމެންޓުގައި ލިޔެފައި ހުންނަ އެއްޗެއްގެ ސަބަބުން ބަދަލުވާ ކަމަށާއި އެހެން ކަމުން ހުސްގަޑި ތަކުގައި ހަވީރު ، މިނިވަން އަދި ސަން އަށް ކޮމެންޓް ކުރުމަށެވެ. އިންގިރޭސި ބަހަށް ރަނގަޅު މީހުން މިނިވަން ނޫހުގައި ކޮމެންޓް ކޮށްދިނުމަށް އެދި ޔާމީން ވަރަށް ބޮޑަށް އެދި އެކަމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އެޅުވިއެވެ. އޭނާ ބުނިގޮތުގައި ބޭރުގެ ޑިޕްލޮމެޓުންފަދަ ގިނަ ބަޔަކު މިނިވަން ނޫސް ކިޔާ ކަމަށާއި އެހެން ކަމުން އެނޫހުގައި އެމްޑީޕީއާއި އަދި ނަޝީދާއި ދެކޮޅަށް ކޮމެންޓް ކުރުމަކީ މުހިއްމު ކަމެކެވެ.

ހަވީރު ނޫހަކި މިނިވަންކަމާއެކު ހިންގާ ނޫހެއް ނޫން ކަމާއި އެނޫހަކީ ޕީޕީއެމްގެ ސިޔާސީ ޕްރޮޕެގެންޑާ ފަތުރާ އެ ޕަޓީގެ މައުތު ޕީސްކަން ފެންނަން ހުރި ގިނަ ހެކިތަކުން ސާބިތުވެއެވެ. އިއްޔެ އާއި ރޭއާއި މިއަދުގެ ހަވީރު ނޫހަށް ބަލާލި ކަމުގައިވިޔަސް ފުލުހުން އަނިޔާވެރި ކަމާއެކު ގިނަ ޒަހަމްތަކެއް ކޮށްލާފައިވާ ފޮޓޯތައް މުޅި އިންޓަނެޓްގައި ބެހޭއިރު އެފަދަ ފޮޓޯއެއް އަދި އެކަމުގެ ޚަބަރެއްވެސް ހަވީރު ނޫހުން ނުފެންނާނެއެވެ. ނަމަވެސް، ފުލުހުންނަށް ލިބޭ ‘ވަރުގަދަ’ އަނިޔާ ތަކުގެ ވާހައާއި ދުންޔާ މައުމޫނު ޖެނީވާގައި ހުރެގެން ދައްކާ ވާހަކަ އާއި ޕީޕީއެމްގެ މެމްބަރުންގެ ގަޔަށް ކުޑަ ހަމަލައެއް އައި ކަމުގައި ވިޔަސް އެޚަބަރާއި މައުމޫނު ބުނެފައިވާ އެއްޗެހީގެ ވާހަކަ ނޫން އެހެން ވާހަކައެއް އެނޫހުން ނުފެންނާނެއެވެ. ޤަބޫލު ކުރަން ދަތި ނަމަ ހަމަ މިހާރު ހަވީރު ނޫހަށް ވަދެ ސުރުހީތަކަށް މިނެޓެއްހާއިރު ނަޒަރު ހިންގާލާށެވެ. ފެންނާނެއެވެ. ޤަބޫލު ކުރެވޭނެއެވެ.

13 ކިޔުންތެރިންގެ ޚިޔާލު

  1. މުއްޓަންގާ Reply

    July 14, 2012 at 8:26 am

    މި ހަމްދޫނު އަކީ މިސޮރުގެ ކާފަވަރަށް ލޯބިންގެންގުޅުނު ސޮރެއް. ބޮޑުވަންދެން ގެއިންބޭރަށް ނުނެރެބޮޑުކުރީ. ދެންވީގޮތަކީ ބޮޑުވެގެން މިސޮރުގެ ކާފަވެސް މަރުވުމާއެކު އެގޭމީހުން މިސޮރަށް ކޮންމެވެސްވަރެއްގެ މިނިވަންކަމެއްދީ މީހުންގެ ތެރެެއަށް ނެރުނީ. އެހެންވުމުގެ ސަބަބުން އެސޮރުމެންނަށް ހެވާއި ނުބައި ވަކިކުރާކަށެއްނޭނގޭނެ.
    ޔަތީމު ސޮރަކާދިމާލަށް މިހެން ބުނަން ވީމަ ދެރަވެސްވޭ

  2. ދޮންބެއްޔާގެ ބެއްޔާ / ހި Reply

    July 14, 2012 at 8:03 am

    ބަލަ މި ހަމްދޫނު އަކީ ޕީޕީއެމް އައްޑޫ ސިޓީގެ ބޮޑުމީހާ އަބުހަރީ ޒުހައިރު އަށް ބޮޑުބޭބެ ކިޔާ ސޮރެކޭ.

  3. ސަހީދު Reply

    July 14, 2012 at 7:55 am

    ހަމަ ބިރުގަންނަނީ. ތިމާމެންނަށް ސަނާ ނުކިޔަންޏާ އެގޯސްވީ. ހަމަ ހަމަ އިންސާފަށް ލޯބިކުރާ ނޫސްވެރިކަމަށް ހިތްވަރު ދެއްވާ.

  4. ނިޔާމަ Reply

    July 14, 2012 at 7:53 am

    ހަމަ ބިރުގަންނަނީ. ތިމާމެންނައް ސަނާނުކިޔަންޏާ އެގޯސްވީ. ހަމަ ނޫސްވެރިކަމަށް ހިތްވަރު ދެއްވާ.

  5. ތަކުރުފާނު Reply

    July 14, 2012 at 6:03 am

    ހަމްދޫނު ފަދަ ވަލުތެރެއިން ނޫސްވެރިކަން ކިއަވއިގެން ތިބޭ ރުންޑިންނައް ދަންނަވާލަން އޮތީ ހިތައް އެރިހާއެއްޗެއް ލިޔެގެން އަހަރަމެން މަގުފުރައްދަން ނޫޅޭށޭ. ކޮންމެވެސް ދުވަހަކުން އަހަރަމެން އަތުގަ ޖެހޭނެވެ. އެމީހަކު ކުރާކަމެއްގެ ރަހައެމީހަކު ދެކޭނެވ. މީހަމަ މިހާރުވެސް ނައްތާލަންޖެހޭ މުނާފިގެކެވެ.

  6. ބަކުރު Reply

    July 13, 2012 at 9:23 pm

    ކޮން ހަމްދޫނެއްތަ އެޅާހަބޭސް ކޮށްލަންވީ

  7. ބަނީ Reply

    July 13, 2012 at 9:21 pm

    ހަމްދޫނަކަސް ހަމަރުނޑިއެއްވިއްޔާ ވާނީ ރުނޑިއަކަށް ހަވީރުގަ މަސައްކަތް ކުރާނީމުޅިންވެސް ހަމަކުރީގެ 30 އަހަރުގެ ނޫނީ މިހާރުގެ ބާާަޢީން މިޅާމެންނާހެދި ގައުމެއް ހަލާކުވެނިމިދަނީ ކުރަންވީކަމަކީ މިފަދަ ނޫސްތައް އެއްކޮއް ބޯއިކޮޓް ކުރަންވީ އަދި ތިހަމްދޫންމެންފަދަ އާލާތުންނަށް ރަނގަޅު ފިލާވަޅެއްދޭންވީ ހަނދާންނުފިލާވަރުގެ އެހއންނޫނީ ދުވަހަކުވެސް މިތަނެއް ރަނގަޅެއް ނުވާނެ

  8. ހަނދު ހެންވޭރު Reply

    July 14, 2012 at 1:39 pm

    އޭ ހަމްދޫނު ޒާހިރު ހުސައިން އާ މައުމޫން އެއަރ މޯލްޑިވްސް ބަނގުރޫޓް ކޮށް ، ދިވެހި ދައުލަތަށް އަގުނުކުރެވޭ ފަދަ ބޮޑު ގެއްލުންދިން ވާހަކަ ތިޔަ ހަވީރުފޮޅީގައި ނިކަން ލިޔެލަ ބަލަ . އޭރުން ތިޔަނޫސް ވަރަށް ވިކޭނެ .

  9. ފަޒާ މުހުންމާދީ Reply

    July 13, 2012 at 6:06 pm

    ހަމްދޫން މެން ދެން އެމް ޑީ ޕީ ހަބަރަ ނިލޭނަށިއެ ނުނީ.ހަމްދޫން ގެ ބޮޑޮ ބޭބޭ ( އަބުހަރީ ޒުހެއިރު) އަށް އެހެށީ ސަދަން ޔުޓިލިޓީސް ބޮޑޮ މީހާގެ މަގާމް ދެރެފެއި.ޒައީމް ހިންނަށިއޭ 30 އަހަރުގެ ތަޖުރިބާ.

  10. ޖާވިދު Reply

    July 13, 2012 at 5:29 pm

    އެކަމަކު ހަވީރު ނޫސްގައި މާ ގަދަ ނޫސްވެރިއަކަށް ވެގެން އުޅޭ ތި ފޮޓޯގައި އިން ތި ނޫސްވެރިޔާ ބުނޭ ތިމަންނައަކީ ވަރަށް ކުޅަދާނަ މީހެކޭ މިހާރު މިރާއްޖޭގެހަބަރުތަށް އެއީ ރައްޔިތުންނަށް އެގެން ޖެހޭ ހަބަރެއް ނޫންބާ އެެމްޑީޕީ ގެ ހަރަކާތްތަށް ކަވަރ ކުރުމަށް ނުކުޅެދޭ ފަރާތްތަށް ދޯ މީ ރައީސް ނަސީދުއާއި ސުވާލްކުރަން މިކަލޭގެ ހާދަވަރެއް ހުރެޔޭ ދޯ ހަތް ފުޅާކޮށްލާފައި މައިކް ހިފާގެން ދެކޮޅު ނުޖެހޭ ގިނަ ވާހަކަ ތަށް ދައްކާ މިކަލޭގެ ވެސް މީ ނޫސް ލިޔާ މީހެކޯލަ

  11. ސިއުތް Reply

    July 13, 2012 at 4:17 pm

    ހަގީގަތުގައި މިނޫސްކިޔާމީހުން މިހާރުވެސް ވަރަށް މަދު. މަވެސް ކުރިންކިއިން އެކަމަކުބަގާވަތް ގެނޭފަހުން ކިޔުން ހުއްތާލިން. މަވަރަށް ފޫހިވާމީހެއް ގޮޅަ ކާފަ މައުމޫން. އޭނަޔާ ގުޅުންހުންނަ ހަބަރު ގިނަވީމަކިޔަން ފޫހިވަނީ. އެއީޖާހިލެއް.

  12. އަހުމަދު އިމްތިޔާޒް އިން Reply

    July 13, 2012 at 3:38 pm

    ހަވީރުނޫހަކީ ހަމަ ހަގީގަތުގަވެސް މިހާރު ކިޔަން ހެޔޮވާ ވަރުގެ ނޫހެއް ނޫން. މަށަކީ އުމރުން 12 އަހަރުން ފެށިގެން ހަވީރު ނޫސްކިޔާ މީހެއް. ތިނޫހަށް އައި ބަދަލު ވަރަށް ރަގަޅަށް އެގޭ.!

  13. ތޯހާރމީދޫ Reply

    July 13, 2012 at 4:08 pm

    ﷲތައާލާ މޑޕ ޔައްކާމިޔާބުދެއްވަންދެން މަސައްކަތް ކުރޭމީގެކުރިންވެސް ދެއްކިހިތްވަރުދައްކާ ބިރުނުގަނޭ ކިތަންމެބިރެއް ދެއްކިޔަސް ފަސްނުޖެހޭތި ހައްޔަރުކޮއްޖަލުފުރުމުން ދެންކޮންތާކައްލާނީ ހަމަޖެހޭނީ ދޫކޮއްލަން ސަރުކާރު ބިރުން ގޮތްހުސްވާކައްދެންމާގިނަ ދުވަހެއް ނުނަގާނެ ވަރައްއަވަހައް ސަލާމަތީބާރުތަކުން އަހަރުމެނައްއެއްބާރުލުންދޭނެ ﷲ ނަސްރުދެއްވާނެ

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>