ހަވީރު ނޫހެކޭ ސިޔާސީ ފޮޅި އެކޭ ތަފާތެއް ނެތް

11 ޖުލައި 2012 22:30 | 0 ކޮމެންޓް

ލިޔުނީ: އިބްރާހިމް މުހައްމަދު.

ރާއްޖޭގައި މިހާތަނަށް އެންމެ ކާމިޔާބު ނޫހަކީ ކޮބާހޭ ބުނުމުން ކޮންމެ މީހެއްގެ ދުލަށް އަންނާނީ ހަވީރު ކަމާމެދު ޝައްކެތް ނެތެވެ. އެތައް އަހަރު ތަކެއްގެ މިންނެތް މަސައްކަތުން ހަވީރު ވަނީ ދިވެހިން އެންމެ އިތުބާރު ކުރާ އަދި އެންމެ ގިނަ މީހުން ބަލާ ނޫހަށްވެސް ވެފައެވެ. ހަވީރު ވެބްސައިޓް ވެފައިވަނީ ރާއްޖޭގައި ހިނގާ ކަންތައް އެނގިގަތުމަށް އެންމެ ގިނަބަޔަކު ޒިޔާރަތް ކުރާ އޮންލައިން ނޫހަށެވެ.

ނަމަވެސް ރާއްޖޭގެ އެންމެ މަޤުބޫލު ނޫސް ގޮތުގައި ހަވީރު އޮތް އޮތުން މާގިނަ ދުވަހަކު ދެމި އޮންނާނެ ކަމަށް ފެންނަ މަންޒަރު ތަކުން މިހާރު ބެލެވޭކަށް ނެތެވެ. ސަބަބުތައް ވަރަށް ގިނައެވެ. މައިގަނޑު ގޮތެއްގައި ހަވީރު މިހާރު ސިފަ ކުރެވެނީ ވަކި ބައެއްގެ ސިޔާސީ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ޕްރޮޕެގެންޑާ ޕްރެސް އެއްގެ ގޮތުގައެވެ. ހަވީރު ގެ ހިންގުން ބައްޓަން ކުރެވިފައިވާ ގޮތުންވެސް އެކަމުން ހަވީރު ނޫހަށް ސަލާމަތް ވެވޭނެ ކަމަކަށް ނުބެލެވެއެވެ. ހަވީރުގެ މަސްއޫލުވެރިޔާ ޒާހިރު ހުސެން އަކީ މައުމޫނުގެ އެއް އަތް ކަހަލަ މީހެކެވެ. އެހެން ކަމުން މައުމޫނުގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ހަވީރު ނޫހަށް މަޖުބޫރު ކަމެކެވެ. މިހާރުގެ ސަރުކާރުގެ ނައިބް ރައީސް ޑީން އަކީ ހަވީރަށް ހަރަދު ކުރާ މީހެކެވެ. އެހެން ކަމުން ބަޣާވަތަކުން ވެރިކަމާ ހަވާލުވި ކަމުގައިވިޔަސް ހަވީރު ނޫހަށް އެއީ ހަމަ ވަރަށް ސާފު ސަރުކާރެއްގެ ގޮތުގައި ނޫނީ ބެލެވޭކަށް ނެތެވެ. ހަވީރު ހިންގަމުންދާ އިމާރާތަކީ މައުމޫނުގެ ވެރިކަމުގައި ނާޖާއިޒް ގޮތުގައި ހޯދާފައިވާ ބިމެއްގައި އަޅާފައިވާ އިމާރާތެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މިނޫނަސް މިފަދަ އެތަކެއް ސަބަބު ތަކަށްޓަކައި މައުމޫން އާއި ހަވީރު ގުޅި ލާމެހިފައިވާތީ ހަވީރު ވެފައިވަނީ ހަމަ ފައްކާ ޕީޕީއެމްގެ މައުތު ޕީސް އަކަށެވެ. މިހެން ދެންނެވިޔަސް ހަވީރަށް ދިރިއޮވެވޭނީ ކޮންމެވެސް ވަރަކަށް މައުމޫނާއި ދެކޮޅު ފަރާތްތަކުގެ ޚަބަރުތައްވެސް ގެނެސްދީގެން ކަމަށްވާތީވެ ދޭތެރެ ދޭތެރެއިން ހަވީރުން ހަމަހަމަ ކަމާއެކު ގެނެސްދީފައިވާ ލިޔުންތައްވެސް ފެނިގެން ދެއެވެ. ހަވީރުގެ އަސްލު ސޫރަ ގިނަ ފަހަރު ފެންނާނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވާ ފަހަރު ތަކުގައެވެ. މިއީ އެފަދަ ދުވަސް ކޮޅެކެވެ.

ފާއިތުވި ދެތިން ދުވަހަށް ހަވީރު ނޫހަށް ނަޒަރު ހިންގާލާށެވެ. އަދި މާލޭގައި ހިނގަމުންދާ ކަންތައްތަކަށް ވިސްނާލާށެވެ. ހަވީރު ނޫހުގެ ހަޤީޤީ ސޫރަ ވަރަށް ރީއްޗަށް ހާމަވެގެންދާނެއެވެ. އެމްޑީޕީ އިން މާލޭގައި މުޒާހިރާ ކުރާތީވެ އެކަން ހަވީރު ނޫހުން ކަވަރު ކުރާކަށް ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ހަވީރުން ދަނީ ސަރުކާރުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ކަމުގެ ދެފަރާތް ނުބަލައި ޕްރޮޕެގެންޑާ ފަތުރަމުންނެވެ.

ޓްރެފިކް ޖޭމް އިން ނެރުނު ‘ބަޣާވަތް’ ލަވަ ހަވީރަށް އޯކޭއެއް ނުވިއެވެ. ނަމަވެސް، އެ ލަވައިގެ ވީޑިއޯ އަކީ މިހާނަތަނަށް ރާއްޖޭގައި ނެރުނު ގިނަ ލަވަތަކުގެ ވީޑިއޯ ތަކާއި ހިލާފަށް ކްރިއޭޓިވިޓީ ވަރަށް ބޮޑު ސްޕެޝަލް އިފެކްޓްސް އެހާމެ މޮޅު އަދި ދައްކާ ވާހަކައާއި ދައްކާ މަންޒަރުތައް ނުހަނު ބޮޑަށް ގުޅުވައި ހަދާފައިވާ މޮޅު ވީޑިއޯއެއް ކަމަށް ކަމުގެ ފަންނީ ތަޖުރިބާ ކާރުން ދެކެއެވެ. އަދި ލަވައިގެ މިއުޒިކާއި ކިޔުންވެސް ހަމަ ރަނގަޅު ކަމަށް ފަންނީ މީހުން ދެކެއެވެ. އެކަމަކު ހަވީރުގެ ނަދީމަށް އޭތީ އޯކޭއެއް ނޫނެވެ.

ދެން އޮތީ ހަވީރުގެ ނޫސްވެރިޔާ ފަޒީނާ އަހްމަދުގެ ވާހަކައެވެ. ފަޒީނާ ‘އެމްޑީޕީ ކުއްލިއަކަށް ސީދާ ހަރަކާތައް؟’ މިހެން ބުނެ ބޮޑު ސުވާލު މާކެއް ޖަހައި ސީދާ ހަރަކާތައް އެމްޑީޕީން ނުކުންނަން ޖެހުނު ސަބަބު ސާފު ނުވެގެން ނުވަތަ ތިލަކޮށް ދަންނަވާނަމަ ހަޖަމު ނުވެގެން އެތަކެއް ހާސަރުތަކެއް ދަމައި ރިޕޯޓެއް ލިޔެފައިވެއެވެ. ފަޒީނާ އެންމެ ފަހަރަކުވެސް އެމްޑީޕީގެ ފަރާތުން ސީދާ ހަރަކާތައް ނުކުންނަން ޖެހުނު ސަބަބުތައް އޮޅުން ފިލުވި ނަމަ އެނގުނީހެވެ. އަދި ސީދާ ހަރަކާތުގައި ބައިވެރިވާ މީސްތަކުންގެ ތެރެއިން ކޮންމެވެސް އެކެއްގެ ކައިރީގައި ސީދާ ހަރަކާތައް ނުކުންނަނީ ކީއްވެތޯ ސުވާލު ކޮށްލެވިނަމަ ވެސް އެނގުނީހެވެ. އެމައުލޫމާތު އޮޅުން ފިލުވައިފިނަމަ ފަޒީނާގެ ރިޕޯޓްގެ މަޤްސަދު ހާސިލު ނުވާނެތީވެ އެކަން ނުކޮށް ދޫކޮށްލީ ކަމަށްވެދާނެއެވެ.

 ހަވީރު ނޫހުން މިފަދަ ސުވާލުތައް އުފައްދައި މީހުންގެ ފިކުރު ތަކާއި ކުޅެން މަސައްކަތް ކުރާއިރު، ސަރުކާރުން ކުރާ ނޭއްގާނީ ކަންތައްތަކާ މެދު ހަވީރު ނޫހުން ސުވާލު އުފެދޭ ތަނެއް ނާދެއެވެ.

ނަމަވެސް، އެތަކެއް ރައްޔިތުން ދެތިން ދުވަސް ވަންދެން މެދުނުކެނޑި ވެރިރަށް މާލޭގެ މަގުމަތީގައި މުޒާހިރާ ކުރަމުންދާއިރު އެކަން ކަވަރު ނުކުރަން ޖެހޭ ސަބަބުތައް ހަވީރު ނޫހުގެ ނޫސްވެރިންނަށް އޮޅުން ފިލައެވެ. ފުލުހުންގެ އަނިޔާވެރިކަން ހައްދުން ނައްޓާލައި އެކަމުގެ ވާހަކަ ބައިނަލް އަޤްވާމީ އިދާރާ ތަކުން ދެއްކި ކަމުގައި ވިޔަސް ހަވީރު ނޫހުގައި އެފަދަ ވާހަކަ ނުލިޔަން ޖެހޭ ސަބަބު ހަވީރުގެ ނޫސްވެރިންނަށް އޮޅުން ފިލައެވެ.

އަދި އެމްޑީޕީން ކިތަންމެ މުޒާހިރާއެއް ކުރިޔަސް އެކަމަށް މާބޮޑު ޕަބްލިސިޓީއެއް ލިބިދާނެތީވެ އެފަދަ މުޒާހިރާތަކުގެ ލައިވް ކަވަރޭޖް ގެނެސްދީގެން ނުވާނެ ކަން ހަވީރުގެ ނޫސްވެރިންނަށް އޮޅުން ފިލައެވެ. އަދި ހަމަ އެހެންމެ މައުމޫނަށް ތާއިދު ކުރާ ބަޔަކު ވީމަ އެމީހުން މިއަހަރު ކުރީކޮޅު މަގުމައްޗަށް ނިކުމެ އާއްމުތަކެއްޗަށް ގެއްލުންދީ ހެދި ނަމަވެސް، އެކަންތައްތަކުގެ ތަފްސީލު މިނިޓުން މިނެޓަށް ލިޔެ، އަދި ގެނެސްދޭއިރު މަތި އޮމާން ކޮށްލާފައި ގެންނަން ހަވީރު ނޫސްވެރިންނަށް އެނގެއެވެ.

 އަދި ހަމަ މިހާރު އެމްޑީޕީ އިން ކުރާ މުޒާހިރާތަކުގައި ފުލުހުން ކުރާ އަނިޔާތަކުގެ ވާހަކަ ވީހާވެސް ލުއިކޮށް ގެނެސްދީ ފުލުހުންގެ އަމަލުތަކުގައި ރަން ކުލަ ޖައްސައި އެމްޑީޕީގެ މީހުންގެ އަމަލުތައް ވީހާވެސް ނުބައި ގޮތެއްގައި ގެނެސްދޭން ޖެހޭ ސަބަބުތައްވެސް ހަވީރުގެ ނޫސްވެރިންނަށް އެނގެއެވެ.

 އެމްޑީޕީއިން ކުރާ މުޒާހިރާގެ ޚަބަރުތައް ގެނެސް ނުދެވުނު ކަމުގައި ވިޔަސް މައުމޫނުގެ ޕީޕީއެމް އިން އެމްޑީޕީއަށް ރައްދެއް ދީފިނަމަ އެކަމުގެ ތަފްސީލު ވަގުތުން ގެނެސްދޭން ޖެހޭނެ ކަންވެސް ހަވީރުގެ ނޫސްވެރިން ދަނެއެވެ. ފަޒީނާ ވަނީ މިއަދު “އެމްޑީޕީގެ ކުއްލި ހަރަކާތްތަކުން ސަރުކާރު ގުޑުމެއް ނާރާނެ” ކަމަށް ޕީޕީއެމް އިން ބުނި ހަބަރު ވަރަށް ފުރިހަމަ އަށް ގެނެސްދީފައެވެ.

ހަވީރުގެ ނޫސްވެރިން މިލިޔުން ކިޔާފައި ވަރަށް ރުޅިވެސް ގަދަވާނެއެވެ. ޖެއްސުންވެސް ކުރާނެއެވެ. ފަހަރުގައި ތާއީދުވެސް ކޮށްފާނެއެވެ. މި ލިޔުން ލިޔުނީ ކޮންމެހެން ހަވީރު ނޫހުން ވަކި ޕާޓީއެއް ޕްރޮމޯޓު ކޮށް އަނެއް ޕާޓީ ޑިމޯޓް ކުރާތީކީވެސް ނޫނެވެ. ނަމަވެސް، ޒާހިރު ހުސޭނުގެ މަސްއޫލުވެރި ކަމުގައި ވަކި ސިޔާސީ ފިކުރެއްގައި ތިބި ބަޔަކު ފައިސާ ހަރަދު ކުރާ އަދި ވަކި ސިޔާސީ ފިކުރެއްގައި ތިބި ނޫސްވެރިން ތަކެއް ގިނައިން އުޅޭ ނޫހަކަށް ވިޔަސް ތިޔައީ މިހާތަނަށް ކޮންމެވެސް މިންގަނޑެއްގައި ހިފަހައްޓަމުންދާ ނޫހަކަށް ވެފައި މިހާރު އެ މަންޒަރު ބަދަލުވަމުންދާތީއެވެ. ހަވީރު ނޫސް ދެވަނަ ހަމަރޯޅި އަށް ނުވަތަ ދެވަނަ އައްޑުވަސް އަށް ވުމުން އެވެސް އޯކޭއެއް ނޫނެވެ. ކިއުން ތެރިއެއްގެ ހައިސިއްޔަތުން ހަމަގައިމުވެސް އަޅުގަނޑަކަށް އޯކޭއެއް ނޫނެވެ.

ހަވީރު ނޫހާމެދު އަޅުގަނޑު ދެކުނު ޕްރޮފެޝަނަލް ގޮތްގަނޑު މިހާރު އެއްކޮށް ބަދަލު ވެއްޖެއެވެ. ނަމަވެސް އެވާހަކަ މިތާގައި ނުލިޔާނަމެވެ.  

0 ކިޔުންތެރިންގެ ޚިޔާލު

  1. ބަކުރު Reply

    July 13, 2012 at 3:03 pm

    ރޭގަވެސް އަހަރުމެން ދިޔައީ މުޒާހިރާލައިވްކޮށް ބަލަމުން އެކަމަކު އެނުބައި ޖައްބާރުހަވީރުނޫހުން ހީވަނީ އެހެންފަދަ ކަމެއްހެން ދޮގުޙަބަރު ފަތުރަމުންދިޔައިރު

  2. ބަކުރު Reply

    July 13, 2012 at 3:03 pm

    ހަވީރަކީ ފައްކެނޑި ޒާހިރުހުސައިނުގެ މިލްކެއް ތިރީސް އަހަރުގެ އަނިޔާވެރި ވެރިކަން ދަމަހައްޓާދިން މުހިއްމު އެއްތަބު މިގައުމުން ފޮހެލަންވީ ތަނެއް ގައުމުގެ ހިންގާދިޔަ ހުރިހާނޭދެވޭ ކަންތަކުގައި ހަވީރުގެހިއްސާ ވަރަށްބޮޑު ނައްތާލަންވީ ތަނެއް

  3. ބަކުރު Reply

    July 13, 2012 at 3:02 pm

    ރޭގަވެސް އަހަރުމެން ދިޔައީ މުޒާހިރާލައިވްކޮށް ބަލަމުން އެކަމަކު އެނުބައި ޖައްބާރުހަވީރުނޫހުން ހީވަނީ އެހެންފަދަ ކަމެއްހެން ދޮގުޙަބަރު ފަތުރަމުންދިޔައިރު

  4. ބަކުރު Reply

    July 13, 2012 at 2:59 pm

    ހަވީރަކީ ފައްކެނޑި ޒާހިރުހުސައިނުގެ މިލްކެއް ތިރީސް އަހަރުގެ އަނިޔާވެރި ވެރިކަން ދަމަހައްޓާދިން މުހިއްމު އެއްތަބު މިގައުމުން ފޮހެލަންވީ ތަނެއް ގައުމުގެ ހިންގާދިޔަ ހުރިހާނޭދެވޭ ކަންތަކުގައި ހަވީރުގެހިއްސާ ވަރަށްބޮޑު ނައްތާލަންވީ ތަނެއް

  5. ނުރީ Reply

    July 13, 2012 at 4:30 am

    ތިނޫން ނޫހެއް ނެތް

  6. ްގޮޅާބޯ Reply

    July 13, 2012 at 10:42 am

    މިކިޔާލާފަ ބާއީތަކައް ވަރަ އަސަރު ކުރާނެ. ތި ވާހަކަ ލިޔަން މާލަސްވެސް ވެއްޖެ.

  7. ވަޠަންގެލޭ Reply

    July 12, 2012 at 3:59 am

    ހަވީރުނޫސް މަގްބޫލު ނޫހަކަށް ވަނީ ވަކި ކަހަލަ ޝަރުތު ތަކެއް ހުންނަމީހުނަށް އެކަންޏެވެ. ހުރިހާ އެންމެންނަށް އެއީ މާ ރަގަޅު ނޫހެއް ނޫނެވެ. ގިނަ ބަޔަކު މިނޫސް ގަންނަނީ އެނޫހުގައި ޖަހާ ދިވެހި ވާހަކަ ތައް ކިޔުމުގެ ބޭނުމުގައެވެ. ޚަބަރަކީ މިހާރު ހަވީރު ނޫހުން މީހުން ކިޔާ އެއްޗެއް ނޫނެވެ.

  8. މީ Reply

    July 12, 2012 at 5:42 am

    މީ ވަރަށް އަސަރުކޮށްފަ ހުރި މީހެއްގެ ވޭނީ އުދާސްތަކެއް.. ފަކުވެސް ވާނެ ހިތްވަރުކޮއްލާ

  9. ރިލޭ Reply

    July 12, 2012 at 9:06 am

    ިިހަވީރު ނޫހެއް މިހާރު ރަގަޅެނޫން

  10. ލޫން Reply

    July 12, 2012 at 10:04 am

    ދުވަހަލުވެސް ތިނޫސް ނުކިޔާނަށް ހަމަހަމަކަން ފެންނަށް ދެން

  11. ގަންޖާ Reply

    July 11, 2012 at 6:57 pm

    މީ ވަކި ސަހަލަ ނޫހެއްތަ ތިހެންބުނަން

  12. ފޮނިބޮަކިބަާ Reply

    July 11, 2012 at 6:57 pm

    މަށަށް ހަވީރަށްވުރެ ”ސަން” ބޮލަށްވެސް އަޕްޑޭޓް ތައް ވެސް މާ ހަބޭސް..

  13. ގަންޖާ Reply

    July 11, 2012 at 6:53 pm

    މީ ވަކި ސަހަލަ ނޫހެއްތަ ތިހެންބުނަން

  14. ޯޑޯން Reply

    July 11, 2012 at 6:47 pm

    ތީ މައުމޫނުގެ ތަރިކަ ނޫސް ދެންވާނެ ގޮތް ވިސްނާލާ

  15. ބޮއްލާ Reply

    July 11, 2012 at 6:45 pm

    ހަވީރު ނޫން ވަރަށް ފޫހި ނޫހެއް ކިޔާނެ ނޫހެއް ނެތަސް ތިނޫން ނިކިޔާނަށް ހުސްދޮގު ވާހަކަ ހުންނަނީ ވަކިކޮޅަށް ޖެހިފަ

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>