9 ޖުލައި 2012 ވަނަ ދުވަހު ސުލްހަވެރި ކަމާއެކު މުޒާހިރާ ކުރަމުންދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު ފުލުހުން ހައްޔަރު ކޮށްފައިވާއިރު އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއްކަމަކީ އެދުވަހު ފުލުހުން ހައްޔަރު ކުރި މަރިޔަމް މައިދާގެ ހައްޔަރުގެ މުއްދަތު ކްރިމިނަލް ކޯޓުން 15 ދުވަހަށް އިތުރު ކޮށްފައިވުމެވެ.
ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތައް މަރިޔަމް މައިދާގެ ހައްޔަރުގެ މުއްދަތު އިތުރު ކުރިއިރު ފާހަގަ ކޮށްލެވޭ އެއްކަމަކީ ކުށުގެ ކުޑަ ބޮޑު މިނަށް ބަލާއިރު އެކޯޓުން ކުރާ ހުކުމް ތަކުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރުމެވެ. ހާއްސަކޮށް ބޮޑެތި ކުށް ކުރާ މީހުންނަށް ލުއި އަދަބު ދިނުމާއި ކުށެއް ނުކުރާ މައުސޫމް ފަރާތްތަކަށް ބޮޑެތި ހުކުމް ތައް އިއްވުމެވެ. ކުޑަ ކުށް ކުރާ މީހާގެ ބަންދުގެ މުއްދަތު ވީހާވެސް ގިނަ ދުވަހަކަށް ދަންމާލުމާއި ބޮޑު ކުށް ކުރާ މީހާގެ ވީހާވެސް އަވަހަކަށް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލުމެވެ. ކްރިމިނަލް ކޯޓަށް ވައްދާ ގިނަ މައްސަލަ ތަކާމެދު މިބީދައިން ކަންތައްތައް ވަމުން ދާއިރު މަރިޔަމް މައިދާގެ މައްސަލައަކީ މި ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މުޅި ރާއްޖެ ސިއްސުވާލީ ޚަބަރަކީ ވަރަށް އިހާނެތިކޮށް އަނިޔާވެރި ކަމާއެކު ވަކީލު އަހުމަދު ނަޖީބު މަރާލުމެވެ. އެ މަރުގައި ބައިވެރިވެ ނަޖީބުގެ ހަށިގަނޑު ފޮރުވުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ ދަފްތަރު ނަމްބަރު 2314 އަހުމަދު ލިއުސާން ކިޔާ ފިރިހެނެކެވެ. ފުލުހުން މީނާގެ ހައްޔަރުގެ މުއްދަތު އިތުރު ކުރުމަށް 8 ޖުލައި (މީގެ 4 ދުވަސް ކުރިން) ކްރިމިނަލް ކޯޓަށް ގެންދިއުމުން ބަންދުގެ މުއްދަތަށް ޖަހާފައިވަނީ 10 ދުވަހެވެ.
ނަމަވެސް، އޭގެ 3 ދުވަސް ފަހުން، މުޒާހިރާއެއްގައި ސުލްހަވެރި ކަމާއެކު ހުއްޓާ ފުލުހުންތަކެއް އަރައިގަނެ ހައްޔަރު ކޮށްގެން ގެންދިޔަ މަރިޔަމް މައިދާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްދިނުމަކީ އިންސާނީ ބުއްދިއަށް ކުރެވޭ ބޮޑު ފުރައްސާރައަކަށް ނޫނީ ނުވެއެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މިކަމަށް ހަމަ ސާބަސް ދޭން ޖެހެއެވެ.
ފުލުހުން މަރިޔަމް އަށް ކުރާ ދައުވާ އަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި އަދި ފުލުހެއްގެ ގައި ޖެހި ކަމުގެ ދައުވާއެވެ. ތިރީގައި ވާ އެ ވީޑިއޯއިން ފެންނަނީ މަރިޔަމް މައިދާ ހައްޔަރު ކުރާ ތަނެވެ. އެވީޑިއޯ އިން ވަރަށް ސާފުކޮށް ފެންނަ ގޮތުގައި އެއްވެފައި ތިބި އަންހެނުން ތަކާއެކު މަރިޔަމް މައިދާ ހުރީ ސުލްހަވެރި ކަމާއެކު ކޮޅަށެވެ. އެތާގައި އޭނާ ހުއްޓާ ސްޓާ ފޯސްގެ ފުލުހުންގެ ބަޔަކު އެތަނަށް ގޮސް ހަމަ ނުޖެހުން ހިންގާތަން ވަރަށް ސާފުކޮށް ފެނެއެވެ. ދެން ފެންނަނީ މަރިޔަމް މައިދާ އެތަނުން ގެންދާ ތަނެވެ. އެއީ އެކަން ހިނގި ގޮތެވެ. އެހެރީ ވީޑިއޯ އިން ސާފުކޮށް ފެންނާށެވެ. ވީއިރު މަރިޔަމް މައިދާގެ ހައްޔަރުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަކީ އިންސާނީ ހަމަ ބުއްދިއަށް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.
މަރިޔަމް މައިދާ ގެ އާއިލާއިން ހާމަ ކުރި ގޮތުގައި އޭނާއަކީ 15 ދުވަހު ބަންދުކޮށްގެން ކުރާ ވަރުގެ ތަހުގީގެއް ކުރަންޖެހޭ ފަދަ ކުށެއް ކޮށްފައިވާ އަދި ކޮށްފާނެ މީހެއްވެސް ނޫނެވެ. 3 ކުދިންގެ މަންމައެއްގެ ވާޖިބު އަދާ ކުރަމުން އަންނަ މަރިޔަމް، އޭނާއަށް ލިބޭ ހުސް ވަގުތުތަކުގައި ކުރާ މަސައްކަތަކީ ކުޑަކުދިންނަށް ޤުރުއާން ކިޔަވަން ދަސްކޮށް ދިނުމެވެ.
މަރަށް މަރު ހިފުމުގެ ކުރިން ފަނޑިޔާރުންގެ ބޮލުގައި އެޅިފައި އޮތް ޖަންގިޔާ ނަގަން ޖެހޭ!
wއaަlލiި
July 13, 2012 at 12:22 pm
kaakutha Qaazy abulhoage video balanbeynumeeެ
ވަޠަންގެ ލޭ
July 12, 2012 at 3:55 am
މިއީ ހައިރާންވާވަރުގެ ކަމެއްނޫން! ގިނަ ކުއްވެރިންނާ އަބްޅޯ ގާޒީ އާ ގާތް ގުޅުމެއް އޮންނަކަން އެއީ އެންމެން ދަންނަ ހަގީގަތެއް. އަނެއްކޮޅުން މަރިޔަމް ކަހަލަ އަންހެން ކަބަލަކު ފުލުހުން ގެންދިޔުމުން ވީހާވެސް ގިނަދުވަހަކު ބޭންދުމަށް ފުލުހުންވެސް އަދި މި ގާޒީންވެސް ބޭނުންވާނެ، ދަރިންގެ ހައްގުގައި ދެންވެސް މިފަދަ ކަންކަމަށް ނިކުތުމަށް ބިރުގަންނާނީ މިފަދަ އަނިޔާއެއް އަންހެންކަބަލުންނަށް ދެވުމުން ނޫންތޯ؟
އަޅުގަނޑު ތިޔަކަބަލުންނަށް ގޮވާލަނީ މިހާރު މިއޮތީ ކެރިގެން ދަރިންގެ ހައްގުގައި އިހުތިޖާޖް ކުރުމަށް ނިކުތުމުގެ ވަގުތަު ޖެހިފައޭ!
އަބުޅޯ
July 12, 2012 at 9:04 pm
އަބުޅޯއަކީ އަހަރެންދަންނަގޮލައެއް. މަވެސްކިޔެވީ އަބުޅޯމެންނާއެކު މިސްރުންނެވެ. އަބުޅޯއަކީ ވަރަށް ހިތްކާފަރުމީހެކެވެ.ހ
މަނިކުބެ
July 12, 2012 at 9:13 pm
އަބުޅޯއަކީ ވަރަށް ހިތްކާފަރުގޮލައެކެވެ. މަށަކީ އަބުޅޯމެންނާއެކު މިސުރުން ކިޔެވިމީހަކީމެވެ. ހަސަންއަލީ، އާދަމްމުހައްމަދު، އަހްމަދުއަބްދުﷲދީ، އަބްދުﷲސައީދު،ހުސައިންސައީދު،އަބްދުލްގަނީމުހައްމަދު،
އަބްދުﷲހަމީދު މިހެންގޮސް ވަރަށްގިނަ ފަޑިޔާރުންނަކީ އަހަރެމެންނާއެކު މިސްރުންކިޔެވިމީހުންނެވެ. މިވެރިންގެގޮތް މަށަށް ވަރަށްރަނގަޅަށް އެނގޭނެތާއެވެ. އަބުޅޯއަކީ ވަރަށްވިޔާނުދާމީހެއްކަން ފާހަގަކުރަން.
މުހައްމަދު
July 11, 2012 at 9:52 pm
އެމްޑީޕީ ހަރުގެއަށް ވަދެ ހަރުގެ ތަޅާލާ އެތަނުގައިތިއްބެވި މެމްބަރުންނަށް ތަޅާަނިޔާކޮށް ރައްޔަތުން އެމްޑީޕީ އާއި ހަވާލުކުރި ވެރިކަން ގަދަކަމުން ފޭރިގަނެ އެހެންބަޔަކާއި ހަވާލުކުރީ ޕޮލިހުން އެކަން ހަދާން ކުރާތި.
މޫސާއަލީ
July 12, 2012 at 9:54 am
މުޅި ސަރުއީ ނިޒާމް ފުޑުފުޑު ކުރި މީހާގެ ނިމުން އިރާދަކުރެއްވިއްޔާ ވަރަށް ހިތި ވާނެ މިދުނިޔެމަތިން ވެސް އެކަން ތައްކަވާނެ
ސީރީން
July 11, 2012 at 6:42 pm
އަބްދުﷲ ބެ ވިއްޔާ ތިފެންނަނީ ކިހިނެއްވާނެ ހުކުމް އޮޅާލާނެ