2:29 އައްޑޫ ސިޓީ ހިތަދޫއަށް ގޮޅާފޯސްގެ ފުލް ލޮރީއެއް މީހުން ތަޅާމަރަން ނައްޓާލައިފި. ފޭދޫއިން މިވަގުތުވެސް ދަނީ މީހުންނަށް އަނިޔާކޮށް ހައްޔަރުކުރަމުން.
2:10 އައްޑޫ ސިޓީ ކައުންސިލަރ މިރުޒާދު ހައްޔަރުކުރުމުގެ އިތުރުން މިރުޒާދުގެ ބޭބެގެ ހަޔަށް ފުލުހުން ވަޅިހަރައިފި ކަމަށް އެންޑީއޯއަށް ޚަބަރުލިބިއްޖެ.
1:56 އައްޑުއަތޮޅުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިޓީ ކައުންސިލަރ މިރުޒާދު ހިމެނޭ.
1:55 އެއްވުން ރޫޅާލުމަށްޓަކައި އިންޒާރެއް ދިނުމެއްނެތި ސިފައިން ބާރު ސްޕީޑްގައި އާއްމުން ފަހާ ވެހިކަލްތަކުގައި ދުއްވަނީ.
1:46 ސީގަލް ކެފޭ ކައިރީގަިއ ފުލުހުން އެމްޑީޕީ މިޙުން ފަހަތުން ދުވެ އަނިޔާ ކުރަމުން އެބަދޭ
1:36 އެމްޑީޕީގެ 3 އެކްޓިވިސްޓުން ފުލުހުން ހައްޔަރު ކޮށްފި. ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ އެތަނާއި އެތަނުގައި ހުރި ރާއްޖެ ޓީވީ ވަގުތުން ގެނެސްދިނުމަށް ހަރުކޮށްފައިހުރި ވީޑިއޯ ސްކްރީން ހަލާކުކޮށްލައިފި.
1:35 މަދިރި މައުމޫނު ގެ ކޮމާންޑާއި އެއްގޮތަށް އައްޑޫ ސިޓީގައި ތިބި ފުލުހުން އަމަލު ކުރަން ފަށައިފި.
1:30 ސީދާ ހަރަކާތް ރާއްޖޭގެ ދެސިޓީކަމުގައިވާ މާލެ ސިޓީއާއި އައްޑޫ ސިޓީގައި ވަރަށް ފޯރިއާއި އެކު މިހާރު ކުރިޔަށް އެބަދޭ.
19:15 ބަނޑާރަ މިސްކިތްކައިރިން އައިޝަތު އަބްދުއްރަހްމާން މ.މާޅުވެލި ހައްޔަރުކޮށްފި.
19:07 ޝައުނާއާއި މަޔާން ދޫނިދޫއަށް ގެންގޮސްފި.
18:29 އެމްޑީޕީ ޔޫތްވިންގ ގެ ރައީސާ ޝައުނާ ހައްޔަރުކޮށްފި.
18:28 ފުލުހުން އަނިޔާވެރިކަމާއި އެކީ މީހުން ހައްޔަރު ކުރަމުން އެބަދޭ.
17:52 ޖޭޕީ އިއްތިހާދުން ނުރަސްމީކޮށް ވަކިވެއްޖެ ކަމުގެ ޚަބަރު ލިބިއްޖެ.
17:45 މިހާރު ޗާންދަނީ މަގު ގައި ސީގަލް ރެށްޓޯރަންޓް ކައިރީ މުޒާހިރާ ކުރަމުންދޭ.
16:15 އުސްފަސްގަނޑަށް މީހުން ޖަމާވާން ފަށައިފި. ވީހާވެސް ގިނަ ބަޔަކު އެތަނަށް ވަޑައިގެންދެއްވުމަށް ގޮވާލަން
12:22 މައުމޫނު ޝަންގަރިއްލާ ޕްރެޒިޑެންޝަލް ވިލާގައި އޭނަގެ 7 ބައިވެރިންނާއިއެކީ ހުކުރުކުރަން ތައްޔާރުވަނީ. ސްޓާފް މިސްކިތަށް ދާން މައުމޫނު ޖެހިލުންވާ ކަމަށް ޚަބަރުލިބޭ.
4:58 ހުކުރު ނަމަދަށް އިސްލާމީ މަރުކަޒަށް ހުރިހާ ބޭފުޅުންވެސް ވަޑައިގެން ދެއްވުމަށް އަދިވެސް އެއްފަހަރު އެންޑީއޯއިން ގޮވާލަން.
4:58 ސިފައިންނާއި ފުލުހުން އާދައިގެ ހެދުމުގައި މާލެތެރޭގައި ހަރަކާތްތެރި ވަމުން އެބަދޭ. ވީމާ، އާއްމުންގެ ސަމާލްވެގެން ތިބުން އެދެން.
4:50 ޕާލިމަންޓް މެމްބަރ މަހްލުފު ގޭންގްތަކަށް ފަންޑްކޮށްގެން މާލެތެރޭގައި ހަމަނުޖެހުން ހިންގަން ރާވަމުން ގެންދާކަމަށް ވަރަށް އިތުބާރު ހުރި ގޮތެއްގައި އެންޑީއޯއަށް ޚަބަރު ލިބިއްޖެ.
4:18 ރާއްޖެޓީވީ ލައިވް ކަވަރޭޖް ހުއްޓާލީ ތަން ފުނޑުފުނޑުކޮށްލާނެ ކަމަށާއި ބަޔަކު ތިބިނަމަ އެބަޔަކުވެސް ފުނޑާލާނެކަމަށް ވެރިންނަށް ގުޅާފައި ފުލުހުން އިންޒާރު ދިނުމުން
3:53 ރާއްޖެ ޓީވީ މާދަމާވެސް މުޒާހަރާ ބްރޯޑްކާސްޓް ކުރާނެ ކަމަށާއި ފުލުހުންގެ ބިރުދެއްކުމަކުން އެކަންތައް ހުއްޓާނުލާނެ ކަމަށް ބުނެފި
3:52 ފުލުހުންގެ އަނިޔާ ދަނީ އިތުރުވަމުން. އަނެއްކާވެސް މުގުރުން ތަޅާ ކުއްޖެއްގެ އަތްފަޅާލައިފި.
3:32 ފުލުހުން މިވަގުތު މާވެޔޮމަގު ކައިރީގައި އެބައުޅޭ.
3:20 މުޒާހަރާގެ ބައިވެރިން ދިރާގު ކައިރިއަށް އެއްވުމަށް ނައްޓާލައިފި.
2:55 ސިދާ ހަރަކާތް ކުރިޔަށް ގެންދިއުމަށްޓަކައި އެބޭފުޅަކަށް ފަސޭހަ ހިސާބަކަށް މިހާރު ނިކުމެ ވަޑައިގެންދެއްވާ.
2:52 ސިފައިން ހަތިޔާރާއި އެކީގައި އެކި ހިސާބުތަކުގައިވާ އެމްޑީޕީ އޮފީސްތަށް ހަލާކުކުރަން ނިކުމެގެން އުޅޭ ޚަބަރު ލިބިއްޖެ. އެއްވެސް މީހަކަށް މަންޒަރު ފެނިއްޖެނަމަ ކޮންފާމް ކޮށްދެއްވުން އެދެން.
2:45 “ޑރ ވަހީދު ސިޔާސީ ގޮތުން ދައްކާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ޤަބޫލު ނުކުރުމަށް އެއްމެހާ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަން” ވަހީދުގެ ކޮއްކޮ ނައުޝާދު ވަހީދު ޓްވިޓަރ މެދުވެރިކޮށް ގޮވާލައްވައިފި.
2:44 ގިނަ އަދަދެއްގެ މީހުން މަޖީދީމަގުގައި އެބައުޅޭ. މާލެ ވަރަށް ހަލަބޮލި. މިރޭ ވަރަށް ގިނަ ރައްޔިތުންނަށް އަނިޔާވެއްޖެ. ފުލުހުން ކުރި ރަހުމްކުޑަ އަނިޔާތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ވަރަށް ރުޅިވެރިކަން އުފެދިފައިވޭ. އެންގްރީ ބާޑް ޖަމީލަށް ދެން ރާއްޖޭގައި ފަސޭހައިން ނޫޅެވޭނެ ކަމަށް ބައެއް މީހުން ބުނަމުން އެބަގެންދޭ.
2:41 ރާއްޖެ ޓީވީ މީހުންނަށް އަނިޔާ ކުރާނެ ކަމަށާއި މަރާލާނެ ކަމަށް ފުލުހުން އިންޒާރު ދީފި.
2:39 އެސްއޯ ފުލުހުން ރާއްޖެ ޓީވީއަށް އިންޒާރު ދީފި.
2:33 މަރުހޫމް މައިޒާން ހަސަން މަނިކުގެ އަންހެނުން މަރިޔަމް މަނިކެ ދިރާގު ކައިރިން ހައްޔަރު ކޮށްފި.
2:30 ރާއްޖެ ޓީވީގެ ރިޕޯޓަރެއް ވާހަކަ ދައްކަދައްކާ ހުއްޓާ މޫނަށް ސްޕްރޭ ޖަހައިފި.
2:28 ހުކުރު ނަމާދަށް ހުރިހާ ބޭފުޅުން ވެސް އިސްލާމީ މަރުކަޒަށް ވަޑައިގެން ދެއްވުން އެންޑީއޯއިން ގޮވާލަން.
2:25 “މައުމޫނު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ގެންދިއުމުގެ މަސައްކަތް ފެށުމަށް ގޮވާލަން. މިކަމަށް ބޭނުންވަނީ އަނިޔާލިބުނު އެއްމެންގެ އެއްބާރުލުން” ޑރ ޝަހީދު ވިދާޅުވެއްޖެ.
2:20 އާސިމްއަށް ވަރަށް އަނިޔާ ކޮށްފި. ކިރިޔާ ދުނިޔޭގައި އޮތް ކަން. ހޮސްޕިޓަލަށް ގެންދިޔަ އިރު ތުރުތުރު އަޅާ. ފޮޓޯ ވަރަށް އަވަހަށް އަޕްލޯޑް ކުރެވޭތޯ މަސައްކަތް އެންޑީއޯއިން އެބަ ކުރަން.
2:15 ކުރީގެ ހިއުމަން ރައިޓްސް އެމްބެސެޑަރ އެންޑް ފައުންޑަރ އޮފް އެމްޑީޕީ މުހައްމަދު ލަތީފު( ގޯގޯ) ހައްޔަރުކޮށްފި.

2:13 “އަހަރެންގެ މަންމަ މަގުމަތީގައި ހުއްޓާ އެސްއޯ ފުލުހުން އައިސް މަންމަގެ އަނގައަށް ސްޕްރޭޖެހީ. އެމީހުން މަންމަ ހިފާ ހައްޔަރުކޮށްގެން މަންމަގެ ބުރުގާ ނަގުމަށްފަހު ސްޕްރޭކުރީ. ” މަންޒަރު ދުށް އިޒޫ ޓުވީޓް ކުރި.
2:11 ޝިޔާމް ގަރާޖް ކައިރީގައި އާއްމުންގެ ގައިގައި ވަރަށް ތަޅައިފި.
2:07 ޗާނދަނީމަގުގައި އިންނަ ހަނިގޯޅިއެއްގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް 3 މީހަކު ހައްޔަރު ކޮށްގެން ގެންގޮސްފި.
1:57 ޒިކުރާ މިސްކިތް ކައިރީ ފުލުހުން މީހުން ގައިގައި ތަޅަމުން އެބަދޭ. ފުލުހުން މިހާރު މިސްކިތަށް ވަދެއްޖެ.
1:49 ރައީސް ނަޝީދު ޗާންދަނީމަގުން މުޒާހަރާއާ ގުޅި ވަޑައިގެންފި

Maldives Activists Hijack Government Twitter Hashtag
01:17 ގިނަ އަދަދެއްގެ ރައްޔިތުންގެ ގައި މިރޭ ފުލުހުން ތަޅައި ލޭއޮހުރުވައިފި!!!
01:11 ފުލުހުންގެ ވެބެސައިޓްގައި އެމީހުން މުޒާހިރާގެ ލައިވް އަޕްޑޭސް ގެނެސްދޭން ފައްޓައިފި. އެމީހުންގެ އަޕްޑޭޓްގައި އެމީހުންގެ މަސްލަހަތު ހިމާޔަތް ކޮށް ލިޔަނީ. މިހިސާބަށް ފުލުހުންގެ ކަންތައް ދިޔައީމަ ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލިޒަމާއި އެމީހުންގެ ގާބިލު ކަމާއި ހަރުދަނާ ކަމާއި މެދު ކުރާނެ އިތުރު ސުވާލެއް ނެތް.
01:09 ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައިވާ 3 މީހަކު ދާދި ދެންމެ އަކު އޭޑީކޭއަށް ވައްދައިފި.

01:05 މާލޭގެ އެކި އެކި ކަންމަތި ތަކުގައި އެއްވެސް ތިބި މީސްމީހުން ފަހަތުން ދުވައި އަތުލައި ބިންމައްޗަށް ވައްޓާލައި އަނިޔާކުރުމުން ފުލުހުން އެބަގެންދޭ.
01:02 ފުލުހުން ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ މީހަކު ގޮވައިގެން ރެޑް ކްރެސެންޓްގެ އެމްބިއުލާންސެއް ވަރަށް ބާރަަށް ދުވާފައި ހޮސްޕިޓަލަށް ހިނގައްޖެ.
01:00 ފުލުހުން މީހުން ހައްޔަރު ކުރުމުގެ ތެރޭގައި ‘ކުއްތާތައް މަރާލާނީ’ އޭ ކިޔާފައިވޭ.
00:53 ފަސް އޮތް އުކާ ކަމަށް ހަވީރުން ފަތުރައިގެން އުޅޭ ދޮގު ހަބަރު އެންޑީއޯއިން ބޭޒާރު ކުރުމުން މީހެއްގެ އަތަށް ފަސްއޮތް ތަކެއް ލައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއެއް ޖަހައި އެއީ މިރޭގެ މުޒާހިރާގައި އުކި އެއްޗެހި ކަމަސް ބުނެފި.
00:52 މުޒާހިރާގެ ބައިވެރިން މިހާރު ތިބީ އެކި އެކި މަގުތަކުގައި. ބައެއް މީހުން ލިލީ މަގުގައި، މަޖީދީ މަގުގައި، ފަރީދީ މަގުގައި، އަދި ކައިރީ ގޯޅި ތަކުގައި.
00:48 އިތުރު ފުލުހުން ދަނީ މުޒާހިރާ ރޫޅާ ލުމަށް އަންނަމުން.
00:46 މަގު މަތީގައި ވެއްޓިފައި އޮތް ޒުވާނެއްގެ ބަނޑުގައި ގައި އެންކަލް ބޫޓުން ހެޔޮވަރު 3 އެތިފަހަރު ފުލުހަކު ޖަހައިފި.
00:47 ފުލުހުން ދަނީ މީހުން ހައްޔަރު ކުރަމުން. ދާދި ދެންމެ އަކު މުސްކުޅި އަންހެނެއްގެ ބޮލުގައި އަތުން ގޮތް މުށް ކަވާފައި ސްޓާ ފޯސް ފުލުހަކު ޖަހައިފި.
00:43 މުޒާހިރާ ތެރޭގައި ރޭގައި މާލޭގައި ހަމަ ނުޖެހުން ހިންގު ގޭންގު މެމްބަރުން އެބަފެނޭ. އެމީހުންގެ އަތުގައި ޕެކެޓެއް ތަކެއް އެބަހުރި. ދޭތެރެ ދޭތެރެއިން ފުލުހުންނާއި ދިމާލަށް އެބަ އުކާ. މި ގޭންގަކީ ވިލި މާފަންނު ދާއިރާގެ މެމްބަރު ނިހާނާއި ވަރަށް ބޮޑަށް ގުޅުން އޮންނަ ގޭންގެއް.
00:42 މުޒާހިރާގެ ބައިވެރިންނާ ދިމާލަށް ގިނަ އަދަދެއްގެ ބާޣީ ފުލުހުން މޮޔަ ގެރި ތަކެއްހެން ހަޅޭ ލަވަމުން އެބަ ދުވާ. މީހުންގެ ގައިގައި އެބަ ތަޅާ.
00:41 މިހާރު ފުލުހުން ދަނީ މުޒާހިރާ ރޫޅާލުމަށްޓަކައި އިންޒާރު ދެމުން. ބާޣީ ފުލުހުން ބުނަނީ މިހާރު ކުރެވެމުންދަނީ މުޒާހިރާއެއް ނޫން ކަމަށާއި ޣައިރު ޤާނޫނީ ހަރަކާތެއް ކަމަށް.
00:40 މިރޭ ބާރަ ޖަހަން އުޅެނިކޮށް ޕެޕަރ ސްޕްރޭގެ އަސަރު ކުރި ފުލުސް މީހާއަށް އަނިޔާ ވެއްޖެއޭ ކިޔާފައި ހަބަރު ފަތުރާ. އޭނާ މިހާރުވެސް މުޒާހިރާ ރޫލާލުމަށް އުޅޭ ފުލުހުންނާއެކު ގަދަވެ އެބަހުރި. ޕެޕަރ ސްޕްރޭގެ އަސަރު ކުރުމުން ފުލުހުންނަށް މާ ބޮޑަށް އަސަރު ކުރާ ކަމަށް ވުން އެކަށީގެންވޭ.
00:37 ސްޓާފޯސްގެ ބާޣީ ފުލުހުން ގިނަ އަދަދަކަށް މުޒާހިރާ ކުރާ މީހުންގެ ކުރިމައްޗަށް ނުކުމެއްޖެ.
00:36 މުޒާހިރާ ފޯރިއާއި އެކު ދަނީ ކުރިއަށް.
00:36 މިރޭގެ މުޒާހިރާ ހޫނު ކޮށްލުމަށް ހިންގާނެ ކަންތައްތަކުގެ ޕްލޭން މިރޭ ގާތް ގަޑަކަށް 9 ޖަހަން އުޅެނިކޮށް އެންދެރިމާގޭގައި ނިންމާފައިވާ ކަމަށް އެންޑީއޯ އަށް ދާދި ދެންމެ އަކު މަޢުލޫމާތު ލިބިއްޖެ. މިރޭ އެހާއިރު ބާޣީ ޑިފެންސް މިނިސްޓަރު ނާޒިމް އެގެއިން ނުކުމެގެން ދިޔަތަން ވެސް ފެނިފައިވޭ. ރޭގައި ހަމަ ނުޖެހުން ހިންގުމަށް ވިލި މާފަންނު ދާއިރާގެ މެމްބަރު ނިހާނު އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ގޭންގަކުން މާލޭގެ މަގުތަކުގައި އުޅުނު.
00:24 ބަޣާވަތް ކުރި ދުވަހެކޭ އެއްގޮތަށް މިހާރު ބާޣީ ފުލުހުްނ ދަނީ އެމީހުންގެ އަޒުމް ކިޔަމުން. އާއްމުންގެ ކުރިމަތީގައި މިގޮތަށް ފުލުހުން އަޒުމް ކިޔައި ބިންމަތީގައި ތަޅައި ހަޑި އެއްޗެހި ކިޔައި އުޅުމަކީ ފުލުހުންގެ އަގު އިތުރަށް ވެއްޓޭނެ ކަމެއް ކަމަށް މުޒާހިރާގެ ބައިވެރިން ބުނޭ. ފުލުހުން އަޒުމް ކިޔަމުން ދިޔައިރު މުޒާހިރާގެ ބައިވެރިން ދިޔައީ އެ އަޒުމް ރަނގަޅު ކޮށްދިނުމަށް ކަމަށް ބުނެ އެއަޒުމުގައި ކިޔާ އެއްޗެހި ބަދަލުކޮށްގެން ކިޔަމުން.
00:17 “00:11 ފުލުހުންނާ ދިމާލަށް ގަލާއި މިރުސް ފެނާއި ފަސް އޮށް ވެސް އުކަނީ. ފުލުހުންނާ ދިމާލަށް ވަރަށް ގިނައިން ގާ އުކި” މިއީ ހަވީރު ނޫހުން ބާރަ ގަޑި އެގާރާގައި ކޮށްފައިވާ އަޕްޑޭޓެއް. އެ ގަޑީގައި މުޒާހިރާ ހޫނު ކޮށްލީ ފުލުހުން ވަދެ މީހުންގެ ގަޔަށް ސްޕްރޭ ޖަހައި އަނިޔާ ކުރުމުގެ ސަބަބުން. މިއީ ހަވީރު ނޫހުން ގެނެސް ނުދޭ ފަރާތް. ފުލުހުންނާއި ދިމާލަށް ކަފަ ކޮޅެއް ވަޔާ ދިޔަޔަސް ހަވީރު ނޫހުން ބޮޑު ކޮށްލައިގެން ގެނެސްދެނީ. މިރުސް ފެނާއި ގާ އުކި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް. އެވަގުތު އުކާފައިވަނީ ފެންފުޅި.
00:13 މުޒާހިރާގައި ބައިވެރިއަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ރައްޔިތަކު ފިހާރައެއްގެ ބިއްލޫރި ގަނޑާ ދިމާލަށް ވަރަށް ބާރަށް ކޮއްޕުމުގެ ސަބަބުން އެ ފިހާރައިގެ ބިއްލޫރި ގަނޑު ތަޅައިގެން ހިނގައްޖެ. ރައްޔިތު މީހާގެ އަތުން ލޭ ފައިބަނީ. ބިއްލޫރި ގަނޑު ތަޅާލުމަށް ފުލުހުން ޝިލްޑުން ތެޅިތަން ބައެއް މީހުންނަށް ފެނިފައިވޭ.
00:11 މުޒާހިރާގައި ބައިވެރިވާ ރައްޔިތެއްގެ އަތަށް ފުލުހަކު ވަޅިން ހަމަލާ ދިން ކަމަށް މަޢުލޫމާތު ލިބޭ. އަދި އެކަން ކަށަވަރެއް ނުވޭ.
00:06 ސްޓާރ ފޯރސްގެ ބާޣީ ފުލުހެއްގެ ލޮލަށް ޕެޕަރ ސްޕްރޭގެ އަސަރު ކޮށްފި. އޭނާ މޫނުގައި އަތް އަޅައިގެން ޖުމްހޫރީ މައިދާނާއި ދިމާލަށް ހިނގައްޖެ.
00:04 މިރޭގެ މުޒާހިރާގައި މިވަގުތު ގާތްގަޑަކަށް 4000 މީހުން ބައިވެރިވެފައިވާއިރު އަދިވެސް މީހުން ދަނީ އެސަރަހަައްދަށް ޖަމާވަމުން.
00:02 ފުލުހުން ގަސްދުގައި މީހުން ރުޅިއަރުވައި މުޒާހިރާ ހޫނު ކޮށް މަސްލަހަތު ގެއްލުވާލުމަށް ދޭތެރެ ދޭތެރެއިން މަސައްކަތް ކުރަމުންދާ ކަހަލަ މަންޒަރު ތަކެއް ފެންނަމުންދާ ކަމަށް އެ ސަރަހައްދުގައި ހުރި އެންޑީއޯގެ ރިޕޯޓަރ ޖަންނަތު އަޝްފާޤު މައުލޫމާތު ދޭ .
00:00 ދާދި ދެންމެ އަކު އިތުރު 2 މީހުން ހައްޔަރު ކޮށްފި.
======================
12 ޖުލައި 2012 ގެ ހަރަކާތްތައް
23:59 މުޒާހިރާގައި ބައިވެރި ވާ މީހުން ހައްތާ ދަނީ ގިނަވަމުން.
23:50 ހަވީރު ނޫހުން މިރޭގެ މުޒާހިރާގެ ލައިވް ކަވަރޭޖް ގެނެސްދެމުން އެބަދޭ. އާދައެކޭ އެއްގޮތަށް ފުލުހުން ހިމާޔަތް ކޮށް ރައްޔިތުން ބަދުނާމު ކުރުމަށް ހަވީރު ނޫހުން ދަނީ މަސައްކަތް ކުރަމުން. އެގޮތުން އާއްމު ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކުގެ ވާހަކަ ގެނެސް ދީފައެއް ނެތް. އަދި ފުލުހުން ގަސްދުގައި މުޒާހިރާ ތެރޭގައި ހަމަ ނުޖެހުން ހިންގުމަށް ކުރާ މަސައްކަތް ތައް ގެނެސްދީފައެއްވެސް ނުވޭ. ނަމަވެސް އާއްމުގެ ތެރެއިން ފުލުހުންނާއި ދިމާލަށް ފެން ފުޅިއެއް އެއްލިޔަސް އެވާހަކަ އެބަ ގެނެސްދޭ. ހަވީރު ނޫހަކީ ބާޣީ ސަރުކާރުގެ އިސްވެރިޔާ މައުމޫނުގެ ގާތް ޒާހިރު ހުސެން ހިންގާ އަދި ބާޢީ ސަރުކާރުގެ ނައިބު ރައީސް ޑީން ފަންޑު ކުރާ ނޫހެއް.
23:47 ރައްޔިތުންގެ މަޖުލީހުގެ މެމްބަރު ބޮންޑާ ގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި ހައްޔަރު ކޮށްފި.
23:47 މިހާރު ކޮންމެވެސް ވަރަކަށް މައިތިރިވެފައި. އެތަކެއް ހާސް މީހުން ފަރީދީ މަގުގައި ތިބެ ދަނީ މުޒާހިރާ ކުރުމުން.
23:28 ފުލުހުން ރައްޔިތުންނާއި ދިމާލަށް އަރައިގެންފި. ފުލުހުން ވަރަށް އަނިޔާވެރިކަމާއި އެކީ މީހުންގައިގައި ތަޅަމުން އެބަދޭ.
23:20 +AB ލޭ ވަރަށް އަވަސް ގޮތެއްގައި ބޭނުންވެއްޖެ. 7783889 އަށް ގުޅުއްވުން އެދެން.
23:15 ފުލުހުން ޕެޕަރ ސްޕްރޭ މޫނަށް ޖަހައިގެން މީހަކު ހޭނެތިއްޖެ.
23:10 ތިނަދޫގައި މުޒާހަރާ ގަދައަށް ޖައްސައިފި.
22:55 ޖަންގިޔާ ނާޒިމް ދެންމެ އެންދެރިމާގެ އަށް ވަދެއްޖެ.
22:44 ފުލުހުންގެ ވެހިކަލްއަކަށް ގައު އަޅައިގެން ޖުމްހޫރީ މައިދާނަށް ގެންގޮސްފި.
22:40 މުޒާހަރާ ކުރާ ސަރަހައްދަށް ދިއުމަށް ސިފައިން ތައްޔާރުވެގެން ބަންޑާރަ ކޮށިން ނިކުމެއްޖެ.
22:35 ރައީސް ނަޝީދު ސީގަލް ކައިރީގައި މުޒާހަރާ ކުރަން ތިބި މީހުންނާއި ގުޅިވަޑައިގެންފި.
22:00 ފުލުހުން މުޒާހަރާގައި ތިބި މީހުންނާއި ދޭތެރޭ ރަހުމް ކުޑަކޮށް އަނިޔާ ކޮށް ހުތުރު ބަސް ބޭނުންކުރާތީވެ މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަންއިން ކަންބޮޑުވުން ފާޅު ކޮށްފި.
21:45 އައްޑޫ ސިޓީ ގައި ހިގަމުންދާ މުޒާހަރާ ރޫޅާލުމަށް ފުލުހުން އިންޒާރު ދީފި.
21:40 އައްޑު ސިޓީގައި މުޒާހަރާ ވަރަށް ހޫނު އެބަވޭ. ވަރަށް ގިނަ އަދަދެއްގެ ފުލުހުން އެހިސާބުގައި އެބަ ތިބި.
18:18 ޖަމީލް ޖެނީވާގައި ދުންޔާ މައުމޫނު ތަޢާރަފް ކުރީ ” ހިޒް އެކްސެލެންސީ ދުންޔާ މައުމޫނު” އޭ ކިޔާފަ.
17:00 ސުލްހަވެރިކަމާއި އެކީ މުޒާހިރާ ކުރަން ތިބި މީހުންނަށް ފުލުހުން ގޯނާ ކުރަން ފަށައިފި.
16:35 ޗާނދަނިމަގުގައި މުޒާހަރާ ކުރިޔަށް އެބަދޭ. ވީހާވެސް ގިނަ ބަޔަކު އެއްވުމަށް ދިޔުމަށް އެންޑީއޯ އިން ގޮވާލަން.
16:31 މައުމޫނު އައްޑޫ ސިޓީގައި އުޅޭ ކަމަށް ޚަބަރު ލިބިއްޖެ. ވީހާ ވެސް ގިނަ ބަޔަކު ނިކުމެ ޝުއޫރު ފާޅުކުރަން ގޮވާލަން.
16:30 މުޒާހަރާ މިއަދުވެސް ކުރިޔަށް އެބަދޭ.
04:13 މިރޭ ފުލުހުންގެ ހަރަކާތްތައް ހުރީ ތަހުޒީބީ މުޖުތަމަޢެއްގައި ފުލުހުންގެ އަމަލު ކުރަންޖެހޭ ގޮތަށްވުރެ މާ ނާތަހުޒީބީ ގޮތަކަށް ކަމަށް ގިނަ ބަޔަކު ދެކޭ.
03:53 ވިލީ މާފަންނު ދާއިރާގެ ޕިޕީއެމްގެ މެމްބަރު ނިހާން އަޑީގައި ހުރެގެން ގޭންގެއް މާލެތެރެއަށް ނެރެ ފުލުހުންގެ ބެރިކޭޑް ތަކުގައި އާއި ތަންތަނުގައި ރޯކޮށް ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މަޢުލޫމާތު ލިބޭ.
03:45 މިރޭ ރައްޔިތުންނަށް އަމާޒުކޮށް ރަބަރު އުންޑަ ޖަހަފައިވޭ. އަދި ކައިރިން ބަޑި ޖެހުމުގެ ސަބަބުން ޒަހަމްވި މީހުންނަށް ހޮސްޕިޓަލް ތަކުގައި ފަރުވާ ދެވެމުންދޭ

03:25 ރަބަރު ވަޒަން އެރުމުގެ ސަބަބުން ދެމީހަކު ހޮސްޕިޓަލަށް ގެންގޮސްފި.
03:18 ޗާނދަނީމަގުގައި ފުލުހުން ރަބަރު ވަޒަން ބޭނުން ކުރި ކަމަށް ޚަބަރު ލިބޭ. މިކަންތައް ކޮންފާމް ކުރުމަށް އެންޑީއޯއިން ދަނީ މަސައްކަތް ކުރަމުން.
03:15 އަނިޔާ ލިބެމުންދާ މީހުންނަށް ފަރުވާ ދިނުމަށް މޯލްޑިވިއަން ރެޑްކްރެސެންޓް އެމަޖެންސީ ރެސްޕޯންސް ޓީމް އޮތީ ތައްޔާރަށް ކަމާއި އެފަދަ ހާލަތްތަކުގައި 7985587 އަށް ގުޅުއްވުމަށް އެފަރާތުން އަންގަވާކަމަށް ރާއްޖެ ޓީވީއިން މައުލޫމާތު ލިބޭ.
02:20 ސުލްހަވެރިކަމާއި އެކީ މުޒާހިރާގައި ތިބި މީހުންނާއި ދިމާލަށް ފުލުހުން މިރޭ ގާ އުކާހެދި. ޕެޕަރ ސްޕްރޭގެ ސްޓޮކް މަދުވާން ފެށުމުން ސްޕްރޭގެ ބަދަލުގައި ވަރަށް ފޯރިއާެއި އެކީ ފުލުހުން މަތިން އަންނަ ކޮމާންޑްތަކާއި އެއްގޮތަށް ގާ އުކާހެދި.
01:30 ރާއްޖެ ޓީވީ ގެ ރިޕޯޓަރަކަށް ފުލުހުން ވަރަށް ރަހުމް ކުޑަކޮށް އަނިޔާ ކުރުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސްފި. ހާލަތު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބޭ.

01:08 ރާއްޖެ ޓީވީގެ ރިޕޯޓަރ އަސްވަދުއަށް އިންޒާރުދީ އަވަގުރާނަ ގޮވަމުން ފުލުހުން އެބަދޭ.
01:05 ސުލްހަވެރިކަމާއި އެކީ މުޒާހިރާ ކުރަން ތިބި މީހުންނަށް ވަރަށް ރަހުމް ކުޑަކޮށް ތަޅާ އަނިޔާކުރަމުން ފުލުހުން އެބަދޭ.
00:55 އެއްވުމުގައި ތިބި މީހުންނާއި ދޭތެރޭ ސިފައިންނާއި ފުލުހުންގެ އަމަލު ހުރި ގޮތުން އެކަމާއި ދެކޮޅަށް އަޑުއުފުލަމުން އެބަގެންދޭ. އެއްވުމުގައި ތިބި މީހުން އަދިވެސް ތިބީ ސުލްހަ ވެރިކަމާއި އެކީ.
00:48 ސިފައިން ޗާނދަނީމަގުގައި އެއްވުމުގައި ތިބި އާއްމުންގެ ފަހަތުން ދުވެ އެމީހުންގެ ގަޔަށް ސްޕްރޭ ޖަހައި މުގުރުބުރިން ތަޅާ އަނިޔާ ކުރަނީ. ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ އަދި ދަނީ އަނިޔާ ވަމުން. އެއްވުން ވަރަށް ޖޯޝާއި ހިތަވަރައި އެކީ ކުރިޔަށް އެބަދޭ.
00:44 މުޒާހަރާތަކުގައި ހައްޔަރު ކުރެވޭ އަންހެނުންނަށް ގިނަ ފަހަރަށް ސެކްޝުއަލް ހެރޭސްމަންޓްއާއި ކުރިމަތިވާ ކަމަށް އެމްޑީޕީގެ ސީނިއަރ އަންހެން އެކްޓިވިސްޓެއް ރާއްޖެ ޓީވީއަށް މައުލޫމަތު ދެއްވައިފި.
00:43 ރައީސް ނަޝީދު އަންހެނުންގެ ރޫހުގެ ސީދާ ހަރަކާތްތަކާއި ގުޅި ވަޑައިގެންފި.
00:30 އެމްއެންޑީއެފްގެ ފަޔަރ ލޮރީތައް ފެންޖެހުމަށް ތައްޔާރަށް ތިބިކަމަށް ޚަބަރުލިބޭ. އެމީހުންގެ އަމާޒަކީ އަންހެނުން ގަޔަށް ފެންޖަހާ އެތަނުން ފައްސާލުން. ފަޔަރ އެންޑް ރެސްކިއުއަށް ފެންޖަހަން ތިއުޅެނީ އަލިފާނަށްނޫންކަން ހަދުމަކޮށްދެން. އެއީވެސް ތިމީހުންފަދަ އިންސާނުން.
23:45 މިރޭ މާލެ ފެންނަނީ ވަރަށް ތަފާތުކޮށް. ވަރަށް ގިނަ ސިފައިން މާލޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާތަން ފެނޭ. އެއްވެފައި ތިބި މީހުންގެ އަދަދު ވަރަށް ގިނަ.
23:40 މިރޭ އެއްވެފައިވާ މީހުންގެ އަދަދު އިއްޔެއަށް ވުރެ ގިނަ ކަމަށް އެންޑީއޯގެ ރިޕޯޓަރުން ޚަބަރުދޭ.
23:30 އެއްވެ ތިބި މީހުން ސުލްހަވެރިކަމާއި އެކީ ފުލުހުންނާއި ސިފައިން ކުރިމަތީގައި މުޒާހިރާ ކުރަމުން އެބަގެންދޭ. އެއްވެފައި ތިބި ރައްޔިތުންގެ ކިބައިން ފެންނަނީ ހިތްވަރާއި ޖޯޝް.
23:00 ވަރަށް ގިނަ އަދަދެއްގެ އަންހެނުން މެދުޒިޔާރަތް ކައިރީގައި މުޒާހިރާ ކުރަމުން އެބަގެންދޭ. ދިރާގު ކައިރީގައި ތިބި މީހުން އެމީހުންގެ ޝުއޫރު ފާޅުކުރަމުން އެބަގެންދޭ
ހަވީރު ނޫހެކޭ ސިޔާސީ ފޮޅި އެކޭ ތަފާތެއް ނެތް
22:11 އައްޑޫ ސިޓީގައި ސީދާ ހަރަކާތް ފެށިއްޖެ.

22:00 މުޒާހަރާ ކުރިޔަށް އެބަދޭ. ގިނަ އަދަދަކަށް މީހުން އަނެއްކާވެސް އެއްވުމާއި ގުޅެމުން އެބަދޭ. އެއްވުން ރޫޅާލުމަށްޓަކައި ސިފައިން ރައްޔިތުންނަށް އަނިޔާކުރުން ދަނީ އިތުރުވަމުން.
21:08 ބާޣީ ދަބަރު ޓީވީ އިން ފުލުހުންނާއި ޕީޕީއެމް ގުޅިގެން އެމްޑީޕީގެ މުޒާހަރާ ހުއްޓުވުމުގެ މަސައްކަތް ފަށައިފި.
20:48 މީހުން ހައްޔަރުކުރިޔަސް ފަސްނުޖެހި މުޒަހަރާ ކުރިޔަށް ގެންދިއުމަށް އިނގިރޭސިވިލާތުން ނައުޝާދު ވަހީދު ގޮވާލައްވައިފި.
20:43 ސިފައިންނާއި ފުލުހުން ރައްޔިތުންނަށް ކުރަމުން ގެންދިޔަ އަނިޔާތަށް އެހިސާބުގައި ކަވަރު ކުރަމުން ގެންދިޔަ ސަންއޮންލައިންގެ ނޫސްވެރިޔާ މުރުޝިދުގެ ބޯ ބާޣީފުލުހުން ފަޅާލައިފި.

20:42 މިރޭ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ދިވެހި ރައްޔިތުންގެ ގަޔަށް ލޮނުފެން ޖެހުމަށް ތައްޔާރުވަމުންދާ ޚަބަރު ލިބިއްޖެ.
20:22 ރަށްރަށުން އަވަސް އިންތިހާބެއް ބޭއްވުމުގެ މަގުފަހި ކުރުމަށްޓަކައި ކުރެވޭ މުޒާހިރާގައި ބައިވެރިވާން އައުމަށް އެމްޑީޕީއިން ގޮވާލައިފި.
20:00 އިންކުއަރީ ކޮމިޝަންގެ ޗެއަރމަން އާއި ކޯޗެއަރމަން މިވަގުތު ވީ ވަހީދުއްދީންއާއި އެކީ ސިންގަޕޫރުގައިކަމަށް އެންޑީޢޯއަށް މައުލޫމާތުލިބޭ.
19:39 އިޝާނަމާދަށް ވީހާވެސް ގިނަ ބަޔަކު އިސްލާމީ މަރުކަޒަށް ވަޑައިގަތުމަށް އެންޑީއޯ އިން ގޮވާލަން.
19:38 މޫނު ނިވާކޮށްގެން ނޭމް ޓެގްނުޖަހާ ތިބި ސިފައިން މުޒާހަރާގައި ތިބި މީހުންތައް ހައްޔަރުކުރަމުން އެބަގެންދޭ.
19:33 މުޒާހަރާގެ ބައިވެރިން ރީފްސައިޑް ކުރިމަތީގައި ތިބެގެން ޝުއޫރު ފާޅުކުރަމުން އެބްގެންދޭ.
19:31 މުޅި ޖުމްހޫރީ މައިދާން ސަރަހައްދު ކޮންޓްރޯލްކޮށް ހުރިހާ ކަމެއް މިހާރު ބަލަހައްޓަމުންގެންދަނީ ސިފައިން.
19:30 މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ސިފައިންނާއި ހަވާލުކޮށްފި.
19:24 އެއްވެތިބި ރައްޔިތުން ބައިބައި ކޮށްފި.
19:23 އެފްޑީއައި އާއި ހަމައަށް ރައްޔިތުން ފަހަތަށް ޖައްސައިފި.
19:11 ބާޣީ ފުލުހުން ރައްޔިތުންނަށް މެދު ކެނޑުމެއް ނެތި އަނިޔާކުރަނީ. މުޒާހަރަގެ ބައިވެރި މީހެއްގެ އަތް ފުލުހުން ބިންދާލައިފި.
19:11 ފާމުދޭރީ މަގާއި ހަމައަށް ރައްޔިތުން ފަހަތަށް ޖައްސައިފި.
19:08 ފުލުހުން ވަރަށް އަނިޔާވެރިކަމާއި އެކީ މުޒާހިރާގައި ތިބި ރައްޔިތުން ފަހަތަށް ޖައްސަން ފަށައިފި.
19:05 ނަމާދަށް ފަހު ރައީސް ނަޝީދުއާއި އެކީ މުޒާހިރާ ކުރިޔަށް.
15:17 ޓީވީއެމްގެ މުޒާހަރާ ހޫނުވެ ބޯޑު މެމްބަރުންގެ އިސްތިއުފާއަށް ގޮވަން ފަށައިފި.
15:15 އެސްޓީއޯ ކުރިމަތީގައި މުޒާހަރާ ކުރަމުންދާ ރައްޔިތުންނާއި ރައީސް ނަޝީދު ގުޅިވަޑައިގެންފި.
15:09 ޓީ ވީ އެމް ގެ މުވައްޒަފުން މުޒާހަރާކުރަން ފަށައިފި.
6:15 އަނެއްކާވެސް މީހަކު ހައްޔަރު ކޮށްފި.
06:11 މީހުންގެ ތެރެއަށް ސްޓާ ފޯސްގެ 10 ވަރަކަށް މީހުން ވަދެ ހަމަ ނުޖެހުން ހިންގައި ބައެއް މީހުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމަށް ފަހު މީހުންގެ ތެރެއިން ނުކުމެއްޖެ. ސުލްހަވެރި ކަމާއެކު ތިބި ރައްޔިތުންގެ ތެރެއަށް ފުލުހުން ވަދެ މިގޮތަށް ކަންތައް ކުރުމަކީ ފުލުހުންގެ މަޤްސަދު އަދި ސުލޫކާ މެދު ގިނަ ސުވާލު ތަކެއް އުފެދޭ ކަމެއް. މިއަދު 05:30 ހާއިރު ފުލުހުންގެ 4 މީހަކު 2 ސައިކަލުގައި ދެމުން އެމްޑީޕީ އަންހެން ޅާ އެއް ތަޅާލަން ހޯދަންވީ އޭ ކިޔަމުން ވެސް ދިޔަ. މިއީ ހަމަ ދިވެހި ފުލުހުންތޯ ސުވާލު އުފެދޭ ދަރަޖައަށް މިހާރު މިވަނީ ފުލުހުންގެ އަމަލުތައް ގޮސްފައި.

05:45 ވަގުތީ ސަރުކާރެއް ހަދައި ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އިލެކްޝަނެއް ބޭއްވުމުން ޑިމްކްރެސީ އަލުން ޤާއިމް ވީ ކަމަށް ކުރީގެ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޑރ. މުޙައްމަދު ސައުދު ދާދި ދެންމެއަކު ޓްވިޓަރ މެދުވެރިކޮށް ވިދާޅުވެއްޖެ.

05:45 މިވަގުތު މުޒާހަރާގެ މަޢުލޫމާތު ގެނެސްދިނުން ކޮންވެސް ވަރަކަށް މަޑުޖެހިފައިވަނީ މާބޮޑު ކަމެއް ނުހިނގާތީ ކަމަށް ކިއުން ތެރިންގެ މަޢުލޫމާތާށްޓަކައި ދަންނަވަން.
05:45 ފެބްރުއަރީ 7 ވަނަ ދުވަހު ކުރެވުނު ބަޤާވަތުގައި ފަތިހު އެއްވެފައި ތިބި މަދު މީސްކޮޅަށް އަދި ބަޤާވަތުގައި ބައިވެރިވި ފުލުހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ގާސިމްގެ ޕެރަޑައިސް އިން ބަތް ޕާރުސަލު ގެނެސް ކާންދީ ރެޑް ބުލް ފަދަ ބުއިންތައް ގިނަ އަދަދަކަށް ދީފައިވޭ. ނަމަވެސް އެއާއި ހިލާފަށް މިއަދުގެ ފަތިހު ފެނިގެން މިދަނީ ދިވެހި ނިކަމެތި ރައްޔިތުން އެމީހުންގެ ކަށިން ހިތްވަރު ނެރެގެން ބަޣާވަތުގެ ސަރުކާރާއި ދެކޮޅަށް ޖިހާދު ކުރާތަން. ވިސްނާ ބަޔަކަށް މިއިން ވެސް އިބްރަތެއް ހާސިލުވާނެ.
05:35 “އެމްޑީޕީ އަންހެން ޅާ އެއް ހޯދަންވީ ތަޅަން” މިހެން ކިޔަމުން ދާދި ދެންމެ އަކު 4 ފުލުހަކު ސައިކަލުގައި މަޖީދީ މަގުން ހިނގައްޖެ.
05:32 މާ ބޮޑު ކަމެއް މިވަގުތު މުޒާހަރާ ކުރާ ސަރަހައްދުގައި ނުހިނގާ. އެސްޓީއޯ ޓްރޭޑް ސެންޓަރު ކުރިމަތީގައި ފުލުހުންގެ ބެރިކޭޑް ފަހަތުގައި ރައްޔިތުން ސުލްހަވެރިކަމާއެކު އެބަތިބި. ބެރިކޭޑްގެ އަނެއް ފަރާތުގައި ސްޓާފޯސް ފުލުހުން އެބަތިބި.
05:25 ރާއްޖެއަށް އަލިވިލެމުން ދާއިރު މިފެންނަނީ ބަޣާވަތާއި ދެކޮޅަށް މުޅި ރާއްޖޭގެ ރައްޔިތުން ނުކުމެ އަޑުއުފުލަމުންދާތަން.
05:21 ފުލުހުން ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހިއްޖެ. މުޒާހަރާގައި ބައިވެރިވާ މީހުންދަނީ ގިނަ ވަމުން.
05:15 މުޒާހަރާ އަދިވެސް ދަނީ ކުރިއަށް. ފަތިސް ނަމާދަށް ފަހު މުޒާހަރާގެ ފޯރި ވަނީ ގަދަވެފައި.
05:07 ދާދި ދެންމެ އަކު ފުލުހުންވަނީ ރައްޔިތުންގެ ތެރެއިން މީހަކު ހައްޔަރު ކޮށްފައި.

04:58 ފަތިސް ނަމާދު ވަގުތާއި ކައިރިކޮށް އެއްވެފައި ތިބި ރައްޔިތުން ބަންޑާރަ މިސްކިތާއި ހަމައަށް ފަހަތަށް ޖެއްސީ މިސްކިތް ކައިރީގައި އަޑު ގަދަ ވާ ކަމަށް ބުނެ މުޒާހަރާ ރޫޅާން ބަހަނާއެއް ހޯދުމަށް ކަމަށް ފުލުހުންގެ އެސްއޯގައި މަސައްކަތް ކުރާ އޮފިސަރަކު ހާމަކޮށްފި. ނަމަވެސް، ފަތިސް ނަމާދު ވަގުތާއި ދިމާކޮށް ރައްޔިތުގެ ތެރެއިން ގިނަ މީހުން ހަމަހިމޭނުން ތިބުމުގެ ސަބަބުން އެ ފުރުސަތުވެސް ވަނީ ގެއްލިފައި.

04:54 ފުލުހުން ނޫނީ ސިފައިންގެ ތެރެއިން ބަޔަކު ރައްޔިތުންނާއި އެއްބައިވެއްޖެ ކަމުގެ ޚަބަރު އެބަފެތުރޭ. ނަމަވެސް އެންޑީއޯ އަށް އެކަން ކަށަވަރެއް ނުވޭ.
04:46 އެއްވެފައި ތިބީ ރައްޔިތުން މިހާރު ތިބީ ބަންޑާރަ މިސްކިތާއި ހަމައިގައި.

04:43 ސްޓަރ ފޯސް ޔުނިފޯމުގައި ތިބި ބާޣީ ފުލުހުން ދަނީ މިހާރު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ކުރި މަތީގައި ތިބި މީހުން ފަހަތަށް ޖައްސަމުން.
04:41 އައްޑޫގައި މިވަގުތު ތިބި ފުލުހުންނާއި ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފި. ބައެއް މަގުތައް ބަންދު ކުރި ކަމުގެ ޚަބަރު ލިބޭ.
04:40 އެއްވެފައި ތިބި ގިނަ ރައްޔިތުން ތިބީ އެސްޓީއޯ ޓްރޭޑް ސެންޓަރު ކުރިމައްޗަށް ވާގޮތަށް. ދޭތެރެ ދޭތެރެއިން މީހުންގެ ތެރެއަށް ފުލުހުން ވަދެ ނުކުމެ އުޅޭ.
04:26 ފަތިސް ވުމުގެ ކުރިން މުޒާހިރާ ކޮންމެހެންވެސް ރޫޅާލެވޭތޯ ބޮނޑިބަތް ޖަމީލާއި ނާޒިމް ދަނީ ވިސްނަމުން. ނަމަވެސް ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ތަކުގެ ސަބަބުންނާއި އެއްވެފައި ތިބި މީހުންގެ ގިނަ ކަމުން އެކަން ވާގޮތެއް އަދި ނުފެނޭ. ބާރުގެ ބޭނުން ކޮށް އަނިޔާކޮށްގެން ސުލްހަވެރި ކަމާއެކު ތިބި ދިވެހި ރައްޔިތުން ތަކެއްގެ ގަޔަށް އަރައިފިނަމަ އެކަން ވާނީ މި ވެރި ކަމުގެ ގެރެންޓީ ވެއްޓުމަށް ކަމަށް ސަރުކާރުގެ ތެރެއިން އިސް މީހަކު މައުލޫމާތި ދީފި.
04:23 މުޒާހިރާ ކުރާ މީހުން ތިބީ ސުލްހަވެރިކަމާއެކު ފުލުހުންގެ ބެރިކޭޑް ތަކުގެ ފަހަތުގައި.

04:20 ވަރަށް އަވަހަށް ރައީސް ނަޝީދުވެސް މުޒާހިރާ ކުރާ މީހުންނާއި ގުޅޭނެ ކަމަށް މައުލޫމާތު ލިިބިއްޖެ.
04:16 މުޒާހިރާ ފޯރިއާއެކު ކުރިއަށް ދަނީ. ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބި އިރު އެމީހުން ރޫހު ވަރަށް ވަރުަގަދަ. މިވަގުތު ވަކި ހާއްސަ ކަމެއް އަދި ނުހިނގާ. ނަމަވެސް ގިނަ އަދެއްގެ ސިފައިންނާއި ފުލުހުން ތިބީ ތައްޔާރީ ހާލަތުގައި.
4:04 ޕޮލިސް ސްޕީކަރ. މީކާކު؟

03:51 ތިން ލޮރީގެ ސިފައިން ކަޅުތުއްތު ކަލާ ކޮށިން މުޒާހިރާ ކުރާ ސަރަހައްދަށް ގެންގޮސްފި. ލޮރީގައި ގެނައި ސިފައިން މިހާރު ތިބީ ބަނޑޭރި ކޮށީގައި.
03:48 ފުވައްމުލަކުގައި މުޒާހިރާ ކުރުމަށް ތައްޔާރު ވަމުންދާ ކަމަށް ޚަބަރު ލިބޭ.
03:47 އެމްއެންޑީ އެފް އެއްކޮށް ކުއްލި ހާލަތަށް ގެނެސްފައި އޮންނަތާ ގިނަ އިރު ތަކެއް ވެއްޖެ. އަދިވެސް މުޒާހިރާ ރޫޅާލާނެ ގޮތެއް ނުހޯދޭ. ސަބަބަކީ އެއްވެފައި ތިބި މީހުން ތިބީ ސުލްހަވެރި ކަމާއެކުގައި ކަމަށް ވުމާއި އަދި ބައިނަލް އަޤްވާމީ މުޖުތަމަޢުން މިހާރު ހިނގާ ކަންތައްތައް ކައިރިން ބަލަމުން ދިއުން.
03:42 މާލޭގެ ގިނަ ރައްޔިތުން ތަކެއް މިރޭ ތިބީ ނުނިދާ. މަގުމަތީގައި ގިނަ ބަޔަކު ސުލްހަވެރި ކަމާއެކު އިހްތިޖާދު ކުރަމުންދާއިރު ގިނަ ބަޔަކު ރާއްޖެ ޓީވީއިން ދަނީ މުޒާހިރާގެ މަންޒަރު ތައް ބަލަމުން. މާލެ ތެރޭަގައި ދޭތެރެ ދޭތެރެއިން ސިފައިންނާއި ފުލުހުންގެ ބޮޑެތި ލޮރީތައް ފެނޭ.
03:40 އެއްވެފައި މީހުން ތިބީ އަދިވެސް ވަރުގަދަ އަަޒުމަކާއެކު ސުލްހަވެރި ކަމާއެކު.
03:39 ފުލުހުންގެ ކޮމާންޑް ތެރޭގައި ހިޔާލު ތަފާތު ވުން އުފެދިފައި ވުމުގެ ސަބަބުން އެކި ކަންކަން ކުރުމަށްވަނީ ހިޔާލު ތަފާތު ވެފައި.
03:34 މުޒާހިރާގައި ބައިވެރިވާ މީހުން ހައްތާ ދަނީ ގިނަ ވަމުން.
03:30 އައްޑޫ ސިޓީގެ މުޒާހިރާ 04:30 ގައި ޕޮލިސް ސްޓޭޝަން ކައިރިން ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބޭ.

03:29 ސިފައިންނާއި ގުޅިގެން ފެން ޖަހައިގެން ނަމަވެސް އެއްވެފައ ތިބި ގިނަ މީހުން ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަހަލަ މަންޒަރު ތަކެއް އެބަ ފެނޭ. ފުލުުހުންގެ ފަރާތުން ފެންނަނީ ގޮތް ހުސްވެފައިވާ ކަހަލަ އަމަލުތަކެއް.
03:23 ޗީފް އޮފް ޑިފެންސް ފޯސް ޝީޔާމް އެމްޑީޕީ މީހުން ކަތިލާނެ ކަމަށް ބުނުމާއި ގުޅިގެން ގިނަ އަދަދެއްގެ ސިފައިން އެއީ ޤައިރު ޤާނޫނީ ކަމެއް ކަމަށް ބުނެ އިހްތިޖާދު ކުރަމުންދާ ކަމަށް ޓުވިޓަރ ގައި ޚަބަރު އެބަ ފެތުރޭ.
03:21 މާލޭގައި ގިނަ އަދަދެއްެގެ ރައްޔިތުން ނުކުމެ އަޑުއުފަލަމުން ދާއިރު ހަވީރު ނޫސް ނިދާފައި!
03:18 މިހާރު މާލޭގައި ހިނގަމުންދާ ކަންތައްތައް ވަރަށް ގާތުން ބައިނަލް އަޤުވާމީ މުޖުތަމަޢުން ބަލަމުން ދާކަމަށާއި އެކަމާއި ގުޅިގެން މުޒާހިރާ ކުރާ ފަރާތްތަކާއި ދެކޮޅަށް ބޭނުން ގޮތެއް ހެދުމަށް ދަތިވެފައިވާ ކަމަށް ސަރުކާރުގެ އިސްވެރިޔަކު އެންޑީއޯ އަށް ދެންމެ މަޢުލޫމާތު ދެއްވައިފި.
03:16 މިހާރު ތިން ސަރަހައްދެއްގައި މީހުން އެބަތިބި. އެއީ ޗާންދަނީ މަގު، ފަރީދީ މަގު އަދި އެމްއެމްއޭ ކައިރި.
03:15 މިހާރު މުޒާހިރާ ކުރާ ސަރައްހަދުގައި ގިނަ ބަޔަކު އެބަތިބި. މާލާގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފި. ފުލުހުންނާއި ސިފައިންގެ މުޅި މުއައްސަސާ އޮތީ ތައްޔާރީ ހާލަތުގައި.
03:15 ރާއްޖޭގެ ގިނަ ރަށްތަކުގައި މާދަމާ މުޒާހިރާ ކުރާނެ ކަމަށް ބެލެވެން ފަށައިފި. އައްޑޫގައި މުޒާހިރާ ކުރިއަށް ދާނެ ކަމަށް އިއުލާނު ކޮށްފި.
03:12 މުޒާހިރާ ކުރާ މީހުން މިހާރު ތިބީ އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރީގައި. ގިނަ ބަޔަކު އެމްއެމްއޭ ސަރަހައްދަށް ދަނީ ޖަމާވަމުން.
3:09 ދިގު ދެމިގެންދާ ސީދާ ހަރަކާތަކަށް އައްޑޫ ސިޓީ ތައްޔާރުވެއްޖެ.
03:00 އަދިވެސް މީހުން ފަހަތަށް ޖެއްސުމުގައި. ފުލުހުން ފުރަތަމަ ބުނަމުން ދިޔައީ އަޑުގަދަ ކުރާ ބޭނުން ނުކުރުމަށާއި ބެރިކޭޑުން އެތެރެއަށް ނުވަނުމަށް. އެގޮތަށް މުޒާހިރާ ކުރި މީހުން އަމަލު ކުރުމުނެ އިތުރު ބަހަނާއެއް ބޭނުންވި. ފުލުހުންގެ ކޮމާންޑް ތެރޭގައި ގަދަކަމުން މުޒާހިރާ ރުޅާ ލުމާމެދު ހިޔާލު ތަފާތުވުން އުފެދުނު. ނަމަވެސް، ފަހުން ސީދާ ބާޣީ ފުލުހުން ގެނެސް މީސްގަނޑު ފަހަތަށް ޖެއްސުމުގެ މަސައްކަތް ފެއްޓުނީ.
02:54 ބާޢީ ސަރުކާރުން ގޮތް ހުސްވެފައިވާ ކަމުގެ ނިޝާންތައް ފުލުހުންގެ އަމަލު ތައް މިހާރު ހުރި ގޮތުން ހާމަވޭ. ކައިރީގައި ތިބި ގޭގެ މީހުންނަށްވެސް އެސަރަހައްދު ދޫކޮށް ދިއުމަށްދަނީ އިންޒާރު ކުރަމުން.
02:46 މިހާރު ފަހުގެ އިންޒާރު ދެމުންދަނީ. ގިނަ ބަޔަކު ގުޑާނުލައި އެބަތިބި ސުލްހަވެރިކަމާއެކު .
02:46 ފުލުހުން މުޒާހިރާ ރޫޅާލުމަށް ތައްޔާރުވަމުންދާ ކަމަށް ސިފަވާ މަންޒަރުތަކެއް އެބަފެނޭ

02:45 ފުލުހުން މިހާރު ވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރާއި ހަމައަށް ފަހަތަށް ޖެހުމަށް ގޮވާލަމުން
02:44 ފުލުހުންގެ އެސްއޯގެ ކޮމާންޑަރުން ޣާއިރު ޤާނޫނީ އަމުތައް ކިޔަމަން ނުވުމުގެ ސަބަބުން މިހާރު މުޒާހިރާ ސަރަހައްދުގައި ކޮމާންޑް ކުރަމުންދަނީ ފުލުހުންގެ އިންޓެލިޖެންސްގައި އުޅޭ ބައެއް ބާޤީ ފުލުހުން ކަމަށް މަޢުލޫމާތު ލިބޭ.
02:35 ގިނަ ފުލުހުން މިހާރު ތިބީ ޖުމްހޫރީ މައިދާން ތެރޭގައި
02:34 ފުލުހުންގެ އިންޒާރެއް މިހާރު އެބަދޭ. ފުލުހުން ނަސޭހަތް ތެރިވަނީ އަޑު ގަދަ ކުރާ އިން އެއްޗެހި ނުގޮވުމަށް. އަދި ބެރިކޭޑް އެތެރެއަށް ނުވަނުމަށް.
02:22 ބާޣީ ނާޒިމް ވަރަށް މާޔޫސް ކަމާއެކު ހިލާލީގެއިން ނުކުމެގެން ހިނގައްޖެ. އަޅައިގެން ހުރި ޓައި ނައްޓާލައި ފޮޓޯގްރާފަރުންނާއި ދިމާލަށް އެއްޗެހި ގޮވާފައި ދިޔައީ.
02:21 އެސްއޯގެ ކޮމާންޑް ގެއްލިފައިވާ ކަމަށް މަޢުލޫމާތު ލިބޭ. އަދި، ބައެއް ފުލުހުންވަނީ މުޒާހިރާ ކުރާ މީހުންނަށް އަނިޔާ ނުކުރާނެ ކަމަށް ބުނެފައި.
02:20 އަޅުގަނޑުމެން މި ގުނަމުން ދަނީ ބަޣާވަތުގެ އެންމެ ފަހު ވަގުތު ކޮޅުތައް” މެމްބަރު ރިޒާ
02:12 ބާޣީ ވަހީދާއި އަދި ބާޢީންގެ ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމެއް މިހާރު ހިލާލީގޭގައި ހިނގަމުން އެބަދޭ!


02:08 ރޭގަނޑު 2 ޖަހައިފި. މުޒާހިރާ ކުރާ މީހުން ދަނީ ގިނަވަމުން.
02:08 ބަނޑޭރި ކޮށީގައި ބާޢީ ސިފައިންނާއި ޤައުމީ ސިފައިންނާ ދެމެދު މައްސަލަ ޖެހި އަރާރުންވަމުން ދާކަމުގެ ކަބަރު ލިބޭ.
02:08 ރެޔާއި ހިލާފަށް މިރޭ މުޒާހިރާގައި ބައިވެރިވާ މީހުންގެ އަދަދު ގިނަ ކަމަށް ފާހަގަ ކުރެވޭ.

01:55 ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ވަރަށް އަވަހަށް މުޒާހިރާ ކުރާ ފަރާތްތަކާއި ގުޅެން އުޅޭ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް މެމްބަރު ޝިފާޒު ދެއްމެ ވިދާޅުވެއްޖެ.

ްނާޒިމް
July 13, 2012 at 10:02 pm
ރައްޔިތުންގެ ލޭ ބޯން ފަށައިފި
ނާނު
July 14, 2012 at 3:11 am
ކިތަންމެ އަނިޔާއެއްކުރިޔަސް އަހަރުމެންގެ އޒުމެއްނުގުޑާނެ އެއީވާނެކަމެއްނޫން ފިކުރެއްނުއެއްގެންދެވޭނެ ހަމަތަޅާ މެރިއަސް ބާގީން މިގައުމުންފައްސާލާފަނޫނިޔާ ދެންމިރައޔެތުންންއް ދުލެއްނުކުރާނެ. މަދިރިމައުއުމޫނު ހީކުރާކަހަލަ ތިމަންނާބުނީމާ ބުނާއެއްޗެއް ރައިޔެތުންއަޑުއަހާނެކަމައް ނައަހާނެ އެދުވަސްމާޒިވެގޮސްފި ..
ޕޮލިސް
July 13, 2012 at 1:00 pm
މާތްﷲ މިކަން މޮޅަށް ދެނަވޮޑިގެންވޭ އެކަލާނގެ މިބައި މީހުންގެ މިނިމުން އަވަސް ކުރައްވާނެ . އިނސާ ﷲ
އަކުރަމް
July 13, 2012 at 12:57 pm
ދިވެހިލޮބުވެތި ސިފައިންނާފުލުހުންގެތެރޭގަވެސް އެބަތިބި ވަރައްބޮޑައް މޑޕ ޔައްކަމޭހިތާބަޔަކުވެސް ވީމާމިކަންކުރަނީ އެމީހުންނައްމަޖުބޫރުވެގެން އަނިޔާކުރުމަކީ އެމީހުންވެސް ބޭނުންވާނެ ކަމެއްނޫން އެއިރެއްގަ ހުންނަވެރިޔަކު ބުނާގޮތަކައް އެމީހުންެއަމަލްކުރަނީ ނަމަވެސް ބުނެލަންއޮތީ އަނިޔާކުރުމައްނެރޭއަމުރު ތަކައް ތިޔަބޭފުޅުން ތަބާނުވާށޭ އަދި މޑޕ ޔާއެއްކޮޅައްއަރާ މީހުނާއެކީ ޔުނީފޯމުނުލާ ނިކުންނާށޭ އިރާދަކުރެއްވިއްޔާ ކަލޭ މެންގެތެރެއިން އިސްނަގަން ކެރޭބަޔަކީ ތިޔަމުއައްސަސާ ތަކުގެ ފަހުލަވާނުންނައް ހަދައިދޭނަމޭ އަދިބާގީން ކުރިހަޑިހުތުރުއަމަލު އޭގެހާއިނުންނައް ލިބޭނެގޮތް ހަދައިދެއްވާށޭ ސިފައިންއިސްނަގާށޭ ފުލުހުން އެތިބެނީ ޑިފެންސް ފޯސްއަކީއެއްވެސްބަޔަކައްނުހަދަ 7 ފެބުރުއަރީ ގަވެސް ތިމާމެންނޭމިކަންކުރީކިޔާފަ ވަރައްބޮޑާވެފަ ވީމާހުރިހާއިސްނެގިބާގީފުލުހުން ހަމަބިމައްތިރިކޮއް ސައިޒުކުރުމައް ސަލާމަތީފަރާތްތައް މިޔަދުމިވަނީނިކުންނަންޖެހިފަ
ނާނު
July 13, 2012 at 3:09 am
ފުލުސް ކުއްތާތަކަކީ ތިކަހަލަ އަންޑެސް ޓޭންޑިން ބައެއްނޫން އެއީޖަނަވާރު ބަޅުންތަކެއް ހުރިހާބަޅުން ފޮތިފޮތި ކޮއްލަންވީ ދިވެހިރާއްޖޭގެ ސަލާމަތީބާރުތަކައް ގޮވާލަން ފުލުސްކުއްތާތައް ރައިޔެތުންތަޅާސުންނާފަތިކުރާތަން ބަލަންނުތިބެ ނިކުމެ ދިވެހިރައިޔެތުން ސަލާމަތްކޮއްދޭށޭ،،
ހައިކަލް
July 13, 2012 at 4:22 am
މިީގައި ފުލުހުންގެ ސައިކަލް ހިފަހައްޓަާ ރޯކޮށްލި ހަބަރު ނެތީ ކީއްވެ؟ މިއަށްވުރެ އެއްކޮޅަކަށް ޖެހި ހުސްވެފަ އޮތް ހަބަރެއް ނުދެކެން. ނިއު ޑީއޯ ގަ ތިބެނީ ލޯއަދިރި ރިޕޯޓަރުންތަ؟ ނޫނީ ދޮގުހަދަން ނޫންކަމެއް ނޭގެނީތަ؟؟
ހަމްޒާ
July 13, 2012 at 10:13 am
ބާގީރިޔާޒުފުލުހުންނައްރާބޯންދީ މަސްތުކޮއްފަނެރެގެން އާންމުރައްޔިތުންނައް އަނިޔާކުރަމުންގެންދާތީވާހާގޮތްމީ ވަކިބަޔަކުޓެސްޓުކޮއްފަ އެބޯމީހުންނުކޮއްރައްޔިތުންގެ ލޮލައްމިދައްކަނީ އެއީދޮގެކޭ ނަމަވެސް ހަމަހޭގަހުރެގެންނުކުރާއެތައްކަމެއްމި ބާގީފުލުހުންދަަނީކުރަމުން
ޒުހޫރު
July 13, 2012 at 11:01 am
ަެެަަަަެއެމް.ޑީޕީގެ ހުރިހާ ފަހުލަވާނުންނަށް ހަމަ ސުކުރިއްޔާ. ތިގޮތުގައި ކުރިއަށްދޭ.
މާމަ
July 13, 2012 at 11:50 am
އެއްވެސް އިންސާނަކަށް އަނިޔާވާކަށް ނޭދެން. އެއީ ޕިންކް ގޭންގް ބައެއްނަމަވެސް. މަށަކީ އަދި އެމްޑީޕީއަށް ސޮއިކޮއްފަވާ މީހެއްނޫން. އަނިޔާވެރިވުމަކީ މާތްﷲ ހަރާމްކުރައްވާފަވާކަމެއް. އަނިޔާވެރިންނަށް އެކަލާނގެ ލައުނަތްލައްވާނެ. އަދި އަހަރެންއެކަމަށް ދުޢާވެސް ކުރަން. ސިފައިންނާއި ފުލުހުން ކޮންފަރާތެއްގެ އަމުރަކަށް ބާ ކިޔަމަންވާންޖެހޭނީ. ވެރިންގެ އިމުރަށްބާ ނޫނީ ﷲގެ އަމުރަށްބާ. ތިޔަބައި މީހުންނަށް ހަނދާން ކޮށްދެން ﷲގެ އަޒާބު ގަދަފަދަކަން. ﷲވޮޑިގެންވަނީ އަނިޔާލިބޭފަރާތާއެކު. އެމީހުންގެ ދުޢާ އިގާބަނުކުރައްވާ ރައްދެއްނުކުރައްވާނެ. ތިއެންމެބާކަލުން ދުޢާކުރުނަމަތީދެމިތިބޭ.
ވީ ލަވް އަންނި
July 12, 2012 at 10:51 pm
ސަލްޓަން ޕާކް ތެރެއަށް ފަހާ ވައްދާ ޒުވާން ކުދިން ކޮޅެއް ގައިގަ ތަޅަނިކޮށް މަވެސްދެކުނިން.. މައަސްލު މާބޮޑަށް އެހިސާބަށް ކައިރި ނުވަން ސަބަބަކީ މަށަކީ އެމް.އެން.ޑީ.އެފް މީހަކަށް ވެފައި އެތާ ހަރުކޮށްފައި އެހެރަ ކެމެރާތަކަށް އަރާފާނެތީ… ޕޮލިސް ޅާ އެއް ދުވެފަގޮސް ފުންމައިގެން އަރާ ސީ.އެޗް.އެސް.ސީ ފާރު ކައިރީ މަޑުކޮށްލައިގެން ހުރި ނޮންކޮމްބެޓެންޓެއް ގައިގަ ޖަހާ ކޮންޓްރޯލުން ނައްޓައިގެން ގޮސް އެސޮރު ގައި މައްޗަށް ގުޅައަކަށް ޖެހުނުތަން ދެކުނިން… ހަގީގަތުގައި ވެސް މިހުރހާ ބަލާއެއް އެމް.އެން.ޑީ އެފަށް ޖެހެނީ ޕޮލިހުންގެ އަންޕްރޮފެޝަނަލް ކަމުން އަބަދުވެސް… ޕޮލިސް އާލާތުން އަދިވަރަށް އެމް.އެން.ޑީ.އެފް ދެކެ ޖޭ ވާނެ..ސަބަބަކީ އެ އާލާތުން އަތުގައި ހަތޔާރު ނެތުމާއި ގާނޫނުން އެ އާލާތުންނަށް ލިބިދޭ ހުރިހާބާރެއް ސިފައިންނަށް ލިބިދޭތީ… ނަމަވެސް ބައެއް ޕޮލިސް އާލާތުންނަށް ހީވާނެ ތިމަންނާމެންނޭ އެމް.އެން.ޑީ އެފަށްވުރެ ބާރުގަދައީ…. ވަޓް ނޮންސެންސް؟ އެމް.އެން.ޑީ.އެފަކީ ގަވްމީ ދިފާއީ ބާރު …. ތި އާލާތުން ތަންކޮޅެއް ގިނައިން ފިލްމް ބަލައިގެން ނަމަވެސް ތިއަށްވުރެން ޕްރޮފެޝަނަލް ވާން ވެއްޖެ އެއް ނު؟؟؟
އަޒީޒާ
July 12, 2012 at 9:36 pm
ދިވެހިފުލުހުންނާސިފައިންގެތެރެއިންބަގާވާތާނުގުޅޭމީހުން ބާގީސަރުކާރުންކުރާ އަމުރުތަކައްތަބާވާކައްނުޖެހޭނެ އަދިނިދިނަގާލާފަ މޑޕ މެންބަރުންނައްއަނިޔާކުރަން ނުނިކުމެ އާދާގެހެދުމުގަމުޒާހަރާޔާގުޅުމައްދަންނަވަން ކަލޭމެންކުދިންނަށާ މުޅިހުރިހާދިވެހިންނައް ޖުމްލަކޮއްފައިދާއެއްވެފައޮތިއްޔާއޮންނާނީ މޑޕ ގެސަރުކާރުގަ ކަލޭމެންގެ މާމަޔާކާފަޔާ ބޭސްފަރުވާޔާ މިހެންގޮސް ވަރައްގިނަކަންތައްދަތިހާލުގަވެސްކޮއްފަވާނީ ވީމާބުނެލަންއޮތީތިހެންނުހަދަ ވަޒީފާދޫކޮއްފަވިޔަސް އަހަރުމެނާގުޅޭށޭ ބަގާވާތުގަބައިވެރިވީމީހުންމަރައް ތެޅޭއިރު އެކަންހިމާޔަތްކުރުމައް އެމީހުންދަނީކަލޭމެންގެބޭނުންކުރަމުން ކަލޭމެންގެސަލާމަތްކަލޭމެންހޯދާ އާދޭސްކުރަން އަނިޔާކުރާބަޔަކައް ﷲ މިދުނިޔެމަތީގަވެސް އޭގެބަލާވެރިކަންޖައްސަވާނެ ވީމާއާދޭސްކުރަން ފުލުހަކަސްސިފައިންގެމީހަކަސް މިކަންނުކުރުމައް ބާގީންކުރާނެ އެމީހުންނައްމިނޫންގޮތެއްނޯންނާނެ ނަމަވެސް ކޮންމެސްދުވަހަކުން އެމީހުންކުރިކަންތަކުގެ ބަދަލްލިބޭނެ މައުމޫނުވެސްހިތަކައްނާރާނެ 30 އަހަރުކޮއްފަވެއްޓޭނެކަމެއް ނަމަވެސް އޭނާޔައްވެސްހައްގުއަދަބުނުލިބިއެވަނީ ކިތައްދަރިންތޯ އޭނާގެއަމުރައްމަރާލީ ކާކުގެއޯޑަރަކައްތޯ މިހެންގޮސް އަދުލުގެދާއިރާފުނޑިފަވާތާކު އެކަންރަނ ގަޅުވާނީ އެތާތިބި ދައްޖާލުންއެތަނުންނެރެ އެތަންސާފުކޮއްގެން ވީމާމިކަން ތައްވެސް ވާނީ ބާގީސަރުކާރާދެކޮޅައްނިކުމެ ސުއޫރުފާޅުކުރެވިގެން ނޫންނަމަދަރިންކިޔަވާބޮޑެތިވިޔަކަސްއުފަލެއްނެތް މާދަމާކަންނޭނގެ ކަތިލާނީ އިންސާފެއްނުލިބޭނެ ރޮއެފަ ވަރައްއާދޭހާއެކު މިބުނަނީތިހެންނުހަދާށޭ އަހަރުމެންނާގުޅި މިކަންތައްނިންމާ ބާގީނާޒިމާ ބާގީވަހީދާ ބާގީރިޔާޒު ހަމަޔަކައްއެޅުވުމައް ތައްޔާރުވާށޭ
ފައިބެ
July 12, 2012 at 9:25 pm
ދަރިންނޭ ހިތްވަރު ކުރޭ މިގައުމުން ބާޢީން ފޮހެލެވޭނެ ބާޢީ ވަހީދުގެ އިތުރުން ގަސްދުގައި ރައްޔިތުންނަށް ތިޔަ ދޭ އަނިޔާގެ ބަދަލު ހިފާނަން )އަހަރެމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ގުރުބާން ވާން ތައްޔާރު)ބާޢީ ވަހީދު ކަލޯ ފިލަން ދުވޭ.
އަލީ ރަޝީދު
July 13, 2012 at 12:32 am
ފުލުހުންނާ ސިފައިންނޭ ހޭއަރާ ތިބޭތި!!! ރައްޔިތުންނަށް ތިކުރާ އަނިޔާއާއި ވާ ގައްދާރީ ދާދިއަވަހަށް މުޅި ގައުމު ކެކިއަރާ ތިބައިމީހުން މަރާނެ، ގަންހިންގާނެ. އެއީކީ ކޮންމެހެން އެމްޑީޕީ މީހުންނަކަށް ނުވާނެ. ތި އަނިޔާވެރިަމަ ދެކޮލަށް މުޅި ގައުމު ތެދުވާނެ. ހުރިހަ ރައޔިތުން މަރާތަން ބަލަންތިބޭނީ ކަލޭމެންގެ ޖުޑިސަރީއާއި ތި ބާޣީ ސަރުކަރު އެކަނި. ބައިނަލް އަގުވާމީ ދުނިޔެ ފިޔަވަޅު އަޅަންދެން އަހަރުމެން ރައްޔިތުން ނުތިބޭނަން. ގައުމުގެ ދަރިންނޭވެ!!! ބަލަންނުތިބެ މަގުމަތީގައި އަމާންކަންމަތީ މި ފުލުސް ބައިގަޑު އުޅުނަދީގެން މިކަމެއް ނުނިމޭނެ. ކަމަލަދޭންވީ . އެމީހުންނަކަށް ރާއްޖޭގައި ހިމާޔަތެއް ނެތްކަން އަންގަންވީ، އަހަރެން މިހާރު މިހުރީ އެ އަޒުމުގައި. މިކަމުގައި އުމުރަށް ޖަލައްދާންވެސް މިހުރީ ތައްޔާރަށް. މިނޫން އެއްވެސް ގޮތެއް ވިސްނާ ވިސްނާވެސް ނުފެނުނު. ރާއްޖޭގެ ހުރިހާ ރައްޔިތުން މަރާ ހުސްނުކުރަނީސް މަށާ ބައިވެރިވެގެން މިކަން ކުރަން ފަށަންވީ…
ނާނު
July 11, 2012 at 8:21 pm
ސިފައިންނާ ފުލުހުންގެ ތެރޭގާތިބި ދިވެހިރައިޔެތުންދެކެލޯބިވާ ކުދިންކޮޅެ ވަރައްއަވަހައް މުޒާހަރާއާ ގުޅޭނެއިރާދަކުރެއްވީޔާ، ބާގީ ނާޒިމުގޮތްހުސްވެޖެކަމައް ބުނެފި 144 ނެރެންވިސްނާ ކަމައް ސިފައިންގެތެރޭގާހުރި ފުރެންޑެއް އެބަބުނޭ ދިވެހިރައިޔެތުން ތިހިއްވަރުގާ ތިބީޔާވަގުތުކޮޅެއްގަ ތެރޭގާ ބާގީންވަސްފިލައިގެންދާނެ ..
ލައްޗޭ
July 11, 2012 at 7:50 pm
ތިބުނާ ސަން ނިއުސް ތީބޮޑުކޮހުން ތިބޭތަނެއް ކިއޭނުކިއޭ ނޭގި ލިޔާނުލިޔާނެ އެއްޗެނޭގިގެން އުޅޭރުނޑިންތިބޭ ތަނެއް
ފައިބެ
July 11, 2012 at 7:15 pm
އެމްޑީޕީ ފަހުލަވާނުންނަށް މިގޮވާލަނީ ދަރިންނޭ ހިތްވަރު ކުރޭ މިގައުމުގައި ބަޢާވާތް ކުރި ހުރިހާ އާލާތުންނަށް ހައްގު އަދަބު ދޭނަން މިއުނގޫފާރު ޕޮލިސް ޓޭސަން ގައިވެސް އުޅޭ ބާޢީ އާލާތުން މިހާރު މިކޮޅުން ވެސް މިދަނީ އެމީހުން އައިޑެންޓިފައި ކުރަމުން ވާނެ ހިސާރި ކުޅި ދައްކާލަން މި އާލާތް ވަރަށް
ގާސިމު
July 11, 2012 at 5:49 pm
ބުރިކަޅުވަހީދު މިފަހަރުޖެހޭނީނާށިފަތި އަޅުވަން އަދިކުނިބޮނޑިބަތް ޖަމީލު ދިގުމުއްދަތަކައްޖަލައް ގޮޅާބޯއުމުރައް ހާމާނު ދަންޖައްސަން ބޮނަކުވާ ކާޅައްކޮށާފަދޭންޖެހޭނެ ފަހަރިތެޅވަގު ދަންޖައްސާ ކޯޓުތައްސާފުކޮއް މިފަދަގިނަގުނަ ކަންތައްމިފަހަރު ވާނީކުރަން
އަފޫރީ
July 11, 2012 at 5:44 pm
ޢެމްޑީޕީންވެސް ލޮނުފެން ލޮރީޔެއް ތައްޔާރުކުރަންވާނެ ފުލުހުން ނަކަސް އަދި ސިފައިންނަކަސް ކުރިކަމަކަށް ކަމެއް ކުރެވޭތޯބަލަން ވާނެ ބާޣީން އެކަންޏެއް ނޫން މިއީވެސް ދިވެހިން ހަމަލޭހިގާ ރައްޔިތަކީމު އެމްޑީ ޕީގެހިތްވަރުގަދަ ކެރޭފަހުލަވާނުންނައް ހަމަސާބަސް
އަފޫރީ
July 11, 2012 at 5:31 pm
ޢެމްޑީޕީންވެސް ލޮނުފެން ލޮރީޔެއް ތައްޔާރުކުރަންވާނެ ފުލުހުން ނަކަސް އަދި ސިފައިންނަކަސް ކުރިކަމަކަށް ކަމެއް ކުރެވޭތޯބަލަން ވާނެ ބާޣީން އެކަންޏެއް ނޫން މިއީވެސް ދިވެހިން ހަމަލޭހިގާ ރައްޔިތަކީމު އެމްޑީ ޕީގެހިތްވަރުގަދަ ކެރޭފަހުލަވާނުންނައް ހަމަސާބަސް
ހަބީބު
July 11, 2012 at 5:06 pm
ފުލުހުންނަކައްމަގުބަންދުކޮއްގެނެއްނުތިބެވޭނެ ސިޓީކައުންސިލުންމާލޭގެމަގުތަކުގަބަހައްޓާފަހުރިހުރިހާމަގުހުރަސްތައްގޮޑައްއަޅާ އަދިދައުވާކުރާނަމަބުނޭތަކެތިގޮޑައްލާނައްޓާލެވިއްޖެކަމައް
އެސް އެމް
July 11, 2012 at 10:19 am
އަޅުގަނޑުމެން އޮފީސް އޮފީހުގައި ތިއްބަސް މި ތިބެނީ ޤައުމަށްޓަކައި ތިޔަ ގުރުބާންވާ ދަރިންގެ ހައްގުގައި. އަޅުގަނޑު އޮފީހުން ގެއަށް ހިނގާފައި އިއްޔެ އައްނަނިކޮށް ޕޮލިހުން އުޅުނު މަގު ބަންދުކޮށްގެން. އަޅުގަނޑު އަހާލިން އެމީހުން ކުރެ ތީހޭ %95 ސަޕޯޓް އޮތް ވެރިކަމުގެ ހާލަކީ. ރައްޔިތުންނަށް ހިދުމަތް ކުރަން އޮފީސް އޮފީހަށް ދާ މީހުންވެސް ހިފަހައްޓަނީ ހޭ. އެމީހުން ތިބީ އަނގަ ރާޑިވެފަ. ކީއްކުރާނީ. އެތާ ތިބޭ ކުދިންވެސް ބޭނުންވެގެން ކުރާ ކަމެއް ނޫން ވިއްޔާ.. މުސާރަ ކޮޅު ދޭތީ ޑިއުޓީ ގަޑި ފުރާލަނީ.. ހިތާ ދެކޮޅަށް
ސާމް
July 11, 2012 at 10:21 am
ބޭނުމެއް ނޫން އޮފީހަކަށް ދާކަށް. އަމުދުން ބާގީ ވެރިކަމުގައި.. އެކަމަކު ދައުލަތަށް ހިދުމަތް ކުރަން ދަނީ. އެވެރިކަމުގަ އެމީހުނެއް ނޫން މި ވަޒީފާ ހަވާލު ކުރީކީ.. ރައްޔިތުންނާ އެކު އަބަދުވެސް ވާނަށް. މީ ބަގާވާތުން ގެނަ ސަރުކާރެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް
ސުހާ
July 11, 2012 at 12:38 pm
ގައްދޫ ރަޝީދު ތިޔަ ވިދާޅުވީ ވަރަށްބޮޑު ތެދެއް. މިރާއްޖޭގައި، ޚާއްސަކޮށް ސަންއާއި ހަވީރަކީ މިބާޣީ ސަރުކާރު ޕްރޮމޯޓްކުރާ ދެނޫސް. ދެން އޮތީ ނޫސްވެރިންގެ ފެންވަރުގެ ވާހަކަ.. އެވާހަކަ ދައްކަންވެސް ހެޔޮނުވާނެ. ކިޔާބަޔަކު ލަދުގަންނަންޖެހޭނީ. ރިޕޯޓެއް ކިޔާ ނިމޭއިރު ވާނުވާ އެއްގޮތަކަށްވެސް އެނގޭވަރެއް ނުވާނެ. މިރާއްޖޭގެ ނޫސްވެރިންގެ ފެންވަަރާމެދު ޙަޤީޤަތުގަވެސް އަހަރުމެން ލަދުގަންނަވަރުވޭ. ސިޔާސީ ދާއިރާ ލިޔާމީހުންގެ އެއްވެސް މަޢްލޫމާތެއްނުހުރޭ. ބޭރުގެ ރިޕޯޓެއް ތަރުޖަމާކޮއްފަ ލިޔާކަމަށްވަންޏާ އޭގައިވާ އެއްޗެއް އިދިކޮޅަށް ތަރުޖަމާކޮށްފަ ގިނަފަހަރަށް ލިޔެފަ ހުންނަނީ.
ރިޒު
July 11, 2012 at 9:11 am
ބާގީންހަަަަައްޔަރުކުރޭ….
ާަޢަބްދުﷲ ރަޝީދު ގައްދޫ
July 11, 2012 at 10:14 am
އެމްޑީޕީގެ ސީދާ ހަރަކާތުގެ ފޯކަސް ގެއްލިފައި މި ޞުރުޚީ ގެ ދަށުން
ސަން އޮންލައިން ގައި މުޙައްމަދު ޙަސަން ލިޔުއްވާފައިވާ ރިޕޯރޓާއިގުޅޭ
ތިޔަ ރިޕޯރޓަކީ ނޫސްވެރިޔަކު ލިޔާނެފަދަ ރިޕޯރޓެއް ނޫނެވެ. ސަބަބުތައް ދަންނަވާފާނަމެވެ. މައިގަނޑު ސަބަބަކީ ވަކިފަރާތަކަށް ޖެހި ހުސްވެފައިވުމެވެ. އެހެންވުމުގެ ސަބަބުން ރިޕޯރޓްގައި އަލިއަޅުވާފައިވާ ޕޮއިންޓްތަކަށް ފުރިހަމައަށް އިންސާފު ނުކޮށް ވަކިބަޔަކަށް ފަހިވާފަދަ ގޮތަކަށް ލޮނުހެޔޮވަރު ކޮށްދީފައިވެއެވެ. އެންމެ ފުރަތަމަ، ވެރިކަން ބަދަލުވީ ގޮތާއިބެހޭ ގޮތުން ޙަޤީޤަތާ އެއްގޮތަށް އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަތުމެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ ވެރިކަން ނިމުނީ ވެސް އެ ޕާޓީގެ ސަރުކާރާ ދެކޮޅަށް ނުކުތް ބަޔަކާ މީހުންނާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށްކަމުގައި ލިޔުއްވުމުން ނޫސްވެރިޔާގެ ޒިންމާދާރުކަން ކޮބައިތޯއެވެ. ދެވަނަކަމަކަށް އިންކުއަރީ ކޮމިޝަނުން ތަޙުޤީޤު ކުރިޔަށް ދާއިރު އެމް ޑީ ޕީ އިން މުޒާހަރާ ކުރުމާއިމެދު ސުވާލު އުފައްދާފައިވެއެވެ. ނޫސްވެރިޔާއަށް އެނގިވަޑައި ނުގެންނެވި އެއްކަމަކީ އެމް ޑީ ޕީ އަކީ ސިޔާސީ ޕާރޓީއެއް ކަމެވެ. އިންކުއަރީ ކޮމިޝަން އެމް ޑީ ޕީ އިން ޤަބޫލުކުރުމުން ހުރިހާ ކަމެއް އެހަމަޖެހުނީތޯއެވެ؟ އެމް ޑީ ޕީ އިން އަޑު އުފުލާ ކަންތައްތައް ކޮބައިތޯއެވެ. މިރާއްޖޭގެ ފުލުހުންނާއި ސިފައިން ހިންގާ ލާއިންސާނީ ޢަމަލުތައް ނޫސްވެރިޔާއަށް ފެނިވަޑައިނުގަންނަވަނީތޯއެވެ. ސަރުކާރުގެ ތެރޭގައި ހަމައެއްލަމައެއްނެތި ހިންގާ ކަރަޕްޝަނާއި ފަސާދައިގެ ވާހަކަތައް އަޑުނައައްސަވަނީތޯއެވެ. އެމް ޑީ ޕީ އަށް މިސަރުކާރު ވައްޓާނުލެވުނު ވާހަކަ ވިދާޅުވެފައި އޮތުމުން ނޫސްވެރިޔާގެ ސިޔާސީ މަޢުލޫމާތުގެ ކޮށިކަމާއިދޭތެރޭ ޙައިރާން ވާހާވެއެވެ. އެފަދަ ވާހަކަ އެމޭރުމުން ކުޑަކުދިން ބަތްކައްކާއުޅޭ ގޮތަށް ދެއްކެވުމުން ރިޕޯރޓެއްގެ ސިފަ އެއޮތީ ގެއްލިފައެވެ. އެވާހަކަ ގެންނަވަންޖެހޭނީ ހިނގައިދިޔަ ކަންތައްތަކަށް އިންސާފުގެ ލޮލަކުން އަލިއަޅުވާލައްވާފައެވެ. ހަމައެއާއިއެކު ވަގުތާއި ޙާލަތަށް ބައްލަވާ އެކަންކަމަށް ރިފަރެންސް ދެއްވާފައެއް ނުވެއެވެ. ކަންހިނގައިދިޔަ ގޮތަށްބަލާ މިހާތަނަށް އެމް ޑީ ޕީ ވައްޓާލެވުނު ހިސާބުން ހަށިފޮޅާ ތެދުވެ އެތެރެއާއި ބޭރުން ހޯދި ކާމިޔާބުތައްވެސް ސަންއޮންލައިނުގެ ނޫސްވެރިޔާ މުޙައްމަދު ޙަސަނަށް އެނގިވަޑައިނުގަތެވެ. އަޅުގަނޑު މިކަން މިއަދު މިފާހަގަ ކޮށްލީ ކުރިއަރަމުން އަންނަކަމަށް ބުނާ ނޫހެއްގައި އޮއްޓަރު ނުހުންނަ އަދި ނޫސްވެރިކަމުގެ ސިފަ ފެންނަން ނުހުންނަފަދަ ދަށުދަރަޖައިގެ ލިޔުއްވުންތައް ނޫސްވެރިންގެ ރިޕޯރޓްގެ ގޮތުގައި ފެންނަމުންދާތީއެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމަށް އެޅޭ ވަރަށްބޮޑު ހުރަހެކެވެ. ރާއްޖޭގައި ޕްރޮފެޝަނަލް ނޫސްވެރިކަމެއް ނެތޭ ދަންނަވަންޖެހޭ ހިސާބަށް ކަންތައްތައް މިހާރުމިއޮތީ ގޮސްފައެވެ.
ދޮންދިޔާނާ
ގޫބޯ
July 11, 2012 at 5:01 am
ހަވީރު ވިކިހުސްވެފަ އޮތީ ވަކިބަޔަކަށް
މުވާޞާތު/ކޯޑް ރެޑް
July 11, 2012 at 5:40 am
މާލޭގެ މެޖޯރިޓީ އޮތީ އެމް.ޑީ.ޕީ އާއި އެކީ ….ކޮންކަމަކާ ތޯ ހާސްވާންވީ ..އެއުޅެނީ ފުލުސްކުދިންނަށް އޮޅިގެން …އޮޅުވާލައިގެން …ރާއްޖޭގެ ބޮޑެތި އާބާދީތައް ..އެމް .ޑީ.ޕީ އަށް ސަޕޯޓްމިހާރުވެސް ކުރަނީ ކީއްވެގެންކަން ރަގަޅަށް އޮރިއެންޓޭޝަން ނުދެވޭ މަޢްލޫމާތުނުދެވޭ ތަމްރީން ނުކުރެވޭ ފުލުސް ކުދިންނަށް ކިޔާނުދިނީ އެތަނުގެ ކިޔަވައިގެން ތިބި ސީނިއަ މުވައްޒަފުން.. އެ ކުދިންގެ ބޮލަށް ސަވާރުވީ މީހުން އިންސާފުގެ ކުރިމައްޗަށް ގެނަސް ޙައްޤު އަދަބު ދޭންވީ…
އަބުދުލު
July 11, 2012 at 2:18 am
މާމޮޅަށް އެންމެ އަވަހަށް ތާޒާކަމާ އެކު ގެނެސްދޭ ޓީވީ ޗެނެލުތަކާޢީ އޮންލަައިނު ނޫސްތައް މިތިބީ ނިދާާފައެ ﷲ އިރާދަކުރައްވާ ގޮތެއްގެ މަތީން ހުރިހައި ކަމެއްނިމިގެންދާނެ ހިތްވަރު ކޮށްލާ ހުރިހާ ބޭފުޅުން އަހަރަމެން މިތިބީ ކަލޭމެންނާއި
ހުސެއިންދީ
July 10, 2012 at 10:13 pm
ބަގާވާތަކުން ވެރިކަމަށް އަރާތިބި ބަޔަކާއި ދެކޮޅަށް ނިކުމެ އެބައިމީހުން ފައްސާލުމަކީ ބަގާވަތަކަށް ނުވާނެ ކުރިޔަށް ދިވެހި ސިފައިންނާއި ފުލުހުން ވަޑައިގަންނަވާ. އަދި މިބާގާތުން ރާއްޖޭގެ ވެރިކަން ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުން ބައިވެރިވުމަކުން ބަގާވަތަކަށް ނުވާނެ އަވަހަށް ބާގީން ހައްޔަރު ކުރޭ
ބަކުރު
July 10, 2012 at 11:27 pm
ހަވީރުނޫސް ސަންއޮންލައިން މިއީ ގައުމައް ޣައްދާރުވީ ނޫސް
ކފ
July 10, 2012 at 11:35 pm
ކުރިއަށް އެމްޑީޕީ… ސާބަހޭ
މަލީޙް
July 11, 2012 at 2:04 am
ޢަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާއި އެކީ
މަލީޙް / ޓީ-ޒޯޏް
July 11, 2012 at 2:05 am
ޢަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާއި އެކީ
ަިިއިއްބެ
July 10, 2012 at 10:07 pm
އަލްހަމްދް ލިﷲ
ބަހަބޯކަލޭގެ/މަރިޔަންދިޔަގެ/އަހައްމަދު
August 2, 2012 at 10:47 pm
ކޮބާ!ކުޅިވަރުފެނޭތަ؟ލާހިކެނޫން ދެންމިރާއްޖޭގައި ބޭނުންގޮތަކަށް އުޅޭކަށް. ހަމަ އެންމެން ފުޑާލާނީ.އެހެންނޫނީގޭގަ ތިބެންޖެހޭނީ.ތިޔަކުދިން ވިސްނާލަބަލަ.ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ކިތަށްދިވެހީންހައްޔަރުކުރިތޯއެވެ.ކިތަށް މައްސަލަ ޝަރީޢަތަށް ފޮނުވިތޯއެވެ.ސިޔާސީ ކިތަށް ކުށްވެރީން ޖަލަށްލައި ކޯޓަށް ފޮނުވައި ނިޔާ އެއް އިއްވިތޯއެވެ.އެއިންކަމެއް ނުކުރީމައޭ މިގޯސްމިވީ. މިހާރުމިއޮތީ މާޒީ އަނބުރާ އައިސްފައެވެ.މިއީހަމަ އަޅުގަނޑުމެން އަމިއްލަޔަށް ލިބިގަންނަ ފޮނިމީރެވެ.ބޮޑިބަތް އެހާފޮނީ މާގިނައިން ދިވެހިހަކުރު އެޅީމައެވެ. ކަލޭމެން ބޮޑިބަތް ޖަމީލޭ ތިޔަކިޔަނީ އަހެރެންގެ ދަރިއަކަށެވެ.ދެން އެކުއްޖާއާއި ދިމާލަށް އެހެންކިޔައިގެން ނުވާނެއެވެ.އަހަރެން ހުންނަނީ މުލަކު މަގުހަދާބައިގައި އެމީހުނަށް ސައިހަދައިދޭށެވެ.ޕަބުލިކުވޯކްސްގެ ފަޔާޒުމެން މޫސާދީދީ މެންނަކީ އަހަރެންގެ އެއްމެ ގާތްމީހުންނެވެ.