ތަކުރުގެ ދުލުން-
މައުމޫން އަބްދުލް ގައްޔޫމް ވަނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިޔާގެ ރައީސްކަން 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ޖެހެންދެން ކުރައްވާފައެވެ. މިއީ 30 އަހަރުގެ ދިގުމުއްދަތެކެވެ. ދިވެހިގައުމުގައި ހަރަކާތްތެރިވާ ތަފާތު ޒުވާން ފަންނާނުންނާއި ސައިންޓިސްޓުންނާއި ޑޮކްޓަރުންނާއި ވަކީލުންނާއި ޓީޗަރުންނާއި އިލްމީ ބޭފުޅުން ނަކީ އެމަނިކުފާނުގެ ސިޔާސަތުން ކޮންމެވެސް ވަރަކަށް އަސަރުކޮށްފައި ވާ ފަރާތްތަކެވެ. ރަނގަޅު އަސަރާއި ނުބައި އަސަރެވެ. ހަމަ އެފަދައިން ދިވެހި މުޖުތަމައުގައި “ވަކަރުގޭ” ކުދިންގެ އަޙްލާގު ހިއްސާކުރާ، އުޅުމެއްނެތް، މީހުންގެ ހައްގުތަކަށް އަރައިގަންނަ ގޭންގުތަކުގެ އަހުލުވެރީންނަކީވެސް އެމަނިކުފާނުގެ ތަޢުލީމީ ނިޒާމާއި ސިޔާސަތުތަކުން އުފެދިފައިވާ ދިވެހި ދަރީންނެވެ.
“މިހާރު ރާއްޖެއިން ފެންނަމުންދާ ނުރައްކާތެރި އެކި އެކި ހާދިސާ ތަކާއި ބޮޑެތި މައްސަލަ ތައް ހިންގަމުން ދަނީ ހަރުދަނާ ރީތި އުސޫލުތަކެއް ޅަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި އަށަގެންނުވޭނެ ފަދަ ތައުލީމެއް ލިބިފައި ނުވާ ބަޔަކު ރާއްޖޭގައި ތިބުމުގެ ސަބަބުން،” މައުމޫން 9 ޖޫން 2012 ވަނަ ދުވަހުގެރޭ އެމަނިކުފާނުގެ ފައުންޑޭޝަންގެ ޖަލްސާއެއްގައި ވިދާޅުވި އެވެ. މިގޮތަށް އެމަނިކުފާނު ވިދާޅުވި އިރު އެމަނިކުފާނަކީ “ތައުލީމެއް ލިބިފައިނުވާ ބަޔަކު ރާއްޖޭގައި” އުފެއްދެވި މޭސްތިރިއެވެ. 30 އަހަރު ދުހަވު ދިވެހި ދައުލަތާއި ދިވެހި ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން މައުމޫނު ވަނީ ދިވެހިންގެ މިޖީލު ހަލާކުކޮށްލައްވާފައެވެ. މައުމޫން އަބްދުލް ގައްޔޫމް މިބީދައިން ވާހަކަފުޅުދެއްކެވުމަށް ލަދުފުޅު ގަންނަވަން ޖެހޭނެއެވެ. ސަބަބީ މަނިކުފާނު ތިވިދާޅުވާ “ތައުލީމެއް ލިބިފައިނުވާ ބަޔަކު” ރާއްޖޭގައި އުފެދުނީ ފާއިތުވި 3 އަހަރަކު ނޫނެވެ. ނަމަވެސް މަނިކުފާނުގެ 30 އަހަރުގެ “ރަން” ޒަމާނުގައެވެ.
ދިވެހިން މިދެކޭ ބިރުވެރި ކަމާއި، ބަސްނޭހުމާއި ކަމަށް ކަމޭނުހިތުމާއި ނާމާންކަމާއި މިހުރިހާ ކަމަކީވެސް މަނިކުފާނު އިޙްލާސްތެރިކަމެއްނެތި ދުރާލާ ތައްޔާރުކުރެއްވި “ބަޑިބޭހުގެ” ކުލަވަރެވެ. މަނިކުފާނުގެ ވެރިކަން ތާއަބަދު ދެމެހެއްޓުމަށްޓަކައި “ހެލި” ބޭހެވެ. ދިވެހި މުޅި މުޖުތަމައު އަޅުދާސްކޮށް މަނިކުފާނަށް އަޅުވެތި ކުރުވުމަށެވެ. މަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި ދިވެހިން މަސްތުވާ ތަކެތީގެ ވަބާގައި ޖެއްސެވީމުއެވެ. މަނިކުފާނަށް ސަނާ ނުކިޔައިފިނަމަ ޖަލުތަކާއި މުގުރުގެ ބާރު ދެއްކެވީމުއެވެ. ދިވެހި ދަރީންގެ ހިތްތަކަށް ލޯބީގެ ބަދަލުގައި ބިރުވެރިކަން ވެރިކުރުވީމުއެވެ. މަތީ ތަޢުލީމު ލިބުމުގެ ފުރުސަތު ހަމަ އެކަނި ދެއްވީ މަނިކުފާނުގެ އާއިލާގެ މީހުންނަށާއި ގާތްތިމާގެ މީހުންނަށެވެ. ދެން މަނިކުފާނަށް “ސަޖިދަ” ޖައްސަވާ އަޅުވާނުންނާއި އެއާއިލާތަކަށެވެ. އޭގެ ބޭރުން ދިވެހި ދަރިއަކު މަތީ ތައުލީމު ހޯދައިފަހި ހުރިނަމަ އެއީ ކޮންމެވެސް ބޭރުގައުމެއްގެ ސަރުކާރުގެ ދީލަތި އެހީގެދަށުން ތައުލީމެއް ލިބިފައި ހުރި ދިވެހި ދަރިއެވެ. ނުވަތަ ހީވާގި ދިވެހި ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ދަރިއެކެވެ.
މަނިކުފާނުގެ 30 އަހަރުގެ ދިގު މުއްދަތުގައި ކެނޑި “ކަނޑުލުގެ” ދިޔަ މަނިކުފާނު ތިޔަގެންދަވަނީ ދުނިޔޭގައި ހުންނަވައިގެން ހިއްޕަވަމުންނެވެ. މަނިކުފާނު ދިވެހިންގެ މިލްކިއްޔާތާ ޚަޒާނާ އާއިލާގެ ބޭފުޅުންނަށާއި އެކުވެރިންނަށް ބަހާލުމުގެ ބަދަލުގައި ދިވެހި ދަރީންނަށް ރަނގަޅު ބޭނުންހިފޭފަދަ ތަޢުލީމެއް ދެއްވުމަށް ހޭދަކުރެއްވިނަމަ ދިވެހި ދަރިން މަނިކުފާނުގެ ބޮލަކަށް ނޭރީހެވެ. އަދި މަނިކުފާނުގެ 30 އަހަރު ފެތުރި ބިރުވެރިކަމުގެ ބަދަލުގައި އިހްތިރާމާއި އަޚްލާގު އަދި މަސައްކަތްތެރިކަމާއި ފޯރުންތެރިކަން އުގަންނައި ދިންނަމަ މިއަދު ދިވެހި ގައުމު ވެއްޓިފައިވާ ވަޅުގަނޑަށް ވެއްޓޭކަށް ނުޖެހުނީހެވެ.
ދިވެހިރާއްޖޭގެ ވެރިކަން 2008 ވަނައަހަރު ބަދަލުވެ، މަނިކުފާނަށް ހަމަ ހިމޭންކަމާއިއެކު ސިޔާސީ ފިކުރާއި ދުރުވެ ހުރުމުގެ ފުރުސަތު ލިބުމުންވެސް އެއްވެސް ބިރުވެރިކަމެއްނެތި ކިބުރުވެރި ކަމާއިއެކު ދިވެހިން އަޅުވެތިކުރުމަށް ތިޔަހުންނެވީ ނިކުންނަވާފައެވެ. މަނިކުފާނުގެ ނިމުން ދެނެވޮޑިގެންވަނީ ﷲ އެވެ.
އައްޑޫސޮރު
July 13, 2012 at 1:27 am
ކިތަންމެ ސިފައިން ގިނަ ވިޔަސް އައްޑު އަތޮޅުގައި އައްޑު އަތޮޅުގެ ރައްޔިތުންނަށް ވުރެ ގަދައެއް ނުދެއްކޭނެ، މީނަ ރަށުގައި ފިތުނަ ފަސާދަ ގާއިމް ކުރިޔަ ދީގެން ނުވާނެ، މީނަ ޖެހޭނީ ފައްސާލަން، ދުވަހަކު ތިދިމާލަށް ބޯދިއްކޮށްނުލާވަރުގެ ފިލާވަޅެއް ދޭންވީ، އަދި ލަދު ހަޔާތް ކުޑަކަމުން މިއަތޮޅަށް އެބައާދެއެއްނޫން.
ކާޅުބެ
July 13, 2012 at 5:05 am
މީކަހަތުގެ ބަލާވެރިކަމައް ނުއަތަ ރައްނަމާރިތަ
މުހައްމަދު ތަކުރު
July 13, 2012 at 1:23 am
އައްޑޫ މީހުންނަށް އަހަރެން އިލްތިމާސްކުރަނީ، މީނައަކީ ތިރަށުގެ ތަރައްގީ ގެ ހަލާކޭ، އަދިވެސް ފޭދޫމީހުން ހަދާން ހުންނާނެ، ވެރިކަމަށް އައިސް ވަގުތުން މީނަ ތިރަގޮސް ރައްޔިތުންނަށް ފުއްޕާ ހުރެގެން ދެއްކި ވާހަކަ، އައްޑުއަތޮޅުގެ މުޖްތަމައު ރޯޅުނީ މީނައާއި ހުރެ، އައްޑު އަތޮޅު މީހުންވެގެން ދިޔައީ އިގްތިސާދީ ރެފިޔުޖީންނަށް، ދެންކޮންމެ ފަހަރަކު އިލެކްޝަނަށް ރިސޯޓެއް ހުޅޫވާންދޭން ހުވާކޮށް އެކަން އެންމެފަހުން އެހެން ގޮތެއް ނެތިގެން ވެގެންދިއައީ، މި ނުބައިމީހާ އައްޑޫއަށް އެރިޔަ ނުދޭންވީ،
މުހައްމަދު ތަކުރު
July 13, 2012 at 1:21 am
އައްޑޫ މީހުންނަށް އަހަރެން އިލްތިމާސްކުރަނީ، މީނައަކީ ތިރަށުގެ ތަރައްގީ ގެ ހަލާކޭ، އަދިވެސް ފޭދޫމީހުން ހަދާން ހުންނާނެ، ވެރިކަމަށް އައިސް ވަގުތުން މީނަ ތިރަގޮސް ރައްޔިތުންނަށް ފުއްޕާ ހުރެގެން ދެއްކި ވާހަކަ، އައްޑުއަތޮޅުގެ މުޖްތަމައު ރޯޅުނީ މީނައާއި ހުރެ، އައްޑު އަތޮޅު މީހުންވެގެން ދިޔައީ އިގްތިސާދީ ރެފިޔުޖީން
ވީ ލަވް އަންނި
July 12, 2012 at 10:26 pm
ހަގީގަތުގައިވެސް ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެއް އެހެންވީމަތާ މި މައުމޫނަށް 30 އަހަރުވަންދެން ވެރިކަން ހަވާލު ކޮށްގެން ތިބީ…ދިވެހިން މިދެކޭ ހިތްދަތި ދުވަސް ތަކަކީ ހަމަ މިމީހާގެ ސަބަބބު ދެކެންޖެހިފައިވާ ދުވަސްތަކެއް.. ކޮބާ ގައުމަށް ލިބުނު ކުރިއެރުމަކީ… އަދިވެސް މިވަރެއް ނެތިގެން އުޅޭ ދިވެހިން އެބަތިބި…
ކާސިންބެ
July 12, 2012 at 8:57 pm
ހަރާންއެއްޗެތި ކާންދީފަވާކަމުގެ ހެއްކަކީ، ދުންޔާމެން ކަނޑައެޅިގެން އެހަދަނީދޮގު. ދުނިޔޭގެ އެންމެންގެ ކުރިމަތީގަ، ދުނިޔޭގެ އެންމެންނަށް އެނގޭކަންކަމުގަ އެހަދަނީދޮގު. ފަހަރެއްގައި ވެދާނެ ބޯގޮވީކަމަށްވެސް.
ޅަސޮރު
July 12, 2012 at 8:44 pm
މައުމޫނަކީ ރާއްޖޭގައި އެންމެފުރަޔތަމަ ބޭއްވި މިނިވަންއިންތިހާބުން ދިވެހިރައްޔިތުން ބޭރުކުރިމީހެއް. މިހާރު އެސޮރު އެކުރާކަމަކީ އޭގެބަދަލު ހިފަނީ. ބާގީވަހީދުމޮޔަހައްދާފަ، ޕޮލިހުންލައްވަ ރައްޔިތުންގެ ގައިގަ ތަޅާމަރަނީ. އެކަހަލަނުލަފާ ޖަނަވާރެއް މައުމޫނަކީ. ކީރިތިތަސޫލާގެސުންނަތުން ސާބިތުވާގޮތުގައި މައުމޫނާއި އޭނަދެދަރިންނާއި، ދަރިންގެދަރިން އެއްލާލުން އެންމެ ހައްގުވާނީ ނަރަކައަށް. އެއީ އެދަރީންބޮޑެތިކޮށްފަ އެވަނީ ދިވެހިރައްޔިތުން ފެލައިގެންކަމަށްވާތީ.
މާނު
July 12, 2012 at 8:49 pm
މައުމޫނަށް މާތްﷲ ލައުނަތްލައްވާށި! އެއީއޭނަގެކިބައިން ސަލާމަތްވުމަށްޓަކައި. ޕޮލިހުން މިކުރާ އަނިޔާގެ ޒިންމާނަގަންޖެހޭނީ ސީދާމައުމޫނާއި އޭނަގެދަރިން. ހުރިހާކަމަކަށް ކުޅަދުންވަންތަﷲ! އަޅަމެން މިއަނިޔާވެރި ދައްލާލުގެ ކިބައިން ސަލާމަތްކުރައްވާށި!
އަޒީމް
July 11, 2012 at 7:59 pm
Maumoonu is the tyrant ruler who rule the Maldives for thirty year spreading fear and horror among the people. He lied to the people , he miss use the donations given by other countries, he was helping the thugs who support him , to get rich. He was having total control over the election commission, the police , the military and judiciary. Even the island chiefs , the atoll chiefs were appointed by him and he had full control over the Parliament members and no one can watch the Parliament or be inside when parliament meetings are going on.
ުއިންތިހާބް
July 11, 2012 at 6:56 pm
ތިކަލޭގެ އިންނަ ވައްތަރެއް ދޯ ވައްތަރީ މިނިކާ ވަގަކާ
ސޯލްޖަރުންގެ ދުލުން
July 11, 2012 at 6:54 pm
ނުވާނެ 30 އަހަރު ވެރިކަންކުރި ބޭފުޅަކާއި ދިމާލަށް ތި ފަދަ އެއްޗެތި ގޮވާކަން އޭނާ އަނިޔާނުކުރޭ އޭނާ ހަމަ އެކަނި ބުނެލީ އަނިޔާކުރީ އެހެން ބައެއް
ލައުރާ
July 11, 2012 at 3:40 pm
ތިމީހާދެކެ އަހަރެންވެސް މިހާރު ފޫހިވޭ. 30އަހަރު ވެރިކަން ކުރަން ލިބުނީމަވެސް ހިތެއް ނުފުރޭ. އަވަހަށް ރައްކާވޭ. އަހަރުމެން ރަނގަޅު ވެރިަމެއް ކުރަން ވެއްޖެ.
ނަފްރަތު
July 11, 2012 at 10:15 am
ކަލެއަށް 100 އަހަރު ވެރިކަން ކުރަން ލިބުނިއްޔާ ރަނގަޅުވާނެތަ؟ ކަލޭގެ ދަރިންނާއި ދަރިންގެ ދަރިން ނަށް އޮތް ބަފާގެ މުދާގަނޑެއް ވިއްޔާ ވެރިކަމަކީ…
ސަކީނާއްތަ
July 11, 2012 at 11:19 am
އައްޗީޑި! ދެން މަށެއްނޫޅެން ތިޔަމީހާގަޑަކަށް ވޯޓުލާކަށް.. މިހާރު އެހެރީ މާމުސްކުޅިވެ ރޫޖެހި ހަންޓޯޓޯ ވެފަ އުތަ؟ އަންނިކަހަލަ ޒުވާން ދައިތަމެންނަށާއި ކާފަމެންނަށް ކަމޭހިތާ އަޅާލާ ސޮރަކު ދޫކޮށްލުމަކީ ދައިތަޔަށް ހަމަ އެއްގޮތަކަށްވެސް ކަމުދާ ކަމެއްނޫން.. ގައުމުގެ ހުރިހާ އެންމެންނަށް ދައިތަ ބުނެލާނީ މިފަހަރު ފިސާރި ކެރިގެން އެންމެން އެކީގައި ނުކުމެ މިބާގީ ސަރުކާރު ބަދަލު ކުރަމާހިގާ…. ކުރިޔަށް ނަޝީދު (އަންނި)
އައްނިމާރި އައުރު ރަންނަ
July 11, 2012 at 6:33 am
ސާބަހޭ ސާބަހޭ ދިވެހިންނަށް ސާބަހޭ ދެފަރާތުންވެސް ތިކުރާ ހިތްވަރަށް ސާބަހޭ
ކަޅު ބުޅާ
July 11, 2012 at 5:48 am
މައުމޫން! ކަލެ އާއި ކަލޭގެ އާއިލާ އަށް ހަލާކުހުރި! ހެޓިލަރު
ވަޠަންގެ ލޭ
July 11, 2012 at 3:48 am
އިތުރަށް ބުނާނޭ ވާހަކައެއް ނެތް! ލިޔުންތެރިޔާ ހާމަކޮށްފައިވާ ވާހަކަތަކަކީ ހަގީގަތެއް. ދެކޮޅުހަދާނޭ އިތުރު ތަނެއް ނެތް!
ބެން
July 11, 2012 at 4:15 am
ހަރާމްޒާދާ މުސްކުޅި ހިމާރު.
ކާޅޫ
July 11, 2012 at 5:09 am
ލަދުހަޔާތް ހަނދާންނެތިމިސުރުގަ ބާށްވާފައާދެވުނީ
މަވެސްޕީޕީޕީޕީޕީއެށް
ބަކުރު
July 10, 2012 at 9:43 pm
އެޅާ ކާމިނީގޭ ވަލުކުއްތާ ސީދީއަށް ސްކޮލާޟިޕްޑީބަލަ
ްބަކުރުބެ ކުޅުދުއްފުށި
July 10, 2012 at 9:14 pm
ތިކަލޭގެ ތީ ކާކު 30 އަހަރު ފެއިލް ވި މީހެއް ދިވެހިރައްޔިތުން ތިކަލޭގެ ބަލާނުގަނޭ މިހާރު މޮޔަނޮވާ އަތުން ..ލާ
ް
July 10, 2012 at 9:13 pm
ތިކަލޭގެ ތީ ކާކު 30 އަހަރު ފެއިލް ވި މީހެއް ދިވެހިރައްޔިތުން ތިކަލޭގެ ބަލާނުގަނޭ މިހާރު މޮޔަނޮވާ އަތުން ..ލާ
ކުކް ހުމް
July 10, 2012 at 9:11 pm
ތިމައުމޫން ކަންތަށް ހާދަބޮޑު ވެއްޖެޔޭ ތިމީހަކު މިހާރުން މިހާރަށް ހައްޔަރުކުރުމަށް ޤައުމީ ފުލުހުންނަށާއި ޤައުމީ ސިފައިންނަށް ގޮވާލަން
ޒުއްބެ
July 10, 2012 at 7:24 pm
ބޭނުމީ ކޮންކަމެއްދެން ތިރީސް އަހަރު މަދީތަ؟
ހާޝިމް
July 10, 2012 at 6:34 pm
ބޭފުޅާ ދެން އިތުރަށް މޮޔަ ނުގޮވާ، ބޭނުމިއާ އަމިއްލައަށް މޮޔަވޭ….30 އަހަރުގެ ހިތިރަހަ ކަރުޑުން ނުފިލައިގެން މިއުޅެނީ އަދިވެސް، އިތުރު 30 އަހަރުގެ އަނިޔާ ވެރިކަން ބޭނުމެއްނޫން، ބޭނުމީ މިނިވަންކަން…..