އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިންގެ ކިބައިގައި ފަނޑިޔާރުކަމުގެ ކުފޫ ހަމައެއްނުވޭ!

07 ޖުލައި 2012 04:05 | 0 ކޮމެންޓް

ތަކުރުގެ ދުލުން-

ކޮންމެ ގައުމެއްގެވެސް ސްޕްރީމަ ކޯޓަކީ ވަރަށްބޮޑު އިއްޒަތަކާއި ގަދަރެއް ދެވިގެންވާ ތަނެކެވެ. ގައުމެއްގެ ތެރޭގައި އުފެދޭ ބޮޑެތި މައްސަލަތަކުގައި އެންމެފަހުބަސް އިންސާފުންބުނާނެކަމަށް ރައްޔަތުން ބަރޯސާކުރާތަނަކީ ސްޕްރީމް ކޯޓެވެ. އަދި ސްޕްރީމް ކޯޓަކީ ޤާނޫނު ހަދާ ތަނެއް ނޫނެވެ. ނަމަވެސް ޤާނޫނާއި އަދި ގާނޫނު އަސާސީ އިންސާފުވެރިކަމާއެކު މާނަކުރާތަނެވެ.

ނަމަވެސް ހިތާމައަކީ އުއްތަމަ ފަނޑިޔާރުގެ ކިބައިގައި މިފަދަ އެއްވެސް ގާބިލުކަމެއްނެތުމެވެ. ގިނަ ދިވެހިން ސްޕްރީމްކޯޓަށް އަދި އުއްތަމަ ފަޑިޔާރަށް ކުރާ އިތުބާރު ވަނީ ގެއްލިފައެވެ.

 

އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު ކޮށްގެންނުވާނެ ކަމެއް 4 ޖުލައި 2012 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު ވަނީ ކުރައްވާފައެވެ. އެއީ ހިނގަމުންދާ ޝަރީއަތަކަށް ނުފޫޒު ފޯރުވުމެވެ. ދިވެހި ގާނޫނީ ވަކީލު ނަޖީބުގެ މަރާގުޅިގެން ޤާނޫނީ ދާއިރާގެ ފަރާތްތަކުން އެއްވި އެއްވުމެއްގައި 4 ޖުލައި 2012 ގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެގެން ނުވާނެ އެތައް ވާހަކައެއް ވަނީ ވިދާޅުވެފައެވެ. ހިނގަމުންދާ ޝަރީއަތަކަށް އެމަނިކުފާނުގެ ބަސްފުޅުތަކުން ނުފޫޒު ފޯރުވުމުގެ ނިޔަތުގައި މިކަން ކޮށްފައިވާނަމަ އެއީ ވަރަށް ބޭއިންސާފުން ކުރައްވާފައިވާ ކަމެކެވެ. އެމަނިކުފާނުގެ ކުފޫ ހަމަނުވާކަން މި ވާހަކަ ކޮޅުންވެސް ދޭހަވެއެވެ. “މިއީ އެހެން މަރުގެ މައްސަލަތަކާ ތަފާތު މައްސަލައެއް. ތަހުގީގީ މަރުހަލާ އިން ފެށިގެން މައްސަލަ ޝަރީއަތަށް ހުށަހެޅުމާ ހަމައަށް އަދި ޝަރީއަތުގައި ވެސް މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވޭ،” ފާއިޒު ވިދާޅުވި އެވެ. “އެކަމަކު މީގެ ކުރިން ވެސް ޕީޖީން ބައެއް މައްސަލަތައް ވަރަށް އަވަހަށް ޝަރީއަތަށް ހުށަހަޅާފައިވޭ.”   ގާނޫނީ ވަކީލު މަރުގެ ޝަރީއަތް މިހާރުދަނީ ހިނގަމުންނެވެ. އެ ޝަރީއަތާއި ހަވާލާދީ އެމަނިކުފާނު ވިދާޅުވިއެވެ.

 

އިންސާނަކު މަރުވުމަށް ނުވަތަ މަރާލުމަށް މެދުވެރިވާ ސަބަބުތައް ތަފާތުވެދާނެއެވެ. ނަމަވެސް ނުހައްގުން އިންސާނެއްގެ ފުރާނަ ހިފައިފިނަމަ އެއީ ބޮޑު ނުބައިކަމެެވެ. އަދި މިފަދަ ކޮންމެ މަރަކީވެސް އެ ފަރާތެއްގެ އާއިލާއަށާއި ދަންނަ މީހުންނަށް ހިތާމަހުރި މަރެކެވެ. އާދަޔާ ޚިލާފު މަރެކެވެ. ތަފާތު މަރެކެވެ. މަރެއް އާދަޔާ ޚިލާފުވަނީ ނުވަތަ ތަފާތުވަނީ  އެއީ ގުދުރަތީ މަރަކަށް ނުވެއްޖެނަމައެވެ. ކޮންމެހެން މީހެއްގެ ލަގަބުގެ ސަބަބަކުން ނޫނެވެ. އުއްތަމަ ފަނޑިޔާރު ބައެއްމަރުތައް “ތަފާތު” މަރުކަމުގައި ހައްދަވާ އަދި އަނެއްބައި މަރުތައް އާދައިގެ މަރުތައްކަމަށް ހައްދަވައި މީޑިޔާގެ ކުރިމަތީގައި ވާހަކަދައްކަވާ ހައްދާއިރު އެކަމުން ޝަރީއަތައް ނޭދެވޭ އަސަރު ފޯރާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

 

 އަދި މި ޝަރީއަތަކީ އާދަޔާ ޚިލާފައް އަވަސްކޮށް ކުރިޔަށްދާ ޝަރީއަތަކަށް ވުމުން އެތައް ސުވާލުތަކެއް އުފެދިފައިވެވެ. ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ އެއްވެސް ހަމަހަމަ ކަމެއްނެތް ނިޒާމެކެވެ. ތަފާތު މީހުންގެ ޝަރިތައް ތަފާތު ސްޕީޑްގައި ކޯޓުތަކުން ހިންގާކަމީވެސް ދިވެހިންނަށް ކޯޓުތަކުން އިންސާފެއް ނުލިބޭނެ ކަމުގެ އަލިގަދަ ދަލީލެކެވެ. ކޯޓުތަކުން ދިގުލައްމަމުން ގެނދާ އެތަކެއް މަރުގެ މައްސަލަތައް ހުއްޓައި އުއްތަމަ ފަނޑިޔާރު އެއީ “ތަފާތު” މަރެކޭ ވިދާޅުވާ މައްސަލަ ބަލަމުން ދިއުމުން ދޭހަވަނި ކޯޓުތަކުންވެސް ދިވެހިންގެ މައްސަލަތައް ގިންތިތަކަށް ބަހާލައި އާދައިގެ މީހުންނަށް ދެރަގޮތް އަދި ފައިސާވެރި ފޯރާމީހުންނަށް މޮޅުގޮތް ހަދާކަމެވެ. މިއީ އޮޅިފައިވާ ކަމެއްނޫނެވެ.

 

ދިވެހިންނަށް ފުރިހަމަ އިންސާފު ލިބިދެވޭފަދަ ފަނޑިޔާރުގެއެއް ގާއިމުވެގެން ނޫނީ ހަމަޖެހުމެއްނެތެވެ. އަދި އަމިއްލަ އެދުމުން ދުރުވެފައިވާ އިންސާފުން ހުކުމް އިއްވޭނެ ފަޑިޔާރުންތަކެއް ތިބެގެންނޫނި ފަނޑިޔާރުގެ އިސްލާހެއް ނުވާނެއެއެވެ.  ފުރަތަމަ މިކަން ފައްޓަންޖެހޭނީ އުއްތަމަ ފަނޑިޔާރާއި ހިސާބުންނެވެ.     

0 ކިޔުންތެރިންގެ ޚިޔާލު

  1. ބަކުރު Reply

    July 9, 2012 at 9:05 pm

    މިހާރުދެން މަޑުން ތިބެވެކަށެއްނެތް ގައުމު މިއޮއް ހަލާކުވަނީ ކާމިނީ ކުއްތާތަށް މިގައުމު ކައިފަ އެވަރުން ނުވެގެން އަދިވެސް އެއުޅެނީ ވިސްނާބަލާ އަދުލުއިންސާފު އޮތްގޮތް އެއްޖީލު އެއްކޮށް ހަލާކުކޮށްފި ޑުރަގުދީގެން މުޅިތައުލީމުގެނީޒާމު ދުއްވާލީ ރައްޔިތުން އަދިރިކަމަކާ ބިރުވެރިކަމެއްގަ ގެންގުޅުނީ ބިރުން އަނގަވެސް ހުޅުވާލަން ނުކެރެޔޭ ތިރީސް އަހަރުތެރޭ ކާމިނީކުއްތާހިތުން އެޅާބަފާ ގަލޮޅު ސަހަރާގަ ވަކިތަނެއްގަ ވަޅުލާފަ އޮތީމަކަށްވަޅުގެ އަޒާބު ނުލިބޭނެދޯ އެޅާއެއީ މަލާއިކަތެއްތަ އެހެންމީހުންނަށްވުރެ އިއްޒަތުގަ ވަޅުލާފަ އޮތީ ބަކައްޓާ މައުމޫނު

  2. އަހްމަދު Reply

    July 9, 2012 at 2:24 pm

    ދިވެހިރާއްޖޭގެ މިހާރުގެ ގާނޫނުގެ ދަށުންމިނިވަން މުސްތަގިއްލު ޟަރީއަތެއް ހިންގައިފިއްޔާ މިހާރުގެއުއްތަމަ ފަނޑިޔާރު ކުއްވެރިނުވާނެ އެއްވެސް ގޮތެއްނެތް ތިއީހަމަ ބޮޑުބާޢީއެއް

  3. ނާނު Reply

    July 9, 2012 at 2:57 pm

    ތިޅާ ހަމަ ރީއްޗައް ބެދޭނެކަންޔަގީން

  4. ރމީދޫހަބީބު Reply

    July 9, 2012 at 12:24 pm

    މަވެސްކުރީގަހީކުރީތިޔަފަނޑިޔާރުގެޔަކީވަރައްއަދުލުވެރިކޮއްކަންތައްކުރާބަޔަކުއުޅޭތަނެއްކަމައްނަމަވެސްމިހިރަފެންނަކަންތައްތަކުންވަރައްބިރުވެރިރާއްޖެޔަކައްމިރާއްޖޭގެފަނޑިޔާރުންގެޖަންގަލީކަމުންމިހާރުމިވަނީދުވަހަކުވެސްފޫނުބެއްދޭވަރައްމިރާއްޖެބޮއްސުންދުއްވާލާފަ މައުމޫނެއްކިޔާހައިވާނުގެނުބާކަމާﷲއެޖައްބާރުއަވަސްގޮތަކައްހިއްޕަވާފާނދޭވެދިވެހިއުންމަތްމިވަނީއެނުބައިސައިތާނުގެޖަންގަލީގާނޫނުމިރާއްޖޭގާއޮތުމުގެސަބަބުންބަނޑައްޖެހިމައިންބަފައިންމަރާއިރުވެސްއިންސާފެއްނުލިބިފަ އަބުޅޯގާޒީއެކޭކިޔާކުއްތާވެސްއަވަސްގޮތަކައްހިއްޕަވާމިބައިގަނޑުގެނިމުންއަވަސްކުރައްވާމިރާއްޖެއަމާންކުރައްވާރައީސްނަށީދައްނަސްރުދެއްވާބާގީންނާއެކުމިޖަންވާރުތައްޖަލައްލުމުގެތައުފީގުމިންވަރުކުރައްވާށި އާމީން

  5. އަލީސާކިރު Reply

    July 9, 2012 at 12:12 pm

    ތިޔަވިދާޅުވީހަމަތެދެއް މިއީވަރައްނުރައްކާ މާމިގިލިންފެނުނުވައްތަރުގެފައިދިގުމަކުނެއް މީގެބިސްމުޅިސަރުއީނިޒާމުގަޔާމަޖިލީހުގެމާމިގިލީގޮނޑީގައަޅާގެންމީގެބިސްތަކުންކުދިމަކުނުތައްމުޅިރާއްޖެހަލާކުކުރަމުންއެބަދޭ ޕުރިންސިޕަލްވިދާޅުވަނީމިމަކުނުތަކުގެބިސްނައްތާލެވޭނީހޫނުފެނައްލާގެންކަމައް ވީމާމިހުރިހާމީހުންހޫނުފެނައްލާކެއްކުމައް މިރާއްޖޭގެރަނގަޅައްތިބިމީހުންއެބަނިކުންނަންޖެހޭ

  6. ރީނުގޭ އަލީ ސަރީފް Reply

    July 8, 2012 at 8:18 am

    މިޤައުމު ހަމަމަގަން އެޅޭނީ ހަމަމަގުން ރާއްޖޭގެ ވެރިކަމަށް އައި ބައެއް ވިއްޔާނުން. ކައްޗަށް އެޅި ބިންގާ ކެއްޗާހަމައަށް އެޅިޔަސް އެބިންގާ ހުންނާނީ ކައްޗަށް .ފަޑިޔާރުންގެ ތެރޭގައިވެސް އަދުލު އިންސާފަށް ލޯބިކުރާ މީހުން ކޮންމެވެސް ވަރަކަށް އުޅޭ. އެކަމަކު ބޮޑެތި މައްސަލައަށް ގޮތް ނިންމަން މިތިބެނީ ބާޤީން ބޭނުންވާ ފަޑިޔާރުންތަށް. މިގައުމު އަދިވެސް ހަމަމަގަށް އެޅުވޭނީ ރައީސް ނަސީދު ވެރިކަމަށް އައިސްގެންކަމާއި މެދު އެއްވެސް ރައްޔިތެއް ދެބައެއް ނުވޭ.

  7. މުހައްމަދު Reply

    July 8, 2012 at 12:33 am

    ފަނޑިޔާރުކަމުގެ އެންމެ އުއްޓަރެއް ހުރިނަމަވެސް ގައުމަށް ތެދުވެރިވީސް، ކޮންމެ ކަމެއް ނުލިބެނީ އިއްޒަތް އޮންނާނެ، ބޮޑު މުސާރައެއް ލިބޭ، ރައްޔިތުންގެ ރުހުމާއި ހަމްދަރުދީއާއި ގަދަރުލިބޭނެ، ތިމަގާމުން ކަނޑައިލައިފިނަމަ ބޭރުގައުމަކުން ކުނި ހޮވާފެންވަރު ވަޒީފާއެއް ވެސް ނުލިބޭނެ.

  8. ފަރި ކުޑޭ Reply

    July 8, 2012 at 8:39 pm

    ރޭގަނޑު ނުނިދާ ގާނދީގެ ވާހަކަ ދައްކަން އިންނަ ބެއްޔަވެސް އެ ހެރީ ފަނދިޔަރަކަސް ލާފަ! ފުރަތަމަ އިސް ކުރީ އާޒިމާ ބުނެގެންނޯ! މައުމޫނަށް ލަފާދިނިއްޔޯ! ދެން އެހެރީ ބަތް ސީދީ ހަސަނު ފޮރިންނަށް ލާފަ! މީނަ ރަގަޅުވާނީ މުސްކުޅިން ގޮވައިގެން ބުރިމަތިން ހިނގަން!! ހީހީހީ !!

  9. ޙަޤީޤަތް Reply

    July 9, 2012 at 6:33 am

    30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއްކޮށް، ކޮރަޕްޝަނުގެ ބޮޑެތި ޢަމަލުތައް ހިންގި ބަޔަކު ޑިމޮކްރަސީގެ ފޭސް މާސްކު އަޅައިގެން ރައްޔިތުން ކުރިމައްޗައް ނިކުމެ ސަރުކާރު ޖަވާބުދާރީ ކުރުވާށޭ، މިއީ އެމެރިކާ ފަދަ ތަރައްޤީ ވެފައިވާ ޑިމޮކްރަސީ ތަކުގައި ވެސް އޮންނަ ގޮތޭ ކިއުމުން ރައްޔިތުން ހީކުރީ މިމީހުން މިތިބީ ތައުބާވެ އިޞްލާޙުވެގެން ކަމަށް. އެ ބާރު ހޯދަން ބޭނުންވީ އެމީހުންގެ ކޮރަޕްޓް ޢަމަލުތައް ބެލިޔަނުދީ މުޅި ސިސްޓަމް ހިޞާރުކުރުމަށްކަމެއް ރައްޔިތުންނަކަށް ހިއެއްނުކުރެވުނު. ރައްޔިތުމީހާ ވިސްނީ ސިޔާސީ ޚުދުމުޚުތާރުމީހާ ވެސް ރައްޔިތުމީހާހާ ތެދުވެރިވެ، ޤަޥްމަށް ވަފާތެރިވާނެކަމަށް. ހިއެއްނުކުރޭ ޙަޞީލަތް ނުބައި ބައެއްކަމަކަށް. އެހެނީ މާސްއަޅައިގެން އުޅޭ ގުރޫޕަކީ ކެމެރާއަކާއި މައިކެއް ފެންނައިރަށް އާދެ ލައްބަ، ފަރުދާގެ ފުރަގަހުގައި ވަކަރުގޭގެ ކުދިންނަށްވުރެ ޙާލު ބޮޑު ބައެއް. މި ޙަޤީޤަތް ފަޅާއެރިއިރު ރައްޔިތުމީހާ އެންމެ ޅައެއްޗަކުން ސިސްޓަމް ރައްޔިތުމީހާގެ އަތުން ބީވެއްޖެ. އާދެ! މިނިވަން މުއައްޞަޞާތަކުގެ ނަމުގައި އުންމީދާއި އެކު އުފެއްދި 22 މުއައްޞަޞާ ވެސް އެވަނީ 30 އަހަރުގެ ވެރިކަމުގެ ޚުދުމުޚުތާރީން އަތުލާފަ.

  10. އިންނާމީދޫ Reply

    July 8, 2012 at 5:52 pm

    ރީނުގޭ އަލީ ޝަރީފް ބުނާވާހަކަ އަށް ތާއީދުކުރަން އެއީ އެކަން ވާގޮތް އަލީ ބުނަށް ތަ ކެތްކުރޭ އަދި ނަސީބު ރަގަޅުވާނެ

  11. ޖަމްބެ Reply

    July 7, 2012 at 11:26 pm

    Mussie Latecker، ތެއްކަންނެތީ ކަލޭގެ ބޮލުގަހެން ހީވަނީ، ލިޔުންތެރިޔާ އެބުނަނީ ފަނޑިޔާރުން ސަރީއަތް ހިންގަމުންދާ މަސްސަލައަކާއި ގުޅުވައިގެން މީޑިޔާގައި ވާހަކަ ދައްކާކަށް ނުވާނޭ. އިނގިރޭސިބަހުން އެއަށްކިޔަނީ “ކޮމްޕްޓެންޓް އޮފް ކޯޓް”. Mussie Latecker، ތިޔައުޅެނީ އެއްޗެއް ބޮއިގެން ބޮލުގެ ތަތްކަން ބޮޑުވެގެން ދޯ. މަގޭ ބޯހަލާކު.

  12. އަލި މަނިކް Reply

    July 7, 2012 at 10:59 pm

    އެންމެ ބޮޑުބާގީ މީ

  13. ނަސީމް Reply

    July 7, 2012 at 8:17 pm

    ބަޣާވާތުގެ މަތިން ރައްޔިތުން ހަނދާން ނައްތާލެވޭ ފަދަ ޑްރާމާއަކަށް ނަޖީބުގެ މަރުގެ މައްސަލަހެދޭތޯ ބާޣީން އެބަލަނީ! ކޮންމެ ކަމަކުން ފައިދާ ނަގަންއުޅޭ ނުލަފާ ރުނޑިން ތަކެއްތީ!

  14. ޖަޒުބާތު Reply

    July 7, 2012 at 5:50 pm

    ފަހުބަސްބުނަންޖެހޭ ފަރާތުން އެއޮތީ އިސްބަސްވެސް ބުނެފަ! މިއީ މިޤައުމުގެ މިއަދު ޙާލަތު! ރުނޑިން ވާނީ ހަމަ ރުނޑިންނަށް! ދެން ކޮންޝަރީޢަތެއް ކުރާކަށް! ރާބޮއިގެންހުރި މީހަކު ނޫނީ ބުއްދި ހަމަ ނުޖެހޭ މީހަކު ކޮންމެ ކަމަކަށްވެސް އެއްބަސް ވެދާނެ! އަދި އިޢުތިރާފްވެސް ވެދާނެ! ދެންވީ އެމީހަކު މަރާލަންތަ! އެއްބަސްވިޔަސް ނުވިޔަސް ކަލޭމެންނަށް ފެންނަ މީހަކަށް ތިގެންދަނީ ހިތުހުރި ހުކުމެއް ކުރަމުންކަން ދިވެހިރައްޔިތުން ޤަބޫލުކުރެޔޭ!

  15. އަބޫ Reply

    July 7, 2012 at 5:34 pm

    މިޅާމެން ބުނާނެ މީހަކުފަނޑިޔާރުންނޭ ބުނާއިރަށް ފަނޑިޔާރުންނަށް ބިރުދައްކަނީއޭ މިގައުމުގަ ވަޅިހަރާ ރޯމާދުވާލު މީހުންމަރާ އަޑުލުއިންސާފު ނެތިގެން ރައްޔިތުމީހާ ނެވާނުލެވޭ ނަޖީބުމަރާލީމަ ހީވިމީހަކުމަރުވެގެން އުޅުނުހެން ތިފަނޑިޔާރުބައިގަނޑު ތިއީ ކާމިނީ މިނިކާ މައުމޫނު ތައްޔާރުކޮއްފަތިބި ވަގުންގެބައިގަނޑެއް

  16. އަލީ ހައިދަރު Reply

    July 7, 2012 at 2:01 pm

    މީނާމީ ސީދާ ސިންގާއެއް!

  17. އެދުރުބެ Reply

    July 7, 2012 at 10:40 am

    ރާއްޖޭގެ ޖުޑިސަރީއެންމެ ވައްތަރީ ޖަންގަލީގެ އުސޫލާ..ރާްއްޖޭގައި އަދުލުވެރިކަމާއެކު ނިމޭނީ 100 ން 1 މައްސަލައެއް. ރާރްޖޭގެ 99% ފަޑިޔާރުންނަކީ ކޮރަޕްޓް ވެފަތިބި އަދި މަދު މަހުޖަނުން ކޮޅަކަށް ވިކިފަ ތިބި ބައެއް..މިކަހަލަ ހިޔާނާންތެރި ފަޑިޔާރުން މަގުމަތިން ހަތަރެސްފައި ބުރިކޮޢްގެންނަމަވެސް މަދުކުރަން މިހާރު ލަސްވެއްޖެ…އެމީހުން ކޮންމެ ގޮތަކަށް ހުކުމް ކުރިޔަސް އެވާހަކަ އެއްދެއްކުމަކީވެސް ކުފުރުވުންކަހަލަ ބޮޑުކަމަކަށް ހަދާފަ މީމީހުން މިހުންނަނީ….ރާއްޖޭގަ މިހާރު މިއޮންނަ އަދުލުގެ ނިޒާމަށްވުރެ ރަގަޅު މާބޮޑަށްވެސް ޖަންގަލީގެ އުސޫލު…

  18. އަބޫ Reply

    July 7, 2012 at 9:35 am

    ތިއީ އަބްދުއްލާ ގާޒީގޭންގުގެ ރުނޑިއެއް ހަމައެކައްޗެއް ހަމަ އެއް ދިޔައެއް ނުކުންނާނީ

  19. ހަނދު ހެންވޭރުަީ Reply

    July 7, 2012 at 11:17 am

    7 ފެބްރުއަރީ 2012 މިދުވަހު މިރާއްޖޭގައި ހިނގާދިޔަ ބަގާވާތާ ގުޅިގެން ތިޔަބުނާ އުއްތަމަ ފަނޑިޔާރު ހުރީ އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭނުންނެވެ. އަޅުގަނޑުހީކުރީ ގާނޫނު އަސާސީގައި ބަޔާންކޮށްފަ އޮންނަ ހަނުހުރުމުގެ ހައްގު ލިބިގަތީ ކަމަށެވެ. ޕާކިސްތާނުގެ ސަހަރާއިން މުއްލާ ޑިގްރީ އެއް ހޯދާ މީހުންނަށް ގައުމުތަކުގެ އެންމެ ފަހުބަސްބުނާ މީހެއްގެ މަގާމު ދިނީމާ ގައުމަކުން ފެންނާނެ އެންމެ ހިތާމަވެރި މަންޒަރުތައް މި ގައުމުންވެސް ފެންނަމުން އެދަނީ އެވެ. މި ފާއިޒު އަތުގަވެސް އޮންނަނީ ޕާކިސްތާނުގެ ކޮންމެވެސް ތާކުން ކޮންމެވެސް ގޮތަކަށް ހޯދާފަ އޮތް ޑިގްރީ އެއް ކަމަށް ވެއެވެ. 7 ފެބްރުއަރީ 2012 މި ދުވަހު ދައުލަތުގެ އެންމެ މަތީ ވެރިޔާ މީނާއާ މަޝްވަރާ ކުރުމަށް އެމަނިކުފާނު ހުރިތަނަށް ވަޑައިގެން ދެއްވުމަށް އެދުނީމާ މަޝްރަހު ހުރިގޮތުން ނުގޮސް ހުރުމަށްފަހު ހަމަ އެގޮތަށް މިގައުމުގެ މަޝްރަހު އޮއްވާ ކަމުގެ ހަގީގަތް ނުބަލާ މީނާގެ އޮފީހުން ބަޔާނެއް ނުނެރެ އެހެން މީހަކަށް ދައުލަތުގެެ ވެރިކަމުގެ ހުވާލައިދިނީމާ މީނާގެ ފެންވަރު ރައްޔިތުންނަށް ވަރަށްބޮޑަށް ސާފުވެގެން ހިގައްޖެކަމަށް ހަނދު ދެކެމެވެ. އިންކުއަރީ ކޮމިޝަނަށް މި ފަނޑިޔާރު ވެސް ހާޒިރުކޮށް މިގޮތަށް ސުވާލު ކުރަންޖެހޭ ކަމަށް ދެކެން. ރައީސް ނަޝީދު ވަރަށް އިތުބާރުކޮށްފަ މީނާ އެމަގާމަށް އިސްކުރީމަ މި ފެނުނީ ބޮލުގަ ކޮޅުފައިން ޖެހިކަހަލަ މަންޒަރެއް . އެމީހަކީ އިންސާފުވެރި މީހެއް ކަމަށް ނުވާނަމަ އުއްތަމަފަނޑިޔާރަކަސް ރައްޔިތުން އެމީހަކާ ދެކޮޅަށް ނުކުންނަން ޖެހޭނެ. އެހެންނޫނީ ރައްޔިތުންނަށް އިންސާފެއް ނުލިބޭނެ.

  20. ލަތީފު Reply

    July 7, 2012 at 3:50 am

    ތީވެސް ބޮޑު ކޮހެއް ތިކަލޭގެވެސް ބާގީންނާ ގުޅިގެންނޭ އުޅެނީ ވާނީއެހެންނެނޫން މިރާއްޖޭގެއޮތް ގާނޫނީސަރުކާރު ބާގީންގެ އަތދަށުލީމަވެސް އެކަލޭގެ ހަމައެހެރީނުން އެއްވެސްއެއްޗެކޭނުކިޔާ ބައިވެރިއެއްވީމަނޫން އެހެންހުންނާނީ..

  21. އެދުރު Reply

    July 7, 2012 at 4:55 am

    މިވަަހަކަ އަށް ވ ތާއީދު…މިގައުމުގެ އަދުލުަިންސާފުގެ ދާއިރާގއި އޮތީ ޖަންގަލީގެ އުސޫލުކަން ދިވެހިންނަކަށް އޮޅިފައެއްނެތް..100 ން 1 މައްސަލައެއްނޫނީ އިންސާފުވެރިކަމާއެކުނިމިފައި ނޯންނާނެ.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>