މަރަށް މަރު ހިފުމުގެ ކުރިން ފަނޑިޔާރުންގެ ބޮލުގައި އެޅިފައި އޮތް ޖަންގިޔާ ނަގަން ޖެހޭ!

03 ޖުލައި 2012 21:25 | 0 ކޮމެންޓް

-އިބްރާހިމް އަލީ-

މިހާރު އެންމެ ބާރުލާފައި ދެއްކޭ އެއް ވާހަކަ އަކީ މަރަށް މަރު ހިފުމުގެ ވާހަކައެވެ. އެއް ބަޔަކު އެކަމާއި ވަރަށް ތާއީދު ކުރެއެވެ. އެއްބަޔަކު އެކަމާއި އެއްގޮތަކަށް ވެސް ތާއީދެއް ނުކުރެއެވެ. އެއް ބަޔަކު ބުނަމުން ދަނީ މަރަށް މަރު ހިފަން ދެކޮޅު ނަހަދާ ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގެ ކޯޓް ތަކުގެ ހާލަތު ހުރިގޮތުން ކުށެއް ނެތް އެތައް ބަޔަކު މަރާލުމުގެ ބިރު އޮތީތީވެ ކޯޓުތައް މިނިވަންވުމުގެ ކުރިން މަރަށް މަރު ހިފުމަކީ ބިރުވެރި ކަމެއް ކަމަށެވެ.

ކޯޓުތައް މިނިވަން ނުކޮށް މަރަށް މަރު ހިފުމާމެދު ކަންބޮޑުވާ ފަރާތްތަކުގެ ވާހަކަ ތަކުގައި ގިނަ ބަޔަކަށް އެނގިފައި ނުވާ  އަދި އަޑުއިވުނު ނަމަވެސް އެއީ ތެދު ކަމަށް ޤަބޫލު ކުރަން ދަތި ހަޤީޤަތް ތަކެއް ވެއެވެ. މި ދެންނެވި ހަޤީޤަތް ސީދާ ގުޅިފައިވަނީ ރާއްޖޭގެ ކޯޓުތަކުގައި ތިބި ފަނޑިޔާރުން މިނިވަން ކަމާއެވެ. އެމީހުން ކުރާ ހުކުމް ތަކުގެ އިންސާފު ވެރިކަމާއެވެ.

އެ ހަޤީޤަތަކީ ތޯއެވެ! މ. އަތޮޅު ދިއްޤަރު ކިޔާ ރަށެއް ދަންނަންތޯއެވެ. އެރަށު ރައްޔިތުން ރައްޔިތުންގެ މަޖްލީހަށް ހޮވާފައި ހުރި އަދި ރައްޔިތުންގެ މަޖްލީހުގެ ނައިބް ރައީސްގެ މަޤާމުގައި ހުރި މަޝްހޫރު ނިޔަދުރު އަހްމަދު ނާޒީމް (ޖަންގިޔާ ނާޒިމް) ގެ ވާހަކަ ގިނަ ބޭފުޅުން އަޑުއައްސަވާނެއެވެ. ނަމަވެސް، އޭނާއަކީ ކިހާވަރެއްގެ މީހެއްކަން ހިޔާލަށްވެސް ގެނެވޭނީ މަދު ބަޔަކަށެވެ.

މިއަދު އެންޑިއޯ އަށް ލިބުނު މަޢުލޫމާތު ތަކަށް ބަލާއިރު ނާޒިމްގެ ނުފޫޒު ޝަރުއީ ދާއިރާގައި އޮތް ވަރު ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ. ސްޕައި ކެމެރާ ތައް ބޭނުން ކޮށްގެން އަދި އެފަދަ އެހެން ގޮތްގޮތަށް އޭނާ ދަނީ ފަނޑިޔާރުން ގެ އިތުރުންވެސް ގިނަ ބަޔަކު ބްލެކް މެއިލް ކުރަމުންނެވެ. ބްލެކް މެއިކް ކުރުމަށް ނާޒިމް ގެންގުޅޭ ވީޑިއޯ ފޫޓޭޖު ތަކަކީ ފައިސާގެ ދަހިވެތިކަމުގައި ރިޝްވަތު ނެގުމުގެ ތެރޭގައި ނުވަތަ ކޮންމެވެސް އެފަދަ ކަމެއް ކުރުމުގެ ތެރޭގައި ސްޕައި ކެމެރާތަކުން ނަގާފައިވާ ވީޑިއޯ ތަކެވެ.

ދެން އުފެދޭ ސުވާލަކީ ރާއްޖޭގެ ކޯޓު ތަކުގެ ފަނޑިޔާރުންގެ ބޮލުގައި އެޅިފައި އޮތް ޖަންގިޔާ ނުބޭލެނީސް އިންސާފުވެރި ހުކުމެއް ކުރެވިދާނެ ބާވައެވެ؟

0 ކިޔުންތެރިންގެ ޚިޔާލު

  1. ސައީދު Reply

    July 8, 2012 at 8:59 pm

    އަހަރެމެންގެ ފައިސާ ނުހައްގުންކާ ފަދިޔާރުންނަށް ! ނުބައި ބައޔެއް ޖައްސަވާ ! އެ ވެރިންގެ ޢުމުރު ދިގުކުރައްވާ އާއިލާ ބަރުބާދު ކުރައްވާ!! މޮޔަ ބަޔަކު ކަމުގައި ލައްވަދޭވޭ!! މި ވެރިންނަށް މުސާރަ ދީފަ ރައްޔިތުންނަށް ލިބޭ ސިއްހީރައްކައުތެރި ކަމެއްނެތް!

  2. ރެކިބެއްޔާގެ ކަލޯ Reply

    July 8, 2012 at 6:09 pm

    ބުނަށްތަ ރައްޔިތުންގެ މަޖްލިސްގެ ނާއިބް ރައީސް ނާޒިމްގެ އަބުރަށް ހުތުރުވާވަހަކަ ދައްކާފަރާތްތަށް މަޖްލިސްގެ ތަޅުމަށް އެމައްސަލަ ގެނެސް އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކޮންމެ ހެން އެކަހަލަ ހަޑި މުޑުދާރު އަންނައުނުގެ ބާވަތުން ނޫނަސް ބުނެވިދާނެ ނޫންތޯ. 30 އަހަރު މައުމޫން ގެ އެއްވެސް މައްސަލައެއް ނެތްކަމަށް މަޢުމޫންވެސް އެބުނަނީ ކޯޓުންވެސް ބުނޭ ދޯ

  3. ގޮޅާބެގެ ގަތްމީހެއް Reply

    July 7, 2012 at 9:33 am

    މަރަށް މަރުހިފަން ވެއްޖެނަމަ މިގައުމުން އެންމެ ފުރަތަމަ މައުމޫން އަބްދުލް ގައްޔޫމާއި އޭނާގެ ފަހުލަވާނުން މަރާން ހުކުމް ކުރަން ޖެހޭނެ . ވީމާ، އެކަން ނުކުރާނެ އަޑަށް ބާރުލާފައި ބުނަނީ ދުވަސްކޮޅަކަށް ދެން ދައްކާނީ މުޅިން އެހެން ވާހަކަ އެއް މިޤައުމު މިހާ ހިސާބަށް ދިޔައީ މައުމޫނުގެ ސަބަބުން މިކަމުގެ ޒިންމާ މައުމޫން ގެ ބޮލުގައި އަޅުވާފަ އޮތީ އެކަމަކު އެކަމެއް ތަންފީޒްކުރުމަށް ކޯޓްރަށް ނުކުޅެދިފައި އޮތީ މަގޭވެސް ވަރަށް ތާއީދު ވަރަށް މަރު ހިފަން އެކަން މައުމޫން ދުނިޔެ ހުއްޓާ ރާއްޖޭގެ ކޯޓްތަކުން ކުރެވޭނެ ހެން ހީނުވޭ

  4. ހަބީބު ރ މީދޫ Reply

    July 4, 2012 at 11:25 am

    ތިޔަފަނޑިޔާރުންގެލަދީނީކަން ތިހިރީފެންނަން ފީހާލީގަނިދާކުކުޅު ހެނދުނުނިކުމެފަ ދެފިޔަކުކުޑަކޮއްހިއްލާލާފަމުދިބޭރައްދަމާލާފަރޭގަރަގުއިމުންޖެއްހެންއަނގަހަދާގެން މަކުނުތައްރައްޔިތުންގެ އަނެކައްޗެކޭކިޔާފަފައިސާޔައްދުނިޔެއާއާހިރަތްވިއްކާލަނީ އިންސާފުންހުކުމްކުރާފަނޑިޔާރަކު މިހާރަކުނޫޅޭފަހުޒަމާނައްއައިވަރަކައްމިބައިގަނޑުގެލާދީނީކަމާވަހުސީކަންގަދަ ބެންކޮކައްގޮސްކަސްބީންނާއެކުޑާންސްކޮއް ރާބޮއެގެންގަޔައްރެވިމިމީހުންގެއަނބިން މިމީހުންފަހަތުންފާރަލުމައްގޮވާލަން ބުރިކަޅުވަހީދައް އޭގެވަތުކިބަފާރަލާގޮތައް

  5. ައައި ނަޟީދު ކުއްޓި Reply

    July 4, 2012 at 6:06 pm

    މާމަ ނަމުގައި ކޮމެންޓް ކުރައްވާފައިވާ ފަރާތަށް:
    ތިޔަ ވިދާޅުވާ “ޓިކެޓް” އެންމެ ގިނައިން ބައްލަވާވަޑައިގެންވަނީ ހަމަޔަގީނުންވެސް އެމް.ޑީ.ޕީ ގެ ބައެއް އިސްވެރިންނާއި ތިފަދަ ބައެއްފަރާތްތައްކަން ޔަގީން. :ޕ

  6. ހާޝިމް Reply

    July 4, 2012 at 6:15 pm

    މަރަށް މަރު ހިފުން މިއީ މިރާއްޖޭގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ، މަރަށް މަރު ހިފުމާއި، އަތްކެޑުން އަދި ރަޖަމުކުރުން ފަދަ ކަންކަމަކީ އިއްޔެއަކު މިއަދަކު ކުރަން ޖެހިފަވާ ކަންކަމެއް ނޫނެވެ، މިރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމުކުރުން އެއީ މިރާއްޖެއަށް އިސްލާމްދީން އައުމާއިއެކުގައި ކުރަން ވާޖިބުވެފައިވާ ކަމެކެވެ، މިރާއްޖޭގައި ވައްކަމާއި ފޭރުމާއި މާރާމާރީ އާންމުވެފައި މިވަނީ އަހަރެމެންގެ ވެރިންނަށް ކުރިންނާއި އަދި މިހާރު ތިބި ފަރާތްތަކުން އިސްލާމީ ޝަރީއަތް މިރާއްޖޭގައި ގާއިމުކުރުމަށް ފަސްޖެހުނީތީކަމަށް އަޅުގަޑު ދެކެމެވެ، އަހަރެމެންގެ ވެރިންނަށް ތިބި ފަރާތްތަކުން މިރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރަން ޖެހިލުންވާ ސަބަބަކީ ފުރަތަމައިނުން އެވެރިންގެ އަތްކަޑާ އެމީހުންގެ ދަރިންގެ ބޮލަށް ބަޑިޖަހަން ޖެހޭނެތީވެސް ތޯއްޗެކެވެ، ހަމަ ގައިމުވެސް އަޅުގަޑަށް އެގި ކަށަވަރުވާކަމީ އަހަރެމެން އިސްލާމްދީން ގަބޫލުކުރާހާހިދަކު މިރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒް ކުރެވެން ޖެހޭނެ ކަމެވެ، މީކީ އޮޕްޝަނަލް ކަމެއް ނޫނެވެ، އެއީ މަސްޓެކެވެ….

  7. މާމަ Reply

    July 4, 2012 at 7:51 am

    ރާއްޖޭގެ ވަރަށް ގިނަ ފަޑިޔާރުންނަކީ ނަރަކައިގެ އެންމެ އަޑިން ޖާގަ ގަނެފަވާބައެއް. އެމީހުން ތައުބާވާން ބޭނުން ނަމަ އެ ޖަންގިޔާދެކެ ބިރުނުގަނެ އިންސާފަށް ނިޔާކަނޑައިޅަންވީ. ޖަންގިޔާގެ ބިރަށްވުރެ ނަރަކައިގެބިރު މާބޮޑު.

  8. ސިންގާމް Reply

    July 4, 2012 at 5:12 am

    މޮނާޒް ތިބުނަނީ ހަމަރަގަޅަށް ސިޔާސީ މީހުން އެމީްހުންގެ ހަތިޔާރުތަކުގެ ހިމާޔަތުގައި ނުނިކުމެއްޖެނަމަ އެހަތިޔާރުތަކުން އެމީހުން ޒަހަމްވާނެ

  9. އަލީ ރަޝީދު Reply

    July 3, 2012 at 8:21 pm

    އެބައިގަޑަކަށް މަރުގެހުކުމް ތަންފީޒުކުރާކަށް ހިލާވެސް ނުކެރޭނެ. މަޖުލިހުން ފާސްކުރިޔަސް އެކަމެއް ތަންފީޒެއްވެސް ނުކުރާނެ. ސަބަބު ވަރަށް ސާފު، މައުމޫނު ބޮލުގައި އެޅިފައިވާ މަރުގެ މައްސަލަ އޮތުން. ކޮންމެފަދަ ޤުރުބާނެއް ވެގެންނަމަވެސް އެކަމެއް ނުކުރާނެ.

  10. މޮނާޖް Reply

    July 3, 2012 at 6:34 pm

    މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒު ކުރާނަމަ އެންމެ ފުރަތަމަ ރާއްޖޭގެ ކޯޓުތަކުގައި ތިބި ފަޑިޔާރުންނަކީ އިންސާފުވެރިކަމާއެކު ވަކިކޮޅަކަށްނުޖެހި ހުކުމްތައް ކުރާ ބަޔަކަށް ވާންޖެހޭނެ، ޖަގިޔާ ނާޒިމް މެންކަހަލަ އަމިއްލަ އެދުމުން ފުރިފައިވާބަޔަކަށް ވިކިހުސްވެފާ ރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ ވެފާވާއިރު “މަރަށް މަރު” ހިފުން ވެގެންދާނީ ދިވެހިރާއްޖޭގެ ކުށެއްނެތް އެތަކެއް ރައްޔިތުންނަށް ހުރި ބޮޑު ނުރައްކަލަކަޝެވެ. ސިޔާސީގޮތުން ބަލާއިރު ރާއްޖޭގައި މިހާރު އޮތީ ބާޣީ ސަރުކާރަކަށް ވެފައި ރާއްޖޭގައި ތިބި ފުންނާބު އުސް ވަރަށްގިނަ ސިޔާސީ ލީޑަރުންނަށްވެސް ހުރި ބޮޑު ނުރައްކަލަކަށް ނޫނީތިކަމެއް ވެގެނެއް ނުދާނެކަން ޔަގީނެވެ.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>