ގިނަ ފަނޑިޔާރުން ތަކެއްގެ އެކި ކަހަލަ ވީޑިއޯ ރައްޔިތުންގެ މަޖްލީހުގެ ނައިބް ރައީސް ނިޔަދުރު ނާޒިމްގެ އަތުގައި!

03 ޖުލައި 2012 21:22 | 18 ކޮމެންޓް

ފަނޑިޔާރުން ބްލެކް މެއިކް ކުރަމުންދަނީ މި ވީޑިއޯތަކުގެ އެހީގައި!

ނާޒިމާއި ގާތް އެތައް ބައެއްގެ ވީޑިއޯ ފޫޓޭޖްތައް ރައްކާކޮށް ފައިވާއިރު އެކަން ގިނަ ބަޔަކަށް މިއަދާ ހަމައަށްވެސް ނޭނގެ!

-ފިރުޝާން ޔޫސުފް-

ރާއްޖޭގެ ކޯޓުތަކުގެ އެކަށީގެންވާ އަދަދެއްގެ ފަނޑިޔާރުންގެ އެކި ކަހަލަ ވީޑިއޯތަކެއް އެއްކޮށް އެތަކެތީގެ ބޭނުން ކޮށްގެން ފަނޑިޔާރުން ބްލެކްމެއިލް ކުރަމުންދާ ކަން އެންޑީއޯއަށް ކަށަވަރު ވެއްޖެއެވެ.

ފަނޑިޔާރުންގެ އިތުރުން ނާޒިމް ދަނީ ނުފޫޒު ގަދަ އެހެން ބައެއް ފަރާތްތައްވެސް ބްލެކް މެއިލް ކުރަމުންނެވެ. ފަނޑިޔާރުންނަށް ބިރު ދައްކައި ބްލެކް މެއިލް ކުރަން ފަށާއިފަނީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި ކަން އެނގެއެވެ. އަދި އެކަން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އިތުރު ވެފައިވާ ކަންވެސް އެނގެއެވެ.

ފަނޑިޔާރުން ބްލެކް މެއިލް ކުރުމުގައި މައިގަނޑު ގޮތެއްގައި ނާޒިމް ގެންގުޅެފައިވަނީ ސްޕައި ކެމެރާތަކުން ނަގާފައިވާ ވީޑިއޯ ތަކެވެ. އެ ވީޑިއޯތަކުގައި އެކި މީހުން އެކި ކަހަލަ ކަންކަމުގައި އުޅޭ ތަން ރެކޯޑް ކުރެވިފައިވެއެވެ. ސްޕައި ކެމެރާތަކުން ނަގާފައިވާ ފަނޑިޔާރުންގެ ވީޑިއޯ ފޫޓޭޖް ތަކުގައި ބައެއް ފަނޑިޔާރުންނާއި ނާޒިމް އެކި ކަންކަމުގައި ޑީލް ހެދުމަށް ނާޒިމް ގެ ގޭގައި އަދި އޭނާ ހިފާފައިވާ އެޕާޓްމަންޓް ތަކުގަޔާއި ރާއްޖެއިން ބޭރުގެ ހޮޓާތަކުގައި  ސިއްރުން ބާއްވާފައި ވާ ބައްދަލުވުންތަކުގެ ވީޑިއޯ ހިމެނެއެވެ. އޭގެ ތެރޭގައި ޕީއޭ އޮފީސް ހުންނަ އިމާރާތުގެ 5 ވަނަ ބުރީގައި ނާޒިމް ހިފާފައި ހުންނަ އެޕާޓްމަންޓްގައި އެކި ފަނޑިޔާރުން ރިޝްވަތު ހިފުމުގެ ތެރޭގައި އުޅެފައިވާ މަންޒަރާއި އަދި ކޯޓުގައިވާ މައްސަލަ ތަކާމެދު ހުކުމް ކުރާނެ ގޮތަކާމެދު ކޮށްފައިވާ މަޝްވަރާތަކުގެ މަންޒަރުތައް ހިމެނޭ ވީޑިއޯތައް ފާހަގަ ކޮށްލެވެއެވެ.

އެންޑީއޯ އަށް އެނގިފައިވާ ގޮތުގައި ސްޕައި ކެމެރާތައް ނާޒިމް ހަރު ކޮށްފައި ހުންނަނީ ޝައްކުވެގެން ހޯދި ކަމުގައި ވިޔަސް ފަސޭހައިން ނުފެންނަ ގޮތް ގޮތަށެވެ. އާއްމުކޮށް ނާޒިމް ކެމެރާ ހަރުކުރާ ތަންތަނުގެ ތެރޭގައި އެއަރ ކޮންޑިޝަނުގެ ޑިސްޕްލޭ ޕެނަލް (ލެޑެ ބޮކި ހުންނަ ތަން) ގެ އެތެރެ ހިމެނެއެވެ.

ނާޒިމްގެ ފަރާތުން ފާހަނގަ ކޮށްލެވޭ އަދި ހައިރާން ކުރުވާ އަނެއް ކަމަކީ އޭނާއައި ގުޅުން ބޮޑު މީހުންނާ މެދު ކަންތައް ކޮށްފައިވާ ގޮތެވެ. އޭގެ ތެރެއިން ބައެއް މީހުން (ފަނޑިޔާރުންވެސް ހިމެނޭ) ހިލޭ އަންހެނުންނާއެކު ގުޅުން ހިންގަނިކޮށް ސްޕައި ކެމެރާތަކުން ނަގާފައިވާ ފޫޓޭޖްތައް ވެސް ނާޒިމް ރައްކާކޮށްފައި އެބަ ހުއްޓެވެ. މީގެ ތެރެއިން ބައެއް ވީޑިއޯ ތަކަކީ ހުދު ނާޒިމާއެކު ބެންކޮކް ފަދަ ޤައުމުތަކަށް ގޮސް އެ ފަރާތްތަކަށް ނޭގޭ ގޮތަށް ހޮޓަލުގެ ރޫމް ތެރޭގައި ކެމެރާ ހަރުކޮށްގެން ނަގާފައި ހުރި ފޫޓޭޖް ތަކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި  މިގޮތަށް މިކަން ކުރާކަމެއް އަދި އެ ވީޑިއޯތައް ފޮރުވައިގެން ނާޒިމް ގެންގުޅެ ކަމެއް މިއަދާ ހަމައަށްވެސް މީގެ ތެރެއިން ގިނަބަޔަކަށް ނޭގެއެވެ. އެފަދަ ކަމެއް ނާޒިމްގެ ފަރާތުން އެނގެނީ ނާޒިމް ބޭނުންވާ ކަމެއް ހާސިލު ކުރުމުގެ ވަގުތު ޖެހުމުން އެމީހަކު ބްލެކް މެއިލް ކުރުމަށެވެ.

ނާޒިމާއި ގާތް ފަރާތަކުން ބުނެފައިވަނީ ނާޒިމަކީ އެއްވެސް މީހަކަށް ފުރިހަމަ އަށް އިތުބާރު ކުރާ މީހެއް ނޫން ކަމަށެވެ. އަދި އެފަރާތުން ބުނެފައިވާ ގޮތުގައި ސްޕައި ކެމެރާގެ އައު ސްޓޮކެއް ވަރަށް ފަހުން ލަންޑަނުން ނާޒިމް ގަނުވާފައި ވެއެވެ.  

——————

މަތީގައިވާ މައުލޫމާތަކީ އެ މައުލޫމާތުގެ ސައްހަ ކަމާމެދު އެންޑިއޯއިން ޔަގީންކަން އަރުވާ މަޢުލޫމާތު ތަކެކެވެ. ނާޒިމާއި ގާތް ގުޅުމެއް މިހާރުވެސް ބާއްވަމުން އަންނަ 2 ފަރާތަކުން ވަކިން ވަކިން އެންޑީއޯ އާއި ހިއްސާކޮށްފައިވާ މަޢުލޫމާތު ތަކާއި، ސްޕައި ކެމެރާތަކެއް ބެންކޮކުން ގަތުމަށް ނާޒިމް ހަވާލު ކުރި ފަރާތަކުން ދީފައިވާ މަޢުލޫމާތު، އަދި ރައީސް ނަޝީދު ވެރިކަމުގައި ޑރ. އަހްމަދު ޝަހީދު ފޮރިން މިނިސްޓަރަށް ހުންނެވިއިރު ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފަކު ބްލެކް މެއިލްކޮށް، އެ މުވައްޒަފު ލައްވާ ޑރ. ޝަހީދު ބޭނުން ކުރައްވާ ކޮމްޕިއުޓަރުގައި ސްޕައި ކުރާ އާލާތެއް ހަރުކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން މަޖުބޫރު ކުރުވައި ހިންގި ކަންތައްތަކުގެ ތެރެއިން އެ މުވައްޒަފު ހިއްސާ ކޮށްފައިވާ މަޢުލޫމާތާއި، ހައިކޯޓުގެ ފަނޑިޔާރަކު ދީފައިވާ މައުލޫމާތު ތަކާއި އަދިވެސް ބައެއް ފަރާތްތަކުން ހިއްސާ ކޮށްފައިވާ ގިނަ މަޢުލޫމާތު ތަކެއްގެ އަލީގައި ނާޒިމް އާއި ނާޒިމްގެ އަދާޔާ ހިލާފު ދިރިއުޅުމާ ބެހޭ ގިނަ ކަންތައް އެންޑީއޯ އަށް ވަނީ އެނގިފައެވެ.

 އޭގެ ތެރޭގައި ބްލެކް މެއިލް ކުރުމުގެ މައްސަލަ ތަކަކާއި، ދައުލަތުގެ ފައިސާއަށް ހިޔާނާތް ތެރި ވުމުގެ މައްސަލަތަކާއި، ފަންޑިތައާއި ސިހުރު ހެދުމުގެ ގިނަ ކަންތައްތަކާއި އަދި ނާޒިމް ކޮށްފައިވާ ރޭޕް ތަކެއްގެ މަޢުލޫމާތާއި އަދި އޭނާ ފައިސާދީގެން ހިންގާފައިވާ ބައެއް ބޮޑެތި މާރާމާރީގެ މައްސަލަތައް ހިމެނެއެވެ. ކުރިއަށް އޮތް ދުވަސް ތަކުގައި އެވާހަކަތަކުގެ ތަފްސީލު ގެނެސްދެވޭނެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމަކީ ޤައުމުގެ ސަލާމަތަށް ހުރި ބޮޑު ނުރައްކަލަކަށް ވެފައިވާއިރު އޭނާއާއި  ބެހޭ ގޮތުން މިފަދަ އެއްވެސް މަޢުލޫމާތެއް ތިޔާގެ ތެރެއިން ބޭފުޅަކަށް އެނގިވަޑައިގަންނަވާނަމަ info@newdhivehiobserver.com  އަށް ލަސް ނުކުރައްވައި ފޮނުއްވައި ދެއްވުމަކީ އެންޑީއޯގެ ވަރަށް ބޮޑު އެދުމެކެވެ. 

18 ކިޔުންތެރިންގެ ޚިޔާލު

  1. ޅަފުރާ Reply

    July 13, 2012 at 9:26 pm

    ޒައީ ބުނީނާޒިމުވަރެއްނެތޭ…. ހަބޭސް….ހަމަހަބޭސް….ރެއެއްދުވާލެއްނުބަލަން…އަހަރެން އޮންނަނީ ފާސްޓްފާސްޓްގޮވާލަގޮވާލަ… ނާޒިމުގެމަތިން ހަދާނެއްނުނެތޭނެ….. ނާޒިމުގެވީޑިއޯއަހަރެންގެއަތުގައި ހުންނާނެ… އެކަމަކުއެދޯނީގެކުބުވަރަށްވަރުގަދަ….

  2. ދޯރާބެ Reply

    July 9, 2012 at 5:16 pm

    ސާބަހޭ ޖަގިޔާ ބެ

  3. ދޯރާބެ Reply

    July 9, 2012 at 5:15 pm

    ސާބަހޭ ޖަގިޔާ ބެ

  4. އޭސީސީސޯ Reply

    July 8, 2012 at 9:07 pm

    ކަލޯ ދެން ޖަގިޔާ ބާލަގެން އުޅެންވީނު! އޭރުން މީހުން ޖަގިޔާ ޖަގިޔާ ނުކިޔާނެ! ހީ ޙީ ޙީީ…..

  5. މަރިޔަމްމަނިކެ Reply

    July 8, 2012 at 6:12 pm

    އެއްވެސް މީހަކަށް އެއްވެސް މީހެއްގެ އައިބުގެ ވާހަކަ ނުދެއްކޭނެ ދައްކަން ޖެހޭނީ ކުރިކަމެއް ނާޒިމްއަށްތަ ކިޔަނީ އެނަމުން މަށެއް ނުދެނަ ހުރިން ތިކަމެއް މީގެ ކުރިން ދިއްގަރު މީހުން އަދި ކިޔަނީ މުޅިން އެހެން ނަމެއް . އެހެންވިއްޔާ ހާދަ ބާވަރު ނަން އޮތީތާ

  6. ފަހީމާ އަބްދުﷲ Reply

    July 8, 2012 at 6:14 pm

    ތިނޫން ނަމެއް ނާޒިމަށް ކިޔަން ނޭގުނީތަ. ތިނަން ބަދަލުކުރަން ފެނޭ އޭނާއަކީ ބޮޑު އަތޮޅެއްގެ މެމްބަރެއް ވިއެްޔާ ޓި ތަން ފުކެއް ބޮޑުވަރެއް

  7. ރެޑްހޭންޑް Reply

    July 4, 2012 at 6:18 pm

    މިކަހަލަ އާލަތުން މަޖްލީހައްހޮވީތީ ހިތާމަކުރަން. މީނަފިރިހެންކުޅިވެސްކުޅޭ ވީޑިއޯވެސް ނުކުންނާނެކަންނޭގެ. ބްލެކްމޭލްކުރާމީހުންމަރަންވީ. މީމީހުންމެރުމާގާތްކުރާކަމެއް..މީނަގެމަސްސްލަް އަހުރެމެންގެވެރިކަމެއްގަބަލާނަން. އަދި އަދަބުވެސްދޭނަން..ރަށްޔިތުންނޭވިސްނާ ހޭއަރާ. ޖަންގިޔާބާލަމާހިގާ

  8. ަަަައައިންތު Reply

    July 4, 2012 at 6:45 pm

    ކުނި ޖަންގިއާގަޑު

  9. ގޫގަލް Reply

    July 4, 2012 at 7:54 am

    ތީ ހަމަ ތެދެއް. އަބުލޯ ޤާޘީ އަށް ވެސް ހަދައިގެން އުޅެނީ ހަމަ ތިކަހަލަ އެއްޗެއް. ބޭންކޮކަށް ގެންގޮސް ރޫމެއްގެ ފުރާ ރަށިޔާ އަންހެން ކުދިން ވައްދާފާ ނެގި ވީޑިއޯ ސިޔާސީ ބައެއް މީސް މީހުން އަތުގައި އެބަހުރި.

  10. nazim ge bai Reply

    July 4, 2012 at 6:42 am

    nazimah halaaku huri

  11. ހަބީބު ރ މީދޫ Reply

    July 4, 2012 at 5:42 am

    އެހެންވެއެކަމާބިރުންފަނޑިޔާރުންނައްމީނާޔާދެކޮޅައްކަމެއްކުރަންނުކެރެނީއެހެންނަމަ އެހުރިހާހިޔާނާތުގެމައްސަލަތައްބެލީހޭނޫން ގުއިހޭކިފަހުރި ޖަނގިޔަލުގެވަސްފަނޑިޔާރުންނައްއަބަދުގެއަބަދައްޖަލުގެގޮޅިތަކުންދުވާފާނެތީމިރާއްޖެހަލާކުކުރާބަޔަކީތިފަނޑިޔާރުންނޭކިޔާބައިގަނޑު ރައްޔިތުންގެފައިސާއިން މުލިދުނިޔެކުޑަކޮއް ވަހުސީކަންތައްކުރުމާމިމީހުންބޭނުންވާމީހުންގެފުރާނަދުއްވާލުމާމިރާއްޖެޔައްއެތެރެކުރާހުރިހާޑުރަގުލީޑަރުންނަކީވެސްޔާމީނުއާއާޒިމާޔާތިބުނަފަނޑިޔާރުން މަރައްމަރޭކިޔާނެ އެކަމުމިމީހުންގެޖީބުތަކައްމިކަމުންލިބޭފައިސާމަދުވާނެތީމިކަމެއްމިރާޖެޔަކުނުވާނެކަންއަބަޑުވެސްރައްޔިތުންހަނދާންކުރާތި އެހުރިހާނެރުބައްތިޔަކާދިދަތައްނާޖާއިޒްފައިދާލިބޭގޮތައްހޯދާފައަބަދުދެޖީބައްއަތްޖަހާފައެހުންނަނީހުދުފޮތިކޮޅެންހެން މިހާރުވެސްއޮތިޔާންކޮއްފަބަލާލާފިނަމަރަނގަޅައްވެސްހުންނާނީއެޖަނގިޔަލައްރެވިފަ ކުރިޔައްއޮތްތާވެސްރެވޭނެ ތީނާގެމޫނުއެންމެވައްތަރީ އެރިޔަލްށެރޯންގެމޫނާ އެއީދިވެހިންގެލާރިފެލާގެންއޭގެދިޔަބޯތީ

  12. އައްނިމާރި އައުރު ރަންނަ Reply

    July 4, 2012 at 5:16 am

    ކަލޭމެންގެ ކަރުސަތުނާމާއިންވެސް ގެނެސްދީބަލަ އެމީހަކީ ހުދުފޮށައެއްކަން

  13. ދިއްގަރު ރިހާކުރު Reply

    July 4, 2012 at 3:26 pm

    ތިޖަގިޔާ ގަޑާއިހެދި ދިއްގައަރު އެންމެހާ ރައިއްޔަތުން ދެރަވާނެ ބުނާއަޑު އަބަދުވެސް އިވޭނީ ދިއްގަރުދާއިރާގެ އިއްޒަތްތެރި މިހެން ބުނެފާ ބޮޑުވަގެއްގެ ވާހަކަ ގޮވާތީއެވެ
    ތިޔަ މުސީބާތުން އަޅަމެން މިންޖުވާނީ ކޮންދުވަހަކުންބާވައޭ އަބަދުވެސް ހިތަންއަރާ ބޯހަލާކު.

  14. ވީ ލަވް އަންނި Reply

    July 4, 2012 at 9:07 am

    ބްލެކް މެއިލް ކުރުމަކީ މީ ވަރަށް ނުރައްކާތެރި ކަމެއް! މިފަދަ ކަންތައް ހިންގާ މީހުންނަށް ވަރަށް ހަރުކަށި އަދަބު ދޭން ޖެހޭ!

  15. ޢަލީ Reply

    July 4, 2012 at 4:56 am

    ކޮބާތަ ތި ބުނާ ވީޑިއޯތައް؟؟ އަވަހަށް އާންމުކުރޭ……..

  16. ވީ ލަވް އަންނި Reply

    July 3, 2012 at 5:43 pm

    މީ ހަމަ ސަރާސަރު ތެދު ވާހަކަ ތަކެއް ހިމެނޭ ވަރަށް ފުރިހަމަ އާރޓިކަލް އެއް.. މައުމޫނުގެ ކޮއްކޯފުޅަކީ މިކަހަލަ ކަންކަމުގައި އަރާ ހުރި މާހިރެއް.. ނަމަވެސް އޭނާ އާއި ބެހޭވާހަކަ އެއް ގެނެސް ދީފައި ނުވާތީ ހިތާމަކުރެވޭ!

  17. ވަޠަންގެލޭ Reply

    July 4, 2012 at 4:53 am

    ނާޒިމްގެ މި ވިޔާނުދާ އަމަލުތަކުގެ ވާހަކަ މީނަ ސްޓެލްކޯގެ އިންޖިނޭރަކަށް އުޅުނު އިރުއްސުރެވެސް ވަނީ އަޑު އަރާފައެވެ. އަދި މީނަގެ ޖިންސީ ފިލްމު ބަލާފާވާކަމަށް އެތާގެ ބައެއް މުވައްޒަފުން އޭރުވެސް ބުނަމުން ގެންދެއެވެ. މި ބުނަނީ 1995 އަކާއި 2000 ވަނައަހަރާ ދެމެދުގެ ވާހަކައެވެ. މިވާހަކަ އަހަރެންގެ ކައިރީ ކިޔާދިނީ އެދުވަސްވަރު ޖަގިޔާގެ ޓީމާ އެކު އެކިއެކި އިންޖީނިއަރިންގ މަސައްކަތް ކުރުމަށް ދާ ޓީމުގެ މެމްބަރެކެވެ. މަގޭވެސް ރައްޓެއްސެކެވެ. ނަމަވެސް މީނައަށް އޭރުވެސް އަދަބެއް ނުލިބިފައިވަނީ ބުނެވޭގޮތުން އެޓޮލް މިނިސްޓަރ ހަމީދާއި އަބްދުﷲ ޔާމީނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމުގައި ބުނާތީ އަޑުއެހީމެވެ. ޚުދު ނާޒިމްވެސް މިކަމާ އެއްބަސްވެއެވެ.

  18. މޮހޮންމަދު ދުލާލު Reply

    November 3, 2012 at 1:11 pm

    ޖަނގިޔަލެއް ބުރެސިއަރެއް ކިޔަަނެ ކަމެއް ނެތް. އެނޫން މީހަކު އެ ބައިގަޑަކު ނޫޅޭނެ. ގޭންގްސްޓަރުންނަކީ ފާހިސް ހުރިހާ ކަމަކަށް ހުށަހެޅިފައިވާނެ ބައެއް.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>