އެންގްރީ ބާޑް ބޮންޑިބަތް ޖަމީލުގެ ދެ އަންބަށް ކުރި ކައިވެނީގެ ސައްހަ ކަމާމެދު ސުވާލުތަކެއް އުފެދިއްޖެ!

02 ޖުލައި 2012 20:33 | 0 ކޮމެންޓް

-ފިރުޝާން ޔޫސުފް-

 

ބޮނޑިބަތް ޖަމީލު އޭނާގެ ލޯބިވެރިޔާ  އާއި ދެއަންބަށް ކުރި ސައްހަ ނޫން ކައިވެނީގެ ހުރިހާ ކަމެއް ކުރީ ސިއްރިޔާތުގައި ސްރީލަންކާގައެވެ. އެއީ އޭނާގެ ދޮށީ އަންހެނުންނަށް ސިއްރުންނެވެ. ލަންކާގައި ކައިވެނި ކުރުމަށްފަހު މާލެއައިސް އެދެމީހުން ވަކިން އެޕާޓްމެންޓެއް ހިފައިގެން ފުރަތަމަ ކޮޅުގައި އުޅުނީވެސް އެހާމެ ސިއްރުންނެވެ.

 

ނަމަވެސް، މިކައިވެނީގެ ސައްހަ ކަމާމެދު މިހާރު މިވަނީ އެތަކެއް ސުވާލުތަކެއް ކުރިމަތި ވެފައެވެ. އަދި މިކަން ކުރުމުގައި  ޖަމީލުވަނީ އޭނާގެ މަޤާމުގެ ނުފޫޒާއި ބާރުގެ ބޭނުން ކޮށްގެން ކޮރޮޕްޝަންގެ އަމަލުތަކެއްވެސް ހިންގާފައެވެ. ތިރީގައި މިވަނީ ފާހަނގަ ކޮށްލެވޭ ބައެއް ނުކުތާއެވެ.

  1. މި ކައިވެނި ކޮށްފައިވަނީ ދެ އަންބަށް ކައިވެނި ކުރުމުގެ އުސޫލު ތަކާއި މުޅިން ހިލާފަށެވެ. އަދި ހަމަ އެހެންމެ ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތައް ކުރަން އޮންނަ އުސޫލުތަކާއިވެސް ހިލާފަށެވެ.
  2. ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ކޮށްފައިވާ ކައިވެންޏަކަށް ވާތީވެ އެ ކައިވެނި ރާއްޖޭގެ އާއިލާތަކާ ބެހޭ ކޯޓުން ރާއްޖޭގައި ރަޖިސްޓްރީ ކޮށެއް ނުދިނެވެ.
  3. އެހެން ކަމުން މަޤާމާއި ނުފޫޒު ބޭނުން ކޯށްގެން އެކަން އަޑިއަޑިން ކުރުމަށް ޖަމީލު ނިންމިއެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގާޒީންނާއި ގުޅިގެން އެކޯޓުގައި ކައިވެނި ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ޖަމީލު ފެއްޓިއެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި އުޅެނީ ވަރަށް ފެންވަރު ދަށް އަދި ރިޝްވަތު ހިފުމަށް މަޝްހޫރު ގާޒީން ތަކެކެވެ. ޖަމީލުގެ މި އަމަލަކީ ކޮރޮޕްޝަނުގެ އަމަލެއް ކަމުން މި މިމައްސަލަ މިހާރު އެންޓި ކޮރޮޕްޝަން ކޮމީޝަނުން ބަލަމުން ގެންދެއެވެ.

ޖަމީލުގެ ކައިވެނި ސައްހަ ނުވާނެ ކަމަށް ބެލެވޭ ސަބަބުތައް!

  1.  ކައިވެނީގެ ރެކޯޑް ފެމިލީ ކޯޓުން ފުރިހަމަ ކޮށްފައި ނުވުން.
  2.  ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑް ސާފުކޮށްފައި ނުވުން.
  3.  3. ދޮށީ އަންބާއި ދަރިންނަށް ޚަރަދު ކުރޭތޯ ބެލުމަށް ދޮށީ އަނބި ފެމިލީ ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައި ނުވުން.
  4. ވޭތުވެދިޔަ 6 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅާފައި ނުވުން.
  5. ދެވަނަ އަންބާއި ދެވަނަ އަނބީގެ ވަލީވެރިޔާ ކޯޓަށް ހާޒިރުކޮށް ބަޔާނެއް ނަގާފައި ނުވުން
  6. ކައިވެނި ކޮށްދިން ތަނުގެ ލިޔުން ކޯޓަށް ހުށަހަޅާފައި ނުވުން ރާއްޖެއިން ބޭރުގައި ކައިވެނި ކުރުމަށްފަހު 2 މަސް ދުވަސް ތެރޭގައި އެކައިވެނި ރާއްޖޭގެ ކޯޓުގައި ރަޖިސްޓްރީ ކުރަންޖެހޭ އިރު އެކަން ކޮށްފައި ނުވުމާއި އަދި ދެމަސް ހަމަވުމުން ޖުރިމާނާގެ ގޮތުގައި ދައްކަން ޖެހޭ 1 ހާސް ރުފިޔާ ދައްކާފައި ނުވުން
  7. ފުވައްމުލަކު ކޯޓުގައި މަޤާމުގެ ނުފޫޒާއި ކޮރޮޕްޓް ގާޒީން ތަކެއްގެ އެހީއާއެކު ސެޓެފިކެޓެއް ޕްރިންޓް ކުރި ކަމުގައިވިޔަސްވެސް ކައިވެންޏަކީ ހަމައެކަނި ސެޓެފިކެޓެއްގައި ލިޔާއެއްޗަކުން ސައްހަ ގޮތުގައި ކުރެވޭ އެއްޗަކަށް ނުވުން!

ރާއްޖޭގައި ކައިވެނި ކުރެވޭ ގޮތުގެ އުސޫލުތަކުން ބާއިރު  ބަލާއިރު ޖަމީލުގެ ކައިވެނި ސައްހަ ވާނެ ގޮތެއް ނެތެވެ. ޖަމީލުގެ އަނބިމީހާ މިހާރު އިނީ ބަލިވެއެވެ.



0 ކިޔުންތެރިންގެ ޚިޔާލު

  1. ކެނެރީގެ Reply

    July 13, 2012 at 9:25 pm

    މަވަރަށް އުފާވެއްޖެ.. ތިޔަ އޮތީ އަތަށް ގޮވާފަ!! ބަޑިއަކަށްވިޔަސް މަސާޖް ޕާލާައަކުން ގެނެޔަސް ތިޔަކީ އެއްޗެހި ޕްރިންޓް ކޮށްގެން ގޮސް އެމްޑީޕީ ވާދީ ސައީދަށް ދީބަލަ އެއިރުން އޭނަ ބުނެދޭނެ އެއީ މަގޭ އެއްމެ ހަނގު ކޮއްކޮއޭ.. ސާފުވެއްޖެ އެއްނޫ….

  2. ފޫގަޅާ Reply

    July 10, 2012 at 5:47 pm

    ޔޫސަރ ތިބުނީ މަސާޖްކުރާ ތަނުގައި އުޅޭ ބަޑިއެކޭ ދޯ

  3. ފޫގަޅާ Reply

    July 10, 2012 at 5:47 pm

    ޔޫސަރ ތިބުނީ މަސާޖްކުރާ ތަނުގައި އުޅޭ ބަޑިއެކޭ ދޯ

  4. ޔޫ ސަރ Reply

    July 9, 2012 at 6:14 pm

    ެެެަެަެައޭނާގެ ދެވަނަ އަތްބަކީ ހައްވާ ކިޔާ އަންހެނެއް، އެދެމީހުން މެރީ ކުރުމުގެ ކުރިންވެސް ވަރަށް ގިނައިން ވަގަށް ދިމާވާކަމަށްވޭ! އެބުނާ ހައްވައަކީ ލަންކާގަވެސް ވަރަށް ގިނަ ހިލޭ ފިރިހެނުން ކައިރި އުޅެ ވަގު ގުޅުން މީހެއް. ތިތާ ރަގަޅު އެކަކުވެސް ނެތް!

  5. ތޫޓު Reply

    July 9, 2012 at 5:17 pm

    ޖަމީލުގެ ފުލުހުން ދިވެހި ރައްޔިތުންނަށް އަނިޔާ ނުކުރާނެ ޔޯ

  6. ޖަމީލުގެ ދައްތަ ފިރިމީހާ Reply

    July 8, 2012 at 8:24 am

    މިހާރުގެ ސަރުކާރުން ވަގުވަގަށް ކަމެއް ކުރިޔަސް އެކަމެއް ހާދައަވަހަށް ފަޅާއަރައޭ އޭގެން އެގެނީ ސަރުކާރުގެ އިދާރީ މަސައްކަތްކުރާ ބޭފުޅުންވެސް މިސަރުކާރު ( ބަޤާވާތް ސަރުކާރު ) ޤަބޫލްނުކުރާކަން ދޯ

  7. ހާސިމް Reply

    July 8, 2012 at 6:05 pm

    ޖަމީލާގެ ދައްތަ ފިރިމީހާ ހާދަވަރެއް ހުރެޔޭ ދޯ ބޮޑިބަތަށް ޒަހަރުއަޅަން

  8. ރޮޓި އިބިރޭ Reply

    July 7, 2012 at 9:37 am

    އެންގްރީ ބާޑް އެއީ ރުޅިއަންނަ ދޫންޏެއް ނޫންތަ . އިންސާނުން ނަށް މިކަހަލަ ނަންތަށް ކިޔާތަ. އެހެން ނޫނަސް ޖަމީލުއަކީ ސަރުކާރެއްގެ ވަޒީރެއް ނޫންތަ . ހާދަ ދެރައޭ މިކަހަލަ ވަޒީރުން ރައްޔިތުން ބަލާނުގަންނާތީ ހާދަދެރެއޭ ބަޤާވާތް މަކުއްވެރިކުރާމެވެ.

  9. އަލީ Reply

    July 3, 2012 at 1:20 pm

    އެންގުރީބާޑް މީމިރުނޑިޔާގުޅޭނަމެއް މިކަހަލަނަގުލާދަޅުފެޅިހިމާރަކު މިރާއްޖޭގެގާނޫނީސަރުކާރުފޭރިގަނެގެންމާމޮޅުޑޮކްޓަރަކައްހެދިރައްޔިތުންގެފައިސާތައް ތަޅާބުރުވަނީއެދުންފުއްދުމުގަ މިކަހަލަވަހުސީކަމުންގައްދުންނެއްޓިފަތިބި ބޮޑެތިބާގީންގެނިމުން ﷲސުބުހާނަހޫވަތައާލާ ދިވެހިއުންމަތައްދައްކާ މިމީހުންގެމުދަލާރިސޯޓާއިގެދޮރުސަރުކާރައްނެގުމުގެތައުފީގުދެއްވާނދޭވެ އާމީން

  10. އިންކްރެޑިބަލް Reply

    July 3, 2012 at 12:02 pm

    ބޮނޑިބަތުގެ ވަސް ޖެހުނީމަ އަންހެން ކުދިން މޮޔަވަނީކަން ނޭނގެ. ޖަމީލުގެ ހަގީގަތް އެނގޭމީހަކު އޭނައާއި ކައިރިވެސް ނުވާނެ. މީ ހަގީގަތް. އަނެއްކޮޅުން ބަލާއިރު މި ކައިވެނި ސައްހަކަމާމެދު ސުވާލު އުފެދިއްޖެ

  11. ެއެޓުލާ/މަންތާ Reply

    July 3, 2012 at 9:38 am

    މަށާ އިންނަން ވީނުން ފައްޑަން………ޖަމަލުފޮޑި…ބޮޑު ވަގު…….

  12. ވީ ލަވް އަންނި Reply

    July 3, 2012 at 7:13 am

    ކޮންހާ ވާހަކައެއް އެން.ޑީ.އޯ އިން ތި ދައްކަނީ؟ މި ބާޢީން ތައް އަބަދުވެސް ތިބޭނީ ގާނޫނީ އިމުގެ ތެރޭގައި.. ދެން މިހާވަރަށް ގާނޫނީ އިމުގެ ތެރޭގައި ތިބެވޭނީ.. ހުރިހާ ރައްޔިތުން ނިކުމެ މި އާލާތުން ތަޅާ ގަވްމުން ބޭރުކުރަންވީ.. ނޫނީ ޖަލަށް ލާންވީ.. މިހާރު އަންބަރީވެސް އެތައްދުވަހަކު ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖޭގައި އެބަ އުޅޭކަމަށް ވަނީ.. އަންބަރީ އަކީ އެއާރ މޯލްޑިވްސް އާއި އެފް.ޕީ.އައި.ޑީ ދަވާލި ބޮޑު ޚިޔާނާތް ތެރިއެއް ކަން ހުރިހާ ދިވެހިންނަށް އެނގޭނެ!

  13. މާމަ Reply

    July 3, 2012 at 9:35 am

    ޓެރަރިސްޓް ބާޣީއަށް މިދިމާވީހާދަދެރަކޮށޭ. މިއަނބިގޮއްޔަށް ކިޔަނީކޮން ނަމެއްތަ. ސައްހަ ނޫން ކައިވެނީގަ ރޭކުރުން ހުއްދަބާ. ލިބޭދަރި ސައްހަވާނެބާ. މީހާދަ އިސްލާމްދީނަށް އުޅެ އެދީން ހިމާޔަތް ކުރާ ބައެކޭދޯ. ދެންވެސް އެހެން މީހުންނަށް ލާދީނީނުކިޔާ ތިމާ ރަގަޅަށް ހުރެވޭތޯބަލާ.

  14. ސިއްތިއިބުރާހީމް ހދ ކުޅު Reply

    July 2, 2012 at 4:56 pm

    ބޮޑިބަތްޖަމީލަކީވަރައް އަންހެނުންހިތިމީހެއް މަގޭއަނބިހަދީޖާ ގެނަންބަރު ހޯދާގެން އެވަހުސީބޮނޑިބަތްލަވާދޭންވަރައްމަސަތްކަތްކުރި ދެންއިތުރައް ބުނާނަމަބުނެވޭނީ ގިތެލެކޭ މައުމޫނާމިކަހަލަވަހުސީމީހުންމިގައުމުންބޭރުކުރަންވީ ސަދޫމުސިޓީއައް

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>