މަރަށް މަރު ހިފަން ބޭނުމޭ ޖަމީލު ބުނީ އެކަން ކުރުމުގެ ނިޔަތަކު ނޫން

02 ޖުލައި 2012 16:42 | 0 ކޮމެންޓް

 އެންގްރީ ބާޑު ޖަމީލަކީ ރާއްޖޭގެ ރައްޔިތުންނަށް އައު މީހެއް ނޫނެވެ. އަބަދުވެސް ސިޔާސީ ފައިދާ ހޯދުމަށާއި ރައްޔިތުންގެ ތާއީދު ހޯދުމަށް ކަރަށް ބާރުލާފައި ވީދޭ މީހެކެވެ. ދުވަހަކުވެސް ދައްކާ ވާހަކައަކާއި އަމަލަކާއި ދިމައެއް ނުވާނެވެ. އެންގްރީ ބާޑަކީ މީހުންގެ ސަމާލުކަން އަބަދުވެސް ހޯދަން ބޭނުންވާ ކިބުރުވެރި ކަމާއި ބޮޑާކަން އިންތިހާއަށް ބޮޑު މީހެއްކަން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ވަކިން ހާއްސަކޮށް ފުވައްމުލަކު ރައްޔިތުންނަށް އެނގޭނެއެވެ.

ރޭގައި މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރާލާފައި އޮތްވާ ފެނުނު ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާލަތުގެ ނާޖާއިޒު ބޭނުންކޮށް ސަމާލުކަން ހޯދުމަށް އެންގްރީބާޑު އައު ވާހަކައެއް ދައްކައިފިއެވެ. މިފަހަރު އެންގްރީ ބާޑު ބުނެފައިވަނީ މަރަށް މަރު ހިފަން ޖެހޭ ކަމަށެވެ. އަދި ކަމާ ގުޅޭ ދާއިރާތަކުން އެކަން އެގޮތަކަށް ކުރުމަށް ނިންމައިފިނަމަ ހޯމް މިނިސްޓްރީއިން ތަންފީޒު ކޮށްދޭނެ ކަމަށް އެންގްރީ ބާޑު ބުނެފައިވެއެވެ.

އެންގްރީ ބާޑެވެ. ބަޔަކަށް ހިތާމައެއް ލިބުނީމަ އެހާލާތުގެ ފައިދާ ނަގައި ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި އަލަލުން އެކަން ދައްކަން ވީ ނޫން ހެއްޔެވެ. އެއީ ވަރަށް ފަސޭހަ ކަމެކެވެ. ޤާނޫނަށް ގެންނަން ޖެހޭނީ ބަދަލެކެވެ. މަޖްލީހުގެ މެޖޯރިޓީ އެބަ އޮތެއް ނޫން ހެއްޔެވެ. މިއަދު މިނިސްޓަރުންނަށް ރުހުން ދޭން ފާސްކުރި ގޮތަށް ކަލޭމެން ބޭނުން ކޮންމެ ކަމެއް ފާސް ކުރެވޭނެ ވަރަށް މަޖްލީހުގެ މެމްބަރުން އެތިބީއެވެ. ޖޫޑިޝަރީގައި ތިބީ ގިނައިން ކަލޭމެންގެ ތިޔަ ސަރުކާރަށް ވަފާތެރި ތިކޮޅަށް ބުރަވެފައިވާ ފަނޑިޔާރުންނާއި ވަކީލުންނެވެ. ވީއިރު މަރަށް މަރު ހިފަން ބޭނުންނަމަ އެކަން ނުކުރެވޭނެ ހަމަ ކުޑަވެސް ސަބަބެއް ނެތެވެ.

އެންގްރީ ބާޑެވެ. ކަލެއަށް ގޮން ޖަހައި ބުނަމެވެ. ކަލޭމެންގެ ތިޔަ ސަރުކާރަށް މަރަށް މަރުހިފާކަށް ހަމަހިލާ ނުކެރޭނެއެވެ. ކަލޭ ކަހަލަ ފިނޑިއަކަށް އެކަމާއި އުޅޭކަށްވެސް ނުކެރޭނެއެވެ. ކަލެއަށް އެނގޭނީ ހަމައެކަނި ތިޔަ ކަހަލަ ބޮޑެތި ބަސްތައް ބުނުމަށްފަހު ފިލައި އޮންނާށެވެ.

0 ކިޔުންތެރިންގެ ޚިޔާލު

  1. ސީދީ Reply

    July 6, 2012 at 9:01 pm

    ކަލޯ ޖަމީލެ ޤާނޫނޭ ކިޔާގެން ފެލެން ނަހަދާށެވެ!އެއީ ކަލޯ ހެދިއެއްޗެއް ނޫނެވެ.އަދި ގޫކާބެއްޔާ ހެދި އެއްޗެއްނޫނެވެ. އަހަރެމެން މުސްލިމުންގެ ޤާނޫނަކީ ޤުރުއާނެވެ.

  2. ހާޝިމް Reply

    July 4, 2012 at 6:37 pm

    ބަލަގަ އިސްލާމީ ޝަރީއަތަކީ ތި ރުޑިން ހިތަށްއެރީހާ ފަހަރަކު ތަންފީޒްކޮށްފަ، ހަމަ ހިތަށް އަރާއިރަށް އަޅާނުލާ ދޫކޮށްލަންއޮތް އެއްޗެއް ނޫނެވެ، ތި ހީކުރަނީ އެއީވެސް ތިތިބަ ތިން ރަންޑިންފަދަ ކުޅޭކުޅޭ އެއްޗެއް ކަމަށްތަ..!! މިވާހަ ދައްކަންވެސް މިޖެހެނީ އަހަރެމެން ދީން ނުދަންނަ މީހުނަށެވެ، އަދާލަތުގައި ތިބި ދަންނަ ބޭކަލުނަށް ބޮޑުވާނީ ތަނެއްގެ މޮނިއުމަންޓެއް ބަހައްޓާފިނަމަ އެކަމެވެ، ރާއްޖޭގެ އެންމެން ކަތިލާ ހުސްކުރިއަސް އެމީހުނަށް އޯކޭ….

  3. އިންކްރެޑިބަލް Reply

    July 3, 2012 at 12:11 pm

    ބަދުއަޙްލާޤީ އަމަލުތައް ހިންގާ ފަރާތްތަކާމެދުވެސް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމް ކުރެވެން ޖެހޭނެ. އެހެންެ ނޫނީ މި ފަދަ ކަންތައްތައް ނުހުއްޓުވޭނެ. ވަކި މީހަކަށް ވަކި ގޮތެއް ހަދައިގެން ކަންތައް ކުރަންވެއްޖެނަމަ ގައުމު ހަލާކުވެގެން ހިނގައިދާނެ. މިހާރުވެސް ފެންނަމުންމިދަނީ އެގޮތަށް ކަންތައް ކުރުމުގެ ހިތި ނަތީޖާ

  4. ދެއްވަދޫ ރަސްގެފާނު Reply

    July 3, 2012 at 11:24 am

    މަރަށް މަރު ހިފޭނީ ވައްކަން ކުރާ މީހުންގެ އަތް ކެނޑިގެންތާ!! އެއީ މާ ކުޑަ އަދަބެއް!!!!

  5. ފސ Reply

    July 2, 2012 at 4:05 pm

    އެއީ އަންނިތަ؟

  6. ހައުލަތު/ފުރަތަމަ އަނބި Reply

    July 2, 2012 at 3:00 pm

    އަދި އެކަކާ އިނދޭ……….ދެން ކޮންމެވެސް ތަނަކަށް ވަދެ ފިލާ.ޖަމަލު ފޮޑިޖަހާނެ ވަރަށް ބާރަށް…ޤާނޫނޫނޫނޫން ގަ ވާގޮތުގެމަތިން .. ހައުލަތު ބެނީ އެގަޑިއެ ވަރަށް ބާރަށް ފޮޑި ޖަހައި އޮއު..ޝެޝް…ހުސް އަނގަ..

  7. ސަރުޫްން Reply

    July 2, 2012 at 2:21 pm

    ތިޔައީ ހަމަ ވަރަށް ބޮޑު ތެދެއް

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>