-ފިރުޝާން ޔޫސުފް-
ސަރުކާރުގެ މިނިސްޓަރުން ތެރޭގައި ހުރި ހަމައެކަނި މެޑިކަލް ޑޮކްޓަރަކީ ހެލްތު މިނިސްޓަރު ޖަމްޝީދެވެ. އެހެން މިނިސްޓަރުންނާ ހިލާފަށް ޑރ. ޖަމްޝީދަށް އެމަޤާމު ލިބުމުން ގިނަ ބަޔަކު މަރުހަބާ ކިޔައި އުފާވެސް ކުރިއެވެ. އޭގެ ތެރޭގައި މި ސަރުކާރަށް އިންތިހާ އަށް ނަފްރަތު ކުރާ މީހުންވެސް ހިމެނެއެވެ. ސަބަބަކީ ރައީސް ނަޝީދުގެ ސަރުކާރުގައިވެސް ހެލްތު ދާއިރާއަށް ހެޔޮ ބަދަލެއް ބޭނުންވާ ކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވިފައި އޮތުމެވެ. ހެލްތު ދާއިރާ ރަނގަޅު ނޫން ކަމަށާއި އެހަޤީޤަތް ޤަބޫލު ކުރައްވާ ކަމަށް ކުރީގެ ވެރިކަމުގައި ނަޝީދުވެސް ވިދާޅު ވެފައިވެއެވެ. ހެލްތު ދާއިރާގެ މައްސަލަ ތައް ރަނގަޅު ކުރުމާ ބެހޭ ގޮތުން ޓްވިޓަރ ފަދަ ސޯޝަލް މީޑިއާ ތަކުގައި އަޑު އުފައްލަވަމުން ގެންދެވި ޑރ. ޖަމްޝީދު އާއި ހެލްތު މިނިސްޓްރީ ހަވާލު ކުރުމުން ގިނަ ބަޔަކު އުފާ ކުރީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ނަމަވެސް، ވެރިކަމަށް 6 މަސް ވެގެން ދާއިރު ނަތީޖާ ހަމަ ސުމެކެވެ.
ޑރ. ޖަމްޝީދު ހެލްތު މިނިސްޓަރު ކަމާއި ހަވާލުވިފަހުން ކޮސްމެޓިކް ބަދަލު ތަކެއް ނޫނީ ގެނެފިފައެއް ނުވެއެވެ. ކުޅި ބައި ގޮތް ގޮތަށް އެތުރުން ފިޔަވައި ކުރެވެނު އިތުރު ކަމެއް ނެތެވެ.
ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ހާލަތު ވަނީ ކުރިއަށް ވުރެ އެތަކެއް ގުނައެއް ދަށަށް ގޮސްފައެވެ. އައިޖީއެމްއެޗް އިން މައުލޫމާތު ދެއްވި ފަރާތަކުން ވިދާޅުވެފައިވަނީ މި ސަރުކާރު އައުމަށްފަހު އައި ބަދަލު ތަކަށް ބަލާއިރު އައިސްފައިވަނީ ނަރުހުންގެ ޔުނިފޯމް ބަދަލު ކުރުން ފަދަ މޫނު މަތި ރީތި ކުރުމުގެ ބަދަލު ތަކެއް ކަމަށާއި ސީދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި، ކުރިން ގަވާއިދުން ކުރެވެމުން އައި ގިނަ ކަންތައްތަކެއް ތަނުގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން މިހާރު ގަވާއިދުން ނުކުރެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޚިދުމަށް ދިނުމުގެ ފެންވަރު ދަށްވެފައިވާ ކަމަށާއި އަދި ބޭނުންވާ ބައެއް ސާމާނު ބޭނުން ވާ ވަގުތު ގައި ނުލިބޭތީވެ ޑޮކްޓަރުން ގެ ޝަކުވާތައްވެސް ބޮޑުވެފައި ވާކަމަށެވެ. އައިޖީއެމްއެޗްގެ ހާލަތު މިހެން ހުރިއިރު އަތޮޅުތަކުގެ ހޮސްޕިޓަލް ތަކާއި ސިއްހީ މަރުކަޒުތަކުގެ ހާލަތުވެސް ދަނީ ގޯސް ވަމުންނެވެ.
ސިއްހީ ޚިދުމަތް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަންޖެހިފައިވާ އިރު ހެލްތު މިނިސްޓަރު ޑރ. ޖަމްޝީދު ދަނީ ބާޣީ ސަރުކާރުގެ ބާރު ގަދަ ކުރުމަށާއި އެ ސަރުކާރު ހިމާޔަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ދާދި ފަހުންވަނީ ކައުންސިލްތަކުގެ ދަށުގައި ތިބި ފެމިލީ ހެލްތު ވޯކަރުން ސަރުކާރުގެ ދަށަށް ބަދަލު ކޮށްފައެވެ. ހެލްތު މިނިސްޓްރީގެ ތެރެއިން މަޢުލޫމާތު ލިބޭގޮތުގައި މިކަން ކޮށްފައިވަނީ ޚިދުމަތް ރަނގަޅު ކުރުމަށްވުރެ ބޮޑަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ރާއްޖޭގެ ހުރިހާ ފެމިލީ ހެލްތު ވޯކަރުންނަށް ފޯރުވުމުގެ ނިޔަތުގައެވެ.
ވަހީދު
July 6, 2012 at 3:03 pm
ޖަމްސީދަކީ ސިޔާސީގޮތުން ވަކިކޮޅަކަށް ނުޖެހި ވަރަށް ބަރާބަރު މީހެއް…..އިރާދަ ކުރެއްވިއްޔާ ޖަމްބޭއާ އެކު ޞިއްޙީދާއިރާ ހިންދެމިލާނެ……………..ބަލަން ތިބޭ…ޗޭ
ޑަމްސް ސްމ،ިތު
July 6, 2012 at 4:20 am
ކިތަންމެ ދޮންކުރިޔަސް ދުނބުއެއް އަނބަކަށް ނުހެދޭނެ
ސީނާ
July 2, 2012 at 10:15 am
ތަލަ ބޯ ޖަމްބެ ފަކް