-އެމްޑީޕީ އަށް ތާއީދު ކުރާ ރައްޔިތުންނާ ދިމާލަށް ޓެރަރިސްޓް ކިޔުމަށް ރިޒާ ގޮވާލި!
- އިބްރާހިމް އަލީ -
ފެބްރުއަރީ 8 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ކަންތައް ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި އެދުވަހު އެ ބޭފުޅުން ދެއްކެވި ރީތި ނަމޫނާ އަށާއި ގެންގުޅުއްވި އުކުޅުތަކަށާއި ދެއްކެވި ހިކުމަތްތެރި ކަމަށް ސާބާސްދޭން ޖެހޭ ކަމަށައި އެކަމަކީ މިއަދު ދިވެހި ހުރިހާ ރައްޔިތުން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ރޭ ވިދާޅުވެއްޖެއެވެ.
ޖުމްހުރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ފެއްޓެވުމަށް ރޭ ދިއްފުށީގައި ބޭއްވި ހާއްސަ ޖައްސާގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވެފައިވަނީ 8 ވަނަ ދުވަހު އެމްޑީޕީ އެތައް ތަނެއްގައި ރޯކޮށްލި ކަމަށާއި އެފަދަ މީހުންނަށް ކިޔައި އުޅޭ ނަމެއް މިއަދު ރައްޔިތުންނަށް ދަސްކޮށްދެއްވަން ބޭނުން ވާ ކަމަށާއި އެނަމަކީ ޓެރަރިސްޓުން ކަމަށެވެ. އެމްޑީޕީ މެމްބަރުންގެ ގޮތުގައި ތިބި ދިވެހި ރައްޔިތުންނަކީ ޓެރަރިސްޓުން ކަމަށާއި އެހެން ކަމުން އެމްޑީޕީ މެމްބަރުން ފެނުމުން ޓެރަރިސްޓުންނޭ ބުނެ ގޮވުމަށް ރިޒާ ވަނީ އެދިވަޑައިގެން ފައެވެ. މިއީ މިހާނަތަށް ރާއްޖޭގެ ރައްޔިތުންތަކަކާ ދިމާލަށް ޓެރަރިސްޓު ގޮވުމަށް ފާޅުގައި މިހާ ފާޅުގައި ސަރުކާރެއްގެ އިސް އޮފިޝަލަކު ވިދާޅުވި ފުރަތަމަ ފަހަރެވެ. އެޖަލްސާ ވަގުތުން ވީޓީވީ އިން ގެންދިޔައީ ދުރަށް ފޮނުވަމުންނެވެ.
އައްބާސް އިތުރަށް ވިދާޅުވެފައިވަނީ ޓެރަރިސްޓުން އުޅެން ރާއްޖޭގެ ޖަގަހަ ތަކެއް އުފެދިފައިވާ ކަމަށާއި އެ ޖަގަހަތަކަށް ދާދި އަވަހަށް އެމީހުން ލެވޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ އާއްމު މެމްބަރަކު ބުނެފައިވަނީ ޑރ. ޖަމީލު ފަދަ މިސަރުކާރަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ އެމްޑީޕީ ގައި ތިބި އެއްވެސް ކުށެއް ނެތް އެތަކެއް ދިވެހި ރައްޔިތުންގެ ބޮލުގައި ޓެރަރިޒަމްގެ ބަދުނާމު އަޅުވަން މަސައްކަތް ކުރިޔަސް އެމީހުން ހަމައިން ނެއްޓީ ވެރިކަމުގައި ދަހިވެތި ކަމުގައި ދައްކާ ވާހަކަތައް ޤަބޫލު ކުރާނީ މޮޔައިން ކަމަށެވެ. އަދި، އެމްޑީޕީ މެމްބަރުންނާ ދިމާލަސް ޓެރަރިސްޓުންނޭ ގޮވުމަށް އައްބާސް އާދިލް ރިޒާ ބުނެފައިވާތީ މީގެ ފަހުން އޭނާއަށް ‘ޓެރަރިސްޓް ރިޒާ’ ނުވަތަ ”ޓެރާ ރިޒާ’ ކިޔުމަށް ގޮވާލާ ކަށާއި އެއިރުން އެހެން ދެން ނުބުނަން އޭނާ ހަންދާން ހުންނާނެ ކަމަށް އެ މެމްބަރު ބުންޏެވެ.
ހަބީބު ރ މީދޫ
July 1, 2012 at 1:16 pm
ކޮބާޓެރޭޒާ ރީތިނަމެއްލިބިއްޖެޔޭނޫންދޯ ދެންވެސްމައިތިރިވެހުންނާތި
އަލީސާކިރު
July 1, 2012 at 10:47 am
ޓެރޭޒާކޮބާކަލޭބޮލުގަބާކީހުރިއެތިކޮޅުޒަކާތައްދީފައަވަހައްފައިބަންއުޅޭ ނޫނީއެއްކަންފަތުގަހިފާގުޅަޔަކައްޖަހަންޖެހިދާނެކަލޭމެންސުލުހާގަނުފައިބާނަމަވަރައްއަވަހައްމިބުނިގޮތައްކަންތައްކުރާނަން އޭރުންއަނބިދަރިންނެކޭއަނެކެއްޗެކޭކިޔާނިކަމެއްނެތް ބަގާވާތުގެސަރުކާރުގެސްޕޯކްޕާނަންނަކައް ތިހުރީ ޓެރޭޒާ ފިލިޕީންސް އަންހެނުންނައްކިޔާނީ ޓެރޭޒާ ހުރިހާ މޑޕ މީީހުންމީގެފަހުންބާގީޓެރޭޒާނޫންނަމެއްމިބުރާންޗާދިމާލައްނުގޮވާތި ޔަހޫދީންއަސްލުމުސްލިމުންގެބޮލުގައަބަދުވެސްޓެރެރިޒަމްގެތުހުމަތުއަޅުވާނެ އިޒުރޭލުމީހުންވެސްފަލަސްތީނުގެމުޖާހިދުންގެބޮލުގަދީނާގައުމައްޓަކާހަނގުރާމަކުރާއިރުމިއިލްޒާމުއަޅުވާނެ އެކަމަކުބަގާވާތަކީމިޔަދުއުފަންވާކުއްޖާވެސްރޯންޖެހޭސަބަބު
ވަޠަންގެލޭ
July 1, 2012 at 7:43 am
މިހާރު މި ވެރިކަމުގައި ތިބި މީހުންގެ ފަރާތުން މި ފެނި އަޑު އިވެމުންދަނީ އަހަރެން ހަމަ އިންތިޒާރު ކޮށްގެން ހުރި ފަދަ އަމަލު ތަކެވެ. މި ސަރުކާރަށް ބާޣީ ސަރުކާރެކޭ ނުކިޔާ ޣައިރު ގާނޫނީ ސަރުކާރެކޭ އަހަރެން މިހާދުވަސްވަންދެން ކިޔަމުން ކިއައީ މި މީހުންގެ އަމިއްލަ ބަހުން ތިމަންނާމެނީ ބާޣީ ބައިގަނޑެކޭ ބުނަންދެނެވެ. މިހާރު މިއޮތީ އެވަގުތުވެސް އައިސް ޖެހިފައެވެ. މިހާރު ތިޔަ ބައިގަނޑަކީ ބާޣީ ބައިގަނޑެއް ކަމުގައި ތިޔަބައިގަނޑު މިވަނީ އަމިއްލައަށް އިއުތިރާފުވެފައެވެ. އައްބާސް އާދިލް ރިޒާ އަށް ނިކަން އަޅެ އެމް.ޑީ.ޕީ ގެ އެއްވެސް މެމްބަރަކު ޓެރަރިސްޓްއެއްގެ ގޮތުގައި ގެންގޮސް ޖަލަށްލާ ދަޢުވާ ކޮށްލަބަލާށެވެ. ތިމާ މީހާ އަމިއްލައަށް ފިރުއަުނު ކަލޭގެއާ އެކު ގުއި ރޮދީގަ ޖެހިގެން އޮންނާށެވެ، ތިޔައީ ފައްކާ ބޮޑު ބާޣީ އެއްކަމީ ކުޑަވެސް ޝައްކެއް އޮތް ކަމެއްނޫނެވެ.
ވީ ލަވް އަންނި
July 1, 2012 at 5:44 am
ޓެރަރިސްޓް އަފްރާޝީމް ބުނާނެ އަންނި އަކީ ލާ ދީނީ މީހެކޭ.. ދެން މިރާއްޖޭގެ ވެރިކަމުގައި މިވަގުތު ހުރި ޓެރަރިސްޓް ވަހީދު ވަރަށް ފާޅު ކަންބޮޑުގޮތެއްގައި އިނގިރޭސި ވިލާތުގެ ފައްޅި އަކަށް ވަދެ އެއުޅުނު އުޅުން އެއީ ދީނީ ކަމެއްބާ؟ ކޮބާ މިރާއްޖޭގައި ތިބި ދީނީ އިލްމުވެރިން؟؟ މިކަމާއި ގުޅިގެން އެއްވެސް ފަތުވާއެއް ވެސް ނެރޭކަށް އެ މީހުންނަށް ނޭގުނު. އަހަންނަކީ ފެބްރުއަރީ 07 ގައި ސިފައިން ހިންގި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ސިފައިންގެ މީހެއްކަން ތިޔަ ރިޒާ ކައިރީ ވަރަށް ސާފު ކޮށް ބުނެލަން ބޭނުން. އަދި އަހަރެން ކަހަލަ ކިތަންމެ މީހުންނެއް ސިފައިންގެ ތެރޭގައި ތިބިކަން ވެސް ތިޔަ އަނަގފިނދެއް ކަހަލަ ރިޒާ ކައިރީ ބުނަން!
ދާންދޫ ދާއިރާ 01-07-2012
July 1, 2012 at 4:23 am
ބާޣީ އައްބާސް އާދިލް ރިޒާ ބުނަން އުޅުނީ ބާޣީން ލާނެ ޖަގަހަތަށް ހަދާފަވާކަމަށާއި ވަރަށް އަވަހަށް ބާޣީން އެޖަގަހަ ތަކަށްލެވޭނެވާހަކަ…
ބޮޑުތަކުރުފާނު
July 1, 2012 at 5:00 am
އަނެތްކާ އަނެކެއްޗެކޭ ކިޔައިގެން ވިއްކުނު ހަކުރު މަދުކަމުން ވެރިކަމަށް އަންނާނެ ސްޓަންޓެއް ޖައްސަން ފެބުރުއަރީ 07 އަދި 08 ގެ ވާހަކަ ނަގަނަގައިގެން ދައްކަނީ ދެން ވެސް އޮތްޖީލަށް ހަކުރުނުދީ ކަލޭމެން އަމިއްލައަށް މަރުވެބަލަ. ބޮޑުމީހާ ބުންޏޭނުން މަރުވެފައި ޖެހޭނީ އަލުން ދިރޭށޭ އެބުނީ އެވާހަކަ ހޭބަލިވާ
އައްނިމާރި އައުރު ރަންނަ
July 1, 2012 at 5:13 am
ތީ ހަމަ ޓެރަރިސްޓު ގޭންގެއް ( ޔޫރަޕްގެ އިއްތިހާދުން ފަންޑްކުރާ ) އިސްލާމްދީނާއި ދިވެހި ޤައުމީ ވަހުދަތު ފުހެލަނީ ކަލޭމެން
maaahidh
July 1, 2012 at 5:22 am
thedheh, muhammadh thibunee, enmme dhuvahaku magumathee ga terorist riza dhamaaleema engeynee me ga huri weyn, bala terorist riza konbaa ladhu hayaath, sifainna police kurimatheega poilihunnai behey state minnister maahirube police kairiah vahttaalaa state ministerun ge gayah araa adhi ithuru misiterun fahathun dhandiburiya lakudi, dhangandu fadha thakethi hifaigen thalhamun ethah aanmmu rayyithunnah jismaanee nafusaanee aniyaa dhinun, me dhen terorist amalakahnuwe dhen kon terorist amaleh onnaanee, me ga comment liyaa beyfulhun ehen beyfulhun e bunihen rangalhah mifadha nubai amaluge hithi raha lahvvaalaba,terorist ge lagabu rasmekoh dheyn hingaaba,mulhi aailaa ah nafusaanee gothun bali vaavarah, aharun aammu enmmen fahathun baagee terorist ah ehen kiyamun nudhuweweyne, ekm aharunnah eyna aa eyna ge aailaa size ah kandaa leveyne terorist kiyaigen
މުހައްމަދު
June 30, 2012 at 11:44 pm
ބަދަލު ހިފުމަކީ އަހަރެން ހިތުގައި އޮންނަކަމެއްނޫނެވެ، އެކަމަކު ނިކަމެތި އެތައް ރައްޔިތުންތަކަކަށް އަނިޔާކުރުން ރަގަޅުކަމަކަށް ދެކެ އެކަން ފަހުރުވެރިކަމާއި އެކު ފާހަގަކުރާމީހަކަށް މިކަހަލަ އަނިޔާއެއް ލިބޭތަން ދެކެލަން އަހަރެން ވަރަށް ބޮޑަށް ބޭނުމެވެ، އެއީ މިމީހަކަށްވެސް ބިން މަތީގައި ދަމާގެންދާއިރުއާއި ލޮލަށް ފެޕަރ ސްޕްރޭ ޖެހީމާ އަދި މުގުރުގަނޑަކުން ޖެހީމާ ތަނދުވާނެކަން އިހްސާސް ވާހެން ހީނުވާތީ މީނައަށް މިގޮތަށް ދިމާވެއްޖެނަމަ ވާނެގޮތް ދެކެލަން ބޭނުންވާތީއެވެ،
ibo
June 30, 2012 at 11:05 pm
bodu terorist riza ah bagaavaathuga huri hithikan dhahkkaaaaaalaaaaanan, terorist riza bunihen teroristun laan baageen laaan oiythanah laa nimaaaaaalaaaaaannan,
މޮނާޖް
June 30, 2012 at 7:58 pm
ބޮޑުބާޣީ ޓެރަރިސްޓް ރިޒާ ދިވެހިސަރުކާރުގެ ބައިތުލްމާލު އެއްކޮށް ދަވާލައިގެންތިބެ ދިވެހި ރައްޔިތުންނާ ދިމާލަށް ޓެރަރިސްޓުންނޭ ގޮވާއިރު މީނަގެ ލަދުހަޔާތް ކޮބާބާއޭ މަގެހިތަށް އަރާ ތިއާލާތުން އަގަ ފުޅާކުރާނެތަނެއްނެތް ދެންވެސް މަޑުންތިބެވޭތޯ ބަލާ ދުވަސްކޮޅަކުން ތިޔަބުނާ ޖަގަހަތަކަށް ތިއާލާތުން ވައްދާ ތަޅު އަޅުވާތަންބަލަން ދިވެހިރައްޔިތުން މިތިބީ ފެންބޮވާގެންފަ އެދުވަހު އެގޭނެ ޓެރަރިސްޓުންނަކީ ކޮންބައެއްކަން ވަރަށް ސާފު
ނަސީރު
June 30, 2012 at 7:21 pm
ބަޣާވާތަކީވެސް ޓެރަރިޒަމްގެ ޢަމަލެއް! އެހެން ކަމުން މިރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދަނީ ޓެރަރިސްޓުން! މިޤައުމަށް ސިޔާސީ ހަމަޖެހުމެއް ނުގެނެވިއްޖެނަމަ، މިޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅާ އެވަރުންވެސް ތިޓެރަރިސްޓް ބާޣީން މައިތިރި ނުވެއްޖެނަމަ އަސްކަރީ ފިޔަވަޅު އެޅުމަކީވެސް އެކަށީގެންވާކަމެއް! މިޤައުމު އަމާންތަނަކަށް ހެދޭނީ ވެރިކަމުގައި ތިބި ނުބައި ނުލަފާ ޓެރަރިސްޓް ބާޣީންގެ ކިބައިން މިޤައުމު ސަލާމަތް ކުރެވިގެން! ޓެރާރިޒާ އަކަށް މާގިނަދުވަހަކު ތިގޮތަށް ފުއްޕާކަށް ނުހުރެވޭނެ!
ސަތާރަ
June 30, 2012 at 7:08 pm
ބާޣީ ރިޒާމެންނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ! ވެއްޓެންއުޅޭތީ ތެޅިފޮޅެނީ! ކުރިންބުނީ އެމްޑީޕީ މެމްބަރުންނަކީ ލާދީނީ ބައެކޭ! މިހާރު ތިކިޔަނީ އެއީ ޓެރަރިސްޓުންނޭ! ބަލަ ރިޒާ ޓެރަރިސްޓުންގެ ގޮތުގައި ދުނިޔެ ޤަބޫލުރަނީ އަދި ލޭބަލްވެފައިތިބީ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ މީހުން! ލާދީނީ މީހުންނެއްނޫން! 23 އިއްތިހާދަކީ މިޤައުމުގެ ޙަޤީޤީ ޓެރަރިސްޓް ޖަމާޢަތް!
ibbe
June 30, 2012 at 6:12 pm
alhugandu thaaeedh, konmme beyfulhakuves abbas ah terorist riza. kiyaa, ei gaumahttakai kuranjehey kameh,
ނިޔާ
June 30, 2012 at 6:45 pm
އަޅުގަނޑު އެންޑީއޯއައްވެސް ގޮވާލަން، މި ސައިޓްްގައި އައްބާސް އާދިލް އާއި ބެހޭ ހަބަރެއް ލިޔާނަމަ ޓެރަރިސްޓްގެ ލަގަބު ކުރިޔައް ލާފަ ލިޔަން، އަދި އަރިމަތީގައި އިން ބާގީ މަންކީ ކައިރި އައްބާސް ގެ ފޮޓޯއެއް ޓެރރިސްޓް ޖަހާފަ ބައިންދަން ގޮވާލަން،
ސަބަބަކީ ދިވެހ ރާއްޖެގައި ހިންގުނު އެންމެ ބޮޑު ޓެރަރިޒަމްގެ އަމަލު ހިންގާފައިވަނީ 7 ފެބްރުއަރީގައި ލައިވްކޮށް، އޭގެ އަޑީގައި ވަނީ ރިޒާމެން، ބަނޑޭރިގޭގެ ކެމެރާތައް ސިފައިންގެ އަދި ޕޮލިހުންގެ ކުރިމަތީ ތަޅާ ސިފައިންގޭގެ ހުރުމަތް ކަނޑާ ރައްޔިތުން ފަހާ ބިރު ދައްކަމަުން ދުވުމަށް ތަޅާ އަނިޔާކުރުމަށްވުރެ ބޮޑު ޓެރަރިޒަމްގެ އަމަލެއް ނޯންނާނެ، އަދި ގައުމެއްގެ ވެރިޔަކަށް ބިރުދަށްކާ ގައުމުގެ ވެރިކަން ފޭރިގަތުމަށްވުރެ ބޮޑު ޓެރަރިސްޓް އަމަލެއް ދުނިޔޭގައި ނުހިނގާނެ، ޓެރަރިޒަމަކީ އަލިފާން ރޯކުރުން ނަމަ އެންމެން ނަކީ ޓެރަރިސްޓުން، އެ ޓެރަރިސްޓް އަމަލު ކޮންމެ ދުވަހަކު ހިނގާތީ ޓެރަރިސްޓް އައްބާސް އައް ކައިގެން ބޮއެގެން އުޅެވެނީ،
އަޅުގަނޑައްވެސް އެނގޭ ޓެރަރިސަމަކީ ކޯޗެއްކަން. 7 ފެބްރުއަރީގައި ކުރި ބަގާވާތުގައި ހިމެނޭ ޓެރަރިޒަމްގެ އަމަލުތަކިީ ރާއްޖޭގެ ތާރީޙް ދުއް އެންމެ ބޮޑު ޓެރަރިޒަމްގެ އަމަލު، އަޅުގަނޑު އެމްޑީޕީ ގެ ފަރާތުން ކައުންސިލަކަށް ހޮވިފައި ހުރި މިހެއްގެ ހައިސިއްޔަތުން ގޮވާލަން ފޭސްބުކު ޓްވިޓާ އަދި ސޯސިއަލް ޏެޓްވާކްތަކުގައިވެސް ޓެރަރިސްޓް ބާގީ ރިޒާ ނޫން ބަހަކުން މުހާތަބު ނުކުރަން، އަދި މަގުމަތިން ފެނުނަސް ދަރިޔަކު ފެނުނަސް އޭނާގެ އާއިލާ މީހަކު ފެނުނަސް ޓެރަރިސްޓް ގޮވުމައް ގޮވާލަން، ހާއްސަކޮށް އޭނާގެ ދަރިންނައްވެސް އަބަދު ކަންފަތުގައި ޓެރަރިސްޓް މި ލަފްޒު އިވި އިވި ހުންނަވަރުކުރަން، އަދި ބާޣީ މި ކަފްޒުވެސް، ނަފްސާނީގޮތުން ބައްޔަކަށްވެ އޭނާގެ އަނބިދަރިންނާއި އޭނާ ނިދާއިރުވެސް ޓެރަރިސްޓް، ބާޣީ އޭ ކިޔާ ހަޅޭލަވާވަރުކުރަން، އޭރައް މިކަލެގައައް އެނގޭނެ ތިމާ އެކަނި ނޫންކަން އަނގަ އޮތީ، އަޅުގަނޑު އަދިވެސް އެއްފަހަރު އެދެން އެންޑީއޯ އަދި ފޭސްބުކް އައް ވަންނަފަރާތްތަކުން މިކަންތައްކުރަން، މި ކެންޕޭން ކުރަން، އަޅުގަނޑަށް އަދި ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު މިއީ ވަރަށް ކާމިޔާބުކޮށް މީހުން ސައިޒައް ކެނޑޭ ގޮތެއް. ވަކި ހިސާބަކުން ދިރިއުޅުމާއި ދަރިންނާއި އާއިލާ އައް ނަފްސާނީ ބަލިކަށިކަން އަންނަ ހިސާބުން މިކަހަލަ އަނގަފިޔަފާޅިތައް ސައިޒައް ކެނޑޭނެ.
އިންޒާރު
June 30, 2012 at 6:05 pm
ބާޣީ ކިޔާތީ ވަރަށް އަސަރުކޮށްފިތާ! ޤަބޫލުކުރިޔަސް ނުކުރިޔަސް ތިޔައީ ބާޣީއެއް! އަދި ޓެރަރިސްޓެއް! މާ ފުއްޕާނެކަމެއްނެތް! އިރާދަ ކުރއްވިއްޔާ ދާދި އަވަހަށް ތިބައިގަނޑު ބޭޒާރުވެ ތި ބައިގަނޑުގެ ކިބައިން ދިވެހި މުއްމަތް ސަލާމަތްވާނެ! އަދި ތިޔަބުނާ ޖަގަހަތަކަށް ބާޣީންތައް ލެވި މިޤައުމު އަމާން ވެގެންދާނެ!