ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއިން ބާރުލިބިގެން މުޅިދިވެހި ގައުމުގެ ޙައްގުތަށް ހޯދައި ދިނުމާއި އިންސާފް ގާއިމުކުރުމަށް އުފެދިފައިވާ ސްޕްރީމް ކޯޓުވަނީ ދިވެހިންނަށް ހަރާންކޯރުވެފައެވެ.
ދިވެހިރާއްޖޭގެ ނިކަމެތި ރައްޔަތުން ތަހަމަލުކުރަމުންދާ ޑިމޮކްރަސީގެ ޅަފަތުގައި ޑިމޮކްރަސީ މަރާލުމުގެ ރޫޙް މިކޯޓުގެ ތެރެއިން ފެންނަމުން ދާކަމީ ހިތާމަހުރިކަމެކެވެ.
ދިވެހިން ދުން ނާމާން 7 ފެބަރުއަރީ 2012 ދުވަހު ސްޕްރީމް ކޯޓުގެ އަޑެއްބަޑެއް ނީވި ވަލު ދޮރާށިން، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނާއި ޚިލާފައް މީހަކުނަގާ ގައުމުގެ އެންމެ މަތީވެރިއަކަށް ލުމަކީ ދިވެހިން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދުވަހަކުވެސް މައާފް ކުރާނެ ކަމެއް ނޫނެވެ.
ދިވެހި ފަރުދުންނާއި ބޭރުގެ އެކިއެކި އެކި ފަރާތްތަކުން އެތައް ތުހުމަތުތަކެއް ވަހީދު ހަސަން މަނިކުގެ ސަރުކާރަށް ކުރަމުން ދާއިރުވެސް ކަހާތަން ހިރުވާލަން ނޭގިފައި ތިބީ ތިވެހި ދައުލަތުގެ އެތައް މިލިޔަން ރުފިޔާއެއް ފަނޑިޔާރުންގެ މުސާރަައާއި އެހެނިހެން ބޭނުންތަކަށް މަހަކު ނަގަމުންނެވެ. މިއީ ތިޔަ ފަނޑިޔާރުން ހަލާލުގޮތުގައި ހޯދާ ފައިސާކަން ގަބޫލުކުރާނެ މީހަކު ދިވެހި ފަސްގަނޑަކުނެތެވެ.
ދިވެހިންގެ ހައްގުތައް ހޯދައި އިންސާފު ގާއިމުކޮށްދިނުމުގެ ފެންވަރު ހުރީ ކިތައް ފަނޑިޔާރުންގެ ބާވައެވެ؟ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރާއި ގަދަރު ނުކުރާވާހަކަ ތަކުރާރުކޮށް އުއްތަމަ ފަނޑިޔާރު ދައްކަވާއިރު ތިމަން މަނިކުފާނުގެ ފަސްބައިގައި ހޭކިފައި ހުރި “ގުއި” ފުހުން މާރަނގަޅުވާނެއެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް ފޯނަކާއި ޕޯސްޓް ޕެއިޑް ލައިނެއް ސުޕްރީމް ކޯޓުގެ ބަޖެޓުން ހޯދާފައިވާ ކަމަށާއި އަދި އެ ލައިންތަކުގެ ބިލްތައް ވެސް ދައްކަމުން ގޮސްފައިވަނީ ސުޕްރީމް ކޯޓުގެ ބަޖެޓުން ކަމަށެވެ. އެގޮތުން އޮކްޓޯބަރު 2008 އިން 2011ގެ ނިޔަލަށް 81،519.71 2ރ. ފޯނު ގަތުމަށާއި ފޯނު ބިލަށް ހަރަދުކޮށްފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ކޯޓުން ދީފައިވާ ފޯނުން ޕްރިޕެއިޑް ލައިންތަކަށް 2،223ރ. ޓްރާންސްފަ ކޮށްދީފައިވާކަން 2010 އަހަރުގެ އޮޑިޓް ރިޕޯޓުން އެއޮތީ ފެންނާށެވެ.
ދިވެހި ނިކަމެތިން ބޯހިޔާވަހިކަމެއްނެތި ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއްނެތިފައި ވާއިރު، އިންސާފު ގާއިމުކޮށް ދިނުމަށްށޭ ކިޔާފައި ދައުލަތުގެ ބަޖެޓުން އެތައް މިލިޔަން ރުފިޔާއެއް މުސާރައިގެ ގޮތުގައި ނަގާ ފަނޑިޔާރުން ދިވެހި ދައުލަތުގެ ފައިސާއަށް ޚިޔާންތެރިވެ، ފުލެޓާއި ގޯތިފަދަ ތަންތަން ޖަހައިގަނެ އަންބޮޑި ބޮޑުކުރާބަޔަކަށް ގަދަރުކުރާނެ ބަޔަކު ވާނެބާއެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަކީ އެތަނުގެ އުމުރުން 4 އަހަރު ފުރޭއިރުވެސް ފިރުކިގަނެވޭ ފެންވަރު ނެތް ތަނެކެވެ.
ލޯލާރިއެއްވެސް ނެތް
July 8, 2012 at 6:02 pm
ފަޑިޔާރުންގެ އިޙްލާސްތެރިކަމެއް ނެތްވާހަކަ ދައްކާނެ ކަމެއްނެތް މިޤައުމުގެ މިހާޜުގެ ވެރިއަކަށް ހުރި ފަރާތުގެ ވެސް އިޙްލާސްތެރިކަމެއް ހުރި ނަމަ ، އަދި ރައްޔިތުން ދެކެ ލޯބިވާ މީހެއްނަމަ މިޤައުމަށް މިބަޤާވަތްނުގެންނާނެ އޭނާ އިސްވެހުރެ 08 ފެބްރުއަރީއަށް ބަލާލީމަވެސް އެގޭނެ އެކަން ފުލުހުން އަނިޔާކުރި މީހުންތަކުގެ މައްސަލަތަށް ޕީޖީ އޮފީހުގައި ހުރީ ތާށިވެފައި ދާނެ ކޮޅެއް ނޭގިފައި ޕޮލިސް އިންޓަގްރިޓީ އިން 08 ފެބްރުއަރީގައި ރައްޔިތުންނަށް ކުރި އަނިޔާގެ މައްސަލަ ތަށް ވީތަނެއް އެގޭ މީހަކު މިހާރު ނެތް އެއީ ނުކުރާކަމަކަށް ހަދަން އުޅެނީ ދުވަސްކޮޅެއް ކޮށްލާފަ އޮތްބާލާނީ ނޫނީ އެމީހުން މާލޭން ބޭރަށް ކޯހުގައި ފޮނުވާލާނެ އެހިސާބުން ނިމުނީ
އަލިފުޅު
July 5, 2012 at 9:28 pm
ވަގުތީ އިސްފަދިޔާރު ކަމަށް މައުމޫން އައްޔަން ކުރީ އާޒިމާ ޝުކޫރު ބޭނުންވި މީހާ!! ދެން ކަންކަން ބޮއްސުން ލަނެވަރު ވިސްނާ!! ހުރިހާ ކަމެއްވެސް މި އޮތީ ވަކިބަޔަކު ބޭނުންވާ ގޮތައް!! ރައްޔިތުން އެދޭގޮތައް އެއްކަމެއްނެތް!!؟
ވާދަ
June 30, 2012 at 9:20 am
ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ވަގުތީގޮތުން ހަވާލުވެހުރެގެން ގާނޫން އަސާސީއާ ޚިލާފަށް ކެބިނެޓް ބަދަލުކުރިއިރުވެސް ތިޔަ ސްޕްރީމްކޯޓް ނިދާފައި
އަލީ
June 30, 2012 at 8:12 am
އިރާދަކުރެއްވިއްޔާ ރައީސްނަށީދުﷲގެމިންވަރުފުޅާއެކުމުޅިތިތަންއެއްކޮންސާފުކުރުމައްފަހު ދިވެހިންބޭނުންވާފަނޑިޔާރުގެޔެއްހޯދާދޭނޭ އެދުވަހުންހުރިހާބާގީންތިބޭނީއެކޯޓުންއިއްވާހުކުމުގެދަށުންޖަލުގެގޮޅިތަކުގަ ރީކޯމޫނަބުނިގޮތައްރައީންނަށީދުކުރިންވެސްހިއްތިރިނުކޮއް މިކަހަލަސައިތާނީ ޓީވީތަކާމައުމޫނުސައިޒުގަބެހެއްޓިނަމަމިކަހަލައަނދިރިދިވެހިންނައްއުނދަގޫދުވަސްތަކެއްނުޖެހުނީސް