ރާއްޖެ ޓީވީ ޖުލައި މަހުގެ 10 ހިސާބުގައި އަތޮޅުތަކަށް ފެންނާނެ

28 ޖޫން 2012 21:39 | 0 ކޮމެންޓް

-ޖަންނަތު އަޝްފާޤް-

ރާއްޖޭގައި އެންމެ މަޤުބުލޫ ޓީވީ ޗެނަލް ރާއްޖެ ޓީވީގެ ޚިދުމަށް ކުރިއަތް އޮތް ޖުލައި މަހުގެ 10 ހިސާބުގައި ރާއްޖެ ތެރެއަށް ލިބޭވަރު ވާނެކަމަށް އެޓީވީގެ އިސް އޮފިޝަލަކު އެންޑީއޯ އަށް މަޢުލޫމާތު ދެއްވައިފިއެވެ. ރާއްޖެ ޓީވީގެ ޚިދުމަށް ދިނުން ލަސްވަމުން ދިޔައީ ތައިކޮމް ސެޓެލައިޓް މެދުވެރިކޮށް ޚިދުމަށް ދިނުމަށް ބޭނުންވާ ސެޓަޕް ރާއްޖެ އަށް އައުން ލަސްވެގެން ދިއުމުގެ ސަބަބުން ކަމަށް އެއޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެތަކެތި ޖުލައި މަހުގެ 5 ހިސާބުގައި ރާއްޖެއަށް ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެތަކެތި އައުމާއެކު ކުރިއެކޭ އެއްގޮތަށް ރާއްޖެ ޓީވީގެ ޚިދުމަށް ރަށްރަށް ލިބިގެން ދާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.  

ކުރިން ރާއްޖެ ޓީވީއިން ޚިދުމަށް ރާއްޖޭގެ އަތޮޅުތަކަށް ދެމުން ދިޔައީ ވަތަނިއްޔާ މެދުވެރިކޮށް އިންޓެލްސެޓް އިންނެވެ. އެންޑީއޯ އަށް އެނގިފައިވާ ގޮތުގައި  ރާއްޖެޓީވީގެ ޚިދުމަށް ފުރަތަމަ މެދުކެނޑެން ދިމާވީ ސެޓެލައިޓް އަޕްލިންކް އަށް ދިމާވި މައްސަލަ އަކާއި ގުޅިގެންނެވެ. އެމައްސަލަ ހައްލުކޮށް އެޓީވީގެ ޚިދުމަށް ދެވެން އޮތް ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ވަތަނިއްޔާ މެދުވެރިކޮށް އެކަންވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ވަތަނިއްޔާ މެދުވެރިކޮށް ޚިދުމަށް ދެވޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވުމުން ރާއްޖެ ޓީވީއިން ވަނީ ތައިކޮމް ސެޓެލައިޓުން އެޓީވީގެ އަމިއްލަ ތަކެތީގައި ޚިދުމަށް ދިނުމަށް ނިންމާފައެވެ.  

0 ކިޔުންތެރިންގެ ޚިޔާލު

  1. ވީ ލަވް އަންނި Reply

    July 1, 2012 at 5:47 am

    ވަތަނިއްޔާ ވެސް ބްލެކްމެއިލް ކުރަނީ ތިޔަ ބާޢީ ނާޒިމް. އެއީ ވަތަނީޔާ އަކީ ދިވެހި ސިފައިންނަށް ޚިދްމަތް ދޭ ކުންފުންޏެއް ވީމަ

  2. އަހުމަދު މާޅޮސް Reply

    June 30, 2012 at 10:11 am

    ވަތަނިޔާ ވެސް ބަޣާވާތަށް ތާއީދު ކުރަނީ ކަމަށް ވާނީ

  3. ވީ ލަވް އަންނި Reply

    June 30, 2012 at 6:32 am

    ޓީވީ ޗެނެލް ތައް ހިންގޭނީ ވެސް ބުރުމާ މެން އުއްޗު މެން ކަހަލަ ފައިސާ ވެރިން ނަށް ކަން މިހާރު މި އެނގެނީ

  4. ހަސަންބެ Reply

    June 30, 2012 at 6:25 am

    އެމްޑީޕީގެ މެންބަރުންނާއި އެމްޑީޕީ އަށް ސަޕޯޓް ކުރާ އެންމެން ވަތަނިއްޔާ ދޫކޮށް ދިރާގަށް ބަދަލުކުރަން ގޮވާލަން! 50000 މީހުން މި ކޮމްޕެނީ ދޫކޮށްލީމާ ވާގޮތެއް އެނގިދާނެ!

  5. ނަސީރު Reply

    June 29, 2012 at 5:37 pm

    ރާއްޖެ ޓީވީ އަކީ ގިނަ ދިވެހިންގެ އެންމެ މަޤުބޫލު ދިވެހި ޗެނަލް! އަދި ބާޣީން އެންމެ ރުޅިއަންނަ ޗެނަލް! 2013ގެ އިންތިޚާބުގެ ކުރިން ރާއްޖެޓީވީ ނައްތާލަން ބާޣީން ބޭނުންވޭ!

  6. ގާސިމު މ ދިއްގަރު Reply

    June 29, 2012 at 5:30 pm

    ހަބީތިބުނީތެދެއް އެއްވެސްކަމެއްގޯސްވެގެނެއްނޫންއެމީހުންއުޅުނީކީ 2 މިނެޓަކުންކަމެއްރަނގަޅުނުކުރެވޭނެކަންކޮންމެމީހަކައްވެސްއިނގޭނެއެމީހުންބޭނުންވީރާއްޖެހަލާކުކޮއްލަން

  7. ހަބީބު ރ މީދޫ Reply

    June 29, 2012 at 2:14 pm

    ރާއްޖެޓީވީނުފެންނާތީ ވަރައްފޫހިވޭ ދެންހުރިޗެންތަކަކީވަކިބަޔެއްގެކަންތައްގެނެސްދޭޗެނަލްތަކެއް މިހެންމިބުނީހެއްކާއިގަރީނާލިބިގެން ނިކަންއަޑުއަހާ ނަށީދުވެރިކަމުގައަބަދުދައްކާނީތަކެތިއަގުބޮޑުވާހަކަޑޮލަރުނުލިބޭވާހަކަދޮންމީހުންނާގުޅުންބާއްވާވާހަކަ ބަގާވާތުންސަރުކާރައްއެރިތާ 2 މިނެޓުތެރޭ މިޗެނަލްތަކުންފޮނުވަންފެށީ ކުރިންބުނިކަންތައްރަނގަޅުވިކަމައް މިހާދޮގުހަދާޗެނަލްތަކެއްދެންހުރީ

  8. ޑީ ޑީ Reply

    June 29, 2012 at 10:54 am

    ވަތަނިިިއްޔާ އަކީ ގޮލާ ބަަންގާލު ތަނެއްވިއްޔާ

  9. ހަބީބު ރ މީދޫ Reply

    June 29, 2012 at 10:14 am

    ރާއްޖެޓީވީއަކީމިރާއްޖޭގެއެންމެމަގުބޫލުޓީވީ ވުމާއެކުތީވަރައްއުފާވެރިހަބަރެއް ދެންހުރިޓީވީތަކަކީވަކިފަރާތަކައްކެންޕޭންކުރުމައްބޭނުންކުރާވަރައްދޮގުހަބަރާއިލާދީނީމަންޒަރުދައްކާ ޓީވީތަކެއް ރާއްޖެޓީވީޔަކީވަރައްގާބިލުބަޔަކުމަސަތްކަތްކުރާވަރައްމުނިފޫހިފިލާޓީވީއެއް

  10. ނިޔާޒު Reply

    June 29, 2012 at 4:42 am

    ތައިކޮމް އަށް ބަދަލްކުރީމާ ކުރިން ފެންނަހެން ފެންނަންވެއްޖިއްޔާ ކަމަކުނުދޭ އަޕްގުރޭޑިންއެއް ވެއްޖިއްޔާ ރަނގަޅުވާންޖެހޭނެ އެލް އެން ބީ ސާކިލޭޓް ކޮށްގެން ބަލަން ޖެހިއްޖިއްޔާ ކަމަކުނުދޭ އަނެއްކާ ތައިކޮމް ސެޓްގަ ނުވެސް ހުރޭ ސާކިލޭޓް ޗެނަލްއެއްވެސް މިކަމާ ރާއްޖެ ޓީވީ މީހުން ވިސްނުމަށް އެދެން

  11. ވަޠަންގެލޭ Reply

    June 29, 2012 at 3:20 am

    ވަޠަނިއްޔާ ޓެލެކޮމްވެސް ސިޔާސަތުގެ ތެރެއަށް ވަދެ ސިޔާސީ ވަނީތާއެވެ. މިއީ ވަޠަނިއްޔާއިން ވިސްނާލުންރަގަޅުކަމެކެވެ. ދުނިޔެ އަބަދަކު އެއްގޮތަކަށް ދެމިއެއް ނޯންނާނެއެވެ. ހަމއެގޮތަށް އަބަދަކު ޣައިރު ގާނޫނީ ސަރުކާރެއްވެސް މިރާއްޖޭގައި ވެރިކަންކުރާކަށް ދެމިއެއް ނޯންނާނެއެވެ.

  12. ސަރާ Reply

    June 28, 2012 at 5:56 pm

    ވަރައްއުފާވެރިހަބަރެއް

  13. މޮނާޖް Reply

    June 28, 2012 at 6:13 pm

    އުފާވެރިޚަބަރެއް ރާއްޖެ ޓީވީގެ ޚިދުމަތް މެދހުކެޑުމާއި ގުޅިގެން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ތިބި ވަރައްގިނަ ރައްޔިތުން ތިބީ އެކަމާ ދެރަވެ ވަރަށްބޮޑަށް މާޔޫސްވެފަ ވީމާ ތިޔައީ އެރަށްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފާވެރިކަމަކައް ނޫނީ ހަމަގައިމުވެސް ނުވާނެ ރާއްޖެ ޓީވީގެ ހުރިހާ މުއައްޒަފުންނާއި ވެރިންތިޔަ ކުރައްވާ މަސައްކަތްތަކަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

  14. ރައިހާނާ / ގއ.ވިލިގިލި Reply

    June 28, 2012 at 6:27 pm

    ވަރަށްވެސް އުފާވެރި ޚަބަރެއް. ތިއަށްވުރެވެސް އަވަސް ކުރެވެންޏާ އަވަސްކޮށްދިނުން ވަރަށްބޮޑަށް އެދެން.

  15. ލަތީފް Reply

    June 28, 2012 at 6:38 pm

    ވަރަށް އުފާވެރި ހަބަރެއް. ރައްޔިތުން ކެއްމަދު ވެފައި.

  16. އަސްލަމް Reply

    June 28, 2012 at 9:48 pm

    މިހާރު ނުފެންނަ ޓީވީ އެއް ބަލާކަށް މީހަކު ނޫޅޭ!!!.. އިތުބާރު ގެއްލިއްޖެ… މަޑުމަޑުން އެހެންޗެނަލްތައް ބަލާފަ އެމްޑީޕީގެ ސިޔާސަތުތަކުގެ ރނގަޅު ވާހަކަދައްކާ މީހުން ބަސްހުއްޓި.. ބަޣާވާތުގައި ބައިވެރި މީހުންނަށް ތަރުހީބު ދޭން ފަށައިފި.. ބަޔަކު އިންތިޒާރުގައިވެސް ތިބޭނީ ވަކިވަރަކަށްނު!!! އެކަމަކުވެސް އަޅުގަނޑުގެ ފަރާތުން އެޗެނެލްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒިފުންނަށް ޝުކުރު ޢަދާކުރަން…. ﷲގެ ވާޤިފުޅާއެކު ތިމަސައްކަތް ކާމިޔާނު ކުރައްވާށި… އާމީން..

  17. އަންމަޑޭ Reply

    June 28, 2012 at 8:47 pm

    މިހާރު ތިގޮތަށް ތާރީޚުތައް ދޭތާ 3މަސްދުވަސް ވަނީ އަދިވެސް ތިޔަޓީވީ ފެންނާކަށް ނޫޅޭ…… މިހާރު ވަރަށް އިތުބާރު ގެއްލިއްޖެ…….

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>