އިބްރާހިމް އަލީ -
ފެބްރުއަރީ 7 ގައި ރާއްޖެއަށް ގެނައި ބަޣާވަތުގެ ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް އިން 300 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފިއެވެ. މިހާރު ރާއްޖޭގައި އޮތް ބަޣާވަތުގެ ސަރުކާރަށް މިހާ ދަށްފެންވަރުގެ އަމަލެއް ހިންގަން ޖެހުނީ ބަޣާވަތް ގެނައުމަށް ފަހު ހަފްތާއެއް ނުވަނީސް ރިސޯޓްތަކުގެ ވެރިން ސަރުކާރަށް ދައްކަން ޖެހޭ 2.2 ބިލިއަން ރުފިޔާ މާފުކޮށްދީ އެމީހުން 2.2 ބިލިއަން ރުފިޔާއިން މުއްސަނދި ކޮށްދިނުމުގެ ސަބަބުންނެވެ. ވެރިކަން ފޭރިގަތުމަށްފަހު ހަފްތާއެއް ނުވަނީސް މުޅި ޤައުމު ބަގުރޫޓު ކޮށްލުމަށްފަހު ޤައުމު ހިންގާނެ ފައިސާ ނެތުމުން މިހާރު ބާޣީން މިވަނީ ދިވެހި ބޭންކުގައި ހުރި ރައްޔިތުންގެ ފައިސާކޮޅު ނަގައި ހަފުސް ކޮށްލާފައެވެ. މިއީ ސީދާ ރައްޔިތުންގެ ކަރުގައި ހިފުން ކަހަލަ ކަމެކެވެ. ހަވީރު ފަދަ ރައްޔިތުން އިތުބާރު ކުރާ ނޫސްތަކުން މި ލޯނު ނެގި ވާހަކަ ގެނެސްދޭއިރު މީގެ ފަހަތުގައިވާ ހާމަކަން ބޮޑު ހަޤީޤަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސް ނުދެނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ.
މި ދެންނެވި 2.2 ބިލިއަން ރުފިޔާ ކައްވާލައި ރިސޯޓް އޯނަރުންނަށް ދިނުމުގެ އިތުރަށް މި ބާޣީ ސަރުކާރާމެދު ބައިނަލްއަޤްވާމީ ބޭންކް ތަކުންނާއި ބޭރުގެ މާލީ އިދާރާތަކުން އިތުބާރެއް ނުކުރެއެވެ. އޭގެ ސަބަބުން ރާއްޖެއަށް ދެމުން އައި އެހީތަކާއި ލޯނުތައް ދިނުން ހުއްޓާލުމާއި ގުޅިގެންނާއި އަދި ބަޣާވަތުގެ ސަރުކާރުން ބޭރު ޤައުމުތަކަށް ކުރާ ދަތުރުތައް ގިނަވުމާއި ބޭކާރު ޚަރަދު ކުރުން އިތުރުވުމާއި ލިބެން ހުރި ފައިސާއިން ހަމަޖައްސަން ނޭގުމާއި އަދި ފުލުހުންނާއި ސިފައިންނަށް ބޮޑެތި ޚަރަދު ތަކެއް ކުރަން ޖެހުމާއި ސަރުކާރުގެ މޫނު މަތި ރީތި ކުރުމުގެ ނަމުގައި ޔަހޫދީ ކުންފުންޏަކަށް މިލިއަނުން ޚަރަދު ކުރަން ޖެހުމުގެ ސަބަބުން ބާޣީ ސަރުކާރުން މިހާރު ޤައުމު ހިންގާނެ ގޮތެއް ނޭގިގެން ތެޅި ފޮޅެނީއެވެ. އެކަމަކު ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަށް އެކިތަންތަނުން ނަގައިގެން މުސާރަ ދީ އެމީހުން ބޭރު ޤައުމުތަކަށް ފަސްޓް ކްލާހުގައި ދަތުރުކޮށް އިސްރާފު ކުރަމުންދަނީ ހައްދެއް ނެތިއެވެ.
މައުމޫނުގެ ދައުރުގައި 2008 ވަނަ އަހަރުގެ ކެމްޕެއިނާ ދިމާކޮށް ބީއެމްއެލްއިން ތަސްމީން އަލީ ފަދަ މީހުން ނަގާފައިވާ އެތަކެއް ބިލިއަން ރުފިޔާގެ ލޯނުތައް މިއަދާއި ހަމައަށް ވެސް ދައްކާފައެއް ނުވެއެވެ. އަދި އެލޯނުތައް ނެގުމުގެ ސަބަބުން ބީއެމްއެލް ގައި ހުރި ފައިސާ މަދުވެ އާއްމު ރައްޔިތުންނާއި މެދު އަދި ކުދި ވިޔަފާރިވެރިންނަށް ދޭ ލޯނުތަކަށް ވަނީ ބުރޫ އަރާފައެވެ. ޤައުމުގެ އިޤްތިސާދު ކުރިއަށް ގެންދިއުމުގައި ޕްރަވެޓް ސެކްޓަރ ވަރުގަދަ ވާންޖެހޭއިރު މިއަދު އެފަރާތްތަކަށް ލޯނު ލިބޭނެ ގޮތް މިވަނީ ހުސްވެފައެވެ. 2009 ވަނަ އަހަރުގެ ބީއެމްއެލްގެ އޯޑިޓް ރިޕޯޓްގައިވެސް އެބޭންކުން ތަސްމީނު އަލީ ފަދަ މީހުން ނަގާފައިވާ ބޮޑެތި ލޯނުތައް ނުދައްކައި ހުރުމުގެ ސަބަބުން އެބޭންކު ބަގުރޫޓު ވެދާނެ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށްފައިވެއެވެ. ނަމަވެސް، ބާޣީ ސަރުކާރުން އަނެއްކާވެސް ބޭންކު ބަގުރޫޓު ކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ.
ބާޣީ ވަހީދު ސަރުކާރާއި ހަވާލުވިފަހުން އޭނާގެ ކޮންޓްރޯލެއް ރާއްޖޭގެ މާލީ ސިޔާސަތު ކަނޑައެޅުމުގައި ނޯވެއެވެ. ހުރިހާ ކަމެއްވެސް ނިންމަމުން ދަނީ ޕީޕީއެމްއަށް ވަފާތެރި މައުމޫނު ކައްކާހައި ބަތަކަށް ރިހަ އަޅާ ޖިހާދެވެ. 2012 ގެ ބަޖެޓްގައި ނުހިމެނޭ އެތަކެއް ކަމެއް މިހާރުވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޣާވަތުގައި ބައިވެރިވި މީހުންނަށް ބޮޑެތި ޕްރޮމޯޝަން ދިނުމާއި ސިފައިންނަށް ގަނޑުކޮށް ބޮޑު އެލަވަންސެއް ދިނުމާއި ގިނަ އަދަދަކަށް ހަތިޔާރު ރާއްޖެއަށް އެތެރެ ކުރުން ހިމެނެއެވެ. އަދި ބަޣާވަތުގެ ސަރުކާރު ހިމާޔަތް ކުރުމަށްޓަކައި ރުޑަރ ފިން ކިޔާ ކުންފުންޏަކަށް ކޮންމެ މަހަކުވެސް މިލިއަނުން ޚަރަދު ކުރަން ޖެހުން ހިމެނެއެވެ.
ރައްޖޭގެ ކަންތައްތައް މިހާރު ދާގޮތަށް ބަލާއިރު ރާއްޖެ ވަރަށް އަވަހަށް ބަގުރޫޓުވެ އާއްމު ރައްޔިތުންނަށް އޭގެ އަސަރު ފޯރާނެ ކަމަށް ބެލެވެއެވެ. ބާޣީ ވަހީދުގެ ސަރުކާރަކީ އެއްވެސް ޕްލޭނެއް އޮވެގެން ވައުދެއްވެގެން ވެރިކަމެއް އައި ބައެއް ނޫން ކަމުން އެމީހުންގެ އަތުގައި އިޤްތިސާދު ރަނގަޅު ކުރާނެ ޕްލޭނެއްވެސް އަދި އެކަމުގެ ޝައުޤުވެރި ކަމެއްވެސް ނެތެވެ.އެމީހުން ދަނީ ލަދެއް ހަޔާތެއް ނެތި ރައްޔިތުންގެ ފައިސާއިން ބޭރުގެ ޤައުމުތަކަށް ދަތުރުކުރުން މަޖަލާއި އުފަލުގެ ދިރިއުޅުމެއް އުޅެމުންނެވެ.
ހަލީމު ބ އޭދަފުށި
June 28, 2012 at 1:05 pm
އަޅުގަނޑަކީއަނަންތާރާގާބެލްބޯއީއަކައްއުޅޭމީހަކީން އޭދަފުށީބުރާންޗުގަހުރިއަޅުގަނޑުގެ އަމިއްލައެކައުންޓުންވެސް ޑޮލަރުނަގަންގޮސްއޮންނަނީނުލިބިފަ އެތާތިބޭމީހުންގާތުމިވަނީކީއްތޯއަހާލީމަމިބުނަނީ މިއީދެވެންއޮންނަވަރޭ ބާގީސަރުކާރުއައިސްގެން ރައްޔިތުންގެލާރިތައްތަޅާބާލަނީ އެއްކަލަ 30 އަހަރުގެބޯވަހަންގަނޑުބުނާގޮތައް އޭދަފުއްޓަކީމާތަރައްގީތަނެއްކަމައް ރާއްޖެއައްދައްކާފަހަރާން އެގޮޅާބެ މިރަށައްކޮއްދިންއެއްވެސްކަމެއްނޯންނާނެ މޑޕ ގެރަން 3 އަހަރުރައްޔިތުންތިބީއުފަލުގަ ނަށީދުދެއްވާހެޔޮހަބަރުގަކަންތައްތައްވާލެއްއަވަސްކަމުން ބިންތަކާފުލެޓުތަކާއެއާޕޯޓުތަކާ މެގަޕޮރޮޖެކްޓުތައްޖައްސާނިއްމާލެއްއަވަސްކަމުންހެވިފަ މިހަރުމިއޮތީބޮޑުބަލާވެރިކަމެއްދިވެހިންނައް ﷲ މިނުލަފާލާދީނީސޭކުންތަކާބާގީވަހީޑުގެ ވަކިތަކުންދިވެހިއުންމަތްރައްކާތެރިކޮއްދެއްވާށި އާމީން
ކާފަ
June 27, 2012 at 4:12 pm
ލި ބުނު މަދު ވަޤުތުކޮޅު އަތުޖެހުނު ގޮތަކަށް ކާލާށެވެ.
ރަށްޔިތުން ނަކީ ހެޔޮ ވިސްނޭ ބައެއްކަމަކަށް ބާޤީނުދެކެއެވެ.
ޔާމީން،މައަުމޫން،ޤާސިމް ބުނަނީ ވީޓީން ޑުރާމާއެއް
ދައްކާލީ މައި އެގުބޯލިތައް ނޫން ނަމަ 500ގެ ނޫޓްއެއް ދައްކާލީމައި އޯ ކޭވާނެއެވެ!
ކޮވެލި
June 27, 2012 at 3:59 pm
ކީއްތޯ ކުރާނީ!
މި ބާގީން ގެ ހުރިހާވެސް ބޭނުމަކަށްވީ ގަމާރު ރައްޔިތުންނަށް މާ ހެޔޮއެދޭ ބަޔަކަށްވެ އެމީހުންގެ ދީން ސަލާމަތްކޮށްދިނުމުގެ ބަހަނާގައި ގައުމުގެ ޚަޒާނާ ދޮވެލުން. ދަހިވެތި ކާޅެއް ދައްކައިގެން ކާޅުގެ އެހީގައި އެކަންތައް އެކުރަނީ. މިކަމުން ސަލާމަތް ވުމަށް އެމް. ޑީ. ޕީ އާއި ގުޅިގެން މަސައްކަތް ކުރަމުން ﷲ އަށް މި ބަލާވެރިކަމުން ސަލާމަތް ކޮށްދިނުމަށް ގިނަގިނައިން ދުޢާ ދަންނަވާ. ﷲ އެ ދުޢާތައް އިޛާބަ ކުރައްވާނެ.
ކާފަ
June 27, 2012 at 4:00 pm
ލި ބުނު މަދު ޔަޤުތުކޮޅު އަތުޖެހުނު ގޮތަކަށް ކާލާށެވެ.
ރަށްޔިތުން ނަކީ ހެޔޮ ވިސްނޭ ބައެއްކަމަކަށް ބާޤީނުދެކެއެވެ.
ކާފަ
June 27, 2012 at 4:01 pm
ލި ބުނު މަދު ޔަޤުތުކޮޅު އަތުޖެހުނު ގޮތަކަށް ކާލާށެވެ.
ރަށްޔިތުން ނަކީ ހެޔޮ ވިސްނޭ ބައެއްކަމަކަށް ބާޤީނުދެކެއެވެ.