“2008 ގައި މިނިވަން އިންތިހާބެއް ބާއްވަން ޖެހުނީ ޔޫރަޕުންނާއި ޤައުމުތަކުން މައުމޫނަށް އިންޒާރުދީ ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމުމާއި އެތޭރޭގެ ފިއްތުންތަކުގެ ސަބަބުން މައުމޫނަށް މަޖުބޫރުވެގެން” : އިންޓަނޭޝަނަލް ސެންޓަރ އޮން ނޮން ވަޔަލަންޓް ކޮންފްލިކްޓް
-ޖަންނަތު އަޝްފާޤް-
އެމެރިކާގެ އިންޓަނޭޝަނަލް ސެންޓަރ އޮން ނޮން ވަޔަލަންޓް ކޮންފްލިކްޓް އިން ރައީސް ނަޝީދަށް ޖޭމްސް ލޯސަން އެވޯޑް ދިނުމަށް ނިންމާފިއެވެ. އެ އެވޯޑު ރައީސް ނަޝީދަށް އެރުވުމަށް އެ ސެންޓަރުން ނިންމައި އެކަން ހާމަ ކޮށް ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި ވާ ގޮތުން ރައީސް ނަޝީދަށް އެ އެ އެވޯޑު އެރުވުމަށް އެ ސެންޓަރުން ނިންމާފައިވަނީ އެމަނިކުފާނުގެ ރާއްޖޭގައޮ އޮތް ހުދުމުހުތާރު ވެރިކަމާއި ދެކޮޅަށް އެތަކެއް އަހަރު ތަކެއް ވަންދެން ކުރަމުން އަންނަ ހިތްވަރު ގަދަ ސުލްހަވެރި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނާއި އެމަނިކުފާނުގެ ލީޑަޝިޕް ފާހަގަ ކުރުމުށާއި އަދި ހަމަ އެހެންމެ ރާއްޖެއް އަށް ގެނެވެނު ބަޣާވަތުގެ ކުރިމަތީގައި އެމަނިކުފާނުގެ ފަރާތުން ފެނުނު ހިތްވަރާއި އަޒުމުގެ ވަރުގަދަކަން އަދި އެ ބަޣާވަތާއި ގުޅިގެން ރާއްޖޭގައި ޑިމޮކްރަސީ އަލުން ޤާއިމު ކުރުމަށް އާ ރޫހާކާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
އެ ސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދަށް އެ އެވޯޑު އަރުވާނީ ޚުދު ޑރ. ޖޭމްސް ލޯސަން ގެ އަތްޕުޅުން ކަމަށާއި އެބޭފުޅާއަކީ 1960 ގެ އަހަރު އެމެރިކާގައި ހިނގި މަޝްހޫރު މަދަނީ ހައްޤުތައް ހޯދުމުގެ (ސިވިލް ރައިޓްސް މޫވްމެންޓް) ހަރަކާތުގައި ޑރ. މާޓިން ލުތަރ ކިންގު ގެ އެންމެ އަރިސް އެއް އެޑްވައިޒަރު ކަމަށާއި އަދި އެބޭފުޅާއަކީ އެމެރިކާގައި އިހްތިރާމް ލިބިވަޑައިގެންފައިވާ އިއްޒަތްތެރިއެއް ކަމުގައި ހާމަ ކޮށްފައިވެއެވެ. ޑރ. މާޓިން ލުތަރ ކިންގް އަކީ އެމެރިކާގައި ކަޅު މީހުންނާމެދު ކުރެވެމުން ދިޔަ ތަފާތު ކުރުންތައް ނައްތާލުމަށް ގުރުބާންވެ ވަޑައިގެންނެވި އެމެރިކާގެ ރައްޔިތުންގެ އިތުން މުޅި ދުނިޔެވެސް ގަދަރު ކުރާ ބަތަލެކެވެ. މާޓިން ލުތަރ ކިންގ ޑރ. ޖޭމްސް ލޯސަން އާއި ބެހޭގޮތުން ބުނެފައިވަނީ ލޯސަން އަކީ ‘ދުނިޔޭގައި ސުލްހަވެރި ކަމާއެކު ހިންގާ ހަރަކާތްތަކުގެ އެންމެ އިސް ތިއަރިސްޓް އަދި އެންމެ އިސް ސްޓްރެޓެޖިސްޓް’ ކަމަށެވެ.
މިފަދަ އަގުހުރި އެވޯޑެއް ރާއްޖެއަށް ނިސްބަތްވާ ފަރާތަކަށް އެމެރިކާއިން އެރުވުމަކީ ހަމަ ކަށަވަރުން ދިވެހިރާއްޖެއަށް ލިބޭ ވަރަށް ރީތި ނަމެކެވެ. އަދި މިއެވޯޑުގެ ރައީސް ނަޝީދަށް އެރުވުމަށް ނެރުނު ބަޔާނުގައި ރާއްޖޭގައި ބަގާވަތެއް ހިނގިކަމަށް ވަރަށް ސާފުކޮށް ލިޔެފައި އޮތުމުން އެމެރިކާގެ ޕޮލިސީ ލެވެލްގައި އުޅުއްވާ ބޭފުޅުންގެ ވިސްނުން 7 ފެބްރުއަރީ އާއި މެދު ހުރިގޮތް ހާމަވެއެވެ.
އެ ބަޔާނުގައި ރައީސް ނަޝީދު ރާއްޖެއަށް ހެޔޮ ވެރިކަމެއް ގެނެސް ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ކުރައްވާފައިވާ އަގުހުރި އެތަކެއް މަސައްކަތްތަކެއްގެ މައްޗަށް ކުރުގޮތަކަށް އަލި އަޅުވާފައިވެއެވެ.
އެ ބަޔާނުގައި ހާމަކޮށްފައިވާ ފާހަގަ ކޮށްލެވޭ އެއް ޕޮއިންޓަކީ 2008 ވަނަ އަހަރު ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް ޖެހުނު ގޮތާބެހެން ގޮތުން ހާމަކޮށްފައިވާ މަޢުލޫމާތެވެ. ކުރީގެ ރައީސް މަޢުމޫން އަބްދުލް ގައްޔޫމް ވިދާޅުވާ ގޮތުގައި ޤާނޫނު އަސާސީ އިސްލާހުކޮށް މިނިވަން އިންތިހާބެއް 2008 ވަނަ އަހަރު ބޭއްވީ އެމަނިކުފާނު ބޭނުންފުޅު ވެގެންނެވެ. ނަމަވެސް، މިމަހު 25 ގައި އެމެރިކާގެ މި އިދާރާއިން ނެރެފައިވާ ބަޔާނުގައިވަނީ 2008 ވަނަ އަހަރު މިނިވަން އިންތިހާބެއް ރާއްޖޭގައި ބޭއްވުނު ސަބަބަކަށް ވަރަށް ސަރީހަ އިބާރާތުން ބުނެފައިވަނީ ޔޫރަޕުންނާއި އަދި އެހެނިހެން ޤައުމު ތަކުން މައުމޫނަށް އިންޒާރުތަކެއް ދިނުމާއި އަދި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމަން އުޅުމާއި އަދި ރާއްޖޭގެ އެތެރެއިން އައި ފިއްތުންތަކުގެ ސަބަބަބުން މިނިވަން އިންތިހާބެއް ބޭއްވުމަށް މައުމޫނަށް އެއްބަސްވެ ވަޑައިގަންނަވަން ޖެހުމުން ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ބަޣާވަތަށްފަހު ޑިކްޓޭޓަރުގެ ވެރިކަމުގައި ތިބި މޫނުތައް އަނބުރާ ވެރިކަމަށް އައިސްފައިވާ ކަމަށާއި އަދި މުހައްމަދު ނަޝީދު އެމަނިކުފާނުގެ ރައްޔިތުންގެ ހައްޤުގައި ސުލްހަވެރި ކަމާއެކު ކުރަމުން އައި މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް މަޖުބޫރު ވެވަޑައިގަންނަވާފައިވާ ވާ ކަމަށެވެ.
މަރީ
June 28, 2012 at 8:44 am
މަރުހަބާ އަނި
މުހުތާރު
June 27, 2012 at 11:12 pm
މަރުހަބާ ރައީސް ނަސީދު
ހަސަން
June 27, 2012 at 6:48 pm
ސާބަހޭ ރައްޔިތުންގެ ލޯބި ލިބިފައިވާ ރައީސް
މޫސަ
June 27, 2012 at 6:22 pm
ރައްޔިތުންގެ ރައީސް އަށް މަރުހަބާ
މޫސަ
June 27, 2012 at 6:23 pm
ރައްޔިތުންގެ ރައީސް އަށް މަރުހަބާ
ާަޢަބްދުﷲ ރަޝީދު ގައްދޫ
June 27, 2012 at 12:17 pm
މަރުޙަބާ! އަންނި
ޢަބްދުﷲ ރަޝީދު / ގައްދޫ
(ދޮންދިޔާނާ)
ާަޢަބްދުﷲ ރަޝީދު ގައްދޫ
June 27, 2012 at 12:17 pm
މަރުޙަބާ! އަންނި
ޢަބްދުﷲ ރަޝީދު / ގައްދޫ
(ދޮންދިޔާނާ)
ހަމަދު ބިން ހައްމާދު
June 27, 2012 at 7:50 am
ކުރިޔަށްއޮތް 24ގަޑިއިރުތެރޭ ޕަޕެޓް ޕާޓީ އޮފް މައުމޫލު އިން ، ތިޔަ ޑރ. ޖޭމްސް ލޯސަން އަކީ ބޮޑު މޮޔައެއް، ނޫނީ ކްރިސްޓިޔަން ފާދިރީ އެއްކަމަށާ، ތި އެވޯޑަކީ އަންނި އޭނަޔާ ގުޅިގެން މިރާއްޖޭގައި ފައްޅިއެއް އަޅަން އުޅޭތީ ދިން އެއްޗެއްކަމަށް ހަދާނެ. އަދި މާދަމާ ތެޔޮރިޔާ ވަގު މަޖިލިހަށް ގަރާރެއްވެސް ހުށަހެޅުން ގާތް.
މާމަ
June 27, 2012 at 7:16 am
ވަރަށް އުފާވެރި ހަބަރެއް. މަނިކުފާނު އަބަދުވެސް ތިގޮތުގައި ހުންނެވުން އެދެން. މަތްﷲ މަނިކުފާނަށް ބަރަކާތްލައްވާށި. އެންމެ އުފާވަނީ މިއޮތީ ބަގާވާތެއްކަން މުޅިދުނިޔެ ގަބޫލުކުރާތީ.
ާއައްޔަ
June 27, 2012 at 7:15 am
އެއީ ގައުމު ދުއް ހަރުދަނާ ލީޑަރަކީ، ޖާބިރުމެން ކޮބާ، ބާގީންތައް ކޮބާ؟
އިއްބެ
June 27, 2012 at 6:48 am
މިއުޅޭ ބޮޑު ބާގީ އައްބާސް އާދިލް ރިޒާ ކޮބާ؟ އަނގަފިޔަފާޅި ރިޒާ ބަހެއް ނީއްވާތާ؟ ބާގީން ސައިޒައް ކަނޑާލާނަން
ވީ ލަވް އަންނި
June 27, 2012 at 5:54 am
ޓިއަނަންމަން މައިދާނުގައި 1989 ގައި ހިނގި ކަންތަކަށް ވުރެ 7 ފެބްރުއަރީގައި ދިވެހި ޕޮލިހުންނާއި ސިފައިން ހިންގި އަމަލުތައް މަގޭ ނަޒަރުގައި މާ ބޮޑަށް ވެސް މުޑުދާރު.. ދެން މީހުން ނުމަރާކަންދޯ އެކަމަކު މެރީސް އަންނި އިސްތިއުފާ ނުދިން ނަމަ.. އެ އާލާތުން ތިބީ އެވަރަށް ހޭބަލިވެފައި.
އައްޑޫ ސޮރު
June 27, 2012 at 4:02 am
ރައީސްނަށީދު އަށް މަރުހަބާ!
ރަފީޢު
July 24, 2012 at 5:32 am
މަރުޙަބާ ރައްޔަތުންގެ ރައީސް ނަސީދު