-ފިރުޝާން ޔޫސުފް-
ރައްޔިތުންގެ މަޖްލީހަށް ވިލުފުށީ ރައްޔިތުން ހޮއްވަވާފައިވާ މެމްބަރު ރިޔާޒު ރަޝީދު އެސްޓީއޯ އަށް ދައްކަން ޖެހޭ 19.3 މިލިއަން ރުފިޔާ ދެއްކުމަށް އަނެއްކާވެސް އޭނާ އިންކާރު ކޮށްފިއެވެ. އެސްޓީއޯ އިން ކްރެޑިޓަށް ނަހަމަ ގޮތުގައި ރިޔާޒު ނަގާފައިވާ ތެލަށް ދައްކަންޖެހޭ 19.3 މިލިއަން ރުފިޔާ ސުލްހަވެރި ކަމާއެކު އޭނާ ނުދައްކައިގެން އެސްޓީއޯ އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ ސެޝަނެއް އެޖެންޑާ ކުރެވުނު ނަމަވެސް ރިޔާޒުގެ މެރީޑިއަމް ކުންފުނިން ކޯޓަށް ހާޒިރުނުވުމުން އެ ސެޝަން ކެންސަލް ވެއްޖެއެވެ. މިއަދުގެ ޝަރީއަތުގެ އަޑުއެހުން އެޖެންޑާކޮށް ކޯޓަށް ހާޒިރުވުމަށް އެންގި ނަމަވެސް ރިޔާޒު ނިންމީ މެރީޑިއަމުން ހާޒިރު ނުވާށެވެ.
ރިޔާޒު ރަޝީދު އަކީ ތެލުގެ ވަގު ވިޔަފާރި އާއި އެސްޓީއޯގެ ފައިސާއިން ވިޔަފާރިކޮށް މުއްސަނދިކަން ހޯދަފައިވާ މީހެކެވެ. މައުމޫނުގެ ވެރިކަމުގައި އޭނާގެ އައުވާނުނުން މުއްސަނދިވުމަށާއި ބޮޑެތި އިމާރާތްތައް އެޅުމަށް ދައުލަތުގެ ހަޒާނާގައި ހުރި ފައިސާއާއި މުދާ ދިޔައީ ބަހަމުންނެވެ. އެގޮތުން ރިޔާޒު ވައްކަން ކޮށްގެން ހޯދަމުން ދިޔަ ތެޔޮ ވިއްކައިގެން އޭނާ ހިތް ފުރޭ ވަރަށް ފައިސާ ނުބިބޭތީވެ ގޮތެއް ހަދައިދިނުމަށް މައުމޫނު ކައިރީގައި އާދޭސް ކޮށްފައިވެއެވެ. ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ރިޔާޒުއަށް ކްރެޑިޓް އުސޫލުން ތެޔޮ ގަންނަށް މިލިއަނުން ފައިސާ ލިބޭގޮތަށް މައުމޫނު ހެދިއެވެ. ނަމަވެސް، ތެޔޮ ވިއްކުމަށްފަހު އެސްޓީއޯއަށް ރިޔާޒު ދައްކަން ޖެހޭ ދެއްކުމަށް ރިޔާޒުއާއި އިހްމާލު ވަމުންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އެފައިސާ ހޯދުމަށްޓަކައި އެސްޓީއޯއިން ޝަރީއަތަށް ދިޔައެވެ. އެދުވަސްވަރު ރިޔާޒު އެސްޓީއޯ ތެރޭގައި އުޅޭ ބަޔަކަށް ފައިސާ ދީގެން އޭތާގެ ތެރޭގައި ހުރި ބައެއް ލިޔެކިޔުންތައް ވަނީ ނައްތާލާފައެވެ.
ރައީސް ނަޝީދަކީ ދުޝްމަނެއްގެ ގޮތުގައި ރިޔާޒު ދެކެނީ އެ ޝަރީއަތުގެ ސަބަބުން އޭނާ ދައްކަން ޖެހޭ މިލިއަން ރުފިޔާ ދައްކަން ޖެހިދާނެ ތީއެވެ. ޖާހިލުކަމާއި މަކަރުވެރިކަމުން ފުރިފައިވާ ރިޔާޒު ރައީޝް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ކުރި ބުރަ މަސައްކަތްތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީވެސް އޭނާ ނަގާފައިވާ ރައްޔިތުންގެ ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތް ހެދުމެވެ. ވެރިކަން ވައްޓާލުމަށްފަހު އެ މައްސަލަ ކޯޓުން ނެގުމަށް އެސްޓީއޯއަށް ވަރަށް ބޮޑަށް އޭނާ ޕްރެޝަރ ކޮށްފައިވެއެވެ. އަދި ވަހީދުވަނީ އެސްޓީއަށް އެކަން ރިޔާޒު އަށް ހަމަޖައްސައި ދިނުމަށްވެސް އެދިފައެވެ. މި ފައިސާ ނުދެއްކުމަށް ރިޔާޒު ކުރާ މަސައްކަތުގައި އެންމެ ބޮޑަށް އޭނާއަށް އެހީތެރީވާ އެއް ފަރާތަކީ ގާސިމް އިބްރާހިމްއެވެ. ރިޔާޒު ދަނީ ގާސިމާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެސްޓީއޯގެ ޗެއަރމަނަކަށް މިހާރު ހުރީ ގާސިމްގެ ބޯއީ އެއް ކަމުގައިވާ އަބްދުﷲ ފާއިޒު އެވެ. މި ފާއިޒު މެދުވެރިކޮށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީގެ އެހީތެރިކަމާއެކު ރިޔާޒުގެ މައްސަލަ އޮއްބާލެވޭތޯ ގާސިމް ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. އެއްފަހަރު އެމައްސަލަ ޝަރީއަތުން ނެގުމަށް ޝާހިދު އަލީ ސިޓީއެއް ވެސް ފޮނުވިއެވެ. ނަމަވެސް މީޑިއާގައި އެވާހަލަ މާބޮޑަށް ލިޔުމުން އޭނާ ބުނެފައިވަނީ އެއީ އޮޅުމަކުން ވި ކަމެއް ކަމަށެވެ.
މިއަދު މިޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ކޯޓުން އެޖެންޑާ ކުރުމުން މި މައްސަލަ ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާކަން ހާމަވެއެވެ. އެސްޓީއޯގެ ވެރިން މިކަން ރަނގަޅު ނިޔަތުގައި ކުރާނަމަ ސާބަސް ދޭން ޖެހެއެވެ. ރައްޔިތުންގެ އެތަކެއް މިލިއަން ރުފިޔާ އަނބުރާ ހޯދުމަކީ އެމީހުންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ދެކޭގޮތުގައި މި ޝަރީއަތް ކާމިޔާބު ކުރުމަށް މާބޮޑު އަހައްމިއްޔަތު ކަމެއް ނުދޭނެއެވެ. އަދި، ހެއްކިތަކާއި ލިޔެކިއުންތައް ހާޒިރު ނުކުރެވި ދޯދިޔާ ގޮތަކަށް މިމައްސަލަ ނިމޭނީ ރިޔާޒު ރަޝީދު ބޭނުންވާ ގޮތަކަށް ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.
ޤާނޫނު ކުރިމަތީގައި އަދި ފުރުސަތުތައް ލިބިދިނުމުގައި ހުރިހާ ރައްޔިތުން ހަމަހަމަ ކަމަށް ޤާނޫނު އަސާސީގައި ބުނެފައި ވާއިރު ރިޔާޒު ރަޝީދު ވިޔަފާރި ކުރުމަށް ދައުލަތުގެ ހަޒާނާގައި ހުރި ރައްޔިތުންގެ ފައިސާއިން ހަރަދު ކުރެވެން ޖެހޭ ސަބަބެއް ނެތެވެ. އަދި ޖާހިލު ކަމާއި ނުލަފާކަން ދައްކައި ރައްޔިތުންގެ އެފައިސާ އަނބުރާ ނުދެއްކުމަށް ރިޔާޒު ކުރާ މަސައްކަތަކީ އޭނާ ރައްޔިތުންގެ މަޖްލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލަދު ގަންނަންޖެހޭ ވަރުގެ ކަމެކެވެ. ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާ ވަގަކު ރައްޔިތުންގެ ހައްޤޭ ކިޔައިގެން ވާހަކަ ދެއްކުން ތާހިރެއް ނުވާނެއެވެ. އަދި، ދީނުގައި އަންގަވާފައިވާ ނަހީ ކަންތައްތައް ކުރާ މީހަކު އިސްލާމް ދީނޭ ކިޔައިގެން ވާހަކަ ދެއްކުންވެސް ތާހިރެއް ނުވާނެއެވެ.
ދެރިޔަ
June 27, 2012 at 7:44 pm
މިދެން ކޮން ރުނޑިއެއް ރައްޔިތުންނޭ ކިޔާފަ މާ ފުއްޕާފަ އުޅެން. ތިއުޅެނީ ރައްޔިތުން ނުކުމެ ހަންދަމާލާތޯތަ!
ލަނޑުޖެހި ފަރާތް
June 27, 2012 at 2:04 pm
ރިޔާޒް މެން ނަކަށް ފުޓްބޯޅަ މެޗެއް އިންސާފްކޮށް ނުދެވޭ އެއީ ރިޔާޒް ގެ ރޮގަކީ ރެފްރީރޮގު އޭގެންވެސް ފެނިގެން ދިޔައީ ޓީމަކުން ޖެހިލަނޑު އޯކޭކަމަށް ދައްކާފަ ފަހުން މިބުނަނީ ލަނޑެއް ނޫނޭ މިއީ ރެފްރީން ގެވެސް އެންމެ ނާގާބިލް މީހުންގެ ކިބައިން ފެންނަ ކަންތަށް .ރެފްރީކަންތަކުން ވެސް ވީ ފެއިލް ރައްޔިތުންގެ މަޖިލީހުންވެސް މިކަލޭގެ ފެއިލްވީ ވިއްކަން ފެށި ތެލުންވެސް ނުވިއްކެނީސް މިކަލޭގެ ވި ފެއިލް ހަމަ ޔަޤީނުން ވެސް ކޯޓަށް ތެލުގެ މައްސަލާގައި ހާޝިރުނުވިޔަސް ރިޔާޒްރަޝީދު (ބާޤީ ތެޔޮބެ ) ދެން އެންމެހަވަހަކަށް އަންނަ ސަރުކާރުން ވަގުކަލޭގެ ބިޑިއަޅުވާގެން ދާމާކޫއްތާފަ ގެންދާނެ އެއީ ހަމަ ޔަޤީންކަމެއް އެދުވަހުން ފިލަން ވަންނާނި ކޮންތާކަށް
ހަކީމް
June 27, 2012 at 11:31 am
ތެޔޮވަގު ވަރައްގުޅޭނަމެއް
ކޮރު ތޮނަ/
June 27, 2012 at 8:31 am
މީ ހާދަ ފުއްޕާ ޅާއެއް……..މިބަޅު މިހިރީ ބޮއެގެން…ބޮޑު ވަގު.
ޢާލީ
June 26, 2012 at 4:29 pm
މިނޫސްމައްށޫރުކުރުމައް އެތަންމިތާއިސްތިހާރުކުރުމައްދަންނަވަން
ފުވައްމުލަކު ބޯއި
June 26, 2012 at 2:42 pm
އޭ ތެޔޮވަގާ ކަލޭ ފުރަތަމަ ދަރަނި އަދާކޮއްބަލަ ރައްޔިތުނގެ
ލާރި ބަނޑު ނައަޅާ
ވީ ލަވް އަންނި
June 26, 2012 at 1:50 pm
ކޮން ބަލާއެއް.. އަނެއް ފަހަރުވެސް މިކަލޭގެ ގޮނޑިއަށް ހޮވަންވީ.. އެ ހޮވީނު ލޮލީ ވެސް، ކޮންމެވެސް މަދަނީ ފޯކެކޭ ކިޔައިގެން
ހާޝިމް
June 26, 2012 at 1:16 pm
އޭ މިހިރަ ފެންނަ ވަގު ތެޔޮ ރިޔާބެއެވެ، ތިބާގެހުރި ނުލަފާކަން އަހަރެމެނަށް ދެން އިތުރަށް ދައްކަން ނަހަދާށެވެ، ތިޔަ ނުލަފާކަން މަޑިފުށީ މީހުނަށް ދައްކާށެވެ، ތިހެން ފުއްޕަން ހުއްޓާ ދައުރު މިޔޮށް ހަމަވަނީއެވެ، ދެން އިތުރަށް ތިގޮޑި ތިބާޔަށް ނުދިނުމަށް ވިލުފުށީ މީހުން އެތިބީ ހުވާކޮށްގެނެވެ، ވިލުފުށީ މީހުންގެ ރުހުން ނެތި ތިގޮޑި ތިބާޔަށް ހުވަފެނުގަވެސް ނުފެންނާނެކަން ޔަގީނެވެ، އެހިސާބުން ހަތަރެސްކަން ހަމަވީއެވެ، އެއިރަށް ތިބާ ފަހަތުގަ މިހާރު ތިއެބުރޭ މީސްތަކުން ނޭބުރޭނެކަން ކަށަވަރެވެ، މިހާރުވެސް އެބައިމީހުން ތިބާ ހައްދައިގެން އެއުޅެނީކީ ތިބާޔަށް މާ މޮޅު ވާހަކަތަކެއް ދެއްކޭތީީކީނޫނެވެ އަދި ތިބާގެ އަގެއް ހުރެގެނެއްވެސް ނޫނެވެ، ހަމަ އެކަނި ތިބާގެ ގޮޑިގަޑުގެ ބޭނުމުގައެވެ، އޭ މިހިރަފެންނަ ގަމާރާއެވެ، ހީކުރަނީ އެއްޗެއް އެގޭކަމަށް ހެއްޔެވެ، ހަމަ އެކައްޗެއްވެސް ނޭގެއެވެ، މާދަމާ ކާޅު ވަހީދުއާއި އެންގުރީ ޖަމީލު ތިބާ ނަގާ ހޫރާލީމަ އައިސް ޖެހޭނީ ހަމަ އަހަރެމެން ފައި ބުޑަށެވެ، އެއިރުގަ އިބާޔަށް އެހީވާކަށް ނާޒިމް ސަރ ވެސް ނުހުންނާނެއެވެ، އަހާ ހަދާންނެތީ… ޖުލައިގެފަހުން ޖަލަށް ކަޑާލާ ގްރޫޕްގަ ތިޔަ ވަގުވެސް ހުންނާނެދޯ….ސަޅި ބޮޅެއް…..
ޝާލީ
June 26, 2012 at 4:55 am
ރާނީ ބުނި ކަލޭގެ ދަރަނި ދައްކަދީފާނަމޯ!……….މަތިމަސް ކުމާރު ތެޔޮ ރާނީ
އައްބާަސް
June 26, 2012 at 5:39 am
ރިޔާސްރަސީދަށް ބުނުލަންލަން އޮތީ މިސަރުކާރު ނިމޭހިރުވެސް ކަލޭގެ ތި ވަގު ތެޔޮ ކުންފުނި މައްސަލަ އޮންނާނީ ތިގޮތަށް ސޭ ތިއެން ތިއއްބާ އަނެއް ސަރުކާރުން ވަގުރިޔާޒް ތެޔޮރިޔާޒް ލާނީ ޖަލަށް ތީއީ ބޮޑު ބާޤީއެއް އޯކޭ
އައްބާަސް
June 26, 2012 at 5:40 am
ރިޔާސްރަސީދަށް ބުނުލަންލަން އޮތީ މިސަރުކާރު ނިމޭހިރުވެސް ކަލޭގެ ތި ވަގު ތެޔޮ ކުންފުނި މައްސަލަ އޮންނާނީ ތިގޮތަށް ސޭ ތިއެން ތިއއްބާ އަނެއް ސަރުކާރުން ވަގުރިޔާޒް ތެޔޮރިޔާޒް ލާނީ ޖަލަށް ތީއީ ބޮޑު ބާޤީއެއް އޯކޭ
ޓީބް ބޤ
June 26, 2012 at 6:27 am
ރިޔާސް ރަސީދު ދާންވީ ކަންޏެއްޔަށް އޭރުން ތެޔޮވިއްކާގެން އުޅެވޭނެ
އަލީ
June 26, 2012 at 7:19 am
އިއްޔެގަނިކުމެގެންއުޅުނުމުނާފިގު ސައިތާނީތުނބުޅިލީތިންވަގުކޮބާތަމިޔަދުއެކައްޗެކޭވެސްނުބުނެރައްޔިތުންގެލާރިބޭނުންގޮތަކައްތަޅަމުންރެޔަކުއަންހެނެއްތަޅަމުންދުވެނަގާއިރުގައަނގަފުޅާއަރުވާފަމިކަހަލަހައިވާނީމެންބަރުންނާދޭތެރޭކީއްވެތައެއްޗެކޭބުނަންޖެހިލުންވަނީ ރޯދަމަހުވެސްއައްޔިތުންމިތިބީހާލުގަކަންނުވިސްނޭތަ ކަރަންޓާފެނާމިދިޔަތިންމަހުމިހިރަދަނީ ދުނިޔޭގެއެއްވެސްގައުމެއްގަބޮޑުނުވާވަރައްބޮޑުކޮއްފަ ކަލޭމެންރައްޔިތުންގެލާރިބަނޑުފުޅުއަޅުއްވާލެއްގިނަކަމުންމިހެންވާންމިޔަދުމިޖެހުނީ ގޮރުހެނޑީމަގޮރުވަސްނުދުވާޅަކުއްޖަކުމާމޮޅުއިގުތިސާދީވެރިޔަކައްހެދިގެންއަރާއެހުރީވާނުވާނޭނގިފަ ރޭގަނޑުހަތަރުދަމުރާބޮއެގެންއަމަލުގަހުންނަބުރާންޗަކައް ކޮންއިގުތިސާދެއްއެނގޭނީ ގާސިމާއެކުސަންއައިލެންޑައްގޮސްއެއްޖިންސުންގުޅުންހިންގުމާއިމިކަހަލަނުބާފާހިސްއަމަލުހިންގާ ބާގީވަހީދާ ބޮނަކުވާސަހީމާ ފަހަރިތެޅިއިމުރާނާ އިބިލީސްހުސޭނާ މަދަނީއިއްތިހާދުގެލޯއަވަރުކަލޭގެޔާމިބުނިހުރިހާ ބަޔަކީއިންސާނުންގެސިފާގަތިބި އިސްލާމުންނައްހެދިގެންތިބި ފައްކާކާފަރުން މިމީހުންމިރިސޯޓައްއަހަރުމެންގެކުރިމަތީގަކުރާކަންތަކުގެތެރޭގަ އެކަކުގެފިރިހެންހަށީގައަނެކަކުހިފުން ރާބުއިން އޫރުމަސްކެއުން ގުރޫޕްސެކްސް ހެދުން މިބުނިނުބާކަންތައްކުރަމުންއެދުވަނީއެމީހުންބޭނުންވާތީ ރާވެސްއެތެރެކުރުން ހުއްދަ އޫރުމަސްވެސްހުއްދަ ކުރީގަރައްޔިތުންނައްމިމީހުންނަކީމާބޮޑެތިއިލްމުވެރިންތަކެއްކަމައްހެދެންވެގެންމިކަންތައްހުއްޓަންގޮވީ ނިކަންދެކިބަލަ މިއިބިލީސްތަކުގެރޭވުން
ބުރޫ
June 26, 2012 at 4:26 am
މިސްކިތުފަންޑު ރައިޒް ކުރަން އުޅުނު ފަހަރީ ޝަހީމް ކޮބާ!!!!!!ވީޓީވީ،ޓީވީއެމް އިން ތެލެޓޯންއެއް ބާއްވައިގެން ނަމަވެސް މިފައިސާ ހޯދޭތޯބަލާ!!!ތަސްމީނަކަސް ރިޔާޒަކަސް ޔާމީނަކަސް މިއެންމެން ރައްޔިތުންނަށް މާހެޔޮ އެދޭ ބަޔަކަށް ވެން ރައްޔިތުންގެ ބޮލުގައި ބޯތަށިއަޅުވަންއުޅުމަށްވުރެ މާރަގަޅުވީސް މިދަރަނި އަދާކޮށްފައި ދެން ރައްޔިތުންނޭކިއުން..
މުހައްމަދު
June 25, 2012 at 10:29 pm
ރައްޔިތުން މަޖްލިސް މެމްބަރުންގައި ގައި ހުންނަން ޖެހޭ ޝަރުޓު ތަކުގެ ތެރޭގައި ސާބިތު ދަރަންނެއް ނުވަތަ އެނޫންވެސް ގޮތަކުން މީހަކަށް ދަރާ އޮންނަން ނުޖެހޭގޮތަށް އޮވެއެވެ. މިރިޔާޒު ރަޝީދު މިއުޅެނީ ރައްޔިތުންގެ ހިއްސާ އޮންނަ ގައުމީ ކުންފުންނަކަށް އޮށް ދަަރަނި ތަކެއް ނުދީހިފަހައްޓައިގެންނެވެ. މިލާރި ހޯދަން ރައްޔިތުން ނުކުންނަން އެބަޖެހެއެވެ. މުސްތަފާ ބޭރުބަޔަކަށް ދަރާއޮށް އެއްޗެއް ނުދީގެން މަޖްލިސް ގޮޑި ގެއްކެން ޖެހޭނަމަ މީނަގެ ގޮނޑި އެއަށްވުރެ ކުރިންގެއްލެންވަނެއެވެ. މިމައްސަލައަކީ މީނައާއި މަޖްލިސްގައި ސުވާލުކުރެވެން ވެސް ޖެހޭ މައްސަލައެކެވެ. އެއީ މަޖްލިސް ގެ މެމްބަރެއްގޮތުން މިދައްކާނީ ހާދަހާ ވިޔާނުދާ މިސާލުތަކެކެވެ.
ަަޯވޯޓް ފޮ އަންނި
June 25, 2012 at 10:04 pm
ރިޔާޒް މެންނަ ހީވަނީ ދޯ މިލިިއަނެންހެން!!!!
ހޭ އަރުވާލާނަން ބަކަރި!!!!!!!!
ގޮއްޔެ
June 25, 2012 at 8:06 pm
އޭ އިނގިރޭސި ރާނީ ކަލޭނުފެނިގެން އެބައުޅޭ އަދި ސަލާންވެސް ބުނި