މިޝޭލް އޮބާމާ އަށް ވަހީދުގެ ދަރި ޖެފްރީ ފޮނުވި ސިޓީއެއް ލީކު ވެއްޖެ.

25 ޖޫން 2012 17:39 | 9 ކޮމެންޓް

ރާއްޖޭގެ ވެރިކަން ފޭރުނު ބާޣީ ވަހީދުގެ ފިރިހެން ދަރި ޖެފްރީ ސާލިމް ވަހީދު އެމެރިކާގެ ފަސްޓް ލޭޑީ މީޝޭލް އޮބާމާއަށް ފޮނުވާފައިވާ ސިޓީއެއް ލީކުވެއްޖެއެވެ. އެންޑީއޯ އަށް ކޮޕީ ލިބިފައިވާ މިސިޓީ ފޮނުވާފައި ވާ ކަމަށް ބެލެވެނީ 2009 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. ރައިސޫލްޖުމްހޫރިއްޔާގެ ނައިބު ގެ އޮފީހުގެ ނަމުގައި ޖެފްރީ ސޮއިކޮށް ފޮނުވާފައިވާ މިސިޓީގެ ޖަވާބު ފޮނުވުމަށް އެދިފައިވަނީ ޖެފްރީ އެމެރިކާގައި އުޅޭ އެޑްރެސް އަށެވެ. ސިޓީގެ މަތީގައި ޖެފްރީގެ އީމެއިލް އެޑްރެސް އާއި ފޯނު ނަންބަރު ލިޔެފައިވެއެވެ.

މިޝޭލް އޮބާމާއަށް އެޑްރެސްކޮށް ވައިޓް ހައުސްގެ އެޕޮއިންޓްމެންޓް ތައް ބެލެހެއްޓުމާ ބެހޭ ޑިޕާޓްމަންޓަށް ޖެފްރީ ފޮނުވި މިސިޓީގައި އޭނާ އެދިފައިވަނީ އޭނާގެ މަންމަ އާއިއެކު މިޝޭލް އޮބާމާ އަދި ޖިލް ބައިޑެން އާއި ބައްދަލުމަކަށެވެ. އަދި އެ ބައްދަލުވުމުގައި ފުރުސަތު އޮތްނަމަ އޭނާގެ ބައްޕަ ބައިވެރި ކޮށް ދިނުމަށްވެސް އެދިފައެވެ. ސިޓީގެ ފުރަތަމަ ޕެރަގްރާފް ފައްޓަމުން ޖެފްރީ ބުނެފައިވަނީ އެސީޓީ އޭނާ ލިޔަނީ އޭނާގެ ބައްޕަގެ ފަރާތުން ކަމަށެވެ.

މަންމަ އިލްހާމް ހުސެއިން އާއި އެމެރިކާގެ ނައިބްރައީސް އަދި ފަސްޓް ލޭޑީ ބައްދަލު ކޮށްދިނުމަށް އެދި ޖެފްރީ ފޮނުވާފައިވާ ސިޓީގައި އިލްހާމް ހުސެއިން އަށް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފައިވެއެވެ. އޭނާގެ މަންމަ އަކީ އޭނާގެ ބައްޕަ (ވަހީދު) އަށް ޒުވާން ދުވަސްވަރުން ފެށީގެން އެހީވާ މީހެއް ކަމަށް ޖެފްރީ ބުނެފައިވެއެވެ. އޭގެ ތެރޭގައި ޓަޗް ޓައިޕް ކުރުން (ކީބޯޑް ނުބަލައި ޓައިޕް ކުރުން) ދަސްކޮށް ދިނުމާއި ވަހީދު ކިޔެވެއިރު ތީސީސް ލިޔެދިނުމާއި ރާއްޖޭގައި ޤައުމީ އިއްތިހާދު ކިޔާ ސީޔާސީ ޕާޓީއެއް އުފެއްދުމުގައި އޭނާގެ މަންމަގެ ރޯލު ބޮޑުކަމަށް ޖެފްރީ ލިޔެފައިވެއެވެ. އަދި ޓަޗް ޓައިޕް ކުރުމަށްވުރެ ބައްޕައަށް ވުރެ މަންމަ ރަނގަޅު ކަމަށް ލިޔެފައިވެއެވެ. މިހުރިހާ ކަމެއް ކުރަނީ 3 ދަރިންގެ ފުލްޓައިމް މަންމައެއްގެ ގޮތުގައި މަސައްކަތް ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.

އަދި މިސިޓީގައި ފާހަގަ ކޮށްލެވޭ އަނެއް ނުކުތާއަކީ އިލްހާމް ބުރުގާ އެޅުމާއި ވަރަށް ދެކޮޅު ކަމަށް އެނާގެ ދަރިފުޅު ޖެފްރީ މިސިޓީގައި ލިޔެފައިވުމެވެ. މިޝޭލްއަށް ޖެފްރީ ފޮނުވާފައިވާ މިސިޓީގައި އޭނާ ލިޔެފައިވަނީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި އޭނާގެ މަންމައަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރި މީހެއް ކަމަށާއި އަދި ބޯދާ ވިސްނުންތަކާ އެއްގޮތަށް ބުރުގާ އެޅުމަށް މަންމައަށް ކުރިމަތިވި ފިއްތުންތަކަށް މަންމަ ދީލާލާފައި ނުވާ ކަމަށެވެ.

އިލްހާމާ ގުޅޭގޮތުން ޖެފްރީ އިތުރަށް ލިޔެފައިވަނީ ނިއު ޔޯކްގައި ޕްރީ ސްކޫލް ޓީޗަރެއްގެ ވަޒީފާގައި އުޅެ އަދި ރާއްޖޭގައި ކޮންޝްޓްރަކްޝަން ކުންފުންޏެއްގެ ބޮޑު މީހަކަށް ހުރެ އިލްހާމް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ޤައުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ.

މީގެ އިތުރުން މިސޓީގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައި ފައިވާއިރު ރައީސް ނަޝީދުގެ ވެރިކަމަށް ތަޢުރީފް ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. ރާއްޖެ ކާބަން ނިއުޓަރަލް ޤައުމަކަށް ހެދުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރާއްޖޭގައި ފުރަތަމަ އިންތިހާބު ކުރެވެނު ނައިބް ރައީސްއަކީ ވަހީދު ކަމަށް ލިޔެފައިވެއެވެ.

2009 ވަނަ އަހަރު ފޮނުވާފައިވާ މިސިޓީ ލީކް ވުމާއެކު ވަހީދުގެ ވެރިކަމުގެ ތެރޭގައި އޭނަގެ އަންހެހުން އިލްހާމް ހުސެއިންގެ ކޮންޓްރޯލާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާ ކަމަށް ތަސައްވުރު ކުރެވެއެވެ. 7 ފެބްރުއަރީގެ ފަހުން ރާއްޖެތެރެއަށާއި އަދި ބޭރަށް ކުރި ކޮންމެ ދަތުރެއްގައި އިލްހާމް ބައިވެރި ވެފައިވެއެވެ. އަދި ކޮންމެ ރަސްމީ ހަރަކާތެއްގައި ވަހީދުއާއި އެކު އެންމެ ކައިރީގައި ހުންނަވަނީވެސް އިލްހާމެވެ. ވެރިކަމުގެ ހުވާ ކުރިއިރުވެސް އެންމެ ކައިރީގައި ހުރީ އިލްހާމެވެ. އަދި އިލްހާމްގެ ކޮއްކޮ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ އިލްޔާސް ހުސެއިން އަކީ މި ސަރުކާރުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ހިންގި ފަރާތް ކަމަށްވާއިރު އެކަމުގައި ވަހީދުގެ ރޯލު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ.

ދިވެހި ރާއްޖޭގެ ނައިބް ރައީސްގެ އޮފީހުގެ ނަން ބޭނުން ކޮށްގެން ޖެފްރީ އޭނާގެ ބައްޕަގެ ފަރާތުންކަމަށް ބުނެ އެމެރިކާ ފަދަ ޤައުމެއްގެ ފަސްޓް ލޭޑީ އަދި ނައިބް ރައީސް އާއި އޭނާގެ މަންމައާއި ބައްދަލު ވުމަކަށް ރިކްއެސްޓް ކޮށް ސިޓީއެއް ލިޔުމުން ވަހީދުގެ ހިންގުމުގެ ޤާބިލު ކަމާމެދު ސުވާލު އުފެދި އޭނާގެ ދަރިން ދުނިޔެއަށް ލޯ ނުހުޅުވޭ މިންވަރު ހާމަކޮށް ދެއެވެ. ޖެފްރީ އާއި އެއް ފުރައިގެ ދިވެހި ފިރިހެން ކުދިންގެ ދިރިއުޅުމުގެ ހާލަތު އަދި ދިވެހިން އުއްމީދު ތަކެއް އެމެރިކާގައި އުޅެ ބޮޑުވި ޖެފްރީ އަކަށް އިހްސާސެއް ނުކުރެވޭނެއެވެ. މިސިޓީއިން އެކަން ވަރަށް ބޮޑަށް އެނގެއެވެ. އޭނައަށް ދަސްވެފައި ހުރިހާވެސް އެއްޗަކީ ބައްޕަގެ ތައްޕާހުން ދިވެހި ނިކަމެތި ރައްޔިތުންގެ ފައިސާއިން މުއްސަނދި ޤައުމުތަކުގައި އަރާމާއި އުފަލުގެ ދިރިއުޅުމެއް އުޅުމެވެ. 

9 ކިޔުންތެރިންގެ ޚިޔާލު

  1. ވީ ލަވް އަންނި Reply

    June 27, 2012 at 5:37 am

    ފަގީރެއްގެ ދަރިއެއް ނަމވެސް މަވެސް މިއަށް ވުރެ މާ ބަސްމަގު ރީތި ކޮށް އިނގިރޭސިން ސިޓި ލިޔާނަން. ކެކެކެ

  2. ސުހާ Reply

    June 26, 2012 at 7:23 am

    އެޕޮއިންޓްމެންޓަކަށް އެދި ފޮނުވިސިޓީގައި މުޅިން ކަރާފަޅާފަ. ކީކޭދެން ބުނާނީ.. މިތަ އޭނަގެ ފެންވަރަކީ… ޕިސްޕިސް.. އޭނަގެ މަންމަޔަށް ކީބޯޑުނުބަލާ ޓައިޕްކުރަން އެނގޭވާހަކަ އަށްވުރެ މޮޅުއެހެން ވާހަކައެއް ނެތްދޯ ދައްކަން. ތިބުނާ ޖެފްރީ ކިޔެވީ ކޯއްޗެއްތަ؟ މިހިރަ ފެންނަނީ ބާޣީވަހީދުގެ ދަރިންގެ ފެންވަރު.

  3. ލައްޗޭ Reply

    June 25, 2012 at 1:56 pm

    ވަހީދުއައް އިލްހާމު ހުރިހާކަމެއްކޮއްދިނީ އަމާހަނދާންކުރާ ގޮތައްކަން މިއޮތީފެންނާކައްނޫން

  4. u Reply

    June 25, 2012 at 3:22 pm

    mives den anhene tha

  5. އަލީ Reply

    June 25, 2012 at 4:06 pm

    ބަލަވަހީދޫ އަރުށިނަގާކޮޑައްލާގެންތަ ތިހުންނެވީކަލޭގެލާދީނީކަންއެއްކަލަގުއިނުދޮންނަސޭކުންނަކައްނުފެނޭބާއޭމަހިތައްއަރާ ތިވެސްއަންނިއާއެކުގަނަގާފަހުރިފޮޓޮޔެއްނަމަހީވާނީ ހުދުފަހަރުވާބޮވިގެންއުޅޭހެން އެއްކަލަސައިތާނީސޭކުން

  6. ޖާބިރު Reply

    June 25, 2012 at 4:11 pm

    ތިބުނާކާޅުވަހީދުގެތުންފުހިއެއިންނަނީއެކަނި ދުވާބުރިކުނިވަހުންއެއްވެސްމީހަކުގާތެއްނުވޭ ޕީވެފަރަނގަޅުވިޔަސްފެނެއްނުވަރާނެ ސީނުކުކުޅުއާޒިމާޔެކޭތަފާތެއްވެސްނެތް މިކަހަލަގޮނޑުއާލާތުންމިރާއްޖޭގެ ނަލައަންހެނުންގެއަގުވައްޓާފި

  7. އިބްރާހީމް Reply

    June 25, 2012 at 5:37 pm

    މެޑަމް އަންހެން ވައްތަރުގެ އިލްހާމް ހިޖާބުއާއި ދެކޮޅުވީމާ ދީން ހިމާޔަތްކުރެއްވުމުގެ ނަމުގައި ޙަރަކާތްތެރިވާ ބޮނަކުއާ ޝޭޚް ، ބުނަނީ ކީކޭބާ؟ ހީހީ ހަލާކު

  8. ސާކިރު Reply

    June 25, 2012 at 5:45 pm

    ފަލަކީހިސާބުދައްކާގޮތުންމިރޭ ބާގީވަހީދައް ވަރައްބިރުވެރިހުވަފެނެއް ފެންނާނެތީ ތިރީތިންސޫރަތާކުރުސިކިއުމައްމައުމޫނުބުނެފި ވަހީދައްނޭނގޭތީ ފޯނުއިސްޕީކަރައްލައިގެންއަޑުދަށުންކިޔުމައްއެދިއްޖެ އަދިމިހުވަފެންފެންނާނީ ދޭކާތިނަކާމިދޭތެރޭގަ ކަމައްމައުމޫނުއެބަވިދާޅުވޭ

  9. ތުއްތު Reply

    June 25, 2012 at 9:20 pm

    އިލްހާމް އަތުން ކުޅެން މޮޅުވާނެހެން ހީވޭ ބަލާލީމަވެސް

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>