ރޯދަމަސް ބޯމަތި ވެފައިވާއިރު ގަމާރު ގާސިމްގެ ރިސޯޓުތަކުގެ މުވައްޒަފުން ހާލުގައި ޖެހިފައި!

25 ޖޫން 2012 04:18 | 14 ކޮމެންޓް

ދިވެހިރާއްޖޭގެ ރައްޔިތުންދެކެ އެންމެ ލޯބިވާކަމަށް ދައުވާކޮށް،އަމިއްލަ ޓީވީ ޗެނަލެއް ހަދައިގެން ރައްޔިތުންގެ ބޯކަލަން މަސަކަތްކުރަމުންދާ ޤާރޫނު ޤާސިމް އިބްރާހިމްގެ ރިސޯޓް ތަކުގައި މަސައްކަތް ކުރަމުންދާ ދިވެހި ރައްޔިތުން ހާލުގައި ޖެހިފައިވާކަމަށް ހަބަރުތަށް ލިބެމުން އެބަދެއެވެ.އެނގިފައިވާ ގޮތުގައި އަދިވެސް އެ ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ މަވައްޒަފުންނަށް ނިމިދިޔަ މޭމަހުގެ ސާރވިސް ޗާޖް އަދިވެސް ނުލިބެއެވެ. ދިވެހިރާއްޖޭގެ ބައްޕަ ކަމަށް ހިތުން ވާން މަސައްކަތް ކުރަމުންދާ މީހެއްގެ ކައިރީގައި މަސައްކަތް ކުރާ ރައްޔިތުން މިހާލުގައި އުޅުމަކީ ޤާރޫން ޤާސިމް ލަދުގަންނަން ޖެހޭވަރުގެ ކަމެކެވެ.ޕާޓީއަށް މެމްބަރުން ގަންނަން މުޅި ރާއްޖެ ތެރޭގައި   ދުވެ ނަގާއިރު ޤާރޫން ޤާސިމްއަށް މިސަކަރާތް ޖަހަން ޑޮލަރު ހޯދާދޭ މުވައްޒަފުންނާއި މެދު އެއްވެސް އަޅާލުމެއް ނެތްކަމީ ޤާރޫން ޤާސިމްގެ  ފެންވަރު  ހާމަވެގެންދާ ކަމެކެވެ.

 

ރިސޯޓްތަކުން ހަބަރު ދިން ބައެއް މުވައްޒިފުން ބުނިގޮތުގައި މި ދުވަސްވަރު ޓިޕްސްގެ ގޮތުގައި ލިބޭ ފައިސާ މަދުކަމުން އަނބި ދަރިންނަށް ހަރަދު ކުރާނެ ފައިސާއެއްވެސް ނެތްކަމަށެވެ. ރޯދަމަސް އައިސް ބޯމަތިވެފައި ވާއިރު މި ބަރަކާތްތެރި މަހަށް ގޭގައި ކުލަކޮޅެއް އުނގުޅާލައި، ބަދިގެއަށް ގަނެލާނެ ފެންވަރުވެސް މުވައްޒަފުންނަކަށް ނެތެވެ. އެއް ބޭފުޅަކު ހަބަރު ދިންގޮތުގައި  އޭނާގެ ކުޑަދަރިފުޅު ޖައްސާނެ ނެޕީއެއް ގަނެލާނެ މިންވަރުވެސް ނެތިގެން،އެނާއަށް އެހީވަމުން ދަނީ އެހެން ރިސޯޓެއްގައި މަސައްކަތްކުރާ އޭނާގެ ކޮއްކޮއެވެ.ނުވިތާކަށް އަނބިދަރިންނާއި ގާތް ތިމާގެ މީހުންނަށްވެސް ގުޅަން ފޯނުގައި ލާރިއެއްވެސް ނެތްކަމަށް ވެއެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ޑިއުޓީއަށް ދާއިރު ރީތިވެލައި ތާޒާވެލަން ގައިގައި ލާނެ ސާމާނުވެސް ވަނީ ހުސްވެފައެވެ.

 

އިސްވެ ބަޔާންވެ ދެންނެވުނީ ޤާރޫން ޤާސިމް ކައިރިގައި މަސައްކަތް ކުރަމުންދާ އެތަކެއް ހާސް ދިވެހި  ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލެވެ. މިފަދަ މީހަކަށް ދިވެހި ގައުމު  ހިންގަން ހަވާލުކޮށްފިނަމަ ރާއްޖޭގައި ދެންތިބި ރައްޔިތުންވެސް އުޅެންޖެހޭނީ މިހާލުގައި ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.ޤާސިމްގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ގަދަކުމުން  ޕާޓީއަށް ވައްދާފައިވާ މުވައްޒަފުންނަށް ވެސް އެއްވެސް އަޅާލުމެއް ނެތެވެ. އެހެންނަމެވެސް  މިއީ ރައްޔިތުންނަށް އެންމެ ހެޔޮއެދޭ މީހާޔޯލައެވެ.

 

އަމިއްލަ ޓީވީ ޗެނަލުން އަބަދާއި އަބަދު ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާއިރު، ގެނެސްދޭ ހަބަރުތަކެކޭ ބަނދަރުމަތީގައި މީހުން ދައްކައި އުޅޭ ވާހަކައެކޭ އެއްވެސް ތަފާތެއްނެތެވެ. ނަމަވެސް ޤާރޫން ޤާސިމް ހަދާން ކުރަންޖެހޭ ކަމަކީ މިނޫން ދުވަހެއް އަންނާނެކަމެވެ.އެދުވަހަކުން ޕްރޮޕެގެންޑާ ފަތުރައިގެން،ފެއިލްވެފައިވާ ސިޔާސީ ލީޑަރުން ބޭނުންކޮށްގެން ޤާސިމަށް ސަލާމަތް ވެވިދާނެ ބާވައެވެ.އެހެންނަމަވެސް އެތަކެއް  ބައެއްގެ ހައްޤުތަށް ފޭރިގަތުމަށްފަހު ހޯދަމުންދާ ޑޮލަރުން ޤާސިމަށް ބައެއް މީހުން ޤަނެވިދާނެކަން މިހާތަނަށް ފެންނަންހުރި ކަންތައްތަކުން ދޭހަވެއެވެ.

 

14 ކިޔުންތެރިންގެ ޚިޔާލު

  1. އެނޮނިމަސް Reply

    July 9, 2012 at 11:56 am

    24ޗާޖް އެއް ނޫން ސަރވިސް ޗާރޖް އޭ ކިއަނީ!

  2. މަނިކު Reply

    June 28, 2012 at 2:40 pm

    ތި ބުރުމާ ގާސިމް ޕެރަޑައިސް ރިސޯޓްގައި އުޅޭ އޮޕަރޭޓަރ އަންހެން ކުދިން ނާ ބެހޭކަމަށް ކިތެންމެ މީހަކުވެސް ބުނޭ މި ވަޒީފާގައި އުޅެވޭނީ މިކަމަށް ރުހޭ ކުދިންނައް

  3. މަނިކު Reply

    June 28, 2012 at 2:35 pm

    ތި ބުރުމާ ގާސިމް މިހާރުވެސް 9މަސް ދުވަހުގެ 24ޗާޖު މުވައްޒަފުންނައް ނުދީ އެބައޮތް.

  4. މަނިކު Reply

    June 28, 2012 at 2:33 pm

    ޕެރަޑައިސް ރިސޯޓުގައި 24ޗާޖު ނުދީގެން ހަޅުތާލު ކުރި މީހުންގެ ތެރެއިން 3މީހަކު މިއަދު ކަނޑާލައިފި އަދި 4ދުވަސް ކުރިން އިސްރާފު ކުރިއްޔޭ ކިޔާފަ 2މީހުން ކަނޑާލި އަދި މެނޭޖަރ ބުނި ނޫސްތަކަށް ޚަބަރު ދިން ހުރިހާ މީހުން ކަނޑާ ލާނަމޭވެސް

  5. ޖާބިރު Reply

    June 25, 2012 at 5:30 pm

    ޤާސިމްގެ މުވައްޒަފުނައް ލާރިކޮޅު ނުދެވޭ ހާލުގަވެސް ޖާސިމްގެ ކަމަކި ޕާޓީއައް ބޮޑުއަގުގައި މެންބަރުން ގަނެވޭތޯ
    މިހާރު ޖާސިމްގެ ރިސޯޓު ތަކައް ލާރި ހޯދުމުގެ ގޮތުން އިސްރާފު ކުރާ މުވައްޒަފުން ގެ އަތުން ޖޫރިމަނާގެ ގޮތުގައި 100ރުފިޔާ އާއި 200ރުފިޔާގެ މަގުން ޖޫރިމަނާ ނަގަމުން ދާކަމައް ހަބަރުތައްބުނޭ

  6. މާޔާ Reply

    June 25, 2012 at 6:28 pm

    ގާރޫނު ބުނީސާވިސްޗާޖް ފުލްކޮއްދީފިނަމަތިމީހުން މުއްސަދިވެދާނޭ މީނާއަށް މިރާއްޖޭގެވެރިކަންލިބިއްޖެއިޔާރައްޔިތުންކެއުމަކައްވެސްމީނާނެއެދޭނެތާ؟

  7. މާޔާ Reply

    June 25, 2012 at 6:29 pm

    ގާރޫނު ބުނީސާވިސްޗާޖް ފުލްކޮއްދީފިނަމަތިމީހުން މުއްސަދިވެދާނޭ މީނާއަށް މިރާއްޖޭގެވެރިކަންލިބިއްޖެއިޔާރައްޔިތުންކެއުމަކައްވެސްމީނާނެއެދޭނެތާ؟

  8. ކާފަ Reply

    June 25, 2012 at 9:30 am

    އަރެމެން ގާސިމް ދެކެމުން އައީ ރައިަްޔަތުންގެ ޙާދިމެަްއްގެ ގޮތުގައަެވެ. މިފަހަކަށް އަަިސް ކަންކުރަށްވަމުން ގެންދަވަނީ ރައިަްޔަތުންގެ ބާޤީއެއްގެ ގޮތުގައެވެ. އެހެންނުންވާނީ ހަލާލެއް ހަރާމެއްނޭގެ ދީނީގޮތުން ޙިޔާލުދެނީ ދީން އަށްޓަނަ އަކަށް ހަދައިގެން އުޅޭ 3 ބާޤީން
    މިއީ ބޮޑު މޮޔައެއް. ކަލޭވެރިކަން ކުރާނީ ޖަލުގައި މިޤައުމުގެ( ވެރިކަމޭ) މިކިއާ 4 އަކުރު ކަލެއަކަށް
    މާތް ކަލާންގެ ނުދަށްކަވާނެ،

  9. އައްމަޑޭ(މާމިގިލި) ގާސިމ Reply

    June 25, 2012 at 6:46 am

    ގާސިމް މިހާރު މަސައްކަތް ކުރަނީ ޕާރޓީއަށް މީހުން އިތުރުކުރަން، މިކަން މިކުރާ ގޮތަކީ ސޮއިކުރާ މީހުންނަށް ލާރިގަނޑެއް ދެނީ، މިހެންވާތީ ލާރިއަށް ބޫތު ކައިފަ ތިބޭ މީހުން ސޮއިކޮށްލާފަ ފައިސާ ނަގަނީ، ދެން އަނެއް ބަޔަކު މިހަދާ ގޮތަކީ ވަކި އަދަދަކަށް މެންބަރުން ހޯދައިދެނީ، ދެން އިނާމުގެ ގޮތުގައި ދޭ ފައިސާ ސޮއިކުރާ މީހައައް ނުދީ އޭނާ ކާލަނީ،
    ފައިސާ ޔަށް ކުރާ ސޮޔައް ވާގޮތް އަދިވެސް ގާސިމަށް ނޭގެ، މިދިޔަ ރިޔާސީ އިންތިހާބުގަވެސް ގާސިމް އަތުން ފައިސާ އާ އެއްޗެހި އަތުލާފަ އެމީހުން ވޯޓު ލީ މައުމޫނަށް، އެކަމަކު އަދިވެސް މި ކޮސް ބާގީ ގާސިމް ހޭ އަރާކަށް ނޫޅެ، ވެރިކަން ކުރާ ހިތުން ކުރެވޭ ނުކުރެވޭ ގޮތެއް ނޭގެ، ގާސިމް އަތުން ފައިސާ ނަގާފަ ސޮއިކޮށްފައި މިފަހަރުވެސް ދެންވެސް ވޯޓު ލާނީ އެހެން މީހަކަށް، މިކަހަލަ ކޮހަކަށް ހީވާނެ ވޯޓު ލާނޭ، އެއީ ހަަމަ ދެއްކުމަށް ކުރާ ސޮއިތަކެއް، ދެން އަންނަ އިންތިހާބުގަވެސް ގާސިމް ފުލައް، އެކަމް އަދިވެސް ދިދީ އާއި ފުއާދު ގާސިމް، މޫސާ ރަމީޒު ވެސް ގާސިމަށް ވެރިކަމުގެ ފޮނި ތަސައްވަރެއް ދައްކަނީ، ” ގާސިމް” ” އެއްގޮތަކަށްވެސް ހާސްނުވޭ، މީހުން ކިޔާހެނެއް ނުވާނެ، މަނިކުފާނު ގޮނޑީގައި ބައިންދާނަނަށް، މަނިކުފާނު ހޮވޭނެ،” މިފަދަ ހުވަފެންްތައް ދަށްކައިގެން ބާގީ ގާސިމު ވަނީ ވާ ވަދެފައި، އެހެންތާ ވާނީ، ވެރިކަމާއިގެންބޫތު ކައިފަ ހުރި މީހަކު ކަައިރި އޭނާގެ ފައިސާ ގަނޑު ކާންްވެގެން ވެރިކަމުގެ ދަޅަ ދެއްކީމަ، ގާސިމޫ! ދުނިޔެ އަކީ އެމީހަކު ބޭނުން ހުރިހާކަމެއް ވާނެ ތަނެއް ނޫން، އެކި މީހުނަށް ދުނިޔޭގައި ކުރެވޭނީ އެކި ކަންތައް، އެހެންވީމަ ގުޑް ގޮތަކީ ގާސިމްބެ މިހާރުހެން އަންހެނުންގެ ކަންތަކުގަ ވެރިކަން ކުރަން ހުރުން، އެއީ އަނބިންގެ މައްޗައް ވެރިކަން ކުރެވޭނެ އެއްނު ގާސިމްބެ، ދޯ،

  10. Asif Reply

    June 25, 2012 at 6:20 am

    Aharen govaalan villa ge hurihaa staff fun strike kuran

  11. މ ދިއްގަރު ގާސިމް Reply

    June 25, 2012 at 8:17 am

    އަޅުގަނޑަކީއަނަންތަރާގަމަސަތްކަތްކުރާމީހެއް މިހާރުވެސްމިރިސޯޓުގަ ތިންމަހުގެމުސާރަނުދޭ ސާވިސްޗާޖުނުދީތިބިބަޔަކު ގާސިމުގެކާރީގަނޫޅެވިގެންއައިސް އެބައުޅޭ އެމީހުންރޮއެފައެބަބުނޭ އެމީހުންނައްހަދާލިގޮތް ރޯއަވަގުރާނައެމީހުންގެ މައިމީހާޔާއަޅުވާފަގޮވާ މިކަހަލަލައިންސާނީ ކަންތަކާހުރެ ރޯޔަލްގަމަސަތްކަތްނުކުރެވޭއެތައް ދިވެއްސަކުމިހާރުވެސްއެދަނީ މިނޫންގޮތެއްނެތިގެން މިވާހަކަތައްކިޔާދެމުން އޭނާޔަކީމުއްސަނދިވުމުންގާރޫނުފަދައިންމީހުންނައްހިތުހުރިގޮތެއްހަދަމުންދާ ވަރައްދޫނުބާމީހެއް ﷲ މިނުބާޖައްބާރުގެމުއްސަނދިކަންއަތުލައްވާ މީނަގެމިމުދަލަކީމީނާޔައްތުރާލެއްކަމުގާޖައްސަވާދޭވެ އާމީން މީނާގެރިސޯޓުތަކުގަމަސަތްކަތްކުރާއެންމެން އެއްފަހަރާ މުޒާހަރާޔަކައްތައްޔާރުވުމައްގޮވާލަން ﷲ ތިޔަގާސިމުގެފަރާތުންނޫނަކަސް ކަލޭމެންނައް ރިޒުގުދެއްވާނެ ބިރުނުގަނެކުރިމަތިލާ ގިނަބަޔަކުނިކުމެއްޖެނަމަ ކަނޑައެއްވެސްނުލެވޭނެ މިގޮތައްރަނގަޅުކުރެވިފަހުރިކިތަންމެރިސޯޓެއްމިރާޖޭގަ އެބަހުރި ފޯސީޒަންކުޑަހުރާ ރީތިރައް ފޯޒީސަންގަހެދިގޮތަކީ އެފްއެންބީފިޔަވާއެހެންހުރިހާޑިޕާޓުމަންޓަކައްސަތޭކަޑޮލަރުދޭންނިނިންމުމުން މުވައްޒަފުންރުޅިގަދަވީ ހުރިހާމީހުންއެދުނީހަމަހަމަޔައްދޭން ރޫންބޯއިންނަކާނުކުޅެވޭނެކަންވަރައްރަނގަޅައްއެމީހުންނައްމިހާރުވިސްނޭނެ ތިތަންތަންހަމަޔަކައްއެޅުވުމައް ގެސްޓުންއަރާފުލްވީމަމިބުނާގޮތައް ސްޓްރައިކުޖައްސާތިކަންވާނެ ހައްގުހޯދުމައް މަޑުމަޑުންއަޑުއުފުލަމުންގޮސް މުޅިރާއްޖެ ސާމިލްވާގޮތައް ހަމަހަމަމުސާރަޔާ ސާވިސްޗާރޖް ލިބޭގޮތައް އާދާގެރައްތަކުގަމުޒާހަރާޖައްސާ އެއީކަލޭމެންގެހައްގުހޯދުމައް އަހަރުމެނައްރަނގަޅުމުސާރަޔާސާވިސްޗާޖުލިބޭ ނަމަވެސް ނިކަމެތިންނައްމަގޭ ތަޖުރިބާހިއްސާކޮއްލީ

  12. ހާމް Reply

    June 25, 2012 at 4:36 am

    ތީ ދަގަޑު ދަތްޕިލާ

  13. ަްައަލީ Reply

    June 25, 2012 at 3:40 am

    ވަރަށް އުފާވެއްޖެ..ސާބަސް..ތިވަރުގެ ހަބަރެއްވެސް އޭނާ ޔާދެކޮޅަށް ގެނެސްދެއްވިކަމަަށް ޓަކަައި..އޭނާގެ ކާރީގައި އުޅޭބައެއް ނުބައި ނުލަފާ މެނޭޖަރުން ދަނީ ސިޔާސީ ބޭނުން ތަކަށް ޓަކައި މުވައްޒަފުން އިންދަޖައްސަމުން..ﷲ އިރާދަކުރެއްވިއްޔާ މިފަދަ އަނިޔާވެރިންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާން ދޭވެ!!

  14. މަރީ Reply

    July 24, 2012 at 11:44 pm

    ގަސިމް އަކީ ވަރަށް ރަގަނޅު އަދި އެހެން މީހުންގެ ހާލު ބަލާ ނިކަމެތިންނަށް އެހީވާ ހަމަައެކަނި ހުރި ދިވެހިންގެ ބަތޮލަކީ

    ި

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>