ވަގުން  

ޖާބިރު އާއި ޤައުމީ ޕާޓީ އިން އެސްޓީއޯ ދަވާލަނީ!

21 ޖޫން 2012 22:36 | 11 ކޮމެންޓް

-       ލަދެއް ހަޔާތެއް ނެތި ވަކި ބަޔަކަށް މިލިއަނުން ފައިސާ ހަރަދު ކުރުމުގައި އެސްޓީއޯގެ އެމްޑީ ޝާހިދު އަލީ އައި އެހެނިހެން ވެރިންގެ ރޯލު ވަރަށް ބޮޑު!  

-       އެސްޓީއޯ ބަގުރޫޓު ވާތަން ބަލާކަށް ރައްޔިތުން މަޑަކުން ނުތިބޭނެ!

އޮޅުމެއް ނެތް ފަދައިން މިވަގުތު ރާއްޖޭގައި ހުރި ރައްޔިތުންގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއްވާ ކުންފުންޏަކީ ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. ނަމަވެސް، އެސްޓީއޯ ގެ ދެމިއޮތުން މިއަދު ގުޅިފައިވަނީ މިހާރުގެ ސަރުކާރަށް ބައިއަތު ހިފާފައިވާ ބައެއް ފަރާތްތަކުގެ އަމިއްލަ އެދުމުން ފުރިގެންވާ އަމަލުތަކަކުން އެ ކުންފުނި ސަލާމަތް ކޮށްގެންނެވެ.

ދާދި ފަހުން އެސްޓީއޯ އިންވަނީ ޑޮލަރު ހޯދުމަށް ފަސޭހަތަކެއް ހޯދުމަށް ކަމަށް ބުނެ 2 ރިސޯޓް ގަތުމަށް ނިންމާފައެވެ. ނަމަވެސް، ފޮރުވިފައިވާ ބޮޑު ހަޤީޤަތަކީ އެސްޓީއޯ އިން 2 ރިސޯޓް ގަތުމަށް ނިންމާފައިވަނީ ބާޣީ ސަރުކާރުގެ އެދުމަށް 2 ވިޔަފާރިވެރިއެއްގެ ދަރަނިން އެމީހުން ސަލާމަތް ކޮށްދިނުމުގެ ބޭނުމުގައެވެ. މި މައްސަލައިގައި ހިމެނޭ 2 ރިސޯޓަކީ  ޖާބިރުގެ އަލިދޫ ރިސޯޓާއި ބޮނޑިބަތް ޖަމީލުގެ ދޮށީ އަންހެނުންގެ ކޮއްކޮ ޝަވީދުއަށް ހުވަދު އަތޮޅުން ރިސޯޓް ތަރައްޤީ ކުރުމަށް ލިބިފައިވާ ރަށެކެވެ.

1.ޖާބިރުގެ އަލިދޫ ރިސޯޓް ވިއްކާލުމަށް ޖާބިރު އުޅޭތާ އެތަކެއް ދުވަހެއް!

އަލިދޫ ރިސޯޓު ފުރަތަމަ ހިންގަމުން އައީ ސްރީލަންކާގެ ޖޯން ކީލްސް ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް، މި ރިސޯޓަކީ ރަނގަޅު ބީޗެއް ނެތް ރަށަކަށް ވުމާއެކު މިރިސޯޓުން އެ ކުންފުންޏަށް ދިޔައީ ފައިދާ ވުމުގެ ބަދަލުގައި ބޮޑެތި ގެއްލުން ތަކެއް ވަމުންނެވެ. މި ރިސޯޓުން ގެއްލުން ވަމުން ދާތީވެ ޖޯން ކީލްސް އިން ދިޔައީ އެ ރިސޯޓް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ޖޯން ކީލްސް އިންވަނީ  ޑީލެއްގެ ތެރެއިން ޖާބިރުއަށް އަލިދޫ ރިސޯޓް 40 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. ބަދަލުގައި ޖާބިރުގެ ދޮންވެލި ރިސޯޓް ވަނީ ޖޯން ކީލްސްއަށް 15 އަހަރަށް ކުއްޔަށް ދީފައެވެ.

2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެ އަލީދު ރިސޯޓް ގަތުމަށްފަހު ޖާބިރު ހީކޮށްގެން ހުރީ އޭނާއަށް އެ ރިސޯޓުން ފައިދާ ނެރެވޭނެ ކަމަށެވެ. އަލިދޫ ރިސޯޓް މާކެޓް ކުރުމަށް ބޭރަށް ފުރަން އުޅޭ ކަމަށާއި އެއީ ރަނގަޅު ލޮކޭޝަން އެއްގައި ރިސޯޓެއް ކަމަށާއި އެރިސޯޓާމެދު އިރުބާރު އޮތް ކަމަށް ޖާބިރު ބުނިކަމަށް ހަވީރު ނޫހުގައި އެއިރު ލިޔެފައިވެއެވެ.

ނަމަވެސް ޖާބިރު އުއްމީދު ކުރިގޮތާއި ހިލާފަށް އެރިސޯޓުން އޭނާއަށް ވެސް ދިޔައީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެންމެ ފަހުން އެރިސޯޓު ވިއްކާލެވޭތޯ ޖާބިރު މަސައްކަތް ފެއްޓިއެވެ. ބޭރުގެ އެތަކެއް މާކެޓެއްގައި އަލިދޫ ވިއްކާލެވޭތޯ ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

އެންމެ ފަހުން އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާއި ގުޅިގެން ސަރުކާރަށް އެ ރިސޯޓު ވިއްކާލުމަށް އެތަކެއް ފަހަރު މަސައްކަތް ކުރިއެވެ. ހާއްސަކޮށް އެސްޓީއޯ އިން އެ ރިސޯޓު ގަތުމަށް ޖާބިރު ދިޔައީ އެދެމުންނެވެ.  ނަމަވެސް، ވަކި ފަރުދެއްގެ ވިޔަފާރި ކޮޅަށް ޖަހައި ވަކި މީހެއްގެ ދަރަނި ތަކުން ސަލާމަތް ކުރުމަށް ރައްޔިތުންގެ ފައިސާ ހޭދަ ކުރުމަކަށް ރައީސް ނަޝީދު އެއްބަސްވެ ވަޑައެއް ނުގަތެވެ. އެމްޑީޕީ އާއި ދެކޮޅަށް އެއިރު އިއްތިހާދުން ކުރި މުޒާހިރާތަކުގައި ޖާބިރުގެ އަންހެނުން ދިޔާނާ ބައިވެރިވެ ރައީސް ނަޝީދު ގަޒުފު ކުރަން ޖެހޭ ކަމަށް ބުނެ ހިތު ހުރި އެއްޗެއް ކިޔައި ޖާބިރުގެ ދެމަފިރިން ސަރުކާރާއި ދެކޮޅު ވާން ފެށި ހިސާބަކި އެމީހުންގެ ބޮޑެތި ދަރަނިތައް އަދާކޮށް އަދި ވިޔަފާރި ކޮޅަށްޖެހުމަކީ  ރައްޔިތުންގެ ފައިސާއިން ރައީސް ނަޝީދުގެ ވެރިކަމެއްގައި ނުވާނެ ކަމެއް ކަން އެ ދެމަފިރިންނަށް ޔަޤީންވި ހިސާބެވެ.

ނަމަވެސް، ބަޣާވަތަށްފަހު ވަހީދުގެ ސަރުކާރުންވަނީ އަލިދޫ ރިސޯޓް ރައްޔިތުންގެ ފައިސާއިން އެސްޓީއޯއަށް ގަތުމަށް އެއްބަސްވެފައެވެ.

 

2.  ޖަމީލުގެ އަންހެނުންގެ އާއިލާއަށް ރިސޯޓް ހެދުމަށް ލިބިފައިވާ ރަށް އެސްޓީއަށް ނެގުން

ބޮނޑިބަތް ޖަމީލަކީ ޤައުމީ ޕާޓީގެ ނައިބް ލީޑަރެވެ. ޖަމީލުގެ އަމިއްލަ މަސްލަހަތަކީ ޤައުމީ ޕާޓީގެ މަސްލަހަތެވެ.  ޖަމީލުގެ އަންހެނުންގެ ކޮއްކޮ ޝަވީދު އަކީ މަޝްހޫރު ވިޔަފާރި ވެރިއެކެވެ. ނަމަވެސް، އޭނާ ވަނީ ވަރަށް ބޮޑަށް ދަރަނިވެރި ވެފައެވެ. އަދި، ރިސޯޓް ހެދުމަށް ހުވަދު އަތޮޅުން ރަށެއް މީނާ އަށް ވަނީ ލިބިފައެވެ. ދަރަނި ބޮޑު ކަމުން އެ ރަށުގައި ރިސޯޓް ތަރައްޤި ކުރުމުގެ ތަނަވަސް ކަމެއް ޝަވީދު އަތަކު ނެތެވެ. ދަރަނި ވެރި ހާލުގައި ބޮޑު ރަށެއް އޭނާ ބޮލުގައި އެޅިފައިވުން ވަނީ ބޮޑު ބޮލު ރިހުމަކަށެވެ. މިކަމުން ޝަވީދު ސަލާމަތް ކޮށް ދިނުމަށްޓަކައި ޤައުމީ ޕާޓީއިން ސަރުކާރަށް ޕްރެޝަރު ކޮށް އެސްޓީއޯ އިން މިރަށް ޝަވީދު އަތުން ގަތުމަށް ވަނީ ނިންމާފައެވެ.

 

3.  އެސްޓީއޯގެ އައު ޗެއަރމަން އަބްދުﷲ ފާއިޒު، އަދި އެމްޑީ ޝާހިދު އަލީ ގެ ދައުރު

އެސްޓީއޯގެ އައު ޗެއަރމަން އަބްދުﷲ ފާއިޒް އަކީ ގާސިމް އިބްރާހިމްގެ ބޯއީ އެކެވެ. އެހެން ކަމުން ބޯޑުން ކަންތައް ނިންމުމުގައި ގާސިމާއި ޖާބިރުގެ މަސްލަހަތަށް މަސައްކަތް ކުރުންވަނީ ފަހިވެފައެވެ. އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރަކަށް ހުރި ޝާހިދު އަލީ އެ މަޤާމުގައި ކަނޑާނުލާ ބަހައްޓައިގެން ސަރުކާރުން އުޅެނީ އޭނާ އާއި އެކު ހަދާފައިވާ ޑީލެއްގެ ދަށުންނެވެ. އެއީ ސަރުކާރުން ބޭނުންވާ މިފަދަ ހިޔާނަތުގެ އަމަލުތަކަށް އޭނާ މަގު ފަހިކޮށްދޭ މަތިންނެވެ.

     ދާދި ފަހުން މެރީޑިއަމް ރިޔާޒު ރަޝީދު އެސްޓީއޯއަށް ދޭން ޖެހިފައިވާ ލާރިގަނޑުގެ މައްސަލަ ޝާހިދު އަލީގެ ވަނީ ކޯޓުން ބޭރު ކޮށްލާފައެވެ. ރައްޔިތުންގެ ފާޑު ކިޔުން ޝާހިދު އަލީ އަށް އަމާޒު ވުމުން އެ ފަހަރު ބުނެފައިވަނީ އެ މައްސަލަ ކޯޓުން ނެގުމަށް އެދި ފޮނުވާފައިވާ ސިޓީ ފޮނުވި ފައިވަނީ އޮޅިގެން ކަމަށެވެ. ޖާބިރު އަދި ޝަވީދުގެ  ރިސޯޓު އެސްޓީއޯގެ ފައިސާއިން ގަތުމަށް ޝާހިދު އަލީ ނިންމާފައިވާ އިރު އެކަމުގައި މަތި ޖެހުމަށް ބުނެފައިވަނީ ފަސޭހައިން ޑޮލަރު ހޯދާނެ ގޮތެއް ހޯދުމަށް ކަމަށެވެ.

 

އިލްތިމާސް

އެސްޓީއޯ އަކީ ރައްޔިތުންގެ ފައިސާއިން ހިންގާ ފައިދާ ވަމުންދާ ހަމައެކަނި ކުންފުންޏަށް ވާއިރު ބާޣީ ސަރުކާރުގެ އިސްވެރިންގެ ދަރަނި ތަކުން ސަލާމަތް ވުމަށާއި ވިޔަފާރި ހިންގުމަށް އެ ކުންފުނީގެ ފައިސާއިން މިލިއަނުން ޚަރަދު ކޮށް އެ ކުންފުނި ބަގުރޫޓު ކޮށްލުމަކީ ސީރިއަށް ހިޔާނާތެކެވެ. އަދި ކޮރޮޕްޝަންގެ އަމަލުތަކެކެވެ. މި ހިޔާނަތުގެ އަމަލުތަކުގައި ޒިންމާ ބޮލުގައި އަޅަންޖެހޭ ފަރާތްތަކުގެ ތެރޭގައި އެސްޓީއޯގެ އެމްޑީ ޝާހިދު އަލީ އާއި ޗެއަމަން ފާއިޒު އަދި ބޯޑުގެ އެހެން މެމްބަރުން ހިމެނެއެވެ. އެސްޓީއޯގެ އިސް މަޤާމުތަކުގައި ތިބި ޤައުމަށާއި ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވާ މީހުންގެ އަމަލުތަކުގެ މަޢުލޫމާތު އެނގިވަޑައިގަންނަވާ ނަމަ info@newdhivehiobserver.com  އަށް އީމެއިލް ކޮށްދެވަމުން ގެންދެވުން އެދެމެވެ. މިހާނަތަނަށް އެންޑީއޯ އަށް މަޢުލުމާތު ހިއްސާކޮށްފައިވާ މުވައްޒަފުންނަށް ޝުކުރު ދަންނަވަމެވެ. 

އެސްޓީއޯ މެދުވެރިކޮށް ބާޢީ ސަރުކާރުގެ އިސްވެރިންގެ ވިޔަފާރު މަސްލަހަތު ހިމާޔަތް ކޮށް ރައްޔިތުންގެ ފައިސާއިން ވަމުންދާ ހިޔާނާތް ތަކާއި ވައްކަމުގެ އަމަލު ތައް ހުއްޓުވުމަށް ރައްޔިތުން ނުކުތުމަށްވެސް އެންޑީއޯ އިން ގޮވާލަމެވެ.

އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ! 


ގުޅޭ ލިޔުންތައް

11 ކިޔުންތެރިންގެ ޚިޔާލު

  1. ަިައިންސާފު Reply

    June 23, 2012 at 4:23 pm

    ރޭގަވެސް ސިފަަައިންގެ މީހަކު ބަދަރުމަތީ ހުރެގެން ބުނި އެޗަކުން މަގޭ ޝައްކު ޔަގީނަ ބަދަލު ވެއްޖެ.އޭނަ ބުނީ އަސްލު ސިފައިން ރުޅި އައީ ރައީސް ބަޑޭރިގެއް ތެރޭގަ އުލުނު ގޮތުނޯ.ރައީސް ސިފައިންނަ އެއްޗެހި ކީމަޔޯ.ހަގުރާމަ ވެރި މައިދާނެގަ ލޯބިން އޯޑަރު ނުދެވޭނެ ހަގީގީ މިލިޓުރީ މީހުން މިވާހަކަ ގަބޫލު ކުރާނެ.އެހެން ވީމަ މިބުނަނީ ސިފައިނަ ނޭގި ނަމަވެސް ބަގާވާ ކުރެވިޖެކަން

  2. ހަބީބު Reply

    June 23, 2012 at 12:23 pm

    ނޫނޭނުކުރާނެ ތިއީހަމައޮލަނބައްތެދައްތިބި ބައެއް މޑޕ ސަރުކާރުގަތިކަހަލަކަންތައްކުރާނީ މިހާރުވެރިކަންޖަހާގަނެގެންތިބި މީހުންނަކީދުނިޔެއައްއައިއިރުވެސް ކުއްކުރެވޭގޮތައްއައިސްތިބިބަޔެއްނަމަތާ ތިކަންގަބޫލުކުރެވޭނީ ހުރިހާދިވެހިންނައްފައިދާއެއް ވާގޮތައްއެކަމުކަމެއްކޮއްފަވާނަމައެކަމެއްކުރީ އަންނިސޮރުކަން ހޮސްޕިޓަލައް ދާބަޔަކަށާ މައިންނަށާ ނިކަމެތިންނައްވިސްނޭނެއަދިފަހުން އެވަގުތުޖެހޭނެ އެދުވަހަކުން ތިޔަވަގުންގެއަތް ކަނޑަންޖެހޭތީ އިސްލާމީސަރީއަތުގެވާހަކަނުދައްކަ މުނާފިގު ސޭހުންއެތިބީ ﷲއިރާދަކުރެއްވިއްޔާ ތިޔަވަގުންގެދުވަސްވަރައްއަވަހައްދާނެ މިއަނިޔާވެރިބާގީސަރުކާރުގެބަލާއިން މިގައުމުސަލާމަތްކޮއްދެއްވާށި ޢާމީން

  3. އައިޝް Reply

    June 23, 2012 at 7:30 am

    ޝާހިދު މިކަހަލަ ކިތަންމެ ވައްކަމެއް އެބަކުރޭ، އަވަހަށް މިކަންބަލާ ފިޔަވަޅު އަޅާބަަލަ، މަޖިލިހަށް ވައްދައިގެން ވިޔަސް އެކަން ހުއްޓުވާ..

  4. ހަސަން Reply

    June 22, 2012 at 3:59 pm

    އަޅުގަނޑު އުޅެނީ އަލިދޫގައި. ގެސްޓުންނަށް މިރަށް ކަމަކު ނުދޭ.

  5. މޫސަ Reply

    June 22, 2012 at 4:01 pm

    މިރިސޯޓު ވަގު ޑީލް ނިންމައި ފިނަމަ ބާޢީ ވަހީދު މިކަމުގަ ޒިންމާ ނަގަން ވާނެ.

  6. ހަމްދޫން ހަމީދު Reply

    June 22, 2012 at 4:18 pm

    ދަވާލާ ދަވާލާ ތީ ގަދަ ގޮތެއް ފޮއްސުން ލާފައޮއް ރިސޯޓުތަކާ ކުޅޭ !!!!!!!!!!!1 ކީއްކުރާނީ މިމީހުން މަރުވާނެތަ!!!!!!!!!!

  7. ވީ ލަވް އަންނި Reply

    June 22, 2012 at 5:53 pm

    މިކަން މިގޮތަށް ވާން ދޫކޮށްލެވޭކަށް ނެތް

  8. ނުހައްމަދު Reply

    June 23, 2012 at 7:06 am

    ޝާހިދު އަށް އެއްޓީއޯ އިން ރިޔާޒު ރަޝީދުގެ މައްސަލަ ކޯޓުން ނެރުމުގެ އެއްވެސް ހައްގެއް ނޯންނާނެއެވެ. ނެރެފިނަމަ އެސްޓީއޯ ގެ ވަޒީފާ އަށް ޚިޔާނާތް ތެރިވުމުގެ ކުށުގައި އޭނާއާއި މެދު ދަޢުވާ ކުރެވޭނެއެވެ. ދެން ކުޑަކުދިން ދައްކާކަހަލަ ވާހަކަ އަނޑެއް ނޭހޭނެއެވެ. އެސްޓީއޯ ގެ ބޯޑްގެ ޑައިރެކްޓަރުންނަށް ވެސް ހިންގުމުގެ ގަވާއިދާއި ޚިލާފަށް އަމަލުކޮށްފިނަމަ މިގޮތަށް ދަޢުވާކުރެވެންވާނެއެވެ. ހިއްސާދާރުން ފަރާތުން އައްކުރި ބޯޑްގެ މެމްބަރުގެ ރޯލް ބޮޑުވާން އެބަޖެހެއެވެ. އބޭފުޅާ އަށް ޝައްކުވާކަމެއްނަމަ އާންމު މެމްބަރުންނަށް މިކަން އަންގާ ދޭން ޖެހެއެވެ. އެސްޓީއޯ ދިފާއުކުރުމަކީ އެންމެންގެ ވާޖިބެކެވެ. ހުރިހާއެންމެންވެސް މިކަމާއި އިދިކޮޅަށް ތެދުވާންވާނެއެވެ. މިއީ ފަގީރުގައުމެއްގެ މީހުން އެމީހުންގެ މަދުލާރިކޮޅުން އުފައްދާ މިހާހިސާބަށް ގެނަސްފައިވާ ކުންފުންނެކެވެ. އެސްޓީއޯ ބަގުރޫޓް ވުމުން އެއީ ރާއްޖޭގެ ސަރުކާރުގައި ހުރި 2 ވަނަ އެންމެ ބޮޑު ވިޔަފރި ކުންފުނި ބަގުރޫޓްވީއެވެ. މިކަމުގެ ސަބަބުން ބަގުރޫޓްވާނީ ސަރުކާރެވެ. ދުނިޔޭގެ ފައިސާގެ ބާޒާރު މިހާ ނީނަރުވެފައިވާ ދުވަސްވަރެއްގައި މިގޮތަށް ވެއްޖެނަމަ ނޭދެވޭ އަސަރު ގައުމަށް ކުރާނެއެވެ. މިކަން މިކަމުގައި އުޅޭއެންމެން ހަދާންކުރާށެވެ.

  9. kokky Reply

    June 22, 2012 at 12:15 pm

    sto is best

  10. އިބްރާހިންބެ Reply

    June 22, 2012 at 8:57 am

    އެސްޓީ އޯ ދަވާ ވަހަކަ ދެއްކުމުގެ ކުރިޔަށް އަހަރެމެން ދައްކަމާ ހިނގާބަލަ އެސްޓީ އޯ ކްރެޑިޓް ސްކީމުން ރައްޔިތުންނަށް އޮޅުވާލަމުން ނަގަމުން އެގެންދާ ވިހި ޕަސެންޓް އިންޓްރެސްޓްގެ ވާހަކަ، އެމީހުން ރަށްޔިތުން ކައިރީ ބުނަމުން އެގެންދަނީ ތިމަންނަމެން ނަގަނީ އެންމެ 10 ޕަސެންޓް އިންޓްރަސްޓެވެ. އެހެންނަމަވެސް ކޯޓޭށަން އަށް 10، ނަގާފަ އަނެއްކާ އެސްޓީ އަށް ފޯމުލާން އައީމާ ކަރަޕްށަނުގެ 10 ޕަސެންޓް އެބަލާ އެމީހުން ހެޔޮވެދާނެތަ މިމީހުން މިގޮތަށް މަކަރުހަދައިގެން މިކަން ފެށީ 2006 ވަނަ އަހަރުުން ފެށިގެން އަޅެ ކިތައް ރުފިޔާ ތިޔަކާލަނީ

  11. ކާފަ Reply

    June 22, 2012 at 10:07 am

    ކާލާ ގިނައިން ކައި ހުސްކުރޭޭ މިވަޤުތު ޒިންމާ ވާނީ ކާޅު! މިބުރުމާ ޤަައުމަށް ޙިޔާނާތްތެރިވުމުގެ ހަނދާނީ ލިއުމެއް އޭނަ ޖަލުގައިންނއަިރު ކޮންމެވެސް ތަނަކަށް އަރުވަންވާނެ !ބޮޑިބަތަކީ މީހުން ވަރަށް މީ ރުކޮށް
    ޤައުމީ ރަހަ ޒަމާނުށްސުރެން ތަށިމަތިން ވަނަ ހޯދާ ސަޙްސި ޔަތެކެވެ.ކީކުރާނި! ބާޤީން އައުމަށްފަހު ތަށިމަށްޗަށް އެރުން މަނަލެވެ، ދެން އޮތީ ޤައުމުދަވާލުމެވެ.މިައް ކިއަނީ ބާޤީ ބޮޑިބަތް ކޮވެލިއެވެ

     ކ

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>