ޖާބިރު ފިނޭންސް މިނިސްޓަރުކަން ނުލިބިގެން ހޭބަލިވަނީ!

21 ޖޫން 2012 16:07 | 0 ކޮމެންޓް

މިހާރަކަށް އައިސް ޖާބިރުގެ ހުވަފެނަކީ ފިނޭންސް މިނިސްޓަރަށް ވުމެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރަށް ވުމުގެ ޗާންސް ލިބިއްޖެ ނަމަ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުކަން ވެސް ދޫކޮށްލަން މީނާ މިހާރު ހުރީ ތައްޔާރަށެވެ. ހަޤީޤަތުގައި މީނާއަށް މިހުވަފެނެއް ފެންނަން ފެށީ ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް މީނާ ދަރާހުރިވަރު އާއްމުންނަށް އިނގެން ފެށުމުން މިކަންތަކުން ސަލާމަތްވެވެން އޮތީ ހަމައެކަނި ފިނޭންސް މިނިސްޓަރުކަން ލިބިގެންކަން މީނާއަށް އިނގެއެވެ. އެހެނީ އޭރުން ދައުލަތުގެ ފައިސާގެ ބާރު ލިބޭއިރަށް ސަރުކާރުގެ ފައިސާއިން މީނާގެ ދަރަނިތައް ދައްކާލެވޭނެއެވެ.

ދާދި ފަހުން ލޮލީ ޖާބިރުވަނީ މިހުވަފެން ހަޤީޤަތަކަށް ހަދާދޭށޭ ގާސިމް ކައިރި ގޮސް އާދޭސް ކޮށްފައެވެ. ގާސިމް ބާޣީ ވަހީދުއާއި މިވާހަކަ ދެއްކުމުން ބާޣީ ވަހީދު ޖާބިރަށް މިވަޒީފާ ދޭކަށް އެއްބަހެއް ނުވިއެވެ. ބާޣީ ވަހީދު ގާސިމަށް ދިން ޖަވާބަކީ ކެބިނެޓްގެ މިނިސްޓަރަކަށް ވުމަށްޓަކައި މަދުވެގެން މާސްޓަރސް ފެންވަރަށް ތައުލީމު ހާޞިލްކޮށްފައިވާން ޖެހޭކަމަށެވެ. އަދި ޖާބިރު މިޝަރުތު ހަމަ ނުވާތީ މިކަންތައް ކޮށްދޭން ޖެހިލުންވާ ކަމަށެވެ. އެން ޑީ އޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލޮލީ ޖާބިރުއާއި ސަން ޓްރެވަލް ޝިޔާމް އާއި ދެމީހުން ވަނީ ފޭކް މާސްޓަރސް ސެޓްފިކެޓް ހައްދައިގެން މިސެޓްފިކެޓް އެއޮފީހަށްދާ މީހުންނަށް ފެންނަ ގޮތަށް ފްރޭމްކޮށްފައެވެ. މިސެޓްފިކެޓަކީ ފޭކް އެއްޗެއްކަން ބާޣީ ސަރުކާރުގެ ވަރަށް ގިނަ މީހުންނަށް ވެސް އިނގޭތީ އެހާބޮޑު ރިސްކްއެއް ނަގަން ބާޣީ ވަހީދަށް ނުކެރުނީއެވެ.

އެން ޑީ އޯއިން ބާޣީ ސަރުކާރުގެ އިސް މަޤާމްތަކުގައި ތިބޭ މީހުންގެ ފަތިފުށް ބަލަމުންދާ ކަން ބާޣީ ވަހީދަށް ރަގަޅަށް އިނގެއެވެ. އެން ޑީ އޯއިން ފޭކް ސްޓޭޓް މިނިސްޓަރ  މުހައްމަދު އަހުމަދު (ވަގު މަނިކު)ގެ ވަގު ސެޓްފިކެޓްތަކުގެ ވާހަކަ ގެނެސްދިން ފަހުން މިކަންތަކާއި ބާޣީ ވަހީދު ބޯގޮވާ ހިސާބުގައި އުޅޭއިރު، އަނެއްކާ ޖާބިރުއަށް މިނިސްޓަރުކަން ދީފިނަމަ ޖާބިރުގެ ވަގު ސެޓްފިކެޓްގެ ވާހަކަ އާއްމު ވެއްޖެއްޔާ އަނެއްކާ ބާޣީ ވަހީދުގެ ނިދި ހަލާކުވާނެ ވިއްޔާއެވެ.

ކޮންމެއަކަސް ބާޣީ ވަހީދުގެ ޖަވާބު ޖާބިރަށް އެނގުމުން އައި ރުޅީގައި ބާޣީ ވަހީދަށް ފޯނުން ގުޅާ ވަރަށް ހުތުރުބަހުން އެއްޗެހި ގޮވިއެވެ. ” މަށަށް ތީގެ ކިތައްމެ ވަހީދެއް އެއްފަހަރާ ކިހިލީގައި ޖަހަގެން ގެންގުޅެވިދާނެ. ވަހީދު ހީކުރާ ގޮތެއް ނުން. މަށަކީ ކުރީގައި ލޮލީ ވިއްކަން އުޅުނު މީހެއް، އެކަމަކު މިއަދު މަގޭ އަތުގައި އެތައް ރިސޯޓެއް އެބައޮތްކަން ތީނައަށް ވެސް އިނގޭނެ. މަގޭހުރިވަރުވެސް ދައްކާލާނަން” ޖާބިރު ވަހީދަށް ގުޅާފައި ބުންޏެވެ.

ލޮލީ ޖާބިރު ކޮންމެ ކަހަލަ ބައިސާއެއް ކެނޑިއަސް ލޮލީ ޖާބިރުގެ އެކައުންޓް ބެލެންސްގައި މިހާރު ހުރި ވަރު ނޭގޭ މީހެއް މަދެވެ. ޖާބިރު ދިވެހި ސަރުކާރަށް އެތަށް މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަން އެން ޑީ އޯ އިން ވަރަށް ޔަގީން ކަމާއި އެކީ ބުނެލަމެވެ. ޖާބިރު ސަރުކާރަށް ފައިސާ ދައްކަން ޖެހޭތީ މިކަންތައް ނުކުރުމަށްޓަކައި އުޒުރުތަކެއް ހޯދުމަށް މިހާރުވެސް ކޯޓުށް ހުށަހަޅައިގެން މިމައްސަލައެއް ކުރިޔަށް އެބަދެއެވެ.

0 ކިޔުންތެރިންގެ ޚިޔާލު

  1. މުހަންމަދު Reply

    June 26, 2012 at 11:06 am

    ރަނގަޅު އެއްކަމެއްކުރާކަށް މިޖާބިރަކަށްނޭނގޭނެ. އޭނައަށް އެނގޭނެ އޮންނާނީ އެންމެކަމެއް. އެއީ ރަހަޔަކުންކުރެ ރަހައެއްނުލާ ލޮލީހެދުން. އެކަމުގައިވެސް ހަދާނީ މަކަރު. ހަކުރުކިލޯއަކުން ފޮނިރަހައެއް އެއްގޮތަކަށްވެސް ނުދޭ ދެހާސް ލޮލީ ހަދާފާނެ.
    މިޖާބިރު ހަމައެކަނި ބޭނުމީ ފިނޭންސް މިނިސްޓަރުކަމެއްނޫން. އޭނަބޭނުން ހުރިހައި މިނިސްޓަރުކަމެއްވެސް.
    ދަރަނިބޯ!

  2. ވަޠަންގެލޭ Reply

    June 22, 2012 at 10:55 am

    ބަލަ މަ މި ހީކުރަނީ އެއީ ހައްތަހާޥެސް ދިޔާނާ ސައީދު ކަމުގަ!!! އެހެނެއްނު ހީވާނީ!! ހުރިހާ މޮޅެތި ދިނީ އިލްމުވެރިން އެތިބީ މީނަގެ ހިމާޔަތުގަ ވިއްޔަ! ކާށިދޫ ގޮނޑިވެސް ކާމިޔާބު ވީ ޖާބިރު އިސްލާމްދީން ހިމާޔަތްކޮށްދީ ކާށިދޫގެ އިސްލާމީ ވަހުދަތު ނަގަހައްޓާދޭނެތީވިއްޔަ! އޯލް ދަ ބެސްޓް !!!!

  3. ހަބީބު ރ މީދޫ Reply

    June 21, 2012 at 6:17 pm

    އޭނާކާށިދޫންކާށިފެންބޯންދަސްކޮއްގެންއައިސް އެއުޅެނީ ބަދިގޭގައުޅޭކުދިންވެސްކާށިފެންބޯން ދަސްކުރާތި ވަރައްމީރުވާނެ މިގޮތައްކާށިފެންބޯން މަވެސްމިއުޅެނީ ދާންއެރަށައް ދަސްކުރަން

  4. ސަކީލާ Reply

    June 21, 2012 at 6:13 pm

    އައްހައްހައްހާހިއްހިއްހީ އަޅޭކަލޯޖާބިރާ ކަލޯތަތިގޮވަނީއިސްލާމްދީންހިމާޔަތްކުރާށޭ ކާށިދޫގެލާދީނީމީހުންކީއްކުރަންމިވަގައްވޯޓުދިނީ މިކަހަލަކަންތަކައްހިތްވަރުދިނުމައްތަ ލާދީނީމީހަކައްވޯޓުދޭނީވެސްއޭގެމީހެއް

  5. ައަބްދޯ ސައީދު Reply

    June 21, 2012 at 5:23 pm

    މި މީހުން ގެ ލަދެއް ހަޔާތެއް އެބައޮތްބާ! މި ކަހަލަ ޖަނަވާރުން ޓީ ވީ އަށް އަރާ އިދެގެން މިގޮވަނީ އިސްލާމް ދީން ހިމާޔަަތް ކުރާށޭ!! މީ ދެރން ފުކެއް ބޮޑުވަރު!!

  6. މުހައަމަދު Reply

    June 21, 2012 at 5:17 pm

    މިއީ ކޮންމެހެން ފިނޭންސް މިނިސްޓަރ ކަން ބޭނުވެގެން އުޅެނީ އަކީ ނޫން، މިއުޅެނީ ކޮންމެވެސް ތަނެއް ދަވާލަން، މިހާރު ދެން އެސްޓީއޯ ކަންތައްގަނޑު އެގޭ، މިވާނީ އަދި އެސްޓީއޯގެ އިތުރުން އެހެން ކަންތައްގަނޑެއް މީނަލޮލުގައި އަޅައިގަނެގެން އުޅެނީކަމަށް، ވަގުންނަށް އަހަރެމެން އާދައިގެ މީހުން ހިތަށް ނާރުވާކަންތައް ފެންނާނެ، ނަސީބެއް މަނިޓަރީ އޮޓޯރިޓީ މިނިވަން ތަނެއްގޮތުގައިވާކަން.

  7. ޒެޑޭ Reply

    June 21, 2012 at 4:25 pm

    އަޅެ މިމަންޒަރު … އަށް ނުފެންނަނީތަ!

  8. ގާސިމް ދިއްގަރު Reply

    June 21, 2012 at 3:03 pm

    ޖާބިރުގެއަނގާގަދުވާނުބައިވަހުން ދިޔާނާޔައްކިސްކޮއްނުދެވޭތީ އެގޮތައްކަންތައްދިމާވަނީ އެހެންނޫނަސްމިހާރުޖާބިރައްވަނީ ފާފަނުލިބޭގޮތައް ކަސްބީއަންހެނުންނާ ކިސްކުރަންވީގޮތް ބޮނަކުވާސަހީމާ ފަހަރިތަޅާއިމުރާނާ އިބިލީސްހުސޭނުދަސްކޮއްދީފަ ވީމާދިޔާނާޔަކައްއިތުރުގޮތެއްނޯންނާނެ ރުހުނަސްނުރުހުނަސް ޖެހޭނީހުންނަން ކިސްކޮއްނުދެވެންޏާ ވާނީމިހެން ބޮލިކުނިވަސް އެއީދިޔާނާމަހަކުއެއްފަހަރު ތަހަންމަލްކުރަންޖެހޭނެވަހެއް ވީމާޖާބެރައް އެހެންނުހެދުމައް ނަސޭހަތްތެރިވަން

  9. ލައްޗޭ Reply

    June 21, 2012 at 1:46 pm

    ބުރުމާ އަތުގަވެސް ތިބުނާކަހަލަ 20 ސެޓުފިކެޓް އޮވޭ

  10. ޝިނާ Reply

    June 21, 2012 at 1:32 pm

    ލޮލީ ޖާބިރު އަބަދުވެސް ސަންޓްރެވަލް ސިޔާމް ކޮޕީކުރާނެ. މިލިޔުމުގައި މިވަނީ ވަރަށްބޮޑު ތެދެއް. އަހަރެން އެއްދުވަހު އެއޮފީހަށް އިންޓަވިއު އަކަށް ދިޔަތަނާވެސް ތިލޮލީ ޖާބިރު ތިބުނާ ސެޓްފިކެޓް ދައްކާފަ ފޮނިކެނޑި. މަގޭ ހިތަށްއެރި މީނާ ކުދިންކުދިން އިންޓަވިއު ކުރާށޭ ކިޔާފަ މިއުޅެނީ އެހެން ކަމެއްގައޭ. މަވާ އެހިސާބުން ސަލާން ބުނެފިން. ދިޔާނާ ލަދެއްވެސް ނުގަނޭ އޭނަޔާ އިނދެގެން އުޅެން.

  11. އަލީސާކިރު Reply

    June 21, 2012 at 12:54 pm

    ޖާބިރަކީއޭނާގެރިސޯޓުމުވައްޒަފުންނައް ސާވިސްޗާޖުވެސްހަމަޔައްނުދޭވަގެއް މީނާގެރިސޯޓުތަކުގަހުޅުޖަހާގެއްލުންދީ އިނާޔަތްތައްހޯދުމައްމަސަތްކަތްކުރަންހުރިހާމުވައްޒަފުންނައްގޮވާލަން ޖަހާބެރު އައްހުވަފެނަކުންފެންނަނީ ފިނޭސްމިނިސްޓަރުކަންކުރާތަން އަދިއެއްއަތްދަނޑިމަތީ އަނބިފުޅު އަނެތްއަތްމަތީ ކަސްބީއަންހެނެއް އޮއްވާ ދެންމީނާގެހުވަފެން ހަގީގަތަކައްހަދަންވެގެން އެގޮތައްއެއުޅެނީ މިހާތެދުވެރިމީހުންނައްފެންނަ ހުވަފެނަކީ ހަމަވަހީ ކަންމިގައުމުގެސޭކުންނައްއެނގޭތީ އެކަންކުއްވެރިނުކުރަނީ އެހެންނަމަ އެއްވެސްސަރުތަކާނުލާކުއްވެރިކުރީހޭނޫން

  12. ދޮންދިޔާނާ / ގައްދޫ Reply

    June 21, 2012 at 12:53 pm

    ޖާބިރަށްވުރެ ފުރިހަމަ އިސްލާމަކު ދުވަހަކުވެސް މަށެއްނުދެކެން. އަދި ކިސްކުރުމުގައިވެސް އެވަރުގެ މޮޅު ފަންނާނަކު ނުދެކެން. މިރާއްޖޭގައި އެންމެ ބޮޑަށް އިސްލާމްދީން ޙިމާޔަތްކޮށް ކުރިއަރުވަން ޖާބިރާއި ބުރުމާ ޤާސިމަށްށްވުރެ ވަކިރަނގަޅު ބަޔަކު ޢަދާލަތުޕާރޓީގެ ޢިމްރާނާއި ޝަހީމަށް ލިބޭނެކަމަކަށް ޚުުދު އެބޭފުޅުންވެސް ޤަބޫލެއް ނުކުރާނެ. އެއީ ތެދުކަން ތިޔަ ފޮޓޯއަށް ބަލާލުމުންވެސް އެނގޭ،

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>