- ޖަންނަތު އަޝްފާޤު -
ރާއްޖޭގެ ރަށްތަކަށް ރާއްޖެ ޓީވީ ނުލިބޭތީވެ ރާއްޖޭގެ ގިނަ ރައްޔިތުން ތަކެއް ކަންބޮޑުވުން ފާޅު ކޮށްފިއެވެ. މިވަގުތު ރާއްޖެ ޓީވީ ކޭބަލް މެދުވެރިކޮށް ފެންނަނީ ވެރިރަށް މާލެއަށް އެކަންޏެވެ. މާލެ ފިޔަވާ މުޅި ރާއްޖެއަށް ރާއްޖެ ޓީވީގެ ޚިދުމަށް މެދުކެނޑިފައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
އެންޑީއޯ އިން ވަނީ ރައްޔިތުން މިކަމާ މެދު ދެކޭގޮތް ބެލުމަށްޓަކައި ބައެއް ރަށްރަށަށް ގުޅައި މަޢުލޫމާތު ހޯދާފައެވެ. ފުވައްމުލަކުން ވާހާކަ ދެއްކި ޝަރީފް ބުނިގޮތުގައި ރާއްޖެ ޓީވީ ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ވާނުވާ އެނގުން ވަރަށް އުނދަގޫ ކަމަށާއި އަދި ވަކިން ހާއްސަކޮށް އެމްޑީޕީއަށް ސަޕޯޓް ކުރާ މީހުން އެކަމާއި ވަރަށް ބޮޑަށް މާޔޫސް ވެފައި ތިބި ކަމަށެވެ. އައްޑު އަތޮޅުން އިސްހާޤު ބުނި ގޮތުގައި ރާއްޖެ ޓީވީ ނުލިބޭތީވި ޕްރޮޕެގެންޑާ ފަތުރާ ވަޅޯ ޓީވީ އަދި ދަބަރު ޓީވީ އާއި ޓީވީއެމް ބެލުމަށް ރައްޔިތުންނަށް މަޖުބޫރު ވެފައިވާ ކަމަށާއި އަދި އެ ޗެނަލްތަކުން ފޮނުވާ ޕްރޮޕެގެންޑާގެ ސަބަބުން ބައެއް މީހުންނަށް ހަޤީޤަތް ވަރަށް ބޮޑަށް އޮޅެމުން ދާ ކަމަށެވެ. ކުޅުދުއްފުށިން ވާހަކަ ދެއްކި މަރިޔަމް ބުނިގޮތުގައި ރާއްޖެ ޓީވީ ނުލިބުމުން އެކަމުގެ ފައިދާ ބަޣާވަތަށް ތަރުހީބު ދޭ ފަރާތްތަކުން ނަގާ ކަމަށާއި އަދި އެހެން ޗެނަލްތަކުން ދައްކާ ވާހަކަ ނޫން އެހެން ވާހަކައެއް ރަށުތެރެއިން މިހާރު ނީވޭ ކަމަށެވެ. ހއ. ދިއްދޫއިން އަކްރަމް ބުނީ މާލޭގެ ރައްޔިތުންނަށް ތިބީ ވާނުވާ ފެންނަ ހިސާބުގައި ކަމަށާއި އެހެން ކަމުން އެމީހުންނަށް ގިނަ ފަހަރު ޚަބަރު ތައް އެނގޭ ކަމަށާއި އެހެން ކަމުން މާލެއަށް ރާއްޖެ ޓީވީ ނުލިބުނު ކަމުގައިވިޔަސް ރަށްރަށް ލިބެން ކޮންމެހެން މަޖުބޫރު ކަމަށެވެ.
އެންޑީއޯއަށް ފަހަނގަ ކުރެވުނު ގޮތުގައި ރާއްޖެ ޓީވީ ނުލިބޭތީވެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފައެވެ. އަދި، އެކަމުގެ ސަބަބުން ބައެއް ރައްޔިތުންނަށް ހަޤީޤަތް ވަރަށް ބޮޑަށް އޮޅެމުންވެސް ދެއެވެ. އެހެން ކަމުން ވީއެންމެ އަވަހަކަށް ރާއްޖެ ޓީވީ ރަށްރަށް ލިބިގެން ދާނެ ކަމަށް އެންޑީއޯ އިން އުއްމީދު ކުރަމެވެ.
މުހަންމަދު
June 25, 2012 at 5:21 am
ރާއްޖެ ޓީވީ ނުލިބެނީ ކީއްވެ؟…..
އަލީ
June 25, 2012 at 7:09 am
އެންމެންވެސް (ކޮމެންޓުކުރާ މީހުންވެސް ޚަބަރު ލިޔާ މީހުންވެސް) ލިޔަނީ ރާއްޖެޓީވީ ނުފެންނަ ވާހަކަ. ކޮންމެވެސް ބަޔަކު ލިޔަންވީނު ރާއްޖެޓީވީ ނުފެންނަނީ ކީއްވެކަން ނޫނީ ރާއްޖެޓީވީ ރާއްޖެތެރެއަށް ދެއްކުމަށް ބަޔަކު މަސައްކަތް ކުރާނަމަ އެކުރާ މަސައްކަތެއްގެ ވާހަކަ. ރާއްޖެތެރެއަށް މިހާރު މިފެންނަނީ މުޅިންވެސް ޝައިޠާނީ ޓީވީތައް.
ހަމްދޫން ހަމީދު
June 24, 2012 at 3:10 pm
މީމު މުލީގައި އަދި މިއަދާއި ހަމައަށް ރާއްޖެ ޓީވީ ނުލިބޭ އެކަމު ރައްޓެހިންނަައް އަދި ފޭސްބުކް އެހީގައި ހަބަރުތައް ތާޒާކުރަނީ ވަރައްބޮޑައްއެދެން ކޭބަލް ދޫކުރާ ފަރާތުންވެސް ރާއްޖެ ޓީވީ ދޫކުރުން ނަމަވެސް ޑައިޖެސްޓިވް ސިސްޓަމް ބްރޯކްވެފަވާތީ ނުކުޅެދިފަ!!!!!!!!!1 އެހީތެރިކަމުގެ އަތެއް ބޭނުންވޭ!!!!!!!!
އައްޔަ (އެމްޑީޕީ އަށް ހެ
June 23, 2012 at 2:35 pm
އަހަރެންނަކީ މާލޭގެ މީހެއް އަހަރުމެންނަށް ރާއްޖެ ޓީވީ ބަރަބަރަށްލިބޭ އަދި އަހަރުމެންނަކީ އެޓީވީ ނުލިބުނަސް އޯކޭބައެއް. ސަބަބަކީ ޕާޓީގެ ކޮންމެ ހަރަކާތެއްވެސް އަހަރުމެންނަށް ފެނޭ ނުވަތަ އެތަނަކަށްފަސް 5 މިނިތުތެރޭ އެބަދެވޭ. އަޅުގަޑުވެސް ވަރަށްބޮޑަށް ކަންބޮޑުވޭ ރާއްޖެތެރޭގައި ވާނުވާއެއް ނޭގިފައި ތިބި އެތަށްހާސް އަޅުގަޑުމެންގެ އަޚުންނާއި އުޚުތުން ކަންބޮޑުވާނެ ވަރު ހިތަށްއަރާފަ. މަތީގައި ކޮމެންޓް ކުރައްވަވާފަ ތިއްބެވި ހުރިހާ ބޭފުޅުންވެސް އެވިދާޅުވަނީ ހަމަ ހަޤީގަތް. އވަހަށް މިކަމާ ޕާޓީން ފިޔަވަޅު ނާޅައިފިނަމަ ޕާޓީއަށް އެކަމުން ފޫނުބެއްދޭވަރުގެ ގެއްލުންވާނެ. އަޅުގަޑުމެންއަތުން ޗަންދާއެއް ނަގައިގެން އެކަން ކުރެވޭނެނަމަ އެކަމަށްވެސް އަޅުގަޑުމެން މިތިބީ ތައްޔާރަށް. އަޅުގަޑަށް ފެންނަގޮތުގައި އެންމެ ފުރަތަމަ ޕާޓީން ރައްޔިތުންނަށް ކޮށްދެއްވަންވީ ކަމަކީ އެކަން . ރާއްޖެ ޓީވީ މުޅި ރާއްޖެއަށް ކަވަރުކުރެވޭނެގޮތެއް ހައްދަވައިދެއްވުން. އެހެންނޫންނަމަ ބާޣީ ޗެނަލްތަކުން އަޅުގަޑުމެންގެ ސަޕޯޓަރުންގެ ހިތްތްކާއި ކުޅެލުމަކީ ޕާޓީއަށް ފޫނުބެއްދޭނެފަދަ ގެއްލުމަކަށް ވެގެން ހިނގައިދާނެ. އެންޑީއޯއިން ހަމަ މިހާރުވެސް މިކަމަށް އިސްނަންގަވައިގެން ރައްޖެ ޓީވީ އާއި ވާހަކަ ދައްކަވައިގެން މާޔޫސްވެފައި އެތިބަ އަޅުގަޑުމެންގެ އަޚުންނާއި އުޚުތުންގެ އެންމެބޮޑު ކޮންސާން އަށް ހައްލެއް ހޯއްދަވައިދެއްވުމަށް އަޅުގަޑު އިލްތިމާސްކޮށް އާދޭސް ދަންނަވަމެވެ.
ިއިޖުލާލް
June 22, 2012 at 1:27 pm
އަވަސް ކޮށް ދެއްވާ
ނޯނޭމް
June 22, 2012 at 5:37 pm
ޚަބަރު ލިބޭގޮތުގައި ރާއްޖެ ޓީވީ. މިހާރުވަނީ ގާސިމް ގެ ބާރުގެ ދަށުގައި. މީ ތެދެއްބާ؟
ލޮލީ ޖާބިރު
June 22, 2012 at 11:50 pm
ނޫނޭރާއްޖެ ޓީވީ ނުފެންނަނީ ވަތަނިއްޔާގެ އެއްބާރުލުން ނުލިބޭތީ
އލީމޫސާ 22.6.2012015.10
June 22, 2012 at 11:20 am
ބާޢީވަނީ ކަށަވަރު ޢެތާމުއައްޒަފުން ލާރިހޯދައިފި ދެނެއް ނުލިބޭނެ ލިބޭނީ ބާޢީސަރުކާރު ވެއްޓުނީމައި އެމްޑީޕީއެއް ހޯދާ
ކަށް މަސައްކަތެއްނުކުރޭ
ކޮމަންޑޫ ފޯކައިދޫ މަރޮށި
June 22, 2012 at 4:54 am
އަޅުގަނޑަކީ މިރަށުގެ ވަރަށްގިން އެމްޑީޕިއަންސް ގޮވައިގެން އުޅޭ އަދި އެމްޑީޕީއަށް ޖާނުދޭ މީހެއް ނަމަވެސް ހިތާމަޔަކީ ޕާޓީ އިން މާލޭގައި ބާއްވާ ހަރަކާތް ތަށް ރާއްޖެތެރެ އަށް ނުފެންނާތީ ޕާޓީ އައް ވަރަށް ބޮޑަށް ގެއްލުން ވަމުން ދާވާހަކަ ހަނދާންކޮށްދެމެވެ. ނަމަވެސް ހިތާމަޔަކީ ޕާޓީގެ އިސްބޭފުޅުން ނަށް މިކަންކަން ނުއެގި ނުވަތަ އެގިހުރެ އަޅާނުލާ ދޫކޮށްލާކަން. މީޑިއާއެއް ނެތި ޕާޓީ ނުހިންގޭނެ. މީޑިއާ އެއްނެއްނަމަ އަޅުގނޑެކޭ އެއްފަދައިން ރަށްރަށް ލީޑުކުރަށްވާ ކިތަށް ބޭފުޅޫންނެއް ގެއްލި ޕާޓީ ހަފުސް ވެދާނެ ވިސްނާށޭ ލީޑަރ ޝިޕް
ދިއްގަރު ރިހާކުރު
June 22, 2012 at 3:31 am
ރާއްޖެ ޓީވީ ރާއްޖެ ތެރެއައް ނުލިބެންޏާ ރޭގަޑު ނިދާނީ
ކިހެނެއް ހަމަ އެކަނި މާލެއައްފޮނުވަންޏާ ތިޗެނަލް ހުއްޓާ ލާށެވެ.
ބާރަށު ނިއު
June 21, 2012 at 7:24 pm
ބާރަށު ރައްޔިތުންވެސް ރާއްޖެޓީވީ ނުލިބޭތީ ކަންބޮޑުވޭ…..
އައްޑޫ ދަރި
June 21, 2012 at 7:39 am
އަޅުގަމެން މިހާރު ރާއްޖެޓީވީ ފެނޭތޯ ނުބަލައް މަހަކު 200 ރުފިޔާ ދީފަ އެހެރީ މިމަސްނިމުނީމަ ނުފެނުނިއްޔާމުން ކަނެކުސަން ކަޑާލާނީ އޯކޭނު
ނިޔާޒް
June 21, 2012 at 7:03 am
ރާއްޖެ ޓީވީ ނުފެންނާތީ އަޅުގަނޑުމެން ދ.ރިނބުދޫގެ ރައްޔިތުންވެސް މިތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ.. ސަރުކާރު ޚަބަރު ނޫން އެހެން އެއްޗެއްގެ އަޑެއް ނީވޭ.. އަޅުގަނޑުމެން އެދެނީ ވީހާއަވަހަކަށް ރާއްޖެ ޓީވީ ފެންނާނެ ގޮތެއްވުން.. ރާއްޖެ ޓީވީގެ ހީވާގި ބޭފުޅުންނަށް ގޮވާލަން މިކަން އަވަސްކޮށްދިނުމަށް.. ޝުކުރިއްޔާ.
ނާނި
June 21, 2012 at 4:18 am
ރާއްޖެ ޓީވީ ލިބޭނެ ދުވަހެއް އެންޑީއޯއަށްވެސް ނޭނގޭތަ؟؟؟ މިހާރު ރާއްޖެޓީވީ ނުލިބޭތާ 2 މަސްވަނީ… އަދި ރާއްޖެ ޓީވީއަށް ގުޅުމުން ފޯނެއް ނުނަގާ… އަދި ފޯނު ނަގާފަހަރަކުވެސް ދައްކާ ވާހަކައެއް ދިމަލެއް ނުޥޭ!!!! 20 17 ޖޫން ގައި ރާއްޖެޓީވީއަށް ގުޅުމުން ބުނީ 20 ޖޫންގައި ލިބޭނޭ ، 20 ޖޫންގައި ގުޅީމައި ބުނީ މިމަސް ތެރޭގައި ލިބޭނޭ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ދާންދޫ ދާއިރާ 21-06-2012
June 21, 2012 at 6:05 am
މިދާއިރާގެ ރައްޔަތުން މިހާރު ދެކެނީ ރަލާއި އޫރުމަސް ވިއްކާ ގާސިމް ރާއްޖެ ޓީވީ ގަނެފިކަމަށް…
މިނިވަން
June 20, 2012 at 10:33 pm
ރާއްޖެ ޓީވީ ނުލިބޭތީ އަޅުގަނޑުގެ އަތޮޅުންނާއި އަމިއްލަ ރަށުން އެތައް ފޯނުކޯލެއް ކޮންމެ ދުވަހަކު އަޅުގަނޑައް ލިބެމުންދޭ. ކަންކަން ވަމުންދާ ގޮތް އޮޅުންފިލުވުމައް. ގިނަމީހުންގެ ކަންބޮޑުވުން ހުންނަނީ މިހާރު ރައްރަށައް ލިބޭ ޗެނަލްތަކުން ފޮނުވާ ޙަބަރުތަކުގެ ސަބަބުން ގިނަބައެއްގެ ހިތުގައި އެކިކަހަލަ ސުވާލުތައް އުފައްދަމުން ދާތީ. ނަމަވެސް މަކަހަލަ ދަނޑިވަޅުތަކުގައި އެފަރާތްތަކައް އެމީހަކައް ވީމިންވަރަކުން ކަމުގެ ތެދު މަޢުލޫމާތު ފޯރުކޮއްދިނުމައް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީ މިވަގުތު ރަނގަޅުކަމެއް. ސަބަބަކީ ހަޤީގަތުގައި ރާއްޖެ ޓީވީ އަކީ މިހާރު ވ ގިނަބަޔަކު ބަލަމުންދާ ގިނަބަޔަކު އެޗެނަލްއައް އިތުބާރު ކުރާ ޗެނަލަކައް ވާތީ. ވީމާ އުންމީދުކުރަން އަވަސް މުސްތަޤުބަލެއްގައި ރާއްޖޭގެ ހުރިހާ ރައްތަކައް ކުރިންވެސް ލިބެމުންދިޔަ ގޮތައް ރާއްޖެޓީވީގެ ޙިދުމަތް ލިބިގެންދާނެ ކަމައް.
ފަރީދު ހުސައިން
June 20, 2012 at 8:27 pm
އެންޑީއޯއިން މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ބަހެއް ހޯދާފަ ރަށްޔިތުން ނަށް ފޯރުކޮށް ދިނުން ވަރަށް މުހިންމު އުންމީދު ކުރަން ވަރަށް އަވަހަށް މިކަން ކޮށްދޭނެކަމަށް މީ ވަރަށް ގިނަ ބައެއްގެ ކޮންސާން އެއް
މޮނާޖް
June 20, 2012 at 5:35 pm
ރާއްޖެ ޓީވީ ނުލިބޭތީވެ މަޑަވެލީގެ އެމް ޑީ ޕީ ސަޕޯތަރުން މިތިބީ ވާނުވާއެއް ނޭގި ވަރަށްބޮޑު މާޔޫސް ކަމެއްގެ ތެރޭގަ ހަމައެކްަނި މިފެންންނީ މިބާޣީސަރުކާރަށް ތާއީދު ކުރާ ދަބަރު ތީވީ އާއި ވަޅޯ ތީވީއެވެ. ވީމާ ވީ އެންމެ އަވަހަކަށް ރާއްޖެ ޓީވީގެ ޚިދުމަތް އަތޮޅުތަކަށް ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.
އައްޔަ
June 20, 2012 at 6:49 pm
ރާއްޖެ ޓީވީ ނުލިބޭ ރައްށަރުގެ ބައެއްބޫފުޅުން ހާއްސަކޮށް އަންހެން ކަނބަލުން ވަރަށް ކަންބޮޑުވުން ފާލުކުރޭ ވާނުވާ ނޭންގޭތީވެ އެބަބުނޭ އެމްޑީޕީ މިހާރު މަރުވީހޭވެސް މިކަމުގެ ސަބަބުން ވަރައްދެރައެވެ.