ރިޔާޒްގެ ޓެސްޓޮސްޓެރޯން ލެވެލް މާ މަތީގައި

20 ޖޫން 2012 21:05 | 0 ކޮމެންޓް

- އިދްރީސްބެ -

މިއަދު އަސުރު ނަމާދު ކޮށްގެން ބޭބެ މިއަދު ގެއަށް އަންނަނިކޮށް ސަތޭކައަށް ވުރެ ގިނަ މީހުން ވަގަކު އަތުލައިގެން އޭނާ ފަހަތުން ހަޅޭ ލަވަމުން ދިޔައެވެ. މި ހުރިހާ ރައްޔިތުން އެއްވެގެން މި ވަގު ކަލޭގެއަށް ހަދަމުން ދާ ގޮތް ބެލުމަށްޓަކައި ބޭބެގެ ނަންބަރު އައިނު ސާފުކޮށްލައި ލޮލަށް ހެޔޮ ވަރު ކޮށްލީމެވެ. އެހިސާބުން ބޭބެއަށް އެނގުނީ އަދި މީ ހީކުރެވިގެން އުޅެނީ މުޅިއަކުން ރަނގަޅަށް ނޫން ކަމެވެ. އެއުޅުނީ އާދައިގެ ވަގެއް އަތުލައި ގެނެއް ނޫނެވެ. އެއުޅެނީ ވިލުފުށީ ރައްޔިތުން މަޖުލީހަށް ވައްދާފައި ހުރީ ބޮޑު ވަގު ރިޔާޒު އަތުލައިގެންނެވެ. އޭނާ ފަހަތުން ދިޔަ މީސްގަނޑު ގޮވަމުން ދިޔައީ ދަރަނި އަދާ ކުރުމަށާއި ދައުލަތުގެ ފައިސާއިން ވައްކަން ނުކުރުމަށެވެ.

އިނގިރޭސި ރާނީއާއި ކޮމަންވެލްތު އާއި ސީމެގް އާއި ޔޫކޭއަށް ގޮން ޖަހައި ބާރުކަނޑުވާލި ގަދަ މީހާގެ މޫނު މަތިން ނުހަނު މާޔޫސް ކަމާއި ރުޅިވެރިކަން ފެންނަން ހުއްޓެވެ. ރިޔާޒަކީ ކިތަންމެ ހަޑި މުޑުދާރު އަމަލުތައް ކުރާ ޖަނަވާރެކޭ ބުނެފި ނަމަ އޭނާގެ ހަޤީޤަތް ނޭގޭ މީހުން ތިހެން ބުނާކަށް ނުވާނެއޭ ބުނެފާނެއެވެ. ނަމަވެސް ބޭބެ ހައިރާނެއް ނުވެއެވެ. ރިޔާޒު ކޮށްފައި ނުކުރާނެ ނުބައި ކަމެއް މި ދުނިޔެ މައްޗަކު ނޯންނާނެކަން ބޭބެއަށް އެތަކެއް ފަހަރު މަތިން ވަނީ އެނގި ފައެވެ.

އެހެން ވާހަކައެކެވެ. ބޭބެ ދަތުރު ކުރަން ގޮސް އެއްފަހަރު ބްރެޒިލްގައި ހުރީމެވެ. މޫދަށް ފަތަން އަންނަ މީހުންނަށް މިޔަރުގެ ހަމަލާތައް އަމާޒު ވާން ފެށީ ކުއްލި އަކަށެވެ. ލެބޯޓްރީ ޓެސްޓް ތަކުން އެނގުނު ގޮތުގައި އެ ސަރަހައްދުގައި އުޅޭ މިޔަރު ތައް ކުއްލި ގޮތަކަށް ސިޔާސަވެ ނުލަފާ ވެގެން މިއުޅެނީ އެ މިޔަރު ތަކުގެ ޓެސްޓޮސްޓެރޯން ލެވެލް މާ މައްޗަށް ގޮސްފައި ހުރީމައެވެ. ޓެސްޓޮސްޓެރޯން އަކީ ފިރިހެން ޖިންސީ ހޯމޯން ކަމަށާއި އެ ހޯމޯން ހަށިގަނޑުގައި ގިނަ ވާނަމަ ހަރުކަށި ކަމާއި ނުލަފާ ކަމާއި ސިޔާސަވުން އިތުރު ވާކަމަށް ސައެންސްވެރިން ބުނާތީ ބޭބެ އަޑުއަހަމެވެ.

 ބޭބެއަށް ޔަޤީން ކުރެވޭ ގޮތުގައި ރިޔާޒުގެ ޓެސްޓޮސްޓެރޯން ލެވެލް މިހާރު އެއުޅެނީ މާ މަތީގައެވެ. އޭނާ އަކީ ގިނަ ގިނައިން މީހުންނާއި އިންނަ މީހެއްވެސް މެއެވެ. އަދި އެހާމެ ނުލަފާ ކަންތައް ކޮށް ތަޅައި ފޮޅައި ހަދާ މީހެކެވެ. ވަހީދު ކޮއްކޮ މަޖްލިސް ތެރޭގައި ސްޓޭޓް އޮފް ދަ ޔޫނިއަން ތަޤުރީރު ދިން ރިޔާޒު އުޅުނު ގޮތް ބޭބެގެ ހަނދާނަކުން އަދި ނުފިލައެވެ. އަދި، ފެބްރުއަރީ 7 ވަނަ ދުވަހު އެމްއެންބީސީގެ އަންހެން މުވައްޒަފެއްގެ ގަޔަށް އޭނާ އަތްލާފައިވެވެ. ބޭބެ ބުނާނެ ވާހަކައެއް ނެތެވެ. މި ރިޔާޒުގެ ޓެސްޓޮސްޓެރޯން ލެވެލް އިން ބައެއް ލޭޑީ ހަސަން ސައީދަށް ދީގެން ނަމަވެސް އެ މަދު ކުރާން ޖެހެއެވެ.   

0 ކިޔުންތެރިންގެ ޚިޔާލު

  1. ތަކުރު Reply

    June 23, 2012 at 11:15 pm

    ތަސްމީނު ރިޔާޒު ރަޝީދު ކަހަލަ ބޮޑެތި ޚިޔާނަތްތެރިން މިޤައުމުގެ މަގުތަކުމަތީގައި އުޅުނަނުދީބަލަ

  2. ރިޒާ Reply

    June 21, 2012 at 10:13 pm

    ރިޔާޒު މަުމޫން ގެ ސަރުކާރު ދުވަސްވަރު ވަނީ ހުޅުމާލެއިން ގޯއްޗެއްވެސް ފޭރިގަނެފަ.

  3. ޒާހިރު ބ ކުޑަރިކިލު Reply

    June 21, 2012 at 3:33 pm

    މަކުރީގަވެސްބުނިންދޯ އޭނާޔަކީހަނދުބޮޑުވާމީހެކޭ ވަކިދުވަސްވަރެއްގަ ހާލުފަންވަރުއަރާފަ ދުވަސްކޮޅަކުންރަނގަޅުވެދާނެ ބަޔެއްފަހަރުމަގުމަތީގަ އޮރިޔާމާވެސްއުޅޭނެ ބޮލުންމާގަދަޔައްދާހިއްލާތީ ޑަކުޓަރު ބުނީއިސްތަށިބާލާށޭ ވީމާކޮންމެސްވަރަކައްހުންނާނީބާލަންފަށާފަ ދެންފަހަރަކުން މިކަހަލަބޯގޯސް ބެއްޔާއެއްއެތަނުގެ އަގުވައްޓަންނުހޮވާތި

  4. އިއްބެ Reply

    June 21, 2012 at 1:05 pm

    އެން ޑީ އޯ ގެ ޓެސްޓެސް ޓްރޯން މާ މަތީގަ އުޅޭހެން ހީ ވަނީ ބަހުގަވެސް އެއްވެސް ކަހަލަ ރީތި އުސޫލެއް ނެއް މިރާއްޖޭގެ އެންމެ ބަހުރަވަ ހަޑި އޮންލައިން ނިއުސް………

  5. ކާފަ،މާމަ Reply

    June 21, 2012 at 9:32 am

    ބޭޭބެއަށް ރައްދުދިން މީހާ ައށް ދަންނަވައިލަން ބޭނުން ވަނީ ޤައުމުގެ ރަށްޔިތުންގެ ޤަދަރު ހިފަހަށްޓާނީ ތިކުދިންނެވެ، އަނެއްކާ ކަލެއަކީ މިޤައަުމަށް ޤަށްދާރުވެފައިވާ ބާޤީންގެ އަޅެއް ކަމަށްވަންޏަާ އެގިލަން
    ކަލެއަކީ މިނިވަނެއް،ނުބައިކަންތަކަށް ހިށްވަރުދޭ، ގޯސް ކަންތައް ކުރާމީހުނަށް ސަނާ ކިއާ ހަޤީޤަތް ނޭގި ކަންކަން އޮޅުވާލާ މީހެކެވެ

    ބޭނުމެވެ.

  6. ކާފަ Reply

    June 21, 2012 at 9:24 am

    ބޭޭބެއަށް ރައްދުދިން މީހާ ައށް ދަންނަވައިލަން ބޭނުން ވަނީ ޤައުމުގެ ރަށްޔިތުންގެ ޤަދަރު ހިފަހަށްޓާނީ ތިކުދިންނެވެ، އަނެއްކާ ކަލެއަކީ މިޤައަުމަށް ޤަށްދާރުވެފައިވާ ބާޤީންގެ އަޅެއް ކަމަށްވަންޏަާ އެގިލަން
    ބޭނުމެވެ.

  7. ބޭބެ Reply

    June 21, 2012 at 9:23 am

    ހަމީދޫ! ކޮއްކޯ… ބޭބެމެން މިހެންތިއްބާ މިގައު މިޔޮއް އަރިއަޅަނީ، އަނގައިން ބުނެފިއްޔާ ފާޑު ނޫން އެއްޗެއް ނުކިޔާ.. ދެނޯ…

  8. ކާފަ Reply

    June 21, 2012 at 9:23 am

    ބޭޭބެއަށް ރައްދުދިން މީހާ ައށް ދަންނަވައިލަން ބޭނުން ވަނީ ޤައުމުގެ ރަށްޔިތުންގެ ޤަދަރު ހިފަހަށްޓާނީ ތިކުދިންނެވެ، އަނެއްކާ ކަލެއަކީ މިޤައަުމަށް ޤަށްދާރުވެފައިވާ ބާޤީންގެ އަޅެއް ކަމަށްވަންޏަާ އެގިލަން
    ބޭނުމެވެ.

  9. ކާފަ Reply

    June 21, 2012 at 9:22 am

    ބޭޭބެއަށް ރައްދުދިން މީހާ ައށް ދަންނަވައިލަން ބޭނުން ވަނީ ޤައުމުގެ ރަށްޔިތުންގެ ޤަދަރު ހިފަހަށްޓާނީ ތިކުދިންނެވެ، އަނެއްކާ ކަލެއަކީ މިޤައަުމަށް ޤަށްދާރުވެފައިވާ ބާޤީންގެ އަޅެއް ކަމަށްވަންޏަާ އެގިލަން
    ބޭނުމެވެ.

  10. މުހައަމަދު Reply

    June 21, 2012 at 8:57 am

    ރިޔާޒް ގެ ޓެސްޓެސްތެރޯލެވެލް މަތިވާނެތާ އޭނަ އަހަރެމެން ނިކަމެތި ރައްޔިތުންގެ އެތައް މިލިޔަން ރުފިޔާ އެއް އެސްޓީއޯ އަށް ނުދައްކާ އެބަހުރި، އެލާރިކޮޅު ދެއްކިނަމަ މިފަހަރު ހިއްސާލާރިއަށް އިތުރު ރުފިޔާއެއް 2 ރުފިޔާ އެއް ވުރެ ގިނައިން ހިއްސާ ފައިދަ އިތުރުވީސްކަން ޔަގީން، އެހެންވީމާ މިލާރި ބަނޑުއަޅައިގެން ހުރިނަމަ މިލާރި އަތުވޭތޯ ބަލާލަން ފަހަރުން ދުވަނެ، މިފަހަރު ތިވަރުވީކަން ނަސީބު، ތިއޮތް ހުރިހާމީހުން އެޭނަގަޔަށް އަރައިގަންނަމަ މަސްކޮޅާ ކަށިކޮޅާވަކިވީސްކަން ޔަގީން، ދެން މިފަހަރު މީ އިންޒާރެއް، ދިވެހިންނަކީ ކެތްތެރިބައެއް، އަނިޔާކުރެވެނެ އެކިކގޮތް ގޮތަށް، ބުނާބަހަކުން މުޅިގައުމަށާއި ގައުމުގެ ހުރިހާރައްޔިތަކަށް އަނިޔާކުރެވިދާނެ، އެކަންދަނަގެން އުޅެންޖެހޭނީ، މީނަނުދައްކާ ހުރި ލާރިއަކީ ގާއްގަނޑަކަށް އެސްޓީއޯގެ މިއަހަރުގެ ސާފު ހިއްސާގެ 3 ބައިކުޅައެއްބައި.

  11. ހަމީދު Reply

    June 21, 2012 at 6:13 am

    ބޭބެ ގެ ހާލަތު ވަރަށް ދެރަ، މީހާގެ ހިތުގައި ހުރި ވާހަކަ ބޭރުކުރަން ނޭނގުނު. ހީވަނީ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވިހެން އެކަމަކު ދައްކަން އުޅުނު ވާހަކައިގެ ހަގީގަތެއް ނެތުމުން ވާހަކަ ހަދަންވެސް ނޭނގުނު. ހީވަނީ ފައިދާދީގެން މަޖުބޫރުކޮށްގެން ލިޔެފައިވާ ލިޔުމެއް ހެން. ތިމާގެ ފެންވަރު ތިމާއަށް ނޭނގޭ ހާލަތުގައި އެހެން މީހުންގެ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ. ބޭބެ މެން ފަރުދާގެ ފަހަތުގައި ތިބެގެން ފާޑު ފާޑުގެ ނަންނަމުގައި ލިޔުނަސް ކަމަކު ނުދާނެ. ތިމާ އަމިއްލައަށް ހެދޭއެއްޗެއް ތިމާއަށް އެނގެން ޖެހޭނެ.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>