ގާސިމް ދަނީ ސަރުކާރުގެ ތެރޭގައި ނުފޫޒާއި ބާރު އިތުރު ކުރުމަށް މިލިއަނުން ޚަރަދު ކުރަމުން.
ލިޔުނީ: ފިރުޝާން ޔޫސުފް
ދިވެހި ރައްޔިތުން އެތަކެއް ޤުރުބާނީ ތަކެއް ވެގެން ހޯދާފައިވާ އެއްވެ އުޅުމާއި މުޒާހިރާ ކުރުމުގެ ހައްޤު ހަނި ކުރުމަށްޓަކައި ކުއްޓި ނަޝީދު މަސައްކަތް ކުރަން ފަށައިފިއެވެ. އެގޮތުން މީނާ ވަނީ އިއްޔެ މުޒާހިރާ ކުރުމުގެ ހައްޤު ހަނިކުރުމަށްޓަކައި މަޖުލީހަށް ބިލެއް ވައްދާފައެވެ.
އެންޑީއޯ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ލިބޭ ހައްޤުތައް އުނިވާނެ ގޮތަށް ބައްޓަން ކުރެވިފައިވާ ގިނަ ބިލްތަކެއް ކުއްޓި ނަޝީދު މަޖްލިސް އަށް ވައްދާނެއެވެ. މީގެ ތެރޭގައި ވަރަށް އަވަހަށް ވަރަށް ނުކުރައްކާތެރި ބަދަލެއް ފުލުހުންގެ ޤާނޫނަށް ގެންނަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮމިޝަނަރ އޮފް ޕޮލިސް އަކަށް ރައިސޫލްޖުމްހޫރިއްޔާ އަށް އައްޔަން ކުރެވޭނީ ހަމައެކަނި އެސިސްޓެންޓް ކޮމިޝަނަރ އިން ފެށިގެން މަތީ ރޭންކެއްގައި ހުރި ފުލުހަކަށް ހެދުމަށް ހުށަހެޅޭ ބަދަލެކެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ފުލުހުންގެ މުއައްސަސާއަށް ދާއިމީ ގޮތެއްގައި ބާޣީން ވެރިވެ ގަތުމެވެ. ފުލުހުންގެން އެސިސްޓެންޓް ކޮމިޝަނަރ އިން މަތީގެ މަޤާމުތަކުގައި މިހާރު ތިބީ ބަޣާވަތުގައި އަމަލީ ގޮތުން ބައިވެރި ވެފައިވާ މީހުން ކަމަށްވާއިރު، މިގޮތަށް މި ޤާނޫނު ބަދަލު ކުރުމުން އެހެން ވެރިކަމެއް އައި ނަމަވެސް ފުލުހުންގެ ކޮންޓްރޯލު ބާޣީންނަށް ދިނުމަށް މަޖުބޫރުވާނެއެވެ.
މިއީ ދެން އޮންނަ އިންތިހާބެއްގައި ޤާސިމުގެ ބާރު ކެނޑިދާނެ ކަމަށް ހީވާތީވެ އަދި ބާޣީންނަށް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމުގެ ޝައްކު ބޮޑުވެފައި ވާތީވެ، ގާސިމް ޕްލޭން ކޮށްގެން ކުއްޓި ނަޝީދަށް އެތައް ލައްކަ ރުފިޔާއެއް ދީގެން ގެންނަން އުޅޭ ބަދަލު ތަކެކެވެ. މި ބަދަލު ތަކުގެ މުހިއްމު އެއް ބޭނުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ގާސިމްގެ ނުފޫޒު ގަދަ ކުރުމެވެ. ގާސިމް އަތުން ގަނޑުކޮށް ގިނަ އަދަދުން ކޭޝް ނަގަމުން ދާ މީހުންގެ ތެރޭގައި ކުއްޓި ނަޝީދުގެ އިތުރަން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ހިމެނެއެވެ.
އެންޑީއޯ އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ ގެ ތަހްޤީޤު ނިމުމުން އެންމެ އަވަހަށް ޖަލަށް ލެވޭނެ ވިޔަފާރި ވެރިއަކީ ގާސިމް އިބްރާހީމެވެ. ބާޣީން ސަރުކާރުގައި ހިމެނޭ އެކި ގްރޫޕުތަކުގެ މެދުގައިވާ ގުޅުންތަކަށް ބަލާއިރު ގާސިމް ހިމާޔަތް ކުރުމަށް މައުމޫނާއި ޔާމީން ނުވަތަ ޕިޕީއެމް އިން މާބޮޑު ފަރުވާލެއް ނުބަހައްޓާވާން އެނގޭ ހާލު ގާސިމް ދަނީ އޭނާގެ ނުފޫޒާއި ބާރު އިތުރު ކުރުމަށް އޭނާގެ ފައިސާއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ.
އެމްޑީޕީން ކަނޑާލީ ޑީޑީ އާއި އަލްހާނާއި ޝާހު އެޕާޓީއަށް ގެންދިޔައީވެސް މިލިއަނުން ޚަރަދު ކޮށްގެނެވެ. އަދި އެންޑީއޯއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަށް މިލިއަނުން ފައިސާ ހުށަހަޅަމުން ދެއެވެ. ނަމަވެސް ގިނަ މެމްބަރުން ޖުމްހޫރީ ޕާޓީއަށް ވަނުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. ޖުމްހޫރީ ޕާޓީއަށް ވަނުމަށް ޝަރުތު ކޮށް ގާތްގަޑަކަށް 5 މިލިއަން ރުފިޔާ ގާސިމް ހުށަހެޅި ކަމަށް ޕީޕީއެމްގެ މަޖްލިސް މެމްބަރަކު އެންޑީއޯއަށް ކަށަވަރު ކޮށްދީފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުލް ރަހީމް 2 މިލިއަން ރުފިޔާއަށް ޑީއާރުޕީ ދޫކޮށް ޖުމްހޫރީ ޕާޓީއަށް ވަނުމަށް ވަނީ އެއްބަސް ވެފައެވެ. ނަމަވެސް، އަބްދުރަހީމަކީ ‘މެންޓަލީ އަންސްޓެބަލް’ މީހަކަށް ވުމުން އޭނާގެ ނިންމުމަށް ބަދަލެއް އައުމަކީ ވެދާނެވެސް ކަމެކެވެ.
މުހައްމަދު
June 21, 2012 at 6:19 am
ތިމާމެންގެ އަތުން ކަންތައްތައް ބީވެގެން ދިޔުމުން ހަމަ ބުއްދި ފިލައިގެން ދިޔައީ، ހަމަބުއްދި ނެތް ކޮންމެ މީހަކަށް ކިޔޭނުކިޔޭ އުޅޭ ނޫޅެވޭ ގޮތް ނޭނގޭނެ. ދެންެޖެހޭނީ ތިހެން ތިބެން.
މުހައްމަދު ލިއުޝާން
June 20, 2012 at 8:44 pm
ތީކީ އެއްވެސް ތާކުންކުރެ ތާކު ޖެހޭ ބިލެއް ނޫން…ތިކަމުން އެއްވާ ބަޔަކަށްވެސް އަދި ހިޔާލު ފާޅުކުރާ ބަޔަކަށްވެސް އަދި ފުލުހަކަށްވެސް ސިފައިންގެ މީހަކަށްވެސް ކުރާނެ ފައިދާއެއް ނޯންނާނެ…ތީ ޤާނޫނު އަސާސީ އާއި ކުޅެލުމަށް ކުރެވޭ މަސައްކަތެއް…ބާޢީންނަށް ހިމާޔަތްދޭން ލާފަވާ ބިލެއް…ލަލަލަ….މާރަގަޅުވާނެ ރޯދަޔަށް މާރުކޭޓް ގޮޅިޔަކަށް ބިލަތް ލައިގެން ސަމްކޭޝް ހޯދިއްޔާ!!!
އަކަޔަންބޯ ބޮނަކުއާ
June 20, 2012 at 1:31 pm
މާތްކަލާކޯ!!! ތިޔައީވާ ފިސާރި ބާގީއެއް. ތިޔަ ބާގީވަނީ ގޮޅާ ސަރުކާރުއޮއެތް އިރު ހުޅުމާލެއިންވެސް ބޮޑެތި ބިންތައް ކުޑަ އަގަކަށް ކަޓުވާލާފަ. އެކަމަކު ރައްޔިތުން ދިރިއުލުމަށްޓަކައި ގޮޅާ ސަރުކާރުން ބިންތައް ވިއްކާފައިވަނީ އަކަފޫޓަކަށް އެންމެ ކުޑަ އަގަކީވެސް -/450 ރުފިޔާ އަށް. އެކަމަކުވެސް މިބޮޑު ބާގީ ބުރުމާގެ ހިތެއް ނުފުރޭނެ އުތަ؟ ދެން އަނެއްކާވެސް އިންތިޚާބެއް ހަމަޖެހޭ އިރަށް މައުމޫނުވަރުގެ ނުބައި ނުލަފާ މީހަކުވެސް މިދުނިޔޭގައި އުޅޭކަމަކަށް މިބުރާންތި ބާގީ ލުއްޗާޔަކަށް ހަމ ނުވާނެ އުތަ؟ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯ މިނުބައި ނުލަފާ މަކަރުވެރި ބޮޑުބާގީ ބުރުމާ ގާސިމް އާއި އޭނާގެ އަހުވާނުންގެ ކިބައިން މިގައުމާއި މިގައުމުގެ ރައްޔިތުން ސަލާމަތްކުރައްވާންދޭވެ. އިބައިލާޙްއީ އެންމެހައި ކަންތައްތައް ދެނެވޮޑިގެންވާ އިލާހް. އަދި އެންމެހާ ކަންތައްތައް މިންވަރު ކުރައްވާ އިލާހް. އިބަ އިލާހްގެ ހަޞްރަތުން އަޅަމެންނަށް ކާމިޔާބީ އާއި ނަސްރު ދެއްވާފާންދޭވެ…. އާމީން
ކުމާރު
June 20, 2012 at 2:04 am
މާތް ކަލާންގެ ދެއްވި ރޯދި ނަހަމަ ގޮތުގައި ބޭނުން ކުރާއިރު ބިރުގެ ކަންފުޅެއްވެސް ހަމަ ނެތީ ބާއޭ ހިތަށް އަރާ. އިއްޒަތާ ބާރު ގަންނަން ތި ހޭދަކުރާ ލާރި ފަގީރުންނަށް ސޮދަގާތް ކޮށްލެވޭނަމަ ގައިމުން މޮޅުވާނެ. އަހަރަކު އެއްފަހަރު އުމްރާ އަށް ގޮސްލާ ނުވަތަ ގިނަ ގިނައިން ހައްޖުގެ އަޅުކަން އަދާ ކޮށްލުން ކިހިނެއް ވާނެތޯ؟ މަމީ ބުރުމާ ނަމަ ތި ލާރި ހޭދަ ކުރާނީ މާތް ކަލާންގެ މަގުގައި އެކަލާންގެ ނިކަމެތި އަޅުންނަށް. ހެޔޮނުވާނެ ތި އުޅޭ ގޮތަށް އުޅެން.
މާމަ
June 19, 2012 at 7:29 pm
މީނަޔަށް މާތްﷲ ދެއްވި މުއްސަނދިކަން ބޭނުންކޮއްގެން މިގައުމު ހަލާކުކޮއް ފިތުނަފަސާދަ އުފައްދާކަމައްޓަކައި މީނާގެއަތުން މުއްސަނދިކަން ނިގުޅައިގަންނަވާންފާންދޭވެ. އާމިން.
އެމް. ޑީ. ޕީ
June 19, 2012 at 4:35 pm
ގާސިމް ކިޔާ ފަރާތަކުން ކޮށްފައިވާ ކޮމެންޓަށް ބުނަމެވެ. ކަލޯމެން ތިޔަހެން ކިޔަކިޔާ ތިއްބާ ވެރިކަމަށްވެސް މާތްﷲ ގެ އިރާދަފުޅުން އަހަރެމެން އައީމެވެ. އެދުވަހުވެސް ތިޔަކަހަލަ މައުމޫނަށް ވަޖުދުވާ މީހުން ބުނަމުން އައީ އެމްޑީޕީ އަކަށް އަދި ނަޝީދުއަކަށް ވެރިކަމަކަށް ނާދެވޭނޭ..
ގާސިމު
June 19, 2012 at 2:26 pm
މޑޕ ބަޅުންތިހެން ފޯކޭކިޔަކިޔަ ޖެހޭނީތިބެން އޯކޭ
ކާފަ
June 19, 2012 at 2:25 pm
މާތް ކަލާންގެ އިރާދަ ކުރެައްވިއްޔާ ބުރުމާ ޤާސިމް ޖަލަށް ލާ ނަން ،.
ކާފަ
June 19, 2012 at 2:25 pm
މާތް ކަލާންގެ އިރާދަ ކުރެައްވިއްޔާ ބުރުމާ ޤާސިމް ޖަލަށް ލާ ނަން ،.
ހަނދު ހެންވޭރު
June 19, 2012 at 1:40 pm
ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒު އާ ބުރުމާ ގާސިމު އާ މިދެމީހުންނަކީ ދެ ޅިޔަނުން ، ރިޔާޒު އިދެ ގެން އުޅެނީ މައްލާ އަތުން ގާސިމު ޖަހައިގަތް ނަޝީދާގެ ކޮއްކޮ އަކާ، ގާސިމަކީ ފޭރުމުގައި އަރައި ހުންނެވި ބޭކަލެއް، މީހުންގެ އަނބިން ފޭރިގަތުމާ ރާއްޖޭގެ ބިން ފޭރުމާ ނުވީތާކަށް މީނާ އެންމެ ކުރާހިތްވާ އެއްކަމަކީ ވެރިކަން ފޭރިގަތުން، މައްލާގެ އަންހެނުން ފޭރިގަތްގޮތް އެކަންއެނގޭ މީހަކު ހަނދަށް ވަނީ ކިޔާދީފަ، އެހެންފަހަރަކުން އެކަން ގާސިމު ކުރިގޮތް ލިޔެލާނަން ،
ވީ ލަވް އަންނި
August 2, 2012 at 10:36 am
ކުމާރު ތިބުނީ ވަރަށްވެސް ރަގަޅު ވާހަކައެއް. އަދި އަހަރެންގެ އަތުގައި އެހުރިހާ ފައިސާ ހުރިނަމަ މައްކާ ހަރަމްފުޅާއި ކައިރިން ގެއެއްގަނެލައިގެން ދިރިއުޅޭނީވެސް މައްކާގައި. މީހުން ބުނެއުޅޭ ހަރަމް ފުޅުގައި ކުރާ ނަމާދުގެ ސަވާބު އެހެނެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ ބޮޑުވެސް ވާނެ. އަދިވެސް އެ ބުރުމާ ބަލެއްނުވޭ ހަމަ އެ ލާރި ތައް ސަދަގާތްކޮށް ހުސްކުރަންވީނު.ނޫނީވީޔާ ގާރޫނުމެންނަށް ވީފަދަ ދެރަގޮތެއް ވެސް ވެދާނެ. ބުނެލަން އޮތްހާވެސް އެއްޗަކީ ބުރުމާ އަށް ތި ލިބިފައިވާ މުއްސަނދިކަން ތިބޭނުންކުރަނީ ނަހަމަގޮތުގައޭ.. ދެން ލަލަލާ
ފަތިސްހަނދުވަރު
August 2, 2012 at 11:42 am
ކުއްޓިއަކީ ހަމީދު އަރިހުން ވަރަށް ރަގަޅަށް ރައްޔިތުން މައިތިރިކުރާނޭ ގޮތް މިޞްރު ބްރޭންޑަށް ދަސްކޮށްފައިވާ ކުޑަވެސް ޑިމޮކްރަސީ އެއް ހުންނަ މީހެއްނޫނެވެ. މީހާގެ މޫނަށް ބަލާލީމަވެސް މީނައަކީ ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާ މީހެއްކަން ދެނެގަތުމަކީ އުނދަގޫކަމެއް ނޫނެވެ. މިކަން މީނައާއި އެކު މަދްރަސާ އާއި ޔުނިވަރސިޓީ ގައި ތައުލީމު ހާޞިލު ކުރި ދަރިވަރުންނަށް އެނގޭނެއެވެ.